Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 09

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
May 25, 2025 5 Mins Read
6 Comments

ޝިޔާމާއާއި ރިޔާޒް ދިޔައީ ކައިލްއާއި އެތަކެއް ސުވާލެއް ކުރަމުންނެވެ. ކައިލް ހިނިތުންވެ ހުރެ އެއިން ކޮންމެ ސުވާލަކަށް އިހުތިރާމާއިއެކު ޖަވާބުދެމުން ދިޔައެވެ. މައިރީން ދިޔައީ ރުޅިއައިސްފައި ހުރެ ކައިލްގެ ހަށިގަނޑަށް އޭނަގެ ލޮލުން ހަންޖަރު ފޮނުވަމުންނެވެ. މިއަދު އޭނަ ކުރަން ހުރި މަސައްކަތް ފެނަށް ދުއްވައިލުމުންވެސް އޭނަ ހުރީ ރުޅިގަދަވެފައެވެ. ފެންފޮދެއްބޯން ތަށީގައި ތުން ޖަހައިލި ހިނދު މައިރީން ކުއްލިއަކަށް ކޮށިއަރައިގެން ދިޔައެވެ. އެންމެން ހާސްކަމުގެ މަތީގައި ހުރެ މައިރީންއަށް ބަލައިލިއެވެ. އޭރު ކައިލް ނުލަފާ ގޮތަކަށް ހީލައިގެން މައިރީންއަށް ވަށްކަޅިން ބަލަންއިނެވެ.

***ޕާޓް 09***

މައިރީން ދަތްކުނޑިވިކައިލިއެވެ. ކައިލް ދިޔައީ މާ ނޫން ކަމަށް ހެދިގެންހުރެ މޭޒުދަށުން މައިރީންގެ ފައިގައި އޭނަގެ ފައިން މަޑުމަޑުން ޖަހަމުންނެވެ. މައިރީންގެ ހަރަކާތުން ކައިލްގެ ހިނިގަނޑު ފަޅައިގެން ނުގޮސް ހުރީ ކިރިޔާއެވެ. “އޯކޭތަ؟” އައިނާ މައިރީންގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލަމުން އަހައިލިއެވެ. މައިރީން އިސްޖަހައިގެން އިދެ ބޯޖަހައިލިއެވެ. ކައިލްގެ ފައިގެ އިހްސާސް ކުރެވުމުން މައިރީން ކައިލްގެ ބޮޑުވައި އިނގިލި އޭނަގެ ފައިގެ ދަށަށްލައި ފިއްތާލިއެވެ. އެއާއެކު ކައިލް ސިހިފައި ހަޅޭއްލަވައިގަތެވެ. “ކައިލް ދަރިފުޅާ ކިހިނެތްވީ؟” ހާސްވެފައިހުރެ ޝިޔާމާ އަހައިލިއެވެ.

އެންމެންގެ ލޯތަށް އޭނައަށް ހުއްޓިފައިވާކަމުގެ އިހުސާސް ކުރެވުމުން ކައިލްގެ މޫނަށް ކޮންމެވެސް ވަރަކަށް ރަތްކުލަ އަރައިގެން ދިޔައެވެ. “އެއީ ކަމެއްނޫން ދައްތާ.. ކުޑަ ކުޑަ ކަޑައެއް ދަތްއެޅީ ކަންނޭނގެ..” މައިރީންއާއި ދިމާލަށް ލޮލުގެ ހިމަކޮޅުން ބަލައިލަމުން ޝިޔާމާއަށް ކައިލް ޖަވާބުދިނެވެ. އެއާއެކު އެންމެން ހޭންފެށިއެވެ. “ދެން އެހާ ބާރަށް ހަޅޭއްލަވައިގަންނާކަށް ނުވާނެއެއްނުން..” ހެމުން މަޔާން ބުންޏެވެ. “ކުޑަ ކުޑަ ކަޑަޔަކަސް ވަރަށް ބާރަށްށޭ ދަތްއެޅީ..” އަނެއްކާވެސް މައިރީންއަށް ލޮލުގެ ހިމަކޮޅުން ބަލައިލަމުން ކައިލް ބުންޏެވެ. މައިރީން ކަޅި އަނބުރައިލުމަށްފަހު ކާންއިން ތަށި ހުސްކޮށްލާ، ތަށި ދޮންނަން ދިޔައެވެ. އައިނާ ގާތު ލޮލުން މައިރީންއަށް ވެފަ ހުރީ ކީއްތޯ މަޔާން ސުވާލުކޮށްލިއެވެ. އެއާއެކު އައިނާ ނޭނގެއޭ ބުނާ ފަދައަކުން ކޮނޑުއަރުވައިލިއެވެ.

އައިނާއަށް ވީގޮތް ކޮންމެވެސް ވަރަކަށް އެނގުނު ނަމަވެސް އޭނަ ހުރީ އެއްޗެކޭ ނުބުނާށެވެ. މައިރީން އެރޭ ކަކުލުން ޖެހި މީހަކީ ކައިލްކަން އޭނައަށް އެނގުނެވެ. މައިރީން ތަށިދޮންނަން ކާގެއަށް ދިޔުމުން ކައިލް އޭނަ ކެއި ތަށި ހުސްކޮށްލުމަށްފަހު ސިންކައްލާންށޭ ކިޔާފަ ތެދުވިއެވެ. އައިނާ މަޑުމަޑުން ނިތުގައި އަތް ބާއްވައިލިއެވެ. އަނެއްކާ އަނެއް ޑްރާމާގަނޑެއް ފެށެން އުޅެނިއްޔޭ އޭނަގެ ހިތަށް އެރިއެވެ. ކައިލް ބަދިގެއަށް ވަތްއިރު މައިރީން ހުރީ ތަށި ދޮންނާށެވެ. ސިއްރު ސިއްރުން ގޮސް މައިރީންގެ ފަހަތުގައި ކައިލް ހުއްޓުނެވެ. އަދި މައިރީން ހުރިގޮތަށް ހުއްޓާ މައިރީންގެ ދެފަރާތުން ސިންކުގައި އަތް އަޅުވައިލާ މައިރީން އޭނަގެ ހަށިގަނޑާއި ސިންކާއި ދޭތެރޭ ހައްޔަރުކޮށްލިއެވެ.

މީހަކު އެހާ ކައިރީގައި ހުރުމުން މައިރީން ދިޔައީ ސިއްސައިގެންނެވެ. އޭނައަށް ހަޅޭއްލަވައިގަނެވުމުގެ ކުރިން ބާރުގަދަ އަތަކުން އޭނަގެ އަނގަ ބަންދުކޮށްލިއެވެ. “ޝްޝްޝް” ކައިލް މަޑުމަޑުން މައިރީންގެ ކަންފަތާއި ތުންފަތް ކައިރިކޮށްލަމުން ބުންޏެވެ. މައިރީންގެ ހިތުގެ ތެޅުން ގޮތް ނޭނގޭ ސަބަބަކާއި ހުރެ ބާރުވެގެން ދިޔައެވެ. “ކުރުކުރުކޮށް ހުއްޓަސް އަހަރުން ދިމާވާއިރެއްގަ އަހަރެންނަށް އަނިޔާއެއް ނުކޮށްލާ ނުވޭ ދޯ ޓައިނީ ޕާރވާޓްއަށް..” ކައިލް އެހެން ހުރެ ބުންޏެވެ. ކައިލް އޭނައަށް ގޮވި ނަމުގެ ސަބަބުން މައިރީންގެ މޫނު ރަތްވެގެން ދިޔައެވެ.

މައިރީން އޭނަގެ އަތުން ކައިލްގެ އަތް ނައްޓަން މަސައްކަތް ކުރުމުން، ކައިލް މައިރީންގެ އަނގަމަތީގައި އަޅާފައި އޮތް ނެއްޓިއެވެ. “ކީއްކުރަން މިތަނަށް ތިއައީ؟” ހާސްވެފައި ހުރެ މައިރީން އަހައިލިއެވެ. “އަހަރެން ކީއްކުރަންތަ މިތަނަށް އައީ؟ މްމްމް؟” ކައިލް އަމިއްލަ ނަފްސާ ސުވާލު ކުރާ ފަދައަކުން ބުންޏެވެ. އަދި ކައިރީގައި ހުރި ފާރުގައި މައިރީންގެ ކުޑަ ހަށިގަނޑު ތަތްކޮށްލިއެވެ. “ކައިލް އަހަރެންނަށްވުރެ ބިޔަވެފަ ދިގުވީމަ އޭގެ މާނައެއް ނޫން ކައިލްއަށް ބޭނުން ކަމެއް އަހަރެންނަށް ކުރެވޭނެއެކޭއެއް..” ކައިލްގެ ހަރުހިލަގަނޑެއް ފަދަ މޭގައި މައިރީންގެ އަތުން ތަޅަމުން ބުންޏެވެ.

“ތެންކްސް ފޯރ ދި ކޮމްޕްލިމެންޓް ޓައިނީ..” ކައިލް އެއްމިޔަކަނުން ހީލިއެވެ. އަދި މައިރީންގެ ދެއަތް އޭނަގެ ކަނާއަތުން ހަތްޔަރުކޮށްލުމަށްފަހު މައްޗަށް ނަގައި ފާރުގައި ތަތްކޮށްލިއެވެ. އަނެއް އަތުން މައިރީންގެ އުނަގަނޑުގައި ހިފައިލިއެވެ. އެއާއެކު މައިރީންގެ ދެލޯ ބޮޑުވިއެވެ. މައިރީންގެ ކަކުލުން ކައިލްއަށް ހަމަލައެއް ދިނުމުގެ ކުރިން ކައިލް އޭނަގެ ކަކޫ މައިރީންގެ ކަކުލުގައި ޖައްސާ ހަމަލާ ދިނުމުގެ މަގު ބަންދުކޮށްލިއެވެ. “ޕްރިޑިކްޓަބަލް.. ތި ނޫން ގޮތަކަށް އަމިއްލަ ނަފްސް ދިފާއު ކުރަން ނޭނގެނީތަ؟” ހިނިއައިސްފައިހުރެ ކައިލް އަހައިލިއެވެ. މައިރީން ކައިލްއާއި ދިމާލަށް ލޯއަޅައިލިއެވެ. އެހެންނަމަވެސް މައިރީންގެ ލޮލުގެ ތެރެއިން އޭނަ ހާސްވެފައިވާކަމުގެ ކުލަވަރު ދިޔައީ ފެންނަމުންނެވެ.

“އޯވްވް އިޒް ދެޓް ސަޕޯސް ޓު މޭކް މީ ސްކެއާރޑް..” ލާނެތް ރާގަކަށް ކައިލް އަހައިލިއެވެ. “ދޫކޮށްލާ ނޫނީ ދޮންބެއަށް ގޮވާނަން..” މައިރީން އިންޒާރުދިނެވެ. “ދޮންބެއަށް ގޮވާފިއްޔާ އަހަރެން ބުނާނަން ޓައިނީ އަހަރެންނަށް އަނިޔާ ކުރަނިއްޔޭ.. ބުނާނަން އަހަރެންގެ އެންމެ ބޭނުންތެރި ގުނަވަނުގެ ދުވަސް ދުއްވާލާފިއްޔޭ.. އަހަރެންނަށް ދަރިން ނުލިބޭ ގޮތް ޓައިނީ ހެދިއްޔޭ..” ހިނިއައިސްފައި ހުރެ މޫނު ކައިރިކޮށްލަމުން ކައިލް ބުންޏެވެ. ކައިލްގެ އަނގައިން ނިކުންނަ ކޮންމެ ޖުމުލައަކުން މައިރީންގެ ކޯތާފަތައް އަރާފައިވާ ރަތްކުލަ ދިޔައީ ގަދަވަމުންނެވެ. “ކޮން.. ކޮންކަމެއް އަހަރެންގެ ފަރާތުން ކައިލް ބޭނުންވަނީ؟” މައިރީން ހުއްޓެމުން ކަހަލަ ގޮތަކަށް އަހައިލިއެވެ.

ކައިލްގެ މޫނު އެހާ ކައިރީގައި ހުރުމުން ކައިލްލަމުން ދިޔަ ހޫނު ނޭވާ ދިޔައީ މައިރީންގެ މޫނުގައި ހުރަހެއް ނެތި ބީހެމުންނެވެ. “އަހަރެން ބޭނުންވަނީ މައިރީން އަހަރެންގެ ކޮއްކޮގެ ކޭސް ދޫކޮށްލަން..” ކައިލް އޭނަ ބޭނުންވާ ކަންތައް އިއްވިއެވެ. “ކީއްވެ؟ ކައިލްއަށް އަހަރެން ހުރީމަ ފަސޭހައެއްނުން ވާނީ.. އަހަރެން މީ ކިޔާއަށް ވީ ގޮތް އެންމެ ރަނގަޅަށް އެނގޭ އެކަކު..” މައިރީން ބުންޏެވެ. “ކީއްވެހޭ؟ ކީއްވެ މައިރީން ސަލާމަތްވީ އެރޭ؟ ކީއްވެ އަހަރެންގެ ކޮއްކޮ މަރުވާންވީ؟ ކީއްވެ މައިރީން އެރޭ މަރު ނުވީ؟ މައިރީން ފެންނަން ހުރިހާ ހިނދަކު އަހަރެންނަށް ހީވަނީ އަހަރެންގެ ކޮއްކޮގެ ގާތިލް ފެންނަހެން.. އެރޭ މަޔާން އަހަރެންގެ ކޮއްކޮ ސަލާމަތްކުރިނަމަ އަހަރެންގެ ކޮއްކޮ ދިރިހުރިސް.. އަހަރެން ބޭނުން ނުވިޔަސް އަހަރެންނަށް ހުރިހާ ބްލޭމެއް އެޅުވޭނީ މައިރީންގެ ބޮލުގަ.. އެއީ މައިރީން އެރޭ ބޭރަށް އަހަރުމެން ކައިރީގައި ދާން އެހާ ވަރަށް ނުކީ ނަމަ… މިއަދު އަހަރެންގެ ކޮއްކޮ ދިރިހުރިސް..” ކައިލް ވާހަކަ ދެއްކި އިރު އޭނަގެ ދެލޮލުން ވޭނާއި ރުޅިވެރިކަން ފެންނަމުން ދިޔައެވެ.

ކައިލްގެ ކޮންމެ ޖުމުލައެއް ރުވާފައި ދޫކުރި ތީރެއް ފަދައިން މައިރީންގެ ހިތަށް ހެރެމުން ދިޔައެވެ. މައިރީންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ކައިލް ދެބުމަ ގޮށްޖަހައިލިއެވެ. އަދި މައިރީންގެ ދެލޯ ހަރުކަށި ކަމާއިއެކު ފޮހެލިއެވެ. “ނޫން.. މިއަދު މައިރީންއަށް ރުއިމުގެ ހައްގެއް ނެތް.. އަހަރެން ކިތަންމެ ވަރަކަށް މައިރީން ދެކެ ރުޅިއަޔަސް އަހަރެންގެ ކޮއްކޮ އެނބުރިއެއް ނާންނާނެ.. އެހެންވީމަ އަހަރެން މިބުނަނީ.. މައިރީން ކިޔާގެ ކޭސްގެ މަތިން ހަނދާން ނައްތާލާ!” ހަރުކަށި ރާގަކަށް އެންމެފަހު ޖުމުލަ ކައިލް ބުންޏެވެ. މައިރީން އިސްޖަހައިގެން ހުއްޓައި ސިހިގެން ދިޔައީ ކުއްލިއަކަށް ކައިލް އޭނަގެ ހިމަ އުނަގަނޑުގައި ހިފައި އުފުލައިލުމުންނެވެ.

މައިރީން ތެޅިގަތެވެ. ކައިލް އެއްޗެކޭ ބުނުމެއް ނެތި މައިރީން ސިންކުގައި ހުރި ފެންތަކުގެ ވައްޓައިލިއެވެ. ކައިލްގެ ކަރުގައި އަތް އަޅުވައިލަމުން މައިރީން ހަޅޭއްލަވައިގަތެވެ. “އަހަރެންގެ އިނގިލި ޗިސްކޮށްލީމަ އެކަމުގެ ރިވެންޖް މީ..” މައިރީންއަށް އަޑުއިވޭނެހައި މަޑުން ކައިލް ބުންޏެވެ. މައިރީންގެ ހަޅޭކުގެ އަޑަށް ޝިޔާމާ އާއި ރިޔާޒްގެ އިތުރުން މަޔާން އާއި ލާރާ އަދި އައިނާ ބަދިގެއަށް އައިސް ވަދުނެވެ. އެމީހުންގެ ދެލޯ ބޮޑުވެގެން ދިޔައީ މައިރީން ކައިލްގެ ކަރުގައި އަތްއަޅުވައިލައިގެން ސިންކު ތެރޭގައި އޮތް މަންޒަރު ފެނުމުންނެވެ. “މައި؟ ކައިލް؟ ކިހިނެތް؟ މައި ކީއްވެ ސިންކްތެރޭގަ؟” ޝިޔާމާ ހައިރާންވެ ހުރެ ސުވާލުކޮށްލިއެވެ.

ފެންނަމުން ދިޔަ މަންޒަރުން އެމީހުން ހުރީ ނަގަންވީ މާނައެއް ނޭނގިފައެވެ. “މައިރީންގެ ފައި ކައިރިން ކުރައްޕެއް ފެނުނީމަ މައިރީން ތެޅިގެއް ވަގުތު ސިންކް ތެރެއަށް ވެއްޓުނީ.. އަހަރެން ނަގަން އުޅެނިކޮށް ތިއައީ..” ކައިލް ހަމަޖެހިފައި ހުރެ ވަރުގަދަ ދޮގެއް ހަދައިލިއެވެ. ކައިލްގެ ޖުމުލައިން މައިރީންގެ ދެލޯ ބޮޑުވިއިރު ދެން ތިބި އެންމެން ޕަކަޕަކަލާފައި ހޭން ފެށިއެވެ. މައިރީންގެ ހިތަށް ބިން ފަޅާފައި އަޑިއަށް ދެވޭނެ ނަމަ އޭ އެރިއެވެ. އޭނަގެ ކޯތާފަތް ރަތްކަމުން ހީވަނީ ޗެރީ ކޮޅެއް ހެންނެވެ. މައިރީން އަވަސް އަވަހަށް ކައިލްގެ އަތް ދަށުން ސަލާމަތްވެގެން ދުވެފައި ގޮސް އޭނަގެ ކޮޓަރިއަށް ވަދުނެވެ. ކުދި ކިޔަމުން އަވަހަށް އޭނަ ލައިގެން ހުރި ހަރުވާޅު ތެމިފައިވުމުން ބަދަލުކޮށްލިއެވެ. އެރޭގެ ދެން އޮތްބައި މައިރީން ހޭދަ ކުރީ ވިސްނުމުގައެވެ.

ކައިލް އޭނައާއި ދިމާލަށް ބުނި ބަސްތައް އޭނަގެ ކަންފަތުގައި ތަކުރާރުވަމުން ދިޔަފަދައެވެ. ކައިލްއަށް ނޭނގުނުކަމުގައިވިޔަސް، ކައިލް އޭރު ދުލުން ބޭރުކުރި ކޮންމެ ޖުމުލައަކީވެސް މައިރީންގެ ހިތަށް އޭރު އެރި ޖުމުލަތަކެކެވެ. ކިޔާރާގެ ބަދަލުގައި އޭނައަށް އެ އަނިޔާ ލިބުނުނަމައޭ މައިރީންގެ ހިތަށް އެރި އަދަދެއްވެސް ނޭނގެއެވެ. ކިޔާރާގެ ބަދަލުގައި މައިރީންގެ ފުރާނަ ގެންދިޔަނަމައޭ އޭނަގެ ހިތަށް އެތަށް ފަހަރަކުއެރިއެވެ. މަޔާން އޭނަގެ ބަދަލުގައި އެރޭ ކިޔާރާ ސަލާމަތްކުރި ނަމައޭ ކިތަންމެ ފަހަރަކު އޭނަގެ ހިތަށްއެރިއެވެ. ކިޔާރާގެ މަރު އަމިއްލަ މީހާގެ ބޮލުގައި އަޅުވައިގެން ކިތައް އަހަރު އޭނަ އުޅުނު ހެއްޔެވެ؟

ކިޔާރާއަށް އިންސާފު ހޯދައިދޭން އެންމެ ބޮޑަށް އޭނަ ބޭނުންވާ ސަބަބަކީވެސް އެ ހިތާމަތަކަށް ލުޔެއް ގެންނާށެވެ. އެހެންނަމަވެސް ކައިލް މިރޭ އެދިޔައީ އޭނަގެ ހިތުގައި އަހަރުތަކެއްގެ ކުރިން ހެދިފައިވާ ޒަހަމްގައި ލޮނުމިރުސް އަޅާފައެވެ. ބާލީހުގައި ބައްދައިގެން އޮވެ މައިރީންނަށް ގިސްލަގިސްލާފައި ރޮވެމުން ދިޔައެވެ. އަނެއްކާވެސް އޭނައަށް އަމިއްލަ ނަފްސު ކުއްވެރިކުރެވެން ފެށިއެވެ. މައިރީން ބާލީހުގައި ބައްދައިގެން އޮވެ ހިތްފުރޭ ވަރަށް އެރޭ ރޯލިއެވެ.

އެނދުގައި އޮތް ޔާދިންއަށް ހޭލެވުނީ ކޮންމެސް މީހެއްގެ ގިސްލުމެއްގެ އަޑުއިވުމުންނެވެ. ކުޑަކުޑަކޮށް ލޯ ހުޅުވައިލުމަށްފަހު ޔާދިން ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. އެވަގުތު އެނދުގެ ބިތްދޮށުގައި ފައިކުރުކޮށްލައިގެން އޮތް ދުންޔާ އޭނަގެ ލޮލުގައި އަޅައިގަތެވެ. ދުންޔާ ދިޔައީ މަޑުމަޑުން ކުކުރަމުންނެވެ. ދެމީހުންގެ މެދުގައި ބާއްވާފައި އޮތް ބާލީސް ނެގުމަށްފަހު ޔާދިން ދުންޔާގެ ކައިރިއަށް ޖެހިލިއެވެ. އޭރު ދުންޔާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް ހުރި ކަމުގެ އިހްސާސް އޭނައަށް ކުރެވުނެވެ. މަޑުމަޑުން ދުންޔާގެ ކަރުގައި އޭނަ އަތް ޖައްސާލިއެވެ. ބަނޑުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން ނުނިދި ހޭލެވިފައި އޮތް ދުންޔާއަށް މީހެއްގެ އަތުގެ އިހްސާސް ކުރެވުމުން ސިހިގެން ދިޔައެވެ.

ދުންޔާގެ އަނގަމަތީ ޔާދިން އަވަސް އަވަހަށް އަތްއެޅިއެވެ. “ޝްޝް އަހަރެންނޭ މީ.. ތަނަކަށް ތަދުވަނީތަ؟” ޔާދިން މަޑުމަޑުން ދުންޔާގެ ގާތު ސުވާލުކޮށްލިއެވެ. ދުންޔާ މަޑުމަޑުން ބޯޖަހައިލިއެވެ. “ކޮންތާކަށް ތަދުވަނީ..؟” ދުންޔާގެ އަނގަމަތިން އަތްނަގަމުން އޯގާތެރި ރާގަކަށް ޔާދިން ސުވާލުކޮށްލިއެވެ. “ބަނޑަށް..” ދުންޔާ ވޭނުން ފުރިގެންވީ އަޑަކުން ބުންޏެވެ. “ބަނޑަށް ކީއްވެ؟ އެއްޗެއް ހެރުނީތަ؟ ނޫނީ ތަނެއްގަ ޖެހުނީތަ؟؟” ހާސްވެފައި ޔާދިން އަހައިލިއެވެ. އަދި އަވަސް އަވަހަށް އެނދު ކައިރީގައި ހުރި ސްވިޗް ބޯޑުން ސްވިޗްއެއް ޖައްސައި ބޮކި ދިއްލައިލިއެވެ. އެނދުމަތީގައި އަޅާފައިވާ ބެޑްޝީޓްގައި މަޑު ތެތްކަމުގެ އިހްސާސްވުމުން ޔާދިން ބަލައިލިއެވެ. އެއާއެކު ޔާދިންގެ މޫނު ހުދުވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ބަދަލް…7

Next

ޒެވިއަން 23

Next
May 25, 2025

ޒެވިއަން 23

Previews
May 24, 2025

ބަދަލް…7

6 Comments!

  1. aanaa says:
    May 25, 2025 at 10:10 am

    masha allah mi parttt vss vrhh reeethiii
    alheyyyy they rrr sooo cuuuteeee…..mai r kail ulhey goiii..hithah araa mi dhemyhun rahtehi vehjeyya kihineh baaeyy ulheynyyy….
    dhunya ah kiih viii????i think yaadhin hithuga knmvs feelings eh vaahn dhunya r medhuuu.???sooo curiousssss…
    Reyy vs nidhuny mi vhk up vi thww balan vgn site ah vadhe huhta…nidhey fahun up vany mihaar😭….curiously waiting for the nexttt…when nextt???next part thankolheh avahah submit kohleveynetha…vrh eba vey dhunya ah vi goi balaahihhh…tccc lyyyy❤

    1. Maash Maash says:
      May 25, 2025 at 1:29 pm

      Thank you sooo muchh darling.. vrh happy vejje mi part reethi v kan enguneema..
      Hehe kail men gulhijeyya ulheyne goi majavaane dhww 😭😭..let’s see next part ga dhunya ah v goi dhww.. let’s see if Yaadhin is catching feelings for dhunya…
      Oh alheyy ragalhah nidhan vaane ehnun school kujjeh viyya. Don’t sleep late ingey darl.. next part insha allah tuesdayga.. yes thankolheh avahah mifaharu submit kohdheynan..
      Love you moreeee darlingggg🦋💜

  2. shihaamaa ali shihaamaa ali says:
    May 25, 2025 at 3:17 pm

    Heyyyyy maaashh
    Mi part vess vrh reethi ma sha allah.. brooo kail made me blush sooooo harddd 🥹🥹🫠🫠 ekm i wish tho they’ll work together.. they’ll make a good team.. what happened to dhunya? I’m sooo curious.. cant wait for next ep
    Ilyyyyssmmm❤️

    1. Maash Maash says:
      May 25, 2025 at 5:11 pm

      Heyyyy shiherrr..
      Thank you darllll I’m happy u liked it..
      Hehe kail made me blush too..
      hehe let’s see if they’ll work together
      Next ep ga dhunya ah v goi engeyne..
      Next ep insha allah Tuesday..
      Love u moreee 💜🦋

  3. Shaf_maan says:
    May 25, 2025 at 3:37 pm

    Maasha Allah mi prt vx vrh reethi
    What hppned to dhunya
    So curious
    And kail n mai ge prt
    I was blushing harrrrddd
    Whn nxt
    Curiously waiting
    Tc
    Lysm Marsh💜💜

    1. Maash Maash says:
      May 25, 2025 at 7:16 pm

      Thank you darling.. I’m happy u like it
      Dhunya ah v goi ingeyne next part ga….
      Hehe I was blushing during mai and kail’s part too..
      Next insha allah Tuesday ga..
      Love you moree 💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 10←


All Right Reserved!