Skip to content
އެސްފިޔަ

ހިތް އެދެ ޔާރާ ތިއޭ – 11

ދެމީހުން ދެމެދު ހިނގި ކަންތަކާއިމެދު ދުންޔާ ލަދުގަނެފައިވާ މިންވަރު ދުންޔާގެ މޫނުމަތިން ފެނިގެންދެއެވެ. “އަމިއްލަ ނަފްސަށް ހާޓް ކުރަން އުޅެންޏާ އެހެންވާނީ.. ދުންޔާގެ ހަށިގަނޑަކީ އަހަރެންގެ މިލްކެއް.. އަހަރެންގެ މިލްކިއްޔާތުގަވާ އެއްޗަކަށް އަހަރެން އަނިޔާވެރިވެފައެއް ނޯންނާނެ.. ދެންވެސް އަމިއްލަ ނަފްސައް ތަދުވާ ފަދަ ކަމެއް ނުކުރާތި..” ދުންޔާގެ ދަތްދޮޅީގައި ހިފައިގެން ހުރެ ބަރު އަޑަކުން ޔާދިން ބުންޏެވެ. އޭރު ޔާދިންގެ ހޫނު ނޭވާ ދިޔައީ ދުންޔާގެ ތުންފަތުގައި ބީހެމުންނެވެ. ދުންޔާގެ ތުންފަތުގައި ހުރި ރަތްކަންވަނީ އިހުނަށް ވުރެ ގަދަވެފައެވެ. ޔާދިންގެ އަޑުގައިވި މަސްތުކަމުން ދުންޔާގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ.

***ޕާޓް 11***

ހިންދިރުވައިލަމުން ދުންޔާ ބޯޖަހައިލިއެވެ. “ވޯސް ދެޓް ޔުއާރ ފަސްޓް ކިސް؟” ދުންޔާ ލަދުގަނެފައިވާ މިންވަރު ފެނި ޔާދިން އަހައިލިއެވެ. އެއާއިއެކު ދުންޔާ މޫނު ކުރިއަށްވުރެ ރަތްވެގެން ދިޔައެވެ. ޔާދިންގެ ޖާދޫވި ދެލޮލަށް ގެބެމުން ދިޔަ ދުންޔާ، މަޑުމަޑުން ބޯޖަހައިލިއެވެ. ދުންޔާގެ މައުސޫމްކަން ފެނި ޔާދިންގެ ހިތަށް ގޮތެއްވެލިއެވެ. ދުންޔާގެ ގައިން ދޫކޮށްލުމަށްފަހު ޔާދިން ކައިރީގައި ހުރި ސޫޕުތަށިން ސޫޕްފޮދެއް ސަމްސަލުން ނަގައި ދުންޔާގެ ތުންފަތުގައި ޖެއްސިއެވެ. ދުންޔާ މަޑުމަޑުން އަނގަ ހުޅުވައިލުމަށްފަހު ސޫޕްފޮދު ބޯލިއެވެ. ޔާދިންގެ އަތުން ދުންޔާ ސޫޕްތައްޓާއި ޖިންޖާ ސައި ތަށި ބޮއެ ހުސްކޮށްލިއެވެ. ޖިންޖާ ސަޔަކީ ދުންޔާއަށް އެންމެ ނުބައި ސައިތަކުގެ ތެރެއިން އެއް ސަޔެވެ. އެހެންނަމަވެސް އޭނަގެ ފިރިމީހާ އެހާ އަޅާލުމާއި އޯގާތެރިކަމާއެކު އޭނަގެ ތުންފަތުގައި ސައިތަށި ޖެއްސުމުން އެކަމަށް އިންކާރު ކުރާކަށް ނުކެރުނެވެ. ދުންޔާ ހުރީ ޔާދިން ދީފިއްޔާ ޒަހަރުވެސް ބޯ ފަދަ ހާލަތެއްގައެވެ.

ޔާދިންއަށް ދުންޔާގެ ދެލޮލަށް ބަލައިލިއިރު އެ ދެލޮލުން އޭނާގެ ލޯތްބަށް ފެންބޮވައިގަނެފައިވި އަސަރުތައް އެއްވެސް ހުރަހެއް ނެތި ދިޔައީ ފެންނަމުންނެވެ. ޔާދިންގެ ހިތަށް ތަފާތު އިހުސާސެއް ކުރެވުނެވެ. އޭނަ މި އަންހެންކުއްޖާއަށް އަތުން ފައިން އަނިޔާއެއް ނުދިން ކަމުގައިވިޔަސް، އޭނަ ވަނީ ދުންޔާގެ ހިތަށް އެތައް އަނިޔާއެއް ދީފައެވެ. ތިމާ އެންމެ ލޯބިވާ މީހާގެ ދުލުން ތިމަންނަ ލޯބިވަނީ އެހެން މީހަކު ދެކެޔޭ ބުނާ އަޑު ކޮންމެ ހަފްތާއެއް ފަދައަކުން މި ވޭތުވެ ދިޔަ 7 އަހަރު ދުންޔާގެ ކަންފަތަށް އިވޭނެއެވެ. އެހެންނަމަވެސް ދުންޔާ ދިޔައީ އަބަދުވެސް ޔާދިންއަށް އިންތިޒާރު ކުރަމުންނެވެ. ޔާދިންގެ ކޮންމެ ބަހަކަށް ކެތްކުރަމުންނެވެ. ޔާދިންއަށްޓަކައި އަމިއްލަ ނަފްސަށް އެތަށް ބަދަލެއް ގެންނަމުންނެވެ.

މައިރީން ދެން އޭނައަކަށް ދުވަހަކުވެސް ނުލިބޭނެކަން ޔާދިންއަށް އެނގެއެވެ. މައިރީންއަކީ އަނބަކާއި ފިރިއެއްގެ ދެމެދަށް ވަންނާނެ އަންހެންކުއްޖެއް ނޫނެވެ. އެހެންކަމުން އޭނަ މައިރީން ދޫކޮށްލަންޖެހެއެވެ. މައިރީންގެ ހަނދާންތައް މާޒީގެ ތެރެއަށް ދޫކޮށް ފަސްލާންވެއްޖެތާ ކިތަންމެ އަހަރެކެވެ. އޭނަ ދެކެ ލޯބިވާ އަނބިމީހާއަށް ފުރުސަތެއް ދޭންޖެހެއެވެ. މީހުން ބުނެއުޅެއެއްނުން ހެއްޔެވެ؟ ތިމާ ލޯބިވާ މީހައަށްވުރެ ތިމާދެކެ ލޯބިވާ މީހާ އިޙްތިޔާރު ކުރުން މާ ހެޔޮކަންބޮޑެވެ. ދުންޔާ ނޫން އެހެން އަންހެންކުއްޖެއްނަމަ އޭނަ ދޫކޮށްފަ ދިޔަތާ ކިތަންމެ ދުވަހެކެވެ. އެހެންނަމަވެސް ދުންޔާ އޭނަގެ ރުޅިވެރި ބަސްތަކަށްށާއި އިންޒާރުތަކަށް ދިޔައީ ކެތް ކުރަމުންނެވެ.

ޔާދިން ގެނައި އެއްޗެހި ހުސްކޮށްލުމުން ދުންޔާއަށް އެނދުގައި އޮށޯތުމަށް ޔާދިން އެހީވެދިނެވެ. “ޑޫ ޔޫ ހޭވް އަ ހީޓިން ޕެކް؟” ޔާދިން އަހައިލިއެވެ. ދުންޔާ ލަދުން ހުރެ ބޯހޫރުވައިލިއެވެ. ޔާދިންގެ ދެލޯ ބޮޑުވިއެވެ. “ހީޓިން ޕެކެއް އޮންނަންވާނެއެއްނުން ދޫނިގެ ބަނޑަށް މިދުވަސްކޮޅު އެހާ ތަދުވާއިރު..” ޔާދިން ބުންޏެވެ. “ކުރިން ބޭނުން ކުރި އެތި ހަލާކުވީ.. އޭގެ އެއްޗެއް ގަންނަން ހަނދާންނެތިފަ މިހުރީ..” ދުންޔާގެ ޖުމުލަ ނިމުނު ތަނާހެން ޔާދިން ދުންޔާގެ ތުންފަތުގައި ބޮސްދިނެވެ. “ކީކޭ އަހަރެން ބުނީ؟ ދޫނިގެ ސިއްހަތަށް ފަރުވާ ކުޑަ ނުކުރާށޭ.. މާދަމާ އަހަރެން ދާނަން އޭގެ އެއްޗެއް ގަންނަން.. ދެން މި ގަޑީގަ ނިދާލާ..” ދުންޔާއާ ދުރުވެލަމުން ޔާދިން ބުންޏެވެ. އޭރު ދުންޔާގެ ކޯތާފަތް ރަތްކަމުން ހީވަނީ ލޭފައިބަން އުޅޭހެންނެވެ.

ޔާދިން އޭނަގެ ދެއަތްތިލި އުނގުޅަން ފެށިއެވެ. އޭނަ ބޭނުންވާ ވަރަށް ދެއަތްތިލަ ހޫނުވުމުން ދުންޔާ ލައިގެން ހުރި ޓީޝާޓް މައްޗަށް ނަގައި ބަނޑުގައި އަތް ބާއްވައިލިއެވެ. އެއާއެކު ދުންޔާ ސިހުނެވެ. ޔާދިން މަޑުމަޑުން ދުންޔާގެ ބަނޑު މަސާޖް ކުރަންފެށިއެވެ. ދުންޔާގެ ބަނޑުގައި ކޮކާ އުނދުހޭފަދަ އިހްސާސެއް ކުރެވުނެވެ. “ތަދުވަންޏާ ބުނެލައްޗޭ.. ދެން އަވަހަށް ނިދާލާ..” ޔާދިން އޯގާތެރިކަމާއެކު ބުނެލިއެވެ. ޔާދިންގެ ހަރަކާތްތަކުން ވަމުން ދިޔަ އަރާމުން ދުންޔާގެ ދިގު އެސްފިޔަތައް ތިރިކޮށްލެވުނެވެ. ކުޑައިރުކޮޅެއް ފަހުން ދުންޔާ ނިދީގެ އާލަމަށް ދަތުރުކުރިއެވެ. ޔާދިންގެ ނަޒަރު ހުއްޓިފައިވަނީ ދުންޔާގެ މައުސޫމް ހަނދެއްފަދަ ރީތި މޫނަށްށެވެ.

ރޭގަނޑުގެ ވަގުތު ނިމި ދުވާލުގެ ވަގުތަށް އިރު މަރުހަބާ ކިޔަމުން އިރުގެ ރަން ދޯދިތަކުން ދުނިޔެ އަލިކުރަން ފެށިއެވެ. ކުޑަދޮރުގައި ދެމިފައިވި ފަރުދާއިން އިރުގެ އަލި ފޭދިގެން ކޮޓަރިތެރެއަށް އެޅުނެވެ. މަޑު ރާގަކަށް ތުންފުމެމުން ޔާދިން ދިޔައީ ހެދުނުގެ ސައި ތައްޔާރު ކުރަމުންނެވެ. ކިރުތައްޓަކާއިއެކު ޓްރޭއަށް ބިސްގަނޑަކާއި ސޭންޑްވިޗްއެއްލުމަށްފަހު ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އެނދު ކައިރީއިން މޭޒުގައި އޭނަ ގެނައި އެއްޗެހި ބެހެއްޓުމަށްފަހު ހިންދެމިލައި އެނދުގައި ނިދާފައި އޮތް އޭނަގެ އަނބިމީހާއާއި ދިމާލަށް ބަލައިލިއެވެ. ރޭގައިވި ކަންތައް ހަނދާންވުމުން ޔާދިންގެ ތުންފަތް އެއްމިޔަކަނުން ދެމިލިއެވެ. ގަޑިއަށް ބަލައިލުމަށްފަހު ޔާދިން އަވަސްވެގަތީ އޮފީހަށްދާން ތައްޔާރުވާށެވެ.

މިއަދު މުހިންމު މީޓިންއެއް އޮތުމުން އޭނަ ކޮންމެހެންވެސް އެ މީޓިންއަށް ދާންޖެހެއެވެ. ފެންވަރައިގެން ދުންޔާ ކުރިން އިސްތިރިކޮށްފައިވާ މަޑު ފެހި ކުލައިގެ އަތް ދިގު ގަމީހެއްލައި ބެގީކޮށްލިއެވެ. އޭނަގެ ފަން ކަޅު އިސްތަށިކޮޅު ސްޓައިލްކޮށްލުމަށްފަހު ސްޓިކީ ނޯޓްއެއް ނަގައި އޭގައި ކޮންމެވެސް އެއްޗެކޭ ލިޔެލިއެވެ. އެއަށްފަހު އެ ސްޓިކީ ނޯޓް އޭނަ ގެނައި ޓްރޭގައި ތަތްކޮށްލުމަށްފަހު ދާން ހިގައިގަތެވެ. ކާރަށް އަރައި ޔާދިން މީހަކަށް ގުޅައިލިއެވެ. “އައްސަލާމުއަލައިކުމް.. އަޅުގަނޑު ބޭނުން ގައިނޮކޮލޮޖިސްޓް އެޕޮއިންމެންޓެއް ހައްދާލަން މިއަދު މެންދުރަށް..” ޔާދިން ޓްރީޓޮޕްއިން ވާހަކަ ދެއްކި ރިސެޕްޝަނިސްޓްއާއި ވާހަކަ ދައްކަމުން ބުންޏެވެ. އަދި އެކަންތައް ހަމަޖެހުމުން އޭނަގެ އޮފީހަށް ދިޔުމަށްޓަކައި ކާރު ދުއްވައިލިއެވެ.

ދުންޔާއަށް ހޭލެވުމުން މަޑުމަޑުން އެނދުގައި އިށީނދުނެވެ. އޭނަގެ ބަނޑުގެ ރިހުން މިހާރު ކޮންމެވެސް ވަރަކަށް ވަނީ ރަނގަޅުވެފައެވެ. ރޭގައިވީ ކަންތަކުގެ ހަނދާންވުމުން ދުންޔާގެ މޫނު ރަތްވެގެން ދިޔައެވެ. އޭނައަށް އެނދުގެ ކަނާތްފަރާތް ބަލައިލެވުނީ ޔާދިން އެތާ އޮންނާނެ ކަމަށް ހީކޮށެވެ. އެހެންނަމަވެސް ޔާދިންގެ ހިލަމެއް އެތަނުން ނުވުމުން ދުންޔާގެ ހިތަށް ކޮންމެވެސް ވަރަކަށް ތަދުވިއެވެ. ތުންދަމައިލަމުން ރޭގައިވި ކަންތަކަކީ ހުވަފެނެއް ކަމަށް ހީކޮށް، ދުންޔާ އެނދުން ތެދުވަންނަން އުޅެނިކޮށް އޭނަގެ ލޮލުގައި އަޅައިގަތީ އެނދު ކައިރީގައި ހުރި މޭޒުމަތީ ހުރި ޓްރޭގައި ހުރި ތަކެއްޗާއި އޭގައި ތަތްކޮށްފައި އިން ނޯޓްކޮޅަށްށެވެ.

“ކިރުތައްޓާއެކު ބިސްގަނޑު އަދި ސޭންޑްވިޗް އެނދުން ތެދުވުމުގެ ކުރިން ކާލައްޗޭ.. މިއަދު ކައްކާނެ ކަމެއްނެތް.. ބޮޑަށް ރެސްޓް ކުރާތި! އެހައި ބުރަކޮށް ނޫޅޭތި! އެންޑް މިއަދު އެކެއް ޖަހާއިރު އަންނާނަން ބަލާ ތަނަކަށް ދާން.. ރެޑީވެގެން ހުންނާތި!..” ޔާދިން ލިޔެފައި އޮތް ނޯޓްކޮޅުފެނި ދުންޔާގެ ދެލޯ ބޮޑުވިއެވެ. އެ ނޯޓްކޮޅުން ރޭގައިވި ކަންތަަކަކީ އަސްލެއްކަން އޭނައަށް ޔަގީންވިއެވެ. ކިރުތައްޓަކީ ދުންޔާއަށް ކިތަންމެ ނުބައި އެއްޗެއް ނަމަވެސް ޔާދިން ހަދައިދިނުމުން ދުންޔާ ގަދަކަމުން ކިރުތަށީގައި ތުންޖަހައި ބޯލިއެވެ. އަދި ބިސްގަނޑާއި ސޭންޑްވިޗް ކައި ހުސްކޮށްލިއެވެ. ފިރިމީހާގެ މި އަޅައިލުމާއި އޯގާތެރިކަމުން ދުންޔާ ހުރީ އުފަލުންފޮޅިފައެވެ.

މައިރީން ހޭލުމަށްފަހު ފޯނު ނަގައި އޭނަގެ ސުޕައިވައިޒަރު ކައިރީ މިއަދު ސަލާމްއަކަށް އެދުނެވެ. ފެންވަރައި ރީތިވެގެން ދަނބު ކުލައިގެ ކޮކާލެއްޖަހާފައިއިން ކުރުތާ މަތިކޮޅަކާއި ކަޅު ބެލްއަކާއިއެކު އާދައިގެ ބުރުގަލެއް އަޅައިގެން މައިރީން ކޮޓަރިން ބޭރަށް ނިކުތުނެވެ. “މައީ މިއަދު ބަލީތަ؟ ހާދަ ބޮޑަކަށް މޫނުމަތި ދުޅަވެފަ ތިހުރީ؟” ޝިޔާމާ ދެލޯ ބޮޑުކޮށްލަމުން އަހައިލިއެވެ. ވާނީވެސް އެހެނެއްނުން ހެއްޔެވެ؟ މައިރީންގެ މުޅި މޫނުމަތި ވަނީ ރަތްވެ ދުޅަވެފައެވެ. އަދި މައިރީންގެ ނޭފަތަށްވެސް ހުރީ ޖަންބުކުލަ އަރާފައެވެ. “ރޭގަ ރަނގަޅަށް ނުނިދުނީ.. ދެން ކުޑަކޮށް ރޯގާވެގެން މިއުޅެނީ..” މައިރީން އޭނަގެ އަޑުގައި ހުރި ކުރަކިކަން ނުދެއްކުމަށްޓަކައި މަޑުމަޑުން ބުންޏެވެ.

“އެހެންވިއްޔާ އަވަހަށް ސައިބޯން އުޅޭ..” ޝިޔާމާ އަވަހަށް ބުންޏެވެ. އަދި މައިރީންގެ ކޮނޑުގައި ހިފާ މައިރީން ގޮޑީގައި ބައިންދާ ކިރު ތައްޓެއް ހެދިއެވެ. “މަންމާ މައި ސައިބޮއެ ނިންމާގެން ފްރެންޑެއް ކައިރިއަށް ގޮސްލާނަން އިނގޭ..” މައިރީން ބުންޏެވެ. “މައީ ބަލިވެއެއްނުން ތިއުޅެނީ..” ޝިޔާމާ ނުދާށޭ ބުނާ ފަދަ ގޮތަކަށް ބުންޏެވެ. “ވަރަށް މުހިންމު ކަމަކުއޭ..” މައިރީން އަނެއްކާވެސް ބުނެލިއެވެ. އެންމެފަހުން ޝިޔާމާ ފުންނޭވާއެއްލުމަށްފަހު ބަލިގަބޫލުކުރިއެވެ.

މައިރީން ސައިބޮއެ ނިންމައިގެން ބޭރަށް ނިކުތުނެވެ. އަދި ޓެކްސީއެއް ނެގުމަށްފަހު ‘ޝިހާސް ވެލްބީންގް’ ކްލިނިކަށް ދިޔުމަށް ޓެކްސީ ޑްރައިވަރު ގާތު ބުންޏެވެ. ޑްރައިވަރ މައިރީން ބޭނުންވާ މަންޒިލަށް ގެންދިޔުމުން މައިރިން ޓެކްސީއަށް ފައިސާ ދެއްކުމަށްފަހު ކްލިނިކަށް ވަދުނެވެ. ‘ޝިހާސް ވެލްބީންގް’ ކްލިނިކްއަކީ މާލޭގައި މަޝްހޫރު ތެރަޕީ ކްލިނިކެކެވެ. އެ ކްލިނިކްގެ ވެރިޔާ ކަމަށްވާ ޑރ.އައިޝަތު ޝިހާމާއަކީ އޭނާގެ ހިތްހެޔޮކަމަށް އެންމެންގެ މެދުގައި މަޝްހޫރުވެފައިވާ ހީވާގި އަންހެން ޑޮކްޓަރެކެވެ.

ކްލިނިކްގެ އެތެރެއަށް ވަދުނުއިރު ފެނިގެންދަނީ ފެހިކަންފަދަ އެކި ވައްތަރު ވައްތަރުގެ މާމެލާމެލީގެ ގަސްތަކެވެ. އަދި ކުޑަކުދިންނާ ގުޅޭ ފަދަ ޕްލޭ އޭރިއާއަކާއި ރިސެޕްޝަން ކައިރީގައި ވެއިޓިން އޭރިއާގައި މަޑުކުރުމަށް ސޯފާސެޓެއް ހުއްޓެވެ. ފާރުތަކުގައި އެކި ވައްތަރުތަކުގެ ‘ކުއޯޓްސް’ އާއި ދުޢާތައް ހުއްޓެވެ. ރިސެޕްޝަންއަށް ގޮސްފައި މައިރީން ޑރ.ޝިހާމާއާއި ބައްދަލުކުރަން އެޕޮއިންޓްމެންޓެއް ހައްދާލިއެވެ. ކުޑައިރުކޮޅަކަށްފަހު ރިސެޕްޝަންގައިއިން ކުއްޖާ، މައިރީން ޑރ.ޝިހާމާގެ ތެރަޕީ ރޫމްއަށް ގެންދިޔައެވެ.

މައިރީން ސަލާމް ގޮވައިލުމަށްފަހު އެތެރެއަށް ވަދުނެވެ. ޝިހާމާ ލުއި ހިނިތުންވުމަކާއިއެކު ސަލާމް ބަލައިގަތެވެ. “އަހަ މައިރީން.. ހާދަ ދުވަހެއްކޮށްލާފައޭދޯ ތިއައީ.. އަވަހަށް އިށީނދޭ.. މައިރީންގެ ހާލު ކިހިނެތްތަ؟” ލުއި ހިނިތުންވުމަކާއިއެކު ޝިހާމާ ސޯފާއަށް އިޝާރާތް ކުރަމުން މައިރީންގެ ގާތުގައި އަހައިލިއެވެ. “ދެން އެހާ ރަނގަޅެއް ނޫން..” މައިރީން މަޑުމަޑުން ބުނެލިއެވެ. މައިރީންގެ މޫނުމަތީގައިވި ދުޅަކަމާއި ރަތްކަމުގެ އަސަރުތައް ޝިހާމާގެ ލޮލުގައި އަޅައިގަތެވެ. “ވާހަކަ ދައްކާލަމާދޯ؟ މައި ރޮއެފަތަ؟ ކިޔާދީބަ ވީގޮތް..” މައިރީންގެ ހަރަކާތްތަކަށް ސަމާލުކަން ދެމުން ޝިހާމާ ބުންޏެވެ. “މީގެ ތޭރަ އަހަރު ކުރިންވީ ކަންތަކާ މެދު މާބޮޑަށް ވިސްނެނީ.. ރޭގަ..” މައިރީންއަށް އިތުރަށް ބުނަން އުނދަގޫވިއެވެ. އޭނަގެ ކަރުތެރެ ބެދޭ ފަދަ އިހްސާސެއް ކުރެވުނެވެ.

މައިރީން އިސްޖަހައިގެން އިނުމުން ޝިހާމާއަށް މައިރީން އިނީ އެވާހަކަތައް ކިޔައިދިނުމަށް އުނދަގޫވެފައިކަން އެނގުނެވެ. “އިޓްސް އޯކޭ. ޓޭކް ޔުއާރ ޓައިމް” މައިރީންއަށް ވާހަކަ ދައްކަން ފަސޭހަވާނެ ފަދައިން ޝިހާމާ ބުންޏެވެ. މައިރީން ފުންނޭވާއެއް ދޫކޮށްލިއެވެ. “މައި މިހާރު މިއުޅެނީ ކިޔާގެ ކޭސް ނަގައިގެން.. އެކަމަކު ކިޔާގެ ދޮންބެ މައިއަށް އެކަމަށް ވަރަށް ބޮޑަށް ހުރަސް އަޅާ.. ރޭގަ އޭނަ ބުނީ.. އެއީ މައިގެ ސަބަބުންވީ ކަމެކޭ.. މައި އެރޭ އެތަނަށް ނުދިޔަ ނަމަ ކިޔާ ހުންނާނީ ދުނިޔޭގައޭ.. އެއީ ކުރިން މައި ވިސްނިގޮތް.. އެކަމް ޝިހާ ކައިރިއަށް ތެރަޕީ ނަގަން އަންނަން ފެށިފަހުން އެ ވިސްނުން ދޫކޮށްލިން.. އެކަމަކު އަނެއްކާވެސް މައިއަށް ހީވޭ ކައިލް އެދައްކަނީ ތެދުވާހަކައެއްހެން.. އެއީ އޭރު މައި ގަބޫލުކުރިގޮތް.. މައި އެ ކޭސް ކައިލް ބުނިގޮތަށް ދޫކޮށްލަންވީތަ؟” މައިރީން ކަރުނަވީ ލޮލަކުން ޝިހާމާއާއި ދިމާލަށް ބަލައިލުމަށްފަހު ސުވާލުކޮށްލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (10)

  1. pink girl

    Hi maash,
    Vrh dhuvas vehje comment eii kohlan ulheythaa….
    ekm hama busy kamun nuvanee 😭😭
    Maash ge ehn vaahaka thakaa balaafa mi vaahaka vrh vrh improve kan faahaga kurevey💖💖💖
    Nunikunna dhuvaheh kan ingey iru vx knme dhuvahaku beley up veythoa😊😊
    Hithah aranee surprise part eii vx maash laafaaney 😅
    Ehaa vx mi stry reethi 💖💖💖
    Yaadhin and dhunya ge bai kyaafa hama blush vanee ☺️☺️
    Maireen ah v goii dhw 😔😔😔
    Karl vx nuvaane dhw aslu ehn kiyaakah…. kiyaa akee maireen ge friend eii vihyaa 😔😔😔
    Can’t wait for next part 😊😊
    Sunday ga up vaanee ingey iru vx ehaa vrh beleyne…
    Adhi hiyyy thelhey irehga vx heevany ehn kameh hn🤣🤣🤣
    Ly
    Tc
    Bye
    Mi dhe dhuvahu vx varah miss vaane mi stry mathin…😍😍

    1. Maash
      pink girl

      Heyy pink girl..
      Aww ehenthaa.. Thats understandable since eid is near hehe.. No wories I’m happy to see ur comment..
      Thankyou soo much.. that made me soo happyyyyy💜💜
      Awwwwwwwwwnnnn
      Hehehe Suprisekohv laanan adhi ekam maash ge exam nimuneema ehen leveyney
      Awww thankyouuuuu.. I’m happy u liked ittttt
      Hehe Yaadhin and DHunyage part liyaairu maash vx hunnany blush vefa hehe..
      Mai ah v goi so sad asluvx.. kail asluvx ehen bunaaka nuvaane dhww.. I agree with u darlingg.
      Next part insha allah sundayga..
      Love you moree darlingg
      Tc
      Hope to see ur comment in sunday’s part too💜💜
      hehe mi dhe dhuvahu miss vaane mi sweet comment mathin💜🦋

  2. aanaa

    Masha allah mi parttt vss vrhh reethiii
    alheyyyy…yaadhin r dhunyaaaa haadha cuteee eyyy….yaadhin kurinvs dhunya ah care kuraanama dhww…gabool v nukurevey 7 years vandhen meehaku huredhaanekmh…enme fahun dhunya ah yaadhin ge loabi libihje..yaaaayyy
    mai e case dhookollaanytha???curiously waiting for the next…when next???tcc lyy💜

    1. Maash
      aanaa

      Thankyouuu soo muchhh Aanaa.. I’m happy u liked this part..
      hehe Dhunya and yaadhin vrh cute dhww.. well dhen past ah visnaigen kuriakah nudheveyne ehnun.. Its good yaadhin is caring towards dhunya now dhww…. yess emme faun dhunya ah yaadhin ge lowbi libijje,,
      Lets see dhw mai hadhaa goii.. Next part insha allah sundayga.. Tcc..
      Love you moreee💜🦋

  3. shihaamaa ali

    Heyyyyy Maassshhh
    mi part vess vrh reethi ma sha allah
    brooo yaadhu is making my standards go above 7 skies HELP 😭😭😭😭😭
    dhunya is soooo lucky ma sha allah
    and maii dhww she shouldn’t blame herself for it dhw asluga. i truly hope she makes the right choice. cant wait to see shihers reply (ok that was weird to say 💀💀)
    anywhoo loved this ep soooo muchhhh cant wait for the next one
    Ilyyyyyssssmmmm💕❤️

    1. Maash
      shihaamaa ali

      Heyyyyyyy Shiherrr
      Thankyouuuu soo much.. I’m happy u liked this parttt..
      Hehehe yaadhin is making my standards go high toooooooooo.. Fr need a man like thattt😭😭
      Yess Dhunya is the luckiest girl ever asluvx..
      Yess asluuvxx mai was just a kid back then.. Lets see what choice she makes dhww.. Hehe lets see Shiher’s reply😭
      Thankyouuu for making the cover pic and helping me with the thrapist partss..💜💜
      Love you moreeeeee💜🦋

  4. Shaf_maan

    Maasha Allah mi prt vx vrh reethi
    Yaadin mihaaru vth big kon changed dhw
    And mai ge prt. So curious dr. Shihaamaa ge answer akah
    Curiously waiting for the nxt prt
    Whn nxt????
    Tc..
    Lysm Marsh 💜💜💜

    1. Maash
      Shaf_maan

      Thank you soooo much darling.. I’m happy u liked ittt…
      Yess yaadhin mihaaru vrh bodah change vejje..
      Hehe let’s see doc ge answer dhww..
      Insha allah next part Sunday ga…
      Tc love you moreee💜🦋

  5. pink girl

    Miulheny next part kiyaahithun….
    When next??

    1. Maash
      pink girl

      Sorry for the delay Pinky girl.. Maash weekend ga Mal’e dhiyaama iyye submit kohlevuny.. mm mihaaru upload vefa iny..💜🦋

Comments are closed.