Skip to content
އެސްފިޔަ

ޒެވިއަން 21

“އަޅުގަނޑާ ވަކިން ވާހަކަ ދައްކާލެވިދާނެތޯ؟” ލުބާންއަށް މުޙާތަބުކޮއް ނުހާދު ބުންޏެވެ. ލުބާން ބޯޖަހާލާފައި ނުހާދުއަށް ހަމަޖެހިފައިވީ ކޮޓަރިއަށްވަނެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި ލުބާންގެ ވޭނީ ރުއިމުގެ އަޑުން މުޅި އެހިސާބު އެއްއަޑު ކޮއްލިއެވެ.

“ނޫން ނޫން.. ހެޔޮނުވާނެ ނޫން. ބުނޭ ތިއީ ދޮގެކޭ..” ރުއިމުގެ ތެރެއިން ލުބާން ބުނެލިއެވެ. “ވަރަށް ބޮޑަށް ސޮރީ. އާދިލްއަށް ސީޒަރ އެޓޭކްއެއް ޖެހުނީ. އާދިލްގެ ބްރެއިންސްޓެމްގައި ވަނީ ޓިއުމަރެއް އުފެދިފައި. އެކަން ނޭނގި އެވެފައި ހޮސްޕިޓަލަށް ގެނެވުންލެއްވެސް ތަންކޮޅެއް ލަސްވީ. ހޮސްޕިޓަލަށް ގެނެވުނު އިރުވެސް އާދިލްގެ ފުރާނައެއް ނެތް. އައިމް ސޮރީ..” ނުހާދު އިސްޖަހާލާފައި ބުންޏެވެ.

ނުހާދުގެ ކޮޓަރިން ލުބާން ނިކުން އިރު އޭނާ ހުރީ މަރު މައްޔިތެއް ފަދައިންނެވެ. ލުބާން ނުކުތުމާއި އެކު ލައިނާ ދުވެފައި ގޮސް ލުބާން ގާތުގައި ހުއްޓުނެވެ. “ބައްޕައަކަށް ކަމެއް ނުވޭދޯ؟ ބައްޕަ އޯކޭދޯ؟” ލައިނާ ރޮމުން އެއްސެވެ. ލުބާންއަށް ބަލައިލެވުނީ ލައިނާގެ މޫނަށެވެ. އަދި ލައިނާ ފަހަތުގައި ޖަވާބުގެ އިންތިޒާރުގައި ތިބި ލޯބިވާ ދޮންތައާއި އަނބިމީހާއާއި ދަރިފުޅަށެވެ. ލުބާން ފުންނޭވާއެއް ލާފައި ދެފަރާތަށް ބޯހޫރުވާލެވުނީ ދުލުން ބައްޕަ މަރުވެއްޖޭ ބުނާނެހާ ހިތްވަރު ނުލިބުމުންނެވެ. ލުބައިނާއަށް އަޑުން އަޑު ނަގާ ރޯން ފެށުނު އިރު ލައިނާ ހުރި ތަނަށް ދެމުނެވެ.

އިންޓަވަލް ވަގުތު ޖެހިއްޖެ ކަން އިއުލާން ކުރާ ރަނގަބީލު ޖެހުމާއިއެކު ހުރިހާ ކުދިންތައް ނުކުތެވެ. ސްކޫލް ގޭޓުން ނިކުން އިރު ޔަލާން ބަލާ އެއްވެސް މީހަކު އަހިސްފައި ނެތުމުން ޔަލާން ހައިރާންވިއެވެ. ސަބަބަކީ އަބަދުވެސް ލުބާން ނުވަތަ އަލަކާ އޭނާ ބަލާ އަހިސް ހުންނާތީއެވެ. ޝަނުމްއާއި އެކު އޭނާ ގޮސް ހުއްޓުނީ އިލްޔާ ގާތުގައެވެ. “ކޮބާ އަޅުގަނޑު މަންމަ؟ އެނގޭތަ؟” ޔަލާން އެއްސެވެ.

“ހިނގާ ދައްތައާއި އެކު ގެއަށް. ގޮސް ހެދުން ބަދަލު ކޮއްގެން ހޮސްޕިޓަލަށް ދާން..” އިލްޔާ ބުންޏެވެ. އެއާއި އެކު ޔަލާން ހައިރާންވިއެވެ. “އެއިން؟ ހޮސްޕިޓަލަށޭ؟ މަންމަމެން މީހަކަށް ކަމެއްވީތަ؟” ހާސްވެފައި ޔަލާން އެއްސެވެ. “ހިނގާބަ ފުރަތަމަ ގެއަށް. ގެއަށް ގޮސް ވާހަކަ ދައްކަން. ދަރިފުޅު ދޭ ބައްޕައާއި އެކު. މަންމަ ދާނަން ޔަލާން ގޮވައިގެން” ގާތުގައި ހުރި ޝަނުމްއަށް މުޙާތަބު ކޮއް އިލްޔާ ބުންޏެވެ. ޝަނުމް ބޯޖަހާލާފައި ޝަޔަން ސައިކަލު ފަހަތަށް އަރައިގެން ދިޔައެވެ.

“ދައްތާ. ކިހިނެތްތަވީ؟ ޔަލާން މަންމަމެން އޯކޭތަ؟” ގޭގައި އެއްވެސް މީހަކު ނެތުމުން ޔަލާން ވަކިން ބިރުގަންފިއެވެ. “ނޫން. ޔަލާން މަންމަމެން އޯކޭ. ޔަލާން ކާފަ ނިޔާވީ…” އިލްޔާ ބުންޏެވެ. އެއާއި އެކު ޔަލާން ދެލޯ ބޮޑުވިއެވެ. ދެލޮލުގައި ކަރުނަ ވިދާލިއެވެ. “ކީއްވެ؟ ކީއްވެ؟ ކާފަ ގައިމު ބައްޔެއްވެސް ނޫން. ދެން ކީއްވެ ކުއްލިއަކަށް ނިޔާވާންވީ؟ އެއިން؟” ޔަލާން ރޮއެގަންފައި އެއްސެވެ. “ކާފައަށް ސީޒަރ އެޓޭކްއެއް ޖެހުނީ. އައިމް ސޮރީ ޔަލާން..” ޔަލާން ހަށިގަނޑުގައި ބައްދާލަމުން އިލްޔާ ބުންޏެވެ. ޔަލާންއާއި އާދިލްއާއި ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އެއްވެސް މީހަކަށް އޮޅިފައި އޮތް ވާހަކައެއް ނޫނެވެ.

އިންޓަވަލް ނިންމާފައި އެނބުރި ކުލާހަށް ހުރިހާ ކުދިންތައް އައެވެ. ޔަލާން ނައުމުން ޝަނުމް ގޮސް އިށީނީ ކައިލީން ގާތުގައެވެ. “ޔަލާން ކޮބާ؟ އޭނަ ނާންނަނީތަ؟” ކައިލީން ބޭރުބަލާލާފައި އެއްސެވެ. “ހާސްނުވޭ ބޭބީ. އޭނަ ކާފަ މަރުވިއްޔޯ. އޭނަ ނާންނާނެ ދެން މިއަދަކު ގައިމުވެސް” ޝަނުމް ބުންޏެވެ.

“ހަހަ ހަމަ ރަނގަޅަށް ތިވީ” ކައިލީން ހީލިއެވެ. “ހެހެ އެހެންނޭ. މީހުން ކިޔާ އަޑު އިވޭ އެ ޒެވިއަން ޔަތީމު ވާންވީ މައިގަނޑު ސަބަބަކީވެސް އެއާދިލްއޯ. ސީޒާރ އެކޯ ޖެހުނީ. ހަމަ ސީދާ މަރަށް މަރު” ޝަނުމް ހެމުން ބުންޏެވެ.

“ދެން ހެވެއްނުން؟ މިއަދު ދެން ޝަނޫއަށް ކައިލީ ގާތުގަ އިނދެވޭނެއްނުން؟ އެހެންވެ އޯކޭ އެއްނުން؟ ހެހެ” ކައިލީން އުފާވެލާފައި ބުންޏެވެ. ޝަނުމް ބޯޖަހާލިއެވެ. ފޯރީގައި އެމީހުން ދެއްކި ވާހަކަ މާދުރުނޫން ހިސާބުގައި އިން ކައިލް ދިޔައީ އަޑު އަހަމުންނެވެ. ޒެވިއަންއާއި ޖެހިގެން ޔަލާން އެންމެ ގާތީ ކައިލްއަށް ކަން ޝަނުމް ހަނދާންނެތެންވީ ކީއްވެގެން ހެއްޔެވެ؟

އެދުވަހުގެ މެންދުރު ނަމާދަށް ފަހު އާދިލްގެ ހަށިގަނޑު ވަޅުލެވޭގޮތަށް ހަމަ ޖެހުނެވެ. އާދިލްގެ އާއިލާ އާދިލްއާއި ވަދާއީ ސަލާމް ކިޔަން އަހިސްތިބިތަން ބަލަން ދުރުގައި ނުހާދުއާއި އެކު “އޭނާ” ހުއްޓެވެ. އޭނާ ހެމުން ދިޔަވަރުން ހީވަނީ އުމުރުދުވަހު ނުކުރެވުނު ކަން ކުރެވުނީ ހެންނެވެ. “ސާބަހޭ ނުހާދު. ސާބަހޭ. އަން. މިވަރުން ފުދޭނެދޯ؟ ކަލޭ ދެން އަނގަ މަޑުން ލައިގެން ހުންނާތި. ހަހަ” ހުނުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އޭނާ ބުންޏެވެ. ނުހާދު އޭނާއަށް ލިބުނު ސިޓީ އުރަ ހުޅުވާލިއެވެ. އޭގައި އޮތީ 80 ހާސް ރުފިޔާއެވެ. ނުހާދު ބޯޖަހާލިއެވެ.

ހޮސްޕިޓަލާއި ދިމާލަށް ބަލައިލާފައި އޭނާ ނެގީ އޭނާ ޖީބުގައި އޮތް ކުޑަ ފުޅިއެވެ. މީސްލްސް ހިމެނޭ އެވެކްސިނަކީ ސީޒާރ ޖެހުމަށް އެހީތެރިވެދޭ ވެކްސިނެކެވެ. މީގެ ހަފްތާއެއްހާ ދުވަސްކުރިން އާދިލް ވަނީ “ޑިސާރތްރިއާ” އަދި “ޑިސްފޭޖިއާ” އަށް ޑަކްޓަރަށް ދައްކާފައެވެ. އެދުވަހު އާދިލްގެ ސިކުނޑީގައި ޓިއުމަރެއް އިންކަން ނުހާދުއަށް ވަނީ އެނގިފައެވެ. އެހެން ކަމުން އާދިލް ހަމަ މަރުވީބާއެވެ؟ ނުވަތަ ރޭވުމަކުން މަރާލީބާއެވެ؟

(ނުނިމޭ)

ނޭނގުނު ކުދިންނަށް:

“ޑިސާރތްރިއާ” އަކީ ވާހަކަ ދެއްކުމަށް ބޭނުންކުރާ މަސްތައް ބަލިކަށިވުމުގެ ސަބަބުން ވާހަކަ ދައްކަން އުނދަގޫވުމެވެ. އެއީ ސިކުނޑިއަށް ނުވަތަ ނާރުތަކަށް ގެއްލުންދޭ ހާލަތްތަކާއި ބައެއް ބޭސްތަކުގެ ސަބަބުން، ނުވަތަ ބައްޔެއްގެ ސަބަބުން ދިމާވާ ކަމެކެވެ. “ޑިސާރތްރިއާ” ގެ ހައްލަކަށް ބޭނުން ކުރަނީ، ސްޕީޗް ތެރަޕީ، ނުވަތަ ލެންގުއޭޖް ތެރަޕީއެވެ.

“ޑިސްފޭޖިއާ” ނުވަތަ ދިރުވަން އުނދަގޫވުމަކީ ތަފާތު އެތައް ސިއްހީ ހާލަތްތަކެއްގެ އަލާމާތެކެވެ. މި ހާލަތްތަކުގެ ތެރޭގައި ނާރުތަކުގެ ނިޒާމާއި ސިކުނޑީގެ އުދަނގޫތަކާއި މަސްތަކުގެ އުދަނގޫތަކާއި ކަރުތެރޭގައި ޖިސްމާނީ ގޮތުން ބްލޮކޭޖްތައް ހިމެނެއެވެ. ނިވާކުރުމުގެ މައްސަލަތަކަށް ފަރުވާ ދިނުމުގައި ބޭސްތަކާއި، ކެއުމުގެ އާދަތަކަށް ބަދަލު ގެނައުމާއި، ބައެއް ފަހަރު ޕްރޮސީޖަރތައް (ސާޖަރީ) ހިމެނިދާނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. aanaa

    Masha allah mi vhk vs vrh reethiii
    Nuhaadh vs dhwww…mihaaruge myhun hama rufiya ah hehleny…rufiya libenyaa knme fadha kamh vs kohfaane..EYNAA aky kaakutha…???vrh curious…shanum ge alhe ohnany gobolhi ehtha hithuge badhal…pispis…😭
    curiously waiting for the next…when next??.tc lyy❤

    1. shihaamaa ali
      aanaa

      Jazaakallah khairan
      Frrrrr aslu vesss
      EYNA aky kaaku baa dhw eheh shihaa vess curious🙈😭
      Ikrrrr vedhaane gobolhi eh kamah kaahtteh kmh ves😭😭
      Stay tuned for next ep ilyt

  2. gurrrl_8

    Mi bai ves vrhh reethi 🥰
    What the hell raavaigen kuri kamehh kanne
    N shanum what haadha goaheyy
    Kaileen aa dhemeehun baiverivegen
    Pis pis I can’t believe
    Hate that shanum 😒
    Btw im so curious 🧐
    When is next
    Keep it up
    Lyy ❤️❤️

    1. shihaamaa ali
      gurrrl_8

      Jazaakallah khairan dear
      Hehe stay tuned for next ep🙈
      Shihaa ves vrh curious lol🙈🙈😭
      Ilyttt

  3. Your fav bab

    Varah furihama Maashaa Allah
    Yalaan ah coward ekey keemaa then jehey tha bunihaa konme kameh kuran 🤦‍♀️
    Aadhil maraalee hen I ah heevanee…
    I’m freaking out to know what’s gonna happen next!!
    Lyssssm
    Keep it up
    N guess what YOU R MY FAV AUTHOR
    tc

    1. shihaamaa ali
      Your fav bab

      jazaakallah khairan dearrrr
      ikrrr ekm dhn feel vaany ehn dhww aslu
      hehe shihaa akh neynge ehe
      awwwwwwwwww sooooo happy to hear that 😭💕

Comments are closed.