ހަނދުއޭގެ ވާޖިބު އަދާ ކުރުމަށްފަހު އިރަށްތަންދެމުން ދުނިޔެއާ އަލްވަދާއުކިޔެވެ. ދުނިޔޭގެ އެކިކަންކޮޅު ތަކުގައި އެކި ކުލަޖައްސަމުން އާހެނދުނަކަށް ދުނިޔެމަރުހަބާކިޔެވެ. ޓެރަސް ގައި ނިދާފައޮތް ޒަރީރު މޯޅިއަކަށް ދެމިލަމުން ތެދުވިއެވެ. ގިނައިރު ރުއިމުގެ ސަބަބުން ދުޅަވެފައިވާ ދެލޯ އުނގުޅާލިއެވެ. ދިގުވެފައިވާ ތުނބުޅީގައި އަތްހިންގާލަމުން ދެވަނަފަންގިފިލާއަށް މިސްރާބުޖެހިއެވެ. ބޮލަށްބަރުވެފައިވުމުން ހިގުންވީ އުނދަގޫކަމަކަށެވެ. އަޅާލާ ކޮންމެ ފިޔަވަޅަކުން ހަށިގަނޑަށް ވަރުބަލިކަން ގެނެސްދެމުން ދިޔައެވެ. ބޮލުގައި އުފެދިފައިވާ އާދިޔަހިލަފު ތަދު ފަހަރަކައްވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ.ގެއަށްއާދެވުމާއެކު ކޮޓަރިއާދިމާއަށް ހިތްވަރެއް ކޮށްލާފަ ދެވުނީ ހަމަކިރިޔާއެވެ. […]
ފޫހިކަމާއެކު މައުރީން ޓީވީން ދަށްކަމުން ދިޔަ މަންޒަރުތަކަށް ބަލަމުންދިޔައެވެ. ދޭތެރެއަކުން ފޯނުން ގަޑި ބަލާލަމުން ބައްޕަ އަންނާނެ އިރެއްގެ އިންތިޒާތުގައި އޮވެވުނެވެ. ގަޑިން މިހާރު ހަގަޑި ބައިވަނީއެވެ. ގޭގެ މަސައްކަތް ކުރަން އުޅޭ މީހާ ބައްޕަ އަންނަން ވާއިރަށް ރޭގަނޑުގެ ކެއުން ތައްޔާރު ކުރަން އުޅެއެވެ. ކަންނެތް ކަމާއެކު ތެދުވެލަމުން މައުރީން ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. އެތެރެއަށް ވަދެ ދޮރު ލޮކްކޮށްލަމުން ޕާރޓީ އަށް ލާނެ ހެދުމަކާމެދު ވިސްނާލިއެވެ. މައުރީން ގެ ތަނަވަސް ކަބަޑް ހުޅުވާލަމުން ފަހަރަކުހެދުމެއް […]
ށ.ފޭދޫ ގެ މަގުތަށް މައްޗަށް ބަލާލުމުން ފެނިގެންދަނީ ހަލަބޮލި ކަމެވެ. ދެޖިންސުގެ ޒުވާނުން އެކިކަން ކަމުގައި މަސްއޫލު ވެގެން އުޅޭތަން ފެނިގެންދެއެވެ. ރަށަކީ ބަލާ ބެލުމަށް އެހާ ބޮޑު ރަށެއް ނޫން ނަމަވެސް ފުދޭވަރެއް ގެ އާބާދީއެއް އޮންނަ ރަށެކެވެ. އެކިދިމަދިމާލު ގައި ޕޯސްޓަރ ތަކާ އިޝްތިހާރުތައް ހަރުކުރެވިފައިވެއެވެ. ނިމިގެން ދިޔަ ކައުންސިލް އިންތިހާބް ކާމިޔާބް ކުރި ހަސަން ޒަރީރް ގެ ޕޯސްޓަރތަށް ވަކި މަދެއްނޫނެވެ.ހަސަން ޒަރީރް އަކީ ކާމިޔާބު ބޭފުޅެކެވެ. 4 ބުރީގެ ބޮޑު ގެ […]
އަމާން މާހައުލެކެވެ.14 ވިލޭރޭގެ ހަނދު އޭގެ މަގާމުގައި ރަނިކަން ކުރަމުން ދިޔައެވެ. ރީތި ހިމުން ދޮންވެލިގަނޑު ގައި ރާޅުތައް ބީހިލާ އަޑު މިއުޒިކެއް ފަދައިން ގުގުމަމުން ދިޔައެވެ.ކުއްލިއަކަށް ނެގި ބޮޑު ރާލާ އެކު ފައުޅުވީ ލޯބި އަންހެން ކުއްޖެކެވެ. ރާޅުތައް ކަފަމުން ފަރިހިނގުމެއް ގައި ލުޔޫން ރަށުގެ އެއްގަމާ ދިމާއިށް މިސްރާބުޖެހިއެވެ.ހަނދުގެ ދޯދިތަށް އެމޫނަށް އެޅީފައިވާ ގޮތުން މޫނުގެ ސާދާކަން އިތުރުކޮށް ދެއެވެ.ޖެހިލާ ފިނިވައި ރޯޅި އެފަން އިސްތަށިގަނޑު ގައި ބީހިލި ގޮތް ކިތަންމެހާވެސް ޗާލެވެ.ބޯއެސްފިޔަ ތަކުގެ […]