މަންޒިލް 1
” ކޮންމެ ކަމަކީ ވެސް ކުރަން ބޭނުންވެއްޖެ ނަމަ ކުރެވޭނެ ކަމެއް” އަޑަށް ބާރުލައި އަހަރެން ބުނީމެވެ. ކުރިއަށްވުރެ ބާރަށް ހިތްތެޅެން ފަށައިފިއެވެ. މެހެފިލްގެ އެންމެންގެ މޫނަށް ނަޒަރު ހުއްޓާލީމެވެ. ވަކި ވަކިން ކޮންމެ މޫނަކަށް ބަލައިލީމެވެ.
”ވަގުތަކީ ހޯދީމަ ލިބޭ އެއްޗެއް، ކިތަންމެ ބޮޑު އަގަކަށް ވެސް ގަނެވޭނެ އެއްޗެއްނޫން..!” ހިތުގެ ތެޅުން ސިކުނޑިން ދޮގުކޮށް ކުރިއަށްދިޔައީމެވެ. ކޮންމެ ލަފުޒަކީ އަދު އަހަރެންގެ ހިތުގެ ފުން މިނުން އެތައް ދުވަހެއްގައި ފަސްދާނުލެވިފައވި ބަސްތަކެވެ. ތަގުރީރެއްގެ ސިފައިގައި އަހަރެން ދެމުން ދިޔައީ ރައްދެކެވެ. މަންމަނެއްގެ ސިފާގައި ހަނުހުރުމުގެ އަޖަލު އައިސް ޖެހުނީއެވެ.
” މައިބަފައިންގެ ވަކިވެ ދިއުމުގެ ހުރިހާ ތަކުލީފެއް އަޅުގަނޑު އުފުލާފިން.. ބައްޕަ އެހެން ކުދިން ތަކެއްގެ އިނގިލި ކުރީގައި ހިފައިގެން ސަކަރާތް ޖެހި މަންޒަރު ފަނޑުވުމެއް ނެތް… މަންމައާ އެކު ކުދިންޖަހާ ސަކަރާތުގެ އަޑަކަށް އަހަރެންގެ ކަންފަތެއް ބީރެއް ނުވި… އެހެން ކުދިންގެ ހަތަރު ފަރާތުން އެހީވާނެ އާއިލީ މެންބަރުން ތިބި އިރު އަހަރެންނާއެކު ވީ ކޮޓަރީގެ އަނދިރިކަމާއި ހަތަރެސް ފާރު… ހިތުގެ ޝަކުވާތައް އެހީ އަހަރެންގެ ބާލީސް… މަދަދުވެރިވެ ހިތްވަރު ލބިގެންދިޔައީ ހެއްދެވި ފަރާތައް ވެވޭ ކުއްތަންވުމުން…. މިއީ އަހަރެންެ ހިތުގެ ޝަކުވާ…” ކަރުނަ ނިރާލިއެވެ.
”މި އުފާވެރި މެހެފިލްގައި އަހަރެންގެ ކާމިޔާބީ ފާހަގަ ކުރެވެމުންދާ އިރު އަޅުގަނޑު ޝުކުރުއަދާ ކޮށްލަން ބޭނުމީ އަޅޫގަނޑުގެ މާމައަށް… ހިޔަނި ފަދައިން އަޅުގަނޑާ އެކު އަބަދު ވެސްވި…” ސުކޫލަށް ޝުކުރުގެ ބަސްތައް އަމުނާ ގަތަމުން އަހަރެންގެ ސްޕީޗް ނިންމާލީމެވެ.
އަހަރެންގެ ބޮލުގައި އެޅިގެންދިޔަ ތާޖާއެކު އަހަރެން ވެގެންދިޔައީ 2022 ވަނަ އަހަރުގެ ބެސްޓް އޯލް ރައުންޑަށެވެ. މިއީ އަހަރެންގެ އަނދިރި ހަޔާތަށް އަލި އަޅުވާލި ދޯދިތަކެއް ފަދައެވެ. ދޯދިތައް ކުލަތަކުން ޖަރީ ކޮށްދިނީ ލިބިގެންދިޔަ ސްކޮލަރޝިޕްގެ ސަބަބުންނެވެ. ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ކުރިއަށްދިއުމީ އުންމީދެކެވެ. ހާއްސަކޮށް އަމިއްލަ މަސައްކަތުންނެވެ. މައިންބަފައިންނަކީ މަހުޖަނުންނަށް ވި ނަމަވެސް އަހަރެން ބޭނުންވީ އަހަރެންގެ ދަލުން ކުރިއަށް ދާށެވެ. އުފަލާ އަރާމު ތަންމަތީގައި ފައިސާގެ މަތީގައި އުދުހޭކަށް ނޫނެވެ. މިންނެތް މަސައްކަތުން ކުރިއަށްދާށެވެ.
ރަސްމިއްޔާތު ނިމުމުން ތައުރީފުގެ ބަސްތައް އަހަރެންނަށް އޮހޮރެން ފެށިއެވެ. މައިންބަފައިންނަކީ ރާއްޖޭގައި ވިދުންގަދަ ތަރިއަކަށް ވ ނަމަވެސް އަހަރެންނަކީ އޮއްސިފައި އިން ތަރިއެކެވެ. އަހަރެންގެ އެއްބަފާ އަދި އެއްބަނޑު ކޮއްކޮމެންނަކީ ނަން ހިނގާ މުޅި ރާއްޖެ ދަންނަ ބައެކެވެ.
” ހޯދި ކާމިޔާބަށް މަރުހަބާ.. ބައްޕަގެ ފަރާތުން ދަރިފުޅަށް ބޭރަށް ކިޔަވަން ގޮސް އުޅޭނެ ހަރަދެއް ހަމަޖައްސަދޭނަން..” އެއީ ބައްޕަގެ މެސެޖެކެވެ. އަހަރެން ބޭނުމީ ފައިސާއެއް ނޫނެވެ.ލޯތްބެވެ. އަޅާލުމާއި އޯގާތެރި ކަމެވެ.
” ތެންކް ޔޫ.. ބަޓް ތިހުރިހާ ހަރަދެއް އަހަރެންނަށް ކުރެވޭނެ…” ބައްޕަގެ ފައިސާއަކީ އަލިފާން ކަމުގައި އަހަރެން ދެކެންފެށިތާ ކޮން ދުވަހެއް ހެއްޔެވެ؟
އިތުރަށް މެސެޖަށް ރިޕްލައި ކުރުމެއ ނެތ ދެލޯމަރާލީމެވެ. ޔޫކޭގެ ހަރްވަޑް ޔުނިވަރސިޓީ ފަހު ފަހަރަށް ހުވަފެނުން ދެކިލުމަށެވެ. މިއީ ރާއްޖޭގައިހޭދަކުރާ ފަހު ރެއެވެ. އެކޮޅަށް ގޮސް އަނބުރާ އައުމަކީ ނާދިރު ކަމެކެވެ.
5 އަހަރު ފަސް،
ޔޫކޭގެ ހަލަބޮލި މަގުތަކަށް ނަޒަރު ހިންގާލެވުނެވެ. އެ މަގުތަކެކޭ އަހަރެންގެ ދިރިއުޅުމެކޭއަދު ތަފާތެއް ނެތެވެ. ކިޔެވުން ނިންމާލުމަށްފަހު އަހަރެންގެ ޔޫކޭގެ މަޝްހޫރު ކުންފުންޏެއްގެ މަތީ މަގާމެއް ހާސިލް ކުރީއެވެ.
ފޯނު ރޯންފެށުމުން އަހަރެންގެ ސަމާލުކަން ފޯނަށް ދިނީމެވެ. ހިނިތުންވުމެއް އައި ފޯނުގެ ސްކުރީނުން ފެނުނު ނަމުންނެވެ.
”ހަލޯ މާމާ…” އަވަސް އަވަހަށް ބުނެލީ މާމަގެ ޝަކުވާ ބަސްތާ އޮއްސާލުމުގެ ކުރިން ހަމަ ޖެހިލުމަށެވެ.
”ރަށަށް އަންނަނީ ކޮން އިރަކުތަ؟ މާމަ ވަރަށް ހަނދާނވޭ ދަރިފުޅުމަތިން” އެހެން ދުވަސތަކާ ހިލާފަށް މިއަދު މާމަގެ އަޑު މަޑެވެ. ކަމެއް ގޯސްވެއްޖެ ކަމުގެ އިޝާރާތެއް އަހަންނަށްވި ކަހަލައެވެ.
”މާމާ ބުނީމެއްނު…”
” އާދިލް… ދަރިފުޅާ ކީއްވެތަ އަބަދު އެހެން ކިޔަނީ… މިހާރު ކިޔަވާ ނިމުނީނު…” މާމަ އަހރެންގެ ޖުމުލަ ފުރިހަމަ ކުރުމަށް ޖާގައެއް ނުދިނެވެ.
ކުއްލިއަކަށް މާމަ ކެއްސާގަތެވެ. ނޭފަތުން ހޯސް ލާފައި ލޭ އަންނަން ފަށައިފިއެވެ. މާމަގެ ކޮށި ހައެއްކަ މިނިޓް ވިއިރު ވެސް ރަނގަޅެއް ނުވިއެވެ.
”ހަލީމާ.. ބޭސް ނުކަންދޯ އެވަރަށް ބުނީމަ ވެސް..!” ދުރުން އިވުނީ ކާފަގެ އަޑެވެ. މާމަގެ ކެއްސުން މަޑުވި ނަމަވެސް އެއްކޮން ހަމައަކަށް ނޭޅެއެވެ. ކަމެއްގޯސް ވެއްޖެ ކަމުގެ ފެހި ސިގްނަލް ހިތުން ދިނެވެ. ފޯނު ކަނޑާލުމަށް ފަހު ރަށް ދިއުމަށް ތައްޔާރު ވީމެވެ.
”އައުޗް” އެއާޕޯޓުން ނިކުންނަން ދިޔަ މަގުމަތީ އެ ޖެހުނީ ޒުވާނާގެ މޫނަށް ބަލާލެވުނެވެ. އެ ސޫރައެވެ. އެއްވެސް ތަފާތެއް ނެތެވެ. އެތައް ދުވަހެއްވީ އެދުމެކެވެ. ހިތުގައި އުފެދިފައިވި ސުވާލު މާކެކެވެ. ހިތުގައި ޖެހިފައިވި ފުލުސްޓޮޕް އައު ފެށުމަކުން ފެށޭނެ ކަމުގެ އިޝާރާތެކެވެ.
”މިޝްކާ”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Mi story vrh reethi maasha allah.. curiously waiting for the next part.. keep up the good work 💜
thank u.!