އަލްޒައިމާ
ހަވީރުގެ ވަގުތެވެ. ނަމަވެސް ވެހެމުން ދިޔަ ބޯވިއްސާރައިގެ ސަބަބުން ހީވަނީ އިރުއޮއްސިފައިވީހެންނެވެ. ޖާލި ދޮރުކައިރީގައި ނޯޓު ފޮތެއް ލިޔަން އިން އިޝާގެ ހުރިހާ ސަމާލުކަމެއް ހުސްކޮއްލައިގެން އިނީ އިޝާ ލިޔަމުން ދިޔަ ވާހަކަ އަށެވެ. އިޝާއަކީ ވާހަކަ ލިޔުންތެރިޔެކެވެ. އުމުރުން 37 އަހަރެވެ. ވާހަކަ ލިޔަމުން ދިޔައިރު އިރުއިރުކޮޅުން އިޝާއަށް ނޭފަތް ދަމާލެވެޔެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އިޝާ ލިޔަމުން ދިޔައީ ހަގީގީ ވާހަކައެކެވެ. އިޝާގެ ހަޔާތުގެ ވާހަކައެވެ.
އިޝާގެ 19 އަހަރުގެ އަންހެން ކުއްޖަކު ހުރެޔެވެ. ނަމަކީ އީޝާއެވެ. އެއީ އިޝާގެ ފުރާނައެވެ. އީޝާގެ އުމުރުން އެންމެ 6 އަހަރުގައި އިޝާގެ ފިރިމީހާ ރިއާޝް ނިޔާވިއެވެ. އެދުވަހަށް ފަހު އީޝާގެ މަންމައަކީވެސް އަދި ބައްޕައަކީވެސް އިޝާއެވެ. މުސްކުޅިން ބުނެއެއްނުން ހެއްޔެވެ؟ އުސްގަނޑަކަށް ފަހު އަޑިގަނޑެއްވެސް އަންނާނެއެވެ. އިޝާގެ ހަޔާތަށް އަޑިގަނޑުގެ ހިޔަނި އެޅުނީ އީޝާގެ އުމުރުން 14 އަހަރުގައެވެ.
ފަހަކަށް އަހިސް އާދަޔާ ޙިލާފަށް އިޝާ ހަނދާން ބަލިވަމުން ދިޔައެވެ. މާބޮޑު ކަމަކަށް އެކަން ނުބެލި ނަމަވެސް އިޝާ ޑަކްޓަރަށް ދެއްކިއެވެ. “ވަރަށް ބޮޑަށް ސޮރީ. އަލްޒައިމާ..” ޑަކްޓަރު މަޑުމައިތިރި ރާގަކުން ބުންޏެވެ. އެހެންވިޔަސް އިޝާއަށް އެއަޑު އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. އެއްފަހަރާ ހުރިހާ ކަމަކާއި މެދު ވިސްނެން ފެށުނެވެ. 18 އަހަރު ނުވާ އަންހެން ކުއްޖަކު އިޝާގެ އެބަހުއްޓެވެ. އެކުއްޖާ ބަލާނީ ދެން ކާކު ހެއްޔެވެ؟
އިޝާ އެނބުރި ގެއަށް އައި އިރު އީޝާ އޮތީ ނިދިފައެވެ. ސުކޫލުން އަހިސް ނިދުމަކީ އީޝާގެ އާދައެކެވެ. އިޝާ އީޝާ ގާތުގައި އީށީނެވެ. އީޝާގެ މައުސޫމް މޫނަށް އިޝާ ބަލައިލިއެވެ. އެއާއި އެކު އިޝާގެ ދެލޯ ގެނބެމުން ދިޔަ ހޫނު ކަރުނަތައް އިޝާގެ ކޯތާފަތުގައި ބޮސްދީފައި ފޭބިއެވެ. “މަގޭ ދަރިފުޅު…” އިޝާއަށް މަޑުމަޑުން ބުނެވުނެވެ. ދުވަސްކޮޅަކުން އީޝާ މަތިންވެސް އިޝާ ހަނދާން ނުހުންނާނެކަން ގައިމެވެ.
އިޝާ ދެން ވަނީ އިޝާގެ ކޮޓަރިއަށެވެ. އިޝާގެ ކެމެރާ ނަގާ ވީޑިއޯއަށް ޖެއްސިއެވެ. 10 ވަރަކަށް މިނިޓް ވަންދެން އިޝާއަށް އެއްވެސް އެއްޗެއް ނުބުނެ އިނދެވުނެވެ. ވާހަކަ ފަށާނޭގޮތެއް އިޝާއަށް ނޭނގުމުނެނެވެ. “އީޝް… ދަރިފުޅަށް މިވީޑިއޯ ފެންނާނެ ނަމަ އޭގެ މާނައަކީ މިއަދު މަންމައަކަށް ދަރިފުޅުތިއީ ކާކުކަމެއް ނޭނގެއޭ. ދަރިފުޅާ. މަންމައަށް މަޢާފް ކުރައްޗޭ. މަންމަ މަޑުމަޑުން ދަރިފުޅު މަތިންވެސް ހަނދާންނެތޭނެ..” ރޮވޭވަރުން އިޝާއަށް ވާހަކަކޮޅު ކުރިއަކަށް ނުގެންދެވުނެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އިޝާގެ ހާލަލު ދިޔައީ ދުވަހެއް ދުވަހަކަށް ދެރަވަމުންނެވެ. އީޝާ ސުކޫލަށް ގެންދަން ހަނދާން ނެތެން ފެށިއެވެ. ޔުނީފޯމު ދޮވެފައި މެޝިނުން ނުނަގާ ބޭއްވެން ފެށިއެވެ. އީޝާއަށް ކާންދޭން ހަނދާން ނެތެން ފެށިއެވެ. އީޝާ ޝަކުވާގޯނީ އޮއްސާލީ އީޝާގެ އުފަން ދުވަސް ހަނދާން ނެތުމުންނެވެ. “މަންމަ މިހާރު ކިހިނެތް ވެގެންތަ ތިއުޅެނީ؟ ކޮންމެ ބާތްޑޭގަ މަންމަ އީޝްއަށް ކޭކް އަޅައިދޭ. އީޝްއަށް އައިސްކްރީމް ގަނެދޭ. މިފަހަރު؟ ވަޓްސް ރޯންގް ވިތް ޔޫ؟” އީޝާ ހަޅޭ ލަވައިގަތެވެ. އިޝާ ރައްދުގައި އެއްވެސް އެއްޗެއް ނުބުންޏެވެ.
ޖެހިގެން އައި ދުވަހެވެ. އީޝާ ހޭލައިގެން ނިކުން އިރު އިޝާ ފެންނަން ނެތުމުން ކޮންމެވެސް ވަރަކަށް އީޝާ ހައިރާންވިއެވެ. އަބަދުވެސް މަންމަ އީޝާގެ އިންތިޒާރުގައި އިންނާތީވެއެވެ. “ތިއީ ކީއްކުރާބައެއް؟” ސޯފާގައި ތިބި ފުލުހުންފެނި އީޝާ އެއްސެވެ. މިވަނީ ކިހިނެތް ހެއްޔެވެ؟
“ތިއީ އައިޝަތް އިޝާގެ ދަރިފުޅު އީޝާ ރިއާޝް ދެއްތޮ؟” އެތަނުން ފުލުސްމީހަކު އެއްސެވެ. “އަހަރެން ބޯޖަހާލީމެވެ. އެފުލުސްމީހާ އަހަރެން އަތަށް ދިއްކޮއްލީ ފޮތެވެ. “މިފޮތް އެކަނި އިނދެގެން ކިޔާލާ..” އޭނާ ބުންޏެވެ. ގަޑިއިރެއް ހާއިރުތެރޭގައި އީޝާ އެފޮތް ކިޔާ ނިންމާލިއެވެ. އޭރު އީޝާގެ ދެލޮލުން ހޯސް ލާފައި ކަރުނަ އޮހޮރެމުން ދިޔައެވެ.
“ދެން… އަޅުގަނޑުގެ މަންމަ މިހާރު ކޮބާ؟” އީޝާ އެއްސެވެ. “އިޝާގެ ހާލަތު ވަރަށް ދަށް. އިޝާ އަމިއްލަ ނަފްސާއި ދިމާލަށް ބަލަން ހުރެ ހަޅޭ ލަވާ އަޑަށް ބަޔަކު އަޅުގަނޑުމެންނަށް ގުޅީ. މިހާރު އިޝާވީ މެންޓަލް ހޮސްޕިޓަލެއްގައި. އިޝާގެ އެއްވެސް ހަނދާނެއް މިހާރަކުނެތް..” ފުލުސް ކުއްޖާ ބުންޏެވެ. “އިޝާ ތިފޮތް އީޝާއަށް ދޭން އަޅުގަނޑަށް ހަވާލު ކުރީ 4 މަސް ކުރިން..” އޭނާ ބުންޏެވެ. އީޝާ އިސްޖަހާލިއެވެ. އީޝާއަށް އިޝާއާއި ދިމާލަށް ގޮވުނު އެއްޗެހި މަތިން ހަނދާންވެ އީޝާ ރޯންފެށިއެވެ. މަންމަގެ އެބަލި މަޑުކަން އީޝާއަށް ކުރިން އެނގުނު ނަމައެވެ. ދެން އީޝާ އެހެން ނެހެދިކަން ގައިމެވެ. ދުނިޔެ އޭނާގެ ހަޔާތާ މިކުޅެލީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ؟ އީޝާ ދެން ދިރިއުޅުމާއި ކުރިމަތިލާނީ ކިހިނެތް ހެއްޔެވެ؟
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މިއަދު އީޝާ ސަހަރާއިން އެނިކުންނަނީ ލޯބިވާ މަންމަ ވަޅުލާފައެވެ. އެންމެންގެ ނަޒަރު އީޝާއަށް ހުއްޓިފައިވީ އިރު ދެލޮލުގައިވީ ހަމްދަރުދީއެވެ. އީޝާ ގޮސް އަތިރި މަތީގައި ހުއްޓުނެވެ. ކޮނޑުގައި އޮތް ދަބަހުގައި “އަލްޒައިމާ” ގެ ނަމުން ނަންދެވިފައިވި އިޝާގެ އެންމެ ފަހު ވާހަކަ ފޮތުގައި ފިރުމާލިއެވެ. “އީޝްގެ މަންމަގެ ގަތުލަކީ އިންސާނެއްނޫން. އީޝްގެ މަންމަ މަރާލީ އެބަލި މަޑުކަން. އިންޝާ ﷲ ޖަންނަތުން މަންމައާއި އަދި ދިމާވާނެ. ޔާ ﷲ އެދުވަހުން މިއަޅާގެ މަންމަ މިއަޅާ މަތިން ހަނދާން ހުންނާނޭ ގޮތެއް މެދުވެރި ކޮއްދެއްވާފާންދޭ.. އާމީން..” އީޝާ މަޑުމަޑުން ބުންޏެވެ.
(ނިމުނީ)
5 Comments!
Comments are closed.







Masha allah vrh vrh reethiii mi vhkkkk
Shihaaa mi vhk kiyaafa rovihje…assu e age ga ekahala kmh dhimaavyma vrh dhera vaanedhwww…
alhugandu vrh kiyaahihvey shihaa liyefa huhna kuru vhk thah…can u write horror teenage stry ehhh????shihaa bxy nuniyya engey…vrh ufaavaane ekahala vhk eh kiyaalan libihjeyya..😊tccc lyyy💜
sureee as a kuruvaahaka tha? i am actually writing a horror dhigu vaahaka as well.. but eyga ulheynee married couple eh eheh
mail eh kollabaa shihaa ah.. these days very freee cause Xevian story liye nimihjje mihaaru.. soo yeaa tell me.. i might not see pls tell me here after u mail
Yeahh..kuru vhk ehh..
Girl: Zaaya,Ayaana,Rayaa,Izka
Boy: Mish’al,Hiyaan,Abyan,Kiyaan
Miigein names use khgn kuru vhk ehh…shihaa ge mail nufenunyma enge cmmnt eh mi kohlyy…n mihaar vs inthizaar kureven fashaifi e horror dhigu vhk ah..assu alhugandu vrh kiyaahihvaa genre eh eii horror ..ekm ehaa vrh biruvs ganey…😭🙈dhn dhuvaskolhakun xevian vhk vs nimeyne dhww😭…byeee gudnighttt..tccc lyyy💜
[email protected]
Msg kollabaaa
Ahaha no no xevian ge theres 50ep not even close to ending😭