އެކްޓަރ (ޕާޓް 20)
އަހަރެން ޝާއީ ގާތުގައި ތައްޔާރުވާން ބުނީ އެރޭގެ ނުވައެއް ޖަހާކަށްހާ އިރަށެވެ.ދެ ނަމާދު ދޭތެރޭ އަހަރެން ޖޯލިފައްޗަށް ނުކުތް އިރު ޝާއީ ބަދިގެ ފަރާތުގައި ހަރަކާތްތެރި ވާތީ ފެނެއެވެ. އަހަރެން ޝާއީއޭ ކިޔައި ދެފަހަރަކު ގޮވައިލުމުން އޭނާ އައީ ކޮފީ ތަށްޓެއް ތައްޔާރުކޮށްގެން އެ ހިފައިގެންނެވެ. އަހަރެން ޝާއީއާއި ދިމާލަށް ނިތް އަރުވައިލުމުން އޭނާ ހިނިތުންވެލިއެވެ.
****
’ކިހިނެއްވީތަ؟ ދެން މިހާ ދުވަސްވީއިރު އަހަންނަށްވެސް އެނގޭނެއެއްނު މިގަޑީ ޒައިފް ކޮފީއެއް ބޭނުންވާނެކަން… ނޫންތަ؟‘ ޝާއީ ހީލާފައި ބުނެލިއެވެ.
’އެހެހެ އެހެންދޯ؟…ޝާއީ އަހަންނާ ދޭތެރޭ ތިވަރަށް ވިސްނާކަން އެނގުނީމަ އަހަރެން ވަރަށް އުފާވެއްޖެ…‘ އަހަރެން ބުނެލީމެވެ.
’ހޫނ ދެން…‘ ޝާއީ ދަމާލާފައި ބުނެލިއެވެ.
****
ކޮފީ ތަށި އަހަރެންގެ އަތަށް ދީފައި ޝާއީ ދާން ހިނގައިގަތް ވަގުތު އަހަރެން އޭނާގެ އަތުގައި ހިފެހެއްޓީމެވެ.ޝާއީ އެނބުރިފައި އަހަންނަށް ބަލައިލި ގޮތުން އޭނާ ހުރީ އަހަރެންގެ އެ އަމަލުން ހައިރާންވެފައިކަން އަހަންނަށް އެނގުނެވެ.
****
’ކިހިނެއްވީ؟‘ ޝާއީ މަޑު މަޑުން އަހައިލިއެވެ.އެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ކުޅެލިހެން އަހަންނަށް ހީވިއެވެ.
****
’ ތެންކިއު…ފޮރ ދި ކޮފީ…އަހަރެން މިހުރީ އިންތިޒާރުގަ އިނގޭ…‘ ސީދާ ޝާއީގެ ދެލޮލަށް ބަލަން ހުރެ ތަންކޮޅެއް މަޑު މަޑުން އަހަރެން ބުނެލީމެވެ.
’އެނީ ޓައިމް… ގަޑި ޖެހެން ވާއިރަށް ރެޑީވެގެން ނުކުންނާނަމޭ…އަދި ލަހެއް ނުވެއެއްނު‘ ޝާއީ ބުނެލިއެވެ.
****
މީހަކު ކަރުކެހިލި އަޑަށް ސިހިފައި އަހަންނަށް ޝާއީގެ އަތުން ދޫކޮށްލެވުނެވެ.
****
’ހެޔޮ ނުވާނެ…ކަލޭމެން ދެމީހުން އިންނަން އުޅޭ…ކުޑާ އެސޮރަށް ނޫނެކޭ ނުބުނާތި.ފަހުން ހިތާމަ ކުރަން ޖެހިދާނެ.‘ މަންޒަރު ބަލަން ހުރި އަނޫކް ޚިޔާލެއް ފިކުރެއް ނެތި ބުނެލިއެވެ.އަހަރެން އޭނައާއި ދިމާލަށް ދެލޯ ބޮޑުކޮށްލާފައި ވައްތަރެއް ޖައްސައިލަމުން އޭނާއަށް އެ ބުނެވުނު އެއްޗަކާއިމެދު ވިސްނައިލެވުނީ ދެނެވެ.
****
’ވަޓް…؟!‘
ޝާއީ ހައިރާންވެފައި އަނޫކްއާއި ދިމާލަށް ދެލޯ ބޮޑުކޮށްލިއެވެ.އަނޫކްއަށް ބުނެވުނީ ބުނެގެން ނުވާނެ އެއްޗެއްކަން އެނގުމުން މަތި އަޅަން ވެގެން އޭނާ އަނެއްކާވެސް ކޮންމެވެސް އެއްޗެކޭ ކިޔާފައި ފެށްޓިއެވެ.
****
’މި ބުނީ… ޒައިފްމެން ކަހަލަ ރަނގަޅު މީހުން ވަރަށް މަދުވާނެއޭ އެއީ ލައްކައަކުން އެކެކޭ އިނގޭ… އެކަހަލަ މީހަކާ ދިމާވަނީވެސް މަދު ފަހަރަކުއޭ…އަނެއްކާ ކުޑާ އެއްޗެކޭ ހީނުކުރާތި…ކުޑާ މެރީ ކުރާނެ މީހެއް އެނގޭނީ ހަމަ ކުޑާއަށް…އެ ފްރީޑޮމް ކުޑާއަށްވެސް ހަމަ އިންނާނެ…‘ އަނޫކް އަވަސް އަވަހަށް ބުނެލިއެވެ. އަހަންނަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.މި އަނޫކްއަކާއި ހެދި އެންމެ ފަހުން އަހަރެންގެ ޕްލޭންވެސް ފަނި ވާނީ ކަންނޭނގެއެވެ.
****
’އައްދެ… އަހަންނަށް ހީވަނީ ތިހެން ކިޔާ މީހާ ކަންނޭނގެ އެންމެ ކުރިން މެރީ ކުރާނީ…ލަޔާ ހުރީ މިހާރުވެސް ރެޑީގަ…އަނޫ ކުރި އަވަހެެއް އެކަމުގަ އޮންނާނީ…. އޭނަ މިހާރުވެސް ހުންނާނީ ލަސްވެފައި…. ދޯ ޒައިފް‘ ޝާއީ އަހަންނަށް ދޯ ދެމުން އަނޫކްއާއި ދިމާކޮށްލިއެވެ.
****
’އޭ އޭ…ދެން އޯކޭ…ދެން އޯކޭ ނިންމާލީ‘ ޝާއީވެސް ދިމާކުރަން ފަށައިފިއްޔާ ނުހުއްޓަފާނެތީ އަނޫކް އަވަހަށް ބުނެލިއެވެ.
****
އަހަރެން ކޮފީ ބޮއެ ނިންމާފައި ހުސް ޖޯޑު ދިނުމުން ޝާއީ އެ ހިފައިގެން އެތެރެއަށް ވަންނަން ހިނގައިގަތުމުން އަހަރެން އަނޫކް އާއި ދިމާލަށް އަތް މަޅައިލީމެވެ. އޭނާ ހެމުން މޫނާއި ދިމާލަށް ދެއަތް ހުރަސްކޮށްލިއެވެ.
****
’ކައެގެ އަނގަ ބޮޑުކަމުން މިހާރު އުޅެވޭކަށް ނެތޭ…އެކަމަކު ކީއްކުރާނީ…ޔ ހާޖަރާ ބުނާހެން ކައެ ގޮވައިގެން ނޫޅި ވާކަށްވެސް ނެތް…އުޅެވޭކަށް ވެސް ނެތް…‘ އަހަރެން އެހެން ބުނެލުމުން އަނޫކްގެ ހިނިގަނޑު ހައްތަހާ ބާރު ވެލިއެވެ.
****
’އާނ… ހަނދާންކޮށް މި ހިފައިގެން ދާތި…‘ އެތެރެ ނޭނގޭ ކުޑަ ކަރުދާސް ކޮތަޅެއް އަނޫކް އަހަންނަށް ދިއްކޮށްލިއެވެ. އަހަރެން އަވަސް އަވަހަށް އޭގައި ހިފީމެވެ.
****
’ފައިނަލީ‘ ކޮތަޅުގެ އެތެރެ ފެނި އަހަންނަށް ހުރިހާ ދަތްތަކެެއް ފެންނަ ވަރަށް ހީލެވުނެވެ.އިރާދަކުރެއްވިޔާ އަހަރެންގެ ހުވަފެންތަކުގައި ކުލަ ޖެހުމުގެ ވަގުތު ކުޑަތަން ވަނީއެވެ.
****
ޑިނާރ އަށް ދާން ލާނެ އެއްޗެއް ނޭނގިގެން އަހަރެން ބޯ ހާސް ވާން ފެށިއެވެ.ޚާއްސަ ރެއަކަށްވާތީ ތަންކޮޅެއް ރަސްމީކޮށް ހުންނަން އަހަރެންވެސް ބޭނުންވިއެވެ.އެހެނަސް އަންނަމުން މާގިނަ ރަސްމީ ހެދުންތަކެއް ގެނެވިފައި ނެތުމުން މާގިނަ އޮޕްޝަން ތަކެއް ނެތެވެ. އަހަރެން އެކަމާ ބޯ ގާނަން ހުއްޓާ ކޮޓަރިތެރެއަށް އެންމެން ވައްދައިލިއެވެ. އެނދުމަތީގައި އަހަރެން ގެނައިހާ އަންނައުނެއް ވިއްޔާ އަތުރައިގެން ބޯ ކަހައިލަ ކަހައިލާ ހުއްޓާ ފެނުމުން ވެގެން އުޅޭ ގޮތް އެ ތިން މީހުނަށްވެސް އެނގުނެވެ.
****
’އޭ ކައެ ތިކަމާ ހާސް ނުވޭ…މިހިރީ ތިކަމުގައި ވަރަށް ތަޖުރިބާ ހުރި ސްޓައިލިސްޓެއް‘ ނަޔާނުގެ ކޮނޑަށް އަތް ވައްޓައިލަމުން ލާނެތް ރާގަކަށް އައްޒާމް ބުނެލިއެވެ.
****
’އާނ އެވަރަށް އަންހެން ކުދިން ގޮވައިގެން ޑޭޓުތަކަށް ގޮސްފައި ހުރި ގޮލައެއް އެއީ.އެހެންވީމަ ޒައިއްޕެއަށް ގޮތް ފާޑު ކިޔާލަދޭން ނޭނގުނިއްޔާ ނަޔާން ކައެއަށްވެސް ހުތުރު ދޯ.‘ އަނޫކް އައްޒާމްއާއި އެއްބައި ވެލިއެވެ.
****
’ތެދެއް ޒައިފް މަ ހުއްޓާ ކައެ ތިކަމާ ބޯ ގޮއްވާނެ ކަމެއް ނެތް‘ ވަރަށް ފޮނިވެލާފައި ނަޔާން ބުނެލިއެވެ.
****
އޭނާ އަހަރެންގެ ހުރިހާ އެއްޗެއް ބަލާ ފާސްކޮށްފައި އެކައްޗެއްވެސް ކަމު ނުގޮސްގެން އަނޫކްގެ އެއްޗެހިތައްވެސް ހާވަން ފެށިއެވެ.އަނޫކް އެކަމަށް ސަޕޯޓު ދިނުމުގެ ގޮތުން ރަށުގައި އޭނާ ބަހައްޓާފައި ހުރި ގަމީސްތަކަށް ދާންދެން ގެނައެވެ.
****
އަނޫކްގެ ރަސްމީ ގަމީސްތައް ހާވަ ހާވާފައި އޭގެ ތެރެއިން ނަޔާން ޚިޔާރުކުރީ އަޅި ކުލައިގެ ސްލިމް ފިޓް ގަމީހެކެވެ. ކަޅު ކުލައިގެ ފަޓުލޫނަކާއި އެކު އަހަރެން ބެގީ ކުރުވާފައި އޭނާ އުޅުނީ މާ މޮޅު ގޮތަކަށް އަހަރެންގެ އިސްތަށިގަނޑުވެސް ސްޓައިލް ކުރަންވެގެންނެވެ. އެހެނަސް އަހަރެން ދެން އެވިއްޔޭ ކިޔައި އެކަމުން މަނާވެގަތިlީއެވެ.
****
ޝާއީ ތައްޔާރުވެގެން ނުކުންނަން ދެން އަހަރެންް ދޮރުއަށި ކައިރީ މަޑުކޮށްލީމެވެ.ކެތްމަދުވެފައި ޝާއީގެ އިންތިޒާރުގައި އަހަރެން ހުއްޓާ އަންނަން ފެށީ އުސައިދުގެ ކޯލެކެވެ.އަހަންނަށް ނިތަށް ރޫ ގިނަކޮށްލެވުނެވެ.މިއޮއް ފަދަ ރޭ މިހާރު އުސައިދު އަހަންނަށް އެ ގުޅަނީ ކީއްކުރަން ހެއްޔެވެ؟އެ ކޯލު ނެގުމުގެ ބަދަލުގައި އަހަރެން ރިންގު އޮފްކޮށްލާފައި ފޯނު ފަޓުލޫނުގެ ޖީބަށް ކޮއްޕައިލީމެވެ.
****
ދޮރުއަށި ހުޅުވައިލި އަޑަށް އަހަރެންގެ ނަޒަރު އެދިމާލަށް ސީދާކޮށްލެވުނެވެ.މެރޫން ކުލައިގެ ’ބަޓަފްލައި‘ އަބާޔާއަކާއި މެރޫން ކުލައިގެ ސެޓިން ޝޯލެއް އަޅާފައި ހުރި ޝާއީ ފެނި އަހަރެންގެ އަނގަ އިޚުތިޔާރަކާއި ނުލައި ހުޅުވުނެވެ.އެ ފުރިހަމަކަން ފެނި މިރޭ ހަނދުވެސް ލަދުގަންނާނެކަން ގައިމެވެ.އޭނާ ރީތިކަމުން ހީވަނީ ޕަރީއެއް ހެންނެވެ.ރަތް ކުލައިން ފަވާލާފައިވާ ދެތުންފަތުގެ ސަބަބުން އެ ދޮން މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވިއެެވެ.
****
’ޝާއީ ޔޫ ލުކް ސްޓަނިން…‘ ޝާއީ އައިސް ކައިރީގައި ހުއްޓިލުމުން އަހަރެން ބުނެލީމެވެ. އަހަރެން އެހެން ބުނެލުމުން އެ މޫނަށް ފިނިފެންމާ ކުލަ ފާއްދާލިތަން އަހަރެން ދުށީމެވެ.
ޔޫ ލުކް ހޭންޑްސަމް ޓޫ…‘ ރަކި ގޮތަކަށް ހީލަމުން ޝާއީވެސް ބުނެލިއެވެ.އެ ތައުރީފުން އަހަރެންގެ ހިތް އުފަލުން ނަށައިލިއެވެ.
****
އަހަރެން ޝާއީ ގޮވައިގެން ލަޔާލީމެންގެ ގެސްޓު ހައުސް ކައިރި ބީޗަށް ފޭބުމުން ޝާއީގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ.އޭނާ އިތުރު ސުވާލެެއް ކުރުމުގެ ކުރިން އަހަރެން ޕްލޭންއާއި އެއްގޮތަށް ކަންތައްތައް ކުރަން ފެށީމެވެ. ފުރަތަމަ ކަމަކަށް ޝާއީ ގާތުގައި ލޯ މަރަން ބުނެފައި އަދި އެވަރުން ނުވެގެން އަހަރެންގެ ޖީބުން ނެގި ފޮތިކޮޅަކުން އޭނާ ކަނު ބަނދެލީމެވެ.
****
’އަޅެ ޒައިފް ނޫޅެމޭ ބަލާކަށް… އަނެއްކާ ކީއްކުރަންތަ ތިއުޅެނީ؟‘ އަހަރެން ޝާއީ ކަނު ބަނުމުން އޭނާ ކުޑަކޮށް ހާސްވިކަން އެ އަޑުން އަހަންނަށް އެނގުނެވެ.
****
’ޓްރަސްޓް މީ ޝާއީ…‘ އަހަރެން އެހެން ބުނެފައި ޝާއީގެ އަތުގައި ހިފައިލީމެވެ.’ނައު ކަމް ވިތް މީ…‘ އަހަރެން ޝާއީ ގޮވައިގެން ކުރިއަށް ހިނގައިގަތުމުން އޭނާ އަހަރެންގެ އަތުގައި އެލިގަނެގެން ކަހަލަ ގޮތަކަށް ކުރިއަށް ހިނގައިގަތެވެ.
****
ތަންކޮޅެއް ދުރުން ފެއަރީ ލައިޓު ތަކުން ޖަރީ ކުރެވިފައިވާ ދަނޑި ޓެންޓެއް ފެނުމުން އަހަންނަށް ހިނިތުންވެލެވުނެވެ.ހިތާހިތުން ލަޔާލީއަށް ޝުކުރުވެރި ވެވުނެވެ.އަހަރެން ހީކުރި ވަރަށްވުރެވެސް އެ ސެޓަޕް ފުރިހަމަވެފައި ރީއްޗެވެ. ޝާއީ ގަޔާވާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އަހަންނަށް އޮތެވެ.ސަބަބަކީ އެ ސެޓަޕްގެ ފަހަތުގައި ވަނީ ލަޔާލީގެ ސިކުނޑި ކަމަށް ވާތީއެވެ.
****
ޓެންޓުގެ ކައިރިއަށް އާދެވުމުން އަހަރެންވެސް އާޝޯޚުވިއެވެ. ދެމީހުންނަށް ޚާއްސަ ކުރެވިފައިވާ ޑިނަރަ ޓޭބަލް ހުރީ ޓެންޓްގެ އެތެރޭގައެވެ. މޭޒުމަތީގައި ފަތުރާ ލާފައި އޮތް ހުދު ކުލައިގެ ފޮތިގަނޑު ފަޅުފިލާފައި ވަނީ ސެންޓަރ ޕީސްގައި ޖަހާލާފައި ހުރި ރަތް ކުލައިގެ ފިނިފެންމާ ތަކުންނެވެ. ހުރިހާ ދިމާލަކުންވެސް އަހަންނަށް ލަޔާލީގެ ފާޑުވެރިކަން ފެނުނެވެ.
****
އަހަރެން ޝާއީގެ ލޯމަތިން ފޮތިގަނޑު މޮހައިލުމުން އޭނާ ދެލޯ ބޮޑުކޮށްލާފައި އެއްފަހަރު އަހަންނަށް އަނެއްފަހަރު އެ ސެޓަޕަށް ބަލައިލިއެެވެ.
****
’ޒައިފް…‘ ޝާއީގެ އަޑުގައިވަނީ ހައިރާންކަމެވެ.
’ އައި ނޯ…ލެޓްސް ޓޯކް އާފްޓަރ ޑިނަރ…އައި ހޭވް އެ ސަޕްރައިޒް ފޮރ ޔޫ…‘ އަހަރެން ޝާއީ އިތުރު އެއްވެސް ސުވާލެއް ކުރިޔަ ނުދީ ހުއްޓުވީމެވެ. އެހެނަސް އޭނާ ސުވާލުތައް ކުރަން ބޭނުންވެފައި ހުރި ވަރު އެ މޫނުމަތިން ސިއްރެއް ނުވެއެވެ.
****
އަހަރެމެން މޭޒު ކައިރީގައި އިށީނދެ ހަމަޖެހިލިތަނަކާއިހެން ’ބީޗް ވިއުގެ‘ ދެ ސްޓާފަކު އެތަނަށް އައިސްފިއެވެ.އެ މީހުން މެނޫ ދިނުމުން އަހަރެން ޚިޔާރު ކުރީ މޮންގޯލިއަން ރައިސްއަކާއި ފެޝަން ފުރުޓު ޖޫހެކެވެ.ޝާއީ ނެގީ ޗިކަން އަލްފްރެޑޯ ޕާސްތާ އަކާއި ވާޖިން މޮހިތޯއެކެވެ.
****
އޯޑަރު ނަގައިގެން އެ ދެ ސްޓާފުން ދިޔުމުން ޝާއީ އަކަށް އެއްޗެކޭ ބުނެ ނުލައެއް ކެތެއް ނުވިއެވެ.
****
’އައި ހޭޑް ޒީރޯ އައިޑިއާ ދިސް ވުޑް ބީ އެ ރޮމޭންޓިކޭ ޑިނާރ…އައި މީން އިޓް ކްލިއަރލީ އިޒް…ވިތް އޯލް ދިސް… ވަޓްސް ދި މީނިން އޮފް ދިސް ޒައިފް…އައި ވޮނަ ނޯ…‘ ޝާއީ އަހަންނާއި ހަތަރުކަޅި ހަމަކޮށްލާފައި ބުނެލިއެވެ.އަހަރެން އެއް މިޔަކަނުން ހީލިމެވެ.
****
’ބީ ޕޭޝަންޓް ބިއުޓިފުލް…‘ އަހަރެން ލަދު އެއްފަރާތް ކޮށްލާފައި ބުނެލީމެވެ.ލަދާކައި ހުރެ ތަދެއް ނުފިލާނެތާއެވެ.އަހަރެންގެ ހިތުގައި އޮތް އެއްޗެއް ޝާއީ ގާތުގައި ނުބުނެ ދެން އިތުރަށް ލަސް ކުރަން ހަދައިފިނަމަ އަހަރެން މޮޔަވެދާނެ ކަންނޭނގެއެވެ.ދެވަނަ ’ލަކީއެއްގެ‘ މުށުތެރެއަށް ދެނެއް ޝާއީ ދިޔަކަ އަހަރެން ނުދޭނަމެވެ.
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






It’s beautiful 😍
Thank you hassandy 😊
lamtty mi part vx vrh reethi Masha Allah 💜
alhun shaaee beynun i ge birthday setup hadhan
lamtty shaaee kairi bunahchey ingey
anook angaiga tape alhaafa bahahttan v 😂😂😂
when next part??
Thank you girl ❤️
Hehe yeahh
Miadhuvas kolhu busy kamun part thah up kohlun lasvani sorry about that