Skip to content
އެސްފިޔަ

ޒެވިއަން 25

ޔަލާން އަތުގައި ބިޑިއަޅުވައިގެން އާކިންގެ އިތުރުން 3 ފުލުހަކު ނުކުތެވެ. އެއާއި އެކު އެމީހުންގެ އިންތިޒާރުގައި ތިބި ނޫސްވެރިން އަހިސް އެމީހުން ގާތު ތަތްވެގަތީ ހަކުރުފެނިގެން ހިނިތަށް ދުއްވައިގަންނަހެންނެވެ. މަންޒަރު ބަލަން ދުރުގައި ހުރި އަލަކާއަދި އަލާޔާގެ އިތުރުން ލުބާންއަށް ޔަލާން ބަލައިވެސް ނުލިއެވެ. އެކަމުގެ ސަބަބުން އެތިން ހިތުގައިލީ ނުފިލާނޭ ކޫރެކެވެ.

“ޝަނުމްއަށް އެހެން ހެދީ ކީއްވެގެންތޯ؟” “ޝަނުމްއާއި ޔަލާންގެ މެދުގައި މައްސަލައެއް ޖެހުނީތޯ؟” “ތިމާގެ ކުއްޖަކަށް ވެހުރެ އެހެން ހަދަންވީ ކީއްވެގެންތޯ؟”

ރިޕޯޓަރުންގެ ސުވާލުތަކާއި ހުރެ ޔަލާން ހުރީ ރުޅި އަހިސްފައެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ޕޮލިސް ކާރަށް އަރުވައިގެން ޔަލާން ގޮވައިގެން ފުލުހުން ދަތުރުކުރީ ބަނދަރަށެވެ. އެމީހުންގެ އިންތިޒާރުގައި އޮތް ޕޮލިސް ލާންޗްއަށް އަރައިގެން ޔަލާން ގޮވައިގެން ދަތުރުކުރީ ކ.މާލެއަށެވެ.

“އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖާއަށް ހަމަލާދިން ކުއްޖާ އަމިއްލައަށް އެކުށަށް އިއުތިރާފް ވެއްޖެއެވެ. އަޅުގަނޑުމެންނަށް ޙަބަރު ލިބުނު ގޮތުގައި ހަމަލާދިން ކުއްޖާއާއި ހަމަލާ ލިބުނު ކުއްޖާއަކީ ތިމާގެ ދެކުދިންނެވެ. ހަމަލާ ދިން ކުއްޖާ ގޮވައިގެން 3 ފުލުހުންގެ އިތުރުން އެކުއްޖާގެ މައިންބަފައިން އަދި އެކުއްޖާގެ ލޯޔަރު މާލެ ފުރައިފި ކަމަށް އަޅުގަނޑުމެންނަށް ޙަބަރު ލިބޭ. އިތުރު ތަފްސީލް އަންނަނީ…..”

ޙަބަރު ބަލަން އިން ނިލީޝާގެ ދޮން ކޯތާފަތުގައި ކަރުނަތިކިތަށް ބޮސް ދެމުންދިޔައެވެ. “ނޫން. ނޫން. ނޫން. ޔަލާން ނަހަދާނެ އެހެންނެއް. ޔަލާންއަކީ އެކަހަލަ މީހެއްނޫން. ޔަލާން އެހެނެއް ނަހަދާނެ. ތީހުސްދޮގު. ޔަލާން އެހެނެއް ނަހަދާނޭ” އިސްތަށިގަނޑުގައި ހިފާދަމަމުން ނިލީޝާ ބުންޏެވެ.

ނިލީޝާގެ ހަޅޭކުގެ އަޑަށް ނުހާ ކޮޓަރިއަށް ވަނެވެ. ލޯބިވާ ކޮއްކޮ އިން ހާލުފެނި ނުހާގެ ހިތުގައި ރިއްސާލިއެވެ. “ހުއްޓާލާ. އިންޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..” ނުހާ ނިލީޝާގެ އުނަގަނޑުގައި ފިރުމާލަމުން ބުންޏެވެ.

“މަންމާ… ޕްލީޒް ހިނގާބަ މާލެ ދާން. ކައިލީ ބޭނުން ޝަނޫގެ ހާލު ބަލަން..” ކައިލީން ކުރިމަތީގައި އިން އޭނާގެ މަންމަ ކިޔާރާ ގާތުގައި ކައިލީން ބުންޏެވެ. ޓީވީއަށް ބަލާލާފައި ކިޔާރާ ބަލައިލީ ކައިލީންގެ މޫނަށެވެ. އެވަގުތު ދެމައިންވެސް ސިހުނީ ގޭދޮރާށީގައި މީހަކު ތަޅައިގަން އަޑަށެވެ.

“ކާކުތަ މޮޔަވެގެން މިއުޅެނީ؟” ކިޔާރާއަކީ ދޮރުގައި މާބާރަށް ތަޅާނަމަ އަބަދުވެސް ރުޅިއަންނަ މީހެކެވެ. ބަރު ފިޔަވަޅު ތަކެއްގައި ގޮސް ކީޔާރާ ދޮރުހުޅުވިއެވެ. ކިޔާރާ ފަހަތުން ކައިލީންވެސް ގޮސް ދޮރު ދަށުގައި ހުއްޓުނެވެ. ކިޔާރާ ދޮރު ހުޅުވުމާއި އެކު ދޮރުމަތީގައި ހުރި ކައިލް ކިޔާރާ ފަހަތުގައި ހުރި ކައިލީން ކޮނޑުގައި ހިފާ ގާތުގައި ހުރި ފާރުގައި ތަތްކޮއްލިއެވެ.

“ކަލޭ! ކަލޭ ކީއްކުރީ ޔަލާންއަށް؟ އެއިން؟” ކައިލް ރުޅި އަހިސް ހުރެ ބުންޏެވެ. “މަތަ އަދިވެސް ކަމެއް ކޮއްގެން މިއުޅެނީ؟ އެޔަލާންއޭ މަގޭ ޝަނޫ މަރާލަން އުޅުނީ!” ކައިލީން ބުންޏެވެ. އެއާއި އެކު އަރައިގައިން ރުޅިން އަތަށް ލެވުނުހާ ބާރެއްލާފައި ކައިލީންގެ ކަންކަށިމަތީގައި ޖެހިއެވެ.

“އޭ! ކަލޭތި ކާކުތަ މަގޭ ގެދޮރަށްވަދެ މަގޭ ދަރިފުޅަށް އަނިޔާ ކުރަން؟ ހަމަ މިހާރު ނުކުމޭ މިގެއިން!” ކިޔާރާ އަމުރު ކޮއްލިއެވެ. “ކަލޭ ދަރި މިކާކުތަ މަގޭ އެކުވެރިން ހަލާކު ކުރަން އެއިން؟؟؟ ކައިލީން ކަލޭ ހަނދާން ކުރާތި. މަގޭ ބަދަލު ހިފާނަން! އަޑު އިވިއްޖެތަ؟” ކައިލް އެހެން ބުނެ ގެއިން ނުކުމެގެން ދިޔައެވެ.

މަޑު ދުވެއްޔެއްގައި އައި ކާރު މަޑުކޮއްލީ އޭ.ޑީ.ކޭ ހޮސްޕިޓަލް ކުރިމަތީގައެވެ. ކާރުން ފޭބި އަލަކާއަދި ލުބާންގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ދެމީހުންގެ މޫނު މަތީގައިވެސްވީ ހިތާމައިގެ ސާލެއް އޮޅާލެވިފައެވެ. ޓެކްސީއަށް ރުފިޔާ ދައްކާފައި ދެމަފިރިން ލަސް ހިނގުމުގައި ލިފްޓްއަށް އެރިއެވެ.

އައި.ސީ.ޔޫ ކުރިމަތީގައި ތިބި އިލްޔާއަދި ޝަޔަން ފެނި އަލަކާއަދި ލުބާންއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ފުންނޭވާއެއް ދޫކޮށްލާފައި ދެމަފިރިން ހިނގައިގަތެވެ.

“ޔަލާންގެ ފަރާތުން އަހަރެމެން ދެމީހުން މަޢާފަށް އެދެން” ސިޓީ އުރައެއް ދިއްކޮއްލަމުން ލުބާން ބުނެލިއެވެ. ޝަޔަން އޭގައި ހިފިއެވެ. އޭގައި އޮތީ 30 ހާސް ރުފިޔާއެވެ. ގޮނޑިބަރީގައި އިން އިލްޔާ ތެދުވެ އޭގައި ހުރި ރުފިޔާތަށް ބިންމައްޗަށް އުކާލިއެވެ. އަދި ކުރިމަތީގައި ހުރި އަލަކާގެ ކަންކަށިމަތީގައި ޖެހިއެވެ.

“ހުރި ގޮތްކުޑަކަން. މަގޭ ދަރިފުޅު މަރާ ހަނގުރާމަ ކުރަމުން ދާއިރުވެސް ރުފިޔާއަށް ގަނެލަންތަ ތިއުޅެނީ އެއިން؟” އިލްޔާ އެއްސެވެ. އަދި ބިންމަތީގައި ހުރި ރުފިޔާތަށް ނަގާ އެއްކުރިއެވެ. “މިހުރިހާ ރުފިޔާތަކުން މަގޭ ޝަނުމްއަށް އަލުން ހިނގުމުގެ ނަސީބު ލިބޭނެތަ؟ އެއިން؟ އެކުއްޖާއަށް އަދި އެންމެ 14 އަހަރޭ!!” އަލަކާގެ މޫނު މައްޗަށް އިލްޔާ ރުފިޔާތަށް ޖެހިއެވެ.

“މަގޭ ގަމާރުކަން ހަމަ. މުޅި ރަށުގައި ނަންމައްޝޫރު ގާތިލް، އަހުމަދުގެ ކާފަ ދަރިފުޅު ވިއްޔަ. ހަމަ އެއްގޮތެއްނުން ވާނީ؟” އިލްޔާ ބުންޏެވެ. “އިލްޔާ!” ލުބާންއަށް އެއްޗެކޭ ނުބުނެ ނުހުރެވިގެން ގޮވާލިއެވެ. “ކިހިނެތްވީ؟ ލޯބިވާ އަނބިމީހާއަށް އެއްޗެހި ކީމަ ކަމުނުދިޔައީ؟ ވިސްނާދެން މަގޭ ދަރި އެވަގުތު ސަލާމަތްވާން ތެޅޭނެ ވަރު! ރައްކާވޭ މިތަނުން. ދެން އަހަރެން ކަލޭމެނާ ދިމާކުރާނީ ކޯޓުން!” އިލްޔާ ބުންޏެވެ. އޭރު ގިނަމީހުންތަކެއްގެ ނަޒަރު އެމީހުނަށް ހުއްޓިފައިވުމުންނާއި އެކު ލުބާން އަލަކާ އަތުގައި ހިފައިގެން ނުކުތެވެ. އޭރު އަލަކާއަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ.

ޖެހިގެން އައި ދުވަހެވެ. ދުވަހަކީ ކޯޓުގެ އިއްވުން އިއްވާ ދުވަސްކަމުން އެންމެންގެ ހިތުގައިވެސްވީ ނުތަނަވަސްކަމެވެ. އޭރުވެސް ޝަނުމް ހޭނާރާތީވެ އިލްޔާ ހޮސްޕިޓަލުގައި ބައިންދާފައި ކޯޓަށް ދިޔައީ ޝަޔަން އެކަންޏެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (7)

  1. aanaa

    Masha allah mi partt vss vrhh reethii
    rulhi ayas ilya nuvaane dhww ehn bunaakah..ik mayakah dhari e haaluga ohna than balan kei kuran difficult vaanekan…rufiya thh moonumahchah jehymadhn😳…yalaan vs kuryky rangalhu kmh nun..n shanum vs..
    kail kyh kuran e ulheny????curiously waitinnn..tcclyy

    1. shihaamaa ali
      aanaa

      Jazaakallah khairan❤️❤️
      Yeaa ikrrr😩 hehe balamaa dhw dhw stay tuned for next ep tcc nd lyt

  2. Maash

    Heyyy shiherr
    Mi part vrh reethi maasha allah..
    I’m sad about what yalaan dhw.. ekam kail.. damn he stood up for his friend.. that’s true friendship fr.. curiously waiting for the next part💜🦋

    1. shihaamaa ali
      Maash

      Heyyyyy maashhh
      Ikrrr hehe
      Jazaakallah khairan

  3. Shaf_maan

    Maasha Allah mi prt vx vrh reethi
    Yalaan vx Shanum vx vrh goas asluga
    But ilya nuvaane dhw alaka ge moonah rufiya thah jahaakah
    In my opinion, alaka n lubaan akah nujeheyne eyge zinmaa nagaakah
    I hope it ends in a good way. I meant the court maruhalaa
    Curiously waiting for the nxt
    Whn nxt????
    Tc… Lysm Shiher 💜💜💜

    1. shihaamaa ali
      Shaf_maan

      Hehe jazaakallah khairan❤️

    2. shihaamaa ali
      Shaf_maan

      Hehe ikr jazaakallah khairan dear

Comments are closed.