Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 23

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 25, 2025 3 Mins Read
10 Comments

ރެސްޓައުރެންޓްއަށް ވަނުމުން ޝަނުމްއާއި ކައިލީން އިން މޭޒަށް ވުރެ ތަންކޮޅެއް ދުރުގައި އިން މޭޒެއްގައި ދެމީހުން އިށީނެވެ. ކައިލީންއާއި ޝަނުމްގެ ވާހަކަ އިވޭހިސާބުގައެވެ. ފަހުކަމަކަށް ކައިލް ފޯނު ރިކޯޑަށް ޖައްސާލިއެވެ.

ފިހާރައަށް ވައިން އަލަކާ އެނބުރި ނުކުތީ މޭވާ ކޮޅަކާއި ޖޫސްފުޅިއެއް ގަނެގެންނެވެ. ހިނގާފައި އެކަނި އައުމުން އަލަކާ ބެލީ އަވަހަށް ގެއަށް ދެވޭތޯއެވެ. ކޮތަޅުތައް ހަމައަކަށް އަޅުވަމުން ދިޔަ އަލަކާ ސިހުނީ މީހެއްގައިގައި ވިދުމުންނެވެ. “ސޮރީ-” އަލަކާ ބުންނަން އުޅުނު ޖުމްލަ ކަރުގައި ތާށިވީ އަލަކާއަށް ފެނުން މަންޒަރުންނެވެ.

އެކުއްޖާ ބަލާވެސް ނުލައި ހިނގައިގަތެވެ. ލައިގެން ހުރި ކަޅު ޖީންސްއާއި ދޫ ހުޑީއާއި އެކު އިސްތަށިގަނޑު އެކީ ވަންހަނާވާހެން އަޅާފައިވީ ބީނީގެ ސަބަބުންނާއި އެކުއްޖާގެ މޫނު ނުފެނުމުން އެއީ އަންހެން ކުއްޖެއް ކަމެއް ނުވަތަ ފިރިހެނެއް ކަމެއްވެސް އަލަކާއަކަށް ނޭނގުނެވެ.

“ކީއްވެ؟ ކިހިނެތް.؟ އެހެންވާނީ؟” ހިތާހިތުން އަލަކާއަށް އެހުނެވެ. އަދި ބަރު ފިޔަވަޅު ތަކެއްގައި ހިނގައިގަތީ ގެއާއި ދިމާލަށެވެ. ގެއަށް ވަދެ ލޯގަނޑު ކުރިމަތީގައި އަލަކާ ހުއްޓުނެވެ. އަދި އަޅައިގެން ހުރި ބުރުގާ ބާލާ އޭނާގެ ކަނދުރާއަށް ބަލާލިއެވެ.

އާއެވެ. ހަމަ އެކެއްޗެކެވެ. އެއީ އައިޝާގެ ކަނދުރާގައި އިންނަ ކަހަލަ ލަފެކެވެ. އަލަކާއާއި އަލޫކްގެވެސް ހަމަ އޭގެ ލަފެއް ކަނދުރާގާއި އިނެވެ. އެކުއްޖާގެ ކަނދުރާގައިވެސް އިނީ ހަމަ އޭގެ ލަފެކެވެ. ތަރިއެއްހެން އިން އެލަފަކީ އޮޅޭނެ ކަހަލަ ލަފެއް ނޫން ހެއްޔެވެ؟

“އޭގެ ލަފެއް ހަމަ ކޮންމެ ކުއްޖަކުވެސް އިނދެދާނެއްނުން؟ އަލޫ މާވަރަށް މިހާރު ތިވިސްނަނީ. ކާމް ޑައުން” ފުން ނޭވާތަކެއް ލަމުން އަލަކާ އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

 

“އައި މިސްޑް ޔޫ ސޯ މަޗް ބޭބީ” ތުންކޮޅު އޮޅާލާފައި ކައިލީން ބުންޏެވެ. “ޝަނޫވެސް. އެކަމަކު މިހާރު އެޔަލާން ގަނޑު ކޮންމެ ދުވަހަކުވެސް ސުކޫލަށް އާދޭވިއްޔާ. ވަރަށް ފޫހިވޭ” ޝަނުމް މޫނު ކުނިކޮއްލިއެވެ. “ހީވެޔެއްނުން އާނ ހެއްޔޯ؟ ހިތަށް އަރާ ހަމަ އެކަހަލަ ކަމެއް ވާނެ ނަމައޭ ދެންވެސް. އައި ޑޯންޓް ވޯންޓް ހިމް ދެއާރް. ދެކުލާސްވީ ނަމަވެސް. ޔަގީނޭ ހީވޭ މަށާ އެއްކުލާސް ވާންށޭ ސައިންސް ސްޓްރީމްވެސް އެނެގީ” ކައިލީން ފޫހި ރާގެއްގައި ބުންޏެވެ.

“ކައިލީއަށް ހީތަވަނީ؟ ޝަނޫއަށް ހަމަ ޔަގީން. ކުލާހުގަ އިންނަ އިރުވެސް އަބަދު އިންނާނީ ކައިލީއަށް ބަލަން. އަރާ ރުޅީގައި ހިތަށް އަރާ ދެލޯ ކޮނެލަފާނަމޭވެސް ހަހަ” ޝަނުމް ބުންޏެވެ. “ހަހަ ކޮނެލާނެ ނަމަ” ކައިލީންވެސް ޝަނުމްގެ ހުނުމުގައި ބައިވެރި ވަމުން ބުނެލިއެވެ. ކައިލް ބަލައިލީ މިކިޔަލްއަށެވެ. އެހިތި ހަގީގަތް ޔަލާންއަށް ކިޔައިދިނުމަށް ބޭނުންވީ ހުރިހާ ހެއްކެއް މިހާރު ލިބިއްޖެއެވެ. އެގޮތުގައި ދެމީހުން ކައިލީންއާއި ޝަނުމް ދަންދެން ރިކޯޑު ކުރަން ތިއްބެވެ. ޝަނުމްއާއި ކައިލީންއަށް އެކަމުގެ އެއްވެސް ހިލަމެއް ނުވިއެވެ.

“ދެން ހިނގާ ޔަލާން ގާތަށް.” ކައިލް ރިކޯޑު ކަނޑާލަމުން ބުންޏެވެ. މިކިޔަލް ބޯޖަހާލިއެވެ.

މިކިޔަލްއާއި ކައިލް ދިޔައީ “ހައިބިސްކަސް” ގެއަށެވެ. އޭރު އަލާޔާ ބޭރު ރޯނުގައި އެއްޗެހި ހިއްކަން އަޅަން ހުއްޓެވެ. “ކޮބާތަ ޔަލާން؟” ކައިލް އެއްސެވެ. “ކޮޓަރީގަ އޮބޮތް ފުޅަދަމަން. އެހެން ކަމެއް އޭނަ އަށްވޭތަ؟ ހެހެ” ހީލާފައި އަލާޔާ ބުންޏެވެ. ކައިލް ހިނިތުންވެލިއެވެ. އަދި މިކިޔަލްއަށް ބަލައިލަމުން ދެމީހުން އެކުގައި ހިނގައިގަތެވެ.

“ޓޮއް ޓޮއް” ކޮޓަރީގައި ޓަކި ޖެހި އަޑަށް ނިދި ނިދި އޮތް ޔަލާންއަށް ހޭލެވުނެވެ. ޗުސް ތަޅުވާލާފައި ގޮސް ޔަލާން ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރި މިކިޔަލްއާއި ކައިލް ފެނި ޔަލާން އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. “ހޫން ސާބަސް. ހަމަ ނިދި ނިދި އޮއްވާ” ޔަލާން އާފުރެމުން ބުނެލިއެވެ.

“މި ގަޑީ ވެސް ކަލޭ ނިދަންތަވީ؟ އަހަރެމެން މިއައީ ވަރަށް މުހިންމު ވާހަކައެއް ދައްކަން” މިކިޔަލް ބުންޏެވެ. ޔަލާން ނިއްހިއްލާލިއެވެ. “ކައިލީން ކަލޭ ދޫކޮށްލީ ކީއްވެގެންނޭތަ ބުނީ؟” ކައިލް އެއްސެވެ. “ހެޔޮނުވާނެ ތިހެން އަހަންތަ ތިއައި؟” ޔަލާން ފާޑަކަށް ފޫހި ވެފައި އެއްސެވެ. “ޕްލީޒް ބުނެބަ. އިޓްސް ވެރީ އިންޕޯޓެންޓް” ކައިލް ބުންޏެވެ. “އޭނަ ބުނީ ޑެއާއެކޭ” ޔަލާންގެ އަޑުގައި ވަންހަނާވެފައިވީ ހިތާމައިގެ އަޑު ކައިލްއަދި މިކިޔަލްއަށްވެސް އިވުނެވެ.

“މަށަކަށް ހިޔެއްނުވޭ ކައިލީން ޔަލާން ދޫކޮށްލީ އެހެންވެގެން ހެނެއް. އޭނަ ބިޓެއް ހުންނަކަން އެނގޭތަ؟” ކައިލް އެއްސެވެ. “ވަޓް ދި ހެލް؟ ކާކު؟” ޔަލާން އެއްސެވެ. މިފަހަރު ޔަލާންގެ އަޑުން ގުގުމައިގަތީ  ރުޅިވެރިކަމެވެ. “ޝަނުމް..” ކައިލް މަޑުމަޑުން ބުންޏެވެ.

“ވަޓް؟ ނޯވޭ. ޝަނުމް ނަހަދާނެ އެހެންނެއް” ގަބޫލު ނުކުރެވި ޔަލާން ބުންޏެވެ. “ވީ ނިއު ޔޫ ވުޑް ސޭދެޓް” މިކިޔަލް ބުންޏެވެ. އަދި ކައިލް ފޯނުން ރިކޯޑިންގ އަޅުވާލިއެވެ.

“އައި މިސްޑް ޔޫ ސޯ މަޗް ބޭބީ” ތުންކޮޅު އޮޅާލާފައި ކައިލީން ބުންޏެވެ. “ޝަނޫވެސް. އެކަމަކު މިހާރު އެޔަލާން ގަނޑު ކޮންމެ ދުވަހަކުވެސް ސުކޫލަށް އާދޭވިއްޔާ. ވަރަށް ފޫހިވޭ” ކައިލީންގެ އަޑަށް ފަހު އިވުނު ޝަނުމްގެ އަޑުން ޔަލާންގެ ހަށިގަނޑުން ހީބިހި އަރުވާލިއެވެ.

“ހީވެޔެއްނުން އާނ ހެއްޔޯ؟ ހިތަށް އަރާ ހަމަ އެކަހަލަ ކަމެއް ވާނެ ނަމައޭ ދެންވެސް. އައި ޑޯންޓް ވޯންޓް ހިމް ދެއާރް. ދެކުލާސްވީ ނަމަވެސް. ޔަގީނޭ ހީވޭ މަށާ އެއްކުލާސް ވާންށޭ ސައިންސް ސްޓްރީމްވެސް އެނެގީ” ކައިލީން ފޫހި ރާގެއްގައި ބުންޏެވެ.

“ކައިލީއަށް ހީތަވަނީ؟ ޝަނޫއަށް ހަމަ ޔަގީން. ކުލާހުގަ އިންނަ އިރުވެސް އަބަދު އިންނާނީ ކައިލީއަށް ބަލަން. އަރާ ރުޅީގައި ހިތަށް އަރާ ދެލޯ ކޮނެލަފާނަމޭވެސް ހަހަ” ޝަނުމް ބުންޏެވެ. “ހަހަ ކޮނެލާނެ ނަމަ” ކައިލީންވެސް ޝަނުމްގެ ހުނުމުގައި ބައިވެރި ވަމުން ބުނެލިއެވެ.

***

ޖެހިގެން އައި ދުވަހެވެ. އަލަކާއާއި އެކު ބޭރު ކުނި ކަހަން އުޅިފައި ގެއަށް ވައިން ލުބައިނާ ދިޔައީ ދެމީހުނަށް ކޮފީ ގިރުމަށެވެ. “ޓީވީ އަޅުވާލަބަ. މިހާރު ހަބަރު ކިޔާނެއްނުން؟” 8 ޖަހާފައި ހުރުމުން ލުބައިނާ ބުންޏެވެ. އަލަކާ ސޯފާގައި އިށީންދެފައި ޓީވީ ހުޅުވާލިއެވެ.

ހަމައެވަގުތެވެ. ލުބާންއަށް އައީ ފޯން ކޯލެކެވެ. ހަމަ ޖެހިލާފައި ލުބާން އެފޯނު ނެގީ އޭނާގެ ދިރިއުޅުން ހަލާކުވާނޭ ފަދަ ކޯލެއްކަން ނޭނގި ހުރެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތް އެދެ ޔާރާ ތިއޭ – 09

Next

މަޢާފް އެދެމުން 10

Next
May 25, 2025

މަޢާފް އެދެމުން 10

Previews
May 25, 2025

ހިތް އެދެ ޔާރާ ތިއޭ – 09

10 Comments!

  1. Maash Maash says:
    May 25, 2025 at 1:33 pm

    Heyyy shiherr..
    Mi part vx vrh reethi.. is that alook anehka?? Sooo curious.. anehka lubaan ah gulhey kaakubaa? Waiting curiously for the next part.. lyssm 🦋💜

    1. shihaamaa ali shihaamaa ali says:
      May 25, 2025 at 3:19 pm

      Heyyyy maasshh
      Jazaakallah khairan dear ❤️
      Shiherr akh neynge hehe👀 lubaann ah gulhee kaaku kan engeyne next ep ga🙈
      Stay tuned illlyysssm❤️

  2. aanaa says:
    May 25, 2025 at 2:29 pm

    Masha allah mi parttvss vrhh reethiii
    Alaka ah e fenuny kaakuuu???alook???
    Yalaan react kuraane gth vs neynge…enehka lubaan ah e gulhy kaakuu???
    curiously waiting for the next..whn nextt???tccc lyyy

    1. shihaamaa ali shihaamaa ali says:
      May 25, 2025 at 3:20 pm

      Jazaakallah khairan dearr❤️❤️
      Neynge neynge👀🙈 i’m just as curious as u😩
      Yalaan dhw.. hehe balamaa.. lubaan ah gulhee kaaku kan engeyne next ep ga hehe
      Stay tuned ilyt❤️

  3. Shaf_maan says:
    May 25, 2025 at 3:42 pm

    Maasha Allah mi prt vx vrh reethi
    Cant wait to see yalaan’s reaction
    Andd who called lubaan???
    So curious
    Can’t wait for the next prt
    Whn nxt
    Tc
    Lysm Shiher 💜💜💜

    1. shihaamaa ali shihaamaa ali says:
      May 25, 2025 at 3:54 pm

      jazaakallah khairan dear 💕
      hehe yeaaa. lubaan ah gulhee kaaku kan engeyne next ep ga stay tuned for next, ilyt

  4. gurrrl_8 gurrrl_8 says:
    May 25, 2025 at 5:39 pm

    Mashallah shiherr mi part ves so so so reethi🥰😍
    Hama ehme best thee
    I’m so curious next part ahh
    Dhnn vaane goii neyngeythii vrhh curious vefa mihurii
    I cantt waittt 🥲
    Keep it up
    Lyy ❤️❤️

    1. shihaamaa ali shihaamaa ali says:
      May 25, 2025 at 6:27 pm

      Jazaakallah khairan dearrr 💕
      stay tuned in sha allah soon
      ilyt

  5. Your fav bab Your fav bab says:
    May 25, 2025 at 6:42 pm

    Varah reethi plus varah furihama Maasha Allah
    Shierr Mi part made my curiosity go to the next level!!!
    Alaaka has another sibling?? Or just a random person who has the same birth mark?
    Poor yalaan! I feel bad for him especially when his so called closest friend betrayed him!!
    Now with lubaan? What’s that call about n who called him??
    My mind just blowing 😅
    I mi ulheny neyvaa laane vagu theh ves nuvegen. Test thah boa mathi vegan I barely can comment while shierr men maa carefree koh ulhey iru dhw 🤣🤣🤣
    Anyways when next?
    Lyssssm❤️💗❤️
    Tc

    1. shihaamaa ali shihaamaa ali says:
      May 25, 2025 at 11:44 pm

      Hehehe jazaakallah khairan stay tuned for the next episode
      Ilyt❤️

Comments are closed.

Next Episodeޒެވިއަން 24←


All Right Reserved!