Skip to content
އެސްފިޔަ

ޒެވިއަން 22

ހޮސްޕިޓަލާއި ދިމާލަށް ބަލައިލާފައި އޭނާ ނެގީ އޭނާ ޖީބުގައި އޮތް ކުޑަ ފުޅިއެވެ. މީސްލްސް ހިމެނޭ އެވެކްސިނަކީ ސީޒާރ ޖެހުމަށް އެހީތެރިވެދޭ ވެކްސިނެކެވެ. މީގެ ހަފްތާއެއްހާ ދުވަސްކުރިން އާދިލް ވަނީ “ޑިސާރތްރިއާ” އަދި “ޑިސްފޭޖިއާ” އަށް ޑަކްޓަރަށް ދައްކާފައެވެ. އެދުވަހު އާދިލްގެ ސިކުނޑީގައި ޓިއުމަރެއް އިންކަން ނުހާދުއަށް ވަނީ އެނގިފައެވެ. އެހެން ކަމުން އާދިލް ހަމަ މަރުވީބާއެވެ؟ ނުވަތަ ރޭވުމަކުން މަރާލީބާއެވެ؟

ޑިއުޓީ ނިންމާފައި ގެއަށް އައި ނުހާދުގެ މޫނު ވަނީ މިލާ މޯޅިވެފައެވެ. ފައިސާއަށް ޓަކައި ދަހިވެތިވެގެން އޭނާއަށް ކުރެވުން ކަމާއި މެދު މިއަދު އޭނާ ހިތާމަ ކުރެއެވެ. ނަމަވެސް އެނބުރި ދިޔުމެއް ނެތެވެ. ކޮންމެ ގޮތެއްވިޔަސް އާދިލް އެނބުރި ނާންނާނެއެވެ. ކޮންމެވެސް ދުވަހަކުން އާދިލްގެ އާއިލާ ހަމައަކަށް އެޅޭނެއެވެ. ނަމަވެސް އެއެންމެންގެ ހިތުގައިވެސް އެއެޅީ ނުފިލާނޭ ކޫރެއްކަން ގައިމެވެ. ފުންނޭވާއެއް ދޫކޮށްލާފައި ނުހާދު ސިޓިންގްރޫމްއަށް ވަނެވެ. އޭރު އަޒާން އިނީ ގޭމު ކުޅެންށެވެ. އަޒާންއަކީ ނުހާދުގެ ދޮށީ ދަރިފުޅެވެ. “ދަރިފުޅާ ކޮބާ މަންމަ؟” “ފޭކު” ހިނިތުންވުމެއް އަޒާންއަށް ދެމުން ނުހާދު އެއްސެވެ. “ކޮޓަރީގަ. ނިދިފަ” އަޒާން އިންގޮތަށް ބުންޏެވެ. ނުހާދު ހިނގައިގަތީ ކޮޓަރިއަށެވެ. އޭރު ނުހާދުގެ އަންހެނުން ޝަރާ ނިދިފައި އޮތެވެ. ވިހަން ގާތްވެފައި އޮތް ޝަރާގެ ބޮޑު ބަނޑުގައި ނުހާދު ފިރުމާލިއެވެ. “އައިމް ސޮރީ ދަރިފުޅޫ. ބައްޕިއަށް ސޮރީ. ދަރިފުޅުގެ ބައްޕިއަށް ވާން ޑިޒާރްވް ވާވަރުގެ މީހަކަށް ބައްޕައަކަށް ނުވެވުނު. ބައްޕިއަށް ވަރަށް ބޮޑަށް ސޮރީ ލޯބީ..”

ނުހާދުގެ ދެލޮލުން ކުރެވުނު ކުށާއި މެދު އޭނާ މިއަދު ހިތާމަ ކުރާކަން އެނގިގެން ދެއެވެ. ނަމަވެސް އާދިލް އެނބުރި އަންނާނެ ހެއްޔެވެ؟ ކޮނޑުގައި އޮތް ދަބަސް ނަގާ އޭގައި އޮތް 80 ހާސް ރުފިޔާ ލާފައި އޮތް ސިޓީ އުރަ ނުހާދު މޭޒު މަތީގައި ބާއްވާލިއެވެ. އަދި ޖީބުގައި އޮތް ކުޑަ ބޭސްފުޅި ނެގިއެވެ. އާއެކެވެ. އެއީ އާދިލް މަރާލުމަށް ނުހާދު “އޭނާ” އަށް ހޯދައިދިން ބޭސް ފުޅިއެވެ. ދަބަހުން ނެގި ސިރެންޖު ފުރާ އޭގެން އޭނާ ބޭސް ނެގިއެވެ. އަދި ދެލޯ މަރާ ފިއްތާލަމުން އޭނާގެ ހަށިގަނޑަށް އޭގައި ހުރި ބޭސްތައް ދޫކޮށްލިއެވެ.

***1 މަސް ފަސް***

މެންދުރުގެ ވަގުތެވެ. ކޮޓަރި ތެރޭގައި އިން ކައިލް އިނީ ކުޑަކުޑަ ޔަޝާ ގޮވައިގެންނެވެ. މިހާރު މާވީ އޮންލައިންކޮއް ކިޔަވަމުން ދާތީވެ މާވީ ކްލާސް ގަޑިގަޑީގައި ޔަޝާ ބަހައްޓަނީ ކައިލް ގާތުގައެވެ.

“އޭ؟ ކޮން ހިޔާލެއްގަ؟” ކައިލް ކޮޓަރިއަށް ވައިން މިކިޔަލް އެއްސެވެ. “އަހަރެން ވާހަކައެއް ދައްކަން ބޭނުން. އެކަމަކު ޔޫ ހޭވް ޓު ޕްރޮމިސްމީ އެއްވެސް މީހަކު ގާތުގައި މިވާޙަކަ ދައްކައިގެން ނުވާނެ” ކައިލް ބުންޏެވެ. މިކިޔަލް އަހިސް އެހެން އެހުމުން ކައިލް ބޭނުންވީ އެވާޙަކަ ހިއްސާކޮއްލަންށެވެ. ލައްކަ ދުވަހު އޭނާ އަމިއްލައަށް އެސިއްރު ހިފަހައްޓައިގެން ހުރެވިއްޖެއްނުން ހެއްޔެވެ؟ ނަމަވެސް ދެން އޭނާ ނުހުންނާނެއެވެ.

“ހޫމް ބުނެބަލަ؟” ޔަޝާ އުރާލަމުން މިކިޔަލް އެއްސެވެ. “އެނގެއެއްނުންދޯ ޔަލާން އާއި ކައިލީން ވާޙަކަ؟” ކައިލް ފުންނޭވާއެއް ދޫކޮށްލަމުން އެއްސެވެ. “ކައިލީން؟ އެއީތަ ޔަލާން ލޯބިވީ ކުއްޖާއަކީ؟” މިކިޔަލް ޔަގީން ކޮއްލުމަށް އެއްސެވެ. ކައިލް ބޯޖަހާލިއެވެ. “އެހެންތަ؟ ޔެސް އެނގޭ. އެކުއްޖާ ނަން ނޭނގުނީ މިކީއަށް. ހޫމް އޭނަ ކިހިނެތްތަވީ؟” މިކިޔަލް ސީރިޔަސްވެލިއެވެ.

“އެނގެއްނުން ޝަނުމްއާއި ޔަލާންގެ ގުޅުން؟ ކިހާ ގާތްކޮއް އެއުޅެނީ؟ އެކަމަކު އިޓްސް އޯލް ފޭކް. ޝަނުމް އުޅެނީ ކައިލިންއަށް ރައްޓެހިވެގެން. ޔަލާން ސުކޫލްއަށް ނާންނަ ދުވަސް ދުވަހު އަބަދު އެދެމީހުން އެކުގައި އުޅެނީ. އެފެމިލީއަށްވެސް ވަރަށް އެއްޗެހި ކިޔާ”  ކައިލް ބުންޏެވެ. އެއާއި އެކު މިކިޔަލް ދެލޯ ބޮޑުވިއެވެ.

“ދެން ޔަލާން ގާތުގަ ތިވާހަކަ ބުނަންވީނުން؟” މިކިޔަލް އެއްސެވެ. “ހޫމް. ބުނަން ހުރީ. އެކަމަކު އެކަން މަށަށް އެނގުނު ދުވަހު އާދިލްބެ ނިޔާވީ. ދެން އެނގެއެއްނުން ޔަލާން އެހާ ކްލޯޒް އާދިލްބެއަށްވެސް. އެހެންވެ ޔަލާން އަނެއްކާ ކްރަޝްކޮއްލަން ނުކެރުނީ. މިކަމާ މަގޭ މިހާރު ބޯގޮވާއެބަ. އެހެންވެ މިކީ ގާތުގަ މިބުނީވެސް” ކައިލް ކިޔައިދިނެވެ. “ފުރަތަމަ ކަމަކަށް އެވިޑެންސް ހޯދަންވީ. ޝަނުމް ނުވާނެދޯ އެއްބަހެއް؟ އެހެންވެ މިކީއަށް ފެންނަނީ އިއްލު ފުރަތަމަ އެމީހުންގެ އެވާޙަކަތަށް ރިކޯޑު ކުރަން. އެއަށް ފަހު ޔަލާން ގާތުގަ އެވާޙަކަ ބުނަން” މިކިޔަލް ބުންޏެވެ. ކައިލްވެސް މިކިޔަލްގެ ޙިޔާލާއި އެއްބަސްވިއެވެ.

“އާން. މިއަދު ހަވީރު އެމީހުން ބޭރަށް ދާންކީ. ޔަމީ ބައިޓްސް ރެސްޓައުރެންޓްއަށް. ހިނގާ އެމީހުނަށް ފޮލޯ ކުރަން؟” ޔަލާން ބުންޏެވެ. “އޭ ސަޅި ގޮތެއް. އައިމް އިން” މިކިޔަލް ބުންޏެވެ. އެވަގުތު މާވީ ދޮރުގައި ޓަކި ޖަހާލާފައި ވަނެވެ. ގަޑި ބަލާލުމުން މާވީ ކްލާސް ނިމުނީކަން ކައިލްއަށް އެނގުނެވެ.

ހަވީރުގެ ވަގުތެވެ. ޝަނުމްއާއި އެކު ކައިލީން ދިޔައީ “ޔަމީ ބައިޓްސް” ރެސްޓައުރެންޓްއަށެވެ. އަތުގުޅުވާލައިގެން ދެލޯބިވެރިން ދިޔައިރު އެމީހުންގެ ފާރަޔަށް ފަހަތުން މިކިޔަލްއާއި ކައިލް އަންނަކަމެއް ދެމީހުންކުރެ އެކަކަށްވެސް ނޭނގެއެވެ. ދެމީހުންވެސް ތިބީ ކަޅު ކުލައިގެ ހޫޑީއަކާއި އެކު ކަޅު ޖީންސްލައި، ކަޅު މާސްކްއާއި ކަޅު ތޮފި އަޅައިގެން ކަމުން ކާކުކަން ހަގީގަތުގައި އެނގޭވަރެއްވެސް ނޫނެވެ.

ރެސްޓައުރެންޓްއަށް ވަނުމުން ޝަނުމްއާއި ކައިލީން އިން މޭޒަށް ވުރެ ތަންކޮޅެއް ދުރުގައި އިން މޭޒެއްގައި ދެމީހުން އިށީނެވެ. ކައިލީންއާއި ޝަނުމްގެ ވާހަކަ އިވޭހިސާބުގައެވެ. ފަހުކަމަކަށް ކައިލް ފޯނު ރިކޯޑަށް ޖައްސާލިއެވެ.

ފިހާރައަށް ވައިން އަލަކާ އެނބުރި ނުކުތީ މޭވާ ކޮޅަކާއި ޖޫސްފުޅިއެއް ގަނެގެންނެވެ. ހިނގާފައި އެކަނި އައުމުން އަލަކާ ބެލީ އަވަހަށް ގެއަށް ދެވޭތޯއެވެ. ކޮތަޅުތައް ހަމައަކަށް އަޅުވަމުން ދިޔަ އަލަކާ ސިހުނީ މީހެއްގައިގައި ވިދުމުންނެވެ. “ސޮރީ-” އަލަކާ ބުންނަން އުޅުނު ޖުމްލަ ކަރުގައި ތާށިވީ އަލަކާއަށް ފެނުން މަންޒަރުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. aanaa

    Masha allah mi partt vss vrhh reeethii
    Nuhaa mnge part eh neitha???vrhh miss nuhaa r xev mathinnn..
    nuhaadh ekury kyhhh….ekan kurumuge kurin vsnaali nama dhww😭…
    anehka alakaa ah e fenuny koahchehhh????
    curiously waiting for the next..when next???tcc lyy❤

    1. shihaamaa ali
      aanaa

      hehe nuhaa mn annaany dhn irukolhakunn e myhun naahis v hurihaa time akah vaa vrh blush kollaane dhn anna thaanga hehe stay tuned 🙈👀💕
      alaka ah fenuny kwhcheh kan engeyne next ep ga hehe stay tunedd
      nuhaadh mn kahala myhun furathama vess money ashey visnany :((((
      tc lytt
      gurl pls send me a maill 😭

  2. Your fav bab

    Varah reethi Maashaa Allah
    Bro nuhaadh the hel??? After killing Aadhil he suicide? The waah?? varah unexpected
    Now the only question I wanna an answer to is Who told nuhaadh n gave him money to kill Aadhil?
    Alhe nuhaa ah e fenunee kon ehcheh??
    I’m literally so curious
    When next?
    Lysssm❤️❤️❤️

    1. shihaamaa ali
      Your fav bab

      jazaakallah khairan dearrr
      haha ikrrrr
      hehe stay tuned for the upcoming episodes to find out hehe
      next ep ga engeyne hehe
      lyyt

Comments are closed.