ފެންނަމުން ދިޔަ މަންޒަރުން ކަންބޮޑުވަމުން ދިޔަ ކިޔާންއަށް ސާހިލްގެ އަތުގައި ބާރަށް ހިފާލެވުނެވެ. “ހޭ، އިޓްސް އޯކޭ.. މަންމައަށް އެއްވެސް ކަމެއް ނުވޭ.. ޝީ އިޒް އޯލްރައިޓް..” ކިޔާން ކައިރިއަށް ތިރިވެލާ ދަރިފުޅުގެ ދެ ކޮނޑުގައި ހިފާލަމުން ސާހިލް ބުންޏެވެ. އަދި ކިޔާން ގައިގައި ބައްދާލިއެވެ. ލަޔާލްއަށް ހަމަޖެހިލެވުނު އިރު އެ ތަނުގައި ތިބި އެންމެންނަށްވެސް ތިބީ ރޮވިފައެވެ. “މީ ދަރިފުޅުގެ ގެ.. ދެން ގޮސްގެން ނުވާނެ” ލަޔާލްގެ މޫނުގައި ދެ އަތުން ހިފާލަމުން ނަސްމާވެސް އެދުނެވެ. […]
އެދުވަހުގެ ފަރި ފަރި ސޫރަ ހިތުގައި ކުރެއްހިއްޖެއޭ ފޮނި ފޮނި އެއީ ވިނދުމެއްގެ ވެރި އިންސާނެކޭ މި ދުލުން ބުނަށް ދެއަތުން ލިޔަން ދަތި މޫނެކޭ ފުރަތަމަ ނަޒަރުގައި ލޯބިވެވި، މިހިތާ އެކީ ދޫވެއްޖެއޭ އޭނާ ޚަޔާތަށް އައިފަހުން ހެވިފައި ހުރުން ގިނަވެއްޖެއޭ ހިވީ ބަޚާރުގެ މާތަކުން ކަނުކަން ޚަރީފުގެ ގޮއްސިއޭ އެހެނަސް ބުނަންހޭ ލޯބި އަދުމީ ރޯންޖެހޭ ހަތިޔާރެކޭ […]
” بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ، اَلسَلامُ عَلَيْكُم އެތައް ގޮތަކުން މީ ޚާއްސަ ރެއެއް އަޅުގަނޑުގެ ލޮލުން ވިދާބަބުޅަމުން މިދާ ސަބްނަމުގެ ތިކިތައްވެސް ހެކިވާނެ. އަންހެނަކަށްވެ ހުރެ މިތާ ކުރިމަތީ އިންނަން ވަރަށް އަސަރުކުރޭ. މިރޭގެ ޚާއްސަ މެހެމާން ފެނުމުން. ޤަބޫލުކުރަންވެސް ދަތި. ދެން އަޅުގަނޑު މާ ގިނަ ވާހަކައެއް ދައްކާކަށް ނެތިން. ފޮރުގުރާމުގެ ނަން އިއްވާލާނަށް. މީ އަލަށް އަޅުގަނޑުމެން ފަށާ ޕޮރުގުރާމު ހިމޭ…. ” އެނަން ފުރިހަމައެއް ނުވިއެވެ. ބެލުންތެރިންގެ އަރިހުން ނަން […]
ޝަހުދު އަރީންގެ އަތުގައި ހިފައިގެން ގޮސް އެ ކޯޓުން ބޭރަށް ނުކުތެވެ. މަގުމައްޗަށެވެ. ޝަހުދުގެ މޫނުމަތީގައިވާ ހިތްހަމަނުޖެހުމުގެ ކުލަވަރުން އަރީން ބިރުން ވިރިއްޖެއެވެ. “ކަލޭ އަށް ހާސް ހާހުން ރުފިޔާ ދިނީ އަހަރެން ބުނާ ގޮތެއް ހަދާށޭ. ކީއްވެގެންތަ އެ މުހިންމު ކްލިޕްތައް ނުދެއްކީ؟” ޝަހުދު އަޑަށް ބާރުލައިފައި ވާހަކަ ދެއްކި އިރު އެ ދެލޮލުން އަލިފާން ކަނި ބުރައެވެ. އަރީން ބިރުން ހަލާކުވެއްޖެއެވެ. އޭނާ އެއްލި ކަޅިއަކުން ދެން ފެނުނީ ރައުފާނެވެ. އޭނާގެ ރުޅިވެރި ނަޒަރު […]
“ކޮން ގޮތެއް؟” އިޝްވާ ސިޑިން ފައިބައިގެން އައިސް އެމީހުންގާތު މަޑުކޮށްލަމުން އަހައިލިއެވެ. ނާޝިދާއި ވާފިޔާ ހާސްވެފައި އެކަކު އަނެކަކަށް ބަލައިލިއެވެ. ޒީވާގެ ރުހުމާނުލާ އެފަދަ ކަމެއްކުރަންވެސް އެމީހުންގެ ހިޔާލުގައެއް ނެތެވެ. ވީއިރު އިޝްވާއަށް ނުބައިގޮތަކަށް އެ ދެކެވުނު ވާހަކައިން މާނަ ނެގިދާނެތީ އެ ދެމަފިރިންވެސް އިންތިހާއަށް ކަންބޮޑުވިއެވެ. “އަޅެ މަންމާ. އިޝީއަށްވެސް ހީވަނީ ތީ ވަރަށް ސަޅި އައިޑިޔާ އެއްހެން. ދޮންތިވެސް އަސްލު ވަރަށް ލައިކްވޭ ކަންނޭގެ ރިއާންބެ ދެކެ އެކަމް ބުނަން ނުކެރެނީ. ދޮންތިއަށްވެސް ސަޕްރައިޒްއަކަށް […]
“ވަންސް ވޯޒް އިނަފް!” ދެފަރާތަށް ބޯ ހަލުވާލަމުން މަޑުމަޑުން ލަޔާލް ބުނެލިއެވެ. “ލަޔާ.. އަހަރުމެން މެރީ ކުރީ ފެމިލީ އިން އެރޭންޖް ކޮށްގެން. އެއް އަހަރު ދުވަހު އެކީގަ އުޅުނު އިރު ހަގީގީ ކައިވެންޏެއް ގޮތުގަ އުޅެވުނީ ފަސް މަހެއްހާ ދުވަހު. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ތިހެން ބުނަން އެނގޭނީ ކިހިނެއް؟” މަޑުމައިތިރި ކަމާއެކު ސާހިލް އަހާލިއެވެ. “ލޯބިވާ މީހާއާ އިނދެގެން ކަންތައް ވީ ގޮތް އެއީ. އެއްވެސް މީހަކަށް ދެވަނަ ފަހަރަށް އަހަރެންގެ ދިރިއުޅުމުން […]
***ފަސް އަހަރު ކުރި*** އިރުގެ ރަން ދޯދިތައް ފަރުދާގެ ތެރެއިން ފޫރޭނިގެން އައިސް އަރާމު ފުން ނިންޖަކުން ނިދައިފައި އޮތް ޒުވާނާގެ ދޮން މޫނުގައި ބީހިލަމުން ދިޔައެވެ. ކޮޓަރި ތެރެ އަށް ވެރި ވެފައިވި ހިމޭންކަން ނަގާލީ އެވަގުތު ރިންގުވާން ފެށި ފޯނުގެ ސަބަބުންނެވެ. ލަސްލަހުން އެސްފިޔަތައް ތަޅުވާލަމުން ލޯހުޅުވާލި ޒުވާނާއަށް ރިންގުވަމުން ދިޔަ ފޯނުގެ އަޑު އިވެމުން ދިޔައެވެ. ކަންނެތް ކަމާއެކު އަތް ހޫރަމުން ފޯނު އަތުޖެހޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. […]
“އޭ ދެން ތި މުނޑުދާރު އަނގައިން އެންމެ ބަހެއްވެސް ނުބުނަށްޗޭ އަދި ހާއްސަ ކޮން މަގޭ އަންހެނުންނާއި ބެހޭގޮތުން ” ޒިމާންގެ ޖަވާބުން ހިތަށް ކަރުނައިގެ ރާޅުބާނިއެއް އެރިއެވެ. ” މާން ތިހެން ވާހަކަ ނުދައްކަބަލަ” އަހަންނަށް ބުނެވުނެވެ. އެޔަށްފަހު އެއްވެސް ވާހަކައެއް ނުދައްކާ ހަމަހިމޭން ކަމުގެ ސުކޫތެއް ފާއިތު ވެގެން ހިގަންޖެއެވެ. ދެންވެސް ވާހަކަ ފެށީ އަހަންނެވެ. އެވާހަކަ ބުނެވެތޯ އުޅުނީމެވެ. އެކަމަށް ވެސް ހުރަސްއެޅީ އޭނާއެވެ. “ތި ޖުމްލަ ފުރިހަމަ ނުކުރާތި!” އެތައް އެއްޗެއް […]
ސަލާމް ކިޔުންތެރިން… 21 ދުވަހުގެ ދިގު އިންތިޒާރަކަށް ފަހު 2 ، 3 އަދި 4 ވަނަ ބައި މިއޮތީ ގެނެސްދެވިފަ. ކެއްތެރިކަމާއި އެކު މި ތިންބަޔަށް އިންތިޒާރު ކުރެއްވި ހުރިހާ ކިޔުންތެރިންނަށް ފަށް ފަށުން ޝުކުރިއްޔާ. އަޅުގަނޑުގެ ހާލަތު ގަބޫލުކޮށް، ކޮމެންޓު ކުރި ކުދިން، އަދި ވަކިން މެސެޖުކޮށް، ހާލު ބެލި ކުދިންނަށްވެސް ފަށް ފަށުން ޝުކުރިއްޔާ. ހާއްސަކޮށް މިސައިޓްގައި ވާހަކަ ލިޔަމުންދާ މާޝްއަށް އަޅުގަނޑު ހާއްސަ ޝުކުރެއް ދެއްވަން ބޭނުން. 🥹❤️ އަޅުގަނޑަށް މެސެޖުކޮށް، […]