Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ވަރުދާން – 3

afffraushyyy Level 1
April 21, 2020 6 Mins Read
8 Comments

ހަނދުއޭގެ ވާޖިބު އަދާ ކުރުމަށްފަހު އިރަށްތަންދެމުން ދުނިޔެއާ އަލްވަދާއުކިޔެވެ. ދުނިޔޭގެ އެކިކަންކޮޅު ތަކުގައި އެކި ކުލަޖައްސަމުން އާހެނދުނަކަށް ދުނިޔެމަރުހަބާކިޔެވެ. ޓެރަސް ގައި ނިދާފައޮތް ޒަރީރު މޯޅިއަކަށް ދެމިލަމުން ތެދުވިއެވެ. ގިނައިރު ރުއިމުގެ ސަބަބުން ދުޅަވެފައިވާ ދެލޯ އުނގުޅާލިއެވެ. ދިގުވެފައިވާ ތުނބުޅީގައި އަތްހިންގާލަމުން ދެވަނަފަންގިފިލާއަށް މިސްރާބުޖެހިއެވެ. ބޮލަށްބަރުވެފައިވުމުން ހިގުންވީ އުނދަގޫކަމަކަށެވެ. އަޅާލާ ކޮންމެ ފިޔަވަޅަކުން ހަށިގަނޑަށް ވަރުބަލިކަން ގެނެސްދެމުން ދިޔައެވެ. ބޮލުގައި އުފެދިފައިވާ އާދިޔަހިލަފު ތަދު ފަހަރަކައްވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ.ގެއަށްއާދެވުމާއެކު ކޮޓަރިއާދިމާއަށް ހިތްވަރެއް ކޮށްލާފަ ދެވުނީ ހަމަކިރިޔާއެވެ. ތަދަށް ކެތްކުރަމުން އޮށޯވެލަމުން ދެލޯމަރާލިއެވެ.

ރަށުގެ ބަނދަރުގައި އިށީންދެލައިގެން އިން އާލް ވަށައިގެންވާމާހައުލަށް ބަލަމުން ދިޔައެވެ. އެހާ ދުވަސް ފަހުން އެއްގަމަށް އާދެވުމުން ނުތަނަވަސް ވެފައިން އާލް މަގުމަތިން ދިޔަ ޒުވާނަކާ ވާހަކަދަށްކާލިއެވެ. ރަށާ ބެހޭ ކުޑަ މައުލޫމާތު ކޮޅަކާ އަމިއްލަ ތައާރަފެއް ދެމުން އެކުވެރިވެލިއެވެ. “ޒަވީން”  “އާލް”. ސަލާމް ކޮށްލަމުން ދެއެކުވެރިން އަމިއްލަ ނަން ބުނެލިއެވެ. ” މިރަށު ކުއްޖެއްނޫން ދޯ ، ކީއްކުރަން މިރަށަށް އައީ، ކޮންތާކުހުންނަނީ. ފަތިފަށްޗަށް ޒަވީން ސުވާލުކޮށްލިއެވެ.

” އަނެތް މިމި…” ދަށްކާނެވާހަކައެއް ނޭންގިގެން އާލް ވާހަކައެއް ހަދާލިއެވެ. ” އަހަރުމެން ގޭގަ ބަހަށްޓަފާނަން. ހަމަޖެހުމުގެ ނޭވާއެއް ލަމުން ޒަވީންގެ ފަހަތުން އާލް ރަށުތެރެއަށް މިސްރާބުޖެހިއެވެ. ވަށައިގެންވާ ފެހިގަސްތަކުންނާ ފެންނަމުން ދިޔަ ކުލަތަކުން، މަންމައާ ބައްޕައާއެކު އުޅުނު އުފާވެރި ދުވަސްތަށް ހަނދާން ވަމުން ދިޔައެވެ. ބަލާލާކޮންމެ ދިމާލަކުން ހިތުގެ ކަނެއްގައި ރަށްކާކުރެވި ފައިވާ ހަނދާންތަށް އާވަމުން ދިޔައެވެ. “އާނނ މިއޮށްއާދެވުނީ” މެދުމިނަކަށް ހަދާފައިވާ ގެއަކަށް އިޝާރާތް ކުރަމުން ޒަވީން ބުނެލިއެވެ. އިންސާނުންނަކީ މިހާ ރަނގަޅު މަހްލޫޤުން ތަކެއް ބާއޭ އާލްހިތަށް އެރިއެވެ. ކޮންމެއަކަސް މިހާހިސާބަށް އާދެވުމުން ފަސްނުޖެހޭން އަމިއްލަނަފްސަށް އާލް ވައުދުވިއެވެ. ގޭގަ އެލުވާފައިން އުނދޯލީގައި އިށީންނަމުން މަޑުމަޑުން އާލް ހެއްލާލިއެވެ. ޖެހިލާ މަޑު ވައިރޯޅި އާލްގެ ފަންއިސްތަށި ގަންޑުގައި ބީހިލާގޮތުން މަންޒަރުގެހިތް ގައިމުކަން އިތުރުކޮށްދެއެވެ.

ހިޔާލީ ދުނިޔެއަކަށް ގެތްލިފައިއިން އާލް އެއްޗެއް ގޮވާލިއަޑުއިވުމުން ބަލާލެވުނެވެ. ފެނުނު އެއްޗަކުން އުނދޯލިން އަނގަވަތަށް ނުވެއްޓުނީހަމަކިރިޔާއެވެ. އަޑުން އަޑުނަގާ އާލް ހަޅޭތް ލަވައިގަތެވެ. ” ބޮރޯ ކިހިނެތްވީ ގޭތެރޭގައި ހުރި ޒަވީން ދުވަމުން ކަހަލަގޮތަކައް ގޮތަކަށް އައެވެ. އުނދޯލީގައި ބުޅަލަކާ ދިމާލަށް ދެލޯބޮޑު ކޮށްގެން ބަލަހަށް ޓައިގެންއިން އާލް ފެނުމުން ޒަވީން އަށް ނުހީހުރުންވީ އުނދަގޫކަމަކަށެވެ. ވަގުތުން ޕަކަޕަކަ އަޅާފަ ޒަވީން ހޭންފެށިއެވެ.” ހެހެ…ބޮރޯ ބުޅާދެކެވެސް ބިރުގަނޭތަ.” ބަނޑުގައިއަތް އަޅައިގެން ހުރެހެމުން ޒަވީން ބުނެލިއެވެ. ވާނުވާނޭނގިފައިއް އާލް އަށްވެސް ހިނިތުން ވެވުނެވެ.

********

މެންދުރުގެ ހޫނުގަދަވަގުތު މައުރީން ބެލްކޮނީ ގައި ހުރެ ޑޯނަޓް އެއް ކަމުންދިޔައެވެ. އަނެތްއަތުން ފޯނުހިފައިގެން ހުރެ ފަހުގެ އަޕްޑޭޓް ބަލަމުންދިޔައެވެ. އަންނަން އޮތް އީދުގެ މަރުހަބާޔާ ތަހުނިޔާ ހުރިހާއެންމެން ނަށް ފޮނުވާލަމުން ފޯނު ލޮކްކޮށް ލިޔެވެ. ކޮޓަރި ދޮރުގައި ޓަކި ޖަހާލުމުން ދޮރުހުޅުވާލަމުން ކުރިމަތީ ގައި ހުރި ލައިޝާ އަށް ފުޅާ ހިނިތުން ވުމެއް ހަދިޔާކުރަމުން އެތެރެއަށް ވަނަން ތަން ދެއްކިއެވެ.

“ލައީ ހާދައެހެން ކަހަލަ ވަގުތެއްގަ.” އެހެންޏާ ލައިޝާ އާމުކޮން އަންނަނީ ހަވީރު ކަމުން މައުރީން އަހާލިއެވެ. “ހުމްމްމް ފޫހިވާތީ ހަމައައީ، އަދިއިނގޭތަ މިޔަދުވީކަމެއް، އެއުޅޭ ޒަވީން މިއަދު އައި އޭނާގެ ފްރެންޑްއެއް ގޮވައިގެން ، ހީލުކް ސޯ ކިޔުޓް، ހީވަނީ ބޭރު ކުއްޖެއްހެން. އަދި ގްރޭކުލައިގެ ލޮލެއް ހުންނަނީވެސް، ލައީ އެވަރަށް ބެލީމަ ބަލާވެސްނުލި. މިއަދު ހިނގި ކަންކަން މައުރީން އަށް ކިޔައި ދެމުން ލައިޝާބުނެލިއެވެ. ލައިޝާގެ ވާހަކަ އަޑުއަހަން އިންމައުރީން ހީލިއެވެ. ” ސާބަސް ލައީ އަށް” ދެއެކުވެރިން އެކިއެކި ވާހަކައިގަ ތިއްބެވެ. އަންނަން އޮތް އީދާ ގުޅުވއިގެން ކުރާނެ ކަންކަން ރާވަމުން ދިޔައެވެ. ” ހިނގާ ބަ މިޔަދު ހަވީރު ހިނގާލަން ދާން ވަރަށް ފޫހިއެންނު” ކުޑަކުޢްޖެއްހެން ތުންކޮޅު އޫކޮށް ލަމުން ލައިޝާ ބުނެލިއެވެ.

އެނދުގައި އޮށޯވެލައިގެން އޮތް ޒަރީރު އަތުން ބޮލުގައި މަޑުމަޑުން ފިރުމަނުން ދިޔައެވެ. ބޮލުގައިވާ ރިހުމަށް ބަދަލެއް ނާންނާތީ އަމިށްލަ ސިއްހަތާމެދު ކަންބޮޑުވެފައި އޮވެވުނެވެ. ހޭދަވި ދުވަސްތަކުގައި މަދުމަދުން ބޮލުގައި ރިއްސާ ވަރުބަލިވިނަމަވެސް، މިހާބޮޑަކަށްނު ރިއްސައެވެ. ސިއްހީ ފަރުވާދޭމީހެއްގެ  ލަފާހޯދުމަށް ޒަރީރު ވިސްނަމުން ދިޔައެވެ. ކޮޓިރީގެ ދޮރުގައި ޓަކިޖަހާލަމުން އެތެރެއަށް ގޭގެ މަސައްކަތް ކުރާމީހާވަނެވެ. އޭނާގެ ވާޖިބި އަދާކުރަމުން ކޮތަރިތެރެ ކުނިކަހަމުން ދިޔައެވެ.

“ބޭސް ގެނެސްދެން ތޯ” ބޮލުގަ އަތް އަޅައިގެން އޮތް ޒަރީރުފެނުމުން އަހާލިއެވެ. އެކަމަށް އިންކާރުކުރަމުން ޒަރީރު ލޯމަރާލިއެވެ. ފޯނުރިންގުވާ އަޑަށް ދެލޯހުލުވާލަމުން. ފޯނުގެ ސްކްރީން އަށް އަރާފައިންނަން ބަލާލިއެވެ. “ހަލޯ  ފޯނުނަގަމުން ޒަރީރު ބުނެލިއެވެ. ” ހާދަދުވަސް ކޮށްފަ ތި ގުޅީ” އެއްބަނޑު އެއްބަފާ ހަމައެކަނި ހުރިދަށްތައާ ޒަރީރު ވާހަކަދަށްކަމުން ދިޔައެވެ. އެކަކުނަނެކަކުގެ ހާލުއަހުވާލާ، ދިރިއުޅުމުގެ ވާހަކަދަށްކަމުން ގެންދިޔައެވެ. ” ކޮބާ މައުރީން ، އެކުއްޖާ ނުފެންނަތާ މިހާރު ދެއަހަރު ވެދާނެ، ވަރަށް ބޮޑު ވާނެ ދޯމިހާރު. ވާހަކައިގެތެރެއިން ދައްތަ އަހާލިއެވެ. “އާނނ މިއަންނަމަހު ސަތާރައަހަރު ފުރޭނެ” ހިނިތުންވެލަމުން ޒަރީރުބުނެލިއެވެ. ” ޒަރީރޫ މައުރީން އަކީބޮޑުވަމުން އަންނައަންހެން ކުއްޖެއް، ހެވައިނުބައި އަދި ނޭނގޭނެ، ރަނގަޅަށްބަލާތި، ހަޤީގަތް ކިޔައިދޭތި މާލަސް ނުވަނީސް ނަސޭހަތްތެރިވަމުން ދައްތަބުންޏެވެ. ދައްތައާ އެއްބަސްވަމުން ޒަރީރު ބޯޖަހާލިއެވެ.

ހަވީރު ފިނީގައި މަގުމަތީގައި ހިނގާފަދިޔަ ޒަވީންއާއި އާލް އެކި އެކިވާހަކަދަށް ކަމުން ދިޔައެވެ. ހޭދަވި ކުޑަ ވަގުތުކޮޅު  ދެއެކުވެރިން ވަނީ ވަރަށް ގާތް އެކުވެރިކަމެއް ބިނާކޮށްފައެވެ. ރަށުގެ އެކިތަންތަން އާލް އަށް ދަށްކަމުން ވަރަށް މަޖާވެލާފައި އެކިވާހަކަ ދަށްކަމުން ދިޔައެވެ. ހިނގާފަދިޔަ މަގުމަތިން ގަހަކުން ޖަނބުރޯދެއް ބިނދެލަމުން ޒަވީން އާލް އަތަށްލައިދިނެވެ. ” މީކޯއްޗެއް ” އަތުގައި އޮތް ޖަނބުރޯދަށް ބަލަމުން އާލް އަހާލިއެވެ. ” ތީޖަނބުރޯދެއްނު ، ކާލަބަ ، ވަރަށް މީރުވާނެ.” ފަހުބަހަށް ދަމާލަމުން ޒަވީން ބުނެލިއެވެ. ” އަސްލުތީ ކޮންރަށު ކުއްޖެއް” އާލް ގެ މޫނަށް ބަލާލަމުން ޒަވީން އަހާލިއެވެ. ” މާލެ ” ދުރުބަލަމުން އާލް ބުނެލިއެވެ.

“ނުވާނެ ތިހެނެތް، މާލެމީހެއް އެކަމަކު، ޖަނބުރޯދެއް،ފޭރެއް،އަނބެއް ނޭނގޭ ، ބުޅާދެކެބިރުގަނޭ، އަނެތްކާ މިނިކާރާއްޖެ ކުއްޖެއްތަ؟”  ދެލޯބޮޑު ކޮށްލަމުން މަޖާވެފައި ޒަވީން އަހާލިއެވެ. ދެކެވެމުންދިޔަވާހަކައިން ނުތަނަވަސް ވެފައިހުރި އާލް މައުލޫ ބަދަލުކޮށްލަމުން. ޖަނބުރޯދު ވަރަށް މީރޭ ބުނެލިއެވެ. މަގުމަތިން ދިމާވި ޒަވީން ގެ އެކުވެރިންނާ ބައިވެރިވެލަމުން ރަށުއަތިރިޔާ ދިމާއަށް މިސްރާބުޖެހިއެވެ.

********

ދެންއަވަސް ކުރޭ މައުރީން ނިކުންނަލެތްލަސްވުމުން ލައިޝާ ގޮވާލިއެވެ. މިފައިބަނީ އަވަސް ފިޔަވަޅު ތަކެތްގަ ސިޑީގެ ހަރުފަތްތަށް ގިރާކުރަމުން މައުރީން ގޮވާލިއެވެ. ޒަވީންމެން އެބައުޅޭ އަތިރިމަތީ ބާރްބްކިޔު ހަދަން ހިނގާބަދާން. މައުރީން އަތަށް ދަމާލުމުން ލައިޝާ ބުނެލިއެވެ. ދާނޭކަމަށް ބުނަމުން މައުރީންހިނގައިގަތެވެ.ފިހާރައިން ނިކުންނަމުން މައުރީންއަތުގައި އޮތް މެގްނަމް ލައިޝާއަށް ދިއްކޮށްލިއެވެ. “ތޭންކްސް” ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލަމުން ލައިޝާ ބުނެލިއެވެ. ދެއެކުވެރިން މެގްނަމް ގެ ފޮނިކަމުން ހިތްހަމަޖަށްސަމުންދިޔައެވެ.

ރަށުގެ އަތިރިމަތީ ހުރި ބޮޑު ގަސް ދަށުގައި ހަދާފައިވާ ހޮޅުއަށީގައި ޒަވީން މެން ތިއްބެވެ.ޒަވީން ގެ ތަރުމަތް ތެރިންނައް އާލް ތައާރަފް ކޮށްދިނެވެ.”ކޮބާހުރިހާއެއް ޗިހިހަމަތަ؟ ބާރްބްކިޔު ހަދާ ސާމާނުތަކަށް އިޝާރާތް ކުރަމުން ޒަވީން އަހާލިއެވެ. “ޑްރިންކްސް ގަންނާނެ ފަންޑްއެއްނެތް ” ޒަވީން ކުރިސުވާލަށް ޖަވާބުދެމުން ނުހާމް ބުނެލިއެވެ. ” މަވެސް ވަރަށް ބިކާރި ” ފޫހިވެލާފަ ޒަވީން ބުނެލިއެވެ. ހިނގާފައި އަންނަ މައުރީން އާއި ލައިޝާ ފެނުމުން އެންމެންގެ މޫނުމަތި އުޖާލާވިއެވެ. “އޭތް މައުރީން” ދުވަމުން ކަހަލަގޮތަކަށް ނުހާމް ގޮސްމައުރީން ގާތުހުށްޓުނެވެ.  “މިއުޅެނީ ފަންޑްހުސްވެގެން ބަރްބްކިޔު ކުރިއަށް ނުގޮސްގެން ، ލޯންއެއް ލިބިދާނެތަ”. ސަލާންޖަހާ މީހެއްފަދައިން އަތްދިއްކޮށްލަމުން ނުހާމްބުނެލިއެވެ. ނުހާމް ގެ މަޖާހަރަކާތް ތަކަށް ބަލަން ހުރި މައުރީންއަށް ހެވުނެވެ. ޖީބުގައި ވަކިން އޮތް 500 ރުފިޔާ މައުރީން ނުހާމް އަތަށް ލައިދިނެވެ.

މިއުޅެނީ ތާސް ކުޅެން. ކުޅޭމީހުން އާދޭ ޒަވީން ގޮވާލިއެވެ. ބައިހަމަވުމުން ގަނޑުތަށް ބަހަންފެއްޓިއެވެ.”އާލް ނުކުޅޭނަންތަ؟” އެންމެންގެ ސަމާލުކަން އާލް އަށްއަމާޒުވިއެވެ. އަތްބަޔަށް ބަލަހަށްޓައިގެން އިން މައުރީންވެސް އިސްއުފުލާ ބަލާލިއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ދެމީހުންގެ ހަތަރުކަޅި ދިމާވިއެވެ. ކުޅުމަށް އިންކާރުކުރަމުން އާލް ހިނިތުން ވެލިއެވެ. ވަރަށް ފޯރިއާއެކު ކުޅިވަރުގެ އަވައިގައި ޖެހިފައި ހުރިހާއެކުވެރިން ތިއްބެވެ. އަތުގައިނ އޮތްގަނޑު ބާއްވާލަމުން މައުރީން ހިނިތުންވެލިއެވެ. “ޔޭއީ ބޮނޑިއެކޯ..” ހެމުން ހެމުން މައުރީން އިއްވާލިއެވެ. މަޖާވެލާފައި ހެމުން ދިޔަމައުރީން އަށް ބަލަހަށްޓައިގެން އާލް އަށް އިނދެވުނެވެ. އެލޯބިމޫނާ އެހިނިތުންވުން ހާދަގުޅެއެވެ.

” މިހިރީ ” އަތުގައި ހުރި ކޮތަޅުތަށް ބަހަށްޓަމުން މާނޭވާލަމުން ނުހާމް ބުނެލިއެވެ. ކުޅެން ހުރިކުޅިވަރު ބަހަށްޓަމުން މަސައްކަތައިގެން ކުރިއަށްދިޔައެވެ. އިތުރު ދެތިން އެކުވެރިން ބައިވެރިކުރަމުން އަންހެންވެރިން ކެއުމުގެ ކަންކަމާ ހަވާލުވިއެވެ. ފިރިހެން ކުދިން ކަންކަމުގައި އެހީތެރިވާން ހަރަކާތެރިވެއުޅުނެވެ.

ބަންގީގެއަޑަށް ކުރަންހުރި މަސައްކަތް ހުށްޓާލަމުން އެންމެން މަޑުޖެހިލިއެވެ. ރަތްވިލާތައް އުޑުމަތިން ފޭއްދި ފަޒާއަނދިރިވަމުން ދިޔައެވެ. މައުރީން އަތިރިމަތީ ރާޅުޖަހާތަން ފެންނަހިސާބުގައި އިށީނދެލިއެވެ. ޖެހިލާ ފިނިވައިރޯޅި ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދެމުންދިޔައެވެ. ރާޅުޖަހާހިސާބުގައި ހިނގާލާފަދިޔަ އާލް ފެނުމުން މައުރީންބަލާލިއެވެ. މަޑު ދޮންވެލިގަނޑުގައި ފައިތެންމަމުން މަޑު ފިޔަވަޅުތަކެއްގަ އެއްގަމާދިމައަށް އަންނަމުންދިޔައެވެ. ހަނދުގެ ފަނޑުއަލި އާލް ގެ މޫނަށް އެޅިފައިވާގޮތުން  އެމޫނުގެ ހިތްގައިމުކަން އިތުރުކޮށްދެއެވެ. ހިނދުކޮޅަކަށްނަމަވެސް ލައިޝާދެށްކިވާހަކަތަކ މައުރީންއަސް އެއްބަސްވެވުނެވެ. އާލް އާދނމާއަސް ބަލަހަށްޓައިގެން އިންމައުރީން ފެނުމުން އާލް ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

ބަލާނުލާ ތެދުވި މައުރީން އާލްގައިގައި ޖެހިފައި ވެލިގަނޑު މަށްޗައްވެއްޓުނެވެ. ބަންލާފައި ވެއްޓުނު މައުރީން ފެނުމުން ދުރުގައި ހުރި ޒަވީން ދުވަމުންއައެވެ. ކަނޑާ ވަށްޓާލި ރުކެއް ހެން މައުރީން ބިންމަތީގައި ގުޑިނުލާ އުށްޑުން އޮތެވެ. ހުނުން މަތަކުރަމުން ޒަވީން މައުރީންއަށް އަތްދިއްކޮށްލިއެވެ. ” ނުތެދުވާނަންތަ” . “ނޯތޭންކްސް” އަމިއްލައަށް ތެދުވަމުން ގައިގައި ހުރި ވެލިތަށް ފޮޅާލަމުން މައުރީން ބުނެލިއެވެ. އަދި ޒަވީންއަށް ނަޒަރެއް ދެމުން ލޯއަޅާލިއެވެ. ޒަވީންގާތުގައި ހުރި އާލް އަށްވެސްހެވުނެވެ.

ރޯކުރެވިފައިވާ އަލިފާންގަޑު ވަށާ އެއްމެން އިށީނދެލައިގެން  ތައްޔާރު ކުރެވުނު އެއްޗިހި ކެއުމައިގެން މަސްއޫލުވެއުޅުނެވެ.  ކުކުޅާ ، ސޮސެޖް އަދި ގަރްލިކް ބްރެޑް ފިހެފައި ހުށްޓެވެ. ” ހުމްމްމްމް ދެންއޮތީ ސްޓޯރީޓައިމް” . އަތުގައި ހުރި ތަށި ބަހަށްޓަމުން ޒަވީން ބުނެލިއެވެ. “އެންމެ މޮޅުސްޓޯރީ ކިޔާދޭ މީހަކު މޮޅުވާނީ ” ޒަވީންގެ ހިޔާލަށް ތާއީދުކުރަމުން ލައިޝާ ބުނެލިއެވެ. އެތުރިލައިގެން ތިބި ތަރުތީބުން ފަހަރަކުމީހަކު ވާހަކަކިޔައިދެމުން ދިޔައެވެ. އެމީހަކަށް ޖެއްސުނު އެންމެ މޮޅުވަށްތަރެއް ޖަށްސަމުން ބިރުވެރި ވާހަކައާއި ހިޔާލީ ވާހަކަ ކިޔައިދެމުން ދިޔައެވެ.

“މައުރީން” ތަރުތީބުން އައިސް މައުރީން އާޖެހުމުން ލައިޝާ ގޮވާލިއެވެ. ކުޑަކޮށް ވިސްނާލަމުން މައުރީން ވާހަކައެއް ހަދާލިއެވެ. މައުރީންއަށް ހުވަފެނުންފެންނަ މަންޒްރުތަށް ހިޔާލަށްގެންނަމުން ވާހަކަ ރާވާލިއެވެ. މާހައުލަށް ވެރިވެފައިވާ ހިމޭން ކަމުގައި ގުގުމާލާފައި ވަނީ މައުރީން ގެ އަޑެވެ. ޝައުޤުވެރިކަމާއެކު އަޑުއަހާލާ ހިތްވާގޮތަށް ހަރަކާތް ތަކާއެކު މައުރީން ވާހަކަ ކިޔައި ދެމުން ދިޔައެވެ. މައުރީން ކިޔައިދެމުން ދިޔަވާހަކަ ކަނުލާ އާލް އަޑުއަހަމުން ދިޔައެވެ. ” ވާއު” ވާހަކަނިމުމުން އަތްތިލަބަޑި ޖަހާލަމުން ނުހާމްބުނެލިއެވެ.

ހިޔާލުތަކަށް ގެތްލިފައިން މައުރީން ނުތަނަވަސްވާގޮތް ވިއެވެ. އެހުވަފެންތަކާމެދު ވިސްނުމުން ބޮލުގައި ރިހުމެއް އުފެދުނެވެ. ނޭވާހާސް ވާގޮތް ވިއެވެ.  “ދޮންތީ”. ކުޑަކުޑަ އަންހެން ކުއްޖެއްގެ އަޑު ބޮލުގައި ގުގުމާލާފަވެއެ. ” ދޮންތީ ” އެއަޑުތަކުރާރުވަމުން ދިޔައެވެ. މޫނުމަތީގައި ވިދަމުންދިޔަ ދާތިކިތަށް ފޮހެލަމުން މައުރީން މާހައުލާދުރަށް ހިނގައިގަތެވެ. ހިތްނުތަނަވަސްވެ ލޮލަށް ކަރުނަތަށް ގިނަވަމުން ދިޔައެވެ. “ފެން ބޭނުން؟” އަތުގައި އޮތް ފެންފުޅި ދިއްކޮށްލަމުން އާލް ބުނެލިއެވެ. އަވަސްނޭވާތަކަކާއެކު މައުރީން ފެންބޮމުން ދިޔައެވެ. މައުރީން ގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަހަށްޓައިގެން އާލްއިނެވެ.ލޮލަށްޖަމާވެފައިވާ ކަރުނަތަށް ފޮރުވުމުގައި މައުރީން ނާކާމިޔާބު ވަމުން ދިޔައެވެ. “ބަލީތަ؟” މައުރީން މޫނަށް ބަލަހަށްޓއިގެން އިން އާލްއަހާލިއެވެ. މައުރީން ގެފަރާތުން  ޖަވާބެއްނުލިބުމުން އާލް ސުވާލު ތަކުރާރުކޮށްލިއެވެ.

ބާރުތަކުގެ ބޭނުން ކުރަމުން މައުރީންގެ ސިކުނޑީގައި ހިނގަމުންދާ ހިޔާލުތަށް ދެގެނެވޭތޯ އާލް މަސައްކަތް ކުރަމުން ދިޔައެވެ. ލޮލުގައިވާކަރުނަތަށް ފޮހެލަމުން މައުރީން ފުންނޭވާއެއްދޫކޮށްލިއެވެ. “ހުވަފެނަކީ ބިލާހެއް”. ހަމްދަރުދީއިން ފުރިގެންވާނަޒަރަކުން މައުރީން އާދިމާއަށް ބަލަމުން އާލްއަށްބުނެވުނެވެ. އެހިނދު މައުރީން ދެލޯބޮޑުކޮށްލަމުން އާލް އާދިމާއަށް ބަލާލިއެވެ. މައުރީގެ ހިޔާލުގައި ހިނގާކަންކަން މިޒުވާނާއަށް އެނގެނީ ކިހިނެތް ހެއްޔެވެ. “ކިކީކޭ؟” މައުރީންއަށް އަހާލެވުނެވެ. ބުނަންނުވާ އެއްޗެއް ބުނެވުނުކަމުގެ އިހުސާސް ކުރެވުމުން އާލް ހިމޭން ވެލިއެވެ.

މައުރީންއަށް ދޭނެޖަވާބެއްނޭނގުމުން ފަސްއެނބުރި ދާ އާލް ހިނގައިގަތެވެ. ” ނުދޭބަ ޕްލީޒް މައޫ ބިރުގަނޭ އެބަ”  ފޭދިފައިވާ އަޑަކުން މައުރީން ބުނެލިއެވެ. ހުރި ފިޔަވަޅުމަތީ އާލްއަށް ހުއްޓެވުނެވެ. އާދޭހުން ފުރިގެންވާރާގެއްގައި މައުރީން ބުނެލިބަސް ތަކަށް ބީރުކަންފަތެއް ދޭން އާލް ބޭނުމެއްނޫނެވެ. ނަމަވެސް އޭނާގެ މަޤްސަދުހަނދާން ވުމުން އަތަށް ބާރުކޮށް ލެވުނެވެ.  މިއިންސާނާއާމެދު ހަމްދަރުދީވެ ، އެހެންނަޒަރަކުން ދެކެންއާލްބޭނުމެއްނޫނެވެ. މައުރީން އަށް ފަސްދެމުން އެނބުރި އާލް ހިނގައި ގަތެވެ. ނަމަވެސް މައުރީންގެ ހިޔާލުތަކުން ބޭރެއްނުވެވުނެވެ. އެމޫނުމަތިން ފެނުނު ހިތާމަވެރި އަސަރުން ގާތުގައި ހުންނަންބޭނުން ވިއެވެ. ގަޔާކައިރި ކޮށްލާ ހިތްވަރުދޭންބޭނުން ވިއެވެ. އުފާކޮށްލާ ހެއްވާލަންބޭނުންވިއެވެ ބޭނުންވިއެވެ. އޭނާގެ ހިތުގައި އުފެދެމުންއަންނަ އިހުސާސްތަކުން އާލް ހައިރާންވިއެވެ. އެއްމެ ދުވަހަކު ދިމާވި އިންސާނަކާމެދު ކަންބޮޑު ވާންވީ ކީއްވެހެއްޔެވެ. މައުރީން ހާއްސަވާންވީ ކީއްވެހެށްޔެވެ. ފަންއިސްތަށިގަނޑުގައި އާލް އަތް ހިންގާލިއެވެ. ހިތަކީ ހާދަ އެހެންކަހަލަ އެއްޗެކެވެ.

” ދެންއެހެން އެއްވެސް މަގެއްނޯންނާއެތަ؟” މުސްކުޅި ދައިތައާކާ ވާހަކަދައް ކަމުން ލުޔޫން އަހާލިއެވެ. ކޮންމެ ހާލެއްގައިވެސް އަމިއްލަ އާއިލާ ރަށްކާތެރިކުރަން ލުޔޫން ބޭނުމެވެ. ” އެބައޮތް ގޮތެއް އެކަމަކު އެއީ އެހާފަސޭހަ ކަމެއްނޫން ފުރާނަޔަށް ނުރަށްކާވުން އެކަށީގެންވޭ ، ރާނީ މައުވާގެ ބާރުތަކަކީ ފަސޭހައިން ކެނޑޭނެ ބާރުތަކެއްނޫން  . މައުރީން ސަލާމާތް ކުރަން އެހާފަސޭހައެއް ނުވާނެ. ހުޅުވިފައި ހުރި ފަތްކޮޅުތަކަށް ބަލަމުން މުސްކުޅިވަރުދާން އިށްވާލިއެވެ. ” ލުޔޫން އަތުގައި ތިއޮތް ފަށަކީ ވަރަށް ބާރުގަދަފަށެއް ، ތިއީ މީގެ އަހަރުތަކެއް ކުރިން މިސަހަރުގެ ރަސްކަންކުރި އާއިލާއަށް ނިސަބަތް ވާ ފަށެއް ، ތިފަށުގެ އަދިއެއްފަށް ވާނެ . އެފަށް ވެސް އެއްގަމުގެ ވަކިހިސާބެއް ގައިވާނެ.  އެފަށް ހޯދުނު ދުވަހަކުން މިކަން ކުރެވެނީ. މުސްކުޅިވަރުދާން ބުނެދެމުންދިޔައެވެ.

ލުޔޫން ހަނދާން ކުރަމުން ދިޔައެވެ. އެފަދަފަށެއް ވާނަމަ އެފަށުގެ ވާހަކަ މަންމަ ކުރިން ނުބުނީ ކީއްވެހެއްޔެވެ. ” މަންމާ ކީއްވެ ތިރޮނީ ހުމައިދާކައިރިއިން ލުޔޫން އަހާލިއެވެ. “އެމީ ހުން އަންނާނެ ދެންމިތާކުނުއުޅެވޭނެ …” ގިސްލަމުން ހުމައިދާ ލުޔޫން ބޮލުގައި ފިރުމާލިއެވެ. މަންމާ ކޮނަބައެއް ތަ އަންނަނީ، މަންމަ ކޮންތާ ދާން ތިއުޅެނީ، ވާނުވާނޭން ގިފައިއިން ލުޔޫން އަހާލިއެވެ. ” ދަރިފުޅަށް ހުރިހާވާހަކައެއްވެސް ކިޔައިދޭނަން.” .” ދަރިފުޅާ ގަބޫލުކުރަން ދަތިވެދާނެ އެކަމަކު މަންމައަކީ.. އިންސާނެއްނޫން .. މަންމަ ބައްޕައާ ދިމާވީ މީގެ ނަވާރަ އަހަރުކުރިން އެއްގަމަށް އައިސް އުޅުމުގައި.. މަންމަގެ އާއިލާތެރޭ ޖެހުނު މައްސަލްއަކުން އާއިލާ ރޫޅު މުން މަންމަ ފިލައިގެން އެއްގަމަށް އައީ އޭރުމަންމައުމުރުން އެންމެ އަށާރައަހަރު. މަންމަމެނަކީ ކަނޑުގެ ވަރަށް އަޑީގައި ދިރިއުޅޭބައެއް . އަދި އިންސާނުން ނަށް ނުކުރެވޭ އެތަށްކަމެއް މަންމަމެން ނަށްކުރެވޭނެ. އަތްހިށްލާލަމުން ހުމައިދާ ލުޔޫން ބޮލުގައި އަތް ޖައްސާލިއެވެ.

ކަނޑުގެ އަޑީގެމަންޒަރު ތަކެއް ލުޔޫންއަށް ފެން ނަމުން ދިޔައެވެ. ވާހަކަ ތަކުގައި ސިފަކުރާ ކަހަލަ މަހުލޫޤުން ފެންންމުން ދިޔައެވެ.”ދަރިފުޅު ޖެހޭނެ މަންމައާއެކުދާން ” ކަރުނުން ފުރިގެންވާނަޒަރެއް ދެމުން ހުމައިދާ ގެ އަތްތިރި ކޮށްލަމުން ބުނެލިއެވެ. ބުނާނެ އެއްޗެއްނޭނގިފައި ލުޔޫން އަށް އިނދެވުނެވެ. މިއީ ހުވަފެނަކަށް ވުމަށްއެދެވުނެވެ. މަންމަ ގެ ވާހަކަ ތަށް ނިމުމުން އާގަމަ ވެފައިން ލުޔޫން މަންމަ އާދިމާއަށް ބަލާ ލިއެވެ. އަތުގައި އޮތް ފަށް ހުމައިދާ ލުޔޫން ކަރުގައި އަޅުވާލިއެވެ. އަދި ކައިރީގައި ނިދާފައޮތް މައުރީން ބޮލުގައި ފިރުމާލިއެވެ.  “ދެން ކޮއްކޮ އާ ބައްޕަ”. ” ދަރިފުޅު އަތުގައި ތިފަށް އޮތް ހާހިނދަކު ދުވަހަކުވެސް މިއާއިލާ ވަތްކެއްނުވާނެ.  ” ..މައުރީން..” ވިސްނުމަށް ގެތްލިފައިން ލުޔޫން އަށްބުނެލެވުނެވެ. އެފަށްވީތަންއެނގޭ ކައިރީގައި ހުރި މުސްކުޅިވަރުދާން އަށް ނަޒަރެއްދެމުން ލުޔޫން ބުނެލިއެވެ.

 

( ނުނިމޭ )

Share Article

Follow Me Written By

afffraushyyy

Level 1

i'm 15 years old ..... AND i'm STILL LEARNING....actually i have been reading since i was 7 ..❤ i use to spend most of my time in my room reading others life and lost in songs , becox i don't get along with people around me.. so i found my self a hobby. wish me luck☺ feel free to share ur views..

Other Articles

Previous

އަސްލާން 11

Next

އާދޭސް ކުރާ ހިތްވޭ ރޮމުން(ޓްރެއިލަރ)

Next
April 21, 2020

އާދޭސް ކުރާ ހިތްވޭ ރޮމުން(ޓްރެއިލަރ)

Previews
April 21, 2020

އަސްލާން 11

8 Comments!

  1. afffraushyyy says:
    April 21, 2020 at 11:12 am

    next part will arrive soon . guess what’s gonna hpn next.?

  2. Sunflowe~? says:
    April 21, 2020 at 1:07 pm

    ❤❤❤❤❤❤❤❤❤

  3. LAZY_QUEENY says:
    April 21, 2020 at 4:35 pm

    Vvvv reethi mi part vx…. Whn is next part….. Curiously waiting for next part ngey… ?????

    1. afffraushyyy says:
      April 21, 2020 at 4:52 pm

      am trying my best dear, i am working on another story too. but v ahahah up kohladheynan☺

  4. afffraushyyy says:
    April 21, 2020 at 5:05 pm

    btw tell me some gud story titles.
    i couldn’t figure out ?

  5. Dhonthy says:
    April 21, 2020 at 8:21 pm

    Vvvv reethi story eiy mee Maasha Allah. ❤️❤️❤️?? afffraushyyy mi story ehaa avahah ninmaanulachche. Aslu es mi vaahaka vvv vvvvvv reethi. Curiously waiting for the next part of this story. Please v avahah upload kolladhechchey if u can. Love you afffraushyyy❤️❤️❤️?????????❤️❤️???????

    1. afffraushyyy says:
      April 21, 2020 at 8:42 pm

      a’ll give my best shot ☺.. n thankxx dhonthy for ur support actually i’m planning mi story dhigu kohlann and fill it with more adventures ?…. luv yuh all stay safe….

  6. afffraushyyy says:
    April 21, 2020 at 8:43 pm

    a’ll give my best shot ☺.. n thankxx dhonthy for ur support actually i’m planning mi story dhigu kohlann and fill it with more adventures ?…. luv yuh all stay safe….

Comments are closed.


All Right Reserved!