Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ތީ އޭ އުފަލަކީ…(4)

lilly Level 410 Stories100 Comments100 Login500 Comments
April 21, 2020 5 Mins Read
29 Comments

ބަދިގޭގައި ކައްކަން އުޅެނިކޮއް އަހަރެންގެ އަތް ކަނޑައިގެން ދިއުމުން ބޭސްމަލަން ކޮޅެއް ގަންނަން އަހަރެންް ކްލިނިކް އަށް ދިޔައީމެވެ.. ޑޮކްޓާރ ފެނުމުން .. ނިއަލްގެ އަތް ރަނގަޅުވާނީ ކިހާ ދުވަހަކުންތޯ އެހީމެވެ.. “ނިއަލްގެ އަތަކަށް ނުވެޔޭ މާބޮޑުކަމެއް.. ހަމައެކަނި ކުޑަކޮއް ދުޅަވެފަ އިނީ..”…”ދެން ކީއްވެތޯ މުޅިއަތުގަ ބެންޑޭޖް އަޅައިގެން އެއުޅެނީ”…”ޑޮކްޓާރ ބުނިން ނިއަލް ގާތު ބެންޑޭޖް އަޅާކަށް ނުޖެހޭނެޔޭ.. ބެންޑޭޖް އަޅާދޭށޭ ކިޔާފަ ނިއަލް އާދޭސް ކުރަން ފެށީމަ އަޅާދިނީ..” ކްލިނިކުން ނިކުތް އިރު އަހަރެން ހުރީ ރުޅިއަރާ ރަތްވެފައެވެ.. ނިއަލް މިއޮތްހުރިހާ ދުވަކު ފޭކްޖެއްސީއެވެ.. ގެއަށް ގޮސް ކުޅިދައްކާލާނަމެވެ..

އަހަރެން ކޮޓަރިއަށް ވަތްއިރު ނިއަލް އިނީ ފޯނާކުޅޭށެވެ.. އަހަރެން ވަތްކަން އެނގުމުން ވާތައް ފޯނު ބަދަލު ކޮއްލިއެވެ… “ކައިފިންތަ؟..” އަހަރެން ހިނިތުންވަމުން ނިއަލް ކާރީ އަހާލީމެވެ.. “އަދި ނުކަން .. ރާރާ ނެތިއްޔާ އަހަރެން ކިހިނެއް ކާނީ..” ނިއަލް އަތުގައި އަޅާފައި އޮތް ބެންޑޭޖް ގަނޑަށް އިށާރަތްކޮއްލަމުން ބު ނެލިއެވެ.. އަހަރެން ފްރައިޑް ރައިސް އޯޑާރ ކުރީމެވެ… އެ ހިފައިގެން ނިއަލް ކާރީ އިށީނދެލީމެވެ.. ނިއަލް އަށް ނޭނގި އަހަރެން އެއަށް ދެތިން މިރުސްވެސް ފިތާލީމެވެ.. ނިއަލް އަނގަހުޅުވުމުން ސަމްސަލުން ސުވަލެއް ލެއްވީމެވެ.. “ކުޅިތަ؟” އަހަރެން އަހާލީމެވެ ..”ނޫނޭ ހަމަ ބަރާބަރު.”..”އެހެންތަ މި ކުޅިކަން އަންގާލަފާނަމޭ”.. އަހަރެން ފްރައިޑް ރައިސް ތަށީ ނިއަލްގެ މޫނަށް ޖެހީމެވެ.. “ކޮބާ ކުޅިތަ މިހާރު”.. އަހަރެން ރުޅިވެރިކަމާއެކު ބުނެލީމެވެ.. “ލާރާ.. އަހަރެން މިހާ ބަލިކޮށް އުޅޭއިރު ތީތަ އަހަރެންނާ ދޭތެރޭ ކަންކުރަން ޖެހޭގޮތަކީ”…”ބައްޔޭ؟؟ ކާކުތަ ބަލީ އަހަރެންތަ؟؟” އަހަރެން ނިއަލްގެ ކަނައަތުގައި އޮތް ބެންޑޭޖްގަނޑު ނައްޓާލާފައި ނިއަލްގެ އަތުގައި ލެވުނުހާ ބާރެއް ލާފައި ދަތްއެޅީމެވެ.. “އައުޗް!!!!”  ނިއަލް ހަޅޭލަވައިގަތެވެ.. “ޑޮކްޓާރ އަހަރެންކާރީ ބުނެފި ހުރިހާ ވާހަކައެއް.. ދެން އިތުރަށް އެކްޓް ޖައްސަން ދިމާނުކުރޭ.. ނިއަލް ހީކުރަނީ އަހަރެން މީ ކުޅޭކުޅޭ އެއްޗެއް ކަމައްތަ؟؟ އަހަރެން ހީވެސް ނުކުރަން ނިއަލް ތިހާބޮޑު ދޮގެއް ހަދާފާނެ ކަމަކަށް… ތިކަމުން ވެސް އެ އިނގެނީ ނިއަލް އަހަރެން”… އަހަރެން ބުނަން އުޅުނު ބަސް އަނގައިން ބޭރުނުވީ ނިއަލް އަހަރެން ގެނެސް މޭގައި ތަތްކޮއްލުމުންނެވެ.. “ދެން ހުއްޓާލާ.. ތިވަރުން ފުދެޔޭ.. އަހަރެން އެހެން ހެދީ ކޮންމެހެން ރާރާ އަށް އުނދަގޫ ކުރާކަށް ނޫން.. އަދި ރާރާ ތީ ކުޅޭކުޅޭ އެއްޗެކޭ އަހަރެންގެ ހިތަށް ނުވެސްއަރާ.. ދުވަހަކުވެސް ނާރާނެ…އަހަރެން އެހެން ހެދީ ލާރާ ދެކެ.. އަމް.. އެއްކަލަ ޖޫސްތަށިގެ ބަދަލުހިފަންވެގެން އަހަ އަހަ”.. ނިއަލްގެ ސީރިއަސް ރާގު ކުއްލިއަކަށް މަޖާ ރާގަކަށް ބަދަލުވިއެވެ.. ނިއަލް އަހަރެންގެ ގައިން ދޫނުކުރުމުން އަހަރެން ގަދަހަދަން ފެށީމެވެ.. ނިއަލް ކުރިއަށް ވުރެވެސް ބާރުކޮއްލިއެވެ… ނިއަލްގެ ހިތުގެ ތެޅުން އަވަސްވެފައި ވާކަން އަހަރެންނަށް އިހުސާސްވިއެވެ.. ނިއަލްއެހާ ކައިރީގައި ހުރުމުން އަހަރެންނަށް ސަލާމަތްްތެރިކަން އިހުސާސްވިއެވެ.. ގަސްތަކާނުލާ ނިއަލްގެ އުނަގަނޑުގައި ދެއަތްވަށާލެވުނެވެ.. ކުއްލިއަކަށް އަހަރެންގެ ބަނޑުގައި ރިހެންފެށިއެވެ.. ފާހަނަ ގޮވާލަނީއެވެ.. ނިއަލްގެ ގައިން ދޫކުރާކަށް ބޭނުމެއް ނުވެއެވެ… ނަމަވެސް އޭރުން ކަންތައް މާ ބޮޑަށް ގޯސްވާނެތީ ނިއަލް ދުރަށް ކޮއްޕާލާފައި އަހަރެން ދުވެފައި ގޮސް ފާހަނައަށް ވަނީމެވެ.. ފާހަނައިގައި ހުރި ސެންޓުފުޅި ހުސްވަންދެން މުޅި ފާހަނައަށް ޖަހާފައި އަހަރެން ނިކުތީމެވެ.. “ހާދަހާ ލަހޭ ދޯ.. ފާހަނާ މުށިޖަހާފަތަ ތިއައީ”..ނިއަލް ބުނެލިއެވެ.. އަހަރެން މޫނަށް ވައްތަރެއް ޖައްސާލީމެވެ.. މާގިންއިރެއްނުވެ އިވެން ފެށީ ފާހަނައަށް ވަތް ނިއަލް ކެއްސާ އަޑެވެ.. “ލާރާ!! ކިހާވަރަކަށް ސެންޓު ޖަހާނެ ކަމަށްތަ… އަހަރެންގެ ސެންޓުފުޅި ދޭށޭ ބުނިނަމަ ދޭނަންވިއްޔަ.. ފާހަނައަށް ޖަހާ ތި ހުސްކުރީ”… ނިދަން އޮތް އިރުވެސް އަހަރެންނަށް ސިފަވަނީ ނިއަލް އަހަރެން މެއާ ތަތްކޮއްލައިގެން ހުރި މަންޒަރެވެ.. ގަޑިން ދަންވަރު 1 ޖެހީއެވެ.. ނަމަވެސް އަހަރެންގެ ކަމަކީ ނުނިދިގެން އެނދުނގެ ދެފަރާތައް ފުރޮޅުމެވެ.. އެންމެ ފަހުން އަހަރެން ތެދުވެގެން ގޮސް ނިއަލް ކޮބާތޯ ބަލާލަން ދިޔައީމެވެ.. ހިކަންޖެއް ހެން ބޮޑު ސޯފާގައި ނިދާފަ އޮތް ނިއަލް ފެނުމުން އަހަރެންނަށް ހެވޭގޮތްވިއެވެ..މަޑުމަޑުން ގޮސް ނިއަލް ނިދާފަތޯ ޔަގީންކޮއްލީމެވެ.. އަހަރެންނަށް ނިއަލްގެ މޫނަށް ބަލަން އިނދެވުނެވެ.. އަހަރެން ނިއަލްގެ ކޮލުގައި މަޑުމަޑުން ހިފާލީމެވެ.. މިއޮތް ދަންވަރު އަހަރެން މިކުރަނީ ކީއްބާއޭ ހިތަށް އެރިއެވެ.. އަހަރެން ދާން އުޅެނިކޮއް ނިއަލް ނިދީތެރޭގައި އަހަރެންގެ އަތުގައި ހިފިއެވެ.. ދުލެއްވެސް ނުކުރިއެވެ.. ނިއަލްގެ އަތުގައި ވިކާގަނެފާނަމޭވެސް ހިތަށް އެރިއެވެ.. ނަމަވެސް ނިއަލްއަށް ހޭލެވިއްޖިއްޔާ .. މާސުވާލު ޖިނަވާނެކަން ޔަގީނެވެ….

ހެނދުނުގެ ވަގުތެވެ.. އަހަރެންނަށް ދެލޯހުޅުވާލެވުމާއެކު ފެނުނު މަންޒަރުން ހަޅޭލަވައިނުގަނެވުނީ ހަމަ ކިރިޔާއެވެ.. އަހަރެންގެ ގަޔާޖެހި ފިތިގެން އޮތް ނިއަލްފެނުމުންނެވެ.. ކުއްލިއަކަށް އަހަރެން އުކުނިކޮއްޓަން ފެށިއެވެ.. އެވަގުތަކީ ނިއަލް ވެސް ހޭލިގަޑިއެވެ… ނިއަލް އަހަރެންނާ ދިމަލަށް ބަލަން އޮތްއިރު ދެލޯ ގޮބަޅިއަކަށް ވުރެ ބޮޑެވެ… މިއީ ހަގީގަތެއްތޯ ޔަގީންކޮއްލަންވެގެން ނިއަލް އަހަރެންގެ އަތުގައި ވިކާގަތެވެ.. ތަދުވިވަރުން އަހަރެން ނިއަލް ކޮއްޕާ ސޯފާއިން ވައްޓާލީމެވެ.. “ކީއްވެއޯ ތި ވައްޓާލީ”…ނިއަލް ދެލޯއުނގުޅަމުން ބުނެލިއެވެ.. “އަޖައިބެއް.. ކީއްވެއޯ އަހަރެންގެ އަތުގައި ވިކީ”.. އަހަރެންވެސް ވަކި ދުލެއް ނުކުރަމެވެ.. “އެއީ ލޯބިންނޭ އަހަ އަހަ.. އޭ ތިއެއްނޫނޭ… ރާރާ ކީއްވެ ސޯފާގަ އޮންނަންވީ؟؟ ނިދީތެރޭ ހިނގަނީތަ؟؟”…”ނޭނގެ .. އަހަރެން ހަމަ ގައިމުވެސް ނިދީ އެނދުގަ…”. އަހަރެން ތެދު ސިއްރުކުރީމެވެ.. “ދެން ތިބުނީ ރާރާ ނިދާފަ އޮއްވާ ފުރޭތަ އެއް ރާރާ ގެނެސް ސޯފާއަށް ލީއޭތަ އަހަ އަހަ”…”ހޫން ވަރަށް ފޫހިވޭ”….”އެކަމަކު އަހަރެން ވަރަށް ލޯބިވޭ އަހަ އަހަ”…

ދުވަހުގެ ބޮޑުބައި އަހަރެން ހޭދަކުރީ.. ނިއަލްއާއެކީ ކައްކަން ދަސްކުރުމުގައެވެ. “އުހޫ ތިހެނެއްނޫން.. ތި ރޮށި ހީވަނީ ދުނިޔޭގެ ޗާޓެއްހެނެއްނު އަހަ އަހަ”…އުޅެއުޅެވެސް ވަށްކޮއް ރޮށިދަމާކަށް އަހަރެންނަކަށް ނޭނގުނެވެ.. ނިއަލް ހަމަ ހުރެގެން ފާޑުކިޔަނީއެވެ.. އަހަރެން އެރީ ރުޅިން ނިއަލްގެ މޫނަށް ގޮދަން ފުށް ޖެހީމެވެ.. ނިއަލް އެއަށްވުރެ ގިނައިން އަހަރެންގެ ގަޔަށް ޖެހިއެވެ… މިހާރު އަހަރެންނެކޭ ހުދު ފާރެކޭ ތަފާތެއްނެތެވެ.. އަހަރެން ފާހަނައަށް ވަނީމެވެ.. ފުރުސަތުގެ ބޭނުންހިފައި ނިއަލް ފްރިޖުން ބޮޑު ސްޕަރައިޓް ފުޅިއެއްނަގާ އެތަޅުވާލާފަ ފްރިޖަށް އަނބުރާލިއެވެ… އަހަރެން ފާހަނައިން ނިކުމެގެން އައިސް ނިއަލް އާ ދިމަލަށް ދޫދިއްކޮއްލީމެވެ.. “ރާރާ އަށް ކައްކަން ދަސްކޮއްދިނުމަކީ އަހަރެންނަށް ވާނެ ކަމެއްނޫން.. އަހަރެން އިސްތިއުފާމިދިނީ އަހަ އަހަ”…ނިއަލް ހެމުން ހެމުން ބުނެލިއެވެ… އަހަރެން ގޮސް ފްރިޖް ހުޅުވާލީމެވެ… އެންމެ ފުރަތަމަވެސް ލޮލުގައި އަޅާގަތީ ސްޕައިޓް ފުޅިއެވެ.. އަހަރެން އެހިފައިގެން އައިސް އޭގެ މަތިހުޅުވާލީމެވެ…ކުއްލިއަކަށް ސްޕްރައިޓް ފުޅިކެކިގެން ގޮސް މައްޗައްއެރިއެވެ.. ހީވަނީ އަހަރެން ސްޕްރައިޓުން ފެންވަރައިގެން އިންހެނެވެ.. ނިއަލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ… މިއީ ނިއަލް ކުރި ކަމެއްކަން އަހަރެންނަށް އެނގުނެވެ… އަހަރެން ސްޕްރައިޓް ފުޅިހިފައިގެން ގޮސް ނިިއަލްގެ ބޮލަށް އަޅާލީމެވެ.. ނިއަލް އަހަރެންގެ އަތުން ސްޕްރައިޓް ފުޅި އަތުލަން މަސަތްކަތްކުރިއެވެ… އެހެން ގޮސް އަހަރެންނަށް ނިއަލް ގާ އޮޅުލާގަނެވުނެވެ.. އަހަރެމެން ދެމީހުންގެ ހަތަރު ކަޅިހަމަވިއެވެ.. އަހަރެންގެ ހިތުގެ ތެޅުން އަވަސްވިއެވެ.. އެއީ ދެންމެ ދުވީމަ ކަމަށް އަހަރެންގެ ސިކުނޑިބުނަމުންދިޔައެވެ.. ލޯއްބަކީ ކޯއްޗެއްކަމެއް ކިހިނެއްވާއެއްޗެއް ކަމެއް ކީއްކުރާއެއްޗެއް ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ.. ނިއަލް މަޑުމަޑުން އަހަރެންގެ ތުންފަތާކާރިވަމުން ދިޔައެވެ… އަހަރެންނަށް ދެލޯމަރާލެވުނީ އިހުތިޔާރަކާނުލައެވެ.. ނިއަލްގެ ހޫނު ނޭވާތައް އަހަރެންގެ މޫނަށް އެޅެންފެށިއެވެ.. ގުނަވަންތައް ދިޔައީ ހޭލަމުންނެވެ.. މީ ގޮތްނޭނގޭ އާ އިހުސާސެކެވެ.. ނިއަލް އަހަރެންގެ ކޮލުގައި ހުރި ސްޕްރައިޓްތައް ލޮއެލަމުން ހޭން ފެށިއެވެ.. “އެހެމް.. ކީއްވެތަ ލޯމަރައިގެން ތީނީ.. އަނެއްކާ ރާރާ ހީކުރީ އަހަރެން ކިސްއެއް ކުރަން އުޅޭކަމަށް ތަ..؟؟”…އަހަރެން ދެލޯ ހުޅުވާލީމެވެ… ލޯމެރުނީތީ ފާޑަކަށް ލަދުވެސްގަތެވެ..ނަމަވެސް ލަދުގެ މައްޗައް އަހަރެންގެ ހިތް އިސްވިއެވެ.. “އަޅޭ ކިސް އެއް ދޭށޭ ބުނިނަމަ އަހަރެން…”ނިއަލް ބުނަން އުޅުނު ޖުމްލަ ނުނިމެނީސް ނިއަލް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފައި  ނިއަލް އަހަރެންގެ ކައިރިއަށް ގެނެސް ތުންފަތައް ބޮސް ދިނީމެވެ.. ނިއަލް ހަމަ އިން ގޮތަށް އިނީއެވެ… އަހަރެން މަޑުމަޑުން މޫނު ދުރުކުރީމެވެ.. ކުރެވުނު އަމަލުން ލަދުގަތް ނަމަވެސް ނިއަލްއެކަމުގައި ކުޑަކޮއްވެސް ބައިވެރި ނުވީތީ އަހަރެން ދެރަވިއެވެ.. ނިއަލް އަހަރެންދެކެ ރުޅިއަރާނެޔޭ ސިކުނޑިބުނަމުން ދިޔައެވެ.. އަހަރެންގެ ލޮލުން ކަރުނަފައިބަން ފެށިއެވެ.. ނަމަވެސް ނިއަލްއަށް އެކަން ފޮރުވުމައްޓަކައި.. އަނެއްފަރާތައް އެނބުރުނީމެވެ.. އެންމެ ސިކުންތެއްވެސް ބޭކާރުކުރުމެއް ނެތި ނިއަލްއަހަރެންގެ އުނަގަނޑުގައި ހިފައި މެއާ ތަތްކޮއްލާފައި އަހަރެންގެ ތުންފަތައްބޮސް ދޭންފެށިއެވެ.. އަހަރެން ހުރީ ނޭވާލާންވެސް އުނދަގޫވެފައެވެ.. ހަދާނެ ނުހަދާނެ ގޮތެއްނޭނގެއެވެ.. އެތެއް އިރެއްވީއިރުވެސް ނިއަލް ދޫކޮއްލާކަށް ނޫޅެއޭ.. ނުވިތާކަށް ފަހަރަކައްވުރެ ފަހަރެއް ނިއަލްގެ އަމަލުތައް ދިޔައީ އަވަސްވަމުންނެވެ.. އެންމެފަހުން އަހަރެންނަށް ނުހުރެވިގެން ނިއަލް ބާރަށް ކޮއްޕާލީމެވެ.. މާނޭވާލާ ހާލު އަހަރެން ނިއަލްއާ ދިމާލަށް ބަލާލީމެެވެ.. “ލާރާ ހަނދާން ނެތުނީތަ އަހަރެންމީ ފިރިހެނެއްކަން… މިއޮތްހުރިހާ ދުވަހު އަހަރެން ހުރީ ވަރަށް ކެއްކޮއްގެން…. އެކަމަކު މިއަދު ލާރާ..”….ނިއަލް ސީރިއަސް ވެލާފައި ބުނެލިއެވެ.. “އިޓްސް އޯކޭ.. މިކަމުގަ އަހަރެންގެ ކުއްވެސް އެބައޮތް… ސޮރީ.. “.. އަހަރެމެން ދެމީހުންގެ މެދަށް ހިމޭންކަމެއް އައުމުން އަހަރެންނަށް އުނދަގޫވާގޮތްވިއެވެ.. “ނިއަލް މީރުތަ ސްޕްރައިޓް”…އެންމެ އަވަހަށް ސިކުނޑިއަށް އައި އެތި އަހަރެން ބުނެލީމެވެ… އެއާއެކު ނިއަލްގެ ދެލޯބޮޑުވިއެވެ…”އަހަރެންނަށް ސްޕްރައިޓެއް ނޫން ކަންނޭނގެ މިއަދު ބޮވުނީ”.. ބޯކަހާލަމުން ނިއަލް ބުނެލިއެވެ.. ވަގުތުން އަހަރެންގެ ކޯ ރަތްވިއެވެ.. އަހަރެން ދުވެފަ ގޮސް ފާހަނައަށް ވަނީމެވެ.. އޭރުވެސް އަހަރެންގެ ހިތް ބަރުބާރަށް ތެޅެމުން ދެއެވެ…. މިވަނީ ކީއްކަމެއް އަހަރެންނަށް އެއްގޮތަކަށްވެސް ނޭނގުނެވެ… އަހަރެން އަވަހަށް މާޝާއަށް ގުޅީމެވެ… “ހަލޯ..”…”ކޮން ހަލޯއެއް ކަމަނާފާނު.. ދިޔަތާ މިހާރު ހަފްތާއެއް ވަނީ.. އަހަރެންނަށް ގުޅާވެސް ނުލާ”…”ހޫން.. މި ގުޅީއެއްނު”..”ދެން ތިހެން ކިޔާ”..”އޭ އަސްލު އެއްޗެއް އަހާލަންވެގެން މި ގުޅީ”….”އަހާބަލަ އަހާބަލަ”…”އަމް ..މިތަނުން ދިމާވި ރައްޓެއްސަކަށް ..އަނެއް.. ދިމާވެގެން ..އަނެއް މިބުނީ އޭނަ މައްސަލައެއްޖެހިގެން.. އެއީކޯޗެއްކަން ނޭނގިގެން.. އެހީމަ އަހަރެން.. މި އަހަނީ”…”އޭ!! ކީކޭ މިހާރުތިކިޔަނީ.. ތަންކޮޅެއް ސާފުވާގޮތަކަށް ކިޔާބަލަ”.. މާޝާ ތަންކޮޅެއް ބާރަށް ބުނެލިއެވެ..  މިކިޔޭ އެއްޗެއް  އަހަރެންނަށްވެސް ނޭނގެއެވެ.. “އަމް އަހަރެންގެ ރައްޓެއްސުބުނެގެން ..އެއީ ކޯޗެއްތޯ ބަލާލަންވެގެން”…”ހޫން ކިޔާބަލަ”..”އަހަރެންނާ.. އަމް މިބުނީ އަހަރެންގެ ރައްޓެހިކުއްޖާ އަށް ފެނުނީއޯ ފިރިހެންކުއްޖެއް.. ފުރަތަމަ ކޮޅު ވަރަށް ވެސް ރުޅިއަރާ.. މިބުނީ ރުޅިއެރިޔޯ އޭނަބުނީ.. ހަމަ ކަނޑިއާ ކަނޑި.. އަދި ވީކެއް ވަރޯވީވެސް .. އެދެމީހުން އުޅެނީވެސް އެއްގެއަކުއޯ.. ދެން އަހަރެންގެ ރައްޓެހިކުއްޖާގެ ހިތް އަވަސްވަނީއޯ ފިރިހެން ކުއްޖާފެނޭއިރަށް.. އެ ފިރިހެން ކުއްޖާކާރީގަ ހުރިއްޔާ އޭނަޔަށް ގޮތްނޭނގޭ އިހުސާސްތަކެއްވެސް އިހުސާސްކުރެވެޔޯ.. ހުވަފެނުން ވެސް ފެންނަނީ ހަމަ އެ ސޫރަ…ސޫރައޭ އޭނަ ބުނީ ..މީ ކޯޗެއްތަ”…..އަހަރެން ކިޔާނިންމާލުމުން މާޝާ ފެށީހޭށެވެ.. “މޭރީ ބެހެން ތުމް އުސޭ ޕިޔާރް ކަރްނޭ ލަގީހޯ”….”ކޮން މޮޔައެއް ތިގޮވަނީ”.. މާޝާ ބުނީކީކޭކަން ނޭނގުމުން އަހަރެން ބުނެލީމެވެ.. “އަހަ އަހަ މިބުނީ ލާރާގެ ރައްޓެހި ކުއްޖާއަށް އެ ފިރިހެން ކުއްޖާދެކެ ލޯބި ވެވުނީއޭ..”…”ވަޓް ދަ… ނޯ!!! އިޓްސް ނޮޓް ޕޮސިބަލް… “…. “ބަލަ ގޮއްޔޭ ލޯބިވެވުނީ ލާރާގެ ރައްޓެހި ކުއްޖާއަށޭ.. ލާރާގެ ފުލަށް ބާރު ކުރަނީ ކީއްވެ އޯ..”.. މާޝާ އަދިވެސް ހެނީއެވެ.. “ހަލޯ..ހަލޯ.. 123 12… ނޯސިގްނަލް”.. އަހަރެން އަވަހަށް ފޯނުބޭއްވީމެވެ.. އަދިވެސް ވިސްނެނީ މާޝާބުނި ވާހަކައާމެދުއެވެ.. ފާހަނާ ލޯގަނޑުން އަމިއްލަ ސޫރާއާދިމަލަށް އިނގިލި ދިއްކޮއްލީމެވެ.. “ލާރާ ޔޫ ލަވް ނިއަލް؟؟؟.. ނޯނޯ….” އަހަރެން ބޯގޮވާގޮތްވިއެވެ.. ހަމަ ރަނގަޅަށްވެސް އަހަރެން މޮޔަވެއްޖެއެވެ.. އަހަރެން ފާހަނައިން ނިކުތް އިރު ނިއަލް އޮތީ އަހަރެންގެ އެނދުގައި ނިދާފައެވެ… ފާހަނައަށް ވަންނަން އައިއްސަ އަހަރެން މާ ލަސްވުމުން ނިއަލް އަށް ނިދުނީއެވެ.. އަހަރެން ގޮސް ސޯފާގައި ނިދަން އޮށޯތީމެވެ.. އަހަރެންނަށް ކުއްލިއަކަށް ދެލޯ ހުޅުވާލެވުނެވެ.. ނިއަލް އޮތީ އަހަރެންނާ ދިމާލަށް ބަލާށެވެ.. އަނގައިން ބަހެއްބުނުމެއްނެތިއެވެ.. އަހަރެން ހުރީ އަދިވެސް ނިދިބުރާންތި ކާފައެވެ… އަހަރެން ނިއަލްގެ ގައިމައްޗައް އެރީމެވެ.. މަޑުމަޑުން ނިއަލްގެ މޫނާ ކައިރިވަމުން ދިޔައީމެވެ.. “ރާރާ ކީއްތިކު”…ނިއަލް ބުނެލިއެވެ.. “ޝޫ!!..  މިއީ އަހަރެންނަށް ފެންނަ ހުވަފެނެއް އެހެންވީމަ… އަހަރެންގެ ހުވަފެނުގައި އެހެންމީހުން ވާހަކައެއްނުދައްކާނެ” އަހަރެން ނިއަލްގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ބުނެލީމެވެ.. “އަހަރެން ނިއަލްގެ ތުންފަތައް ބޮސް ދިނީމެވެ.. ނިއަލް ވެސް ފުރިހަމައަށް ބައިވެރި ވިއެވެ.. ނިއަލް އަހަރެންގެ ކަރަށް ބޮސް ދޭންފެށިއެވެ.. ނިއަލް ފާޑަކަށް އަހަރެންގެ ކަރުގައި ދަތް އެޅުމުން އަހަރެންނަށް ހަލޭލަވައިގަނެވުނެވެ.. މިއީ ހުވަފެނެއް ކަން އަހަރެންނަށް ރޭކާލީ ދެނެވެ……..

Share Article

Follow Me Written By

lilly

Level 410 Stories100 Comments100 Login500 Comments

?just a girl tht hides a thousand ?feelings behind the happiest smile?.. ✨i just love to read n write storiess.?. n share the best? n worst? memories with u guyss..?? feel free to tell me anything..?? will always love u guyss??

Other Articles

Previous

އަބަދުވެސް މިހިތުގާ ވެޔޭ (6)

Next

އަހަރެންގެ ވާހަކަ 6 (ހަވަނަބައި)

Next
April 21, 2020

އަހަރެންގެ ވާހަކަ 6 (ހަވަނަބައި)

Previews
April 21, 2020

އަބަދުވެސް މިހިތުގާ ވެޔޭ (6)

29 Comments!

  1. Fly says:
    April 21, 2020 at 11:19 am

    LILLY haadha lahun vaahaka up ve. Ekamves vaahaka varah reethi.dhen in prt dhigu kohlachey.BE SAFE

    1. lilly says:
      April 21, 2020 at 12:27 pm

      sorry… thank u fly.. u also be safe

  2. afffraushyyy says:
    April 21, 2020 at 11:21 am

    next part puleeeez?

  3. Sunflowe~? says:
    April 21, 2020 at 11:51 am

    When is next??? Lilly
    ❤❤❤❤❤❤❤❤❤❤

  4. Kairaa says:
    April 21, 2020 at 12:23 pm

    Varah varah reethi mi part vx….whn nxt…waiting..

    1. lilly says:
      April 21, 2020 at 12:28 pm

      aww thnk u soo much kai

  5. ?Ril? says:
    April 21, 2020 at 1:57 pm

    Mi part ves hama amazing. Masha Allah. Ekamaku kuree dhw thankoleh? dhen oi baa digukohlachey. And dhen oi baa than koleh avaha up kohladheychey. Varah kiyaa hivefa meenee.?#stay at home
    # be safe ?????

  6. Yan♥️ says:
    April 21, 2020 at 3:17 pm

    Varah reethi Masha Allah

    1. lilly says:
      April 21, 2020 at 9:14 pm

      thnk u soo much yan

  7. Hazna says:
    April 21, 2020 at 4:14 pm

    v rythi nxt part kon dhuvahakun vv las up vaaleh thankolheh avaha up koh dhybaa plssssssssssss☺☺☺☺

    1. lilly says:
      April 21, 2020 at 9:15 pm

      thnk u soo much hazna.. tonight i will submit the next part.. ok?

  8. LAZY_QUEENY says:
    April 21, 2020 at 4:15 pm

    Vvvv reethi mi part vx….Whn is next part…. Curiously waiting for next part ngey… N haadha lahey up kohlileh mi part… Next part thankolheh avahah up kohdhehchey… N dhigukoh up kureveytho balahchey…. Next lilly you are so talented…. Maashaallah… ?????

    1. LAZY_QUEENY says:
      April 24, 2020 at 5:10 pm

      Lilly Kbaa next part knirakun up kolladheyny…. Avahah up kohdhehchey next part ngey… Lysm… Curiously waiting for next part ngey ?????

  9. afffraushyyy says:
    April 21, 2020 at 5:16 pm

    luv it ?❤

  10. lilly says:
    April 21, 2020 at 9:29 pm

    thank u sooo much lazy queeny ..tonight i will submit the next part… ofcourse i will make it longer than this part.. specially for u.. thnkxx for suggesting…

  11. Laī says:
    April 22, 2020 at 10:11 pm

    Aslu vex hama vrh vrh vrh reethi… next part plx ?? Lilly i really like your storys

    1. lilly says:
      April 22, 2020 at 11:09 pm

      thnk u soooo much lai

  12. Lara? says:
    April 23, 2020 at 10:33 am

    Your are so talented. ? I love like your story’s

    1. lilly says:
      April 23, 2020 at 12:48 pm

      thank u soo much lara

  13. Hazna says:
    April 24, 2020 at 11:44 pm

    kobaa vaahaka lilly vaahaka kiyaa hithun mi ahany

    1. lilly says:
      April 25, 2020 at 8:17 am

      vaahaka submit kurithaaa vvvvv gina dhuvas vejje …

  14. Queen says:
    April 25, 2020 at 6:54 pm

    this is the only story that attracted me to read it….plz upload the next part…btw can u tell me when the next part is coming???? plz upload fast

    1. lilly says:
      April 25, 2020 at 9:36 pm

      queen i sunbmitted the next part many days ego… n i already finished typing the next 3 partss.. too.. we can only wait until it get published dhoo sorrrry dear 🙂

  15. Kittie ? says:
    April 26, 2020 at 5:34 pm

    Wow ? This story is amazing.. Dhen oiyy Bai varah avahah up koh lahchey. MashaAllah. Keep it up ♥ ✨

  16. reader? says:
    April 27, 2020 at 12:26 am

    so lilly, u . mean u hav uploaded the 5th part??.. if so its not showing..

  17. reader? says:
    April 27, 2020 at 12:29 am

    lilly thibuny 5th part vx up koffi ey tha?.. if so its not there up vefa.. can u plxx check.. im curiously waiting… keep up the good wrk darling

  18. Bettie says:
    April 27, 2020 at 1:40 pm

    alhey…. cant wait for it to get uploaded….. can u try to make it fast by contacting to esfiya

  19. reader? says:
    April 27, 2020 at 6:42 pm

    lilly, do u mean that 5th part up koffymey??..

  20. Nana?? says:
    April 30, 2020 at 1:48 am

    Pls upload the nxt part Lilly I really want to read it

Comments are closed.


All Right Reserved!