ޖައިޝްގެ ވާހަކަތަކުން ރީޝްގެ ސިކުނޑި ސުމަކަށް ދާ ވަރުވިއެވެ. އެގޮތުގައި ހުރެ ރީޝް ގޮސް އެނދުގައި އޮށޯވެލައި ޝިޒާގެ ބޮލުގައި ފިރުމާލިއެވެ. އަދި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލައި ދެލޯ މަރާލިއެވެ. *** ”ދަރިފުޅާ އިނގޭތަ؟ ރޭގަ ހަބަރުން ކީ ދުނިޔޭގެ ގިނަ ގައުމުތަކަކަށް ކޮރޯނާ ފެތުރެމުން ދާ ވާހަކަ. ވަރަށް ނުރައްކާތެރި ވައިރަހެކޯ އެއީ. މީހާގެ ފުއްޕާ މޭ ރީއްޗަށް ހަލާކު ކޮށްލާ ވައިހެއްކޯ އެއީ. އެ ބަލި ޖެހުނީމަ ހުން އައިސް ކާ […]
ފަވާޝަތުގެ ގެއަށް ދާންވެގެން އެގޭ ގޯޅި ކަންމައްޗަށް ދެވުނު އިރު ފަވާޝަތުވެސް ގެއިން ނުކުންނަނީއެވެ. ޒާޔާ އާއި އަރާ ހަމަކޮށްފައި ފަވާޝަތު ހިނިތުންވެލިއެވެ. ނަމަވެސް ޒާޔާ ހިނިތުން ނުވި ތަނުގައި ފަވާޝަތާއި ދިމާލަށް ބަލައިވެސް ނުލިއެވެ. “ކީއްވީ ޒާޔާ؟” ޒާޔާގެ ދަތްދޮޅީގައި ހިފައި އޭނާގެ އިސް އުފުލައިލަމުން ފަވާޝަތު އެހިއެވެ. “ހަހަހަ. ކުޑަ ސަމާސައެއްކޮށްލީ. ހިނގަ އަތިރިމައްޗަށް ދާން. ވާރޭ ވެހޭއިރު ވަރަށް މަޖާވާނެ. ވޯޓަރ ޕްރޫފް ފޯނެއް އޮތްނަމަ ނިކަން ސަޅިކޮށް ފޮޓޯވެސް ނެގޭނެ ދޯ.” […]
ބޯމައްޗަށް އެއްޗެއް ތިރިވާހެން ހީވުމުން ވިލޯއަވަސްކޮށް އެއްލިއަތުން އެއްޗެއްގައި ހިފުނެވެ. ބަލައިލިއިރު އެއެއްޗެއް ލޮލަށް ފެންނަވަރު ވިއެވެ. ވިލޯއަށް ހިފައިލައިގެން ހުރެވުނީ އަންހެން ކުއްޖެއްގެ އިސްތަށިގަނޑުގައެވެ. ވިލޯ އަވަހަށް އެ އިސްތަށިގަނޑުން ދޫކޮށްލައިފިއެވެ. ދެންތިބި ކުދިންގެގާތަށް ފާޑަކަށް ހިނިވެސްއައެވެ. އެއަންހެން ކުއްޖާގެ މޫނުމަތީގައިވަނީ ލަދުރަކި ހިނިތުންވުމެކެވެ. ހުރިހާ ފިރިހެން ކުދިންތަކެއްގެ ތެރޭ އޭނާ ބޭޒާރުވުމުންނެވެ. ” މާފްކުރައްވާ ނުފެނި ހުރެ އުނދަގޫ ކުރީމައި.. އަންހެން ކުއްޖެއްކަން ނޭނގި…” އަޅައަޅައި ގަންނަމުން ވިލޯ ބުންޏެވެ. އެއަންހެން ކުއްޖާ ވަރަށް […]
ގަޑިން ހެނދުނު ހަތެއް ޖެހީއެވެ. ކައިރީގައި އިން ފޯނު އެލާމް ވާ އަޑަށް ލަމްހާ ތެދުވި އެލާމް ނިއްވާލިއެވެ. އަދި ކައްނެތް ގޮތަކަށް ހިނގާފައި ގޮސް ފާޚާނާއަށް ވަނުމަށް ފަހު ފެން ވަރާލައިގެން ނުކުމެ އަލަމާރި ކައިރީގައި ހުއްޓުނެވެ. ލަމްހާ ނެގީ މަޑު ނޫކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެކެވެ. އެ ކޮނޑާއި ހަމައަށް އަންނަ ކަޅުކަން ގަދަ އިސްތަށިގަނޑު އޮމާން ކޮށްލުމަށް ފަހު ގަޔަށް ސެންޓު ޖަހާލިއެވެ. ލަމްހާ ސިހުނީ ފޯނު ރިންގުވާ އަޑަށެވެ… ނުނިމޭ…..
އިރުއަރާ މަންޒަރު ބެލުމަށްފަހު ނިކްހާތު ގެއަށް އައީ އަތިރި މަގުންލާފައެވެ. ހަޤީޤަތުގައި އަތިރިމަށްޗަށް ދިޔުމަށްފަހު ނިކްހާތު އަނބުރާ އަންނަ ހިތެއް ނުވެއެވެ. ނަމަވެސް އަބަދަކު އަތިރިމަތީގައެއްވެސް ނުހުރެވޭނެތީ ހިތާ ދެކޮޅަށްވެސް އޭނާ ނިންމީ ގެއަށް އައުމަށެވެ. އޭރު ރަށުތެރޭގައި ކޮންމެވެސް ވަރަކަށް މީހުން ހެލިފެލިވެ އުޅޭތީ އާއި ވެސް އެކުގައެވެ. ނިކްހާތަކީވެސް އޭނާގެ މަންމަ ޝައުފާ ފަދައިން ބުރުސޫރަ ރީތި ކުއްޖެކެވެ. އިސްކޮޅުންް އެހާދިގު ނޫނަސް ބަލާލަން ރީއްޗެވެ. ހިތިފަތު ބުމަ އާއި ވަސްކޮޅު ތޫނު ނޭފަތުގެ […]
ގޭތެރޭގައި މޮޕުލަމުންދިޔަ ނޯޔާގެ މޫނު ވަނީ މިލާފައެވެ. މިއީ އާކަމެއްނޫނެވެ. އަބަދުގެ ވެސް ހާލަތެވެ. ކަބަޑު ތަށް ސާފުކުރަނިކޮށް އޭގެތެރޭގައި އޮތް ފޮޓޯ ފްރޭމެއް ލޮލުގައި އަޅާގަތެވެ. ކުރީގެ ހަނދާންތައް އާވާން ފެށުމުން ނޯޔާގެ ލޮލުން ކަރުނައިގެ ކޯރެއް ދެމުނެވެ. އެއީ މީގެ 13 އަހަރުކުރިއެވެ….. 5އަހަރުގެ ކުޑަކުޑަ ނޯޔާ އުރައިގެން ވަހީދު ހުރިއިރު ކައިރީގައި ހަނާ ހުރީ ފޮޓޯނަގަން ތައްޔާރުވެގެނެވެ. އިރުއިރުކޮޅާ ހަނާ އޭނާގެ ފުރާނަފަދަ އެންމެ ލޯބިވާ ދަރިފުޅުގެ ބޮލުގައި ފިރުމާލައެވެ. މި ކުޑަކުޑަ […]
އަދިވެސް އެއްފަހަރު އީޝަލްއަށް މާޒްމެންނާއި ދިމާ ބަލާލެވުނެވެ. ހިލައިގެ ބުދެއްހެން ހުއްޓުންއަރާފައި އޭނާއަށް ހުރެވުނެވެ. މޫނުމައްޗަށް އަނދިރިވާހެން ހީވިއެވެ. ދެވަނަ ސިކުންތުގައި އީޝަލް އެތަނަށް ވެއްޓުނެވެ. ގިނަ ބައެއްގެ ނަޒަރު އެވަގުތު ހުއްޓުނީ ވެއްޓިފައި އޮތް އީޝަލްއަށެވެ. މާޒްގެ ހިތަށް އެވަގުތު ކެތެއް ނުވިއެވެ. އެއްވެސް އިޚްތިޔާރަކާނުލާ ކުރިޔަށް ފިޔަވަޅު ނެގީ ވެއްޓިފައިވާ އީޝަލް ނަގަން ދާށެވެ. ނަމަވެސް މާޒްގެ ފިޔަވަޅަށް ހުއްޓުމެއްއައީ އަޔާން ދުވެފައި އީޝަލްއާއި ދިމާއަށް އަންނަތަން ފެނިފައެވެ. އަޔާން އޭނާގެ އަތްދަނޑިމައްޗަށް އީޝަލް ނެގިއެވެ. […]
ޕޮލިސް ސްޓޭޝަނުން ނުކުތް އިރުވަނީ އިރުއޮއްސި އަނދިރިވެފައެވެ. ޒާރާ ގެއަށް ދިޔައީ ޓެކްސީއަކަށް އަރައިގެންނެވެ. ގެއަށް ގޮސް ބެލް ޖަހާޖަހާ ދޮރެއް ނުހުޅުވިއެވެ. އެހެންކަމުން ދަބަހުން ތަޅުދަނޑި ނަގައިގެން ދޮރު ހުޅުވައިލިއިރު މުޅި ގޭތެރެ އޮތީ އަނދިރިކޮށެވެ. ފޯނުން ފްލޭޝް ލައިޓު ދިއްލައިގެން ބޮކިތައް ޖައްސަންދިޔަ ގަޑީގައި ޒާރާއަށް މީހެއްގެ ހިލަމެއް ވެގެން ފަހަތަށް އެނބުރެލި ތަނާ އެމީހާ ޒާރާގެ ބޮލުގައި އެއްޗަކުން ޖަހައި ޒާރާ ހޭނައްތައިލިއެވެ. ޒާރާ ހޭއެރި އިރު އޭނާ އިނީ ގޮނޑިއެއްގައި ބަނދެފައެވެ. […]
ފަތިހުގެ ފިނި ވަގުތުގައި ފެންވަރައިލައިގެން ނުކުތް ޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔައީ ތާޒާ ކަމެވެ. އެ ހަރުދަނާ ހަށިގަނޑުގައި ފެން ތިކިތައް ތަތްވެލާފައި ހުރުމުގެ ސަބަބުން ނުހަނު ފިރިހެންވަންތަ ކަމަށް ދައްކައެވެ. ކުރުކޮށް ކޮށާލާފައިވާ ތުބުޅިންނާއި މަތިމަހުގައި ވެސް ފެންތައް ތަތްވެލާފައިވި އިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ބޮލުގައި ހުރި ފެންތިކިތައް ފުހެލުމަށެވެ. ފެން ހިއްކާލުމަށްފަހު އެނދުމަތީގައި އިސްތިރިކޮށްފައި އޮތް ކަޅު ފަޓުލޫނު އޭނާ ލިއެވެ. އަދި އެޔަށްފަހު ގަދައަޅި ކުލައިގެ ގަމީސް ގަޔަށް ހެޔޮވަރު […]