އާޒިމް ކާރު ފެނުމުން ސުހާން އެދިމާއަށް ހިނގައިގަތެވެ. ކުރީ ސީޓުގައި އަންހެން ކުއްޖަކު އިންކަން އެނގުމުން ސުހާން އެރީ ފަހަތަށެވެ. “އާޒިމް ކަލޭ ވަގު ބިޓުން ގެން ގުޅޭކަން އެނގިއްޖެއްޔާ އޭޝްލީ މެޑަމް ކަލޭގެ ދުވަސް ދުއްވާލާނެ އިނގޭ” ކުރީ ސީޓުގައި އިން ކުއްޖާއާ ދިމާއަށް ބަލާލަމުން ސުހާން ދިމާކޮއްލިއެވެ. ލަމްހާވެސް ފަސްއެނބުރި ބަލާލީ އެވަގުތުއެވެ “ކަލޭތަ؟” ދެމީހުނަށް އެކުއެކީ އަހާލެވުނެވެ. **** “ކަލެއެކޭ މަށާ އަވަލަވައިގެން އުޅޭ ޖިންނި އެކޭ ނެތޭނުން ތަފާތެއް.. ހަމަ ދާހާތާކުން […]
ކާރު އާދައިގެ ދުވެލީގައި އައިސް ބަނދަރު ދޮށުގައި މަޑު ކޮށްލިއެވެ. ބޮޑީ ގަރޑް ދޮރު ހުޅުވާލުމާއެކު އައިވިން ކާރުން ފައިބަން އުޅެފާމެ އިސްޖެހިފައި އިން ޒޯޔާއަށް ބަލައިލިއެވެ. “ޒޯ އެހަށް ކާރުގައި މަޑުކޮށްލާ އިނގޭ… ފައިބަން ވީމަ އަހަރެން ބުނާނަން.. އަދިވެސް ވާރެ ތުނިކޮށް އެބަ ވެހޭ..” އައިވިން ގެ އޯގާތެރި އަޑު ޖެހުމާއެކު ޒޯޔާގެ ހިތަށް ބުނެދެން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އައިވިން އަށް ބަލައިލާ ކޮންމެ ފަހަރަކު ހުރިހާ ކަމެއްވެސް ރަނގަޅުވާނެ […]
Dhuvaskolheh vandhen alhugadah vaahaka nuliyeveynethy ekamaa varah bodah sorry. 2 weeks therey test fesheythy. Iraadha kurevviyya term test nimeyhaa avahakah vaahakaige kuriah oiy baithah update kuraanan. Kuriah oiy 2 weeks thereyga ves vagutheh viyyaa update kureveytho balaanan. Hope u guys understand vaane kamah. Once again varah bodah sorry. Love you all. Stay safe. ❤️❤️ ❤️Shaima♥️
ފުން ވިސްނުމެއްގެ ތެރޭގައި ވަނިކޮށް ސުހާން ސިހުނީ ވަރަށް ބާރު ދުވެއްޔެއްގައި އައި ސްނޯ ބޯޅައެއް އޭނާގެ ބޮލުގައި ޖެހުމުންނެވެ. ނުވިސްނަ އިންދާ ޖެހުމުން އޭނާ ނުވެއްޓުނީ ކިރިޔާއެވެ. **** އެއީ ކާކުގެ ކަމެއްތޯ ބަލަންވެގެން ފަހަތަށް އެނބުރުނު އިރު އެތާ ބައިވަރު ކުދިން ކުޅެން އުޅެއެވެ. އެކުދިންތަކުގެ ތެރެއިން އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި އަންހެން ކުއްޖާ ފެނުމުން އެއީ އެކުއްޖާގެ ކަމެއް ކަމަށް ސުހާންއަށް ހީކުރެވުނެވެ. ބެންޗުން ތެދުވެފައި އޭނާ އެކުއްޖާއާއި ދިމާއަށް ދިޔައެވެ. […]
އަހަރެންނަށް އިރުކޮޅަކަށް އެތާ މަޑުކޮށްލެވުނެވެ. ނަމަވެސް މަންމަ އިސްއުފުލާ އަހަރެންނާ ދިމާލަށް ބަލާވެސް ނުލައެވެ. އަހަރެން މަޑުމަޑުން ގޮސް މަންމަގެ ކޮނޑުމަތީ ބޯއަޅާލީމެވެ. އަދި މާފަށް އެދުނީމެވެ. މަންމަ ހިފަހައްޓާއިގެން ހުރި ކަރުނަތައް ލޮލުން ފޭދެން ފެށީ އެވަގުތުއެވެ. މަންމަ ގިސްލަގިސްލާފައި ރުޔެވެ. އަހަރެންނަށް އެމަންމަގެ ހިތުގައި ޖެއްސުނީ ކިހާވަރަކަކަން އިޙުސާސް ކުރެވުނެވެ. އެމަންމަ އުފާ ކޮށްލަދޭންވެސް އަހަރެން ނޫނީ އެހެން މީހަކު ހުރީއެއްވެސް ނޫނެވެ. މަންމަ އަހަރެންނަށް ހެޔޮހިތުން މާފްކުރިއެވެ. ********************************************* އަހަރެން އެތެރެއަށް ވަނީ […]
ނޯޓު:މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން ކުށް ހުރުން އެކަށީގެންވޭ. ހޮނިހިރު ދުވަހެއްގެ ހަވީރުގެ ވަގުތެވެ.އަހަރެން އިނީ ތުނޑިމަތީގައެވެ.ވަށައިގެންވާ މާހައުލުވަނީ އުފާވެރިކަމެއްގެ ތެރޭގައެވެ.އެހެން ނުބުނަންވީ ސަބަބެއްވެސް ނެތެވެ.ވަށައިގެން ފެންނަ ނޫކުލައިގެ މޫދުވަނީ ފުންނިންޖަކުން ނިދާފައޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ.އެހާވެސް ރީޗެވެ.ހީވަނީ ސާލެއް އަޅައިފާ ވާހެންނެވެ.މަޑުމަޑުން ޖެހިލާ ނަލަ ވައިރޯޅި ހިތުގެ އެންމެ ހިމަ ނާރާވެސް ކުޅިލާނެއެވެ.ތުނޑީގެ ބޯކިރުކޮޅެއްފަދަ ދޮންވެލިގަނޑުމަތީ އަހަރެން ނޫން ކިތަންމެ ބަޔަކުވެސް ތިއްބެވެ.ޖޯޑު ޖޯޑުން ތިބި ލޯބިވެރިންނާއި ދެމަފިރިންވެސް އެހާމެ ގިނައެވެ.އަދި އެމީހުންގެ ލޮލުގެ […]
ހަމަ އެއާއެކު އަވަސް ހަރަކާތަކާއެކު ލޯގަނޑުގައިވާ ސޫރަ ގުދުވެލާފައި ތެޅިފައިވާ ބިއްލޫރިކޮޅުތަކެއް ބިންމަތީން ނަގައި އަނގަޔަށްލައި ހަފަންފެށައިފިއެވެ. އެއާއެކު އެ ސޫރައިގެ އަނގައިން ހޯސްލައިފައި ލޭ އަންނަންފެށިއެވެ. އޭރުވެސް އެ ސޫރައިގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. އެހެނަސް ލޯގަނޑުގެ ކުރިމަތީގައި ހުރި އޮފީހު މަސައްކަތު މީހާގެ ވޭނީ ހަޅޭކުގެ އަޑު، އޭރު ކެނޑިނޭޅި އިވުމުން ދިޔައެވެ. އޭނާ އަނގަ މަތީގައި ދެ އަތް އަޅައިގެން ހުރި އިރު މުޅި އަތާއެކު ލޭފައިބަމުން ދިުައެވެ. އަދި ކޮލާއި ކަރުބަޑުގެ […]
ދޮރުފޮތިން ފުރޭނިގެން އަންނަމުން ދިޔަ އިރުގެ ދޯ ދި އެޅިފައި ވަނީ ޔަލާގެ މޫނަށެވެ. ޔަލާ ލޮލަށް އުނދަގޫ ވާވަރުން ބެޑްޝީޓު ނަގައި މޫނުގަ އަޅާލިއެވެ. އޭނާ އަދި ބޭނުންވަނީ ކުޑަ އިރުކޮޅަކު ނިދާލާށެވެ. ނަމަވެސް ގޭގަ ކުރަން ހުރި ކަންތައްތައް ގިނަ ކަމުން ހިތައި ދެކޮޅަށް ފާޚަނައަށް ފެންވަރާލަން ދިޔައެވެ. އޭނާ ފެންވަރާލައިގެން ނިކުމެ ގަޔަށް ދޫ މަތިކޮޅަކާ ހަރުވާޅެއްލުމަށްފަހު އުނަގަނޑާ ހަމައަށް އަންނަ އިސްތަށިކޮޅުގަ ހުޅިއެއް ޖަހާލިއެވެ. އަދި އަވަސް އަވަހަށް ވަށް ބުރުގަލެއް […]
އަނެއްކޮޅުން އާރްޔަންގެ ހިތައް ލިބުނު ޒަހަމުވީ އިތުރެވެ. ދެން އިތުރަށް މަލްދާގެ ރީތި މޫނަށް ބަލާނުލެވޭނެ ކަން އިނގުމުން ހިތުގައި ރިއްސާލިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މިއީ އާރްޔަންގެ ތަޤުދީރުގައި ހުރި ގޮތެވެ. ކިތައްމެވަރަކަށް ރޮއެ ހިތާމަކުރިނަމަވެސް ތަގުދީރުގައި ނެތް އުފަލެއް ނުލިބޭނެކަން އާރްޔަން ދަނެއެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ލޯންޗު ބަނދަރަށް ވައްދާލިއެވެ. މަލްދާގެ އެދުމުގެ މަތިން ނަފީސާ އާއި ޚާލިދު މަލްދާ ގޮވައިގެން ރަށަށް އައީއެވެ. މަލްދާ ހިތްހަމަ ނުޖެހުނީ އާރްޔަންމެންގެ އާއިލާ […]