ފްލައިޓްތަކު ތެރޭ ތިބި އެންމެން ސިހިގެން ދިޔައީ ކުއްލިއަކަށް ފްލައިޓަށް ގުޑުން އެރީމައެވެ. ޖަހައިލި ގުގުރިއާއިއެކު މިފަހަރު ބޯއްޓަށް ވަރަށް ބޮޑަށް ގުޑުން އަރައިގެން ދިޔައެވެ. އެއްބަޔަކު ބިރުން ރޯން ފެށިއެވެ. ބޯއްޓުގައި މަސައްކަތް ކުރާ ބައެއް ކުދިން އެމީހުން މަސަލަސް ކުރުމައިގެން އުޅޭތަން ފެނެއެވެ. އެކުދިން ބުނާގޮތުން އެއީ ކުޑަ ވިލާގަނޑެއްގައި ޖެހިގެން ވާ ގޮތްތަކެކެވެ. ޒައިންއަށް އެކަން ޤަބޫލުނުކުރެވިގެން ކައިރީގައި އިން ބިއްލޫރިގަނޑުން ކުޑަކޮށް ބޭރު ބަލައިލިއެވެ. އަސްތާއެވެ! ކަމަކު ދާކަށްނެތެވެ. އެއޮތީ ހަމަ […]
މަޑު ހިނގުމެއްގައި އިވްރާއާއި ނަވާގޮސް ހުއްޓިލީ އާދަައިގެ ގޮތަކަށް ހަދައިފައި ހުރި ގެއެއްގެ ކުރިމަށްޗަށްށެވެ. އޭރު އެގޭ ދޮރުމަތީގައި ގުދަށް އޮވެގެން ކުނިކަހަން މެދު އުމުރުގެ އަންހެނެއް އޮތެވެ.”މަންމާ” އެއަންހެންމީހާ އާއި ދާދި ގާތުގައި ހުއްޓެމުން އިވްރާ ގޮވާލިއެވެ. އެއަޑަށް ކުނިކަހަން އޮތް ނަސީފާ ތެދުވެ ހިންދެމިލިއެވެ. ކުރިމަތީގައި ހުއްޓިހުރި ޒުވާން އަންހެން ދަރިފުޅަށް އޭނާ ބަލައިލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ.”ހުއްނާނެ ސައި ހަދާފައި..ދޭ އަވަހަށް ނަވާއާއި ދެކުދިން ސައިބޯން”. އިވްރާގެ ބުރަކަށީގައި ފިރުމައިލަމުން ނަސީފާ ބުނެލިއެވެ. ކަރުނަވީ ލޮލަކުން އިވްރާ ދިޔަ ދިމާލަށް ނަސީފާއަށް ބަލައިލެވުނީ މިއަދު ފުރަތަމަފަހަރަށް އެދަރިފުޅާއި ވަކިވާކަމުގެ އިހުސާސް ކުރެވުމުންނެވެ. ސައި ބޮއެގެން އިވްރާ ކޮޓަރިއަށް ދިޔައީ ފުރުމުގެ ކުރިން ތައްޔާރު ވުމުށްށެވެ. ގަޔަށްދޫ ކަޅު އަބާޔާއަކާއި ހަމަ އެކުލައިގެ ޝޯލް އަކުން ބޯ ފޮރުވައިލިއެވެ. ތުންފަތުގައި މަޑު ލިޕްގްލޮސް އެއް ހާކައިލުމަށްފަހު އިވްރާގަޔަށް ސެންޓު ބުރުވައިލިއިރު ކޮޓަރީގެ ދޮރު ހުޅުވައިލާފައި ނަވާ ވަންނަނީއެވެ.”ހިނގާ އަވަހަށް…ލާންޗް އަންނަ ގަޑި ޖެހެނީ..” އިވްރާއާއި ދާދި ގާތުގައި ހުއްޓެމުން ނަވާ ބުނެލިއެވެ. އަދި އިވްރާގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ބަލައިލިއެވެ.” ވާއޫ.. މާޝާ ﷲ” ނަވާގެ ދުލުން އެ ބަސްތައް ނުކުތީ ބޭއިހުތިޔާރުގައެވެ. އަތުގައި އޮތް ކަޅުކުލައިގެ އަތްދަބަހުން ނަވާގެ ގައިގައި މަޑުމަޑުން އިވްރާ ޖަހައިލިއެވެ. ބަނދަރާއި ހަމައަށް ދެވުމާއި އެކު އިވްރާ ނަސީފާގެ ގައިގައި އޮޅުލައިގަތެވެ. ފުރަތަމަ ފަހަރަށް މަންމަ އާއި ބައްޕަ ދޫކޮށްލައިފައި ދާންވުމުން އިވްރާއަށް ވަނީ ވަރަށް އަސަރު ކޮށްފައެވެ. އިލްހާމް ވެސް އިވްރާގެ ބޮލުގައި ފިރުމައިލުމަށް ފަހު އެ ދަރިފުޅުގެ ނިތްކުރިއަށް ބޮސް ދިނެވެ.”ދަރިފުޅާ އިވްރާ..ބައްޕަ ދަރިފުޅަށް ވަރަށް އިތުބާރު ކުރަން..ދޮންތިގެ ބަސްއަހައިގެން އުޅޭތި..ނަމަ ނަމަ ދޮންތި ޖެހުނެކަހަލަ ކެއްސެއްގައި ދަރިފުޅު ނުޖެހޭތި..” އިލްހާމްގެ އަޑުބެދުނީ ދޮށީ ދަރިފުޅުގެ ހަނދާން ތައް އާވާން ފެށުމުންނެވެ. އިވްރާ ވެސް ފެންކަޅިވެގެން ދިޔައީ މާޒީގައި ދޮންތައާއި އެކު ހޭދަކުރި އުފާވެރި ދުވަސްތައް ހަނދާންވުމުންނެވެ. އެދެކުދިން އެކަކުއަނެކަކު ދެކެ ވީ ލޯތްބެވެ،އަޅާލި އަޅާލުމެވެ. އެއަށްފަހު ހިތްދަތި ގޮތަކަށް ދެމީހުން ވަކިވި ގޮތެވެ. ހިންދިރުވައިލަމުން އިވްރާ ބޯޖަހައިލީ ބައްޕަގެ ވާހަކަތަކާއި އެއްބަސްވުމުގެ ގޮތުންނެވެ. އެވަގުތު ނަވާ އަތުގެ އިޝާރާތުން ތަންކޮޅެއް ދުރުގައި ހުރި ރުކެއްގައި ލެނގިލައިގެން ހުރި ޒުވާނަކު ދައްކައިލިއެވެ. އިވްރާގެ ދޮން މޫނު ރަތްވެގެން ދިޔައިރު ނަސީފާއާއި އިލްހާމުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ނަވާ ބޯޖަހާލުމުން އެދިމާލަށް ދާން އިވްރާއަށް އިށާރާތް ކޮށްލިއެވެ.އެއާއި އެކު މަޑު ހިނގުމެއްގައި އިވްރާ ކުރިއަށް ހިނގައިގަތް އިރު އޭނާގެ ހަތަރެސްފައި ފިނިވަމުންދިޔައެވެ.އިވްރާ ގޮސް އެޒުވާނާއާއި ތިންފޫޓު ދުރުމިނެއްގައި ހުއްޓެލި އެވެ. އޭރު އެޒުވާނާ ހުރީ ކަޅިޖަހައިނުލާ އިވްރާއަށް ބަލަހައްޓައިގެންނެވެ. “ޔާން” އިވްރާ ގޮވައިލުމުން ހޭވެރިކަންވީ މީހެއްފަދައިން ނިޔާން ދެފަރާތަށް ބޯހޫރުވައިލަމުން ހިނިތުންވެލިއެވެ. އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖީންސްއެއްގައި ނިޔާން ހުރިއިރު ބަލައިލަން ހިތްގައިމުގޮތެއް ހުއްޓެވެ. އިވްރާއާއި ދިމާލަށް އެއްފިޔަވަޅު އަޅައިލަމުން އިވްރާގެ މަޑުމަޑު އަތުގައި ހިފާލަމުން ނިޔާން ވާހަކަ ދައްކަން ފެއްޓިއެވެ.”އިވީ އިވީގެ ކޮންމެ ޑެޒިޝަން އަކަށް ޔާން ރެސްޕެކްޓު ކުރާނަން، އިވީ ޔާންގެ ހަޔާތަށް އަންނަން ބޭނުން ވަނީ އިވީގެ ކިޔެވުން ނިއްމައިފައި ކަމަށް ވަނީނަމަ އޭގައި ޔާންގެ އެއްވެސް ޝަކުވާއެއް ނެތް…އަބަދުވެސް ޔާން އިވީއަށް އިންތިޒާރުކުރާނަން..” އިވްރާ ހިނިތުންވެލަމުން ބޯޖަހައިލިއެވެ. “އައިވިލް މިސްޔޫ ޔާން” ސީދާ ނިޔާންގެ ދެލޮލަށް ބަލަހައްޓައިގެންހުރެ އިވްރާ ވާހަކަދެއްކިއެވެ “އައިވިލް މިސްޔޫ މޯރ އެންޑް އައިލަވް ޔޫ” ވައި އަޑަކުން ނިޔާން އެހެން ބުނެލުމަށްފަހު އިވްރާގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން އިވްރާގެ ނިތްކުރީގައި ލުއި ގޮތަކަށް ބޮސްދިނެވެ.ނިޔާންގެ ތުންފަތުގެ ބީހުން އޭނާގެ ނިތްކުރިޔަށް އިހުސާސްވުމާއި އެކު އިވްރާ ދެލޯ މަރައިލިއެވެ. “އެހެމްމްމްމް އެހެމްމް.. […]
ގޯތިތެރެ ކުނިކަހާ ނިއްމާލިއެވެ. ވެފައިވާ ވަރުބަލިކަން ފިލުވައިލުމަށް ކައިރީގައި ހުރި ގޮނޑިއެއްގައި ތާރާ އިށީންދެލިއެވެ. ހޭވިފައިވާ އިސްތަށިގަނޑު ރީތުކޮށްލުމަށްފަހު މޫނުމަތިން ފައިބަމުން ދިޔަ ދާ ތިކިތަށް ފުހެލައި ފުންނޭވާއެއް ލިއެވެ. ލޮލުގައި އަޅައިގަތީ ގޯތިތެރޭގައި އިންދާފައި ހުރި އެކި ކަހަލަ މާ ގަސްތަކެވެ. އަވަސް އަވަހަށް ތެދުވެ ފެން އިސްކުރަށް ހޮޅިގުޅާލުމަށްފަހު ގަސްތަކަށް ފެންދޭން ފެށިއެވެ. ގަސްތަކަށް ފެންދެމުން ދިޔައިރު ތާރާގެ ސިކުނޑީގައި އެނބުރެމުންދިޔައީ މުޅިން އެހެން ހިޔާލެކެވެ. ރޭގައި ފެނުނު ހުވަފެނެވެ. ހަޤީޤަތުގައި ވެސް އެހެން […]
“މަންމާ” ހީނލާފައި ޔުނާން ބުނެލިއިރު އެދެލޯވެސްވީ ކަރުނައިން ތެމިފައެވެ. އޭރު ޒީހާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. “ދެން ނުރޮއި މަންމާ. އަޅުގަނޑަށް މަޢާފް ކުރޭ. އޭރު ކަންތައްކުރެވުނީ ރަނގަޅަކަށް ނޫންކަން މިޔަދު އިޙުސާސްކުރެވިއްޖެ. އަޅުގަނޑަށް ކުރެވުނު ކުންހީއެއްގެ މައްޗަށް ހުރިހާ ކަމެއް އޭރު ނިންމުނީ. އެކަމު އެދުވަހު މަންމަގެ ލޮލުންފެނުނު އިޙުސާސްތައް އަޅުގަނޑަށް އެ ދުވަހު އެއްޗެހިތަކެއް ކިޔާދިން. އަޅުގަނޑަށް މަޢާފުކުރޭ.” ޒީހާގެ އަތުގައި ހިފަހައްޓާލަމުން ޔުނާން ބުނަމުންދިޔައިރު އޭނާގެ އަޑުގައިވީ ސާބިތުކަމެވެ. ޒީހާ އާއި ހަތަރުކަޅިކަމަކޮށްލައިގެން […]
” އަހަންނަށް މާފުކުރޭ ނައިރާ… އަހަރެން ނައިރާދެކެ ވަރަށް ލޯބިވޭ.. އަހަރެން ނައިރާއާއި ދަރިފުޅު ބޭނުން… އަހަރެން ދޫކޮށްނުދޭ އަހަންނަށް ނައިރާ އާއި ނުލާ ނޫޅެވޭނެ… ނައިރާ އެހެންމީހަކާ އިނިއްޔާ އަހަރެން މަރުވެދާނެ… ޕްލީޒް.. އައި ލަވް ޔޫ އަލޮޓް… ޑޯންޓް ލީވް މީ… އަހަންނަށް އެހީވެދީ… ނައިރާ އަހަރެން ސަލާމަތްކުރޭ… ޕްލީޒް އަހަންނަށް އެހީވެދީ” ރުއިމުގެ ތެރެއިން އާޔަން ކިޔަމުން ދިޔައެވެ. ނައިރާ ހުރީ ބަސްހުއްޓިފައެވެ. އަތެއް ފަޔެއް ގުޑާލަންވެސް ނުކެރިފައެވެ. އާޔަންގެ އެރުއިން ނައިރާގެ […]
“ލޫން..ވީއާރ ޓަރައިންގ އަވާރ ބެސްޓް..އިންޝާ ﷲ ކާމިޔާބުވާނެ..އައިލީން މިވަގުތު އެ ވަނީ ވަރަށް ނާޒުކުފައްތަރެއްގައި..މި އޮޕަރޭޝަން ސަކްސެސްފުލް ވާނެކަމުގެ އެންމެ ފިފްޓީ ޕަސެންޓް ދެވޭނީ..” އައިޝަމް އާއި ލޫންއަށް ބަލާލާފައި ޔައިޝް ބުންޏެވެ. އެވަގުތު އެތަނައް އައި ޒުވާނާއަށް ބަލާލާފައި ޔައިޝް ލޫންއަށް އިޝާރާތްކޮއްލިއެވެ. އަދި ޔުނާން ކައިރީގައި ވަގުތެއް ނެތް ކަމަށާއި އަވަހަށް އައުމަށް އެދުނެވެ. “އިއްބާން..” *** ލޫންގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުންދިޔައިރު އެ ދެލޮލަށް ރަތްކަމެއްވެރިވެފައިވެއެވެ. އިއްބާން ގައިގައި ބައްދައިގަންނަމުން އަޑުވީއްލާ […]
އުޝާއާއި ޔަނާލްވެސް ޝައުގުވެރިކަމާއެކު ބަލަން ފެށިއެވެ. ވާރިސް އޭނާގެ އޮފީހުގެ މޭޒުމަތީގައި އިށީނދެލާގެން ފޯނުން މީހަކާއި ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ މޫނުމަތިން ހާސްކަމާއި ބިރުވެރިކަން ފާޅުވެއެވެ. ވާރިސް: މީހަކު އަޖާބު ވެދާނެ. މިހާރު ކިތައް ފަހަރު ބުނެފިން މަށެއް ނޫނޭ މިހާރު އެކޭސް ބަލަނީ. އުޅެއުޅެވެސް އެކޭސް މިހާރު ބަލާ ފަރާތެއް ނޭނގުނޭ. ދެންވެސް ވީހާވެސް އަވަހަކަށް ފުރޭތޯ ބަލާބަ. ސިންގަޕޯރގައި ތިބޭނެ ކަމެއް ނެތެއްނު. ބެންކޮކްގައި ތިބޭނެ އަހަރުންގެ މީހުން. މަ މިހާރު އެމީހުނަށް […]
ނިދިފައި އޮތް ޝިމާޔާއަށް ހޭލެވުނީ ކޮޓަރިތެރެއިން ޝަމީމް ވަރަށް ބާރަށް ގޮވާ އަޑު އިވިފައެވެ. ކައިރީގައި އޮތް ފޯނު ނަގައި ގަޑި ބަލައިލިއިރު ފަހެއް ޖަހައި މިނެޓު ވެއްޖެއެވެ. އިރުނާރާތީ ދުނިޔެމަތި އަނދިރިކަމަށް ދައްކައެވެ. އަނެއްކާވެސް ޝަމީމް ގޮވައިލި އަޑަށް ޝިމާޔާ ތެދުވެ ޝަމީމްގެ ކޮޓަރިއަށް ދިޔައެވެ. އޭރު ޝަމީމް އެނދުން ތެދުވަން މަސައްކަތް ކުރަނީއެވެ. ޝިމާޔާ ބަލާކަށްނުހުރެ ޝަމީމް ކައިރިއަށް ގޮސް އެނދުން ތެދުވަން އެހީވެދިނެވެ. “ދޮންބެ ހާދަ ބާރަކަށޭ ތި ގޮވީ. ކީއްވެ ގުޅާނުލީ؟” […]
” ހަމަ މިހާރު ތެދުވޭ ” ނުހާ ހަޅޭއްލަވައިގަތެވެ. އޭނާ ދިޔައީ ސްކްރިޕްޓް ފަރިތަކުރަމުންނެވެ. “ނުހާ މަޑުކޮށްބަލަ ތީ އަރިންގެ ރޯލު..” ޑައިރެކްޓަރު ނުހާ ހުއްޓުވަމުން ބުނެލިއެވެ. ” އެކަމް މީ ލީޑް ރޯލެއްނުން ” ނުހާ ސުވާލު އުފައްދަމުން ބުނެލިއެވެ. އަރިންނަށް ލީޑް ރޯލް ދޭނަމަ އޭނާއަށް މިފިލްމްގައި ލިބުނީ ކޮން ރޯލެއްބާއޭ ހިތަށް އެރިއެވެ. ” އާން ތީ ލީޑް.. ދެން ކިހިނެއްވީ އެވެސް ޖަހައިގަންނަން ބޭނުންވީތަ. ނުހާ އަކީ އަހަރެންގެ މައިދައިތަ މިފިލްމްގަ. […]