Skip to content
އެސްފިޔަ

ލައުރާ

ލައުރާ އަކީ އިސްކޮޅުން ދިގު ޒުވާން އަންހެން ކުއްޖެކެވެ . ބޯ އިސްތަށިގަނޑު ބާނި ކަން ހުންނަ ކުއްޖެކެވެ . ހަމުގެ ކުލަ ރީތި ކުއްޖެކެވެ . ފިރިހެން ކުދިން ހިތް ކަތިލާ ކުއްޖެކެވެ . ހިގުމުގައި އަންހެން ވަންތަ ކަމެއް ހުންނަ ރީތި ހުސްކުރި ޒުވާން އަންހެން ކުއްޖެކެވެ . މުޅި މާލޭގައި ރީތި އަންހެން ކުދިން ގެ ލިސްޓް ގައި ލައުރާ ހިމެނެއެވެ . ނަމަވެސް އެކަމަކަށް ލައުރާ އެއް ނުވިސްނައެވެ .

ހެދުނުގެ ވަގުތެއެވެ . ލައުރާ ތެދުވީ ގަޑި އެލާމް ވާ އަޑަށެއެވެ . ލައުރާ ކޮލެ ޖައް ދިޔުމަށް ޓަކައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލައުރާ ފޯނު އެލާމް ކުރެއެވެ . މިޔަދު ވެސް ލައުރާ ތެދުވީ ކޮލެޖް އަށް ކިޔަވަން ދިޔުމަށް ތައްޔާރު ވުމަށެއެވެ . ހޭވިފައި ހުރި އިސްތަށިގަނޑު ފަހަތަށް ހުޅި ޖެހުމަށް ފަހު . ލައުރާ  ތުވާލި ހިފައިގެން ދިޔައީ ފާޙާނާ އަށެއެވެ . ތައްޔާރު ވުމުގެ ނިޔަތުގައެވެ .

ފާޙާނާ ކޮށްލުމަށް ފަހު ލައުރާ އަވަސް ވެ ގަތީ އަލަމާރިން ރީތި ހެދުމެން ނެގުމަށެއެވެ . އަލަމާރިން ރީތި ހެދުމެއް ނެގުމަށް ފަހު ރީތި ވެގެން ސިޑިން ފައިބަން ފަށާފިއެވެ . އޭރު ލައުރާ ގެ މަންމަ މެން ބަދިގެ ތެރޭގައި އުޅެމުން ދެއެވެ .

މަންމަ : އަހަ ދަރިފުޅާ އަވަހަށް އާދޭ … މިޔަދު މަންމަ ގެ ދޮން ދޫނި ހާދާ ރީއްޗޭ ….

ލައުރާ : ދެން މަންމަ ވެސް ދައްކާ ވާހަކަ …

އެހެން ބުނުމަށް ފަހު ލައުރާ އިށީނީ ކާ މޭޒު ކާރީގައެވެ . މަންމަ މޫނަށް ބެލުމަށް ފަހު … ހެވިލާފައެވެ . ސައިބޮއިގެން ލައުރާ ނިކުތީ ކޮލެއްޖަށް ދާން ވެގެންނެއެވެ . ޓެކްސީ އަށް ގުޅުމަށް ފަހު ގޭ ކައިރީގައި ހުއްޓެއެވެ .

5 މިނެޓް ފަހުން ކާރު އައެވެ .ކާރަށް އެރުމަށް ފަހު ދާން ވިތަން ބުނުމަށް ފަހު ލައުރާ ކަންފަތުގައި ހެޑްސެޓް ޖެހިހއެވެ …. ފަރަންޖީ ލަވައެއް ޖެހުމަށް ފަހު އިނެއެވެ .  އިރު ކޮޅެއް ފަސް … އެ ހިސާބަށް އާދެވިއްޖެއެވެ

ލައުރާ : ކިހާ ވަރެއް

ދުއްވަން އިން ޑުރައިވަރ : 25 ރުފިޔާ

އެހެންބުނުމުން  ލައުރާ އަތުގައި އޮތް ޕާހުން 25 ރުފިޔާ ދިއްކޮށްލުމަށް ފަހު ޓެކްސީން ފޭބިއެވެ . ފައިބައިގެން ދަނިކޮށް ލައުރާ ފަހަތުން މީހަކު ގޮވާލި އަޑު އިވުނެއެވެ .

ކައިލް : ލައުރާ ! ( ބާރަށް )

ލައުރާ : ކީކޭ ! ( ސިހިފައި ހުރި ގޮތަކަށް )

ކައިލް : ހާދަޙާ ބާރަކަށް ތިދަނީ ޔޯ މަޑު ކޮއްބަލަ އަދި އެބޮއެއް 5 މިނެޓް …

އެހެން 2 މީހުން ވާހަކަ ދައްކަމުން ކޮލެޖް އެތެރެއަށް ވަދެވިގެން ދިޔައެވެ . ކައިލް އަކީ ލައުރާ އެންމެ ލޯބިވާ ފިރިހެން ކުއްޖާއެވެ ، ނަމަވެސް ލައުރާ އެކަން ސިއްރު ކޮށްގެން ހުންނަނީ ކައިލް އަށް މިކަން އެގިގެން …. ލައުރާ ކާރި ރައްޓެހި ވުމަށް އަހާ ތޯއެވެ . ނަމަވެސް 2 މީހުން ދޭތެރޭގައި އޮންނަ ގުޅުމަކުން ލައުރާ އަށް ކައިލް ކާރީ ބުނަން ފަސްޖެހޭ ގޮތް ވެއެވެ .

ބުރޭކް ގަޑި އެވެ . ލައުރާ ކޮލެޖް ކުދިންނާ އެކު އެތާ ކައިރީގެ ރެސްޓޯރަންޓް އަކަށް ސައިބޯން ތިބި ގަޑި އެވެ . ދައްކަމުން ދަނީ އެކި ވާހަކައެވެ . އެކި ކުދިންނާ އަޅުވާ ކިޔައެވެ . އަދި އެހެނިހެން ކަންކަން ކުރަމުން ދެއެވެ .ނަމަވެސް ލައުރާ އިނީ ގަބުވެފާ ކަހަލަ ގޮތަކަށެއެވެ . ކުރިމަތިން ފެންނަ މަންޒަރު ތަކުންނެއެވެ . ނަމަވެސް ލައުރާ އިނީ އެކަމަށް އެއްވެސް އެއްޗެއް ނުބުނެއެވެ .

އެހެން އިންދައި ލައުރާގެ އެންމެ ގާތް އެއް އެކުވެރިޔާ ކަމަށް ވާ ނީނާ  ލައުރާ ކޮޑުގައި ޖެހިއެވެ ..

ނީނާ : ކޮން ވިސްނުމަކު އަނެއްކާ ؟

Comments (2)

  1. Saahil

    Vrh salhi ma sha allah … nice concept eh keep it up venome….
    Nxt part ah inthizaaru kuran.
    ??

  2. Umny ???

    Next part please fast. BTW it wonderful

Comments are closed.