Skip to content
އެސްފިޔަ

ޒެވިއަން 20

“ހެހެ ހޫމް. އަހަރެމެން މިހާރު ސުކޫލް ނިމިއްޖޭ” ދޫނެރެލާފައި މެހެކް ބުންޏެވެ. “ހޫމް ހޫމް ހެވޭ. އަން މިއޮތީ. އަވަސް ކުރޭ ސުކޫލަށް ދާން ވެއްޖެ” މިކިޔަލް ބުންޏެވެ. “ހަހަ އޯކޭ ލިޓްލް ގާއި” މެހެކް ހީލިއެވެ.

ޔަލާން ސުކޫލްއަށް ލާފައި ކޮޓަރިއަށް ވައިން ލުބާންއަށް ފުރަގަސްދީގެން އަލަކާ އޮތުމުން ލުބާން ބޭނުންވީ އަލަކާ ސިއްސުވާލާށެވެ. ސިއްރު ސިއްރުން ގޮސް އަލަކާ ގާތުގައި ހުއްޓުނު އިރު އަލަކާއަށް ލުބާން އައި ކަމެއްވެސް ނޭނގުނެވެ. އަލަކާ ސިއްސުވާލަން އުޅުނު ލުބާންގެ ހަރަކާތްތަށް ހުއްޓުނީ އަލަކާ ފޯނުން ފެންނަން އިން ފޮޓޯގަނޑުފެނިފައެވެ.

އެއީ 18 އަހަރު ކުރިން އަލޫކް ނިޔާވީ ދުވަހު އޭނާ ކަފުން ކޮއްފައި އޮއްވާ އަލަކާ ނަގާފައި އޮތް ފޮޓޯއެކެވެ. “އަލޫ؟” އަލަކާގެ އަތުގައި މަޑުމަޑުން ހިފާލަމުން ލުބާން ގޮވާލިއެވެ. އެއާއި އެކު އަލަކާ ސިހިފައި ކޯތާފަތުގައި ހުރި ކަރުނަ ތިކިތަށް ފުހެލިއެވެ.

“އޯކޭތަ؟” ލުބާން އެއްސެވެ. އަލަކާ ލުބާންގެ ހަށިގަނޑުގައި ބައްދާލިއެވެ. އެއާއި އެކު އަލަކާގެ ދެލޯ ފުރިފައިވީ ކަރުނަތިކިތަށް ފައިބައިގަތެވެ. “ބާން.. އަލޫ ވަރަށް ހަނދާންވޭ ކޮއްކޮ މަތިން…” އަލަކާގެ އަޑު ނިކުތީ ކެނޑި ކެނޑިގެންނެވެ.

“ޔެސް. ކޮއްކޮ ކަން ކުރީ ރަނގަޅަކަށް ނޫން. ލުބާގެ ދިރިއުޅުންވެސް، ޒެވިއާރްގެވެސް ޒެވްގެވެސް ދިރިއުޅުން ހަލާކުވީ ކޮއްކޮއާއި ހުރެ. ޒެވިއާރް މަރުވީވެސް ކޮއްކޮ އަތުން.. އެކަމަކު… އަލޫ ގަބޫލު ކުރާގޮތުގަ އެއީ ކޮއްކޮގެ ކުށެއް ނޫން. އެހާ ތުއްތު އިރު.. ބައްޕަ ކޮއްކޮ އެކަނި ނުކޮއްލިނަމަ… ކޮއްކޮ އެއަށް ވުރެ ރަނގަޅުމީހަކަށްވީސް. ކޮއްކޮއަކަށް ކުޑައިރަކު، ލޯއިތްބެއް، އަޅާލުމެއް ނުލިބުނު.. އެކަމަކު އެކަމަށް ޝަކުވާކޮއްލާނެ ފުރުސަތެއްވެސް ނުލިބުން.. ކޮއްކޮ ހަލާކު ކޮއްލި މީހަކީ ހަމަ ބައްޕަ..” އަލަކާއަށް ދިޔައީ ރޮވެމުންނެވެ. ލުބާން ފުންނޭވާއެއް ދޫކޮށްލާފައި އަލަކާގެ އުނަގަނޑުގައި ފިރުމާލިއެވެ.

“އިޓްސް އޯކޭ. ބާންވެސް ތިކަން ގަބޫލު ކުރަން.. އިންޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” ލުބާން ބުނެލިއެވެ. ހަމަ އެވަގުތެވެ. ބޭރުން އިވުނީ ލައިނާގެ ހަޅޭކުގެ އަޑެވެ. އެއަޑަކަށް އަލަކާއާއި ލުބާންގެ އިތުރުން ލުބައިނާވެސް ދުވެފައިވަނީ ލައިނާއާއި އާދިލްގެ ކޮޓަރިއަށެވެ. ދެލޮލުގެ ކަޅި މައްޗަށް ހިއްލިފައިވީ އިރު، އާދިލްގެ ހަށިގަނޑު ދިޔައީ ރޫރޫ އަޅަމުންނެވެ.

“ދަރިފުޅާ ބައްޕައަށް ކީއްތަ އެވަނީ؟؟” ލުބާންގެ ފައިގައި ހިފަމުން ލައިނާއެއްސެވެ. ގަބުވެފައި ހުރި ލުބާންއަށް ހަމައަކަށް އެޅުނީ އެވަގުތެވެ. ލުބައިނާވެސް ހުރީ ހުރިތާ ގާވެފައެވެ. ދެބެންނަށާއި މައިދައިތައަށް ވެފައި އިން ގޮތްފެނި އަލަކާ އަވަހަށް އެންބިއުލާންސްއަށް ގުޅިއެވެ.

“ކިހިނެތްވީތަ؟؟” އެވަގުތު އެކޮޓަރިއަށް އަލާޔާވެސް ވަނެވެ. އެމަންޒަރުފެނި އަލާޔާއަށްވެސްވީ ލައިނާއަށްވީ ވަރެވެ. “ކާފާ؟ ކާފާ؟ މަންމާ.. ބައްޕާ؟ ކާފައަށް ކީއްތައެވަނީ؟” އާދިލް ގާތުގައި އިށީންދެފައި ރޮމުން އަލާޔާ އެއްސެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި ފުންނޭވާއެއް ލާފައި އާދިލްގެ ހަށިގަނޑު މައިތިރިވިއެވެ. އެއާއި އެކު ކޮޓަރީގައި ތިބި އެންމެންގެ ހިތުގައިވެސް ޖަހާލީ ބިރުވެރި ވިންދެކެވެ.

ހަމަ އެވަގުތު އެންބިއުލާންސްވެސް އައެވެ. ހިތަށް އަރަމުން ދިޔަ އެއްޗެހި އެއްފަރާތް ކޮއްލާފައި އެންމެން އަވަސްވެގަތީ އާދިލް ހޮސްޕިޓަލަށް ގެންދިޔުމަށެވެ.

ރިލީފް ގަޑިއެއް ވުމުން ކްލާސް ކުދިންތައް ބޭނުންކަމެއް ކުރަން އެވަގުތު ކުލާހުގައި އިން ޓީޗަރުވީ ދޫކޮށްލާފައެވެ. އެއްބައި ކުދިންތައް ކުލާސް ބޭރުގައި އިން ބެންޗުތަކުގައި ތިބި އިރު، އަނެއްބައި ކުދިން ތިބީ ކްލާސް ރޫމްގައެވެ.

“އޭ ބްރޯ. ހިނގާބަލަ މަށާއި އެކު ފާހަނަޔަށް” ވާހަކަ ތަކުގެ ތެރެއިން ޝަނުމް ބުންޏެވެ. “އަމް.. ނޯ ތެންކްސް.. އައިމް ސްޓްރެއިޓް” ޔަލާން މޫނު ކުނިކޮއްލާފައި ބުންޏެވެ. “ސާބަހޭ. ދެން އަސްލުވެސް ހިނގާބަލަދޯ؟” ޝަނުމް ބުންޏެވެ. “ހޫމް. ހިނގާބަލަ. އެކަމަކު ބުންނަން؟ މަގޭ ގައިގަ އަތް ނުލާތި!” ޔަލާން ބުނެލީ އިންޒާރެއް ދޭފަދައިންނެވެ. “ނޫޅެން” ޝަނުމް ހީލާފައި ބުންޏެވެ. ފާހާނާއަށް ވަދެފައި ޝަނުމް ޖީބުން ނެގި އެތި ޔަލާންއަށް ދައްކާލިއެވެ. “ވަޓް ދަ؟ ކަލޭ ފެގުވެސް ބޯންތަ؟” ޝަނުމް އަތުގައި އޮތް ސިނގިރޭޓު ފޮއްޓަށް ބަލައިލަމުން ޔަލާން އެއްސެވެ. “ހަހަ ކިހިނެތްވީ؟ ކަލޭ ނުބޮންތަ؟” ޝަނުމް ސިނގިރޭޓެއް ތުމުގައި ޖަހާފައި ޔަލާންއަށްވެސް ސިނގިރޭޓެއް ދިއްކޮއްލިއެވެ.

“އޭ އުހޫން މަށަކަށް ނުކެރޭނެ” ޔަލާން ދެކޮޅު ހެދިއެވެ. “ދެން އަސްލުވެސް އޭ އޯކޭވާނެ. ޑޯންޓް ބީ އަ ކަވާރްޑް” ޝަނުމް ބުންޏެވެ. އެވަގުތު ޔަލާންގެ ސިކުނޑީގައި އެނބުރި ގަތީ ކައިލީން އޭނާ ދޫކޮށްލި ދުވަހު ބުނި ޖުމްލައެވެ.

“ޔޫ އާރް އަ ކަވާރްޑް. ކައިލީއަށް ކަމުދަނީ ކޫލް ބޯއިޒް. ތި ހަމަ ފައްކާ މަމީސް ބޯއިއެއް. ސީރިޔެސްލީ. ތި ސިނގިރޭޓެއްވެސް ބޯލަން ކެރޭ މީހެއްނޫން. ހަހަ”

“ދެއާރް ޔޫ ގޯ” ޝަނުމް ދިއްކޮއްގެން އިން ސިނގިރޭޓުގައި ޔަލާން ހިފުމުން ޝަނުމް ހިނިތުންވެލާފައި ބުނެލިއެވެ.

ހޮސްޕިޓަލުގައި އެންމެން ތިބި އިރު ހުރިހާ އެންމެންގެ ހިތްވެސް ދިޔައީ ބާރަށް ތެޅެމުންނެވެ. ޑަކްޓަރު ދޭނޭ ޖަވާބެއް ނޭނގޭތީވެ އެންމެންގެވެސް ވަނީ ހިތް އަވަސްވެފައެވެ.

“ޑަކްޓަރ.. އަޅުގަނޑުގެ ފިރިމީހާގެ ހާލު ކިހިނެތްތޯ؟” ދޮރުހުޅުވާލާފައި ޑަކްޓަރު ނުކުތުމުން ލައިނާ އެއްސެވެ. “އާދިލްގެ ދަރިން ކޮބާތޯ؟” ނުހާދު އެއްސެވެ. “އަޅުގަނޑު. ދެން މިއީ އަޅުގަނޑުގެ ދޮންތަ” ލުބާން ބުންޏެވެ. “އަޅުގަނޑާ ވަކިން ވާހަކަ ދައްކާލެވިދާނެތޯ؟” ލުބާންއަށް މުޙާތަބުކޮއް ނުހާދު ބުންޏެވެ. ލުބާން ބޯޖަހާލާފައި ނުހާދުއަށް ހަމަޖެހިފައިވީ ކޮޓަރިއަށްވަނެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި ލުބާންގެ ވޭނީ ރުއިމުގެ އަޑުން މުޅި އެހިސާބު އެއްއަޑު ކޮއްލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (10)

  1. aanaa

    Masha allah mi part vs vrhh reethii
    Bruhhh…kailiin r shanum ehn bunyma eynge maanaeh nun dhw dhn yalaan e boashekey…Shihaa can i tell u a scrt…alhugandah eba image kurevey miige knme part eh ga vs myhun ulhey gothaa e huriha ehcheh rey huvafenunvs fenuny xev propose kurithan..mihaar miulheny xev ge pht eh balaala hithun…shihaa ah fenuniyya fonuvahcheyyy..Keehve lubaan e rouny…i don’t think everything is fine..did smthng happened to aadhil???curiously waiting for the next…when next??tc lyy💜

    1. shihaamaa ali
      aanaa

      jazaakallah khairan dearr
      asluves dhw.. ekm dhn ekahala gadyga hama shaithaanaa vannaanythaa dhwww
      hahah yesyes
      hehe ehn vedhaanehnun vedhaane aanaa ah abadhu mi story arr dheythereyga visnenykamah dhwww hehehee
      stay tunedd next ep ga engeyne aadhil ah vy kihineh kan stay tuned ilyt

  2. darkqueen38

    Varah reethi mi part ves keep on writing as an author and a reader, your stories are a true inspiration

    1. shihaamaa ali
      darkqueen38

      awwwwwwww jazaakallah khairan 💕

  3. leeshaa

    Mi part vx vrh reethi Masha Allah 💗
    oh god did he die??
    i am really curious noww
    take care

    1. shihaamaa ali
      leeshaa

      jazaakallah khairan
      haha neynge shihaa akh next ep ga engeyne hehe stay tuned
      tc 2

  4. gurrrl_8

    Mashallah shiherr mi baii vrh reethi 🥰😁
    Btw what happened to aadhil??
    Is he okii?? I’m so curious!!!
    When is next??? 🤔
    Keep it up
    Lyy 🥰

    1. shihaamaa ali
      gurrrl_8

      jazaakallah khairan dearr
      haha neynge dhww lets wait for next ep to seee
      ilyt

  5. Shaf_maan

    Maasha Allah mi prt vx vrh reethi
    What happened to aadhil
    And why lubaan started crying
    Shiherrr im so so so curious
    Shanum bunyakas yallan nuvaane dhw dhn sigireyt boakah
    Sorry last prt thakuga cmmt koh nulevunyma
    Mi unit test dhuvaskolhu v ma hehe
    Tc
    Lysm Shiher 💜💜💜❤️

    1. shihaamaa ali
      Shaf_maan

      jazaakallah khairan
      hehe next ep ga engeyne hehe stay tunedd
      ikrrr ekm shaithaanaa winning be like dhw :(((
      hehe its okay i hope u do well on the examss
      ilyt
      tc2

Comments are closed.