ރެސްޓޯރެންޓްގެ އެެތެރޭގައި ވަނީ މަޑު އައްޔަކުން ދިއްލާފައެވެ. ބަލާ ބެލުމައް އެއީ ވަރައް ފޭންސީ ރެސްޓޯރެންޓެކެވެ.. މުޅި ތަނުގައި ހުރީ ކުދިކުދި ބޮކިތަކަކުން ދިއްލާފައެވެ. އަދި ކޮންމެ ފާރެއްގައި ވެސް ބައިވަރު މާތަކެއް ހަރުކޮއްފައި ހުއްޓެވެ. ބިންމަތީގައި ހުރި މުށިތައް ވިދާލާއިރު އަމިއްލަ ސޫރަވެސް ފެނެއެވެ. އެތެރެ ސްކޭން ކުރަމުން މަޑުމަޑުން އަހަރެން ވަނީމެވެ. އޭރު އަމްޖަދުގެ ކައިރީގައި އިށީންދެގެން ކައިލް އިނެވެ. ކައިލް ލައިގެން ހުރީ ރަތްކުލައިގެ އޯވަސައިޒް ޓީޝާޓަކާއި ކަޅުކުލައިގެ ޖީންސެކެވެ.. އެ ސްޓައިލްގައި […]
(26 ވަނަ ބައި) ކަރުނުން ފުރިގެންވީ ޔުމްނުގެ ލޮލާއި ނަޒަރު އަމާޒުވެގެންދިޔުމާއިއެކު އުއްކޮޅެއްފަދައިން ހިޒްޔާންގެ ހިތްވެސް ވިރިގެން ދިޔަކަހަލައެވެ. ދިގު އެސްފިޔަތަކުގެ ނިވަލުގައި ފޮރުވިފައިވާ ކަރުނަތައް ފުހެލަދެމުން އޭނަގެ ހިމާޔަތުގެ ތެރޭގައި މުޅި އުމުރަށް އެ ނާޒުކް އަންހެންކުއްޖާ ފޮރުވާލުމަށް ހިތް އެދުނެވެ. ކެފޭގެ އެއްފަރާތެއްގައި ހުރި ހިމަ ބެންޗްއެއްގައި އިށީ ދެލައިގެން ތިބިއިރު ހިޒްޔާންގެ ނަޒަރު ޔުމްނުގެ މޫނާއި ވަކިނުވެެއެވެ. އެ މޫނުމަތީން ހުރިހާކަމެއް ދެނެގަންނަން ހިޒްޔާން މަސައްކަތްކުރަމުން ދިޔަކަހަލައެވެ. ޔުމްނުގެ ހުރިހާ ސިއްރުތަކެއްގެ އެންމެ […]
ކުރިމަތީހުރި ވެއިޓިން އޭރިޔާގައި ހުރި ގޮނޑިއެގައި ‘ސްކެޗް ބުކް’އެއް ހިފައިގެން ހުރި ޒުވާނާ އަށް ކަޅިޖަހާނުލައި ބަލަން ހުރެވުނެވެ. ނަމަވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވައި އިސްޖަހާލަމުން އެންމެ ކުރިން ޖެހުނު ގޮނޑީގައި އިށިނދެލިއެވެ. ދެވަނަ ފަހަރަށް އިސް އުފުލައި އެޒުވާނާ އާއި ދިމާލަށް ބަލައިލުމުގެ ޙިޔާލެއް އަރްސަލާންގެ ނެތް ކަހަލައެވެ. […]
“މާމަގެ ޒާން… އާދެބަލަ މާމަ ކައިރިއަށް…” ރިހާނާ، ޒާންގެ ސަމާލުކަން ހޯދިއެވެ. އެއާއެކު ޒާން ދުވެފައި އައިސް ރިހާނާގެ އުނގަށް ވަނެވެ. “މާމަގެ ދޮންދޫނި މަތިން ވަރަށް މިސް ވާނެ އިނގޭ… މާމަ ކައިރިއަށް އަންނައްޗޭ އިނގޭ…” ޒާންގެ ބޮލުގައި ފިރުމަމުން ރިހާނާ ބުނެލިއެވެ. އެއާއެކު ޒާން ހީލަމުން ބޯ ޖަހާލިއެވެ. އެރޭ ދަންވަރެވެ. ނިދިފައި އޮތް ޒާންގެ ބޮލުގައި ލޯތްބާއެކު ބޮސް ދިނުމަށް ފަހު ނައިނާ ކޮޓަރިން ނުކުތެވެ. އެއިރު ސޯފާގައި ހައިޒަލް އިނެވެ. މަތިން އެއްވެސް […]
ލީވާނަށް ދެލޯ ހަނިކޮށްލެވުނީ އަނެއް ލޭނުން ދުއްވައިފައި އައި ބޮޑު ލޮރީއެއް ފެނިފައެވެ. އޭގެ ލައިސެންސް ޕްލޭޓުގައި ވަނީ ކަޅު ދަވާދުލައިފައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ލީވާނަށް އެއީ ސަހަލު ކަމެއް ނޫން ކަން ދެނެގަނެވިއްޖެއެވެ. އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނީ ދަގަނޑު ފެންސު މަތިން އެ ލޭނަށް ވަދެގަންނަން ލޮރީ މަސައްކަތް ކުރާކަން އެނގުމުންނެވެ. އޭގެ އަމާޒަކީ މި ކަޅު ލައިޓްނިން ކަން ދެނެގަނެވުމުންނެވެ. “ރީން. ހޯލްޑް އޯން” ލީވާން ހަރު އަޑު އެހެން ބުނެފައި […]
ވިލާ ކޮލެޖް ބަސް ސްޓޮޕް އަށް ބަސް ހުއްޓުމުން އެލީނާ ފޭބިއެވެ. ލައިގެން ހުރި ކަޅުކުލައިގެ ބަޓަރފްލައި އަބާޔާ ކޮށިކޮށްލަމުން ފޭބިއިރު މަގުމަތީގައި ފެންގަނޑު އޮތުމުން އެލީނާގެ މޫނަށް ފޫހިކަމުގެ ކުލަވަރު އެރިއެވެ. ތުން އޫކޮށްލެވުނީ އިޚްތިޔާރަކާ ނުލައެވެ. އިސްޓާކީނު ތެމިދާނެތީ ވަރަށް މަޑުމަޑުން ބަލައިގެން ދިޔަ އެލީނާ ސިހުނީ ބަރުގޮނު އަޅާލި އަޑަށެވެ. އޭރު ބޮޑު ލޮރީއެއް އޭނާއަށް ދިމާއަށް އާދެއެވެ. މިއީ ފަހުވަގުތުކޮޅޭ ހިތަށް އަރާ އެލީނާއަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. ނަމަވެސް ސިކުންތުކޮޅެއްގެ […]
ކެތްމަދުވެފައިހުރެ ޝައިނާގެ ފަހަތުން ލެެއްޕެންއައި ދޮރު ކޮށްޕާލަމުން ރާހިލް އެ އެޕަރޓްމެންޓްގެ ތެރެއަށް ވަދެގަތެވެ. ސިޓިންގްރޫމްގެ މެދަކާ ހިސާބުގައި ހުރި ޝައިނާއަށް ސިހިފައި ފަހަތް ބަލައިލެވުނެވެ. ރާހިލް ވަކިން އެހެންތަނަކަށް ބަދަލުވީއްސުރެން ފުރަތަމަ ފަހަރަށް އެ އެޕަރޓްމެންޓްގެ ތެރެއިން ފެނުމުން އޭނާ ހައިރާންވިއެވެ. އެކަމާ ނުރުހި އެއްޗެއް ބުނަން އަނގަ ހުޅުވައިލިއެވެ. އެހެނަސް އެބަސްތައް ދުލުން ބޭރުވުމުގެ ކުރިން ދުރު ފިޔަވަޅުތަކެއްގައި އައި ރާހިލް އެދެމީހުންގެ ދެމެދުގައިވާ ޖާގަ ނައްތައިލިއެވެ. އަދި ޝައިނާގެ މޫނުގައި ހިފަހައްޓައިލަމުން ފިނިން ތުރުތުރު […]
އައިޒީ އަވަސްވެފައިވާ ހިތަކުން ބުނެލިއެވެ. “އައިޒީ: އޭގެ ކުރިން އެކަމަކު ކިހިނެއް ވާނެ ރަހަތަފާތުކޮށްލުން. ހަމަޖެހިލުމުގެ ފުރުސަތެއް އެންމެންނަށް ދެމުން ރީތި ލަވަޔަކަށް ފުރުސަތުދެން.” ކެމެރާއަށް ނަޒަރު ދެމުން އައިޒީ ހާމަކޮށްލިއެވެ. ދެން އޮތީ ލަވައެކެވެ. ތަނުގެ އަލިކަން ފަނޑުވެގެން ދިޔައެވެ. އެ ފަނޑު އަލިކަމުގެ ތެރެއިން އިވެމުންދިޔައެވެ. ކަށި ދިގު ފައިވާނެއްގެ އަޑެވެ. “ޓޮއް! ޓޮއް! ޓޮއް!” މައިކުގައި ކޮއްޓާލާ އަޑެވެ.” ޓަ.. ޓަ… ޓަ…” ލަވަކިޔަން މައިކާއެކު އެއައީ ކާކު ހެއްޔެވެ؟ ކިޔައިދޭނީ ކޮން […]
ލައިގެން ހުރި ޖީންސް ތެރެއަށް ކަރުދާސްކޮޅު ލަމުން މިކްޔާ ސައިކަލު ދުއްވާލިއެވެ. އޭރުވެސް އޭނާގެ ލުއި ހުނުމުގެ އަޑު އިވެމުން ދިޔައެވެ. މަގުގައި އެއްވެސް އަޑެއް ނީވޭތީވެ އެއަޑު ދިޔައީ އެކޯ ވަމުންނެވެ. “ޝީޒް ލަކީ ޝީޒް ކިއުޓް” އެއްމިޔަކަނުން ހީލަމުން އެޒިކިއެލް ބުނެލިއެވެ. އަދި ލުއި ފިޔަވަޅުތަކެއްގާ ގޮސް ސައިކަލަށް އެރިއެވެ. (5 ވަނަ ބައި) ގެއަށް ވަދެގެންއައި ޔައުލާންގެ މޫނުމަތީގައިވީ ކޮންކަހަލަ އިހުސާސެއްކަން ބުނަން ދައްޗެވެ. ބަރުހެލި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެ ބާރަކަށް ދޮރު […]