
ޔަޤީނެވެ. އެވާނީ އަހަރެންގެ މަންމަ އަށެވެ. ދޮރު ހުޅުވަން ދާން އުޅުނީ ސަމިއްތަ އެވެ. އޭގެ ކުރިން ބައްޕަ ގޮސް ދޮރު ހުޅުވާލިއެވެ.
***
އާނއެކެވެ. އެއީ އަހަރެންގެ މަންމަ އެވެ. މަންމަ އަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ދޮން އަލި ހަންގަނޑެވެ. ބޯއެސްފިޔަ ތަކުގެ ދަށުގައި ހިޔާވެފައި އިން މަންމަގެ ރީތިކަން އިތުރުކޮށްދޭ އަޅި ކުލައިގެ ކަޅި އެވެ #. އެއީ އަހަރެންގެ ވެސް އެއްމެ އަޅައިގަންނަ އެއްކަމެވެ. އަހަރެންގެ އަޅިކުލައިގެ ކަޅިއެވެ. މަންމަ އަކީ ދެފުއްޖެހޭ ވަރަށް ހިމަކޮށް ނޫނަސް ހިކި މީހެކެވެ. ނަމަވެސް މިހާރު ކޮޑަކޮށް ފަލަވެލާފައި ހުރިހެން ހީވެއެވެ. މަންމަ މިހާރުދާނީ ތިރީހުގެ އަހަރުތައް ގިނަމުން ކަން އަހަރެންނަށް ޔަޤީނެވެ. ނަމަވެސް ބަލާލާ މީހަކު ބުނާނީ މަންމަ އެއީ ވިހި އަހަރުގެ މީހެއްކަމަށެވެ. ބާރަ އަހަރުގެ ކުއްޖެއްގެ މަންމަ އެކޭ މީހަކު ނުބުނާނެއެވެ.
“އާކިފް” މަންމަ ބައްޕަ އަށް ގޮވާލީ ވަރަށް މަޑުން ނަމަވެސް މަންމަގެ ދެތުންފަތް ހަރަކާތް ކޮށްލިގޮތުން އެގޮވާލީ ބައްޕަ އަށް ކަން އިނގެއެވެ. “މާޝާ.. ވަދޭ އެތެރެއަށް..” މަންމަ ގެއަށް ވަދެފައި ފުރތަމަވެސް ގޭގެ އެތެރެއައް ނަޒަރު ހިންގާލިއެވެ. މަންމަ ވަނީމައި ސަމިއްތަގެ އަނގަ ހުޅުވިފައި ހުރިގޮތުން މަންމަގެ ގުދުރަތުން ދެއްވާފައިވާ ރީތިކަމަށް ސަމިއްތަވެސް ތަޢުރީފް ކުރިކަން އަހަރެންނަށް އިނގުނެވެ.
މަންމަ އައި ގޮތައް އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. ކިތަންމެ ދުރުގައި ހުއްޓަސް މައިވަންތަ ކަމުގެ ކުލުނާއި ލޯތްބައް ކުޑަވެސް އުނިކަމެއް ނާދެއެވެ. އެކަމުގެ ހެއްކަކީ މަންމަ އައިސް އަހަރެންގެ ހަށިގަނޑުގައި ބައްދާލައިފައި އަހަރެންގެ މޫނުގައި އެތައް ފަހަރަކު ބޮސް ދިނުމުންނެވެ. އޭރު މަންމަގެ ދެލޮލުން ކަރުނަ އާދެއެވެ. ނޫނެކެވެ. މަންމަ އުފަލުން ރޮނީއެވެ. އެހެންވީއިރު އަހަރެން ބަހައްޓާފައި، ސިންގާ ކޮއްޓަކަށް އެއްލާލައިފައި މަންމަ ދިޔައީ ކީއްވެ ހެއްޔެވެ؟ އަހަރެންދެކެ އެހާ ލޯބިވާއިރު އަހަރެން ނުލާ ދިޔައީ ކީއްވެހެއްޔެވެ؟ އެހުރިހާ ސުވާލުތަކެއް ކުރާނެހާ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. އެއަށް ވުރެ އަހަރެން އިނީ އުފާވެފައެވެ. އަހަރެންނަށް ހީވީ ހުރިހާ އުފަލެއް ޖަމާ ވެފައި ހުރީ އަހަރެންގެ އުނގައްކަމަށެވެ. އަހަރެމެން ދެމައިންނަށް ބަލަން އިންނަ ހިތްތިރި މީހެއްނަމަ ރޮވޭނެކަން ގައިމެވެ.
މެންދުރު އަނބުރާ އެކެއް ޖެހިއިރު އަހަރެމެން އެންމެން ތިބީ މެންދުރުގެ ކެއުމަށް އިންސާފު ކުރުމަށްފަހު އައިސް ލާންޗު ދޮށުގައެވެ. ލާންޗު ދުއްވަން އިން މީހާ އަންނާށޭ ބުނުމުން ބައްޕަ އަހަރެންނާ އެއްވަރަށް ތިރިވެފައި އަހަރެންގެ ގައިގައި ބައްދާލައިފައި ވަރަށް މިސް ވާނޭ ބުނެލިއެވެ. އަހަރެންވެސް ނައްޕަ މަތިން ވަރަށް ހަނދާން ވާނޭކަމަށް ބުނެލީމެވެ. ބައްޕަ ސީދާ ވެފައި މަންމަ އަށް ވަރަށް ފުންކޮށް ބަލާލިކަން އަހަރެންނަށް އިނގުނެވެ. މަންމަގެ ނަޒަރުވެސް ހުރީ ބައްޕަ އަށްކަން އަހަރެންނަށް އިނގެއެވެ. ވަށްކަޅިން އަހަރެން ފަހަތުގައި އިން ސަމިއްތައަށް ބަލާލީމެވެ. އޭރު ސަމިއްތަ އިނީ މޫނު ކުނިކޮށްލައިގެން ދެލޯ ހަނި ކޮށްލައިގެންނެވެ. އަނގަޔައް ހަދައިގެން އިން ގޮތުން ހީވަނީ ހިތި އެއްޗެއް ކެވިގެން އުޅޭހެންނެވެ. ސަމިއްތައަށް ވެފައި އިން ގޮތް ފެނުމުން އަހަރެންގެ މޫނުމައްޗައް ސިއްރުވެރި ހިނިތުން ވުމެއް ވެރިވިއެވެ.
ދިޔުމުގެ ކުރިން އެއްފަހަރު ބައްޕަ އަހަރެންނަށް ބަލާލައިފައި އަތުގެ އިޝާރާތުން ލާންޗު ދައްކާލިއެވެ. އަހަރެން ލާންޗައް އެރުމަށްފަހު ބައްޕަ އަށް ބަލަން އިނީމެވެ. ކައިރީގައި އަހަރެންގެ އެއްއަތުގައި ހިފަހައްޓާލައިގެން އަހަރެންގެ މަންމަ އިނެވެ. ލާންޗު ނައްޓާލުމުން އަހަރެން ބައްޕަ އަށް ހަނާ އަޅާލީމެވެ. ބައްޕަވެސް ހިނިތުން ވުމަކާ އެކީ އަހަރެންނަށް ހަނާ އަޅާލިއެވެ. ދެބަފައިން ދެމެދު އޮތް ވަރުގަދަ ލޯބި ފެނިފައި މަންމަގެ މޫނުމައްޗައް ހިނުތުން ވުމެއް ވެރިވިއެވެ. ރަށުގެ ނެރުން ނެރުމުން އަހަރެން މަންމަގެ ކޮނޑުގައި ބޯއަޅާލީމެވެ. މަންމަވެސް އަހަރެންގެ ބޮލުގައި ފިރުމާލަ ފިރުމާލާ އިނެވެ.
ގަޑިއިރެއްހާ ދިގު ދަތުރަކަށްފަހު އަހަރެންނަށް ފެހިކަންގަދަ ރީތި ރަށެއްގެ މަލަމަތި ފެންނަން ފެށިއެވެ. ކައިރިވި ވަރަކަށް ގެތަކާއި ގަސްތަކުގެ ތެރެއިން ބޯދިއްކޮށްގެން ތިބި ދަނޑިތައް ފެންނަން ފެށިއެވެ. އެއީ އަހަރެން ދާން އުޅޭ މަންޒިލެވެ. ރަށުގެ މަލަމަތި ފެހިކުލައި ފެނުނަސް ކައިރިވާވަރަކަށް ތަރައްޤީގެ ކުލަވަރު ފެންނަމުން ދިޔައެވެ. ލާންޗު ބަނދަރާ ކައިރި ކުރުމުން އަހަރެން ފޭބީ މަންމަ އާއި އެއްކޮށްވެ. އޭރު އަހަރެމެން ފޭބި ދިމާއަށް ކަޅު ކުލައިގެ ކާރެއް މަޑުކޮށްލައިގެން އޮތެވެ. އަހަރެން އެރަށަށް ނަޒަރު ހިންގާލީމެވެ. މަގުތަކުގައި ތާރު ނާޅާ ހުރި އިރު އިރުގެ އަލިން ވެލިގަނޑު ވިދަމުން ދިޔައީ ޖަވަހިރު ތަކެއް ފަދައިންނެވެ.
ބަނދަރުގައި ފުދޭވަރަކށް ބޮޑެތި ހިޔާދޭ ގަސްތައް ހުރިއިރު އޭގެ ދަށުގައި އެންމެ ފަތެއްވެސް އޮތްތަން އަހަރެންނަކަށް ނުފެނުނެވެ. ސާފު ތާހިރު ކަމަށް ލޯބިކުރާ ބައެއްގެ ރަށެއްކަން ސާބިތު ކޮށްދެވޭހާ ވެއެވެ. އެރަށުގެ ކޮންމެ ގެއެއް ކަހަލަ ގޮތަކަށް އަހަރެންނަށް ފެނުނީ ދެބުރިއަށް ނުވަތަ ތިން ބުރިއަށް ހިތްލާލާފައިވާ ތަނެވެ. ކޮންމެ ގެއެއްވެސް ހީވަނީ ޝާހީ ގަނޑުވަރެއް ހެންނެވެ. ބައެއް ގޭގޭ ގައި ގޭޓުލައި ރީތި ކޮށްލާފައި ވެއެވެ. އެކި ޑިޒައިން ތަކުން އެކިގޭގެ ބޭރު މަލަމަތި ޒީނަތްތެރި ކުރެވިފައި ވާއިރު ކޮންމެ ގެއެއް އެހާ ތަފާތެވެ. އެރަށުގެ އެންމެ އަޅައި ގަންނަ ކަމަކަށް އެކަން ވިއެވެ.
ކާރައް އަރައި ހަމަޖެހިލުމުން ދުއްވާ ސީޓުގައި އިން މީހާ ނައްޓާލިއެވެ. ދެތިން މިނިޓުގެ ކުރު ދަތުރަކަށްފަހު ކާރު މަޑުކޮށްލީ ބޮޑު ގޭޓެެއްގެ ކުރިމައްޗަށެވެ. ގޭޓުގެ ތެރެއިންލާފައި ދުއްވަން އިން ވަކި ތަންކޮޅަކުން ލާފައި ކާރު މަޑުކޮށްލީ ބޮޑުގެއެއްގެ ކުރިމައްޗަށެވެ. ގޯތިތެރެ އެހާ ބޮޑު ނޫނަސް ހިތް ފަސޭހަ މާޙައުލެއް އޮވެއެވެ. ތިން ބުރިއަށް ހިތްލާލާފައި ހުރި އެގެ ފެނުމުން ތަލިން ކުޅުހިކޭ ވަރުވިއެވެ. އެކިވައްތަރުގެ ފެހިކުލަ ބޭނުން ކޮށްފައި ހުރުމުން ޝާހީ ކަމަށް ދައްކައެވެ. މާގިނަ ތަންތަނަށް ދެވިފައި ނުވުމުން އަހަރެންނަށް އެތަން ޞިފަކުރެވުނީ ޝާހީ ގަނޑޫވަރެއްގެ ސިފައިގައެވެ.
ގެއަށް ވަންނަން އިން ކުރު ސިޑި ކަޑައްތު ކުރުމަށްފަހު އެރުނީ ބޮޑު ދޮރެއްގެ ކުރިމައްޗަށެވެ. އެދޮރުމަތީގައި ހުއްޓިލައިގެން އަންހެނަކު ހުއްޓެވެ. އެކުއްޖާ ރާއްޖޭ މީހަކާ ވައްތަރެއް ނޫނެވެ. އޭނާ ލައިގެން ހުރީ މުށިކުލައިގެ އަތްކުރު ކުރުތާ ފާޑަކަށް ހުރި ހެދުމެކެެވެ. އުނަގަނޑާ ހިސާބުން ވަނީ ހުދުފޮތިކޮޅެއް އައްސާ ލެވިފައެވެ. އިސްތަށިގަނޑު ގަތާލާފައި އޮތްގޮތުން ވައްތަރީ ގޭގެ ނޯކަރަކާއެވެ. އެޚިޔާލައް އިތުރު ބާރެއް ލިބުނީ އަހަރެމެން ދޮރާހަމަވުމުން ދޮރު ހުޅުވާލަ ދިނީމައެވެ. އެތެރެއައް ވަނުމުން އަހަރެންގެ ލޮލުގައި އަޅައިގަތީ ލޯތަރަތަރަ ޖަހައިގެންދާފަދަ ރީތި ޗާންދަލިޔާ އެވެ. އޭގެ ބައެއް ބޮލިތައް ވަނީ ދިއްލާލައިފައެވެ. ދެން ނަޒަރު ހުއްޓުނީ މެދައް ހަނިކޮށް، ތިރި އާއި މައްޗައް ފުޅާކޮށް ހުރި ބޮޑު ސިޑިއެވެ. ސިޑީގެ ދެފަރާތުން ވަނީ ރަން ޕްލެޓް ޗެންޗޭނެއް ހަރުކުރެވިފައެވެ.
މަހުމާ ފޮތީގެ ރީތި ސޯފާ ތަކުގެ މެދުގައި ބިއްލޫރި މޭޒެއް އިނެވެ. ސޯފާ ތަކުގެ ދިމާލައް އޮނަފަންސާސް (49) އިންޗީގެ ޓީވީއެއް ހުރުކުރެވިފައި ހުއްޓެވެ. އެގެ އަހަރެންނަށް ވީ ރީތިކަމުން ދުނިޔޭގެ ހަތް އަޖައިބު ތެރެއިން އެއްއަޖައިބަށެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ސާފުތާހިރުކަމެވެ. ތަރުތީބުކަމެވެ. އަހަރެންނަށް ސިހުން ގެނެވުނީ މަންމީ އޭ ކިޔަމުން ދުވެފައި އައި ފިރިހެން ކުއްޖާ މަންމަގެ ފައިގައި ބައްދާލުމުންނެވެ.
އަހަރެންލަފާކުރާ ގޮތުގައި އޭނައަށް ވާނީ އަދި ދެއަހަރެވެ. އެވަގުތު ސިޑިން ފައިބައިގެން އައި ދެބައި އުމުރު އަންހެނަކު ވާހަކަ ދެއްކިއެވެ. “މާޝާ ދިޔައީމައި އާއިޝް އަބަދުކިޔަނީ މަންމި އަންނަނީ ކޮންއިރަކުންހޭ… މަންދުރުވެސް ކެއީ ވަރަށް ކުޑަކޮށް..” އަހަރެން ހުރީ ވާނުވާ ފޮއްޓެއްގައި ބަންދުވެފައެވެ. އަހަރެން ހުރީ މަންމަ އަށް ބަލަހައްޓައިގެން ކަމުން މަންމަ އަހަރެންނަށް ނަޒަރެއް ދިންކަން އިނގުނެވެ.
އާއިޝް އެއީ އަހަރެންގެ އެއްބަނޑު ކޮއްކޮ ހެއްޔެވެ؟ އެހެން ހިތައް އެރުމުން އަހަރެން އުފާވިއިރު ދެރަވެސް ވިއެވެ. އަހަރެން އުފާވީ އަހަރެންނަށް ކޮއްކޮއެއް ލިބުމުންނެވެ. ދެރަވީ ދެން އަހަރެންގެ މަންމަ އާއި ބައްޕަ ނުގުޅޭނެއެ ހީވުމުންނެވެ. އަހަރެން ގޮވައިންގެ މަންމަ ސޯފާ ތަކުގައި އިށީންދެލިއެވެ. އަދި އަހަރެންނަށް އޮޅުން ފިލުވައިދެން ފެށިއެވެ.
“ދަރިފުޅާ! އާއިޝް އަކީ ދަރިފުޅެކޭ އެއްފަދައިން ހަމަ މަންމަގެ ދަރިފުޅެއް.. ދެން.. އާއިޝްގެ ބައްޕަ އަކީ ހަމަ ދަރިފުޅުގެ ވެސް ބައްޕަ.. ބައްޕަ އަށް އިނގޭނެ.. އެކަމު ބައްޕައެއް ގަބޫލެއް ނުކުރާނެ.. ސަބަބަކީ އެއީ.. އެއީ.. ބައްޕަ އަށް ހީވެފައިވާ ކުށްހީއަކާ ގުޅިގެން..” މިހެން ކިޔާފައި މަންމަ އިސްޖަހާލިއެވެ. އެކުށްހީއަކީ ކޮބައިކަން އަހާފާނަމޭ ވެސް ހިތައް އެރިއެވެ #/ tienda. އަދި އިރުކޮޅަކުން އިސްނަގާފައި އަހަރެންނަށް ހިނިތުން ވުމެއް ދީފައި ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ދެންމީ މަންމަގެ މަންމަ… ދަރިފުޅުގެ މާމަ… ދެން ލާންޗު ދުއްވި މީހަކީ މަންމަގެ ކޮއްކޮ… ދަރިފުޅެގެ ދޮންބެ… ދެން ދަރިފުޅުގެ ކާފަ ވަރަށް ކުރިން ނިޔާވެއްޖެ..” މަންމަ ހިތާމަވެރި ކަމާއެކު މިހެން ބުނެލިއެވެ. ކުޑަކުޑަ އާއިޝް އަހަރެންނާއި ދިމާއަށް ބަލަން ފެށިއެވެ.
ދެން މަންމަ އެނބުރުނީ އާއިޝް އާއި ދިމާއަށެވެ. “އާޝް.. ދަރިފުޅައް އިނގޭތަ މީކާކުކަން؟…” ވަގުތުން އާޝް ބޯހޫރުވާލިއެވެ. “ނޫން.. އެކަމު.. މަންމި ގެންގުޅޭ.. އެދައްތަގެ ފޮޓޮއެއް…” އާއިޝް ވިސްނަން ހުރެފައި ކަހަލަ ގޮތަކަށް ޖަވާބު ދިނެވެ. “ދަރިފުޅާ.. އާޝް ބުނީމެއްނު؟ އާޝް ވަރަށް ބޭނުމޭ ދޮންތިއެއް… މީއަޝްގެ ދޮންތި..” މަންމަ އަހަރެންނަށް އިޝާރާތް ކޮށްފައި ބުނެލިއެވެ. އަހަރެންގެ ކުރިމައްޗައް އަރާފައި އަހާލި ވާހަކަ އަކުން އަހަރެންނަށް ބޯޖަހާލެވުނެވެ. “އަސްލުވެސް ތީ ކޮއްކިގެ ދޮންތީތަ؟” އާޝް ބުނެލުމުން އަހަރެންގެ ލޮލުން ކަރުނަވެސް ހިލުނެވެ. އާއިޝް އަހަރެންނާއި ދެވަނަ ސުވާލުކުރިއެވެ. “ދޮންތި އާޝް ދޫކޮށްފައެއް ނުދާނަން ދޯ؟” އާއިޝް ސުވާލުކުރާއިރު ހީވަނީ ތަހުޤީޤައް އަހަރެން ހާޒިރު ކޮށްގެން އުޅޭ ހެންނެވެ. މިފަހަރުވެސް އަހަރެން ބޯޖަހާލުމަކުން ފުއްދާލީމެވެ.
ވަގުތުން އާއިޝް އަހަރެންގެ ގައިގައި ބައްދައިލިއެވެ. އަހަރެންގެ ހިތް ލޯބިން ފުރުނެވެ saudemasculina.pt. އެހާ މަޢުސޫމް ލޯބި ފުރާނައެއް އަހަރެންގެ ކޮއްކޮއަކަށް ވީމައެވެ. އެކަހަލަ ލޯބި ކުއްޖެ އަހަރެންގެ އެއްބަނޑު އެއްބަފާ ކުއްޖަކަށް ވީމައި މާތް ﷲ އަށް ޝުކުރު ދެންނެވުނު އަދަދި އަހަރެންނަށްވެސް ގުނާ އަދަދު ނުކުރެވޭނެއެވެ.
އަހަރެމެން ދެބެންނަށް ބަލަން ހުރެފައި މަންމަގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ފޮހެލިތަން އަހަރެން ދުށީމެވެ. އަހަރެންނަށް ހުރެވުނީ އާއިޝްގެ މައުސޫމް ވާހަކަ ތަކަށް ގެއްލި ހުސްވެފައެވެ. އާއިޝް އާއެކު އުޅޭ މީހަކު ފޫއްސެއް ނުވެއެވެ. އެހާ އަނގަ ގަދައެވެ. ވާހަކައެއް ފައްޓައިފިއްޔާ ކިޔައިދެނީ އެހާ ތަފްސީލު ކޮށެވެ. އެހާ ރާގުލާފައެވެ. ބައެއް ބަސްބަސް ކިޔާއިރު ދޫޅަކަމުން އަހަރެންނަށް ހެވޭވަރުވެއެވެ. ހަރަކާތާއި އަޑައް ގެންނަ ބަދަލުން އަހަރެން ކެތް ނުހީ ކުރަންޖެހޭ ފަހަރުވެސް އާދެއެވެ zusätzliche hinweise. އާއިޝް ކިޔައިދޭ ވާހަކަ ތައް ހީވަނީ ލޮލުގެ ކުރިމަތިން ފެންނަހެންނެވެ.
“އާޝް.. ދޫނީ… ހިނގާ ދޯ ދޮންތިއަށް ދޮންތިގެ ރޫމް ދައްކާލަދޭން…” މަންމަ ދެއަހަރުގެ ތުއްތު އާއިޝް އުރާލަމުން ބުނެލިއެވެ. “ޔެޝް.. ޔެޝް..” އަތްތިލަ ބަޑި ތަޅާލަމުން ބުނެލިއެވެ. މާމަ ވެސް އަހަރެންނާއި އެތަކެއް ވާހަކައެއް ދެއްކިއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އަހަރެންނަކި އެމާމަގެ ފުރަތަމަ މާމަ ދަރިފުޅެވެ.
މަންމަ އާއިޝް އެއްއަތުން އުރާލަމުން އަނެއް އަތުން އަހަރެންގެ އަތުގައި ހިފާލަމުން އަހަރެންގެ ކޮޓަރިއަށް މިސްރާބު ޖެހީމެވެ. ސިޑިން އަރައިގެން ގޮސް އަހަރެމެން މަޑުކޮށްލީ ދެވަނަ ބުރީގައެވެ. އެސިޑި އާއި ތަންކޮޅެއް ދުރުގައި އެއަށް ވުރެ ތަންކޮޅެއް ކުޑަ އެހެންނަމަވެސް ބޮޑު ސިޑިއެއް ތިންވަނަ ބަޔައް އެރޭ ގޮތައް ހުއްޓެވެ.
ދެވަނަބައިގައި ހުރީ ހުސް ކޮޓަރިތަކެވެ. ސިޑިން އަރައިގެން ކަނާއަތުން ތިން ވަނައަށް ހުރި ކޮޓަރީގެ ދޮރު ކުރިމައްޗައް ހުއްޓުނެވެ. މަންމަ ބޮލާއި އަތުގެ އިޝާރާތުން އަހަރެންކައިރީ ހުޅުވުމަށް އެދުނެވެ. އޭރު އާއިޝް މަންމަގެ އުރުގައި ދަތްޕިލަ ރޮނޑައް ދީގެން ހެވިފައި ހުއްޓެވެ. ބޮލިގެ އިސްތަށިގަނޑު ނިތްމައްޗައް ވެއްޓިފައި އޮތީ ފަންކަމުންނެވެ. އާއިޝް އަށް ލިބިފައި އޮތި ބައްޕަގެ ފަން ވަރުގަދަ އިސްތަށި ގަނޑާއި މަންމަގެ ގަދަމުށި ކުލައިގެ އިސްތަށިގަނޑުގެ ކުލައެވެ.
އަހަރެން މަޑު މަޑުން ތަޅު އަނބުރާލުމަށްފަހު ދޮރު ކޮށްޕާލީ މަޑުންނެވެ #. ވަގުތުން ދޮރު ތަންމިނައް ހުޅުވިގެން ދިޔައެވެ. “ދަރިފުޅު ދެން އަރާމް ކޮށްލާ.. ޢަޞުރު ނަމާދު ކޮށްލައިގެން މަންމަ އަންނާނަން ބަލާ އިނގޭ…. އޭރައް ތައްޔާރު ވެގެން ހުންނައްޗޭ..” މަންމަ ދާންވެގެން އެނބުރެމުން އަހަރެންގެ ކޮލުގައި ހިފާލިއެވެ.
އާއިޝް ގޮވަގެން ދާން ހެދުމުން އޭނާ ފުއްކުނޑި ދައްކަން ފެށިއެވެ. އާއިޝް ބޭނުންވީ އަހަރެންގެ ކައިރީގައި މަޑުކުރާށެވެ.
_ނުނިމޭ
8 Comments!
Comments are closed.
nailed it girl… luv it ❤
thnx afffraushyyy..
miothy 6th episode…. unmydhu kuran kamudhaane kamah… feel free to comment your views… dhen oi bai on nxt saturday ga submit kohlaanan.. stay safe… #geygaithihbavaa
Varah Reethi ingyy…… Masha Allah……. curiously waiting for the next….. Luv yeahh……..stay home…. Be Safe………ttyl✌️✌️??❤️❤️
jazaakallah khairan meekkomee…
Vvvv reethi mi part vx… Curiously waiting for next part ngey… Next part miahvure dhigukoh genesdheveythoa balahchey?????
jazaakallah khairan lazy queen
vaahaka lasavaathy ekamah varah bodah maafah edhen.. adhi veehaavesq avahakah dhen in part genes dheynan.. again sry