Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަ

އާދޭސް ކުރާ ހިތްވޭ ރޮމުން(ޓްރެއިލަރ)

tweety Level 1
April 21, 2020 One Min Read
2 Comments

އުޑުމަތި ވަނީ ވިއްސާރަ ވިލާތަކުން ބަނަވެފައެވެ. ވައިރޯޅިތައް ވެސް ސިކުންތަކަށްފަހު ސިކުންތެއް ދިޔައީ ބާރު ވަމުންނެވެ. ކުއްލިއަކަށް ބޯވާރޭ ތިކިތަށް ހިކިފަތްތަކުގައި ޖެހޭއަޑު އިވެން ފެށިއެވެ. އިސާހިތަކު މުޅިފަޒާ ތެރޭގައި ބޯވާރޭގެ އަޑު ގުގުމަން ފަށާފިއެވެ. ސިއްސައިގެން ދިޔައީ ވާރޭ ތިކިތައް އޭނާ ގައިގައި ބޮސްދެމުން ދާންފެށުމުންނެވެ. ނަމަވެސް އެތަނަނުން ތެދުވެ ގެއަށްދާ ޚިޔާލެއް ލިވީ ނުކުރިއެވެ. އެއިން ގޮތަށް އޭނާ އެތާނގައި އިނީއެވެ. އެހެން އިންއިރު އެމަންޒަރު ފެންނަ ކޮންމެ މީހަކަށްވެސް ހީވާނީ ހިތާމައިގެ ތަސްވީރެއް ކުރިމަތިން ފެންނަމުން ދާހެންނެވެ. އިރު އިރުކޮޅަކާ ލިވީ އޭނާގެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތައް އަތުން ފޮހެމުން ދިޔައިރު ހިތުގައި އަޅަމުންދާ ވޭނަކަށް އެއްވެސް ވަރަކަށް ލުޔެއް ލިބުމުންދާ ހެންނެއްހިޔެއްނުވެއެވެ. އަތިރިމަތީގައި އިނދެފައި ލިވީ ގެއަށްދާން ހިނގައިގަތީ މާބޯކޮށް ވިއްސާރަވެހެން ފެށުމުންނެވެ. ހިނގަމުން ހިނގަމުންގޮސް ގެއާ ކައިރި ވިވިހެން އެނާ ހިތްތިޔައީ ބާރަށް ތެޅެމުންނެވެ. އަދި ހިތުގައި ނުފިލާ ވަރުގެ ބޮޑު ބިރެއްވެސް އޮތެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ކިތަންމެ ވަރަކަށް ނުރޯން ހިތްވަރު ކުރިޔަސް މަންމަގެ ވިހަގަދަ ބަސްތައް ހިތަށް އަރާ ކޮންމެ ފަހަރަކު އެހިތް ހަލާކުވެގެން ދަނީ ލިވީގެ އުންމީދުތައް ފުނޑު ފުނޑު ކޮށްލަމުންނެވެ.

Share Article

Follow Me Written By

tweety

Level 1

Other Articles

Previous

ވަރުދާން – 3

Next

ހުވަފެނަކުން ބަދަލުކޮށްލި ޙަޔާތެއް

Next
April 21, 2020

ހުވަފެނަކުން ބަދަލުކޮށްލި ޙަޔާތެއް

Previews
April 21, 2020

ވަރުދާން – 3

2 Comments!

  1. afffraushyyy says:
    April 21, 2020 at 10:39 pm

    awww nice….❤❤ curiously waiting for the story..?

  2. Umny ??? says:
    April 24, 2020 at 7:42 pm

    Wow when is the first part?

Comments are closed.


All Right Reserved!