Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 26

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 28, 2025 3 Mins Read
6 Comments

“މަގޭ ގަމާރުކަން ހަމަ. މުޅި ރަށުގައި ނަންމައްޝޫރު ގާތިލް އަހުމަދުގެ ކާފަ ދަރިފުޅު ވިއްޔަ. ހަމަ އެއްގޮތެއްނުން ވާނީ؟” އިލްޔާ ބުންޏެވެ. “އިލްޔާ!” ލުބާންއަށް އެއްޗެކޭ ނުބުނެ ނުހުރެވިގެން ގޮވާލިއެވެ. “ކިހިނެތްވީ؟ ލޯބިވާ އަނބިމީހާއަށް އެއްޗެހި ކީމަ ކަމުނުދިޔައީ؟ ވިސްނާދެން މަގޭ ދަރި އެވަގުތު ސަލާމަތްވާން ތެޅޭނެ ވަރު! ރައްކާވޭ މިތަނުން. ދެން އަހަރެން ކަލޭމެނާ ދިމާކުރާނީ ކޯޓުން!” އިލްޔާ ބުންޏެވެ. އޭރު ގިންމީހުންތަކެއްގެ ނަޒަރު އެމީހުނަށް ހުއްޓިފައިވުމުންނާއި އެކު ލުބާން އަލަކާ އަތުގައި ހިފައިގެން ނުކުތެވެ. އޭރު އަލަކާއަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ.

ޖެހިގެން އައި ދުވަހެވެ. ދުވަހަކީ ކޯޓުގެ އިއްވުން އިއްވާ ދުވަސްކަމުން އެންމެންގެ ހިތުގައިވެސްވީ ނުތަނަވަސްކަމެވެ. އޭރުވެސް ޝަނުމް ހޭނާރާތީވެ އިލްޔާ ހޮސްޕިޓަލުގައި ބައިންދާފައި ކޯޓަށް ދިޔައީ ޝަޔަން އެކަންޏެވެ.

އިސްޖަހައިގެން އިން ޔަލާންގެ މޫނުމަތީގައި އެއްވެސް އިހުސާސްއެއް ނެތެވެ. ގާޒީ ވަނުމާއި އެކު އަޑުއެހުން ފެށުނެވެ.

“މިމައްސަލައަކީ އުމުރުން 14 އަހަރުގެ ޝަނުމް މުހައްމަދު ޝަޔަންގެ ހަށިގަނޑަށް 25 ފަހަރު ވަޅި ހަރާ ޒަހުމް ކުރި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ޔަލާން ލުބާން އިއްވޭ އިއްވުމެއް. ޔޫސުފް ޔަލާން ލުބާން. ޝަނުމްއަށް ހަމަލާ ދިނިން ކަމަށް އެއްބަސް ވަންތޯ؟” ގާޒީ އެއްސެވެ. “ލައްބަ” އެއްވެސް އިހުސާސް އެއްނެތި ނެތި ޔަލާން ބުންޏެވެ. “އަޅުގަނޑު ޝަނުމްއަށް އަނިޔާވެރި ކަމާއި އެކު ތޫނު ވަޅިއަކުން ހަމަލާ ދިނިން. އަޅުގަނޑަށް ހައްގު އަދަބު ދެއްވާ” ޔަލާން އަނެއްކާވެސް އިތުރުކޮއްލިއެވެ.

“ކީއްވެ؟ ކީއްވެ؟ ޝަނުމް ޔަލާންއަށް ކީއްތަ ކުރީ؟” މިއޮށް ހާދުވަހު މަޑުން އިން ޝަޔަންއަށް ހަޅޭ ލަވައިގަނެވުނެވެ. ޝަޔަން ބަރު ފިޔަވަޅުތަކެއްގައި ގޮސް ޔަލާން ކަރުގައި ހިފިއެވެ. “ކީއްވެ؟ ކީއްވެހޭ؟” ޔަލާން ތަޅުވާލަމުން ޝަޔަން ބުންޏެވެ. 4 ފުލުހުންގެ އެހީގައި ޝަޔަން ދުރުކުރެވުނެވެ.

“އިއްޒަތްތެރި ގާޒީ. ޔަލާންގެ ލޯޔަރުގެ ގޮތުގައި އަޅުގަނޑު އެއްޗެއް އިތުރުކޮއްލަން ބޭނުން” ޝަޔަން ހަމައަކަށް އެޅުމުން މާޝާ ވާހަކަ ދައްކަން ފެށިއެވެ. “ކުރިއަށް ގެންދަވާ” ގާޒީ ހުއްދަ ދިނެވެ.

“އާދެ. ޝަނުމްއާއި ޔަލާންއަކީ އެންމެ ތުއްތު އިރުން ސުރެ ގާތް ދެކުދިން. އަޅުގަނޑުވެސް ގަބޫލު ކުރަން ޔަލާން ކަން ކުރީކީ ރަނގަޅަކަށް ނޫންކަން. ނަމަވެސް ޔަލާންއަށް އެގޮތުގައި ކަން ކުރެވުނީ ޝަނުމްވެސް ޔަލާންއަށް ކަންކޮއްފައިވީގޮތުގެ ސަބަބުން. ހެއްކެއްގެ ގޮތުގައި އަޅުގަނޑު ރިކޯޑިންގ އެއްދެއްވަން ބޭނުން” މާޝާ ބުންޏެވެ. ގާޒީގެ ހުއްދައާއި އެކު އެވިޑެންސްގެ ގޮތުގައި ރިކޯޑިންގ އިއްވުނެވެ.

***

“އައި މިސްޑް ޔޫ ސޯ މަޗް ބޭބީ” ތުންކޮޅު އޮޅާލާފައި ކައިލީން ބުންޏެވެ. “ޝަނޫވެސް. އެކަމަކު މިހާރު އެޔަލާން ގަނޑު ކޮންމެ ދުވަހަކުވެސް ސުކޫލަށް އާދޭވިއްޔާ. ވަރަށް ފޫހިވޭ” ޝަނުމް މޫނު ކުނިކޮއްލިއެވެ. “ހީވެޔެއްނުން އާނ ހެއްޔޯ؟ ހިތަށް އަރާ ހަމަ އެކަހަލަ ކަމެއް ވާނެ ނަމައޭ ދެންވެސް. އައި ޑޯންޓް ވޯންޓް ހިމް ދެއާރް. ދެކުލާސްވީ ނަމަވެސް. ޔަގީނޭ ހީވޭ މަށާ އެއްކުލާސް ވާންށޭ ސައިންސް ސްޓްރީމްވެސް އެނެގީ” ކައިލީން ފޫހި ރާގެއްގައި ބުންޏެވެ.

“ކައިލީއަށް ހީތަވަނީ؟ ޝަނޫއަށް ހަމަ ޔަގީން. ކުލާހުގަ އިންނަ އިރުވެސް އަބަދު އިންނާނީ ކައިލީއަށް ބަލަން. އަރާ ރުޅީގައި ހިތަށް އަރާ ދެލޯ ކޮނެލަފާނަމޭވެސް ހަހަ” ޝަނުމް ބުންޏެވެ. “ހަހަ ކޮނެލާނެ ނަމަ” ކައިލީންވެސް ޝަނުމްގެ ހުނުމުގައި ބައިވެރި ވަމުން ބުނެލިއެވެ.

***

ރިކޯޑިންގް އަޑު އެހުމަށް ފަހު އެންމެންގެ ލޯތަށް ހުއްޓެން ފެށީ ޝަޔަންއަށެވެ. “ވިކްޓިމް ކާޑް” ކުޅެން އުޅެނީއޭވެސް މީހުން ކިޔާއަޑު އިވެން ފެށިއެވެ.

“އަދި ހަމަ އެއާއި އެކު، ވިހެއީން ސުރެ ޔަލާންއަކީ ބޯޑަރލައިން ޕާސަނަލިޓީ ޑިސްއޯޑަރ އަށް ޑައިގްނޯޒްވެފައިވާ ކުއްޖެއްކަންވެސް އަޅުގަނޑު އިތުރު ކޮއްލަން. މިއީ ޔަލާންގެ ރިޕޯޓް. އެކަހަލަ ބައްޔެއް ހުންނަ ކުއްޖަކަށް ވެފައި، ބޭވަފާތެރިކަމުގެ ހިތި ރަހަ އަރުގައި ލައި، އިތުބާރުކުރި އެކުވެރިޔެއް އަދި ބޭބެއެއް އާއިލާއާއި ދިމާލަށް އެހެން އެއްޗެހި ކިޔާނަމަ އެއީ ޔަލާން ނޫނަސް، ބޯޑަރލައިން ޕާސަނަލިޓީ ޑިސްއޯޑަރ ހުންނަ އެއްވެސް ކުއްޖަކަށް ގޯ ތްރޫ ކުރެވޭނެ ކަމެއްނޫން. ޔަލާން އޭނަ ކުރި ކުށަށް ފިލަން ނޫޅި، ހަގީގަތާއި ކުރިމަތި ލީތީވެސް ޔަލާންއަށް އިއްވާ ހުކުމް ދަށް ކޮއްލަދިނުން އެދެން” މާޝާ ކިޔައިދިނެވެ.

އޭރު ޔަލާންގެ މޫނުމަތީގައި ހިތި ހިނިތުންވުމެއް ވިއެވެ. ހަމަގައިމުވެސް އޭނާ ދެން މީހަކަށް އިތުބާރު ކުރުން އެއީ ވާނެކަމެއް ނޫނެވެ.

“ޔަލާންއަށް ކުރެވުނު ކުށަށް ދެރަވެ، ކުށަށް ފިލަންނޫޅި ހަގީގަތާ ކުރިމަތިލާފައި ވުމުންނާއިއެކު، ޔަލާން ނަފްސާނީ ހާލަތެއް ވުމާއި އެކު، އަދި 18 އަހަރު ނުވާ ކުއްޖަކަށް ވުމުން، އުމުރު ހަމަވަންދެން ނަފްސާނީ ކުދިން ބަލަހައްޓާތަނަކު ބެހެއްޓުމައްފަހު 18 އަހަރު ވުމުން 2 އަހަރު ދުވަހަށް ޖަލު ހުކުމް އިއްވަން”

ގާޒީގެ އިއްވުމަށް ފަހު ފުލުހުންގެ އެހީގައި ޔަލާން ކޯޓުން ނިކުތެވެ. ކުރީފަހަރުހެން މިފަހަރުވެސް ރިޕޯޓަރުން ޔަލާންގެ އިންތިޒާރުގައި ހުއްޓެވެ. ނަމަވެސް މިފަހަރު ޔަލާންގެ މޫނުމަތީގައި ލުއި ހިނިތުންވުމެއް ވިއެވެ.

“ދަރިފުޅާ. ބަސް އަހައްޗޭ. މީހުނާ ޒުވާބުކޮއް ތަޅާފޮޅާ ނަހަދައްޗޭ. ރަނގަޅަށް ކައި ނަމާދުކުރައްޗޭ.” ޔަލާން ހަށިގަނޑުގައި ބައްދާލަމުން އަލަކާ ބުންޏެވެ. ޔަލާން މިފަހަރުވެސް ހިނިތުންވެލީއެވެ.

ޕޮލިސް ކާރަށް އަރުވައިގެން ގޮސް ޔަލާން ގެންދެވުނީ ބަނދަރަށެވެ. ލާންޗްއަކަށް އަރުވާ ޔަލާން ގެންދެވުނީ ކ.މާފުއްޓަށެވެ. ލާންޗު ގެއްލެންދެން އަލަކާ ބަލަން ހުއްޓެވެ. ޔަލާން އެނބުރި އަންނާނެ ދުވަހަކަށް އެވަގުތުން ފެށިގެން އަލަކާއަސް ދުވަސް ގުނެންފެށިއެވެ.

(ނުނިމޭ)

ނޭނގުނު ކުދިންނަށް:

ބޯޑަރލައިން ޕާސަނަލިޓީ ޑިސްއޯޑަރަކީ ނަފްސާނީ ސިއްހަތުގެ ހާލަތެކެވެ. މިއީ މީހުންގެ އަމިއްލަ ނަފްސާއި އެހެން މީހުންނާ މެދު އިހުސާސް ކުރެވޭ ގޮތަށް އަސަރުކޮށް، އާންމު ދިރިއުޅުމުގައި ކަންކަން ކުރަން އުނދަގޫވާ ހާލަތެކެވެ. އެއީ ނުތަނަވަސްކަން ވަރުގަދަ ގުޅުންތަކެއްގެ އުސޫލެއްގެ އިތުރުން ރުޅިވެރިކަމާއި އަމިއްލަ ނަފްސު ދެކޭ ގޮތް, ސިއްހަތަށް ނުރަނގަޅު ގޮތެކެވެ. އިމްޕަލްސިވްނެސް ގައި ހިމެނެނީ ހައްދުފަހަނަޅާފައިވާ ޖަޒުބާތުތަކެއް އުފެދި، ފުރަތަމަ އެކަމާ މެދު ވިސްނާލުމެއް ނެތި އަމަލުކުރުން ނުވަތަ ކަންތައްތައް ކުރުމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

މަންޒިލް 2

Next

ހިތްވަރު

Next
May 29, 2025

ހިތްވަރު

Previews
May 28, 2025

މަންޒިލް 2

6 Comments!

  1. aanaa says:
    May 28, 2025 at 6:10 am

    Masha allah mi partt vss vrhh reethii
    Kail tha e record maasha ah dhiny????
    shihaaa kobaatha nuhaa mn???adhivs EYNA aky kaakukmh neynge…curiously waiting ….when next???tcc lyy

    1. shihaamaa ali shihaamaa ali says:
      May 28, 2025 at 1:46 pm

      Jazaakallah khairan
      Maash ah recording dhinii kaaku kan adhi vrhhhh fahun engeynee 🫠
      Nuha mn nd alaya mn ge part annaane very sooon hehe mi nimuni dhn mi parttss
      EYNA is kaaku kan engeynee adhi vrhhh fahun hun hehe stay tuned tc nd lyt

  2. gurrrl_8 gurrrl_8 says:
    May 28, 2025 at 12:16 pm

    Dear shhiherr mi part ves vrhh reethi
    Hama egothaha meege kureege 2 bai ves vrhh reethii
    Alhugandu bxy v ma aslu comment kohnulevenii
    Ekm hama gavaidhun kiyan knme dhuvahaku ves vagutheh libey irahh
    Btw yalaan ehn kanthah kuran jehunu sababeh ohnaane thaa
    I think yalaan kuri kameh noon hen ekm ves dhww
    Alakaa ya lubaan vrh dhera vefa ehurii
    N nileesha like veyy kanne yalaan
    Vrhh curious hama
    Cant wait for next
    When nextt part?????
    Lyy ❤️
    Tc❤️

    1. shihaamaa ali shihaamaa ali says:
      May 28, 2025 at 1:47 pm

      Jazaakallah khairan dear
      Its okay ingey hehe
      Yalaan felt betrayed dhw aslu nd ya nilee likes yalaan
      Stay tuned for the next ep lyt

  3. Maash Maash says:
    May 28, 2025 at 1:57 pm

    Heyyy shiherrr..
    mi part vx vrh reethi maasha Allah
    I’m really sad about what happened to yalaan.. it’s not his fault dhw aslu..
    I hope he can control himself in future..
    Lyssm darl 💜🦋

    1. shihaamaa ali shihaamaa ali says:
      May 28, 2025 at 3:29 pm

      Heyyy maashhh
      Asluga ves dhww
      In sha allah he can with the 3yrs of treatment🫶🏻
      Lyyyysssmmm❤️

Comments are closed.

Next Episodeޒެވިއަން 27←


All Right Reserved!