އޭނާ އެނބުރި ބަލާލުމާއެކު ފެނުނު މީހެއްގެ ސަބަބުން ހިނިތުންވެލެވުނެވެ.

“ދޮންބޭ” އުފާވެފައި ހުރިވަރުން ކިޔޭ ނުކިޔޭ އެއްޗެއް ނޭގި އަފްޝީން އަށް ކުރެވުނު ހާވެސް ކަމަކީ ބާރަށް ދޮންބޭ އޭ ކިޔާފައި ހަޅޭއްލަވައިގަތުމެވެ.

މީހުންތައް ބަލަން ފެށުމުން ހިސާބަކަށް ލަދުގަތެވެ. އެހެންކަމުން އަފްޝީން އަވަސް އަވަހަށް މިސްރާބުޖެހީ ނުކުތުމަށެވެ. ޔުއާން އަފްޝީން ގެ ފޮށި ހިނގައިގަތެވެ. ބުޅި އިސްތަށިގަނޑު ދޫކޮއްލާފައިވާއިރު ބަލައިލަން ހިތްގައިމެވެ. ދޮން ވެފައި ހަމުގެ ކުލަ އަލިވުމުން އާއްމުކޮއް ދިވެހިންގެ ގައިގައި ހުންނަ ކުލައަށްވުރެ ތަފާތު ކުލައެއްހުންނަހެން ހީވިއެވެ. ކަޅުކަންގަދަ ކަޅިއެއްލިބިފައިވާ އަފްޝީން ލާފައިހުރީ ބްރޭންޑެޑް ޓޮޕަކާއި ސްކިނީއެކެވެ. ހައި ހީލް އަކަށް އަރާފައިވާއިރު އިސްކޮޅަށްވުރެ ދިގު ކަމަށް ދައްކައެވެ.

އެމީހުންގެ އިންތިޒާރުގައި އޮތް ލޯންޗަށް އެރުމާއެކު ލޯންޗް ނައްޓައިލިއެވެ. މަލޭގެ ބަނދަރަށް ކައިރިކުރިއިރު ކާރު އޮތެވެ. ދެމީހުން ކާރަށް އަރައި ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.

“ދަރިފުޅާ” ޒާރިވާ އަފްޝީން ފެނުމާއެކު ގޮސް ބައްދައިލިއެވެ.

“ކޮބާތޯ އެންމެން މާމާ” އަފްޝީން އެކަކުވެސް ނުފެނުމުން އަހައިލިއެވެ.

“ކީކޭ ބުނާނީ ދަރިފުޅާ އާއިކް ވީ ބޭރުމީހެއްއައިސްގެން އޭނާ އާއެކު. ބައްޕަ ވެސް އެހެންވެ ވަރަށް ބުރަކޮއް އުޅުއްވަނީ. ދޮންބެވެސް ހޮސްޕިޓަލް ޑިއުޓީ ކެންސަލް ކޮއްފައި އެއައީ…”

“ވަޓް ދޮންބެ. ޖޮބް. ނިމުނީތަ އެއްކޮއް” އަފްޝީން ހައިރާން ކަމާއެކު އަހައިލިއެވެ. “ޔެސް އަފޫ. އާއިކް ގާތު ވެސް ބުނީމޭ އަފޫ ކައިރީގަވެސް ނުބުނައްޗޭ ބޭނުމީ ސަޕްރައިޒްކޮއްލަން. ދެން ހިތަށް އެރީ އަފޫ އަންނަ ވާހަކަ ބުނީމަ އައީމައޭބުނާނީ… އާއިކް އަށް ވެސް ނުދެވުމުކަން ނަސީބެއްކަންނޭގެ ދޯ” ޔުއާން ހިނިތުންވެލިއެވެ.

“މާމާ އަޅުގަނޑު ވަރަށް ބަނޑުހައި. ލޯންޗް ވެސް ހީވަނީ ދެންމެ ދެންމެ ބަންޑުން ޖަހާފާނެހެން. ދޮންބެ ނެތް ނަމަ ނޭގޭ ވާނެގޮތެއްވެސް” އަފްޝީން ހީލިއެވެ. “އަނެއްކާ ފްލައިޓް މަތީގައި އެހާ ތެޅުވި… ހީވަނީ ޓާބިއުލެންޓް ވާވަރުން އެހެން ކަމެއްހެން. މިއަދު ހާ ވަރަށް ބޯޓް ތެޅުވި ދުވަހަކު އަދި ދަތުރެއް ނުކުރަން” އަފްޝީން އަނެއްކާވެސް ވާހަކަދެއްކިއެވެ.

“ޖާވާ ޖާވާ އަވަހަށް ތައްޔާރުކޮއްލައިގެން ކާއެއްޗެއް ފޮނުވަދީބަލަ އަފޫ ކޮޓަރިއަށް” އެގޭގައި އެންމެ ގިނަ ދުވަސްވި އެއް ނޯކަރަށް ގޮވާލަމުން ޒާރިވާ ވާހަކަ ދެއްކިއެވެ.

“ދަރިފުޅާ ދެން ދާންވީނު ރެސްޓް ކޮއްލަން. މާމަ ކާއެއްޗެހި ފޮނުވާނަން”ޒާރިވާ އަފްޝީން ގާތު ކޮޓަރިއަށް ދިޔުމަށްބުނެލިއެވެ.

“މާމަ ނޯ އޮއިލީ ފުޑްސް ޕްލީޒް” އަފްޝީން ތުއިވެލަމުން ބުނެލިއެވެ. “އޭޒް ޔޫ ވިޝް ޕްރިންސެސް” ޔުއާން ވެސް އެ ދެމީހުންގެ ވާހަކައިގައި ބައިވެރިވިއެވެ.

“ދޮންބޭ ޔޫ އާރ ދަ ބެސްޓް ބްރާދަރ އެނީވަން ކުޑް އެވަރ ހޭވް” އަފްޝީން އޭނާގެ ދޮންބެ ގައިގައި ބައްދައިލިއެވެ. އެތަން ބަލަން ހުރި ޒާރިވާ ގެ ތުންފަތް މަތީގައި ހިނިތުންވުމެއް ދުވެލިއެވެ. ތން ބެއިން އެކަކު އަނެކަކު ދެކެ ވާ ލޯތްބަކީ ނަމޫނާއެކެވެ. ހާއްސަކޮއް ދެ ފިރިހެން ކުދިންވެސް އަފްޝީން އަށް ހާއްސަ ސަމާލުކަމެއް ދެއެވެ. އެއާއިލާގައި ހުރި ހަމަ އެކަނި އަންހެން ކުއްޖަކީ އަފްޝީން އަށް ވުމުން ބޭބެމެންގެ ހައިސިއްޔަތުން އަފްޝީން އަށް ދޭންޖެހޭ ހުރިހާ ހިމާޔަތަކާ ރައްކާތެރިމަމެއް އެމީހުން ދޭން ތިބެނީ އަތުކުރި އޮޅާލާފައެވެ. އަފްޝީން ދިޔަ ދިމާލަށް ނަޒަރު ހުއްޓައިލައިގެން ތިބި ޒާރިވާ އާއި ޔުއާން އަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.

“ޖާވާ…” ޖާވާ އަށް ގޮވަމުން ޒާރިވާ ހިނގައިގަތެވެ. ޔުއާންވެސް އޭނާގެ ކޮޓަރިއަށް ދިޔުމަށް މިސްރާބުޖެހިއެވެ. ސިޑީގެ ދެ ހަރުފަތް ގިރާ ކުރުމަށްފަހު އޭނާ ހިތަށް އެރި އެއްޗަކުން ހޮސްޕިޓަލް އަށް ދިޔުމަށް ބޭނުންވިއެވެ. އެހެންވެ އަނބުރާލާ އޭނާ ސިޑިން ފޭބިއެވެ.

“ވާއު” ކޮޓަރިއަށް ވަދުމާއެކު އަފްޝީން އަށް އުފަލުން ހަޅޭއްލަވައިގަތެވެ. އޭނާގެ ކޮޓަރިވަނީ އޭނާ ބޭނުންވާ ގޮތަށް ޒީނަތް ކުރެވިފައެވެ. ފިޔާތޮށިކުލައިގެ އެކި ޑިޒައިންތަކުން ފާރު ޒީނަތްތެރި ކުރެވިފައި ވާއިރު ފަނީޗަރުތައްވެސް ހުރީ ކަޅާއި ފިޔާތޮށިން ޒީނަތްތެރިކުރެވިފައެވެ.

“ދަރިފުޅު ފައުންޑޭޝަން ހަދާފައި އަންނަންވާއިރަށް ބައްޕަ ދަރިފުޅުބޭނުންވާ ކަހަލަ ގޮތަކަށް ކޮތަރި ހަދާދޭނަން” މީގެ އެއްއަހަރުކުރިން އޭނާގެ ބައްޕަ ބުނެލި ވާހަކަ ކަންފަތުގައު ގުގުމިއެވެ. “ޑޭޑް. އައި ލަވް ދިސް” އަފްޝީން ގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމުން ހަމަޖެހިލަމުން އަފްޝީން ގޮސް ދޮރުހުޅުވާލިއެވެ. ރާވީ ފޮށިތައް ހިފައްޓައިގެން ހުރުމުން ކޮޓަރީގެ ދޮރު ބޮޑަށް ހުޅުވާލަމުން އޭނާ ވަންނަން ތަންދެއްކިއެވެ. ރާވީ ދިޔުމުން އޭނާ ދޮރުލައްޕާ ތަޅުލިއެވެ. އޭނާ ދެން އަވަސްއަވަހަށް ދެ ފޮށިގެ ތެރެއިން ބޮޑު ފޮށި ހުޅުވިއެވެ. ދެން އޭގެ ތެރެއިން ފޮޓޯ ލޯގަނޑެއް ނެގިއެވެ.

“މަމް… ވަރަށްލޯބިވޭ”ހިތާދިމާލުން މޭގައި ޖައްސާލަމުން އަފްޝީން ބުނެލިއެވެ. ދެން އެ ފޮޓޯ ލޯގަނޑު ގެންގޮސް ކްއީން ސައިޒް އެނދުގެ އެއްފަރާތުގައި ހުރި ސައިޑް ޓޭބަލް މަތީގައި ބެހެއްޓިއެވެ. ފެންވެރުމުގެ ކުރިން އޭނާ ފޮށީގައި ހުރި އެއްޗެހި ނަގާ ތަރުތީބުކުރަން ފެށިއެވެ. ކޮޓަރިއަކީ ބޮޑު ކޮޓަރިއެކެވެ. ސޯފާ ބަހައްޓާފައި ޓީވީ އާއި އަދިވެސް އެހެނިހެން އެއްޗެހި އަތުރާފައިވަނީ ރީތި ޑޒައިންތަކަށެވެ. ކޮންމެ އަންހެންކުއްޖަކުވެސް ބޭނުންވާނޭ ފަދަ ކޮޓަރިއެކެވެ. އިރުކޮޅަކުން ޒާރިވާ އައީ ކާއެއްޗެހ ހިފައިގެންނެވެ. ޒާރިވާ ގެ އަޑު އިވިގެން ދޮރު ހުޅުވި އަފްޝީން ގެ ލޯ ފުރަތަމަ ވެސް ހުއްޓުނީ ތަބަކުގައި ހުރި އެއްޗެހީގެ ތެރެއިން ހަދާފައި ހުރި ބޮނޑިބަތްގަނޑަށެވެ.

“އަޅޭ މާމަ ސްޕެޝަލް ތަމީ. އައި ޖަސްޓް ލަވް ދިސް” އަފްޝީން ޒާރިވާ ގައިގައި ބައްދާލަމުން ބުނެލިއެވެ. އޭނާ އެތަށިން އެތިކޮލެއް ނަގާ ކާލަމުން އިނގިލިން ދައްކާލަމުން ބެސްޓް އޭ ބުނެލިއެވެ.

ހޮސްޕިޓަލް އަށް ވަދެގެން ދިޔަ ޔުއާން ހުރީ ރަސްމީކޮށެއްނުނެވެ. މޫސުމާ ގުޅޭގޮތަށް ހެދުން އަލާފައިވާއިރު ފިރިހެންވަންތަ ކަން އިތުރު ކޮއްދީފައިވެއެވެ. އެހެން ދުވަސްތަކާ ހިލާފަށް އަންހެން ކުދިންގެ ނަޒަރުތައް ތަފާތު ހެން ޔުއާން އަށް ހީވިއެވެ. އާދައިގެ އެއްޗެހީގައި ފެނުމުން ވީ ގޮތޭ ހިތަށް އެރުމުން އޭނާ ފަހުރުވެރިކަމާއެކު އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ. “އާނޫ” ކުއްލިއަކަށް އައިސް ފަހަތުން ގޮވާލި އަންހެން ކުއްޖާގެ އަޑު އިވިފައި އޭނާގެ މޫޑު ގޯސްވިއެވެ. ލާވިއާ އަކީ ސްކޫލް ދައުރުއްސުރެ އޭނާ ފަހަތުން އަޅުވައިލައިގެން އުޅޭ ކުއްޖެކެވެ. އެއީ އޭނާގެ ބައްޕަ ގެ ދުވަސްވީ ރަހްމަތް ތެރިއާ ސަމަލް ގެ ހުރި ހަމަ އެކަނި އަންހެން ދަރިއެވެ. އޭނާ އަކީ ހިތުގެ ހާއްސަ ޑޮކްޓަރެކެވެ.

“ލާވިޔާ ވޯކް ކުރަނީ މިތާތަ” ލާވިޔާ ލާފައި ހުރި ޔުނިފޯމުން ހުރިހާ އެއްޗެއް އޮޅުން ފިލި ކަމުގައި ވިޔަސް ބޭއިޚްތިޔާރުގައި ޔުއާން އަށް ސުވާލުކޮއްލެވުނެވެ.

“ދެފަހަރަކު ޔުއާން ފެނުނޭ. އެކަމް ގޮވައެއްނުލެވޭ. މިހާރު މި ވަނީ ޓޫ މަންތްސް ވޯކް ކުރަން ފެށިތާ. ކުރިން ވޯކް ކުރީ ދޮންބޭބެ ހުޅުވައިގެން އުޅުނު ކްލިނިކެއްގަ. އެއީ ދެ އަހަރުވަންދެން. ދެން އެމީހުން މެލޭ އަށް ބަދަލްވީ ކްލިނިކް ކްލޯޒް ކޮއްފައި. އެހެންވެގެން މިއައީ ހޮސްޕިޓަލްއަށް ދެން. އައިކަލް އަންކަލް އާ ވާހަކަ ދައްކާލީމާ ވަރަށް ފަސޭހައިން ޖޮބް ހަމަ ޖެހިއްޖެ”ލާވިޔާ އޮޅިންފިލުވައިދިނެވެ.

“ޑރ ލާވީ… ދުރުވަންވީނޫންތޯ” އެވަގުތު އެތަނަށް އެހެން ޑޮކްޓަރެއް އައުމުން ލާވިޔާ ދާން ޖެހުނެވެ. އެއާއެކު ޔުއާން އަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ.

ލިފްޓް ކައިރީގައި މަޑުކޮއްލައިގެން ހުރި ޔުއާންގެ ލޮލުގައި އެވަގުތު އެތަނަށް ވަދެގެން އައި މައިލީން އަޅައިގަތެވެ. މައިލީން ގެ ހިނިތުންވެފައި ވާ މޫނު އެހާ އުޖާލާވެފައި ވަނިކޮއް އެތަކެއް އަހަރަކަށްފަހު އެނާއަށް ފެނުނީ އަލަށެވެ. ދެން އޭނާ ބަލައިލީ މައިލީން އަ ވާހަކަ ދައްކަމުން އައި މީހާގެ މުނަށެވެ. ޑޮކްޓަރއަކަށް ވުމުން އެއީ ކާކުކަން ބެލުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި ބޮޑުވިއެވެ. އޭނާއަށް ނޭގުނުކަމުގައި ވިޔަސް މައިލީން އެހެން ފިރިހެނަކާއެކު މަޖާ ކުރާތަން ފެނިފައި އޭނާގެ ހިތަށް ތަދުވެއްޖެއެވެ. އެހެންނަމަވެސް އެކަން އޭނާ ފާޅުކުރީ ރުޅިވެރިކަމެއްގެ ގޮތުގައެވެ.

މައިލީން ލިފްޓަށް އަރާހަމަވިއެވެ.

ލިފްޓާ ދިމާލަށް އަންނަމުން ދިޔަ މައިލީން މެން ކައިރިވަމުން ދިޔަ ވަރަކަށް ޔުއާން ގެ ލޭ ހޫނުވަމުން ދިޔައެވެ. އޭނާ ލިފްޓް އައުން ލަސްވުމާއެކު ދެން އަވަސްވެގަތީ ސިޑިން އަރައިގެން ދާށެވެ.

މައިލީން އާއި ލިފްޓާ ހިސާބުން ޖަޒިލް ވަކިވިއެވެ. އޭނާ ބުނީ އެންމެ ތިރި ކައުންޓަރަށް މައުލޫމާތެއް އޮޅުންފިލުވުމަށް ދާންޖެހޭ ކަމުގައެވެ. މައިލީން ލިފްޓަށް އަރާފައި ލިފްޓް ލެއްޕުމުގެ ކުރިންވެސް ޖަޒިލް އަށް ހަނާ އަޅައިލިއެވެ.

ބާރުބާރަށް ސިޑިނ އަރަމުންދިޔަ ޔުއާން އަށް ނުވަވަނަ ފްލޯއަށް އެރުނު އިރު ހުރީ ވަރުބަލިވެގެން ހަލާކުވާން ކައިރިވެފައެވެ. އޭނާ މަޑު ނުކޮއް ރޫމް އަށް ވަދުނެވެ. މީހާ ދާހިއްލާފޯވެފައި ހުރުމުން އޭސީ އާ ކުޅެލަމުން އެންމެ ފިނި ކޮއްލިއެވެ. ދާ ހިއްލާފައި ވުމުން ލާފައިވާ ސްވެޓަރ މަތިވެސް ވަނީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. އޭނާ ހޫނުވާވަރުން ގޮޑީގައި އިށީދެ މީހާ ހަމަޖެހެން މަސައްކަތް ކުރިއެވެ.

ލޯ މަރާލާއިރަށް ފެނިގެން ދަނީ މައިލީން ހެމުން އައި މަންޒަރެވެ. ޔުހާން އަށް ވާގޮތެއްނޭގެއެވެ. މައިލީން އަށް އެއްވެސް އުފާވެރިކަން ހައްގުނޫނީ ހެއްޔެވެ؟ ޔުއާން ގެ އަމިއްލަ އަތުން މައިލީން ގެ ހިތް ކުދި ކުދި ކުރަމުން ދާއިރު އޭނާއަށް އެކަން ނުވިސްނެންވީ ސަބަބަކީ ކޮބާބާވައެވެ؟.

އެންމެ ފަހުން ކެތް ނުވުމުން އޭނާ ދެން މިސްރާބުޖެހީ ކައުންޓަރާ ދިމާލަށެވެ. އޭނާ ދިޔަ ގޮތަށް ގޮސް މައިލީން ގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. ދެން ދަމާފައި ކަހަލަ ގޮތަކަށް މައިލީން ގެންދިޔައީ އޭނާ އަށް ހާއްސަކޮއްފައިވާ ކޮޓަރިއަށެވެ. “ދޫކޮއްލާ ޔުއާން. ޔުއާން އަށް އަހަރެންގައިގައި އަތްލުމުގެ އެއްވެސް ހައްގެއް ނޯންނާނެ”މައިލީން ބުނަމުން ދިޔައެވެ. އެވަގުތު އެތަނުގައި އެއްވެސް މީހެއް ފެންނަން ނެތުމަކީ އެ ދެމީހުންގެ ވެސް ނަސިބެވެ.

“މިހާރު މިހާރު އެ ހައްގު އޮތީ އެހެން އެހެން އާ….. އެހެން މީހެއްގެ އަތުގައި” ޔުއާން ގޮސް މައިލީން ކޮއްޕައިއެވެ. މަޑު ހަޅޭކަކާ އެކީގައިވެސް އޭނާ ޖުމްލަ ފުރިހަމަ ކުރިއެވެ.

“އެހެންވެތަ ފަހަރަކު ފިރިހެނެއްގެ ފަހަތުން ތެޅެނީތި އޭން” ޔުއާން ދެވަނަ ފަހަރަށްވެސް ހަޅޭއްލަވައިގަތެވެ. މައިލީންވެސް ދޫކުރާކަށް ބޭނުމެއްނޫނެވެ. “އެއީ ޔުއާން އާ ބެހޭ ކަމެއްނޫން ޔުއާން ތީ ކާކު” މައިލީން ފަހަތަށް އެނބުރެމުން ބުނެލިއެވެ.

“ޔޫ ލަވްސް މީ އަދިވެސް” ޔުއާން އައިސް މައިލީން އަނބުރާލުމައެކު ބުނެލިއެވެ. އޭނާ މައިލީން އޭނަގެ ގަޔާ ކައިރިކޮއްލިއެވެ. އުނަގަނޑުގައި އަޅުވާފައިވާ ޔުއާންގެ އަތް ނައްޓުވާލަން މައިލީން ކުރި މަސައްކަތް ނާކާމިޔާބު ވިއެވެ.

“ނުވޭ ލޯއްބެއް”މައިލީން ދުރުބަލައިލަމުން ބުނެލީ އަދިވެސް ޔުއާންގެ އަތް ދަށުން ސަލާމަތް ވާން ތެޅެމުންނެވެ.

“އޭތް… މައިލީން އަހަރެންގެ ދެ ލޮލަށް ބަލާފަ ބުނެބަލަ. ނުވޭތަ ހަމަ ލޯތްބެއް”ޔުއާން މައިލިންގެ ދެއަތުގައި ހިފަމުން ބުނެލިއެވެ. އޭނާ ބޭނުންވީ މައިލީންގެ ލޯ އޭނާގެ ލޮލާ ސީދާ ކުރުވާށެވެ.

“ބުނެފީމެއްނު ނުވެޔޭ” މައިލީން ގެ އަޑުގައި ރުޅިވެރިކަމާ ހިތާމަ އެކުލެވުނަސް މިފަހަރު އެހެން ފަހަރުތަކަށް ވުރެ އެ އަޑު މަޑެވެ.

“އޭތް އަޑު އިވޭތަ؟ އަހަރެން ގެ ލޮލަށް ބަލަން ހުރެ ބުނާށޭ” ޔުއަން އަނެއްކާވެސް ބުނެލިއެވެ. މައިލީން ދެލޯ މަރާލުމަށްފަހު ހުޅުވާލަމުން ޔުއާންގެ ލޮލާ ލޯ ސީދާ ކޮއްލިއެވެ. “އަހަރެން… އަހަރެން ނުވޭ ލޯއް… ލޯއްބެއް.. އަހަރެން ނުވޭ ލޯތްބެއް ނުވެޔޭ ލޯތްބެއް”މައިލީން ގެ ލޮލުން ކަރުނަފައިބަމުން ދިޔައެވެ. އޭނާ ގެ ލޮލާ ޔުއާންގެ މަޑު މުށިކުލައިގެ ލޮލާ ސީދާވެގެން ދިޔަވަގުތު މައިލީންގެ މެއަށް ހީވީ ތޫނު ކަށިތަކެއް ހަރާލެވުނު ހެންނެވެ.

“އާ ނުވޭ ލޯއްބެއް. ދުވަހަކުވެސް ނުވަން ލޯއްބެއް” މައިލީން އަނެއްކާވެސް ބުނެލިއެވެ. ޔުއާން ގެ ހިތް އެކަމަކީ ދޮގެއްކަމުގައި ޔަގީން ކޮއްދެމެން ދިޔަނަމަވެސް މައިލީން އެހެން ބުނެފާނެ ކަމަކަށް އޭނާ ހިޔެތް ނުކުރެއެވެ.

އޭނާއަށް މައިލީން ގެ އަތުން ދޫކޮއްލެވުނެވެ. “އަހަރެންނަސް އުނދަގޫ ނުކޮއްބަލަ. އާދޭސްކުރަން.” މައިލީން އެންމެ ފަހު ޖުމްލަ ބުނެލާފައި ނުކުންނަން ހިނގައިގަތެވެ.

ޔުއާން އަށް އަނެއްކާވެސް އެ ފިރިހެން މީހާ އާއެކީ މައިލީން ހެމުން ދިޔަ މަންޒަރު ސިފަވިއެވެ. އޭނާ އަނެއްކާވެސް ދިޔަ ބާރުމިނުގައި ގޮސް މައިލީން ގައިގައި ހިފެއްޓިއެވެ.

އޭނާ ފަހަތުން މައިލީން ގެ ގައިގައި ބައްދާލިއެވެ. މައިލީން އަށް އޭނާގެ ދެލޯ މަރާލެވުނެވެ. “ޔުއާން” އޭނާއަށް ވައި އަޑުން ގޮވާލެވުނެވެ.

“ވަރަށް ބޭނުން ލީން…” ޔުއާން މަޑުމަޑުން ބުނެލިއެވެ.

(ނުނިމޭ)

124

9 Comments

  1. Hi Mi

    January 9, 2018 at 10:33 pm

    Assalaamu Alaikum. Miothy 7th vana part. Maadhan exam nethyma hama hithah eri up kohdheyniyyey. Enjoy every1. Do read and leave a comment. Dhen inna part genesdheveyne dhuvaheh mifaharuves bunaakah neygey. Ekam veehaaves avahaj genes dheveythoa balaanan. IN SHA ALLAH.

    • Hi Mi

      January 9, 2018 at 10:36 pm

      Adhi thiya kiyuntheringe comment thakah reply nukohdhevidhaanethy maafaf edhen.

  2. Anonymous

    January 9, 2018 at 10:48 pm

    mi part ves v reethi

  3. Zuam

    January 10, 2018 at 2:06 am

    Wow

  4. Pinky shifoo

    January 10, 2018 at 9:13 am

    Wow.. Varah varah reethi mi vaahaka.. Waiting for next part..

  5. Naushin

    January 10, 2018 at 11:33 am

    Wow… Nice story.. V interesting.. I like it

  6. Xaaan

    January 11, 2018 at 12:48 pm

    މާޝާﷲ ވަރަށް ރީތި

  7. Hi Mi

    January 11, 2018 at 10:33 pm

    Thanks hurihaakudhin. Anonymous, zuam, pinky shifoo,naushin , xaaan for the lovely comments. ???

    • Hi Mi

      January 11, 2018 at 10:34 pm

      Jazakallah khair

Comments are closed.