Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޒައިޝާ 4

cataanik Level 210 Stories100 Login
May 26, 2025 2 Mins Read
0 Comments

“އަހަރެން މިވާހަކަ ދައްކާކަށް ބޭނުމެއްނޫން. އެކަމަކު މިވާހަކަދައްކައިގެން ނޫނީ އަހަރެންގެ ސިކުނޑިއަކަށް ލުޔެއްނުލިބޭނެކަންނޭނގެ” ޔަޒްދާން ބުނެލިއެވެ.

…………………………………………………………..

ހައަހަަރު ކުރި

“ދަރިފުޅާ އެޔޮތްގަޑި ޖެހެނީ! އަވަހަށް ސައިބޯން އާދެބަލަ!” ސަލީމާ އޭނާގެ ދަރިފުޅު ޔަޒްދާންއަށް ގޮވަންފެށިއެވެ.

”ލައްބަ މަންމާ. މިދަނީ.” ސައިބޯން ނުކުންނަމުން ޔަޒްދާން ބުނެލިއެވެ.

”ދޮންބޭ! އަދި ގަޑި ޖެހެން ފަނަރަމިނެޓު އެބައޮތޭ. ތިހާއަވަސް އަރުވާނުލިޔަސް ގަޑިނުޖެހި ދެވޭނެޔޭ.” ޔަޒްދާން މާއަވަސްއަރުވާލާފަ ސައިބޯން އުޅުނުތަންފެނިފަ އޭނާގެ ކޮއްކޮ ޝަޒްރާ ބުނެލިއެވެ.

”ޕްރިފެކްޓް ކުދިންދާން ޖެހޭނެ ދިހަމިނެޓުކުރިން. މީނދީޓެގު ސޯ ދޮންބެ މިނައްޓާލީ ޝަޒް ތަންކޮޅެއްލަހުން އަޔަސް އޯކޭވާނެ.” ޔަޒްދާން ޔުނީފޯމް ބެޖްކައިރީގައިން ޕްރިފެކްޓް ޓެގުކޮޅުދައްކާލަމުން އެހެންބުނުމަށްފަހު އަވަސްއަވަހަށް ދާން ހިނގައިގަތެވެ. ސްކޫލް ހުންނަނީ ދެމިނެޓުން ދެވޭހާކައިރީގަ ކަމުން ގަޑިނުޖެހި ޔަޒްދާން އަށް ދެވުނެވެ.

ދުވަސްތައް ފާއިތުވެގެން ގޮސް ފުރަތަމަ ޓާރމްނިމިއްޖެއެވެ. ގްރޭޑް ހަތެއްގަ އޮނަލިސްޓަށް އެރިކުދިންގެ ތެރޭގައި ޔަޒްދާން ހިމެނުނެވެ. ގްރޭޑް ހަތަރެއްގައި އުޅުނު ޝަޒްރާގެ ރިޒަލްޓަވެސް ރަނގަޅެވެ.

ހަވީރުގެ ވަގުތެވެ. ޔަޒްދާން އިނީއޭނާގެ ރައްޓިހި ކުދިންނާއެކު  ސަކަރާތްޖަހަން ކެފޭއެއްގައެވެ. ޗުއްޓީތެރެކަމުން ހަވީރު ރައްޓިހިންނާއެކު ތަންތަނަށް ދިޔުމަކީ ޔަޒްދާންގެ އާންމުކަމެކެވެ. އޭރު ސަލީމާވެސްވީ ޝަޒްރާ ގޮވައިގެން ބޭރަށްގޮހެވެ. ކުއްލިއަކަށް ޔަޒްދާންގެ ފޯން ރިންގްވާންފެށިއެވެ. ގުޅަނީ ވާފިރުކަމުން ޔަޒްދާން ފޯނުނެގިއެވެ.

”ހަލޯ! ކިހިނަތްވީ މިގަޑީގަ..” ޔަޒްދާންއަށް ވާހަކަ ފުރިހަމަނުކުރެވެނީސް ވާފިރު ދިން ހަބަރަކުން ޔަޒްދާންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަހެންނެވެ.

”ކީކޭ ކާރު އެކްސިޑެންޓްވިއްޔޭ! ޔަޒްދާން ހުރީޝޮކެއްގައެވެ.

”ބައްޕަ މިދަނީ ދަރިފުޅުބަލާ.. ތިހުރި ތަނުގަނަން މެސެޖްކޮށްލާ!” ވާފިރު އެހެންބުނުމާއެމު ފޯންކަނޑަލިއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގަ އަވަސް ފަރުވާދޭ ކޮޓަރިއަށް ސަލީމާ އައި ޝަޒްރާވެއްދުނެވެ. އެމެޖެންސީރޫމުން ބޭރުގަ ދެކޮޅުދެކޮޅަށް ހިނގާލަހިނގާލަ ހުރި ޔަޒްދާން ހުރީ ވަރަށް ހާސްވެފައެވެ. އިރުކޮޅަކުން އެކޮޓަރިން ޑޮކްޓަރުނުތެވެ.

”ޑޮކްޓަރ! ކިހިނަތް މަންމައާއި ކޮއްކޮއާ..” އަވަސްއަވަހަށް ޔަޒްދާން އަހާލިއެވެ.

”ވިއަރ ސޮރީ.. އަހަރެމެންނަކަށް ޝަަޒްރާ ސަލާމަތެއް ނުކުރެވުނު.. ސިކުނޑިއަށް ލޭއެޅުމުގަ ސަބަބުން ޝަޒްރާނިޔާވީ..” ޑޮކްޓަރުގެ މިޖުމްލަތައް ޔަޒްދާންއަށް އިވުނީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. އެއަޑު އިވުމުގަ ކުރިން އޭނާގެ ކަންފަތް ބީރުވިނަމައޭ ޔަޒްދާން ހިތަށްއެރިއެވެ.

އޭގެ ހަފްތާއެއްފަހުން ސަލީމާ ހޭއެރިއެވެ. ނަމަވެސް އޭރު ސަލީމާވަނީ ނުކުޅެދޭމީހަކަށް ވެފައެވެ. ސަލީމާއަކަށް އޭރުނުހިނގެއެވެ. ފުރަތަމަ ކޮޅު ވާފިރު ވަރަށްރަނގަޅަށް ސަލީމާއަށާއި ޔަޒްދާން އަށް އަޅާލައެވެ. ނަމަވެސް ފަހަކަށް އައިސް ވާފިރު ފަރުވާކުޑަވާންފެށިއެވެ.

އެއްދުވަހެއްގެ ރޭގަނޑެވެ. ޔަޒްދާން އާއި ސަލީމާ އިނީ ވާފިރުގަ އިންތިޒާރުގައެވެ. އެހެން އިންދަވާފިރުއަައިސް ކާގެއަށް ވަނެވެ.

”ވާފިރު ކީއްވެމިހާރު އަހަރެންނަށް އަޅަނުލަނީ. އަހަރެންނަށް ކޮންކަމެއްގޯސް ކޮންކުރެވުނީމަ.” ވަރަށް ދެރަވެފަ ސަލީމާއެހިއެެވެ.

”ކިހާދެރަކަމެއް ސަލީމާ. ސަލީމާއާއި ހެދި މިހާރުވެސް މަށަށް ޖެހޭ އުނދަގޫކުޑަތަ? އަދި ޝަޒްރާ މަރާލާފަ މަށާ އެބަވާހަކަ ދައްކައެންނު.”

”ބައްޕާ!” ވާފިރުގެ ވާހަކަހުރި ގޮތުން ހައިރާންވެފަ ޔަޒްދާންއަށް ގޮވާލެވުނެވެ. ވާފިރު މިގޮތަށް މީހަކާވާހަކަދައްކަނިކޮން ޔަޒްދާންއަށް އަޑުއިވުނު މީފުރަތަމަފަހަރެވެ.

”ކަލޭވެސް ކިހާދެރަކަމެއް. މަށަށް އުނދަގޫނުކޮށް މީނދަ ސަލީމާބަލާބަލަ.” ވާފިރު މިހެންބުނަމުން ކޮޓަރިއަށްވަދެ ދޮރުލެއްޕިއެވެ.

އެރެއަށްފަހު ވާފިރު ހިތްހަމަނުޖެހޭކަމެއް ދިމާވާކޮންމެފަހަރަކު ސަލީމާއަށާއި ޔަޒްދާންއަށް އަނިޔާކުރަންފެށިއެވެ. ބޭރުން ހިތްހަމަނުޖެހޭ ކަމެއްދިމާވިޔަސް އެކަމަކުގެރުޅި ސަލީމާއަށާއި ޔަޒްދާންއަށް ބާލަންފެށިއެވެ. ސަލީމާ އެއަނިޔާތަކުން ސަލާމަތް ކުރާނެގޮތަކާއި މެދު ޔަޒްދާން ވިސްނަންފެށިއެވެ. އެންމެފަހުން ޔަޒްދާންގެ ހިޔާލަށްއައީއެންމެ ކަމެކެވެ. އެހެންކަމުން އެކަންކުރެވޭނެ ވަގުތަކަށް ޔަޒްދާން އިންތިޒާުރު ކުރަންފެށިއެވެ.

އެއްރެއްގެ ދަންވަރެވެ. އާދައިގެމަތިން ވާފިރުއޮތީ ސިޓިންރޫމްގަ ޓީވީހުޅުވައިގެންނިދާފައެވެ. ދަންވަރުކަމުން ސަލީމާވެސްވީ ނިދާފައެވެ. މިއަށްވުރެ ރަނގަޅުފުރުސަތެއް ނުލިބޭނޭ ހިތާ ޔަޒްދާން ކޮޓަރިންނުކުތުމަށްފަހު އަޑުނުގޮށްވާ ބަދިގެއަށްދިޔައެވެ. އަދި ވަޅިއެއްނެގުމަށްފަހު އަޑުނުގޮށްވާ ސިޓިންރޫމަށް އައުމަށްފަހު ސޯފާގަނިދާފައޮތް ވާފިރާއި ކައިރިވެލީ އަތައް ވަޅިހެޔޮވަރުކޮށްލަމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

cataanik

Level 210 Stories100 Login

Other Articles

Previous

އެކްޓަރ (ޕާޓް 20)

Next

ޒެވިއަން 24

Next
May 26, 2025

ޒެވިއަން 24

Previews
May 26, 2025

އެކްޓަރ (ޕާޓް 20)



All Right Reserved!