“ދެން ދަނީ މިހާރު މާ ލަސްވެއްޖެ” އީކަން ފަހަތް ބެލުމެއްނެތި އަވަސް އަވަހައް ނިކުމެގެން ދިޔައެވެ. އީކަންގެ އަމަލު ހުރިގޮތުން ކޮންމެސް ނުބައެއް އުޅޭކަން ތާރާ އަށް ހީވިއެވެ. ތާރާ އަކީ ނޯޔާ ކަން އެނގިއްޖިއްޔާ އީކަން އޭނަޔާ ދުރަށްގޮސްފާނެތީ ބިރުގަތެވެ. ފުރަތަމަ ފަހަރަށް އީކަން އަކީ ތާރާގެ ބޭބެ އަށް ވީތީ ދެރަވިއެވެ…… މާޖިދު ހުރީ އެވާހަކަ ތާރާ ގާތުގައި ބުނާނެ ގޮތެއް ނޭނގިފައެވެ. ވަހީދަކީ ތާރަގެ ބައްޕަ އެއްނޫނޭ ތާރާގެ ބައްޕަ އަކީ މާޖިދޭ ބުނަން ފަސޭހަ ވާނީ ވަކި ކާކައްތޯ؟. ފޮނުން ގުޅައިގެން މި ވާހަކަ ތާރާ ގާތުގައި ބުނާކައް މާޖިދު ބޭނުމެއްނުވިއެވެ. ވިޔަފާރި ކަމެއްގައި ވަރަށް ބިޒީ ކޮށް އުޅެމުންދާތީ ތާރާ ގާތައް އަދި ނުދެވެނީއެވެ. ނަމަވެސް މާޖިދަށް ނޭނގޭކަމަކީ ހަގީގަތް ތާރާ އަށް ނޭނގުމުގެ ސަބަބުން ތާރާގެ މުޅި ދިރިއުޅުން ހަލާކު ވާން އުޅޭކަމެވެ. ހެނދުނު ހެނދުނާ އީކަން އަވަސް އަވަހަށް އޮފީހަށް ދިޔައީ ތާރާ އާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދާށެވެ. މައުލޫމާތު ލިބުނު ގޮތުގައި މާޖިދު އަދި އަލައް ވެސް ކައިވެޏެއް ނުކުރެއެވެ. އަދި އުފަން ދަރިއެއް ނުހުރެއެވެ. ހޮސްޕިޓަލު ތަކުގެ ރެކޯޑް ބަލަމުން ގޮސް އީކަންގެ ލޮލުގައި އަޅައިގަތީ ނޯޔާގެ ނަމެވެ. އެތަނައް ގުޅާ ވާހަކަ ދައްކާ އެންމެ ފަހުން ނޯޔާ ކިޔާ ޕޭޝަންޓްގެ ފޮޓޯ އެއް އެމީހުން އީކަން އަށް ފޮނުވިއެވެ. […]
“އެންމެ ފަހުން މަންމަ އާއި ބައްޕަ ވެގެން ނޯޔާ ގައިގައި އަލިފާނ ޖެއްސީ ފައިސާގެ ދަހިވެތި ކަމުގައި އަހަރެންގެ ލޯ ކުރިމަތީގައި އެ މައުސޫމު އަންހެން ކުއްޖާ އަދަމުން ދިޔައީ އެދުވަހު އަހަރެން ގެއިން ނިކުމެެން ދިޔައީ” އީކަން ތާރާގެ މޫނައް ބަލާލިއިރު ތާރާގެ ހާލަތު މާގޯހެވެ. ރޮއެ ރޮއެ އެދެލޯ ވަނީ ރަތްވެފައެވެ. “ދެރަގޮތްވީ ނޯޔާ އަށް ތާރާކީއްވެ ތި ރޮނީ” ތާރާ ލޮލުން ފޭބި ކަރުނައް ފޮހެލަމުން އީކަން ބުނެލިއެވެ. އެކައްޗެކޭވެސް ބުނުމެއްނެތި ތާރާ […]
ބޮޑު ގޮނޑީގައި އިށީންދެގެން އިން މާޖިދު ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އޭނަގެ އަތުގައި އޮތް ރިޕޯޓުން ދައްކާގޮތުގައި ތާރާ (ނޯޔާ) އަކީ މާޖިދުގެ ދަރިއެކެވެ. މާޖިދުގެ ލެއެވެ.. “ތާރާ އައި ލަވް ޔޫ” އީކަންގެ ދެން ބުނި ބަސްތައް ކަންފަތުގައި ޖެހުމުން ތާރާގެ ހިތް އުފަލުން ފޮޅުނެވެ. އެކަމަކު ތާރާގެ ހިތް އުފަލުން ރޯން ޖެހޭއިރު އުފަލުން ފޮޅުމަކީ މައްސަލައެކެވެ. އީކަން އަކީ ތާރާގެ ބޭބެ ކަމާއި ކަންތައް އެވަނީ މުޅިން ގޯސްކޮއް ކަން މިހާރު […]
“މިސްޓާރ މާޖިދު އަވަސްކުރޭ ތާރާގެ ހާލާތު ގޯސްވަމުން އެދަނީ ކުރިއަށް އޮތް 2 ގަޑީރު ތެރޭގައި އޭޕޮޒިޓިވް ލޭ ނުލުބިއްޖިއްޔާމު” ޑޮކްޓާރ މާޖިދުގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. “އޭޕޮޒިޓިވް؟؟ މާޖިދް ގައިގައި ވެސް ހުންނަނީ އޭޕޮޒިޓިވް ލެޔެވެ. ރޫމް ގެ ދޮރުކައިރީ އީކަން ހާސްވެފައި ހުއްޓެވެ. މާޖިދު ނިކުތުމުން އީކަން އަވަސް އަވަހައް ތާރާގެ ހާލު ކިހިނެއްތޯ އަހާލިއެވެ. “ޑޮކްޓާރ ބުނީ ކުރިއަށް އޮތް 2 ގަޑީއިރު ތެރޭގައި ލޭ ނުލިބިއްޖިއްޔާ ތާރާގެ ފުރާނަޔައް ނުރައްކަލޭ” “ބޭބޭ […]
ތާރާ ވީ ހުރިހާ ކަމެއް ވިޔާމް އަށް ކިޔާދިނެވެ. ވިޔާމް ގަދަކަމުން ހިނިތުންވެލިއެވެ. “އަސްލު މީގަ މައްސަލައަކީ ލޯތްބަކީ ކޯޗެއްކަން ނޭނގޭ ގަމާރަކަށް އަހަރެން ވީމަ އެހެންނޫންނަމަ ފުއްޓައްކަކުން އީކަން ސެޓު ކޮއްލާނަން ބްރޯ ޔޫ ނޯ ލަވް؟؟؟” ތާރާ ވިޔާމްގެ ކޮލުގައި ފައިން ޖަހާލަމުން ބުނެލިއެވެ. “ލޯތްބަކީ ބާރައް ހިތް ތެޅުން.. ބަނޑުގައި ކޮކާ އުފެދުން.. ގައިން ހީބިހި ނެގުން.. ނޭވާ އަވަސްވުން.. ހިތުގައި ރިއްސުން.. ސިކުނޑީގެ އެއްބައި މަސަތްކަތްކުރުން ހުއްޓާލުން.. ލޮލުން ކަރުނަ އައުން.. […]
“ނޯޔާ!!!!!!!!!!!!!!!!!!!!!!!!!!!!!!” އީކަން އަތް ހޭލެވުނު އިރު ދާހިތްލާ ފޯވެއްޖެއެވެ. މިއީ އަލަށް ދިމާވި ކަމެއްނޫނެވެ. ނޯޔާ މަރުވިންސުރެ މިކަހަލަ ކަންކަން އީކަން އަށް ދިމާވެއެވެ. އީކަން ގަބޫލު ކުރާ ގޮތުގައި ނޯޔާ އަށް އެހެން ދިމާވީ އީކަންގެ ވެސް ސަބަބުންނެވެ. ނޯޔާ ސަލާމަތްކުރުމައް އީކަން ހަމަ އެންމެ ފިޔަވަޅެއް އެދުވަހު އެޅިނަމަ .. ދެން މިވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ. ނަމަ ނަމަ އަކުން ރިހެއް ނުކެއްކޭނެއެވެ. އެހެން އޮވެ އީކަން އަށް އަނެއްކާވެސް ނިދުނެވެ. ނިދާހޭލެވުމުން ތާރާ […]
“ތާރާ؟؟ ތާރާ؟؟” އީކަން މަޑުމަޑުން ތާރާގެ ކޮލުގައި ޖަހާލަމުން ބުނެލިއެވެ. އާފުރެލަމުން ތާރާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. “ވިޔާމް އަހަރެން ދޫކޮއްލާ ވިޔާމް!! އަހަރެން ސަލާމަތްކުރޭ މަންމާ!!!!!!!!!!!!!!!!!!” ތާރާ އީކަންގެ ކަރުގައި ދެއަތް ވަށާލާފައި ލައްކެއް ޖެހި ގޮތުން އީކަންގެ ތުންފަތް ގޮސް ތާރާގެ ތުންފަތުގައި ޖެހުނެވެ. ތާރާ ދެލޯ ބޮޑުވިއެވެ. މިހެން ކަންތައް ވާނެ ކަމަކައް ތާރާ ހިޔެއްނުކުރެއެވެ. އީކަން އަވަހަށް ތެދުވިއެވެ. “އާޔޫ ކްރޭޒީ ހީ އިޒް ޔުރާ ބްރަދާރ ބްލަޑް ބްރަދާއޭ ހައު […]
“ތާރާ ހަނދާން ކުރައްޗޭ އަހަރެން ކައިރިއަކުން ކަލެއަކަށް ސަލާމަތެއް ނުވެވޭނެ އަދިވެސް އަންނާނެ ކަލޭ މަރާވެސް ލާނަން” މާގިނައިން ލޭ ފޭބުމުގެ ސަބަބުން ތާރާ ހޭނެތިގެން ވެއްޓުނެވެ. އީކަން އަވަސް އަވަހަށް ތާރާ ހޮސްޕިޓަލަށް ގެންދިޔައެވެ. ތާރާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. ކައިރީ ގޮނޑިއެއްގައި އިށީނދެގެން ހުރީ އީކަން އެއްނޫނެވެ. ޕޮލިސް ޔުނީފޯމް ލައިގެން ހުރި އަންހެނެކެވެ. “ކޮބާ ހޭ އެރީތަ؟؟ އެއްވެސް ތާކަށް ތަދުވޭތަ؟؟؟ ޑޮކްޓަރަށް ގޮވަން ވީ؟؟؟ ތާރާ ދޯ ކިޔަނީ ހައި އަހަރެންނަށް […]
“މިއޮތީ އެމީހުންގެ އިންފޯމޭޝަން” ތާރާ ސޯފައިގައި އިށީންދެފައި ފައިލު ހުޅުވާލިއެވެ. އެއްލި ކަޅިއަކުން ވިޔާމްގެ ލޮލުގައި އަޅާގަތީ ތާރާގެ ފައިގައި ހުރި ލަކުނު ތަކެވެ. ވިޔާމް ދިޔަ ގޮތަށް ގޮސް ތާރަގެ ފައިގައި ހިފިއެވެ. ވަގުތުން ތާރާ ވެއްޓި ބޯ ޖެހުނީ މުށިގަނޑުމަތީގައެވެ. ތަދުވި ވަރުން ގޮސް ތާރާ ހަޅޭލަވައިގަތެވެ. “ވިޔާމް!!!!!!” “މީ ކޮން ލަކުނު ތަކެއް” ވިޔާމް މުޅިން ސީރެސް ވިއެވެ. “އަހަރެން ތެދުވަން އެހީވެބަލަ ފުރަތަމަ ” ތަރާ އޮތް ގޮތް ފެނުމުން ވިޔާމް […]