ނޯޓް: މިއީ ޚިޔާލީ ވާހަކައެކެވެ. އަހަންނަކީ ޙަލާލް ގޮތުގަ ލިބުނު ކުއްޖެެއްނޫނެވެ. އަހަންނަށް އަހަރެންގެ ބައްޕަ އަކީ ކާާކު ކަމެއް ނޭނގެއެވެ. މަންމަ ވެސް އަހަރެން ގާތު ބައްޕަގެ ވާހަކަ އެއް ނުދައްކައެވެ. އަހަންނަށް މަންމަ ގާތު އެއީ ކާކު ހެއްޔޭ އަހާކަށް ނުކެރެއެވެ. ކީއްވެ ކަމެއް ނޭނގެ އެވެ. ހަމަ ބިރު ގަންނަނީއެވެ. އަހަރެންގެ މަންމަ މިހާރު އުޅެނީ މީހަކާ އިނދެގެންނެވެ. އަހަރެންގެ އާއިލަ އަކީ ވަރަށް ފަޤީރު ބައެކެވެ. މިކަމާ ހުރެ އަހަރުމެންނަަށް ރީތިކޮށް […]
ލައުރާ އަކީ އިސްކޮޅުން ދިގު ޒުވާން އަންހެން ކުއްޖެކެވެ . ބޯ އިސްތަށިގަނޑު ބާނި ކަން ހުންނަ ކުއްޖެކެވެ . ހަމުގެ ކުލަ ރީތި ކުއްޖެކެވެ . ފިރިހެން ކުދިން ހިތް ކަތިލާ ކުއްޖެކެވެ . ހިގުމުގައި އަންހެން ވަންތަ ކަމެއް ހުންނަ ރީތި ހުސްކުރި ޒުވާން އަންހެން ކުއްޖެކެވެ . މުޅި މާލޭގައި ރީތި އަންހެން ކުދިން ގެ ލިސްޓް ގައި ލައުރާ ހިމެނެއެވެ . ނަމަވެސް އެކަމަކަށް ލައުރާ އެއް ނުވިސްނައެވެ . ހެދުނުގެ […]
ކޮންމެއިންސާނަކުވެސް ދުނިޔޭގައި އުޅޭއިރު ތިމާގެ ވަށައިގެން އުޅޭ އެންމެންނަކީ ތެދުވެރިންކަމުގައިވާން ބޭނުންވާނެއެވެ. ވަފާތެރިން ކަމުގައިވާން ބޭނުންވާނެއެވެ. ނަމަވެސް ހިތާމައަކީ ތިމާއެންމެ ހީނުކުރާމީހާއެއީ ތިމާއަށް ހެވެއް ނޭދޭ މީހާ ކަމުގައިވާތީއެވެ. މިބުނާ މީހާ އަކީ ތިމާގެ މައިންބަފައިންގެ ތެރެއިން މީހަކަށް ވެދާނެއެވެ. ދަރިންގެ ތެރެއިން މީހަކަށްވެދާނެއެވެ. ގާތްތިމާގެ މީހަކަށް ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާއަށްވެސް ވެދާނެއެވެ. ލޯބިވާ އެކުވެރި ގާތް ރަހުމަތްތެރި އަކަށްވެސް ވުން އެކަށީގެންވެއެވެ. ********* މާލޭގެ ހަލަބޮލި މާހައުލުގައި ހުރި މ.ހިތަށްފިނިވާގެއަކީ އެގޭގެ ހައިބަތާއި ރީތިކަން […]
އުޑުމަތި ވަނީ ވިއްސާރަ ވިލާތަކުން ބަނަވެފައެވެ. ވައިރޯޅިތައް ވެސް ސިކުންތަކަށްފަހު ސިކުންތެއް ދިޔައީ ބާރު ވަމުންނެވެ. ކުއްލިއަކަށް ބޯވާރޭ ތިކިތަށް ހިކިފަތްތަކުގައި ޖެހޭއަޑު އިވެން ފެށިއެވެ. އިސާހިތަކު މުޅިފަޒާ ތެރޭގައި ބޯވާރޭގެ އަޑު ގުގުމަން ފަށާފިއެވެ. ސިއްސައިގެން ދިޔައީ ވާރޭ ތިކިތައް އޭނާ ގައިގައި ބޮސްދެމުން ދާންފެށުމުންނެވެ. ނަމަވެސް އެތަނަނުން ތެދުވެ ގެއަށްދާ ޚިޔާލެއް ލިވީ ނުކުރިއެވެ. އެއިން ގޮތަށް އޭނާ އެތާނގައި އިނީއެވެ. އެހެން އިންއިރު އެމަންޒަރު ފެންނަ ކޮންމެ މީހަކަށްވެސް ހީވާނީ ހިތާމައިގެ ތަސްވީރެއް […]
ހަނދުއޭގެ ވާޖިބު އަދާ ކުރުމަށްފަހު އިރަށްތަންދެމުން ދުނިޔެއާ އަލްވަދާއުކިޔެވެ. ދުނިޔޭގެ އެކިކަންކޮޅު ތަކުގައި އެކި ކުލަޖައްސަމުން އާހެނދުނަކަށް ދުނިޔެމަރުހަބާކިޔެވެ. ޓެރަސް ގައި ނިދާފައޮތް ޒަރީރު މޯޅިއަކަށް ދެމިލަމުން ތެދުވިއެވެ. ގިނައިރު ރުއިމުގެ ސަބަބުން ދުޅަވެފައިވާ ދެލޯ އުނގުޅާލިއެވެ. ދިގުވެފައިވާ ތުނބުޅީގައި އަތްހިންގާލަމުން ދެވަނަފަންގިފިލާއަށް މިސްރާބުޖެހިއެވެ. ބޮލަށްބަރުވެފައިވުމުން ހިގުންވީ އުނދަގޫކަމަކަށެވެ. އަޅާލާ ކޮންމެ ފިޔަވަޅަކުން ހަށިގަނޑަށް ވަރުބަލިކަން ގެނެސްދެމުން ދިޔައެވެ. ބޮލުގައި އުފެދިފައިވާ އާދިޔަހިލަފު ތަދު ފަހަރަކައްވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ.ގެއަށްއާދެވުމާއެކު ކޮޓަރިއާދިމާއަށް ހިތްވަރެއް ކޮށްލާފަ ދެވުނީ ހަމަކިރިޔާއެވެ. […]
ކުއްލިއަކަށް ހިތަށްއެރި އެތިން އަހަރެންގެ ހިތް ތެޅިގަތެވެ. އަސްލާންއާއި ކުރާ ބައްދަލުވުންތަކެވެ. އަހަރެން ބޭރަށް ދިޔަ ރޭރޭ ނުފެނުނީ ކިހިނެތް ހެއްޔެވެ؟ ބޭރުން ފިޔަވަޅުތަކެއްގެ އަޑު އިވެންފެށީ އެ ވަގުތުއެވެ. ***************************** އެ އަންނަ މީހަކު އެ ކޮޓަރިތެރެއަށް ވަދެދާނެތީ ބިރުން އަހަރެން އަވަސް ހަރަކާތްތަކަކާއިއެކު މޭޒެއްގެ ދަށަށް ދެމިގަތީމެވެ. މަކުނުވާތަކެއްހެން ތަރުތީބެއްނެތި ދެމިފައި ހުރި ވަޔަރުތަކުގައި އިސްތަށިގަނޑު އަޅައިގަތުމުން ވީ އުނދަގުލަކަށްވެސް ފަރުވާލެއް ނުދެމެވެ. ކައިރި ވަމުންދިޔަ ފިޔަވަޅުތަށް ހުއްޓުނީ ދޮރު ކުރިމައްޗަށެވެ. ދޮރު ހުޅުވުމާއެކު […]
ޔަޤީނެވެ. އެވާނީ އަހަރެންގެ މަންމަ އަށެވެ. ދޮރު ހުޅުވަން ދާން އުޅުނީ ސަމިއްތަ އެވެ. އޭގެ ކުރިން ބައްޕަ ގޮސް ދޮރު ހުޅުވާލިއެވެ. *** އާނއެކެވެ. އެއީ އަހަރެންގެ މަންމަ އެވެ. މަންމަ އަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ދޮން އަލި ހަންގަނޑެވެ. ބޯއެސްފިޔަ ތަކުގެ ދަށުގައި ހިޔާވެފައި އިން މަންމަގެ ރީތިކަން އިތުރުކޮށްދޭ އަޅި ކުލައިގެ ކަޅި އެވެ . އެއީ އަހަރެންގެ ވެސް އެއްމެ އަޅައިގަންނަ އެއްކަމެވެ. އަހަރެންގެ އަޅިކުލައިގެ ކަޅިއެވެ. މަންމަ […]
ބަދިގޭގައި ކައްކަން އުޅެނިކޮއް އަހަރެންގެ އަތް ކަނޑައިގެން ދިއުމުން ބޭސްމަލަން ކޮޅެއް ގަންނަން އަހަރެންް ކްލިނިކް އަށް ދިޔައީމެވެ.. ޑޮކްޓާރ ފެނުމުން .. ނިއަލްގެ އަތް ރަނގަޅުވާނީ ކިހާ ދުވަހަކުންތޯ އެހީމެވެ.. “ނިއަލްގެ އަތަކަށް ނުވެޔޭ މާބޮޑުކަމެއް.. ހަމައެކަނި ކުޑަކޮއް ދުޅަވެފަ އިނީ..”…”ދެން ކީއްވެތޯ މުޅިއަތުގަ ބެންޑޭޖް އަޅައިގެން އެއުޅެނީ”…”ޑޮކްޓާރ ބުނިން ނިއަލް ގާތު ބެންޑޭޖް އަޅާކަށް ނުޖެހޭނެޔޭ.. ބެންޑޭޖް އަޅާދޭށޭ ކިޔާފަ ނިއަލް އާދޭސް ކުރަން ފެށީމަ އަޅާދިނީ..” ކްލިނިކުން ނިކުތް އިރު އަހަރެން ހުރީ […]
ޝާން އަށް ބުނާނެ އެއްޗެއްވެސް ހަދާނެ ގޮތެއްވެސް ނޭގުނެވެ. ނުހާ އާ ދިމާލަށް ޝާން ބަލާލިއެވެ. އޭރު ނުހާ އޮތީ ގަދަ ނިންޖެއްގައި ނިދިފައެވެ. އޭނާ އަށް އިވުނީ ނުބައިކޮށޭ ހިތާ އަނެއްކާވެސް ޑޮކްޓަރު ކުރެން އަހާލިއެވެ. ” ނުހާ އިނީ ޝާންގެ ދަރިއަކަށް ބަލިވެ. މިހާރު ބަޑަށް 3 ހަފްތާ.” ޑަކްޓަރު ތަކުރާރު ކޮށްލިއެވެ. ޝާންގެ މޫނުމަތިން އުފާވެރިކަމުގެ އެއްވެސް ކުލަވަރެއް ނުފެނެއެވެ. ފެންނަމުން ދިޔައީ ނުރުހުންތެރިކަމާ ނަފްރަތެވެ. އޭރު އަކްރަމް އެމަޖެންސީ ރޫމް ކައިރީގައި […]