Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަދީނީ

ހެޔޮހިތުން …

Quiiin🌹 Level 2100 Login100 Comments10 Stories
April 21, 2020 5 Mins Read
11 Comments

ނޯޓް: މިއީ ޚިޔާލީ ވާހަކައެކެވެ.

އަހަންނަކީ ޙަލާލް ގޮތުގަ ލިބުނު ކުއްޖެެއްނޫނެވެ. އަހަންނަށް އަހަރެންގެ ބައްޕަ އަކީ ކާާކު ކަމެއް ނޭނގެއެވެ. މަންމަ ވެސް އަހަރެން ގާތު ބައްޕަގެ ވާހަކަ އެއް ނުދައްކައެވެ. އަހަންނަށް މަންމަ ގާތު އެއީ ކާކު ހެއްޔޭ އަހާކަށް ނުކެރެއެވެ. ކީއްވެ ކަމެއް ނޭނގެ އެވެ. ހަމަ ބިރު ގަންނަނީއެވެ. އަހަރެންގެ މަންމަ މިހާރު އުޅެނީ މީހަކާ އިނދެގެންނެވެ. އަހަރެންގެ އާއިލަ އަކީ ވަރަށް ފަޤީރު ބައެކެވެ. މިކަމާ ހުރެ އަހަރުމެންނަަށް ރީތިކޮށް ވާހަކަ ދައްކާލާ މީހަކު ވެސް މަދު ވާނެއެވެ. އަހަރެން މާމަ ދެކެ ވަރަށް ބިރުގަނެއެވެ. އަހަންނަށް ރަނގަޅަށް ކުރެވޭ އެއްވެސް ކަމެއް ނޯވެއެވެ. މާމަ އަހަންނާ ޒުވާބު ނުކުރާ އެންމެ ދުވަހެއް ވެސް ނުދާނެއެވެ.

 

އަހަރެންގެ  ޢުމުރުން 13 އަހަރެވެ. އަހަރެން ތައްޔާރުވަމުން ދިޔައީ އިސްކޫލަށް ދިޔުމަށެވެ. ބާ ޔުނިފޯމް ގަނޑު ލުމަށްފަހު ބުރުގަަލުުގަަ ދަތި ޖަހަން ފެށީމެވެ. ދަބަހަށް ފޮތް އެޅުމަށްފަހު ކޮނޑުގަ ދަބަސް އަޅުވައިލައިގެން ބޭރަށް ނުކުތީމެވެ. މިއަދު ވެސް އަހަރެން އިސްކޫލަށް މިދަނީ ދާ ހިތަކުން ނޫނެވެ.

 

އަހަރެން ކުލާހަށް ވަދުމުގެ ކުރިން ސަލާމް ގޮވީމެވެ. މިސް އަހަރެންގެ ސަލާމަށް ރައްދު ދިނުމަށްފަހު އެތެރެއަށް ވަނުމަށް ބުނުއްވިއެވެ. އަހަރެެންް ކުރީީ ބަރީގަ އިން ޒަޔާ ގާތުގަ އިށީންނަން އުޅުނީމެވެ. ” ކަލޭ މިތާ އިއްތައިގެން ނުވާނެ … މީ އަހަރެން ލިމާ އަށް ސޭވް ކޮށްފަ އިން ގޮނޑިއެއް … ” އަހަރެންގެ ހިތް ހީވީ ކުދި ކުދިވި ހެންނެވެ. ޒަޔާ އަށް ރައްދު ދިނުމެއް ނެތި އަހަރެން މުޅި ކުލާހަށް ނަޒަރު ހިންގާލީމެވެ. އަހަރެންގެ ލޮލުގަ އަޅައިގަތީ ހުސްކޮށް އިން 3 ޑެސްކެވެ. އަހަރެން އަވަސް އަވަހަށް ގޮސް މެދުގަ ހުރި ޑެސްކު ކައިރި އިށީނީމެވެ. އަހަރެން މޭޒުގަ ބޯޖަހައިގެން އޮތީމެވެ. އެއީ އަހަރެންގެ ލޮލު ތެރެއަށް ބޮނޑިވެފަ ހުރި ކަރުނަތައް ސިއްރު ކުރުމަށެވެ. އަހަރެންގެ ގައިގަ މީހަކު ކޮށްޓާލިހެން އަހަންނަށް ހީވިއެވެ. އަވަސް އަވަހަށްް ބޯ ހިއްލައިލީމެވެ. އަހަންނަށް ފެނުނީ މުޅިން އައު ދެ މޫނެވެ. ބަލާބެލުމުން ވަރަށް ރަނގަޅު ދެ ކުދިން ހެން ހީވެއެވެ. ނަމަވެސް އަހަރެން އެ ޚިޔާލު ނެރެ އެއްލާލީމެވެ. ” އަހަރުމެން މިތާ އިށީނަސް އެންމެ ރަނގަޅު ތަ؟ … އަހަރެންގެ ނަމަކީ ލޫރާ … މިިއީީ ހަޔާ … ” ލޫރާ ގާތުގަ ހުރި ހަޔާ އަށް އިޝާރަތް ކޮށްލަމުން ބުނެލިއެވެ. އަހަރެން ހީލާފަ އެންމެ ރަނގަޅޭ ބުނީމެވެ. މިއީ އަހަރެން މުޅި ޢުމުރުގައި ވެސް ކުރި އެންމެެ ރަނގަޅު ކަންތަކޭ އަހަރެެންް ހިތަށް އެރިއެވެ. ލޫރާ އަދި ހަޔާ ވެސް ވީ ވަރަށް ރަނގަޅު ދެ ކުދިންނަށެވެ. ލޫރާގެ މަޖާ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާއެވެ. އަހަރެން ހީހީ ހަމަ ރަނގަޅަށް ވެސް އަނގައަށް ތަދު ވެއްޖެއެވެ. އަހަރެން އިސްކޫލުން ގެއަށް ދިޔައީ ވަރަށް އުފަލުން ހުރެ އެވެ. އަހަރެން ގެއަށް ދިޔައިރު އަހަރެންގެ ކުޑަބެގެ ދިރިފުޅު ޔާހީ އުޅެއެވެ. ކުޑަބެ އަކީ ވެސް މާމަގެ ދަރި އެކެވެ. މާމަ ޔާހީ ދެކެ ވަރަަށް ލޯބިވެއެވެ. އަހަންނަށް އެ މަންޒަރުތައް ފެނުމުން ވަރަަށް ހިތަށް ތަދުވެއެވެ.  ” އޭ ލާޔާ … ދޭބަަލަ ޔާހީ ދޮންތަ އަށް ޗޮކުލެޓު ދޭން ” މާމަ ކަޅި އަޅައިގެން ހުރެ ބުންޏެވެ. އެ ޗޮކުލެޓު ޕެކެޓަކީ  މިހާރު އަހަރެންގެ މަންމަ އިނދެގެން އުޅޭ މީހާާ ދިން އެއްޗެކެވެ. އަހަންނަށް ޗޮކުލެޓު ފަދަ އަގު ބޮޑު އެއްޗެހި ލިބެނީ ވަރަށް މަދުންނެވެ. އަހަރެން އެ މީހާ އަށް ކިޔަނީ ބައްޕަ އެވެ. ” މާމާ .. އެއީ ބައްޕަ ލާޔާ އަށް ދިން އެއްޗެއް … އެހެންނޫނަސް ޔާހީ އަށް މާ ބައިވަރު އެއްޗެހި ލިބޭނެ … ” އަހަރެން މިހެން ބުނެ ނިމުނު އިރުު ޔާހީ ދެ ބުމަ ގޮށްޖަހައިގެން ހުއްޓެވެ. ” ލަދެއް ނުގަނޭތަ ޔާހީީ ކިޔާކަށް … ދޮންތަ ކިޔައިގެން ވާހަކަ ދައްކަބަލަ … އެހެންނޫނަސް ކަލޭ ކަހަލަ މީހުން ނުޖެހޭނެ ޗޮކުލެޓު ކާކަށް … ” މާމަގެ ހޫނު ހަމަލާއެއް އަހަރެންގެ ކަންކަށި މައްޗަށްް އެރިއެވެ. ވަގުތުން އަހަންނަށްް ރޮވުނެވެ. ޔާހީ އަހަންނަށް ވުރެ ބޮޑުވާނީ އެންމެ މަހެކެވެ. ޔާހީ ވެސް އަހަންނާ މުޚާތަބު ކުރަނީ އަހަރެންގެ ނަމުންނެވެ.      ” ކީއްވެ ވަކި އަޅުގަނޑަށް ޗޮކުލެޓު ނުކެވޭންވީ؟ … އަޅުގަނޑު ވެސް ބޭނުންވާނެ މީރު ކާ އެއްޗެހި ކާން … އަޅުގަނޑުގެ ކުށަކީ ކޮބާ؟ ” އަހަރެން ރޮމުން ރޮމުން ބުނީމެވެ. ” ކަލޭގެ އޮތީީ އެންމެ ކުށެއް  … އެއީ މި ދުނިޔެއަށް އައުން … ދެން ތި އެކުޓު ނުޖައްސަ ދޭ އެ ޗޮކުލެޓު ބަލާ …” މާމަ އަހަރެން ގައިގަ ޖަހަން ހިއްލާާލި އަތުގަ އަހަރެންގެެ މަންމަ ހިފިއެވެ. އެއިރު ވެސް އަހަންނަށް ގިސްލް ގިސްލާފަ ރޮވެއެވެ. އަހަރެން ބޭނުންވަނީ އަމިއްލަ އަށް މަރުވާށެވެ. މާމަ އަށް އަހަރެންގެ ފަރާތުން އުނދަގުލެއް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ދުވަމުން ދުވަމުން ކޮޓަރިއަށް ގޮސް ތަަޅުުލީީމެެވެ. ބެޑުޝީޓުު ނެގުމަށްފަހު ފަންކާގަ އެއްސީމެވެ. ގޮނޑިއެެއްް ބެހެއްޓުމަށްފަހު ގޮނޑިއަަށް އަރާފަ ބެޑުޝީޓު ގަނޑުގަ ޖެހި މަޅިއަށް ބޯ ކޮށްޕާލީމެވެ. އެއާއެކު ގޮނޑި ވެއްޓުނެވެ. ކުއްލިއަކަށް އިވެން ފެށީ މަންމަ ދޮރުގަ ތަޅާ އަޑެވެ. އަހަރެން އެއިރު މަރާ ހަނގުރާމަ ކުރަނީ އެެވެ. އަހަރެންގެ ފަޔާ އަތް ދިޔައީ ނުހަނު ބާރަށް ތެޅެމުންނެވެ. މަންމަ ދޮރު ވައްޓާލިއެވެ. ދެން އެއަށްފަހު ވީގޮތެއް އަހަންނަކަށް ނޭނގެއެވެ.

 

އަހަންނަށް ހޭލެވުނުއިރު އޮތީ ސިއްޙީ މަރުކަޒުގަ އެވެ. އަހަރެން ގާތުގައި މަންމަ އިސްދަށަށް ޖަހައިގެން ރޮވިފަ އިނެވެ.” މަންމާ” އަހަރެން މަންމަ ބޮލުގަ ފިރުމާލީމެވެ. މަންމަ އަހަރެން ގައިގަ ބާރަކަށް ބައްދާލާފަ ގިސްލަ ގިސްލާފަ ރޯން ފެށިއެވެ. އަހަންނަށް ވެސް ރޮވުނެވެ.        ” ދަރިފުޅާ … އެެކަހަަލަ ކަމެއް ދެން ނުކުރައްޗޭ … ކުފުރު މަރަކުން މަރުވާން ދަރިފުޅު ދެން ހިތަށް ވެސް ނާރުވާތި … ހެޔޮ ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް … ކެތްކުރަން ވާނެ … އެ މީހަކުގެ ކަމެއް އެ މީހަކަށް … މަންމަ ހާދަ ބިރެއް ގަތޭ … ” މަންމަ އަހަރެން މޫނުގަ ހިފަހަށްޓައިގެން ހުރެ ކިޔެވެ. ” އަޅުގަނޑު ދެން އެކަހަލަ ކަމެއް ނުކުރާނަން … ” ކޯތާފަތް މަތީ ފިރުކެމުން ދިޔަ ކަރުނަތައް ފޮހެލަމުން ވަރުގަަދަ ޢަޒުމަކާ އެކީ އަހަރެން ބުނީމެވެ.

 

އެ ރޭ އަހަރެން ގެއަށް ދޫކޮށްލިއެވެ. އެއިރު ވެސް ޔާހީ އަހަރުމެން ގޭގަ އުޅެއެވެ. ޔާހީ އަށް އަހަރެން ފެނުމާއެކު ނުލަފާ ގޮތަކަށް ހީލިއެވެ. އަހަރެން އިސަދަށަަށްޖަހައިގެން ހުރެ ގޭތެރެއަށް ދިޔައީމެވެ. އެއިރު މާމަ ޓީވީ އަޅުވައިގެން ‘ ކަސޯޓީ ‘ ބަލަން އިނެވެ. ” ކަލޭ ދޮން ބައްޕަ އަކަށް ވެސް ނުކެރޭ ރަނގަޅު ޓީވީ ގަނޑެއް މިތަނަށް ގެންނާކަށް … އިރު އިރު ކޮޅާ ގާ ވާވަރުން ޑުރާމާއެއް ވެސް ބަލާލެވޭ ވަރެއް ނޫން … ” މާމަ ޓީވީގަ ތަޅަމުން އަހަންނާ ދިމާއަށް ކިޔަންފެށިއެވެ. ” މާމާ … ޝުކުރު ކޮށްބަލަ ތި ޓީވީ ވެސް ހުރިކަން … ” އަހަރެން މާމަ އަށް ވިސްނޭނެ ކަމަށް އެހެން ބުނީމެވެ. ” ހޫނ … ދޭބަލަ ޔާހީ ގާތު ބުނަން އާދެބަލާށޭ ” އަހަރެން ހުރީ ދާހިތް ނެތިފައެވެ. ނަމަވެސް އަހަރެން ޔާހީ ގާތަށް ދިޔައިމެވެ. ޔާހީ ގާތު އަހަރެން އެހެން ބުނުމުން އަހަރެން ކޮށްޕާލުމަށްފަހު އޭނަ މާމަ ގާތަށް ދިޔައެވެ. އަހަރެން ވެސް އޭނަ ފަހަތުން ދިޔައިމެވެ. ” ދަރިފުޅާ ޔާހީ …. މިރޭ މި ގޭގަ ނިދަން ވީނު؟ ” މާމަ އެހެން ބުނުމުން ޔާހީ އޭނަގެ އަނގައަށްް ފާޑެއްގެ ގޮތެއް ހަދާލިއެވެ.    ” މަށަކަށް ނޯވެވޭނެ މި ގެއަކު … ވައިފައި އެއް ހިސާބު ވެސް ނުހުރޭ … މި ގެ ފެނުނަސް ފަކުރު ގަނޭ … ” ޔާހީީ ހަށަންބަނދެލަމުން ބުނެލިއެވެ. މާމަގެ ލޮލަަށް ޖަމާވި ކަރުނަތަައްް އަހަންނަށް ވަރަށް ސާފުކޮށް ފެނުނެވެ. އެ ގަޑީގަ ކުޑަބެ ޔާހީ ބަލާ އައެވެ. ކުޑަބެ އާ ޔާހީ ދިޔުމުން މާމަ އަޑުން އަޑު ނަގައި ރޯން ފެށިއެވެ. އަހަރެން މާމަ ގައިގަ ބައްދާލީމެވެ. މާމަ ވެސް އަހަރެން ގައިގަ ވަރަށް ބާރަށް ބައްދާލިއެވެ. ” ޔާހީ ތަ އެހެން އެ ބުނީ؟ … ” މާމަ އަށް ގާބުލު ނުކުރެވިގެން އެހިއެވެ. ” އާނ މާމާ … މާމަ އަށް މިހާރު އިހްސާސް ވޭ ދޯޯ ލޯބިވާ މީހަކު އެ ގޮތަށް ހަޑިކޮށް އެއްޗެއް ބުނުުުމުުން ހިތަށް ކުރާ އަސަރު … އަހަރެން މާމަ ދެކެ ނުލާހިކު ލޯބި ވޭ … ދުވަހަކު ވެސް މާމަގެ ހިތުގާ ޖައްސާފައެއް ނޯންނާނެ … ” އަހަރެން މާމަގެ ބުރަކަށީގަ ފިރުމަން ފެށީމެވެ. މާމަ ހިލާފަ އަހަރެން ގައިގަ ވަރަށް ބާރަށް އޮޅުލައިގަތެވެ. އަދި މަޢާފަށް އެދުނެވެ. އަހަރެން ވަރަށް އުފަލުން މާމަ އަށް މަޢާފް ކޮށްދިނީމެވެ. މާދަމާ އިސްކޫލަށް ދާން އަވަހަށް ހޭލަން ޖެހޭނެތީ އަހަރެން ދިޔައީ ނިދާށެވެ.

 

މަންމަ ގޮވާ އަޑަށް އަހަންނަށް ހޭލެވުނެވެ. އަހަރެން އަވަސް އަވަހަށް އިސްކޫލަށް ދާން ތައްޔާރު ވީމެވެ. މިއަދު އަހަންނާ އެކު އިސްކޫލަށް މާމަ ވެސް ދިޔައެވެެ. އަހަރެން ވަރަށް އުފާވިއެވެ. ސަލާމް ގޮވުމަށްފަހު އަހަރެން ކުލާހަށް ވަނީމެވެ. އެއިރު ހަޔާ އަދި ލޫރާާ އަހަރެން ގާތު އަންނާށޭ ބުންޏެވެ. އަހަރެން އަވަސް އަވަހަށް ގޮސް އެ ދެ ކުދިން ގާތި އިށީނީމެވެ. އަހަރުމެން އެކި ވާހަކަތައް ހިއްސާ ކޮށް ކޮށްފަ ވަރަށް މަޖާ ކުރީމެވެ. އަހަރެން ގެއަށް ދިޔައީ ވަރަށް ވަރަށް އުފަލުން ހުރެއެވެ. އަހަރެން ގެއަށް ދިޔައިރު އިވުނީ ދުވަހަކު ވެސް އިވެން ބޭނުންނުވާ ވާހަކައެކެވެ. އަހަރެންގެ ލޯބިވާ މާމަ މި ދުނިޔެ ދޫކޮށް ދިޔައީއެވެެ. އަހަރެން ވަރަށް ހިއްވަރު ކޮށްގެން ހުރެ މާމަ ގާތަށް ދިޔައީމެވެ. އަހަރެން ބެލީ ނުރޮއެ ވޭތޯއެވެ. އަހަރެން ރޮއެގެން މާމަ އަށް އުނދަގޫ ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. މެންދުރު ނަމާދަށްފަހު މާމަ ވަޅުލެވުނެވެ. އަހަރެން ހިފައްޓައިގެން ހުރި ކަރުނަތައް ބަންޑުން ވެއްޖެއެވެ. އަހަރެން މުޅި ދުވަސް ހޭދަ ކުރީ ރުއިމުގައެވެ. އޭގެ އަނެއް ދުވަހު އިސްކޫލަކަށް ވެސް އަހަރެން ނުދަމެވެ. މަންމަ ވެސް މިހާރަކަށް އައިސް ހުންނަނީީ ގަބު ވެފައެވެ. މަންމަ ހަމައަކަށް އެޅެން ދެ ތިން ދުވަހެއް ވިއެވެ. އޭގެ ފަހުން އަހަރެން އިސްކޫލަށް ދާން ފެށީމެވެ.

 

އަހަރެން ދަބަހަށް ފޮތް އެޅުމަށްފަހު އިސްކޫލަށް ދިޔައިމެވެ. އަހަރެން ކުލާހަށް ވަނުމާ އެކީީ ހަޑިގިއްލާ އޭ ކިޔަަފަ އަހަންނާ ދިމާއަށް ކަރުދާސް ބޯޅަ ތަކެއް އުކަން ފެށިއެވެ. އެއިރު ޓީޗަރެއް ކުލާހަކު ނެތެވެ. އަހަރެން ރޮމުން ރޮމުން ގޮސް އެކަހެރި ކޮށް ބަހައްޓާފަ ހުރި ޑެސްކެއް ކައިރި އިށީނީމެވެ. މިއަދު އަހަންނާ އެކު ލޫރާ އެއް ހަޔާ އެއް ނެތެވެ. ” ޔާހީ އަހަރެން ގާތު ބުނި ލާޔާ މަންމަ ދަތެއް ވެސް ނޫނގުޅާނޭ … ” ޒަޔާ ހަޔާ ގާތު އެހެން ބުނި އަޑު އަހަންނަށް އިވުނެވެ. އަހަރެންގެ މަންމަ އަބަދު ވެސް ދަތް އުނގުޅައެވެ. ނަމަވެސް މަންމަގެ ގިނަ ދަތްތައް ހުންނަނީ މަންމަ އަށް ކެވުނު ބޭހެއްގެ ސަބަބުން ފަނި ކައިފައެވެ. ” ބުނަންތަ ވާހަކައެއް … އަހަރެން ވެސް މީ އިންސާނެއް … އަހަރެން ވެސް ދެރަވޭ ހިތުގައި ޖެހޭ …. އަހަރެން ފަޤީރު … ލާ ޔުނީފޯމު ގަނޑު ކުރު ، ބާ …. އަހަރެން ޝުކުރު ވެރިވާން މި ވެސް އަހަންނަށް ލިބުނީމަ …. ތި މީހުން  ދައްކާހާ ވާހަކައެއް ދައްކަން ދެން އަހަންނަކަށް މަޑަކުން ނުހުރެވޭނެ… ޔާހީ ބުނާހާ އެއްޗެއް ތި މީހުން ޤަބޫލު ކުރީމަ ހަމަ ރަނގަޅަށް ވެސް ހައިރާން ވެއްޖެ … ހަޤީޤަތް ނުބަލާ ވާހަކަ ދެއްކުމަކީ ވަރަށް ބޮޑު ފާފައެއް … އަވަހަށް މާތް ﷲގެ ޙަޟްރަތަށް ތަޢުބާވޭޭ … ” އަހަންނަށް ގިސްލާފަ ރޯން ފެށުނެވެ. ކުލާހުގަ ތިބި ހުރިހައި ކުދިން އައިސް އަހަންނަށް ހިތްވަރު ލައިދޭޭޭޭޭޭޭޭޭޭޭންފެށިއެވެ. އަދި މަޢާފަށް އެދުނެވެ. އަހަރެން ހެޔޮހިތުން މަޢާފް ކޮށްދިނީމެވެ. އޭގެ ފަހުންް އެއްވެސް ކުއްޖެއް އަހަރެން ބާކީ އެއްް ނުކުރެއެވެ.

 

ނިމުނީ~

Share Article

Follow Me Written By

Quiiin🌹

Level 2100 Login100 Comments10 Stories

Other Articles

Previous

salanghae

Next

އަސްލާން 12

Next
April 21, 2020

އަސްލާން 12

Previews
April 21, 2020

salanghae

11 Comments!

  1. afffraushyyy says:
    April 21, 2020 at 10:43 pm

    nice?

  2. Hamoo✍ says:
    April 21, 2020 at 11:29 pm

    Nice❤❤

  3. Kairaa says:
    April 22, 2020 at 9:19 am

    Varah varah reethi mi story…..

    1. Quiiin? says:
      April 22, 2020 at 11:12 am

      Hey kaiii … thanku so much kaii … vrh ufaavehje mi stry kamudhiya e ma …
      ?❤

  4. Dhonthy says:
    April 22, 2020 at 11:20 am

    ވަރަށް ރީތި އިނގޭ ކުއީން. މިހާރު ނަފްރަތުން އުފެދުނު ލޯބި އެ ވާހަކަ ނިމުނީތަ؟ އެވާހަކަ އެއީ ދޮންތިއަށް ވަރަށް ރީތި ވާހަކައެއް. އެވާހަކަ އަޕްލޯޑް ވާނެ ދުވަހަކަށް އިންތިޒާރު ކޮށްލާ ކޮށްލާ މިހުންނަނީ.. ހެހެ.. އުންމީދުކުރަން ކުއީންގެ އެހެން ކުުރުވާހަކައެއްވެސް ކިޔާލަން ލިބޭނެކަމަށް. ލަވް ޔޫ ކުއީން ???❤️❤️?❤️?❤️

    1. Quiiin? says:
      April 22, 2020 at 3:04 pm

      ހެލޯ ދޮންތީ …
      ނޫން އަދި މިއުޅެނީ ނަފްރަތުން އުފެދުނު ލޯބި އެ ވާހަކަ ސަބްމިޓް ނުކުރެވިގެން .. ވަރަށް އުފާ ވެއްޖެ މި ވާހަކަ ކަމުދިޔައީމަ …
      ލަވް ޔޫ މޯ ދޮންތީ
      ?❤???

  5. yanal says:
    April 30, 2020 at 11:31 am

    vrh reethi mi vhk ves

    1. yanal says:
      April 30, 2020 at 2:59 pm

      konirakuntha “nafrathun ufedhunu loabi” ge next part up kurany

    2. Quiiin? says:
      May 1, 2020 at 1:30 pm

      ❤..glad u liked it

  6. Quiiin? says:
    May 1, 2020 at 1:33 pm

    ??..I’ve submitted the next part
    ?Jazakallah khairan yanal

  7. Baby girl ? says:
    June 15, 2020 at 4:38 pm

    Quiiin mihaaru nafrathun ufedhunu loabi up nukurantha… I really love that story.. And this story is also super awesome ??

Comments are closed.


All Right Reserved!