Skip to content
އެސްފިޔަ

ޔުނީ

ހަޤީޤީ ހާދިސާތަކެއް މި ލިޔަނީ މި ކުދިންގެ ހުއްދަ ލިބިގެން. ކަމުދާނެ ކަމަށް އެއްމީދު ކުރަން.

ޔުމްނު ދިޔައީ ސްކޫލަށް ދާށެވެ. އޭނާ އެކު މިހާރު އެގޭގައި އުޅޭ ކްލާސް ކުއްޖެއް ކަމަށްވާ ނާއިޝް ވެސް ހުއްޓެވެ. ޔުމްނު ކުރިއަށްވުރެ ބާރަށް ހިގަން ފެށުމުން ނާއިޝް އޭނަގެ އަތުގައި ހިފެހެއްޓިއެވެ.

“ދެން. މީނަ ނުބަލާނެ ކޮންމެ ކަމެއް ކުރާކަށްވެސް. މީ ގެއެއް ނޫނޭ. މީ މަގުމައްޗޭ. ނާއިޝް ގަނޑާ”

“ސާބަސް މަ ނޫޅެމޭ ކާލާކަށް. މާދަން ހުކުރެއްނު. ހަނދާން ނެއްތަ މާދަން ހުކުރޭ. ޓްރިޕް އަށް ދާން ޖެހޭނެއެއްނު” ޔުމްނުގެ އަތުން ދޫކޮށްލަމުން ނާއިޝް ބުންޏެވެ.

“ދެން ވާހަކަ ދައްކާނީ ކްލާސް ނިމުނީމަ” ސްކޫލަށް ވަންނަމުން ޔުމްނު ބުނެލިއެވެ.

*******

“ހައި ސިސް. ގެއަށް ދާކަށް ނުވޭތަ.” ޔުމްނު އަށްވުރެ އެއް އަހަރު ބޮޑު ނައުޝީން އަހާލި ވަގުތު އޭނަ އާއި އެއް ގެއެއްގައި އުޅޭ ޝާހު އައިސް ހުއްޓިލިއެވެ.

“މިހާރު މިއޮތީ ވާހަކަ ދައްކާނެ ވަގުތު ލިބިފަ” ޝާހު ކްލާސް ހުރިހާ ކުދިންނަށް ގޮވާލަމުން ބުނެލިއެވެ.

އެއާއެކު މާހާ، އިހުސާނާ، ރައިޒަމް އަދި އީނަތު އައިސް ކައިރި ކައިރީގައި ހުއްޓިލިއެވެ.

********

ގެއަށް ވަދެވުމާއެކު ޔުމްނު ދުވެފައި މައްޗައް އަރާ ކޮޓަރި ދޮރު ލައްޕާ ތަޅުލިއެވެ. އަދި ކުޑަދޮރު ހުޅުވުމަށް ފަހު ބޭރުގައި ހުރި ސަރާއަށް އެތެރެއަށް ވަނުމަށް ތަން ދައްކާލިއެވެ. ސަރާ ވަނުމާ އެކު ޔުމްނު އޭނަގެ އަސްލު ސިފައަށް ބަދަލުވެލިއެވެ. އެއީ ޔުމްނު އެއް ނޫނެވެ.

Comments (8)

  1. Nashaa

    V nice vaanehen heevanee

  2. AAA

    Scary dhow Salhivaane

  3. Angel

    Wow v sali vaanehen heeveneeh. When is a next part?

  4. yeryer

    Vaahakaa ge mi bai maa kuree..

  5. Sana

    Heevanee Reethi vaanehen
    When next part?

  6. Pinky shifoo

    Heevey varah reethivaanehenn.. Keep it up.. Waiting for next part

  7. im

    Salhi vaane hen heevany
    When is next part
    Scary vaahaka ai dhw

  8. Kuda Kamana

    aha. biruveri vaahaka ehtha. ekam mihaa dhigu veema nuki igen mi comment kuree

Comments are closed.