
ޝާން އަށް ބުނާނެ އެއްޗެއްވެސް ހަދާނެ ގޮތެއްވެސް ނޭގުނެވެ. ނުހާ އާ ދިމާލަށް ޝާން ބަލާލިއެވެ. އޭރު ނުހާ އޮތީ ގަދަ ނިންޖެއްގައި ނިދިފައެވެ. އޭނާ އަށް އިވުނީ ނުބައިކޮށޭ ހިތާ އަނެއްކާވެސް ޑޮކްޓަރު ކުރެން އަހާލިއެވެ.
” ނުހާ އިނީ ޝާންގެ ދަރިއަކަށް ބަލިވެ. މިހާރު ބަޑަށް 3 ހަފްތާ.” ޑަކްޓަރު ތަކުރާރު ކޮށްލިއެވެ. ޝާންގެ މޫނުމަތިން އުފާވެރިކަމުގެ އެއްވެސް ކުލަވަރެއް ނުފެނެއެވެ. ފެންނަމުން ދިޔައީ ނުރުހުންތެރިކަމާ ނަފްރަތެވެ. އޭރު އަކްރަމް އެމަޖެންސީ ރޫމް ކައިރީގައި ހާސް ކަމާއެކު ހިންގަމުން ދިޔައެވެ. ވެގެން އުޅޭ ގޮތެއް އެގެން ކެތްމަދުވެފައި އަކްރަމް ހުއްޓާ ޝާން އައިސް ބޭރަށް ނުކުތެވެ. އަދި އަކްރަމް ގާތުގައި އައުމަށް ބުނެފައި ޝާން ގޮސް ވަނީ އޭޑީކޭ ހޮސްޕިޓަލް ތެރޭގައި ހުންނަ ކުޑަ ކުޑަ ޕާރކަށެވެ. އަކްރަމް ކުޑަކުއްޖެއް ފަދައިން ޝާން ފަހަތުން ދިޔައެވެ. ނުއްލިއަކަށް އަކްރަމްގެ މޫނު މަތީގައި ޝާން ޖެހިއެވެ. އަކްރަމްއަށް ކޯމަތީގައި އަތް އަޅާލެވުނީ ވީ ތަދެއްގެ ބޮޑުކަމުންނެވެ.
” އަހަރެން ހިޔެއް ނުކުރަން އަކްރަމްތީ ތިހާ ވިޔާނުދާ މީހެއް ކަމަކަށް… ކަލޭތީ އަހަރެންގެވެސް ގާތް ރަހުމަތްތެރިއެއްނުން. ދެން ކީއްވެ ކަލޭ މަގޭ އަންހެނުން… ޗީ… އަހަރެން ބޭނުމެއްނުން ކަލޭ އަހަރެންވެސް އަދި ނުހާވެސް ފެންނަ ހިސާބަށް އަންނާކަށް.. މަމީ ނުބައި މީހެއްކަން އަންގާލާނަން.. ” ޝާން ގެ ރުޅިގަޑު އިރެއް އިރަކަށް ދިޔައީ ގަދަވަމުންވެ. މީހާ ތުރުތުރު އަޅަމުންދިޔައެވެ. ކިޔޭ ނުކިޔޭ އެއްޗެއް ހުދު ޝާން އަކަށްވެސް ނޭގެއެވެ.
” ޝާން އެއީ އަހަރެން ގަސްދުގަ ކުރި ކަމެއް ނޫނޭ… އަހަރެން ކިޔާ އެއްޗެއްވެސް އަޑުއަހާބަލަ” އަކްރަމް ބެލީ ޝާންއަށް ވިސްނަދެވޭތޯއެވެ. ނުހާގެ ކުށެއް މިކަމުގައި ނެތްކަން އަންގަން އަކްރަމް ހުރީ އިންތިހާއަށް ބޭނުންވެފައެވެ. އަކްރަމް ދައްކާ އެއްވެސް ވާހަކަ އެއް ޝާން އަހާކަށް ބޭނުމެއް ނޫނެވެ. އަދި އެތަނުން ނިކުމެގެން ޝާން ހިގައިގަތެވެ. އަކްރަމްވެސް ހަދާނެގޮތް ހުސްވެފައި އެތާއިން ބެންޗެއްގައި އިށީދެލެވުނެވެ.
ޝާން މަޑު ހިގުމެއްގައި އެމެޖެންސީ ރޫމާ ދިމާލަށް ހިނގަމުން ދިޔައެވެ. ޒުވާން އަންހެން ކުދިންގެ ނަޒަރު ހުއްޓިފައިވަނީ ޝާން އަށެވެ. އޭނާގެ ދޮންކަމާއި، ފުރިހަމަ އިސްކޮޅާއި ހަރަކާތް ތަކަކީ ކޮންމެ އަންހެނެއްވެސް ހިތްއެދޭ ކަންތައްތަކެވެ. ޝާން ގޮސް އެމެޖެންސީ ރޫމަށް ވަތްއިރު ނުހާ އޮތީ ހޭލައެވެ. މޫނު އެއްފަރާތަކަށް އަބުރާލައިގެން އޮތް އިރު ނުހާގެ ކަރުނަތައް ފައިބާތަން ޝާންނަށް ފެނުނެވެ. އެވަގުތު ޑަކްޓަރުވެސް ކައިރީގައި ހުއްޓެވެ.
” އަޅުގަނޑު ނުހާ ޕްރެގް ވާހަކަ ބުނީއްސުރެ އުފަލުން ރޮނީ….” ޑޮކްޓަރު ވަރަށް ހެވިލާފައި ޝާނަށް ބަލާލަމުން ބުނެލިއެވެ. ޝާން ހައިރާންވެފައި ނުހާއަށް ބަލާލިއެވެ. އަދި ޑަކްޓަރުގާތުގައި އެދެމަފިރިންނަށް ވަގުތުކޮޅެއް ދިނުމަށް އެދުނުވެ. ނުހާ އޮތް އެދުގެ ގައިރީގައި ހުރި ފޮތި ގަނޑުތައް ކަހާލުމަށްފަހު ޝާން އައިސް ނުހާ ގާތުގައި އިށީނެވެ.
” ނުހާ… ” ޝާންގެ އަޑުގައި ވަނީ ހިތްދަތިކަމެވެ. ނުހާ ޝާނަށް ބަލާލިއެވެ. ޝާން ވެފައި ހުރި ދެރަ ފެނުމުން ނުހާއަށް އިތުރަށް ގިސްލެވުނެވެ.
” ނުހާ ބަނޑު ބޮޑުވާންވީ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނޭ.. ނުހާ އަކްރަމްގެ ދަރިއަކަށްތަ ބަޑުބޮޑީ؟ ” ޝާން ނުހާއަށް ބަލަހައްޓައިގެން ހުރެ ސުވާލު ކުރިއެވެ. ނުހާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ތަޅުވާލިއެވެ. ކިތަންމެ ވާހަކަ އެއް ދައްކަން ބޭނުންވިޔަސް ނުހާއަކަށް ދެއްކޭކަށް ނެތެވެ. އޭނާ ކިތަންމެ ހިތްވަރެއް ކުރިޔަސް އޭނާގެ އަޑު ވަނީ ބެދިފައެވެ. ޝާނަށް އެތައް އެއްޗެއް ކިޔާދޭން ބޭނުންވިއެވެ. ނަމަވެސް އެހިތްވަރު ނުހާގެ މިއަދަކު ނެތެވެ.
” ދެން ކާކުގެ؟ ނުހާ އަކްރަމް އިތުރުން އެހެން މީހެއްވެސް…. ނުހާ…. ހަމަ ގައިމުވެސް ތީ އަހަރެންގެ ކަމެއް ނުން…. އަހަރެން ހަދާނެއް ނުވޭ އަހަރެން ނުހާއާ އެންމެފަހުން ކައިރިވި ދުވަހެއްވެސް.. އަހަންނަށް އިނގޭ އެއްޗަކީ…” ޝާން އަށް ބުނެވުނީ މިހިސާބަށެވެ. އޭނާއަށް ފުން އަސަރު ތަކެއް ކޮށްފިއެވެ.
ނުހާ އާ ޝާން އާދެމީހުން އެކަކު އަނެކަކު ގައިގާ ނުބީހޭތާވެސް އަހަރުތަކެއްވެއްޖެއެވެ. ޝާން ނުހާ ކިތަންމެ ބޭނުންވެގެން އަޔަސް ކައިރިއެއް ނުވެއެވެ. ދެން އޭނާގެ ދަރިއަކަށް ނުހާ ބަޑުބޮޑޭ ބުނުމުން އެކަން އޭނާ ގަބޫލުކުރާނީ ކިހިނަކުންހެއްޔެވެ. ނުހާވެސް ވިސްނުމެއްގައި ގެއްލިފައި އޮތެވެ. މިއީ ކޮންކަހަލަ އިމްތިހާނެއްބާއޭ ހިތަށް އަރަމުން ދިޔައެވެ. އޭނާއަށްވެސް އޭނާ ބަނޑު ބޮޑުވާންވީ ސަބަބެއް ނުވިސްނެއެވެ.
އަވަސް ފަރުވާއަށްފަހު ނުހާ ގެއަށް ދޫކޮށްލެވުނެވެ. ހުރިހާ ވަގުތެއްގައިވެސް ޝާން ނުހާ ގާތުގައި ހުއްޓެވެ. ބައެއް މީހުން އެދަމަފިރިންގެ ފޮޓޯތައް ނަގަމުން ދިޔައެވެ. ނަމަވެސް އެކަމަށް މާ ފަރުވާލެއް ނެތި ދެމީހުން ގެއަށް ދިޔައެވެ.
ހަފްތާ ދުވަސް ފާއިތުވެގެން ދިޔައެވެ. ނުހާއަށް އެކި އެކި ކަހަލަ ގޮތްތައް ވަމުން ދިޔައެވެ. ހޮޑުލެވުމާއި މީހާ އަބަދުވެސް ހުންނަނީ ވަރުބަލި ކޮށްފައެވެ. ޝާންގެ އެއްވެސް ސަމާލުކަމެއް ނުހާއަކަށް ނުލިބެއެވެ. ކުރިން ވިއްޔާ ނުހާއާ ވަހަކަ ދައްކާތާއެވެ. ނަމަވެސް މިހާރު ޝާން ނުހާއަށް ބަހެއްވެސް ނުބުނެއެވެ. ޝާން ނިދަނީވެސް ޒާންގެ ކޮޓަރީގައި އޮވެއެވެ. ނުހާ ދެކެންވެސް ޝާން ބޭނުންނުވާ ކަހަލައެވެ.
ސިޓިންގްރޫމްގައި ނުހާ އިށީދެލައިގެން އިނީ ޓީވީ ހުޅުވައިންނެވެ. އޭރު ގަޑިން ރޭގަނޑު 12 ޖަހަނީއެވެ. ޝާން ގެއަށް ނައިސްގެން ކަންބޮޑެވެފައި ނުހާ އިނެވެ. އާންމުކޮށް 11 ޖެހުމުގެ ކުރިން ގެއަށް އަންނަ ޝާން މިރޭ މާލަސްވެއްޖެއެވެ. ނުހާގެ ފޯނު ކުއްލިއަކަށް ރިންގްވާން ފެށިއެވެ. ފޯނު ނަގާ ބަލާލި އިރު ގުޅަމުން ދިޔައީ އަކްރަމެވެ. އަކްރަމް ކޮންމެ ދުވަހަކު ނުހާއަށް ގުޅައެވެ. ނަމަވެސް އެދުވަހަށްފަހު ނުހާ އަކްރަމްގެ ކޯލްތަކަކަށް ޖަވާބެއް ނުދެއެވެ. ކޮންމެ ފަހަރަކުވެސް ފޯނު ކަޑާލަނީއެވެ.
- ޕްލީސް ނުހާ. ފޯނު ނަގާބަލަ… އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ.. އަހަރެންވެސް ބޯ ހަލާކުވަނީ ނުހާއަށް ވީ ގޮތް ނޭގޭތީ.. ޕްލީސް – އަކްރަމްގެ މެސެޖެއް އައެވެ. އިރުކޮޅެއް ފަހުން އަކްރަމް ގުޅިއެވެ. ނުހާ ފޯނުނަގާ ކަންފަތުގައި ޖެހިއެވެ.
” ހަލޯ.. ނުހާ.. ހާލު ކިހިނެއްތަ؟ އަހަރެން މިހިރީ ވަރަށް ކަންބޮޑޫވެފަ.. ޝާން ވެސް މިހާރު އަހަރެން ގުޅީމަ ފޯނެއް ނުނަގާ… ނުހާ.. އަހަންނަށް މައާފް ކުރޭ.. އެރޭ އަހަރެމެން ދެމީހުންދެމެދު އެއްވެސް ކަމެއް ނުވޭ… ނުހާ.. ޕްލީސް ވާހަކަ ދައްކަބަލަ..” އަކްރަމް ހާސްކަމާއެކު ބުނެލިއެވެ.
” ކީކޭ… ނުވެޔޭ އެއްވެސް ކަމެއް… އަހަރެން ހަދާންވޭ އަކްރަމް ގައިގާ އަހަރެން ބައްދައިގެން ރުއި ހަދާންވެސް… އަދި ހެދުނު ހޭލިއިރު އަކްރަމް ކީއްވެ އަހަރެން ކައިރީ އޮންނަން ޖެހުނީ؟…” ނުހާ އަށް ބުނެވުނީ އެވަރަށެވެ. ނުހާގެ އަރު ބެދޭގޮތްވިއެވެ. އަކްރަމް އަކީ އޭނާއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެހީތެރި ވުމުގައި އެންމެ ކުރީ ސަފުގައި ހުންނަ އެކަކެވެ. މިއަދު އޭނާ އިންތިހާއަށް ވެދިޔަ ކަންތައް ހަދާން ނައްތާލަން ބޭނުމެވެ. ނަމަވެސް އޭނާގެ ހިތުން އެކަމެއް ހަދާން ނުނެތުނެވެ.
ނުހާއަށް ވެސް ވަނީ ކުށް ކުރެވިފައެވެ. އޭނާގެ ފިރިމީހާގެ ލޯބާއި ބީހުންތަކަށް ފެންބޮވައިގަނެފައި ވުމުގެ ސަބަބުން އޭނާވެސް އިޚްތިޔާރުން ބޭރުވީއެވެ. އެކަން ހިތަށް އަރާ ކޮންމެ ފަހަރަކު ނުހާ އޭނާގެ އަމިއްލަ ނަފްސު ދެކެ ރުޅި އާދެވެއެވެ.
ކުއްލިއަކަށް ގޭގެ ދޮރު ހުޅުވާލާފައި ޝާން ވަދެގެން އައެވެ. ނުހާގެ ކަންފަތުގައި އިން ފޯނު ނަގާ ފޮރުވާލެވުނެވެ. ނުހާ ފުރަގަހަށް ފޯނުލީ ވަގުތު އޮޅުމަކުން ލައުޑް ސްޕީކަރަށް ފޯނު ލެވުނެވެ.
” ލެޓްސް މީޓް ނުހާ.. ޕްލީސް… އަހަރެން އިންތިޒާރު ކުރާނަން” އަކްރަމް މިހެން ބުނެލި އަޑު މުޅި ސިޓިންގް ރޫމަށް ގުގުމާލިއެވެ. ޝާނަށް ހުރެވުނުތަނެއްވެސް ނޭގުނެވެ. ބާރު ހިގުމެއްގައި އައިސް ނުހާގެ ފަން ދިގު އިސްތަށި ގަޑުގައި ހިފާ ވާން ކޮށްލިއެވެ.
“އައްދޯތް ޝާން..” ނުހާއަށް ވީ ތަދުން ހަޅޭއްލަވައިގަނެވުނެވެ.
” ކަލޭތީ ހާދަ ގޮތްކުޑަ އަންހެނެކޭ.. ކަލޭ ބަޑުގަ އޮތް ދަރިފުޅުގެ ބައްޕަގެ އަޑު އަހާނުލާ ކަލެއަށް ނިދިވެސް ނުޖެހޭތަ؟ ” ޝާން ލުއްކިއެއް ޖަހާލަމުން ނުހާގެ އިސްތަށިގަނޑުން ދޫކޮށްލިއެވެ.
އެވަގުތުން ޝާންގެ ފަހަތުން އަންހެން ކުއްޖަކު އައިސް މަޑުކޮށްލިއެވެ. ކަޅުކަންގަދަ ބުޅި އިސްތަށިގަނޑު އޭނާގެ ހަމުގެ ކުލައާ ވަރަށް ގުޅެއެވެ. ލައިގެން ހުރީ ކުރު ސޯޓަކާއި ގަޔަށް ދޫ ހުދު ޓީޝާރޓެކެވެ. އިސްތަށިގަނޑު ނިއުޅުވާލާފައި ހުރުމުން މީހާގެ ރީތިކަން އިތުރަށް ފުރިހަމަ ވެއެވެ. ނުހާއަށް ހުރީ ވާނުވާ ނޭގިފައެވެ. މީހާއަށް ވީ ތަދުން ހުރިތަނަށް ގަޑުވިކަހަލައެވެ.
= ނުނިމޭ =
6 Comments!
Comments are closed.
luv it curiously waiting for next ?..
Mi part vx varah reethi. Ma Sha Allah ??? kon irakun next part up kollaani. Avahah up kollahche.
#staysafe
Vvvv reethi mi part vx.. Whn is next part… Curiously waiting for next part ngey ?????
V v v salhi…….speechless???plot ves v furihama…Saranghae??????curiously waiting……. Krystal I want you to reply the comments ……badeyrigandu eynee Korean welcome series ge photo that?????
Thank you ❤..
I havent watch that drama… that picture is from MY HOLO LOVE….
I just started commenting ?
Saranghae… I purple you ??
7 th vana part is uploaded. Thank you for the support. ☺