ފަހަތުން އިވެމުން ދިޔަ ރުއިމުގެ އަޑު މާޔާގެ ކަންފަތުގައި ޖެހުނެވެ. “އެ ކޮން ކުއްޖެއް ރޯއަޑު؟” މާޔާ އަހާލިއެވެ. ޒައުލްގެ ހިތް ތެޅެމުން ދިޔައެވެ. ދޭނެ ޖަވާބެއް ވިސްނާކަށް ހުރެވޭކަށްނެތެވެ. “އެ މިހެންދާ ޕޭޝަންޓެއް… މިދަނީ ގެއަށް ދާން މިހާރު… މީޓިން ކެންސަލްވީމަ..” ޒައުލް މިހެން ބުނެލީ ޔޫނުސް ގެޔަށް އައިކަން މާޔާއަށް އިގުމުންނެވެ. ޔޫނުސް އަކީ ޒައުލް އާ އެއް ޑިޕާރޓްމެންޓްގައި މަސައްކަތް ކުރާ ޑޮކްޓަރެކެވެ. ފޯނު ބޭއްވުމަށްފަހު ކޮޓަރިއަށްވަދެ ޒާން އަދި އެއްފަހަރު އުރާލިއެވެ. […]
ޒައުލް ކޮފީ ގަންނަން ނިކުތް ވަގުތު މާޔާ ސާރާ ގާތު އެ ތުއްތު ކުއްޖާ އުރައިން ހުރިތަން ފެނުނެވެ. މުޅި މީހާ ދާހިއްލަން ފެށީ ފިސާރި އަވަހަށެވެ. ސާރާ އަށް ޒައުލް ހާސްވެފައި ހުރިތަން ފެނުމުން އެއްމިއްޔަކުން ހީލިއެވެ. “ޑޮކްޓާރ..” ޒައުލްގެ ގައިގާ ފަހަތުން އައި ނަރުސް ކުއްޖާ ކޮއްޓާލުމުން ސިއްސައިން ގޮސް އެބުރިލިއެވެ. “ހާދަ ހާސްވެފަ.. ޖިންނި އެއް ފެނުނީތަ؟” ނަރުސް އަދުހަމް އަހާލިއެވެ. “އާނ.. އޭނ.. ނުން” ކިޔޭ ނުކިޔޭއެއް ނޭގި އަނެއްކާވެސް އެބުރިލީ […]
މުޅި ހޮސްޕިޓަލް ތެރޭގައި މީހުން އެކި ދިމަ ދިމާލަށް ހިގަމުން ދިޔައެވެ. އެމީހެއް ނަންބަރު ޖެހިދާނެތީ އަވަސް އަރުވާލައިން އުޅޭ މީހުން ގިނައެވެ. މީހަކާ މީހެއް ބަލާނުލާ އުޅޭ ފަހަރު ގިނައެވެ. މާޔާ މަޑު ހިގުމެއްގައި ހިގަމުންދިޔައީ ތެޅިތެޅި އޮތް ހިތަކާ އެކުއެވެ. މިދުވަހުގެ އިންތިޒާރު އޭނާ ކުރާތާ 9 އަހަރު ވެގެން ދިޔައީއެވެ. ކައިވެންޏަށް 9 އަހަރު ވީ އިރު މާޔާ އާ ޒައުލްގެ ދެމަފިރިންނަށް ދަރިއަކު ނުލިބެއެވެ. މާޔާ އަކީ ކުޑަކުދިންނަށް ވަރަށް ފޯރި […]
މާޔާ އާ ޒައުލު ހިގަމުން ދިޔައީ ޕްލެޓިނަމް ސަރަހައްދު ފްލެޓްތައް ކައިރީ ހަވީރުގެ ވަގުތު ކަމުން ފިނި ބުރެއް ޖަހާލަންށެވެ. ޒައުލް މާޔާގެ އަތް ނަގާ މެޔާ ކައިރިކޮށްލަމުން ހިގަމުން ދިޔައެވެ. ކުޑަކުދިން ފެންނަ ކޮންމެ ފަހަރަކު މާޔާގެ ފިޔަވަޅު މަޑުވެލައެވެ. “މާޔާ، މާ ބޮޑަށް ދެރަނުވޭ.. އިންޝާﷲ އަހަރެމެންނަށް ވެސް އަދި ދަރިޔަކު ލިބޭނެ” ޒައުލް މާޔާގެ އަަތަށް ފިތާލަމުން ބުނެލިއެވެ. މާޔާ ދެލޮލުން އައިސް ހުރި ކަރުނަތައް ފޮހެލުމަށް ފަހު ހިނިތުންވެލިއެވެ. “ސަލާމް ސާރާ… […]
“މިންހާ… މިންހާ..” ޔާސިން މިންހާގެ މޫނުގައި ޖަހާލަމުން ގޮވަން ފެށިއެވެ. ނަމަވެސް މިންހާގެ ހިލަމެއް ނުވެއެވެ. “ކޮންމެހެން މިންހާ ބޭނުންވާ ގޮތް ނުވީމަ އެކްޓު ކުރާނެ ކަމެއް ނެތް… ތެދުވޭ..” ޔާސިން ހީކުރީ މިންހާ އެކްޓު ކުރަނީ ކަމަށެވެ. “އާނ އޯކޭ 3 މަސް ދޭނަން… ދެން ތެދުވޭ..” މިންހާ ހަދާ އެއްޗެއް ބަލަން ޔާސިން ބުނެލިއެވެ. މިހެން ބުނުމުންވެސް މިންހާގެ ހަބަރެއް ނުވިއެވެ. ޔާސިން ހާސްވާން ފެށިއެވެ. އަސްލުވެސް މިންހާ ހޭނެތުނީ ބާއެވެ. މިންހާ އަތްދަޑި […]
މިންހާ ވީ ތަދުން ކޯމަތީ އަތް އަޅާލިއެވެ. ދެވަނަ ފަހަރަށްވެސް މަންސޫރު އަތް އުފުލާލީ މިންހާ ގައިގާ ޖަހަންށެވެ. ނަމަވެސް މިފަހަރު މަންސޫރު ހުއްޓުވީ ޔާސިރެވެ. “މަންސޫރު ކަލޭ މޮޔަވީތަ؟ ބަލަ މީ ބޮޑުވެފަ ހުރި ކުއްޖެކޭ.. އޭނަ އަށް ވިސްނޭނެ އޭނަ ކުރާ ކަމުގެ ހެވާ ނުބައި.. ޔާސިން އާ މިންހާ ބޭނުން ވެގެން ކައިވެނި ރުޖޫއަ ކުރީމަ މަންސޫރަށް ކޮންކަމެއް..” ޔާސިރު ބުނެލިއެވެ. “އަހަންނަށް ކޮން ކަމެއްހޭ.. ބަލަ މިންހާ ޔާސިން އާ ދޭތެރޭ […]
ނޫރާ ޓެކްސީއެއްގައި އައިސް މަޑުކޮށްލީ ޒުލްގެ ކެފޭ ކުރިމައްޗަށެވެ. އަދި ރޭގަނޑު 8:30 ވި އިރު މުޅި ކެފޭ ވަނީ އަދިރިކޮށްފައެވެ. ޒުލް އަކީ ބަރާބަރަށް ކެފޭ ހުޅުވާ ބަންދު ކުރާ މީހެކެވެ. ކެފޭގެ ދޮރާ ނޫރާ ކައިރިވެލިއެވެ. ކުއްލިއަކަށް އިވުނު އަޑުން ބިރުން މޭމަތީގައި އަތް އަޅާލެވުނެވެ. ޒުލް ގެ ހަޅޭކުގެ އަޑު ފަޑުކޮށް އިވެމުން ދިޔައެވެ. ނޫރާ ދޮރުގައި ހިފާލިއެވެ. ކިތަންމެ ބިރުގަނެފައިވިއެއް ކަމަކު އޭނާގެ އެންމެ ގާތް އެކުވެރިޔާ އެކަނި ދޫކޮށްލާކަށް އޭނާ […]
ޔާސިންގެ ހިމޭންކަން ހުޝާމް އަށް ދެނެގަނެވުނެވެ. ނަމަވެސް ނޫރާ މިހާރު ލޯބިވަނީ ހުޝާމް ދެކެއެވެ. އެހެންކަމުން ޔާސިންގެ އިހުސާސްތަކާ ދޭތެރޭ އެއްވެސް ފަރުވާލެއް ނެތެވެ. ދެބެންގެ މެދުގައިވާ ހިމޭންކަން ކަޑުވާލަން ޔާސިރު ބޭނުންވިއެވެ. “ޔާސިން ވެސް މީހަކާ އިންނަ ހިތުން އުޅެނީ.. އެއްކަލަ ޑޮކްޓަރު މަންޖެއާ..” ޔާސިރު ހިނިގަނޑެއް ޖަހާލާފަ ބުނެލިއެވެ. “ތެދެއް… އެހެންވިއްޔާ އަހަރުން ދެމީހުން އެއްފަހަރާ ނުން ކައިވެނި ކުރަންވީ..” ހުޝާމް ގަސްދުގައި ޔާސިން ކަޑަކޮށްލަން ބުނެލިއެވެ. “އެ ދޮގެއް އަހަރެން ނޫޅެން އިންނަން.. […]
ޔާސިން ޔަޝްފާގެ އަތުގައި ހިފާލުމަށްފަހު ޔަޝްފާގެ ދެލޮލަށް ބަލާލިއެވެ. “އާރ ޔޫ އޯކޭ؟” ޔާސިން ފުރަތަމަވެސް އަހާލީ ޔަޝްފާ ކިހިނެއްތޯއެވެ. އޭނާ މަރާ ހަގުރާމަ ކުރި ހަދާނެއްވެސް ނެތް ކަހަލަ އެވެ. “އަހަރެން ރަގަޅުތޯތަ އަދިވެސް ބަލަނީ.. ޔާސިން ރަގަޅުތަ؟ ބޮލުގަ ރިއްސާތަ؟ ” ޔަޝްފާ ޔާސިން ބޮލުގައި ފިރުމާލަމުން އަހާލިއެވެ. “ހޫމްމް.. ވަރަށް ރަގަޅު.. ރޭގަވެސް އެކަން އިނގޭނުން…” ޔަޝްފާ ރޭގަވީ ކަންތަކާ ދޭތެރޭ ދެކޭގޮތް ބަލަން ޔާސިން ބޭނުންވިއެވެ. “ރޭގަ ކިހިނެއްވީ؟ އަހަންނަށް ރޭގަ […]