ސާރާއާއި ޝާއިފް އަކީ ވަރަށް ލޯބިން އުޅުނު ދެލޯބިވެރިންނެވެ. ނަމަވެސް ސާރާއަށް ޝާއިފްގެ އެޕާޓްމެންޓްގެ ތެރެއިން ދިމާވާ ކަމަކުން މިކަން މުޅިން ބަދަލު ވެގެންދެއެވެ. އެހެންނަމަވެސް ސާރާއަށް ޝާއިފް ދެކެ ވެވިފައިވާ ލޯތްބަކަށް އެއްވެސް ބަދަލެއްނާދެއެވެ.ތަފާތު އެތައް ކުލަތަކަކާއި ތޫފާން ތަކެއްގެ ތެރެއިން މިންޖުވެވުމަށް ފަހު ހުރިހާ ޙަޤީގަތްތަކެއް އެނގި މިހުރިހާ ކަމެއްގެ ފަހަތުގައި ހުރި މީހާ ވެގެންދަނީ ހީވެސް ނުކުރާކަހަލަ މީހަކަށެވެ.ސާރާ އަށް ޝާއިފް އާއި އެކު އުފަލުގައި އުޅެވޭނެ ބާވައެވެ.ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ […]
“މަންމާ!” ބަނޑުވަތަށް ވެއްޓިޖެހުނު ގޮތަކުން ބަނޑަށް ނެގި ތޫނު ދިލައަކުން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު މިޝެލިން ވެއްޓިފައިވީ ދިމާލުން ލޭފެންނަން ހުއްޓެވެ. ކާބައިން ނުކުމެގެން އައި ޔުނާންއަށް މި މަންޒަރުފެނުމާއި އެކުހެން އޭނާގެ ހޭބުއްދިފިލާދިޔަފަދައެވެ. އަޑުގެ ކޮޅަށް ހަޅެއްލަވައިގަނެވުނީ ނޫނެކޭ ކިޔާފައެވެ. އޭރު ކާބަދިގޭގައި ތިބި އެހެން މީހުންވެސް ދުވެފައިކަހަލަ ގޮތަކަށް ނުކުމެއްޖެއެވެ. މިޝެލިންއަށް ފެނުނީ ހަލިވިކަމާއިއެކު އޭނާކައިރިއަށް އައިސް މަޑުކޮށްލި ޔުނާންއެވެ. އޭރު އޭނާގެ ދެލޯ މަޑުމަޑުން މެރެމުން ދިޔަނަމަވެސް ޔުނާން ލޯ ނުމަރާށޭ […]
ބަރާބަރު ފަސް ގަޑި އިރުގެ ދަތުރަކަށްފަހު މާލޭގެ ފަޅުތެރެއަށް ލާންޗު ވަނުމާއިއެކު އިވްރާ ކުޑަދޮރުން ބޯދިއްކޮއްލައި ބަލައިލިއެވެ. ހުޅުމާލެއާއި މާލެ ގުޅިފައިވި ސިނަމާލެ ބުރިޖު ފެނި އޭނަ ހައިރާންވިއެވެ. ސިނަމާލެ ބުރިޖުގެ ރީތިކަމުގެ ވާހަކަ ތުންތުން މަތިން އޭނާ އަޑު އަހައިފައި ވީނަމަވެސް ހަމަ ލޮލަށް މިހާ ރީތިވެދާނެކަމަކަށް އިވްރާ އުއްމީދެއްނުކުރެއެވެ. އިވްރާ ސިއްސައިގއން ދިޔައީ އަތުގައި އޮތް ފޯން ރިންގުވާން ފެށުމުންނެވެ. އޭރު ލާންޗުގައި ތިބި އެންމެން ކަހަލަ ގޮތަކަށް ފައިބަނީއެވެ.އަވަސް އަވަހަށް ކަންފަތުގައި ފޯން ޖައްސައިލަމުން އިސްލާމީ ރިވެތި ސަލާމުން އިވްރާ ސަލާމް ގޮވައިލިއެވެ. ވާހަކަ ދައްކަމުން އޭނާ ލާންޗުން ފޭބީ އޭނާގެ ފިޔާތޮށި ކުލައިގެ ފޮށިވެސް ހިފައިގެންނެވެ. އިވްރާ ޖެޓީ މައްޗަށް ފޭބުމަށްފަހު ދެކޮޅު ދެކޮޅަށް ބަލަމުން ދިޔަގޮތުން ހީވަނީ އޭނާ މީހަކު ހޯދަމުން ދާހެންނެވެ. އެއްލިކަޅިއަކުން ތަންކޮޅެއް ދުރުން އެއްޖީބަށް އަތް ޖަހައިލައިގެން ހިނގަމުން އައި ޒުވާނެއް އިވްރާގެ ލޮލުގައި އަޅައިގަތެވެ. އެއާއި އެކު އިވްރާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ހީވާ ގޮތުން އެއީ އިވްރާ ހޯދަމުން ދިޔަ ފަރާތެވެ. އެޒުވާނާ އައިސް އިވްރާގެ ގާތުގައި ހުއްޓިލަމުން އޭނާގެ ލޮލުގައި އޮތް ރޭބަން އަވި އައިނު ނަގައިލިއެވެ. މަޑު ނޫ ކުލައިގެ ގަމީހަކާއި ހަމައެކުލައަށް ދާ ޓައީއަކާއި ކަޅު ކުލައިގެ ފަޓުލޫނެއްގައި އެޒުވާނާ ފެންނަނީ ނުހަނު ރަސްމީ ކޮއްށެވެ. ހީވާގޮތުން އޭނާ އެތަނަށް އެއައީ އޮފީހުން ކުޑަ ވަގުތުކޮޅެއް ހުސްކޮއްލައިގެންނެވެ. “ގޯޑް މައި ލިލް ސިސް ބޮޑުވެއްޖެ ދޯ ހެހެހެ…..ދަތުރު ކިހިނެއް.” ޔޫހާން އިވްރާގެ ފޮށީގައި ހިފައިލަމުން އޭނާ އާއި ވާހަކަ ދެއްކީ އިވްރާގެ ކުޑަ ނޭފަތުގައި ވެސް ހިފައިލަމުންނެވެ.” ހެހެހެ ރަނގަޅު…ދޮންބެ ވެސް މިހާރު ވަރަށް ބޮޑުވެއްޖެ އެއްނުން…މިހާރުމާ ހޭންސަމް” އިވްރާ ޔޫހާންގެ ފަހަތުން ހިނގައި ގަންނަމުން ވާހަކަ ދެއްކިއެވެ. އެއާއިއެކު އައި ނޯ އޭ ބުނެލަމުން ފޮނި ގޮތަކަށް ޔޫހާން އޭނާގެ ގިރުވާނުގައި ހިފައި ކުޑަކޮށް ހިއްލައިލިއެވެ.އިވްރާ ވެސް ހީލަމުން ދެފަރާތަށް ބޯހަލުވައިލީ އޭނާގެ ދޮންބެ ދުވަހަކުވެސް ބަދަލެއް ނުވާނޭ ހިތަށްއެރުމުންނެވެ. އިވްރާ އާއި ޔޫހާން އަކީ ދެބައިންގެ ދެދަރިންނަށް ވިޔަސް އެދެމެދުގައި އޮއްންނީ އެއްބަޑު އެއްބަފާ ކިމުގެ ގުޅުމެކެވެ. ޔޫހާން އާއި 7 އަހަރު ފަހުން ބައްދިލުވި ކަމުގައި ވިޔަސް އެ ދުރު ކަމެއް އޭނާ އަކަށް އިހުސާސެއް ނުކުރެވެއެވެ. **************************************** މާވިލްސް ކޮމްޕެނީގެ ދޮރުމައްޗަށް ހުއްޓައިލި ކަޅުކުލައިގެ ޕުރައިވެޓް ކާރަށް މަގުމަތީން ދިޔަ ގިނަބައެއްގެ ލޯތައް އަމާޒުވަމުން ދިޔައެވެ. ކާރުގެ ޑްރައިވަރު ސީޓް ހުޅުވާލުމަށް ފަހު ހުދު ޔުނީފޯރމްގައި ހުރި މީހަކު މަޑުދުވުމެއްގައި ގޮސް ކާރުގެ ފަހަތު ސީޓުގެ ދޮރު އަދަބުވެރިކަމާ އެކު ހުޅުވައިލިއެވެ. އެވަގުތު ކާރުގެ ތެރއިން ދެބައި އުމުރަށް ދާ އަންހެނަކު ފޭބިއެވެ. އެއާ އެކު މަގުމަތިން ދާހާ މީހެއްގެ ނަޒަރު އޭނާ އަށް ހުއްޓެން ފެށިއެވެ.ލައިފައި ހުރި ރަތް ކުލައިގެ […]
” އެމީހުންނާ ވާހަކަ ދައްކަން ޖެހޭނީ… އެގެއަށް ގޮސް ހަމަޖެހިގެން ތިބެ ވާހަކަ ދައްކާނީ” އަނިލް ބުންޏެވެ. ” ބައްޕަމެންނާއި އެކު އަޅުގަނޑުވެސް ދާނަން…” އިހުވާންވެސް ބުނެލިއެވެ. ޖެހިގެނ އޮތް ދުވަހަކީ ހުކުރު ދުވަސްކަމަށްވުމާއި އެކު ޝާކިރާއާއި ނާޝިދުގެ އިތުރުން ނައިލީ އުޅުނީ ޕާޓީގެ ކަންތައް ހަމަޖެއްސުމުގައި އަވަދިނެތިއެވެ. ނައިލީ އޭނާގެ ފޯނުން ވައިބަރ ގެ ޒަރީއްޔާއިން މެހުމާނުންނަށް ކާޑު ފޮނުވަމުން ދިޔައިރު ޝާކިރާ ފޮނުވާމީހުންގެ ލިސްޓެއް ހަދަނީ އެވެ. ނާޝިދު އުޅުނީ ކެއިން ބުއިމުގެ […]
” ދެން ދުވަހަކުވެސް ތިހެން ނުބުނާތި… އަހަންނަށް އެނގޭ އަހަރެންގެ އާޔަން ގަސްދުގަ އެއްވެސް މީހެއްގެ ފުރާނަ ދުއްވައެއް ނުލާނެކަން… އަހަރެން އާޔަންއަށް އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އިތުބާރުކުރަން… އައި ލަވްޔޫ” އާޔަންގެ ހަށިގަނޑުގައި ބައްދާލަމުން ނައިރާ ބުންޏެވެ. އާޔަންވެސް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލަމުން ނައިރާގެ ހަށިގަނޑު ދެއަތުތެރޭގައި ފިއްތާލިއެވެ. ” އެކަމަކު އާޔަން… އަހަރެން ކިހިނެއް ބައްޕައަށް އެކަން ވިސްނައިދޭނީ… އަދި އަމުދުން ތީ އަހަރެންގެ ފިރިމީހާ ކަން އެނގިއްޖިއްޔާ ނޭނގެ ހަދާނެ ގޮތެއްވެސް” […]
“ދައްކާ ސީސީޓީވީ. އަސްލާންއާ އެއްކޮށް ބޭރަށް ދިޔަ ރޭތަކުގެ ސީސީޓީވީ ދައްކާ.” އަސްލާން ގެއްލުނު ހިސާބުން ފެށިގެން، ޕަޒްލްއެއްގެ މަދުވާ ބައިފަދައިން އަހަރެންގެ ހަނދާނުން ފިލާފައިވާ އެ ކަންތައް މަތިން ހަނދާންވިއެވެ. އަހަރެން ބޭރަށް ދިޔަކަން ފެނުނުއިރު އެކަކުވެސް އަހަރެން ނުހޯދީ ކީއްވެހެއްޔެވެ؟ ދިޔަ ތަނަކާއިމެދު ސުވާލު ނުއުފެއްދީ ކީއްވެހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބުލިބެން އޮތީ އެރޭތަކުގެ ސީސީޓީވީ ފުޓޭޖް ބަަލައިގެނެވެ. ******************** ރޫބީ އަހަރެންގެ މޫނުގެ ކުލަވަރަށް ބަލައިލާފައި، އިތުރު ސުވާލު ކުރުމަކާއިނުލައި މޮނިޓަރިން ރޫމްތެރެއަށް […]
ދެބެން އެގޮތުގައި ދެލޯ ބޮޑުކޮށްގެން ތިއްބައި އެ މީހަކު އެތަނުން ތެދުވިއެވެ. އެއާއިއެކު ދެފަރާތުގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ކުރިމަތީގައި ހުރި އަންޖަދު ފެނިފައި ޝިމާޔާގެ ދެލޯ އިހުނަށްވުރެވެސް ބޮޑުވެގެންދިޔައެވެ. އަންޖަދު އަށް ވެސް ދެލޯ ބޮޑުކޮށްލި ގޮތަށް ޝިމާޔާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އަންޖަދު އަށް އައިއްސައި ހުރި ބަދަލުތަކުން ޝަމީމް ހުރީ ބަސްހުއްޓި ބުނާނެ އެއްޗެއް ނޭނގިފައެވެ. އެގޮތުގައި ތިން ޒުވާނުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބައި ދަންނަ އަޑަކުން އަންޖަދު އޭ ކިޔައިފައި ގޮވައިލި […]
“ވަކިވިއަސަރާއި މަންޒަރު ހިތަކުންހަމަ ނުފިލާނޭ” ޓީވީން ފެންނަމުންދިޔަ ލަވައާއެކު އަހަރެންގެ ލޯމަތީގައި ސިފަވެގެންދިޔައީ މީގެއަހަރުތަކެއް ކުރިން ހިނގާދިޔަ މަންޒަރުތަކެވެ. އެވަގުތު ޓީވީން އެމަންޒަރުތައް ސިފަވާންފެށިއެވެ. އެއީ އެރޭ އެކުޑަކުޑަ ވަގުތުކޮޅު ހިނގައިދިޔަ މިޔަދައިހަމައަށްވެސް ހިތުންނުފިލި ހަނދާންތަކެވެ. ނިދަންއޮށޯވެ، އަހަރެން އޮންނަތާ އެއްގަޑިއިރުވަނީއެވެ. އެކަމަކު މިރެޔަކު ނިންޖެއްނައެވެ. ދެފަރާތަށް ފުރޮޅި ފުރޮޅިވެސް މިހާރު އަހަރެން ފޫހިވެއްޖެއެވެ. މިރޭ އެނެއްކާމިވީ ކިހިނެއްބާވައެވެ؟ އެހެންނާ ޖައްސާލާއިރަށް ނިދެއެވެ. ކަމެއްވާން އުޅެނީބާވައެވެ؟ މިގަޑީގައި ދެންވާނީ ވަކި ކީއްހެއްޔެވެ؟ 11 ވެސް ޖަހަނީއެވެ. މިހާރު […]
“ދެން… ގޯސް ހަބަރަކީ؟” އުފާވެރި ހަބަރުން ލިބުނު އުފާވެރިކަން ފިލާނެހާ ގޯސް ހަބަރެއް ނީވޭނެއޭ އަހަރެންގެ ހިތަށްއެރިއެވެ. ނަމަވެސް ކަންތައްވީ ހީއާއި މުޅިން އިދިކޮޅަށެވެ. އެ ހަބަރު އިވުމުން، ދުވަހަކުވެސް ބަލި ރަނގަޅު ނުވިނަމައޭ، އޭރަށް މި ހަބަރު ނީވުނީސްއޭ ހިތަށްއަރާވަރުވިއެވެ. *************************** “ލުއާ ކުޑައިރު ދިރިއުޅު އޯފަނޭޖްގަ އުޅުން ހުރިހާ އެންމެން… ލުއާ ފިޔަވާ ހުރިހާ އެންމެން ވީ މަރުވެފަ… މަރުވީ…ލުއާ ހިންގި އަލިފާނުގެ ހާދިސާއެއްގަ….. އެއީ ލުއާއަށް އައި އެންމެ ފުރަތަމަ އެޕިސޯޑް…” އިރުކޮޅެއްގެ […]