Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

ހީނުކުރައްޗޭ… 3 ފަހުބައި

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 23, 2025 3 Mins Read
4 Comments

ހެނދުނުގެ ވަގުތެވެ. މަންމަ ބަދިގެއަށް ވައިން އިރު އަހަރެން އިނީ ކާންށެވެ. އަހަރެންގެ ތުންފަތުގައި ފުރިހަމަ ހިނިތުންވުމެއްވިއެވެ. އެހެނަސް އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހޮރެމުން ދިޔައެވެ. “ދަރިފުޅާ؟ މިހުރީ ކޯއްޗެއް މިތާގަ؟ ކޮން ވަހެއްތަ މިދުވަނީ؟” މަންމަ އެއްސެވެ. އަހަރެން ބަލާލީ އުނދުނާއި ދިމާލަށެވެ. އެތަނުގައި ގަނޑުވެފައި ހުރި ލޭތަށް ފެނި އަހަރެންގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

“އަލްޔާ! މަމިދައްކާ ވާހަކަ އިވޭތަ އެބަ؟ ކޮންވަހެއް އެދުވަނީ؟”  މަންމަ ކުރިއަށް ޖެހިލާފައި އެއްސެވެ. އެވަގުތު މަންމަގެ ލޮލުގައި އަހަރެންގެ ލޮލުގައި ހުރި ކަރުނަތައް އަޅައިގަތީ ކަންނޭނގެއެވެ. އެއާއި ބެހޭ ގޮތުން މަންމަ ސުވާލު ކުރިޔެވެ. “ކީއްވެ ތިރޮނީ؟” އަހަރެން ކޮނޑުގައި އަތް ޖައްސާލަމުން މަންމަ އެއްސެވެ. ހަމަ އެސިކުންތުގައި އަހަރެން މަންމަގެ އަތް ފޮޅުވާލީމެވެ. “ނަތިންގް އިސް ބްރޯކެން އޯރް ޓޯރްން” އަހަރެން ހަޅޭ ލަވައިގަންފައި ބުނެލީމެވެ. މަންމަ އަހަރެންނާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

އަހަރެން އަޅައިނުލާ ތަށީގައި ބާކީ ހުރި އެތިކޮޅު ކާލީމެވެ. ތަށީގައި ހުރި ހުރިހާ އެއްޗެއް ކާލުމަށް ތަށީގައި ދޫވެސް ލީމެވެ. އިނގިލި ތަކުގައިވެސް ލޯޅީމެވެ. އަހަރެންގެ ހަރަކާތްތައް ބަލަން މަންމަ ހުރީ ކޮސްވެފައެވެ. އެއީ ދުވަހަކުވެސް އަހަރެން ކުރިކަމެއް ނޫންވީމައެވެ. “އަލްޔާ. ކިހިނެތް ވެގެންތަ ތިއުޅެނީ؟” މަންމަ އަނެއްކާވެސް އެއްސެވެ. މަންމަ ދެންވަނީ ކޮޓަރިއަށެވެ. ހީވާގޮތުން ނަމަ ޒައިދާން ހޯދަންށެވެ.

“ޒައިދާން ކޮބާ؟ ދެކުނިންތަ؟” އަހަރެން ގާތުގައި މަންމަ އެއްސެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ބަލާލީ ބިންމައްޗަށެވެ. ދެން ބަލާލީ އުނދުނާއި ދިމާލަށެވެ. މަންމަ އަހަރެންގެ ނަޒަރު ހިންގާލި ދިމާލަށް ބަލައިލިއެވެ. ބިންމަތީގައި ހުރި ޒައިދާންގެ ނިދާހެދުމާއި އުނދުން ގާތުގައި ހުރި އެއްޗެހިތައްފެނި ދުވަމުން ދިޔަ ވަހުން ކޮންމެވެސް ގޮތަކަށް މަންމައަށް ވީގޮތް އެނގުނީ ކަންނޭނގެއެވެ. މަންމަ އަހަރެންނާއި ދިމާލަށް ބަލައިލީ ފަކުރުގެ ނަޒަރަކުންނެވެ.

“އަލްޔާ… ކަލޭ…” މަންމަ ސުވާލުކޮއްލިއެވެ. އެރު މަންމައަށް ހުރީ ކިރިޔާ ނުރޮވިއެވެ. “މަންމަ މަދެއްކި ވާހަކަ ގަބޫލެއް ނުކުރީމެއްނުން؟ އެހެންވެ އަހަރެން ޖެހޭނެއްނުން އަހަރެންގެ ނަފްސު ސަލާމަތް ކުރަން؟” އަހަރެން ނިއްހިއްލާލާފައި އެހީމެވެ. “ކޮން ނަފްސެއްތަ؟ ކަލޭ ޒައިދާންއަށް ކީއް ކުރީ؟” މަންމަ ހުރީ ރުޅި އަހިސްފައެވެ. “މަންމައަށް ކޯއްޗެއްތަ އެނގެނީ؟ މަންމަ އަކަށް ނޭނގޭތަ ތިޔަ ޒައިދާންގެ ގޮތެއް އޭން؟ ކިތައް ރޭ ކިތަށް ފަހަރު އެ ޖަނަވާރު އަހިސް މަގޭ ގަޔަށް އެރީ؟ މަންމައަށް އެނގޭތަ އެކަން؟؟؟” އަހަރެން އެހީމެވެ. ރުޅި އަހިސްގެން އެހި ނަމަވެސް އަހަރެންނަށް އޭރު ރޮވިއްޖެއެވެ.

“ޒައިދާން ނުކުރާނެ އެކަހަލަ ކަމެއް” މަންމަ ބުންޏެވެ. އަހަރެން މަންމަގެ އަތުގައި ހިފާ އަހަރެންގެ ބަނޑުގައި ޖެއްސީމެވެ. “ނުކުރާ ނަމަ ކިހިނެތް މަގޭ ބަނޑުގަ އޭނަގެ ދަރިއެއް އޮންނަންވީ؟” އަހަރެންގެ ސުވާލާއި އެކު މަންމަގެ އަތުގެ ހޫނު ހަމަލާއެއް އަހަރެންނަށް އަމާޒު ވިއެވެ. “ކަލޭ މޮޔަވީތަ؟ ކޮބާ ކަލޭގެ ލަދު؟ ކީއްވެ ކަލޭގެ ބަނޑުގަ ޒައިދާންގެ ދަރިއެއް އޮންނަންވީ؟ ތިވާނީ ރަނގަޅަށް ވާއިރު އެރާކިންގެ ދަރިއަކަށް. މައަޑު އަހަމޭ މީހުން ކިޔާ ވިއްޔާ ކަލޭ އެސޮރާ ރައްޓެހި ވެގެން އުޅޭ ވާހަކަ” މަންމަ ބުންޏެވެ.

“މަންމަ ކީއްވެތަ އަހަރެން ދައްކާ ވާހަކަ ގަބޫލު ނުކުރަނީ؟” އަހަރެން ދެރަވެފައި އެހީމެވެ. ނަމަވެސް މަންމަ ދިޔަގޮތަށް ވަނީ ކޮޓަރިއަށެވެ. މަންމަ ކޮޓަރިއަށް ވަނުމުން އަހަރެން ޖީބުގައި އޮތް އިސްތަށިކޮޅު ލާފައި އޮތް ކޮތަޅު ނެގީމެވެ. އެއީ ޒައިދާންގެ އިސްތަށިކޮޅެކެވެ. އަހަރެން އޭތި ހިފައިގެން ދިޔައީ ފުލުހަށެވެ.

ފުލުހަށް ގޮސް އަހަރެން ހުރިހާ ވާޙަކައެއް ތެދުތެދަށް ކިޔައިދިނީމެވެ. ދޮގު ކަމަށް ގަބޫލު ކުރެވޭނެ ނަމަ އެއިސްތަށިކޮޅާއި ދިމާވާ ޑީ.އެން.އޭ އަހަރެންގެ ހަށިގަނޑުން ހޯދާށޭ އަހަރެން ބުނީމެވެ. ފެންނާނެ ކަމުގެ %100 ޔަގީން ކަންވެސް ދިނީމެވެ.

“އަލްޔާ ޒިޔާދް.. ހޯދަން ޒިޔާދް އެބަހުންނެވި” ފުލުސް މީހަކު ބުންޏެވެ. އެއީ އަހަރެންގެ ބައްޕައެވެ. އަހަރެން ނިކުތީމެވެ. ބައްޕަ އަހަރެންގެ އިންތިޒާރުގައި އިނެވެ. ރޮވިފައެވެ. “ކީއްވެ ދަރިފުޅާ؟ ކީއްވެ ބައްޕަ ގާތުގަ އެވާޙަކަ ނުބުނީ؟ ކީއްވެތަ؟ ބައްޕަ ގާތުގަ ބުނި ނަމަ ބައްޕަ ދަރިފުޅު ސަލާމަތް ކޮއްދިނީމުހޭ..” ބައްޕަ ބުންޏެވެ. އަހަރެން ހިތި ގޮތަކަށް ހިނިތުންވެލީމެވެ. “މައިންގެ ފައިތިލަ ދަށުގައި ސުވަރުގެ ވަނީ. މަންމަ މަށަށް ނުކޮއްދިން ކަމެއް ބައްޕަ ކޮއްދޭނެ ކަމުގެ ކޮން ޔަގީން ކަމެއް މަށަށް އޮތީ؟” އަހަރެންގެ ސުވާލާއި އެކު ބައްޕަގެ ދެލޯ ކަރުނުން ފުރި ބާރު ވިއެވެ. ފުރަތަމަ ފަހަރަށް އަހަރެންނަށްޓަކައި މީހަކު ވިސްނަނީއޭ އަހަރެން ހިތަށް އެރިއެވެ.

މައްސަލަ ތަހުގީގު ކުރެވުނެވެ. އަހަރެންގެ ހަށިގަނޑުން ޒައިދާންގެ ޑީ.އެން.އޭ ވެސް ފެނުނެވެ. ޒައިދާން ވަނީ އަހަރެން ރޭޕް ކޮއްފައިކަން ކަށަވަރު ވުމުން ރާއިޝްވެސް އައެވެ. އެހެނަސް އަހަރެން އަޅައެއް ނުލީމެވެ. އަހަރެން ރޮއެ ހޭރުނު ދުވަހު އަހަރެން ގާތުގައި ހުރީ ކާކު ހެއްޔެވެ؟ ދެން އަހަރެން ފިރިހެނަކަށް ގައިމުވެސް އިތުބާރެއް ނުކުރާނަމެވެ.

އަހަރެން ގެންދެވުނީ މެންޓަލް ހޮސްޕިޓަލަކަށެވެ. އަހަރެންގެ ކޮންމެވެސް ޑިސްއޯޑާއެއް ހުރީއޭ ބުނެފައެވެ. 9 މަސް ފަހުން އަހަރެން ލޯބި އަންހެން ކުއްޖަކު ވިހެއީމެވެ. އަލްހަމްދުލިއްލާހިއެވެ. އެކުއްޖާ އެއްގޮތަކަށްވެސް ޒައިދާން އަކާއި ވައްތަރެއް ނޫނެވެ. ހީވަނީ އަހަރެންގެ ކޮޕީއެއް ހެންނެވެ. އެހެންވިޔަސް އެކުއްޖާ ގެންދެވުނީ ކުޑަކުދިންގެ ހިޔާއަށެވެ. އެއީ އަހަރެން ވަރަށް ރުއި ދުވަހެކެވެ.

2 އަހަރު ފަހުން އަހަރެންނަށް އެހޮސްޕިޓަލުން ނިކުމެވުނެވެ. އެދުވަހު އަހަރެން އެނބުރި އަހަރެން ދަރިފުޅު ގާތަށް ދިޔައީމެވެ. މިހާރު އޭގެ ފަހުން 5 އަހަރު ވެއްޖެއެވެ. މިއަދު އަހަރެންގެ ދަރިފުޅު ލަޔާ އާއި އެކު އަހަރެން އުޅެމުން މިދަނީ އުފާވެރި ދިރިއުޅުމެކެވެ. ﷲ ގެ އިރާދަފުޅާއި އެކު ލަޔާއަށް ދުވަހަކުވެސް އެކަހަލަ ކަމެއް ވިޔަނުދޭން ކުރެވުނު ހުރިހާ ކަމެއް އަހަރެން ކުރާނަމެވެ. އަނެއްކާވެސް އެކަން ތަކުރާކު ކުރަން ޖެހުނަސްމެއެވެ.

(ނިމުނީ)

މިއީ އެއްއިރެއްގައިވެސް ހިނގައިފައިވީ ކަމެއް ނޫނެވެ. މިއީ ޙިޔާލީ ވާހަކައެކެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އަރޭންޖް މެރިޖް 4 ވަނަ ބައި

Next

ޒެވިއަން 22

Next
May 24, 2025

ޒެވިއަން 22

Previews
May 23, 2025

އަރޭންޖް މެރިޖް 4 ވަނަ ބައި

4 Comments!

  1. aanaa says:
    May 23, 2025 at 11:30 pm

    Masha allah mi partt vss vrhh reethii
    Enme furathama vs manma adhi gabool nukurieyy…keekey dhww bunaanyyy😭
    Raaishh???eii raakin tha??
    vrh vehje layaa uraalaa hih…
    Tccc lyy❤

    1. shihaamaa ali shihaamaa ali says:
      May 24, 2025 at 1:33 pm

      ikr ryttt sad 🙁
      eyyy yess sorry typos 😭
      hehe

  2. Your fav bab Your fav bab says:
    May 24, 2025 at 8:59 am

    Last part thr?
    Ekm varah iburath theri vaahaka eh
    If there is nobody to take stand for you, you have to take stand for yourself dhw
    Ekm manma eh, I never thought ehaa hith haru vaane kameh😔
    Lyssm❤️❤️❤️

    1. shihaamaa ali shihaamaa ali says:
      May 24, 2025 at 1:33 pm

      hehe labbaaa
      yep realll aslu ga vess mihaaru ge haalathhh
      ly

Comments are closed.



All Right Reserved!