11ވަނަބައި ނަމަވެސް ޒީނާގެ ހިތެކޭ ހަރު ހިލަގަނޑެކޭ އެއްގޮތެވެ. “ހުއްއް.. އަހަރެން ނޫޅެން ކަލެއާއި އެކު އުޅޭކަށް.. ބަލާބަލަ މީހާ ޖަހާސިފަ.. ދެން ބަލާބަލަ އަހަރެންނަށް އަހަރެން ކަހަލަ ރީތި މީހަކު ކަލެއާއި އެކީ އުޅެން ލަދުގަނޭ.. މިހާރު ހިތަށްއަރާ ކަލެއާ ނީނދެވުނުނަމަ އޭ..ޗީޗީ..” ޒީނާގެ ހަރުކަށި ބަސްތަކުގެ ސަބަބުން ހަސަންގެ ހިތަށް ލިބެމުންދިޔައީ އިތުރު ހިތްދަތި ކަމެކެވެ.ވޭނެކެވެ. ހަސަން ޒީނާ އަށް ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ. ދުނިޔެއަކީ ހާދަހާވާ ކެހިވެރި ތަނެކެވެ. އެއިރު ކުދިންތައް ކޮޓަރީ […]
10ވަނަބައި ޒީނާ އަހުމަދު ކޮއްޕައިލުމަށްފަހު ކޮޓަރިން ނިކުމެގެން ދުއްވައިގަތެވެ. ވަގުތަކީ ރޭގަނޑު ދަންވަރުގެ ވަގުތުކަމުން މަގުމަތީގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޒީނާ ދުވެގޮސްވަނީ އޭނާގެ ގާތް ރަހުމަތްތެރިއެއްގެ ގެއަށެވެ. ސަބަބަކީ އެ ރަހުމަތްތެރިޔާއަށް ޒީނާގެ ވާހަކަތައް އެނގޭނެތީއެވެ. އެގެއަކީ ފާރު ރާނައިފަ ހުރިގެއަކަށްވިނަމަވެސް ގޭގައި ހުރީ ދޮރުވަށި ނުލައެވެ. ވީމާ ޒީނާ ވަރަށް ބާރަށް ގެއަށްވަދެގެން ގޮސް އެކުވެރިޔާގެ ކޮޓަރީ ދޮރުގައި ތަޅަންފެށިއެވެ. އެއިރު އެނާއަށް ހުރީ މާނޭވާ ލެވިފައެވެ. އެކުވެރިޔާ ކޮޓަރީގެދޮރު ހުޅުވާލިއިރަށް ވަރަށް […]
އެރޭގެ ވަގުތެވެ. އަހުމަދު އެގެއަށް އައީ ކުދިންތައް ނިދިތަނާއެވެ. “ލޯބީ ހިނގާ ކާންދާން” ޒީނާ ވަރަށް ލޯބިން ބުންޏެވެ. “މިއައީ ކައިގެން.. އަސްލު ވަރަށް މުހިންމު ވާހަކައެއް ދައްކާލަން މިއައީ.. އަހަރުމެން ދެމީހުންގެ ގުޅުން މިގޮތަށް ގެންދިއުން ރަނގަޅު ކަމެއް ނޫންކަން ޒީ އަށްވެސް އެނގެއެއްނު.. އެހެންވީމާ ހިނގާ ޒީ ވަރިވާދެން މި ގުޅުން އިހަށް މިހިސާބުން މެދުކަނޑާލަން” އަހުމަދުގެ ޖަވާބު އިވިފައި ޒީނާ ވަރަށް ކަންބޮޑުވިއެވެ. އަދި ބުންޏެވެ.”ލޯބީ އަހަންނަކަށް އަހުމަދު އާއި ވަކިންނެއް ނޫޅެވޭނެ. […]
ތައްޔާރުވެނިމުނުތަނާ މީހަކު ދޮރުގައި ޓަކިދޭ އަޑުއިވުނެވެ. ޒީނާ ހީކުރީ އެއީ އޭނާގެ މަންމަ ކަމަށެވެ. ނަމަވެސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ ޒީނާ އެމީހަކު އައިސްފާނެކަމަށް ހިތަށްވެސް ނާރާމީހެކެވެ.އަހުމަދުއެވެ. ޒީނާ ވަރަށް އުނދަގުލުން ހީލިއެވެ. އަދި ވާހަކަދެއްކިއެވެ.” އަހު..އަހުމަދު.. ކޮންއިރަކު ދޫކޮށްލީ” “އިއްޔެ ދޫކޮށްލީ.. ޒީ އަށް ސަޕްރައިޒެއް ދޭންވެގެން ނުގުޅީ..” އަހުމަދު އުފަލުން ބުނެލިއެވެ.ޒީނާ ވަރަށް ރަނގަޅަށް އަހުމަދު އަށް ބަލައިލިއެވެ. އަހުމަދަށް ވަރަށް ގިނަ ބަދަލުތަކެއްވަނީ އައިސްފައެވެ. އަތުގައި އަޅާފައިހުރި ޗޭނުފައްތަކެއްނެތެވެ. އިސްތަށިގަނޑުވެސްވަނީ ރީތިވަރަކަށް […]
4 ވަނަބައި ދެމީހުނަށް އެއްފަހަރާ ހަޅޭއްލަވައިގަނެވުނެވެ. ފަތިހުގެ ހަމަހިމޭނަކަމުގެ ސަބަބުން އެއަޑު ރޭޝަމްއާއި ރާޝިފްގެ އިތުރުން ރަމީޒުވެސް އައީ ދުވެފައެވެ. އެމީހުނަށްވުރެ ކުރިން ނާއިލް ހުރީ އެތަނަށް އައިސްއެވެ. އޭނާ ހުރީ ހުއްޓުން އަރާފައެވެ ހުވަފެނެއްގައި ހުރި ފަދައެވެ. ނިޒާރުގެ ބޮލުން އައިސްފައިހުރި ލެއިން މުޅި ބަދިގެ ތެރޭގައިވަނީ ލޭގެ ކޯރެއް ހެދިފައެވެ. ރަމީޒަށްވެސް އެންބިއުލާންސްއަށް ގުޅަން ހޭވެރިކަމެއްވީ އިރުގަނޑެއް ފަހުންނެވެ. އެންބިއުލާންސް އަށްލައިގެން ނިޒާރު އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެމެޖެންސީ ބަޔަށް ވެއްދިއެވެ. އެއިރުވެސް ނިޒާރުގެ ގައިގައި […]
ތިންކުދިންވެސް އަވަހަށް ގެއަށްވަދެ ނަމާދު ކޮށްލައިގެން ކާން ނިކުތެވެ. އެކުދިންގެ މަންމަމެން އެކުދިންނަށް މީރުވާނޭހާ ކާއެއްޗެހި ހަދާފައި ހުއްޓެވެ. އަދި ކާން ތިބިއިރު ސްކޫލްގައި ދުވަސްދިޔަގޮތާއިމެދު ވާހަކަ ދެއްކިއެވެ. އެކުދިންގެ މަންމަމެނަކީ ވަރަށް ހިތްހެޔޮ އެކުދިންނާއި ރަހުމަތްތެރި މިޒާޖެއްގެ ބައެއްކަމުން ރާޝިފްއަށް ލާމިއުއާއި ރޭޝަމްގެ އެކްސިޑެންޓްގެ ވާހަކަވެސް ނުދައްކާ ނުހުރެވުނެވެ. ރޭޝަމްއިނީ އެކަމާ ލަދުން ހަލާކުވާވަރުވެފައެވެ. ވާހަކަ ދައްކަމުންގޮސް ފަރީޝާ ނާއިލްއާއި ދިމާއަށް ބަލާލުމަށްފަހު ބުންޏެވެ. “ދަރިފުޅާ ނާއިލް. ދަރިފުޅު މިހާރު ބާރަވެސް ނިމެނީ އަދި ހަމަ […]
ޖަލުގައި ހުރިނަމަވެސް ވަގަށް ގެންގުޅޭ ފޯނުން އަހުމަދު ޒީނާއަށް ގުޅައެވެ. އެއްދުވަހަކު ގުޅައިފައި ބުންޏެވެ.”ލޯބީ އަހަރުމެނަށް އަދި މިއުޅެވެނީ ރަނގަޅަކަށްނޫން ކައިވެނިނުކޮށް މިގޮތަށް އުޅޭކަށްނުވާނެ. ނަމާދުނުކޮށް ރޯދަ ހިފިޔަކަސް ރަނގަޅެއްނުވާނެ. އަހަރެންނާއި މިތަނުން ވަރަށް ރަނގަޅު މީހަކާއި ދިމާވެއްޖެ. އަހަރެން އިސްލާހު ވެއްޖައިން. ދޫނިވެސް ބަރާބަރަށް ނަމާދުކޮށް ފާފަތަކަށް ތައުބާވޭ..ދެން ކައިވެނި ނުކޮށްވެސް މިހެން އުޅޭކަށް ނުވާނެ.. ލޯބި ހަސަން ކައިރިން ވަރިވޭ.. އެއިރުން އަހަރުމެނަށް ކައިވެނި ކުރެވޭނީ” މިހެން ބުނުމުން ޒީނާވެސް އެކަންކަމާއި ވިސްނާލިއެވެ. އަދި […]
6ވަނަބައި އެހެންކަމުން ހަސަން ދިޔައީ ރީހާ ގޮވައިގެންނެވެ. ތަފާތު ވާހަކަ ދައްކަމުންނެވެ. މިހެންގޮސް ހަސަން އެހިއެވެ. “ދަރިފުޅާ ޑެޑީ އެއީ ކާކުތަ؟.. ކޮއްކޮ ބުނެއެއްނު ޑެޑީގެ ވާހަކަ” މިހެން އެހުމުން ރީހާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އެކުއްޖާ ބިރުންގޮސް ދާހިތްލަން ފެށިއެވެ.. “ޑެޑީ އެއީ މަންމަގެ ފުރެންޑު ބޭބެ އެއް.. މަންމަ ވެސް އެބުނީއެއްނު…” ރީހާ މިހެން ބުނީ ހަސަންގެ މޫނަށް ނުބަލާ އަނެއްފަރާތަށް އެނބުރި ހުރެއެވެ. އެހެންކަމުން ހަސަން ރީތިކޮށް ރީހާގެ މޫނަށް ބަލަހައްޓައިގެން ހުރެ […]
އެދެލޮލުގެ ޖާދޫގައި ޖެހިފައި އޮއްވާ ރޭޝަމް ސިއްސައިގެންދިޔައީ މީހަކު “އެހެމް އެހެމް.. ލޯބިވޭ ހާދަހާ ލޯބިވޭ.. …” މިހެން ކިޔަން ފެށުމުންނެވެ. ދެމީހުން ހަމަޖެހިލާފައި ވަށައިގެން ބަލާލިއިރު އެންމެންގެ ނަޒަރުތައް ހުއްޓިފައި ހުރީ އެދެ ޒުވާނުންނަށެވެ. ރޭޝަމް އާއި ތަންކޮޅެއް ގާތުގައި ރާޝިފް ފާޑަކަށް ހެވިފައި ހުއްޓެވެ. ލަދުން އަވަސް އަވަހަށް ރޭޝަމްގޮސް ކުލާހަށްވަނެވެ. އެވަގުތު އެފިރިހެން ކުއްޖާ ސޮރީ ބުނެލި އަޑުވެސް އިވުނެވެ.ކުލާހުގައި ގިނައިން ތިބީ ނުދަންނަ ކުދިންނެވެ. އެއްފަޅީގައި އަންހެން ކުދިން އަނެއްފަޅީގައި ތިބީ […]