Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 10

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
May 26, 2025 3 Mins Read
6 Comments

ދުންޔާގެ އަނގަމަތީ ޔާދިން އަވަސް އަވަހަށް އަތްއެޅިއެވެ. “ޝްޝް އަހަރެންނޭ މީ.. ތަނަކަށް ތަދުވަނީތަ؟” ޔާދިން މަޑުމަޑުން ދުންޔާގެ ގާތު ސުވާލުކޮށްލިއެވެ. ދުންޔާ މަޑުމަޑުން ބޯޖަހައިލިއެވެ. “ކޮންތާކަށް ތަދުވަނީ..؟” ދުންޔާގެ އަނގަމަތިން އަތްނަގަމުން އޯގާތެރި ރާގަކަށް ޔާދިން ސުވާލުކޮށްލިއެވެ. “ބަނޑަށް..” ދުންޔާ ވޭނުން ފުރިގެންވީ އަޑަކުން ބުންޏެވެ. “ބަނޑަށް ކީއްވެ؟ އެއްޗެއް ހެރުނީތަ؟ ނޫނީ ތަނެއްގަ ޖެހުނީތަ؟؟” ހާސްވެފައި ޔާދިން އަހައިލިއެވެ. އަދި އަވަސް އަވަހަށް އެނދު ކައިރީގައި ހުރި ސްވިޗް ބޯޑުން ސްވިޗްއެއް ޖައްސައި ބޮކި ދިއްލައިލިއެވެ. އެނދުމަތީގައި އަޅާފައިވާ ބެޑްޝީޓްގައި މަޑު ތެތްކަމުގެ އިހްސާސްވުމުން ޔާދިން ބަލައިލިއެވެ. އެއާއެކު ޔާދިންގެ މޫނު ހުދުވިއެވެ.

*** ޕާޓް 10***

އެނދުގެ ބެޑްޝީޓް ތެމިފައިވަނީ ކެއްކި ރަތް ލެއިންނެވެ. ދުންޔާ ލޯ އުނގުޅައިލާފައި ބެޑްޝީޓްއަށް ބަލައިލިއެވެ. އެއާއެކު ގަތް ލަދުން ދުންޔާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. “އައިމް ސޮރީ.. ސޮރީ.. އައިލް ކްލީން އިޓް..” ޔާދިން ރުޅިއައިސްދާނެނެތީ އަޅަމުން ދިޔަ ވޭނަކަށް ބެލުމެއްނެތި ދުންޔާ ބުންޏެވެ. “ނޯނޯ.. ޑޯންޓް ޔޫ ޑެއާރ މޫވް!” ޔާދިން ދުންޔާއަށް މަޑުންއިނުމަށް އަމުރުކޮށްލިއެވެ. ދުންޔާގެ ރަތްވެފައިވި މޫނަށް އަވަސް ނަޒަރެއް ދިނުމަށްފަހު ދުންޔާގެ ކޮނޑުދަށަށްށާއި ފައި ދަށަށް އަތްލައްވައިލަމުން ލުއި ފިޔައެއް ފަދައިން ޔާދިންގެ ބާރު ގަދަ އަތްދަނޑި މައްޗަށް ދުންޔާ އުފުލައިލިއެވެ.

ދުންޔާ ޔާދިންގެ މޫނަށް ބަލައިލީ އެ މޫނު މަތިން ރުޅިވެރިކަން ފެންނާނޭ ކަމަށް ހީކޮށެވެ. އެހެންނަމަވެސް ޔާދިންގެ މޫނު މަތިން ފެނިގެން ދިޔައީ ދުންޔާއާއި މެދު ކަންބޮޑުވެފައިވާކަމުގެ އަސަރުތަކެވެ. ދުންޔާ ގޮވައިގެން ޔާދިން ވަދުނީ ފާހަނައަށްށެވެ. “ކުޑަކޮށް ގައިދޮވެލައިގެން ހެދުން ބަދަލުކޮށްލަން ހިނގާ ހުސް ލެޔެއްނުން ތިއޮތީ..” ޔާދިން މަޑުމައިތިރި ރާގަކަށް ބުންޏެވެ. ދުންޔާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. ޔާދިންގެ މި އަޅައިލުން ފެނި އޭނާގެ ހިތްއަވަސްވިއެވެ. ޔާދިންގެ ފަރާތުން އޯގާތެރިކަމާއި އަޅާލުމަށް އޭނާގެ ހިތް އެދޭތާ ކިހާ ދުވަހެއްވެއްޖެ ހެއްޔެވެ؟

“ރިލޭކްސް އަހަރެން މީ ދޫނިގެ ފިރިމީހާއެއްނުން.. ޓްރަސްޓް މީ.. އަހަރެން ދޫނިއަށް ތަދުވާކަމެއް ނުކުރާނަން..” ދުންޔާގެ މޫނު މަތިން ފެންނަމުން ދިޔަ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ޔާދިން ބުންޏެވެ. ދުންޔާގެ ހިތް އުފަލުން އުނދުއްސައިގަތް ފަދައެވެ. ކައިވެންޏަށް މިވީހާ ދުވަހު، ދުވަހަކުވެސް ޔާދިން އޭނައަށް ‘ނިކްނޭމް’އެއް ދީފައި ނުވެއެވެ. ދުންޔާ އިސްޖަހައިލައިގެން ހުރެ ޔާދިން އޭނައަށް އެހީތެރިވުމުގެ ފުރުސަތުދިނެވެ. “ކޮންމެ ފަހަރަކުވެސް ދޫނިގެ މި ދުވަސްކޮޅު މިހާ ބޮޑަށް ބްލީޑްވޭތަ؟ މިހާ ބޮޑަށް ބަޑަށް ތަދުވޭތަ؟” ދުންޔާ ފެންވަރައި ނިމުމުން ހެދުންލާން އެހީތެރިވެދެމުން ޔާދިން އަހައިލިއެވެ. އޭރު އޭނަގެ ދެލޯ ދިޔައީ ދުންޔާގެ ހަށިގަނޑުގެ އެތައް މިތަނަށް ދަތުރު ކުރަމުންނެވެ. ދުންޔާ މަޑުމަޑުން ބޯޖަހައިލިއެވެ.

ޔާދިންގެ ހިތައް ގޮތެއް ވެލިއެވެ. އޭނައާއެކު ދުންޔާ ހޭދަކުރި 7 އަހަރު ދުވަހު އޭނައަށް ދުންޔާގެ ވޭނެއް ނުފެނުނެވެ. ހެދުންލައި ނިމުމުން ޔާދިން އަނެއްކައިވެސް އޭނަގެ އަތްދަނޑިމައްޗަށް ދުންޔާ އުފުލައިލިއެވެ. ޔާދިންގެ އަތްދަނޑިމަތީ އޮތް ދުންޔާއަށް ޔާދިންގެ މޫނުން ނަޒަރު ވަކިކޮށްލަން އުނދަގޫވިއެވެ. ޔާދިން މަޑުމަޑުން ހިނގައިލާފައި ދުންޔާ ގެންގޮސް ސޯފާގައި ބޭއްވިއެވެ. އަދި އެނދުގައި އަޅާފައި އޮތް ބެޑްޝީޓް ބަދަލުކުރަން ފެށިއެވެ. “ދިން.. އަހަރެން ތިކަން ކޮށްލަ-” ދުންޔާގެ ޖުމުލަ ފުރިހަމަ ނުވީ ޔާދިން ދުންޔާއަށް ބަލައިލި ގޮތުންނެވެ.

“ތި ތަނުން ތެދުވިއްޔާ މި ގަޑީ ކާރަށްލައިގެންގޮސް ހޮސްޕިޓަލަށްގެންގޮސް އިންޖެކްޝަން ޖަހާށޭ ބުނާނަން ޑޮކްޓަރ ކައިރީ..” ހަރުކަށި ރާގަކަށް ކުޑަކުއްޖަކަށް އިންޒާރެއް ދޭ ފަދައަކުން ޔާދިން ބުންޏެވެ. އޭނައަށް ދުންޔާ ކަށިދެކެ ބިރުގަންނަވަރު އިނގެއެވެ. ދުންޔާގެ އަނގަ ވަގުތުން ބަންދުވިއެވެ. އޮތްތަނުން ހިރިލާންވެސް ނުކެރިފައި ދުންޔާއޮތެވެ. ދުންޔާއަށް ވީ ގޮތުން ޔާދިންގެ ތުންފަތުގައި ކާމިޔާބީގެ ހިނިތުންވުމެއް ކުޅެލިއެވެ. ޔާދިން ބެޑްޝީޓް ބަދަލުކޮށްލުމަށްފަހު އައު ބެޑްޝީޓެއް އަޅައި، ދުންޔާ އުފުލައިލާގެން ގެންގޮސް އެނދުގައި ބޭއްވިއެވެ.

ޔާދިން ބޭނުން ކަމެއް ކުރަން ދޫކޮށްލައިގެން ބަސްއަހާ ކުޑްކުއްޖެއް ފަދައިން ދުންޔާއޮތެވެ. “މިތާ ބަސްއަހައިގެން އަހަރެން އަންނަންދެން އޮށޯވެގެން އޮންނާނީ..” ކުޑަކުއްޖަކާ މުހާތަބު ކުރާ ފަދައަކުން ޔާދިން ދުންޔާއާއި ދިމާލަށް ބުންޏެވެ. ދުންޔާ މަޑުމަޑުން އިދެ ބޯޖަހައިލިއެވެ. “ގުޑް ގާރލް” ދުންޔާގެ އިސްތަށިގަނޑު ހާވައިލަމުން ޔާދިން ބުންޏެވެ. އެއާއެކު ދުންޔާގެ މޫނަށް ޖަންބުކުލަވެރިވެގެން ދިޔައެވެ.

ޔާދިން ކޮޓަރިން ނުކުމެގެން ދިޔައިރުވެސް ދުންޔާއަށް އިދެވުނީ ދޮރާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މަޑުމަޑުން ދުންޔާއަށް އޭނަގެ މޭގައި އަތް ޖައްސާލެވުނެވެ. އޭރު އޭނަގެ ހިތް ހީވަނީ އޭގެ މަގާމު ދޫކޮށް ބޭރަށް ނުކުމެދާނެހެންނެވެ. ދުންޔާގެ މުޅި މޫނު ހުރީ ރަތްވެފައެވެ. “ވަޓް ޖަސްޓް ހެޕަންޑް؟ ޑިޑް ހީ ރިއަލީ ކޯލް މީ؟؟ އޯހް މައި..” ދުންޔާއަށް ކައިރީގައި އޮތް ބާލީސް މޫނު މަތީގައި އަޅައިލެވުނެވެ. ދުންޔާ މަޑުމަޑުން ޔާދިން އޭނަގެ އިސްތަށިގަނޑު ހާވައިލިތަނުގައި އަތް ޖައްސައިލިއެވެ. އޭރު އޭނަގެ ތުންފަތަށް ވަނީ ރަކި ހިނިތުންވުމެއް ވެރިވެފައެވެ.

ބަދިގެއަށް ވަދުމަށްފަހު ޔާދިން ގޫގުލްއިން އަންހެންކުއްޖާ ‘އެދުވަސްވަރު’ ކެއުން އެންމެ ސިއްހަތައް ފައިދާ ހުރި ކާނާ ސާރޗުކޮށްލިއެވެ. އަދި އޭނައަށް ލިބުނު މައުލޫމާތުގެ އެހީގައި ޖިންޖާ އަޅައިގެން ހޫނުކޮށް ސައި ތައްޓެއް ހަދައިލިއެވެ. އަދި ހޫނުކޮށް ތަރުކާރި އަޅައިގެން ސޫޕެއް ހަދައިލިއެވެ. އެކަންތައްކޮށް ނިންމާލުމަށްފަހު ޓްރޭއަކަށް ޖިންޖަރ ޓީ ތަށްޓާއި ސޫޕްތަށިލިއެވެ. މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަދުނެވެ. އޭރު ދުންޔާ އޭނަ ދިޔައިރު އޮތް ގޮތަށް އޮތެވެ. ޔާދިން އެނދު ކައިރީގައި ހުރި މޭޒެއްގެ މަތީ އޭނަ ގެނައި ތަކެތި ބެހެއްޓުމަށްފަހު އެނދުގައި އިށީނދެ ދުންޔާގެ ނިތުގައި އަތް ބާއްވާލިއެވެ. “ހުމެއް ނެތް ނަސީބަކުން.. އަހަރެން ގެނެސްފަ ހުރި ސޫޕްތައްޓާއި ޖިންޖާރ ޓީ ހުސްކޮށްލަންވާނެ.. ދޫނި ވަރަށް ބޮޑަށް ބްލީޑްވެފަ ތިހުރީ.. އެހާ ބޮޑަށް ލޭ މަދުވެއްޖެއްޔާ އެނބުރުން އަރާފާނެ..” ދުންޔާއަށް އިށީންނަން އެހީތެރިވަމުން ޔާދިން ބުންޏެވެ.

ދުންޔާ ހުރީ ޔާދިން އުޅޭ ގޮތުން އޭނައަށް އަނެއްކާ ހުވަފެން ބެލެނީބާއޭ ހިތަށް އަރާފައެވެ. ދުންޔާ މަޑުމަޑުން އިސްޖަހައިގެން އިދެ ޔާދިންގެ އެހީގައި އެނދުގައި އިށީނދުނެވެ. މަޑުމަޑުން އިދެ މިއީ އަސްލެއްތޯ ނުވަތަ ހުވަފެނެއްތޯ ދެނެގަތުމަށް ދުންޔާ އަތުގައި ހުރި ބާރެއްލާފައި އޭނަގެ ބަނޑަށް ފިއްތައިލިއެވެ. އެއާއެކު ވީ ތަދުން ދުންޔާއަށް ބަނޑުގައި އަތް އަޅައިލެވުނެވެ. “ކީއްތިކުރީ؟” ޔާދިން ހާސްވެފައި އަހައިލިއެވެ. ދުންޔާގެ މޫނަށް އެރި ކުލަވަރުން ވީ ގޮތް ކޮންމެވެސްވަރަކަށް އޭނައަށް ނަގައިގަނެވުނެވެ. އެއާއެކު ޔާދިންގެ ގާތަށް ލާނެތް ހިންޏެއައެވެ.

އެއްޗެކޭ ބުނުމެއްނެތި ޔާދިން ދުންޔާގެ ތުންފަތަށް ބޮސްދިނެވެ. އަދި ދުންޔާގެ ތުންފަތުގައި މަޑުމަޑުން ތަދުނުވާނެ ފަދައިން ދަތްއަޅައިލިއެވެ. ޔާދިންގެ މިއަމަލުން ދުންޔާގެ ދެލޯ ބޮޑުވެގެންދިޔައެވެ. އޭނަގެ ހިތުގެ ތެޅުން ބާރުވެ ނޭވާ އަވަސްވިއެވެ. ޔާދިން ދުންޔާއާ ދުރުވެލަމުން ދުންޔާގެ މޫނަށް ނަޒަރު ހިންގައިލިއެވެ. ދެމީހުން ދެމެދު ހިނގި ކަންތަކާއިމެދު ދުންޔާ ލަދުގަނެފައިވާ މިންވަރު ދުންޔާގެ މޫނުމަތިން ފެނިގެންދެއެވެ. “އަމިއްލަ ނަފްސަށް ހާޓް ކުރަން އުޅެންޏާ އެހެންވާނީ.. ދުންޔާގެ ހަށިގަނޑަކީ އަހަރެންގެ މިލްކެއް.. އަހަރެންގެ މިލްކިއްޔާތުގަވާ އެއްޗަކަށް އަހަރެން އަނިޔާވެރިވެފައެއް ނޯންނާނެ.. ދެންވެސް އަމިއްލަ ނަފްސައް ތަދުވާ ފަދަ ކަމެއް ނުކުރާތި..” ދުންޔާގެ ދަތްދޮޅީގައި ހިފައިގެން ހުރެ ބަރު އަޑަކުން ޔާދިން ބުންޏެވެ. އޭރު ޔާދިންގެ ހޫނު ނޭވާ ދިޔައީ ދުންޔާގެ ތުންފަތުގައި ބީހެމުންނެވެ. ދުންޔާގެ ތުންފަތުގައި ހުރި ރަތްކަންވަނީ އިހުނަށް ވުރެ ގަދަވެފައެވެ. ޔާދިންގެ އަޑުގައިވި މަސްތުކަމުން ދުންޔާގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ޒެވިއަން 24

Next

މަޢާފް އެދެމުން 11

Next
May 27, 2025

މަޢާފް އެދެމުން 11

Previews
May 26, 2025

ޒެވިއަން 24

6 Comments!

  1. aanaa says:
    May 27, 2025 at 10:07 am

    masha allah mi partt vss vrhh reethjii
    alheyy yaadhin r dhunya..haadha cute eyyy…ekm hama shocked…enme last bai kiyaafa mi partt ge…thankyouuu engey mihaa avh mipart kiyaalan libunyma..
    kail r mai mathin vrh miss veyy.emyhunge koalhunthahh…
    curiously waiting …when nextt???tcc lyyy

    1. Maash Maash says:
      May 27, 2025 at 5:13 pm

      Thank you so much.. I’m happy u liked it..
      Dhww yaadhin men is really cuteee..
      Hehe let’s see what happens dhw.. your welcome darling 💜💜
      Kail and mai ge koalhun annaane next part ga…
      Next part insha allah Thursday ga..
      Tcc love you moree 💜🦋

  2. shihaamaa ali shihaamaa ali says:
    May 27, 2025 at 3:44 pm

    Heyyyy maashhh
    Mi part vess vrhhh reeethii it made me blushh smm🙈❤️ cant wait for nextt epp ilyyyysssmm❤️

    1. Maash Maash says:
      May 28, 2025 at 1:47 pm

      Heyyy shiherrrrr..
      Thank you so muchhh.. I’m happy u liked it..
      Hehe made me blush writing this too.. next part Thursday ga insha allah..
      Love u moree 💜🦋

  3. Shaf_maan says:
    May 27, 2025 at 6:46 pm

    Maasha Allah mi prt vx vrh reethi
    Yaadin n dhunyage prts are so so so cute
    Hama rangalhah vs blush vefa mihury😭😭😭
    At last Yaadhin ge faraathun dhunya ah loabi libijje. Alhamdulillah
    Sry cmmt las v ma
    Curiously waiting for the nxt
    Whn nxt??
    Tc… Lysm Marsh 💜💜💜

    1. Maash Maash says:
      May 28, 2025 at 1:53 pm

      Thank you so much darling.. I’m very happy u liked it..
      Hehe yaadhu and dhunya cute dhww..
      I was blushing writing this too lol😭
      Yes dhunya ah yaadhinge lowbi libijje..
      No worries I’m happy to see Ur comment😘
      Next part Insha allah Thursday ga..
      Love you moreee 💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 11←


All Right Reserved!