އުޑުމަތި ވަނީ ވިއްސާރަ ވިލާތަކުން ބަނަވެފައެވެ. ވައިރޯޅިތައް ވެސް ސިކުންތަކަށްފަހު ސިކުންތެއް ދިޔައީ ބާރު ވަމުންނެވެ. ކުއްލިއަކަށް ބޯވާރޭ ތިކިތަށް ހިކިފަތްތަކުގައި ޖެހޭއަޑު އިވެން ފެށިއެވެ. އިސާހިތަކު މުޅިފަޒާ ތެރޭގައި ބޯވާރޭގެ އަޑު ގުގުމަން ފަށާފިއެވެ. ސިއްސައިގެން ދިޔައީ ވާރޭ ތިކިތައް އޭނާ ގައިގައި ބޮސްދެމުން ދާންފެށުމުންނެވެ. ނަމަވެސް އެތަނަނުން ތެދުވެ ގެއަށްދާ ޚިޔާލެއް ލިވީ ނުކުރިއެވެ. އެއިން ގޮތަށް އޭނާ އެތާނގައި އިނީއެވެ. އެހެން އިންއިރު އެމަންޒަރު ފެންނަ ކޮންމެ މީހަކަށްވެސް ހީވާނީ ހިތާމައިގެ ތަސްވީރެއް […]