Skip to content
އެސްފިޔަ

ހިތްވަރު

ގެއަށް ވަތް އިރު މަންމަ ފެންނާކަށް ނެތެވެ. އަހަރެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއައްވަދެ ތަޅުލީމެވެ. ހަމަ އެއާއި އެކު ދެލޮލުން ހޯސްލައިފައި ކަރުނަ އަންނަން ފެށިއެވެ. ޔުނިފޯމް ވެސް ބަދަލުނުކޮށް އަހރެން އެނދުމައްޗައް ވެއްތިގަނެ ބާލީހުގައި މޫނު ފޮރުވައިގެން އޮވެ ރުއީމެވެ. އެހެން އޮއްވައި ނިދުނީ ކިހާއިރަކުކަމެއް ވެސް ނޭނގެ އެވެ.

ހޭލެވުނީ މަންމަ ދޮރުގައި ޓަކިދޭ އަޑަށެވެ. ކާން އަންނާށޭ ބުނުމުން މިދަނީކަމައް ބުނެ އަހަރެން ވަނީ ފާހަނަ އަށެވެ. ފެންވަރާ ނަމާދު ކޮއްގެން ނިކުން އިރު މަންމަ އިނީ އަހަރެންގެ އިންތިޒާރުގަ އެވެ. އަހަރެން ކިތަންމެ އާދައިގެ ގޮތަކައް އުޅުނު ކަމުގައި ވިޔަސް އަހރެންގެ މޫނު މަތީގައިވީ ވަރުބަލިކަމާއި މާޔޫސްކަން އެމަންމަ އަކައް ނުފޮރުވުނެވެ. މަންމަގެ ލޯބި ފިރުމުންތައް އިހުސާސްވުމުން އަނެއްކާ ވެސް ރޮވޭގޮތް ވިއެވެ. ނަމަވެސް މަންމަ ކުރިމަތީގައި ރޮއިފިނަމަ މަންމަ ދެރަވާނެކަން އިނގޭތީ ކަރުނަތައް ހިފަހައްތައިލައިގެން ހުރީއެވެ.

އާ އަހަރުގެ ސްކޫލުގެ ފުރަތަމަ ދުވަހެވެ. އެހެން އަހަރުތަކެކޭ ވެސް އެއްގޮތައް އަހަރެން ހުރީ ވަރަށް އުފަލުން ނެވެ. ފުރަތަމަ ދުވަސް ކަމުން އަހަރެން ދިޔައީ މަންމައާއި އެކު އެވެ. މަންމަގެ އަތުގައި ހިފަހައްތައިގެން ދިޔައިރު ވަރަށް ގިނަ ކުދިން އަހަރެންނާއި ދިމާލަށް ބެލިއެވެ. ސިއްރު ސިއްރުން ހުނުން މަންޒަރު ވެސް ދެކުނީމެވެ. 

ބްެރޭކް ގަޑި އެވެ. އަހަރެން އިނީ ފޫހިވެފަ އެވެ. ކުރިމަތިން ކުއްޖަކު ގޮވައިލި އަޑަށް އިސް އުފުލާ ބަލައިލީމެވެ. ކުރިމަތީ ހުރީ ޝެލީން އެވެ. ޝެލީންގެ ބުރުސޫރަ ރީތިކަމާއި މުއްސަނދި ޢާއިލާ އަކަށް ނިސްބަތް ވާތީ ހުރިހާކުދިން ވެސް އޭނާ ބުނާގޮތެއް ހަދަ އެވެ، ޝެލީންގެ ފަހަތުގައި ތިބި ދެ އަންހެން ކުދިން ފެނި ދެން ވާން އުޅޭގޮތް އަންދާޒާ ކޮށްލަން އިނގުނެވެ. ހީވީ ވެސް ހަމަ ރަނގަޅަށެވެ. ގުރޭޑު 9 އަކައް ދިޔައީމަ ވެސް ސްކޫލަށް އަންނަނީ މަންމަގެ އިނގިލި ކުރީގައި ހިފައިގެން ކަމަށް ބުނެ ހޭންފެށި އެވެ. ބައްޕަ ދުނިޔޭގައި ހުރިނަމަ އަންނާނީ ބައްޕަ ވެސް ގޮވައިގެންނޭ ކިޔެެވެ. ހުރިހާ ކުދިން ޝެލީން އާއި އެއްބައި ވެގެން އަހަރެންނަށް މަލާމާތް ކުރި އެވެ. ދެރަވެ ރުޅިވެސް އައެވެ. ނަމަވެސް އަހަރެން ޝެލީންއާއި ދިމާލަށް އެއްވެސް އެއްޗެކޭ ނުބުނަމެވެ.

އެހެން ދުވަހެކެވެ. އަހަރެން އިނީ މުދައްރިސް ބޯޑުގައި ލިޔެފައި ހުރި ނޯޓްސްތައް ފޮތައް ނަގާށެވެ. ކުއްލިއަކައް ށެލީން އައިސް އަހަރެން ލިޔަން އިން ގަލަން ދަމައިގަތެވެ. އެވަރުން ނިމުނީކީ ނޫނެވެ. އަހަރެންގެ ޕާސް ނަގައި އޭގައި ހުރި ހުރިހާ އެއްޗެއް ކުދިންނަށް ބަހައި ހުސްކޮށްލި އެވެ. އަދި ހަޑި ޕާސް އެއް ބޭނުންވާނީ ކާކުހޭ ބުނެ އަހަރެންގެ މެޒުމައްޗަށް ގަހައިފައި ދިޔައެވެ. އެދުވަސް އެއްކޮށް އަހަރެން އިންނަން ގެހުނީ ނޯޑްސް ނުނެގިފަ އެވެ. އެއީ ޝެލީން ބޭނުންވި ގޮތް ވެސް މެއެވެ.

މެންދުރު މަނާދުކޮށް ނިންމައިގެން ދުޢާ ކުރަން އަތް އުފުލައިލީމެވެ. ހަމަ އެއާއި އެކު ރޮވެން ފެށުނެވެ. ހިތުގައިވީ ހުރިހާ ޝަކުވާ އެއް މާތް ﷲ ގެ ހަޞްރަތުގައި ދެންނެވީމެވެ. މަންމަ އާއި އަހަރެންނަށް އުފާވެރި ހަޔާތެއް ދެއްވުން އެދި އެތައްފަހަރަކު ދުޢާ ކުރީމެވެ. އެހެން އިނދެ އަަހަރެން ހިތް ފުރެންދެން ރުއީމެވެ.

ކޮންމެ ދުވަހަކުވެސް ޝެލީން އަހަރެންނަށް ކޮންމެވެސް އުނދަގުލެއް ކުރެ އެވެ. އެ އުނދަގޫތަށް ދިޔައީ ދުވަހެއް ދުވަކައް ވުރެ އިތުރު ވަމުންނެވެ. އެއްދުވަހަކު ބްރޭކް ގަޑީގައި އަހަރެން ފާހަނައަށް ދިޔައީ އަތް ދިވެލާށެވެ. އެނބުރި ކުލާހަށް ދިޔައިރު ޝެލީން އޭނާގެ އެކުވެރިންނާއި އެކު އަހަރެންގެ އިންޓަވަލް ކާލަނީއެވެ. އަދި ކޮންމެ ދުވަހަކުވެސް އަހަރެންގެ އިންޓަވަލް އޭނާ އަށް ދޭންޖެހޭނެ ކަމަށް ބުނެ އަމުރުކުރި އެވެ. އެދުވަހު ސެޝަން ނިންމައިފައި ގެއަށް ދަނިކޮށް ޝެލީން އާއި އޭނާގެ އެކުވަރިންތަށް އައެވެ. ހަޑި ހަޑި ކުއްޖެކޭ ބުނެ އަހަރެން މަގު މައްޗައް ވައްޓައިލި އެވެ. ތަދުވިއެއް ކަމަކު އަހަރެން ތެދުވެ ހިނގައިގަތީމެވެ. އެކަމާވެސް ޝެލީން ގާތަށް އައީ ރުޅިއެވެ. އޭނަ އަހަރެންގެ އިސްތަށިގަނޑަށް ދަމާ ޔުނިފޯމުގެ ފަސްބައި ވެސް ވީދާ ހަލާކު ކޮއްލި އެވެ.

ޝެލީން އަހަރެން ކިޔެވިއާ ނުދިނުމަށް އެތަށް އުނދަގުލެއް ކުރިއެވެ. އެހެން ކަމުން އެއްދުވަހިކު ބްރޭކް ގަޑީގައި އަހަރެން ފާހަނައަށް ގެންގޮސް  އެތާ ތިބި އަންހެން ކުދިންނާ އެކު އަހަރެން ގަޔަށް ފެންޖަހައި ތެންމައިލި އެވެ. ތެމިފައި ހުރުމުގެ ސބަބަުން ކުލާހަށް ވަންނާކަށް މުދަށްރިސް ހުއްދައެއް ނުދިނެވެ. އެހެންކަމުން އެދުވަހު އަހަރެން ޖެހުނީ ގެއަށް ދާ ށެވެ.

ދަތި އުނދަަގޫ ތަކާއެކު އަހަރެން ކިޔަވައި ރަނގަޅު ނަތީޖާއެއް ހޯދައި ގަދަ ދިހައެއްގެ ފަސްވަނަ އިން ޖާގަ ހޯދީމެވެ. މި ހަބަރުލިބި ބައްޕަގެ އެކުވެރިއެއް އަހަރެން މާލެ ގެންގޮސް މަތީސާނަވީއަށް ކިޔެވޭނެ މަގު ފަހިކޮށްދިނެވެ. އޭލެވެލް އިން ގަދަ ދިހައެއްގެ އެއްވަނައިން ޖާގަ ހޯދައި ލިބުނު ސްކޯލާށިޕްގައި މެލޭޝިއާއައް ގޮސް ސައިކޮލޮޖީ ކިޔެވީމެވެ. އެނބުރި ރާއްޖެ އައީ މަންމަ އާއި ބައްޕަ ފަހުރުވެރިވާ ފަދަ ދަރިއެއްގެ ގޮތުގަ އެެވެ. މުޖުތަމައު ބަލައިގަންނަ ފަދަ ޝަހުސިއްޔަތެއްގެ ގޮތުގަ އެވެ.

-ނިމުނީ-

Comments (2)

  1. leeshaa

    mi story vx vrh reethi Masha Allah 💗
    this is so true…
    need more stories like this…
    mihaaru aslu bully ge case thah rah rashu schl thakuga vrh gina
    mikamah heyluntheri kuruvi kuruvi hen vanee goas…
    keep it up 💗

    1. __devil__09
      leeshaa

      thank you.

Comments are closed.