ސައިބޮއެ ނިމިގެން ގަންނަން ވެފައި ހުރި އެއްޗެހިތައް ގަނެގެން އައިސް ސައި ހެދުމުގެ ތައްޔާރީތައް ވާން ފެށުނުއިރު ދިހައެއް ޖަހަން ކައިރިވެއްޖެއެވެ.އެހެނަސް ހަތަރު މީހުން ބަދިގޭގައި އުޅޭތީ ނިކަން އަވަސް ދުވެއްޔެއްގައި މަސައްކަތްތައް ކުރިއަށް ދިޔައެވެ.ތިން ގަޑި ބައިވީރު އަހަރެމެންނަށް ހުރިހާ ކަމެއްކޮށް ނިންމާލެވިއްޖެއެވެ. **** ސައި ހެދުމުގެ މަސައްކަތް ނިންމާފައި ދޮންތަވެސް ތައްޔާރުވާން އަވަހަށް ގެއަށް ގޮސްފިއެވެ.އަހަންނާއި ތުއްތަވެސް ބަދިގެތެރެ ރަމަތަކޮށް, ލާން ހުރި އެއްޗެހި އިސްތިރިކޮށް ހަދާފައި އަވަހަށް ކޮޓަރިއަށް ވަނީމެވެ.އޭރު މެންދުރު ނުކައި […]
(27 ވަަނަ ބައި) “މިއީވެސް އަދި އަމާގެ ފިޔަވަޅުތަކުން ހިނގަން ދިމާކޮއްފައި ހުރި އެއްޗެއް ދޯ.. އަމާހެން ރަނގަޅަށް ހޭއަރުވާލަންވީތަ؟” ރީހާން ކުނޑިކޮޅެއްފަދައިން ޔުމްނު ފޮޅާލުމާއިއެކު އެއްވެސް ބާރެއްނެތި މޫނުވަތަށް ތަރުފާލުމައްޗަށް ވެއްޓި ދަތްދޮޅި ވިދިިގެންދިޔަގޮތުން ކަތުރުކަށިގަނޑުން ނަގައިގަތް ދިލައާއިއެކު ޔުމްނުއަށް ރޮއެގަނެވުނެވެ. “ހޭރޭނެކަމެއްނެތް… ބުނަން ކަލެއަށް ޖެހޭނީ ނުހައިލް ބުނާ ކޮންމެ ގޮތަކާއި ރުހެން… ނުހައިލްއަށް ދެކޮޅު ހެދީ ކަލެއަށް ޓަކައި މަތިން މީހަކު ފައިބައިގެން އަންނާނެކަމަށްތަ؟ ކާކުތަ ބަދުނާމެއް ބޮލުގައި އަޅާ ހިތުން އުޅެނީ… […]
“އޭ ދޮރު ވައްޓާލަންވީތަ ނޫނީ ހުޅުވާނީތަ؟؟ ****” ބޭރުން ވާހަކަދައްކަމުންދިޔަ މީހާ ވަރަށް ބާރަށް ގޮވައިލިއެވެ. އެވަގުތު އޭނާ ދޮރުގައި ޖެހިބާރުމިނުން ހީވީ ދޮރުވެސް ދެންމެ ދެންމެ ނައްޓައިގެން ގޮސްދާނެ ހެންނެވެ. ޝިޔާނާގެ ގައިގައި ބައްދާލައިގެން އިން ޝައިނާވެސް ސިއްސައިގެން ދިޔައެވެ. އެކުއްޖާ އިނީ އަނގައިން ބަހެއްވެސް ބޭރު ނުވާވަރަށް ބިރުގެންފައެވެ. ޝިޔާނާއަށް ސަލާމަތެއްނެތްކަން އެނގި ހަތިޔާރު ބަހައްޓަން މަޖުބޫރުވިއެވެ. “ކޮއްކޯ. ދޮންތި ދޫނީ. ދޮންތި މި އުޅެނީ ދޮރު ހުޅުވަން އިނގޭ. ދޮންތި ކޮއްކޮ ފާހަނައަށް […]
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އެލައިރާ މިއަދު ހޮސްޕިޓަލައް ވަދެގެން އައި އިރު އެހެން ދުވަސްތަކައް ވުރެއް އަޑު މަޑުހެން ހީވިއެވެ. މުޅި މާހައުލައް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. ދޭތެރެ ދޭތެރެޔަކުން މީހަކު ހިނގާލާ އަޑެއް ނޫނީ އެހެން އަޑެއް ނީވެއެވެ. އެލައިރާ އަވަސްވެގަތީ ގަޑި ޖެހުމުގެ ކުރިން ފިންގާރ ޖެހުމަށެވެ. ރޭގައި ލަހުން ނިދުމުގެ ސަބަބުން އެލައިރާޔައް މިއަދު ހޭލެވުނީ ވެސް ލަހުންނެވެ. ފިނަގާރ ޖެހުމައްފަހު އެލައިރާ އޭނާގެ އިސްތަށިގަނޑު ހުޅިއެއްޖަހައި، މޫނުމައްޗައް ވެރިފައި ހުރި […]
“މަންމާ!….” ހިދާއަށް ހަޅޭލަވައިގަނެވުނެވެ. ހިދާއަށް ހޭލެވުނީ ތެޅިގަނެފައެވެ. އޭރު މުޅިމީހާ ވަނީ ދާހިއްލާފޯވެފައެވެ. ބިރުން މައިނޭވާލެވެމުން ދިޔައިރު ހިދާގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. އަތްފައި ފިނިކަމުން ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. ހިދާ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލެވުނީ ވަރަށް މަސައްކަތުންނެވެ. ކުޑަކޮއް ހަމަޖެހިލުމަށް ފަހު ހިދާ އޭނާގެ ފޯނު ހޯދަންފެށި ޝިފްނާގެ ހާލެއް ބަލާލުމުގެ ގޮތުންނެވެ. ފޯނު ރިންގުވާތާ ފުދޭވަރަކަށް އިރުވީފަހުން ޝިފްނާ ފޯނުނެގިއެވެ. “ހަލޯ؟….” ޝިފްނާ ވާހަކަ ދެއްކިއެވެ. […]
އިބުރަތުން ފުރިގެންވި މައުލޫމާތުތަކެއް ލިބުމުން ހިތަށް އެރިއެވެ. ކައިވެނީގެ ކުރިން މިފަދަ ކަމެއް ބޮލަށް ނުވަދުނީ ކީއްވެ ހެއްޔެވެ؟ ފަހަރުގައި ވަރި ނުވެ ދިރިއުޅުން ހަމަ މަގަކަށް އެޅުނީހެވެ. އަހަންނަށް ރިޔާންގެ މަންމަ އާއި ކޮންމެ ވާހަކަ އެއްވެސް ދައްކަންކެރޭނެވެ. “ރިޔާންގެ މަންމަ ކައިރީ ބުނެވުނު ނަމަ އެ މަންމަ އަޑުއެހީސް” ޔަޤީން ކަމާއެކު މިހިތް ގޮވާލިއެވެ. އެ އަޑަށް އިޖާބަދޭން މާލަސް ވެއްޖެއެވެ. ލިބިގެން ދިޔަ އުފާވެރި ޚަބަރާއެކު ރާއްޖޭން ބޭރަށް ނުދާ ގޮތަށް މުއްތަސިރު […]
ޝަބާ ޢަލީއަކީ އޮންލައިން ދުނިޔޭގައި ވަރަށް މަޝްހޫރު، އެތައް ބައެއްގެ ހިތްތައް އޭނާގެ ލިޔުންތަކުން ފަތަޙަކޮށްފައިވާ ވާހަކަ ލިޔުންތެރިއެކެވެ. އޭނާގެ ކޮންމެ ވާހަކައަކީ، ހިތްދަތިކަމާއި، ވަކިވުމުގެ ވޭނާއި، ލޯބީގެ ތެރޭގައި ގެއްލިފައިވާ ފަރާތްތަކުގެ އިހުސާސްތައް ދިރިހުރި ގޮތަކަށް ސިފަކޮށްދޭ އަސަރުގަދަ ލިޔުންތަކެކެވެ. މި ލިޔުންތަކުން އެތައް ހާސް ބަޔަކަށް އަސަރުކޮށްފައިވެއެވެ. ޝަބާގެ ލިޔުންތައް ކިޔާ މީހުންނަށް، އޭނާއަކީ ހިތްވަރުގަދަ، ހިތްތިރި އަދި މީހުންގެ އިހުސާސްތައް ދަންނަ މީހެއްގެ ގޮތުގައި ފެނިގެންދެއެވެ. ނަމަވެސް، މި ހިތްގައިމު ލިޔުންތެރިޔާގެ ހަޔާތުގެ އަޑީގައިވަނީ، […]
ނޯޓް: ކިޔުންތެރިންނަށް!! މިއީ އަޅުގަނޑުގެ ފުރަތަމަ ޕްރޯ ސްޓޯރީ. މި ވާހަކައިގެ ފުރަތަމަ ބައި ހިލޭ ކިޔާލެވޭނެ ވާހަކަ ދަންނަވަން. 2 ވަނަ ބައިން ފެށިގެން 18 ވަނަ ބަޔާއި ހަމަ އަށް މި ވާހަކަ ކިޔާލަން ލިބޭނީ ޕްރޯ ސްޓޯރީ ގެ ގޮތުގައި ކަމުގަ ދަންނަވަން. ވާހަކަ ލިޔުމަކީ ވަރަށް ވަގުތު ނަގައިން ކުރެވޭ ކަމަކަށް ވާތީ މި ވާހަކަ ޕްރޯ ސްޓޯރީ ގެ ގޮތުގަ ހިމަނާލަން. އުންމީދު ކުރަނީ ކިޔުންތެރިންގެ ފަރާތުން އަޅުގަނޑުގެ ލިޔުންތެރިކަމަށް […]
ލޮލަށް ޖަމާވަމުން އައި ކަރުނަތައް ހިފަހައްޓައިގެން އިން އިރު ބިރުވެރި ޚިޔާލުތައް އައިސް ހިތާ ސިކުނޑިއަށް ގަދަވެގަންނަން މަސައްކަތް ކުރި ނަމަވެސް އެ ޚިޔާލުތައް ހިތުން ނެރެލުމަށް ލަޔާލް ހިތްވަރު ކުރަމުން ދިޔައެވެ. ބޯ ޖަހާލަމުން ސާހިލް ވަގުތުން އެކަމާ އުޅުނެވެ. ފަސް މިނަޓް ތެރޭ ޓެކްސީ ލިބުނެވެ. ލަޔާލް ބުނެދެމުން ދިޔަ ގޮތަށް ސާހިލް ކަންތައް ކުރިއެވެ. އެފަދަ ކަމަކަށް ތައްޔާރު ވެގެން ލަޔާލް ހުރީތީ ހޮސްޕިޓަލަށް ދާން ގިނަ ވަގުތެއް ނުނަގައެވެ. އިމަރޖެންސީގައި ކިޔާންއަށް […]