މިހާރު އަސްކަނި ދަށުގައި ހުންނަތާ ގާތްގަނޑަކަށް 20 ވަރަކަށް މިނެޓްވީއެވެ. އަދިވެސް ވާރޭ ތުނިކޮށްލާކަށް ނޫޅެއެވެ. އީޝަލްހުރީ ހީވެސް ގަނެފައެވެ. މިފަދަ ދަޑިވަޅެއްގައި ޓެކްސީއެއްވެސް ލިބުން ކަމަކަށް ނުވިއެވެ. ކާރުގެ ބަރުގޮނުގެ އަޑަށް އީޝަލްގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ބަރުގޮނުގެ އަޑު އިވުނީ ކުރިމަތީގައި އޮތް ކާރުންނެވެ. އޭނާއަށް ވަގުތުން އެއީ އަޔާންގެ ކާރުކަން އެނގިގެންދިޔައެވެ. ކާރުގެ ދޮރުފަތް ހުޅުވާލުމަށްފަހު އަޔާން އީޝަލްއަށް ގޮވާލިއެވެ. އަޔާންގެ އަޑު އީޝަލްއަށް އިވުނުކަމުގައި ވިޔަސް އެއަޑަށް އީޝަލް ދިނީ […]
މާޒްގެ އަތްމައްޗަށް ހުރަސްވެފައިވާ މަލަކްގެ ދިގުއިސްތަށިގަނޑު ރޫޅިގެން ތިރިއަށްފޭބުމާއެކު ވައިރޯޅީގެ އެހީގައި އެއިސްތަށިގަނޑު ވިހުރިލަ ވިހުރިލާ އޮތް މަންޒަރަކީ ފެންނަމީހުން އަޖާއިބު ކުރުވާފަދަ ރީތި މަންޒަރެކެވެ. މަރާލެވިފައިވާ ދިގުއެސްފިޔަތަކުގައި އުފެދިފައިވާ ތުރުތުރާއިއެކު މަލަކްގެ ދޮންމޫނުން ފާޅުވޭވޭ ހުރި ބިރުވެރިކަމަކުން އޭނާ ވަކިން ރީތިހެންހީވެއެވެ. މަލަކް މޫނާއިދިމާއަށް ގުދުވެގެން އޮވެ އެހާކައިރިން އެމޫނަށް ނަޒަރު ހުއްޓާލެވުނު ވަގުތު މާޒްގެ މެޔަށްވެސް ފިނިވެގެން ދިޔައެވެ. ފުރަތަމަ ފަހަރަށް މަލަކްގެ ރީތިކަން ގަބޫލުކުރަން އޭނާއަށް މަޖުބޫރުވި ވަގުތުކޮޅަކީވެސް އެއީއެވެ. ” މަލަކް.. […]
ވާނީވެސް އެހެންތާއެވެ. މާޒްއަށް އީޝަލް ނޫން މީހެއް ނުފެނެއެވެ. އެވަގުތު މާޒުގެ ބޯ ދެކޮޅަށް ދެކޮޅަށް ހޫރާލިއެވެ. އާނއެކެވެ! އީޝާލް ފިޔަވާ އެހެން އަންހެންކުއްޖަކަށް އެފަދަ ނަޒަރަކުން އޭނާ ބަލާލަންވެސް ބޭނުމެއް ނުވެއެވެ. މޭޒުމަތީގައި އޮތް ފޯނު ރިންގްވާން ފެށުމުން މާޒް ދިޔައީ ފޯން ނަގާށެވެ. ފޯނުގެ ސްކްރީންގައިވަނީ މާޒް ނުދަންނަ ނަންބަރެކެވެ. ފޯނު ނެގުމަށްފަހު “ހެލޯ” އޭ ބުނެލިއެވެ. އެކޮޅުން އަޑުއިވިގެންދިޔަ ވާހަކައިން މާޒް ހައިރާންވިއެވެ. “ކާކު ގުޅީ؟ ހާދަ ހާސްވެފަ ތިހުރީ!” މަލަކަށް މާޒްގެ […]
މިފަހަރު އީޝަލްއަށް ކުޑަކޮށް ސިހުމެއް ލިބުނެވެ. އޭގައިވަނީ އީޝަލްގެ ބައްޕައާއި ބެހޭ ވާހަކައެއް ދައްކަން ބޭނުންވާ ކަމަށެވެ. އީޝަލް ނިންމީ އަޔާނާއި ބައްދަލު ކުރާށެވެ. އެހެންވެ އަވަހަށް އޯކޭ އޭ ކިޔާ މެސެޖަށް ޖަވާބުދިނެވެ. ****** އަޔާން ރެސްޓޯރެންޓުގައި އިނީ އީޝަލް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އިރުއިރު ކޮޅުން އަތުކުރީގައިވާ ގަޑިވެސް ބަލާލައެވެ. އެވަގުތު އޭނާއަށް އިޙްސާސްވަމުންދިޔައީ ވަގުތު ދާލެއް ލަސްކަމެވެ. އީޝަލް އަދިވެސް ނާންނަނީބާވައޭ އޭނާގެ ހިތާއިހިތާ ބުނެލެވުނެވެ. މަޑުފެހިކުލައިގެ އަތްދިގުގަމީހާއި ޖިންސްގައި އޭނާ ފެންނަލެއް […]
ލޯ ހުޅުވާލުމާއެކު ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ފުއްމައިގެން ތެދުވެވުނީ ޑްރެސިން ޓޭބަލް ކައިރި ހުރި މާޒް ފެނިފައެވެ. މަލަކްގެ މޫނުމައްޗަށް އެވަގުތު ވެރިވެގެން ދިޔައީ ލަދުވެތިކަމެކެވެ. އެވަގުތު ދެކޯތާފަތް ރަތްވެގެން ދިޔައެވެ. ހޭލާއިރު އެންމެ ފުރަތަމަވެސް މާޒްގެ ސޫރަ ދުށުމަކީ އޭނާ ދެކެމުންއައި ހުވަފެނެކެވެ. މިއަދު އެހުވަފެންވެސް ހަޤީގަތަކަށް ބަދަލުވީއެވެ. “ދޭ ފެންވަރާއިގެން ތައްޔާރުވާން. 9 ޖަހާއިރު ފުރަން ޖެހޭ” މާޒަށް މަލަކް ހޭލައި އޮތްތަން ފެނުމުން ބުނެލިއެވެ. “އޯކޭ” އެވަގުތު މަލަކްގެ މޫނުމަތިން ފެންނަމުން ދިޔައީ […]
އަދިވެސް އެއްފަހަރު އީޝަލްއަށް މާޒްމެންނާއި ދިމާ ބަލާލެވުނެވެ. ހިލައިގެ ބުދެއްހެން ހުއްޓުންއަރާފައި އޭނާއަށް ހުރެވުނެވެ. މޫނުމައްޗަށް އަނދިރިވާހެން ހީވިއެވެ. ދެވަނަ ސިކުންތުގައި އީޝަލް އެތަނަށް ވެއްޓުނެވެ. ގިނަ ބައެއްގެ ނަޒަރު އެވަގުތު ހުއްޓުނީ ވެއްޓިފައި އޮތް އީޝަލްއަށެވެ. މާޒްގެ ހިތަށް އެވަގުތު ކެތެއް ނުވިއެވެ. އެއްވެސް އިޚްތިޔާރަކާނުލާ ކުރިޔަށް ފިޔަވަޅު ނެގީ ވެއްޓިފައިވާ އީޝަލް ނަގަން ދާށެވެ. ނަމަވެސް މާޒްގެ ފިޔަވަޅަށް ހުއްޓުމެއްއައީ އަޔާން ދުވެފައި އީޝަލްއާއި ދިމާއަށް އަންނަތަން ފެނިފައެވެ. އަޔާން އޭނާގެ އަތްދަނޑިމައްޗަށް އީޝަލް ނެގިއެވެ. […]
އީޝަލްގެ މިސްރާބު ހުރީ މާޒްގެ އޮފީހާއި ދިމާއަށެވެ. “މާޒް” އޮފީސްތެރޭގައި ފައިލްތަކަށް ބަލަން އިން މާޒަށް އިވުނީ އީޝަލްގެ ހިތްގައިމު އަޑެވެ. ވަގުތުން އޭނާގެ މުޅިހަށިގަނޑު ފިނިވެގެންދިޔައެވެ. ގައިގާހުރި ހުރިހާ ލޯލިތައް ކޮޅަށްޖެހިގެންދިޔައެވެ. އެތެރެހަށީގައި ގަދަފަދަ ކަރަންޓެއް އުފެދުނު ކަހަލައެވެ. އެއަޑު އޭނާއަށް އޮޅެންވީ ކީއްވެ ހެއްޔެވެ؟ އިސްއިފުލާ ބަލާލުމާއެކު ކައިރިވަމުންއައި އީޝަލް ފެނިފައި މާޒްގެ ހަތަރެސްފައި ގަނޑުކޮށްލިކަހަލައެވެ. އީޝަލް މާޒްގެ އޮފީހަށް ވަދެގެންއައީ އެއްވެސް ހުއްދައަކާއި ނުލައެވެ. އީޝަލް ވަނީ ރުޅި އައިސްފައެވެ. “އަހަރެން ހިއެއްނުކުރަން […]
އަޔާން އެއްޗެކޭ ބުނަންވާއިރަށް އީޝަލް ހަލުއި ފިޔަވަޅުތަކެއްގައި ދާން ހިނގައިގަތެވެ. އަޔާން ހުރީ ކަޅިޖަހާނުލާ އީޝަލްއާ ދިމާއަށް ބަލާށެވެ. މަލަކް ގާތު ގެއަށް ދާ ވާހަކަ ބުނުމަށްފަހު އީޝަލް އެތަނުން ދިޔުމަށް އަވަސް ވެގަތެވެ. މާޒް ފިޔަވަޅުތައް ސިޓިންރޫމްއާއި މިސްރާބުޖަހާފައިވާއިރު، އީޝަލްވެސް ގެއަށްދާން ވެގެން ދޮރާއި ދިމާއަށް އަންނަނީއެވެ. ދެފަރާތަށް ބަލަމުން ކުރިޔަށްދިޔަ މާޒް ހުރީ ފޯނާއި ކުޅޭށެވެ. މާޒްއަށް ހުއްޓުމެއްއައީ ކުއްލިއަކަށް ކުރިމަތިން އީޝަލް ފެނިފައެވެ. އިސްޖަހާލައިގެން އައި އީޝަލްއަށް އެވަގުތު ލިބުނީސިހުމެކެވެ. ލިބުނު ސިހުމާއެކު […]
އީޝަލްއަށް އިދެވުނީ މަލަކް ދާތަން ބަލާށެވެ. ” މަލަކް އެހެންބުންޏަސް އީޝަލް ބޭނުމިއްޔާ ނަޔަސް އޯކޭވާނެ.” މާޒް ބުނެލިއެވެ. “އަހަރެން ދެން މިދަނީ. ދެން އޮތްބައި މާދަން ކުރިޔަށް ގެންދާނީ.” މިހެންބުނުމަށްފަހު އީޝަލް އެތަނުން ދިޔައެވެ. އީޝަލް ގޮސް އޮބާލަންދެން މާޒްއިނީ އީޝަލްއަށް ބަލާށެވެ. ****** ޓެކްސީ ގޮސް މަޑުކޮށްލީ ގްރީންވިލާ ކުރިމައްޗަށެވެ. ދޮރާށިންފެށިގެން އެބޮޑު ގެއާއި ދެމެދު ވިއްސަކަށްފޫޓުގެ ބޮޑު ހުސްޖާގައެއްވެއެވެ. ކަނާތްފަރާތުގައި ހުރީ ވަށައިގެން ގޮފިތައް އެލިފައިވާ، ފެހިކަންގަދަ ބިޔަ ގަހެކެވެ. މިމޫސުމަކީ އެގަހުގައި […]