Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޒައިޝާ 3

cataanik Level 210 Stories100 Login
May 23, 2025 2 Mins Read
2 Comments

އިހަށް މަޑުކޮށްބަލަ.. ޒައިޝާ އެޒުވާނާ ފަސްދީ ހިިނގައިގަތްތަނާ އޭނަ ގޮވާލިއެވެ.

…………………………………………………………..

ޒައިޝާއަށް ހަމަ ރަނގަޅަށްވެސް އޭނަަ ގޮވިއަޑުއިވުނެވެ. އެހެންނަމަވެސް އޭނަ އަޅާނުލީ އެެއީ ބީރައްޓިއްސަކަށްވެފަ އެޒުވާނާދެކެ ޒައިޝާ ޖެހިލުންވެފަ ހުރިވަރުންނެވެ.

ދެންމެ ރަށަށް އަރައިގެން އައިމީހެއް, އެކަމަކު ލަދެއްވެސް ނުގަތެއްނުން ރަށުމީހަކާ ދިމާލަށް ހަޅޭލަވައިގަންނާކަށް, ޔަޤީން އެއީ މާލޭގެ މުއްސަނދި ޒާތްކޮޅު ބޮޑުމީހެއްކަން. ޒައިޝާ ކުދިކިޔަމުން ދިޔައެވެ.

ކޮބަ ގެޔަކަށް ދާކަށް ނުވޭތަ? މިހާރު އޭނަ ގޮސްފިއެންނުން. ޒައިޝާ ދިޔަދިމާއަށް ބަލަހައްޓައިގެން ހުރި ޔަޒްދާންގެ ކޮނޑުގައި ޖަަހާލަމުން ޒޯހަން ބުނެލިއެވެ. އެއާއެކު ޔަޒްދާން ސިހިފަ ބަލާލިއެވެ. އޭރު ޒޯހަން ލާނެތްހިންޏެއް އައިސްފަ ހުއްޓެވެ.

ޒޯހަން ޔަޒްދާން ގޮވައިގެން ދިޔައީ އޭނާގެ އެޕާޓްމެންޓަށެވެ. އެއީ ތިންކޮޓަރީގެ ތަނަވަސް އެޕާޓްމެންޓެކެވެ. އެއްކޮޓަރީގަ ޒޯހަންގެ މަންމަ އާއި ބައްޕަ އުޅޭއިރު އަނެއްކޮޓަރީގަ އުޅެނީ ޒޯހަން އެވެ. ތިންވަނަ ކޮޓަރިއަކީ ގެސްޓް ރޫމެއްގޮތަށް ބޭނުން ކުރާތަނެކެވެ. ޒޯހަން ޔަޒްދާންއަށް ކޮޓަރި ދެއްކުމުން ޔަޒްދާންއަށް އެކޮޓަރި ވަރަށް ކަމުދިޔައެވެ. އޭސީ ކޮށްފަ ހުރިއިރު ކެހޭބިއްލޫރި ކުޑަދޮރެއް އެއްފަރާތުގަ ހުއްޓެވެ. ކިންގްސައިޒް އެނދަކާއި އަލަމާރިއެއް އަދި މޭޒެއް ހުއްޓެވެ.

އެއީ ކޮންކަހަލަ ކުއްޖެއްތަ? އެކުއްޖާ ބީރީތަ? ގޮވީމަ ބަލާވެސްނުލާ އެދިޔައީ. ޔަޒްދާން އެނދުގަ ޖައްސާލަމުން އަހާލިއެވެ.

ބަލާނެތަ? ފެނުނުއިރަށް ހަޅޭއްލަވައިގަތީވިއްޔަތި, އެގޮތައް ހަޅޭލަވައިގަތީމަ ބިރުންވެސް ދުވެފިލާނެ. ޒޯހަން އެހެންބުނެލުމުން ޔަޒްދާން ކުޑަކޮށް ރަކިވިއެވެ.

އަސްލު މަގޭ ލެޕް އޮންނާނެ މީގަ, އެއަށް ގޮތެއް ވެދާނެ އެހާރުޅި އާދެވުނީ, އެކަމަކު އެއީ ހާދަ ރީތި ކުއްޖެކޭ, އަހަރެން ދުވަހަކުވެސް ނުދެކެން އެހާރީތި ކުއްޖެއް. ޔަޒްދާން ވަރަށް ފިލްމީކޮން ބުނެލިއެވެ.

މީހަކު ހަމަރަނގަޅަށްވެސް މޮޔަވެއްޖެ, އާނ އެހެންޏަ, މާލޭގަ އުޅެބޮޑުވެ މުޅިދުނިޔެ ދަތުރުކުރީރުވެސް ތިބުނީ އެހާރީތި ކުއްޖަކު ނުދެކެމޭ, މީދެން ދުނިޔޭގެ ހަތް އަޖައިބު ތެރެއިން އެއް އަޖައިބު ކަންނޭންގެދޯ! ޒޯހަން ޔަޒްދާންއާ ދިމާކޮށްލިއެވެ.

އަޖައިބަކަސް އެެހެންއެއްޗަކަސް އަހަރެންނަށް އެނގޭހާވެސް އެއްޗަކީ އަހަރެންނަށް އެކުއްޖާވަރަށް ކަމުގޮއްސިކަން. ޔަޒްދާން އެހެންބުނެލުމުން ޒޯހަން ހީލިއެވެ.

އެކަމަކު އެކުއްޖާ ހާސިލް ކުރުމަކީ ނުވާނެ ކަމެއްހެން އަހަރެންނަށް ހީވަނީ.

އެއީކީއްވެ? ޔަޒްދާން ވަރަށް ހައިރާންވެފަ އަހާލިއެވެ.

އެއީ ވަރަށް ގޮތެއް ހުންނަ ކުއްޖެއް, ކިޔަވާނިމުނީނަނޫނީ މީހަކާ ރައްޓެހިނުވާން އޭނަ އެހުންނަނީ, އެކަމަކު އެނގޭތަ އޭނަ ވަރަށް ރަނގަޅުވާނެ, މީހުންނަށް ވަރަށް ހެޔޮވާނެ. ޒޯހަން ބުނެލިއެވެ.

އެހެންވިއްޔާތިވީ މާރަނގަޅަކަންނު, އަހަރެންނަށް ބޮޑަށް ކަމުދަނީވެސް ތިކަހަލަ ކުދިން. ޔަޒްދާން ބުނެލިއެވެ.

އަހަރެން ވަރަށް ބޮޑު ސުވާލެއް ކޮށްލަންތަ ދާންއާ? ވަރަށް ސީރިއަސް ވެލާފަ ޒޯހަން އެހިއެވެ.

ޒޭން ކޮންުއިރަކު އަހަރެން ކައިރީގަ އަހާފަ ވާހަކަދައްކަން ފެށީ, ހޫމް އަހާބަލަ އަހާބަލަ. ސަމާސާ ރާގެއްގަ ޔަޒްދާން ބުނެލިއެވެ.

ދާންގެ ބައްޕަ ކޮބާ? ޒޯހަންގެ ސުވާލާއެކު ޔަޒްދާން ސިހުނެވެ.

އަހަރެން މިވާހަކަ އަހާކޮންމެ ފަހަރަކު ދާންގެ މޫނުމައްޗަށް ކީއްވެ ތިހެންތިވަނީ? ޔަޒްދާންގެ މޫނުމައްޗަށް ވީގޮތުން ޒޯހަން ބުނެލިއެވެ.

އަހަރެން މިވާހަކަ ދައްކަން ބޭނުމެއްނޫން, އެކަމަކު މިވާހަކަ ދައްކައިގެންނޫނީ އަހަރެންގެ ސިކުނޑިއަށްް ލުޔެއް ނުލިބޭނެކަންނޭނގެ. ޔަޒްދާން ބުނެލިއެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

cataanik

Level 210 Stories100 Login

Other Articles

Previous

ޒެވިއަން 21

Next

އަރޭންޖް މެރިޖް 4 ވަނަ ބައި

Next
May 23, 2025

އަރޭންޖް މެރިޖް 4 ވަނަ ބައި

Previews
May 23, 2025

ޒެވިއަން 21

2 Comments!

  1. leeshaa says:
    May 23, 2025 at 6:19 pm

    Mi part vx vrh reethi Masha Allah 💜
    as i said before komaa koalhi beynun kohbba dialogue thakuga pls
    its very hard to identify dhe meehun dhahkkaa vaahaka plus the naration…
    pls don’t take this negatively
    as a reader just wanted to let you know abt it 😊

    1. cataanik says:
      May 24, 2025 at 9:40 am

      Thankyou for commenting i hope you like it will try to correct the mistake

Comments are closed.

Next Episodeޒައިޝާ 4←


All Right Reserved!