ފޫހިކަމާއެކު މައުރީން ޓީވީން ދަށްކަމުން ދިޔަ މަންޒަރުތަކަށް ބަލަމުންދިޔައެވެ. ދޭތެރެއަކުން ފޯނުން ގަޑި ބަލާލަމުން ބައްޕަ އަންނާނެ އިރެއްގެ އިންތިޒާތުގައި އޮވެވުނެވެ. ގަޑިން މިހާރު ހަގަޑި ބައިވަނީއެވެ. ގޭގެ މަސައްކަތް ކުރަން އުޅޭ މީހާ ބައްޕަ އަންނަން ވާއިރަށް ރޭގަނޑުގެ ކެއުން ތައްޔާރު ކުރަން އުޅެއެވެ. ކަންނެތް ކަމާއެކު ތެދުވެލަމުން މައުރީން ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. އެތެރެއަށް ވަދެ ދޮރު ލޮކްކޮށްލަމުން ޕާރޓީ އަށް ލާނެ ހެދުމަކާމެދު ވިސްނާލިއެވެ. މައުރީން ގެ ތަނަވަސް ކަބަޑް ހުޅުވާލަމުން ފަހަރަކުހެދުމެއް […]
ފުރަތަމަ ބައި މަވެސް އަހަރެން މަސައްކަތުން މަޑު މަޑުން އަހަރެންނަށް ވާހަކަ ދައްކަން ރަގަޅު ކުރަމުން ގެންދިޔާމެއެވެ . އެތަކެއް ދުވަހެއް މަސައްކަތުން އަހަރެންނަށް ރަގަޅަށް ވާހަކަ ދެކެވެން ފެށިއެވެ . ރާ އަކުރު ވެސް އަހަރެންނަށް ކިޔަން އުދަނގޫ ވިޔަސް އަހަރެން މަސައްކަތުންނާއި އަހަރެންގެ މައިންބަފައިން މަސައްކަތުން ރަގަޅު ކުރީމެއެވެ ######## 2 ވަަނަ ބައި ކޮންމެ ކަމަކީ ވެސް ވަރަށް ކެއްތެރި ކަމާއެކު ކެރިގެން ކުރިމަތި ލުމެއެވެ .ދުވަހަކަށް ފަހު .. އަހަރެން ވެސް އައީ ބޮޑު ވަމުންނެއެވެ […]
މަޑު ހިނގުމެއްގައި އިވްރާ އާއި ނަވާ ގޮސް ހުއްޓިލީ އާދައިގެ ގޮތަކަށް ހަދައިފައި ހުރި ގެއެއްގެ ކުރިމައްޗަށްށެވެ. އޭރު އެގޭ ދޮރުމަތީގައި ގުދަށް އޮވެގެން ކުނިކަހަން މެދު އުމުރުގެ އަންހެނެއް އޮތެވެ.”މަންމާ” އެ އަންހެން މީހާ އާއި ދާދި ގާތުގައި ހުއްޓެމުން އިވްރާ ގޮވައިލިއެވެ. އެ އަޑަށް ކުނިކަހަން އޮތް ނަސީފާ ތެދުވެ ހިންދެމިލިއެވެ. ކުރިމަތީގައި ހުއްޓިހުރި ޒުވާން އަންހެން އަންހެން ދަރިފުޅަށް އޭނާ ބަލައިލީ ލޯބިން ފުރިގެން ވީ ނަޒަރަކުންނެވެ. “ހުއްނާނެ ސައިހަދައިފައި..ދޭ ނަވާ އާއި ދެކުދިން ސައި ބޯން..” އިވްރާގެ ބުރަކަށީގައި ފިރުމައިލަމުން ނަސީފާ ބުނެލިއެވެ. ކަރުނަވީ ލޮލަކުން އިވްރާ ދިޔަ ދިމާލަށް އޭނާ އަށް އޭނާ އަށް ބަލާލެވުނީ މިއަދު ފުރަތަމަ ފަހަރަށް އެދަރިފުޅާއި ވަކިވާ ކަމުގެ އިހުސާސް ކުރެވުމުންނެވެ.ސައި ބޮއިގެން އިވްރާ ކޮޓަރި އަށް ދިޔައީ ފުރުމުގެ ކުރިން ތައްޔާރު ވެލުމަށްށެވެ.ގަޔަށްދޫ ކަޅު އަބާޔާ އާއިއެކު ކަޅު ކުލައިގެ ޝޯލްއަކުން ބޯ ފޮރުވާލިއެވެ. ތުންފަތުގައި މަޑު ލިޕް ގުލޮސް ހާކައިލުމަށް ފަހު އޭނާގަޔަށް ސެންޓު ބުރުވައިލި އިރު ކޮޓަރީގެ ދޮރުހުޅުވައިލާ ނަވާ ވަންނަނީއެވެ.” ހިނގާ އަވަހަށް ލާންޗް އަންނަގަޑި ޖެހެނީ” އިވްރާ އާއި ދާދި ގާތުގައި ހުއްޓިލަމުން ނަވާ ބުނެލިއެވެ.އަދި އިވްރާގެ ބޮލުންފެށިގެން ފަޔާއި ހަމަޔަށް ބަލާލިއެވެ.”މާޝާ ﷲ” ނަވާގެ ދުލުން އެ ލަފުޒްތައް ނުކުތީ ބޭއިހުތިޔާރުގައެވެ. އަތުގައި އޮތް ކަޅުކުލައިގެއަތް ދަބަހުން ނަވާގެ ގައިގައި މަޑުމަޑުން އިވްރާ ޖަހައިލިއެވެ. ބަނދަރާއި ހަމަައަށް ދެވުމާއިއެކު އިވްރާ އޭނާގެ މަންމަގެ ގައިގައި އޮޅުލައިގަތެވެ. ފުރަތަމަފަހަރަށް މަންމަ އާއި ބައްޕަ ދޫކޮއްލައިފައި ދާންވުމުން އިވްރާ އަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. އިލްހާމް އިވްރާގެ ބޮލުގައި ފިރުމާލުމަށްފަހު އެ ދަރިފުޅުގެ ނިތްކުރީގައި ބޮސްދިނެވެ.”ބައްޕަ ދަރިފުޅަށް ވަރަށް އިތުބާރުކުރަން..ދޮންދައްތަގެ ބަސް އަހައިގެން އުޅޭތި..ނަމަނަމަ ދޮންދައްތަ ޖެހުން ކަހަލަ ކެއްސެއްގައި ދަރިފުޅު ނުޖެހޭތި ” އިލްހާމުގެ އަޑު ބެދުނީ ދޮށީ ދަރިފުޅުގެ ހަނދާނަތައް އާވާން ފެށުމުންނެވެ. އިވްރާވެސް ފެންކަޅި ވެގެންދިޔަ އިރު މާޒީގައި ދޮންތަ އާއި އެކު ހޭދަކުރި އުފާވެރި ދުވަސްތައް ލޮލުގެކުރިމަތީ ސިފަ ވެގަން ދިޔައީއެވެ. އެދެކުދިން އެކަކު އަނެކަކު ދެކެވީ ލޯތްބެވެ.އަޅާލި އަޅާލުމެވެ. އެއަށްފަހު ހިތްދަތި ގޮތަކަށް ދެމީހުން ވަކިވި ގޮތެވެ. ހިންދިރުވާލަމުން އިވްރާ ބޯޖަހާލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. އެވަގުތު ކައިރީގައި ހުއްޓިހުރި ނަވާ އަތުގައި އިޝާރާތުން ތަންފުކެއް ދުރުގައި ހުރި ރުކެއްގައި ލެގިލައިގެން ހުރި ޒުވާނަކު ދައްކައިލި އެވެ،.އިވްރާގެ މޫނު ރަތްވެގެން ދިޔައިރު ނަފީސާ އާއި އިލްހާމްގެ ތުންފަތަށް މާނަފުން ހިނިތުންވުމެއް ވެރިވިއެވެ.ނަވާ ބޯޖަހާލަމުން އެދިމާލަށް ދާން އިވްރާ އަށް އިޝާރަތްކުރިއެވެ. މަޑު ހިނގުމެއްގައި އިވްރާ ކުރިއަށް ހިނގައިގަތް އިރު އޭނަގެ އަތް ފައި ފިނިވަމުން ދިޔައެވެ. އެޒުވާނާ އާއި ތިންފޫޓު ދުރުމިނެއްގައި އިވްރާ ހުއްޓިލަމުން އޭނާ އިސްއުފުލާ ބަލާލިއެވެ. އޭރު ޒުވާނާވެސް ހުރީ ކަޅިޖަހާ ނުލާ އިވްރާއަށް ބަލަހައްޓައިގެންނެވެ. “ޔާން” އިވްރާ ގޮވާލަމުން ހޭވެރިކަންވީ މީހެއް ފަދައިން ނިޔާން ދެފަރާތައް ބޯ ހަލުވާލަމުން ހިނިތުންވެލިއެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ގަދަ އަޅިކުލައިގެ ސޯޓެއްގައި ނިޔާން ހުރިއިރު ފެންނަ ފެނުމަށް އޭނާ ވަރަށް ރީއްޗެވެ. އިވްރާއާ ދިމާލަށް އެއް ފިޔަވަޅު އަޅާލަމުން އޭނާ އިވްރާގެ އަތުގައި ހިފާލަމުން ވާހަކަ ދައްކަން ފެށިއެވެ. “އިވީ…. އިވީގެ ކޮންމެ ޑިޒިޝަން އަކަށް އަހަރެން ރެސްޕެކްޓް ކުރާނަން ، އިވީ އަހަރެންގެ ހަޔާތައް އަންނަން ބޭނުންވަނީ އިވީގެ ކިޔެވުން ނިންމާފަ ކަމަށް ވަނީނަމަ އަހަރެން އިވީއަށް އިންތިޒާރުކުރާނަން. “އައި ވިލް މިސް ޔޫ ޔާން “ސީދާ ނިޔާންގެ ދެލޮލަށް ބަލަމުން އިވްރާ ވާހަކަ ދެއްކިއެވެ. ” އައި ވިލް މިސްޔު މޯ އެންޑް އައި ލަވް ޔޫ “ވައި އަޑަކުން ނިޔާން […]
އެއްޗެއް ކައިގެންތަ ތިއުޅެނީ…” ނިހާ އާ އަރާ ހަމަވަމުން ތާރާ ސުވާލު ކުރީ ޖެހިލުންވެހުރެއެވެ. ނިހާ ބަލައިލީ ތާރާއާ ދިމާއަށްށެވެ. ދެލޯ ތަންމިނަށް ހުޅުވައިގެންނެވެ. ތާރާ ޖެހިލުންވިއެވެ. ކޮއްކޮގެ ރުޅިވެރިކަމާއެކު ލަވާ ހަޅޭކުގެ އަޑު އިވޭކަށް އޭނާ ބޭނުމެއް ނުވިއެވެ. ނަމަވެސް އެ ލޮލުގައި ނަފުރަތުގެ އަލިފާނެއް ނެތެވެ. ރުޅިވެރި ކަމާއި ރަހުމު ކުޑަ ގޮތް ގަނޑެއްވެސް ނެތެވެ. އޭގެ ބަދަލުގައި ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. އެހީތެރިކަމަށް ބޭނުން ވެފައިވާ މިންވަރެވެ. ނިހާ އެގޮތަށް އިނުމަށްފަހު […]
އަހަރެންގެ ދެފައިގައި ހީވަނީ ކަސްތޮޅުއަޅާފައިވާ ހެންނެވެ. އަހަރެންގެ ދެލޮލުން ކަރުނަ އަންނަން ފެށީ އިވުނު ވާހަކަ އަކުންނެވެ. އަހަރެންނަށް ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް އަހަރެންނަކަށް ނޭނގުނެވެ. *** “ސަމީ.. އަހަރެން މިއުޅެނީ އާޝާ އޭނާގެ މަންމަ ގާތައް ފޮނުވާލަން ވެގެން.. އޭނާ ފޮނުވާލީމައި އަހަރެމެންނައް އޭރުން ހަމަޖެހިލައިގެން އުޅެވޭނެއެއްނު؟” ބައްޕަގެ ވާހަކަ ހުރިގޮތުން ހީވަނީ އަހަރެންނަކީ އޭނާ އަށް ހުރި ބޮޑުމުސީބާތެެއް ހެންނެވެ. ނަމަވެސް އެއީ އަހަރެންގެ ހުރި ހަމައެކަނި ބައްޕައެވެ. އެބައްޕަ އަހަރެންދެކެ ރުޅިއަންނަން […]
ކުރިން އަޕްކުރެވިފައިވާ ބައިގެ ކޮމެންޓުތައް ކިޔައި، ރިޕްލައިކުރަމުންދިޔައިރު އީޝަލްގެ ހިތް ތެޅިލީ ފެނުނު ކޮމެންޓެއްގެ ސަބަބުންނެވެ. *** ‘ ސްޓޯރީ ވަރަށް ރީތި. ލިޔުންތެރިޔާ ލިޔަމުންގެންދާ ވާހަކައިގެ އަސަރުގަދަކަމުންނާއި ކުރިން ލިޔެފައިވާ ބައިތަކުންވެސް އަހަންނަށް ފާހަގަކޮށްލެވުނީ މި ލިޔުމުގެ ފަހަތުގައި ސިއްރެއްވާކަން. ފަހަރެއްގާ ލިޔުންތެރިޔާގެ ޙަޔާތުގެ ވާހަކަ ކަމަށްވެސް ވެދާނެ. ޖަސްޑް ހޭޑް އެ ފީލިންގ. ވަޓް އެވަރ. ހަމަ ބުނެލީ. – ޑާކްރެއިން – ‘ ވައި އަޑުން ކޮމެންޓް ކިޔާލިއިރު އީޝަލްއަށް އެ ކޮމެންޓަށް […]
މިތުރުންނޭ ހޭލާށޭ ތޫފާނޭ ބޯމަތިވީ މާދަން ވާނޭގޮތްތައް އެކަކަށްވެސް އެނގުމެއްނެތް ފަހު ތާރީޚެއްގައި ބޯ މަތިވީ ބޮޑު ވި ނުރައްކާ ނަވާރައޭ ކޮވިޑުން ނަން ދެވިފައިވީ އެ ވައިރަހަށް ދުނިޔޭ ކަންކޮޅުތަކުގައި ޖެހިގެން ދުނިޔެ އަޅައި ދާ އިންސާނުން ގިނަވެދަނީ މި ވައިރަހުން ނޭ ތެދެކޭ ރާއްޖޭން ވެސް ފެނިގެންގޮސް މާލޭން ވެސް އަދު ފެނުނީ މި ނުރައްކާ ބޮޑުވެދަނީ އަޅެ ކަތުނޭ ވިސްނަބަލަ މިކަމުގަ އެއްވެސް މީހަކު އިސްތިސްނާ ވެފަ […]
“މަންމަ… ކީއްވެ ކުއްލިއަކަށް… ތިވާހަކަ ތި ދެއްކީ” ހަމަ ޖެހޭގޮތް ދައްކަމުން ފައިސަލު ވާހަކަ ދެއްކިއެވެ. “ދޮންބެ މުސްކުޅި ވާތީ އެއްނު… މިހާރު 24 އަހަރު ވަނީ..” ފައިހާ މަލާމަތްކޮށްލިއެވެ. ” މަންމައަށް އަތްގާތް ކޮށްދޭނެ ކުއްޖެއް ނެތީމަ… ފައިހާވެސް އެއުޅެނީ ކިޔަވަން މާލެދާން…” ފަހީމާ އެހެން ބުނެލި ވަގުތަކީ ތާރާވެސް އައިސް ކާގެއަށް ވަތް ވަގުތެވެ. ފައިސަލު ކަޅިޖަހައި ނުލާ ތާރާގެ މޫނަށް ބަލަމުން ދިޔައެވެ. ހީވާ ކަހަލައެވެ. ތާރާ ނޫން އެހެން މީހެއް އެތާގައި […]
މިވާހަކައަކީ ހިޔާލީ ވާހަކައެކެވެ. ވާހަކައިގެ ފުރަތަމަބައި އިރާދަކުރެއްވިއްޔާ މާދަމާ ގެނެސްދޭނަމެވެ. ވާހަކައިގެ ރަނގަޅު ކޮށްލަން ހުންނަ ކަންތައްތައް ބުނެލަދެއްވުން ކިޔުންތެރިންގެ ކިބައިންއެދެމެވެ. އަދި ވާހަކައަށް އިންތިޒާރު ކުރައްވާނެކަމަށް އުންމީދުކުރަމެވެ.