Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 24

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 26, 2025 3 Mins Read
6 Comments

ޖެހިގެން އައި ދުވަހެވެ. އަލަކާއާއި އެކު ބޭރު ކުނި ކަހަން އުޅިފައި ގެއަށް ވައިން ލުބައިނާ ދިޔައީ ދެމީހުނަށް ކޮފީ ގިރުމަށެވެ. “ޓީވީ އަޅުވާލަބަ. މިހާރު ހަބަރު ކިޔާނެއްނުން؟” 8 ޖަހާފައި ހުރުމުން ލުބައިނާ ބުންޏެވެ. އަލަކާ ސޯފާގައި އިށީންދެފައި ޓީވީ ހުޅުވާލިއެވެ.

“ދެން އޮތް ޙަބަރާއި އެކު އަޅުގަނޑު ކުރިއަށް ގޮސްލާނަން. ހދ ނޭކުރެންދޫގައި ރޭގެ ވަގުތެއްގައި ވަނީ ގަބޫލު ކުރަން ދަތި ހާދިސާއެއް ހިނގާފައި. ރޭގެ ދަންވަރުގެ ވަގުތެއްގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެއްގެ ހަށިގަނޑަށް ވަނީ 25 ފަހަރު ވަޅި ހަރާ ހަމަލާ ދީފައި. އެކަން ކުރި މީހަކު އަދިވެސް ފުލުހުންނަށް ހޯދިފައި ނުވާއިރު އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ވަނީ އެހީއަށް އެދިފައި. ކުއްޖާގެ ހާލަތު ހިނދަކަށް ވުރެ ހިނދެއް ދައްވަމުން ދާއިރު އެކުއްޖާ ދިޔައީ ފުރާނަޔާ ހަނގުރާމަ ކުރަމުން ކަމަށް އަޅުގަނޑުމެންނަށް ޙަބަރު ލިބޭ. ވަޅީގެ ތޫނު ކޮޅު އެކުއްޖާގެ މައިބަދައިގެ ތެރެއަށް ބިނދިފައި ވީއިރު ހަށިގަނޑުން ވަނީ ލޭތަކެއް ބޭރުވެފައި. އެކުއްޖާގެ ފުރާނަ ސަލާމަތްވީ ނަމަވެސް އެކުއްޖާ ވާނީ ނުކުޅެދޭ ކުއްޖެއް ކަމަށް ޑަކްޓަރުން ވިދާޅުވޭ. އަނިޔާ ލިބުނު ކުއްޖާއަށް އެހީތެރިވުމަށް ޓަކައި ކޮންޓެކްޓް ކޮއްލެއްވުމަށް އާއިލާގެ ފަރާތުން މުހައްމަދު ޝަޔަން އަދި އައިޝަތް އިލްޔާ މޫސާ. ގުޅޭނެ ނަންބަރު….”

“ޝަނުމް؟” އާއިލާގެ މައުލޫމާތު ދިޔުމުން އެއީ ޝަނުމް ކަން ޝައްކެއް ނެތް މިންވަރަށް އަލަކާއަށް އެނގުނެވެ. އެވަގުތު ކޮފީ ހިފައިގެން ނިކުން ލުބައިނާ އަދި ޑިއުޓީއަށް ދާން ރެޑީވެގެން ނިކުން ލުބާންއަށް ވެސް އެއަޑު އިވުނެވެ. ހަމައެވަގުތެވެ. ލުބާންއަށް އައީ ފޯން ކޯލެކެވެ. ހަމަ ޖެހިލާފައި ލުބާން އެފޯނު ނެގީ އޭނާގެ ދިރިއުޅުން ހަލާކުވާނޭ ފަދަ ކޯލެއްކަން ނޭނގި ހުރެއެވެ.

ގުޅަމުން ދިޔައީ އާކިން ކަމުން ވަމުންދާ ގޮތް އަހާލުމަށް އާކިން ފޯނުނެގިއެވެ. “އޭ ކިހިނެތްތަ ވެގެން މިއުޅެނީ؟” ލުބާން އެއްސެވެ. “ޙަބަރު ބެލީތަ؟” އާކިން އެއްސެވެ. “ޔެސް” ލުބާން ބުންޏެވެ. އެއާއި އެކު އާކިން ދޫކޮށްލީ ފިނި ނޭވާއެކެވެ. ޔަލާން އެބައިން ސްޓޭޝަނުގަ. އޭނަ ދެންމެއަކު އައީ. މުޅި މީހާ އިނީ ލެއިންކަޅިވެފަ. އޭނަ ގެނައިވަޅީގައި ހުރި ލޭ، ޝަނުމްގެ ލެޔާއި ޑީ.އެން.އޭ މެޗްވޭ. ޔަލާން އެއްބަސްވެސްވޭ ޔަލާންކަމަށް ޝަނުމްއަށް އެހެން ހެދީ…” އާކިން ބުންޏެވެ. އެއާއި އެކު ލުބާން ދެލޯ ބޮޑުވިއެވެ. “އެބަ ދަން” ލުބާން ބުނެލިއެވެ. އެއާއި އެކު އަލަކާ ގޮސް ލުބާން ގާތުގައި ހުއްޓުނެވެ. އޭނާގެ މޫނު މަތިން ފެންނަމުން ދިޔަ އިހްސާސްތަކުގެ ހަގީގަތް ދެނެގަތުމަށެވެ.

“ކިހިނެތްވީ؟” އަލަކާ އެއްސެވެ. “ޔަލާން… ސްޓޭޝަނުގަ..” ލުބާން އެހިސާބަށް ބުނެފައި ގެއިން ނުކުމެގެން ދިޔައެވެ. ލުބައިނާ އަލަކާގެ އެދުމުގައި އަލަކާ ގޮވައިގެން ދިޔައީ ސްޓޭޝަނަށެވެ.

“ޔަލާން ތިދައްކަނީ ހަމަ ތެދުވާހަކަތޯ؟” ޔަލާންއަށް ސުވާލު ކުރަން އިން ފުލުސް އޮފިޔަރު އަޔާން އެއްސެވެ. “ކިތަށް ފަހަރުތަ ބުނަންވީ އެއިން؟ އާއެކޭ އާއެކޭ” ޔަލާން ރުޅިވެރިކަމާއި އެކު ބުންޏެވެ. އެވަގުތު އަލަކާއާއި ލުބާން އެކޮޓަރިއަށް ވަނެވެ.

“ދަރިފުޅާ.؟” ހިތާމައިން ފޯވެފައިވީ އަޑާއި އެކު އަލަކާ ގޮވާލިއެވެ. ޔަލާން އަނގައިން ނުބުނިތާނގައި ބަލައިވެސް ނުލިއެވެ. މަސްހުނި ހިނިތުންވުމެއް ދީގެން އިން އިރު ޔަލާންގެ ބޮޑު ދެލޯފޯވެފައިވީ ކަރުނައިންނެވެ. “ކި..ކީއްވެ އެހެން ހެދި؟” އަލަކާ އަނެއްކާވެސް އެއްސެވެ. “ޝަނުމްދެކެ ރުޅި އަންނާތީނުން؟” މުޅި ރަށުތެރޭގައި ކައިލީންގެ ވާހަކަ ދެކެވި ކައިލީން ފަލީހަތް ކުރަން ބޭނުން ނުވާތީ ޔަލާން ބުންޏެވެ.

ރަށުގެ އެކި ރައްޔިތުންގެ އިތުރުން ރަށުން ބޭރު މީހުންގެ އެހީއާއި އެކު މެންދުރުވާންވީ އިރަށް ޝަނުމްއަށް ބޭނުންވީ ވަރަށް ލޭލިބި އޮޕްރޭޝަންއަށް ވެއްދުނެވެ. އޭރު ޝަނުމް އޮތީ މާލޭގައެވެ.

“އަޅުގަނޑުމެން ޝަނުމްގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވޭނެ ހުރިހާ ކަމެއްވެސް ކުރާނަން. އެކަމަކު މިހާރުވެސް 2 ފަހަރު ޝަނުމް ކާރްޑިއެކް އެރެސްޓްއަށް ގޮސްފައި ވުމުގެ ސަބަބުންނާއި އެކު ދެންވެސް އެހެން ނުވާނެ ކަމާއި މެދު ޝައްކު. ނަމަވެސް އަޅުގަނޑު މެންނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނަން” ޝަޔަން ކޮނޑުގައި ޖަހާލަމުން ޑަކްޓަރު ޝާމިލް ބުންޏެވެ. ޝަޔަން ބޯޖަހާލިއެވެ.

“ޕޭޝިއެންޓް ނޭމް. ޝަނުމް މުހައްމަދު ޝަޔަން. އަޅުގަނޑު ނިއުރޯސާޖަން ޝާމިލް އަލީ އާއި އެކު ރޭޑިއޮލޮޖިސްޓު އާދަމް ފާރިޝް، ޖެނެރަލް ސާޖަން ފާތުން އަލީ، އަދި އެނެސްތެސިއޮލޮޖިސްޓް ޝިފްނާ. ވީއާރް ޕާރްފޯރްމިންގް، އެކްސްޕްލޮރޭޓަރީ ލެޕަރޮޓޮމީ އަދި ހެމިލަމިނޮޓޮމީ. ލެޓްސް ޑޫ އަވާރް ބެސްޓް” ސާޖަރީ ރޫމްއަށް ވަދެފައި ދުޅަވެ، ހުދުވެފައިވީ ޝަނުމްގެ މޫނަށް ބަލައިލަމުން ޝާމިލް ބުންޏެވެ.

“ޔަލާން އެބަ ބުނޭ އޭނައޭ އެކަން ކުރީ. ކުރި ގޮތްވެސް ކިޔައިދީފި. ހެކިތަށްވެސް ބުރަވަނީ ޔަލާންއާއި އެއްކޮޅަށް..” މާޝާ ކިޔައިދިނެވެ. “އެހެންވިއްޔާ އޭނައަށް ހައްގު އަދަބުދީ. ޔަލާން ތެދުމަގުން ކުރިއަށް ގެންދަން ނޭނގުނު މީހަކީ އަހަރެން. މިކަން ސިއްރުކޮށް ޔަލާންއަށް އަދަބު ނުދީފިނަމަ މިކަހަލަ ކިތަންމެ ކަމެއް އަދިވެސް ތަކުރާރުވާނެ” ރޮއެ ރޮއެ އިން އަލަކާއަށް ބަލައިލަމުން ލުބާން ބުންޏެވެ. ދަރިޔަކަސް ގޯސްކަމެއް ވާނީ ގޯސްކަމަކަށްނުން ހެއްޔެވެ؟

ޔަލާން އަތުގައި ބިޑިއަޅުވައިގެން އާކިންގެ އިތުރުން 3 ފުލުހަކު ނުކުތެވެ. އެއާއި އެކު އެމީހުންގެ އިންތިޒާރުގައި ތިބި ނޫސްވެރިން އަހިސް އެމީހުން ގާތު ތަތްވެގަތީ ހަކުރުފެނިގެން ހިނިތަށް ދުއްވައިގަންނަހެންނެވެ. މަންޒަރު ބަލަން ދުރުގައި ހުރި އަލަކާއަދި އަލާޔާގެ އިތުރުން ލުބާންއަށް ޔަލާން ބަލައިވެސް ނުލިއެވެ. އެކަމުގެ ސަބަބުން އެތިން ހިތުގައިލީ ނުފިލާނޭ ކޫރެކެވެ.

“ޝަނުމްއަށް އެހެން ހެދީ ކީއްވެގެންތޯ؟” “ޝަނުމްއާއި ޔަލާންގެ މެދުގައި މައްސަލައެއް ޖެހުނީތޯ؟” “ތިމާގެ ކުއްޖަކަށް ވެހުރެ އެހެން ހަދަންވީ ކީއްވެގެންތޯ؟”

ރިޕޯޓަރުންގެ ސުވާލުތަކާއި ހުރެ ޔަލާން ހުރީ ރުޅި އަހިސްފައެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ޕޮލިސް ކާރަށް އަރުވައިގެން ޔަލާން ގޮވައިގެން ފުލުހުން ދަތުރުކުރީ ބަނދަރަށެވެ. އެމީހުންގެ އިންތިޒާރުގައި އޮތް ޕޮލިސް ލާންޗްއަށް އަރައިގެން ޔަލާން ގޮވައިގެން ދަތުރުކުރީ ކ.މާލެއަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ޒައިޝާ 4

Next

ހިތް އެދެ ޔާރާ ތިއޭ – 10

Next
May 26, 2025

ހިތް އެދެ ޔާރާ ތިއޭ – 10

Previews
May 26, 2025

ޒައިޝާ 4

6 Comments!

  1. aanaa says:
    May 26, 2025 at 2:05 pm

    Masha allah vrh reethiii mi part vs
    Yalaan kuri kmhh..hyvs nukuran adhi yalaan ehn hadhaane ekey…25 faharu..adhivs gabool nukurevey…kaileen dheke thivany aadhaige loibehh nunnn..ekm kaileen dhww olhuvaaly yalaan ah evrnvs eulheny kaileen r alhai moyave😭…hehsah xev r nuhaa mathin miss veyyy😭..tcc lyy

    1. shihaamaa ali shihaamaa ali says:
      May 27, 2025 at 3:42 pm

      😭
      Jazaakallah khairan ❤️

  2. Shaf_maan says:
    May 26, 2025 at 4:26 pm

    WTF YALAAN
    BRO WHATTT???
    YALAAN DID THAT TO SHANUM
    even tho Shanum is bad, YALAAN should not do that dhw
    I never thought Yalaan would be that bad
    Bcuz he is so good dhw mi stry ge mihaa thanah ai iru
    Still cant believe
    Btw mi prt vx vrh reethi Maasha Allah
    Curiously waiting for the nxt
    Whn nxt
    Tc
    Lysm Shiher 💜💜💜

    1. shihaamaa ali shihaamaa ali says:
      May 27, 2025 at 3:42 pm

      Hehe dhn balamaa dhw vaa goi jazaakallah khairan❤️

  3. Your fav bab Your fav bab says:
    May 27, 2025 at 1:30 pm

    Varah reethi Maashaa Allah❤️❤️❤️
    Bro yalaan the helllll?? I’d never thought he’ll do such a thing!! but I know in anger they can do anything!!
    Alaakaa n lubaan’s tharubiyyath fenah 🤦‍♀️
    When next?
    Llysssm💗💗💗
    This story really top my favourites

    1. shihaamaa ali shihaamaa ali says:
      May 27, 2025 at 3:43 pm

      Hehe balamaa dhw dhn vaa goi jazaakallah khairan😭

Comments are closed.

Next Episodeޒެވިއަން 25←


All Right Reserved!