Skip to content
އެސްފިޔަ

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(1)

ގޭތެރޭގައި މޮޕުލަމުންދިޔަ ނޯޔާގެ މޫނު ވަނީ މިލާފައެވެ. މިއީ އާކަމެއްނޫނެވެ. އަބަދުގެ ވެސް ހާލަތެވެ. ކަބަޑު ތަށް ސާފުކުރަނިކޮށް އޭގެތެރޭގައި އޮތް ފޮޓޯ ފްރޭމެއް ލޮލުގައި އަޅާގަތެވެ. ކުރީގެ ހަނދާންތައް އާވާން ފެށުމުން ނޯޔާގެ ލޮލުން ކަރުނައިގެ ކޯރެއް ދެމުނެވެ. އެއީ މީގެ 13 އަހަރުކުރިއެވެ…..

5އަހަރުގެ ކުޑަކުޑަ ނޯޔާ އުރައިގެން ވަހީދު ހުރިއިރު ކައިރީގައި ހަނާ ހުރީ ފޮޓޯނަގަން ތައްޔާރުވެގެނެވެ.  އިރުއިރުކޮޅާ ހަނާ އޭނާގެ ފުރާނަފަދަ އެންމެ ލޯބިވާ ދަރިފުޅުގެ ބޮލުގައި ފިރުމާލައެވެ. މި ކުޑަކުޑަ އާއިލާގެ ހުރިހާ މެމްބަރުންގެ ވެސް މޫނުމަތިން ފެންނަމުންދިޔައީ އުފަލާ ހިތްހަމަޖެހުމެވެ. ނަމަވެސް މިއަދު މިއޮތީ ކީއްވެފަތޯ؟؟ އެ ފޮޓޯގަނޑުގައި ހެވިފައި ހުރި ވަހީދު ފެނުމުން ނޯޔާ ގެ އަތް މުއްކައްވާލީ އެރީ ރުޅިއަކާ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. މިއަދު ނޯޔާ އަށާ ނޯޔާގެ މަންމަ ހަނާއަށް އެހާލު ޖެހުނީ ހަމަ އެ ވަހީދުގެ ސަބަބުންނެވެ. ބައްޕަ ކިޔަން ކިތަންމެ ލަދުގަތްކަމަކު ބައްޕަ ވާނީ ހަމަ ބައްޕަ އަށް ކަން ނޯޔާ އަށް އެނގެއެވެ. ނޯޔާ ސިއްސައިގެން ދިޔައީ ހަލީމާގެ އަތުގެ ހޫނު އެތިފަހަރެއް ނޯޔާގެ ކޮލަށް އަމާޒުވުމުންނެވެ. “ބަލަ ކާކުތަ ބުނީ މަސަތްކަތް ނުކޮށް ތިހެން އަރާމުގަ ކަލެއަށް އިނދެވޭނޭ ހަމަ މިހާރު ދޭ އަހަރެންގެ ހެދުންތައް ދޮންނަން” ނޯޔާގެ ދޮންމަންމަ ހަލީމާ ހަރުކަށިކަމާއެކު ބުނެލިއެވެ. އިތުރު ބަހެއް ބުނުމެއްނެތި ނޯޔާ އެކަން ކުރަންދިޔައެވެ. ހަލީމާ އާ ޒުވާބު ކުރަން ހަދާފިއްޔާ ނޯޔާއަށް ވަކި ރަނގަޅު  ގޮތެއް ނުވާނެ ކަން އެނގެއެވެ. އެގޭގައި ނޯޔާއާ އެއްކޮޅަށް އަރާނެ މީހެއް ނެތްތާނގާ އެމީހުން ނޯޔާ އާ ދޭތެރޭ ކަންތައްކުރަނީ އަޅަކަށްވުރެ އިހާނެތިކޮށެވެ..

ނޯޔާގެ މަންމަ ހަނާއަކީ މުއްސަންދި ދެމަފިރިއަކަށް ލިބިފައިހުރި ހަމައެކަނި ދަރިއެވެ. ހަނާގެ ހަށިގަނޑު ކިތަންމެ ފަލަ ކޮށް ބިޔަ ބިޔަ ކޮށް ހުއްޓަސް ހަނާ ދެރެއްނުވެއެވެ. މިކަމަކީ ހަނާގެ މަންމަ ފަރާތު އާއިލީ ކަމެކެވެ. ހަނާއަކީ ހިތްތިރި މުއްސަނދި ކަމާ އެއްވެސް ވަރަކަށް ބޮޑާވާ މީހެއްނޫނެވެ. ހަނާއަށް މިއަދު އެލަނޑު ލިބުނީ ހަނާގެ ހުރި ދީލަތި ކަމުގެ ސަބަބުންނެވެ. ހަނާ އަށް 18 އަހަރު ފުރުނު އަހަރު ހަނާގެ މައިންބަފައިން ނިޔާވިއެވެ. ހަނާގެ މައިންބަފައިންގެ ހުރިހާ ފައިސާއެއް ލިބުނީ ހަނާއަށެވެ. އެއްވެސް ކަހަލަ ތަޖުރިބާއެއް ނެތްނަމަވެސް ވިޔަފާރި ކުރިއެރުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސަތްކަތެއް ހަނާ ދިޔައީ ކުރަމުންނެވެ. އެތަށް އަހަރެއްގެ ބުރަ މަސަތްކަތުންނާއި އެތަށް ބައެއްގެ އެހީއާއެކު ހަނާ ދިޔައީ ކުރިއަރަމުންނެވެ. ވިޔަފާރި ކަމަކު ރާއްޖެ ތެރެއަށް ދިޔަ ދަތުރެއްގައި ހަނާ އަށް ވަހީދު ފެނުނެވެ. ވަހީދަކީ ދިގު އިސްކޮޅަކާއި ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ރީތީ ޒުވާނެކެވެ. ވަހީދުގެ ފިރިހެންވަންތަކަމުގެ އަވައިގައި އެހެން އަންހެނުންނެކޭ އެއްފަދައިން ހަނާވެސް ޖެހުނީއެވެ. ވަހީދަކީ ފަގީރު އާއިލާ އަކުން އައި މީހެއް ކަމަކު ހަނާ މިކަމާ އެއްގޮތަކަށްވެސް އަޅައެއް ނުލައެވެ. ވަހީދު ފެނުމުން ހަނާ ފުރަތަމަ ފަހަރަށް އަމިއްލަ މީހާގެ ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން ދެރަވިއެވެ. ވަހީދު ކަހަލަ ރީތީ މީހެއް ހަނާ ކިތަންމެ މުއްސަންޖަސް ނުލިބޭނެއެވެ.   ނިވެމުންދިގަ އަލިކޮޅު ދިއްލުނީ ވަހީދު ހަނާގާތުގައި ރައްޓެހިވާން އެހުމުންނެވެ. މީހުން ކިޔަމުންްދިޔަ އެއްޗިއްސަށް އަޅާލުމެއްނެތި ވަހީދު ހަނާ ގެންގުޅުނީ ވަރަށް ލޯބިންނެވެ. މާގިނަ ދުވަހެއް ނުވެ ވަހީދު ހަނާގާތުގައި ކައިވެނި ކުރުމަށް އެދުނެވެ. ފަސްޖެހުމެއްނެތި ހަނާ އެއްބަސްވީއެވެ. ހަނާ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާ މާޖިދު ދެމުން ދިޔަ ހުރިހާ ނަސޭހަތަކަށް ހަނާ ދިނީ ބީރުކަންފަތެކެވެ. ވަހީދު އާ ކައިވެނި ކުރުމަށްފަހު މާގިނަ ދުވަހެއްނުވެ ނޯޔާ މި ދުނިޔެއަށް އުފަންވިއެވެ. ނޯޔާ އަށް 6 ވަރަކަށް އަހަރުވުމުން ވަހީދު އޭނާގެ އަސްލު މަގްސަދު ދައްކަން ފެއްޓިއެވެ. ވަހީދު ހަނާއަށް ހަދަނީ ބޭނުންހާ ގޮތެކެވެ. 6 އަހަރުގެ ކުޑަ ކުޑަ ނޯޔާގެ ލޮލަށް އޭނާގެ ބައްޕަ މަންމަ އަށް އަނިޔާ ކުރާ މަންޒަރު ފެނުނު އަދަދެއްވެސް ނޭނގެއެވެ. ވަހީދުގެ އަނިޔާތަކަށް ހަނާ ކެއްކުރަމުންދިޔައީ ނޯޔާއަށްޓަކައެވެ. ނަމަވެސް ވަހީދުގެ އެހެން އަންބެއް ހުންނަ ކަމާއި ވަހީދު ހަނާއާ ކައިވެނި ކުރީ ހަނާގެ މުދާގަނޑުގެ ދަހިވެތިކަމުގެ ސަބަބުންކަން އެނގުނު ދުވަހު ހާޓް އެޓޭކެއް ޖެހިގެން ހަނާ މިދުނިޔެއާ އަލްވަދާއު ކީއެވެ. ހަނާ ނިޔާވުމުގެ ކުރީގައި އޭނާގެ ހުރިހާ މުދަލެއް ވަނީ އެއްވަރަކަށް ވަހީދާއި ނޯޔާގެ މައްޗައް ބަހާލެވިފައެވެ. ނޯޔާ އަށް 18 އަހަރު ފުރުމުންނޫނީ އެ ފައިސާގަނޑު ވަހީދަށް ދަމައިނުގަނެވޭނެތީ ވަހީދު ނޯޔާ އޭނަޔާއެކު ގެންދިޔައީއެވެ. ނޯޔާ އަކީ ވަހީދުގެ ދަރިއެއްކަމަކު ވަހީދުގެ އަނބިމީހާއާއި ދަރިން ނޯޔާ އަށް ހަދަނީ ބޭނުންހާ ގޮތެކެވެ. ފައިފުހޭ ފައިފުއްސަކަށްވުރެ ނޯޔާގެ ގަދަރު ދަށެވެ. ހަނާގެ ފައިސާގަނޑުން ވަހީދާއި އޭނަގެ އާއިލާ އުޅެމުންދިޔައީ ވަރަށްވެސް އުފަލުންނެވެ. ވަހީދާއި ހަލީމާގެ ތިބެނީ 3 ކުދިންނެވެ. ދެ އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖެކެވެ.

ކައިރީގައި ބޮޑު ފަސް ވަށިގަނޑު ހުރިއިރު ކޮންމެ ވަށިގަނޑެއްވެސް ވަނީ ހެދުންތަކުން ފުރިފައެވެ. އެގޭ އެންމެން ލާ އެއްޗިސް ދޮންނަނީ ނޯޔާއެވެ. ނުވިތާކަށް ގޭގައި ކައްކާ ކުނި ކަހާ ހުރިހާ ކަމެއްވެސް ކުރަނީ ނޯޔާ އެކަނި މާއެކަންޏެވެ. 5 ވަށި ގަނޑު ފުރާ ހެދުން ދޮވެ ނިމުނު އިރު ނޯޔާ ހުރީ ވަރުބަލިވެގެން ގޮސް ހަލާކުވެފައެވެ. ނޯޔާ ހެދުމަކަށް ފަހު ހެދުމެއް ރޯނުގައި އަޅުވަން ފެއްޓިއެވެ. ހަނާ ކަހަލަ ފަލަ ބިޔަ ހަށިގަނޑެއް ނޯޔާއަށް ވެސް ވަނީ ލިބިފައެވެ. ހަނާއާއި ވަހީދަކީ ކަޅު ހަންގަނޑެއް ލިބިފައިވާ ބައެއް ނަމަވެސް ނޯޔާގެ ހަންގަނޑު ދޮންވެފައި އޮމާނެވެ. ގޭދޮރުމަތީގައި ހަށަން ބަނދެގެން ނޯޔާ އާދިމަލަށް ބަލަން ހުރި އީކަން ގެ މޫނުމަތިން ފެންނަމުންދިޔައީ ކޯޗެއް ކަމެއް ނޭނގެއެވެ. “ދޮންބޭ!! ކޯޗެއް ތިބަލަނީ” އީކަން ސިއްސައިގެން ދިޔައީ އޭނާގެ ކޮއްކޮ ނަޝްފާ ފެނުމުންނެވެ. “އޯ އެއްކަލަ ފަލަފަލަ ބަރުބޯ ގަނޑު ދޯ” ނޯޔާ އަށް ބަލާލަމުން ނަޝްފާ ހޭން ފެއްޓިއެވެ. ބަލަން ނުހުރެ ވަގުވަގަށް ނަޝްފާ ގޮސް ނޯޔާ ހެދުން އަޅުވާ ރޯނު ކަނޑާލިއެވެ. ވަގުތުން ހުރިހާ ހެދުން ތައް ބިންމައްވެއްޓި ވެއްޔާ އެކުވިއެވެ. މި މަންޒަރު ގޭގެ ބޮޑު ދޮރުން ވަދެގެން އައި ވަފާ އަށް ފެނުމުން ދިޔަގޮތަށް ގޮސް ނޯޔާ ކޮއްޕާލިއެވެ. “އަހަރެން އިއްޔެ ގަތް ހެދުމޭ ތި ހަޑިކޮއްލީ އިނގޭތަ އޭގެ އަގު؟؟ ތަންކޮޅެއް ބަލައިގެން އުޅެބަލަ ދޯ” ވަފާ އެރި ރުޅީގައި ދިޔައީ ވެލިގަނޑުމައްޗައް ވެއްޓިފައި އޮތް ނޯޔާގެ އިސްތަށިގަނޑަށް ފައިން އަރަމުންނެވެ. މި މަންޒަރު ބަލަން އިން ނަޝްފާގެ މޫނުމަތީގައި ވަނީ ބޮޑު ހިނިތުންވުމެކެވެ. ނޯޔާގެ ބަރުހެލި ހަށިގަނޑުގެ ސަބަބުންނާއި ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން ތެދުވަން އުނދަނގޫވިއެވެ. ނަޝްފާ ދިއުމުން މަޑުމަޑުން އީކަން ނޯޔާ އާ ކައިރިވެލީ އެހީވުމުގެ ނިޔަތުގައެވެ. ނޯޔާ އާދިމަލަށް އީކަން އަތް ދިއްކޮއްލިއެވެ. މި މަންޒަރު ނަޝްފާ އަށް ފެނުމުން ހަޅޭލަވައިގަތެވެ. “ދޮންބޭ ކީއްކުރަން އޭނަޔަށް އެހީވަނީކީ ބޮޑު ފަލަ ގެރިގަނޑެއް ވިއްޔަ އޭނަ ނަގަން ހަދާ ދޮންބެ އަށް ހަމަ އަނިޔާ ލިބޭނީ” ނަޝްފާ އީކަން އަތުގައި ހިފައިގެން ގެންދިޔައެވެ. “ނޯޔާ!!!!!!! ނޯޔާ!!!!!” ވަހީދު ބާރު ބާރަށް ނޯޔާގެ ނަމުން ގޮވާ އަޑު އިވުމުން ނޯޔާ ހުރި ހިއްވަރެއްލާފައި ތެދުވެފައި ގައި ވެލި ފޮޅާލިއެވެ. ހަލީމާގެ އަތުގައި ހިފައިގެން ވަފާ ނިކުތްއިރު ފަހަތުން ވަހީދުވެސް އައެވެ. “ކަލޭ ކީއްވެ އަހަރެންގެ ދަރިފުޅުގެ ހެދުން ހަލާކު ކޮއްލީ މަތި މަތިން ރަނގަޅު ވިއަސް ތީ ހަމަ ވިހަ ގަދަ ހަރުފައެއް ކަލޭ މިގޭގަ ގެންގުޅޭތީ ޝުކުރު ކޮއްބަލަ ބޮޑު އުނދަގުލެއް މީވެސް އަހަރެންނައް ޖެހިފަ ހުރި ކަލޭގެ މަންމަ އަކަށް ވެސް ނޭނގުނު ވިއްޔަ އެދިޔަ ތާކަށް ދިޔައިރު ކަލޭ ގޮވައިގެން ދާކަށް” ވަހީދުގެ އަނގައިން ނިކުތް ކޮންމެ ބަހަކުން ވެސް ނޯޔާގެ ހިތް ދިޔައީ ކުދި ކުދި ވަމުންނެވެ. “ނަ…ނަޝްފާ ރޯނު ކަނޑާލީ” ނޯޔާ މަޑުމަޑުން ބުނެލިއެވެ. “ކީކޭ އަދި އަހަރެންގެ ބޮލުގަ ތަ އަޅުވަނީ އަޖައިބެއް ތީ އަމިއްލަ އަށް ދޮންތަ ހެދުން ހަލާކު ކޮއްލާފަ އަހަރެންގެ ބޮލުގަ އެބަ އަޅުވައެއްނު އަހަރެން މިއޮތް ހުރިހާ އިރު އުޅުނީ ދޮންބެ އާއެކު ދޯ ދޮންބޭ” ނަޝްފާ އަވަހަށް ދޮގު ހަދާލިއެވެ. ނޯޔާ އީކަން އާދިމަލަށް ބަލާލީ އެހީއަކަށް އެދޭފަދަ ނަޒަރަކުންނެވެ. ތެދު ހާމަކުރަން ކިތަންމެ ބޭނުން ވިއެއްކަމަކުހިއްވަރެއް ނެތެވެ. “އަ..އާން ކޮއްކޮ ހުރީ އަހަރެން ކައިރީގަ” ހިތް މަތީގައި ގާގަޑެއް ބާއްވާފައި އީކަން ބުނެލިއެވެ. އީކަންގެ ޖަވާބު އަޑުއިވުމުން ނޯޔާގެ ހިތް މުޅިން ފުނޑު ފުނޑުވިއެވެ. އޮތް ކުޑަ ކުޑަވެސް އަލިކޮޅު ނިވިގެންދިޔައެވެ. “ކަލޭ މިހާރު އަހަރެންގެ ދަރި ގޯސްކުރަން އެކުއްޖާފުޅު ބޮލުގަ އަޅުވާ ކަންތައްތައް ބަލާބަލަ ވަހީދޫ މި އަންހެނާ އަށް އަދަބެއް ނުދީފިއްޔާމު ނެނގޭނެ މާދަން ކުރާނެ ކަމެއް” ހަލީމާ އަލިފާނުގެ ތެރެއަށް ތޭ އަޅަން ފެއްޓިއެވެ. ވަހީދު އަނގައިން ބަހެއް ބުނުމެއްނެތި ގޭތެރެއަށް ވަދެގެން ދިޔައެވެ. “މަންމާ ބައްޕަ އަށް ކިހިނެއް އެވީ؟؟ މިހިރަ ގެރި ގަނޑު އެވަރު ކަމެއް ކުރީމަ ވެސް އެއްވެސް އަދަބެއް ނުދޭ އެއީ އެއްވެސް ގޮތެއްނޫން” ނަޝްފާ ހަލީމާ ގާތުގައި ކުދި ކިޔަން ފެއްޓިއެވެ. އިރުކޮޅެއް ނުވެ ފެނުނީ ހޫނު ކޮއްފައި އޮތް ދަގަނޑު ގަނޑެއް ހިފައިގެން ވަހީދު އައި ތަނެވެ. ވަހީދު ކުރަން އެއުޅު ކަންތައް އެނގުމުން އީކަންގެ ދެލޯ ބޮޑުވިއެވެ. ވަހީދު ބަލަން ނުހުރެ އެ ހޫނު ދަނގަނޑު ގަޑުން ނޯޔާ ފައިގެ ކަށި މަތީގައި ޖަހަން ފެއްޓިއެވެ. ފައި ހަލާކުވެގެން ލޭ ފައިބަމުން ދިޔަ އެއްކަމަކު ނޯޔާ އިންތަނުން ގުޑާވެސް ނުލައެވެ.

ނޯޔާގެ ފައިގެ އެކި ތަންތަން ހަލާކުވެ ލޭ އަޔެއް ކަމަކު ބޭސް ކީއްކުރަން އެތަން ފޮހެލަން ޓިޝޫއެއް ދިއްކޮއްލާނެ މީހެއް ވެސް ނެތެވެ. ނޯޔާ ނިދަނީ އެގޭ ގުދަނުގައެވެ. ފަތް ޖެހި އެނދެއް އޮތް އިރު ދޮރުގައި ތަޅެއްގެ ހިސާބުވެސް ނެތެވެ. ފަސްޓް އެއިޑް ބޮސް ހިފައިގެން އީކަން ނޯޔާ ކައިރިއަށް ދިއުމަށް މިސްރާބު ޖެހިއެވެ. އެގޭ ކޮންމެ މީހަކު ނޯޔާ ދެކެ ރުޅިއަރާ ނަފްރަތު ކުރިއެއް ކަމަކު އީކަން އެއް ނުކުރެއެވެ. ހަލީމާމެން ނޯޔާ އާ ދޭތެރޭ ކަންތައް ކުރަމުން ދާ  ގޮތް ފެނުމުން އީކަން ހިތްހަމައެއް ނުޖެހެއެވެ. އެއީ އެއްވެސް އިންސާނަކާ ދޭތެރޭ ކަންކުރަން ޖެހޭ ގޮތެއް ނޫންކަން އީކަން އަށް ވިސްނެއެވެ. ނަމަވެސް މައިންބަފައިންނާ ދެކޮޅަށް އެއްމެ ބަހެއް ވެސް ބުނާކަށް އީކަން އަކަށް ނުކެެރެއެވެ. އީކަން ފަސްޓް އެއިޑް ބޮސް ކުޑަދޮރުން ގުދަނުގެ ތެރެއަށް ވައްޓާލާފައި ދުވެފައި ދިޔައެވެ. އެއްޗެއް ވެއްޓުނު އަޑު އިވުމުން ނޯޔާ އެދިމާލަށް ބަލާލިއެވެ. އެތާ ފަސްޓް އެއިޑް ބޮސް އޮތުމުން ހައިރާންވި ނަމަވެސް އެ ބޭނުން ކުރުން ނޫން އެހެން ގޮތެއް ނެތުމުން އެ ނެގިއެވެ. އަދި ނޯޔާ އަށް އެހީވި މީހާއަށް ހިތުގެ އަޑިން ޝުކުރުކުރިއެވެ.

ހެނދުނުގެ ވަގުތެވެ. ފަައިގައި އަޅަމުންދިޔަ ވޭން ގަދަކަމުން ނޯޔާ އަށް ތެދުވޭ ގޮތެއް ނުވިއެވެ. ހެނދުނު ހެނދުނާ ސައި ތައްޔާރު ނުކޮއްފިނަމަ ނޯޔާގެ ދުވަސްދިޔައީއެވެ. އެހެން އޮވެ ނޯޔާ އަށް އަނެއްކާވެސް ނިދުނެވެ. ކުއްލިއަކަށް ނޯޔާ އަށް ހޭލެވުނީ ފައިން ތޫނު ދިލެއް ނަގަން ފެށުމުންނެވެ. ނަޝްފާ އައިސް ކޯލަވާޓަރު ފުޅިއެއް ނޯޔާގެ ފައި ހަލާކުވެފަ ހުރި ތަނައް އޮއްސާލިއެވެ. “އެހެންވާނީ ސައި ނުހަދާ ނިދަން އޮންނަންޏާ ބަލަ އަހަރެން މީ އިންސާނެއް ނޫންތަ ބަނޑު ހައިވެޔޭ ދެންވެސް އަވަހަށް ދޭ ބައްޕަ އަށް ކަލޭ ސައިނުހަދާ ނިދަން އޮތް ކަން އެނގިއްޖިއްޔާ އަދި މާ ކަންތައް ބޮޑުވާނެ” ނަޝްފާ ނޯޔާ އާ ދިމަލަށް ލޯ އަޅަމުން ބުނެލިއެވެ. ނޯޔާ ތެދުވެގެން ބަދިގެއަށް ދިއުމަށް ހިނގައިގަތެވެ. ނަމަވެސް ނަޝްފައި ނޯޔާ ފައިގައި އަޅުވާލާފައި ވައްޓާލިއެވެ. ވަމުންދިޔަ ތަދަށް ކެއްކުރަމުން ދިޔަ ނޯޔާ ހޭނެތިގެން ވެއްޓުނެވެ…………..

………..ނުނިމޭ…………

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (41)

  1. Shaiiii

    Yayyy me 1 dho….. Vvv rythi mi prt vx?❤️….. Waiting for nxt part ?❣️?

    1. lilly
      Shaiiii

      thank u shai❤❤

  2. Kylie

    Maasha allah v reethi feshumeh ngey Sis… Whn nxt??Curiously Waiting for nxt….. LYSM sis

    1. lilly
      Kylie

      thank u kylie❤❤

  3. Ahuu

    Feshun hama habeys nd vvv reethi waiting for nxt part lysm siss ❤️❤️❤️❤️

    1. lilly
      Ahuu

      thank u ahuu ❤❤

  4. Ahuu

    Siss vaheedhuge thibenee four kudhin neh noon thr noya, vafaa, nashfaa, eekan??

    1. lilly
      Ahuu

      yeah vaheedhuge 4 ekm i wrote vaheedhu and haleemaa aa dhemeehunge 3 kudin dho.. noayaa akee vaheedh and hanaa ge dharieh nu ❤❤?

  5. Lamko

    Vrh reethi feshumeh…☺️☺️?
    Masha allah❣️
    1st part vc varah reethi??
    When nxt…curiously waiting for the nxt??
    Lysm…sisooo?❣️?

    1. lilly
      Lamko

      thank lamko ❤❤

  6. Livy

    Varah varah varah reethi ❤️✨?❤️? maa sha Allah ?⚡? curiously waiting waiting for the next part ??ly ⚡?⚡?⚡

    1. lilly
      Livy

      thank u livy❤❤

  7. Afu

    OMG OMG OMG Varah varah varah reethi reethi reethi first prt ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ …… Hama speechless ???????????… …. Molhey molhey molhey Masha Allah ??????????????…. Ur the best author igey my lwbi siss???????????????? ….. When next ???…. Avahah up kohlaane kamah uhmeedhu kurann …. Waiting ….. Lysssssmmmmmm ❤️❤️❤️???
    Stay safe???????????????
    TC???????❣️❣️❣️❣️❣️❣️
    Lots and lots of love from Afu ????????????????

    1. lilly
      Afu

      thank u afuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu❤❤

  8. Queen

    as always best ingey…..my bf buny lilly kaireega bunaashey that i love u and ur stories more than i love him??❤

    1. lilly
      Queen

      ahaha thats good tell him to adjust it ahaha ofcors u should love me dhoo there is no mistake but tell him he should love u more n more orlse i will beat him up ?????❤❤❤❤❤❤

  9. aphxxx

    Niceeee lwbbss gohododhyburiyahooooo noyaaa fakeeer udhali dont do that to herrrrr????❤️❤️❤️❤️

  10. ?Ril?

    Mi part ves varah Hama sali. Masha Allah sis. U are best . Dhen konirakun next. Varah curious veje Hama.

    1. lilly
      ?Ril?

      thank u ril ❤❤

  11. anooz❤️❤️

    Lilly eekan aa noya aa rahtehseh nuveveyne Adhi nuves idheveyne sababakee dhemeehun ge ves eh dad eh mihen kurin mi bunee fahun liyaa iru idhefaanethee ???
    Eh ehbadheh noonas eh bafaeh eiee that’s why…

    1. lilly
      anooz❤️❤️

      they r totally strangers dear.. ❤❤

  12. anooz❤️❤️

    Dhe meehun ge ves eh blood eh dhww??
    Btw mi part hama habeys ??
    TC… Stay home ?stay safe ??

    1. lilly
      anooz❤️❤️

      thank u anooz nooo noyaa and eekan akee aslu eh vs gulhumeh vaa dhemeehuneh noon its a bi misundestanding… i will mention this in the next part sooo that things wont be awkard❤❤

  13. RoYaLbEaTeR

    Hama habeyyys….

    1. lilly
      RoYaLbEaTeR

      thank u ❤❤?

    2. Anonymous
      RoYaLbEaTeR

      Hey i think i know u royalbeater??

  14. Nia

    Hiiiii lillyyyy u r the besttttt…. And one more thing no one can write stories like u do I love you sis❤️❤️❤️❤️❤️

    1. lilly
      Nia

      aww thank u soo much lil sweetheartt love u moree❤❤

  15. Kairaa

    Varah varah reethi mi bai vx….waiting for the nxt part….lysm…..stay safe

    1. lilly
      Kairaa

      thank kaiiiii LYM

  16. Lilly?????

    Alhey noya ah dhera gotheh nahadahchey sis anyway Whn nxt
    LYSM
    STAY HOME #STAY SAFE #

    1. lilly
      Lilly?????

      sorry darling noya ah vvvv dhera gotheh vaanyy ?????????❤

  17. Shuba

    Kobaatha moya hiy magey season 2???

    1. lilly
      Shuba

      adhi liyevey gotheh nuvey.. sorry darling ?❤

  18. Anaaya anaa

    Hi lilly!?it’s my first comment❤️vrh reethi Mi prt vx ❤️❤️❤️❤️☺️☺️☺️☺️☺️hope nxt prt vx reethi vaane kamah ☺️☺️☺️
    ?don’t get sick stay safe ❤️❤️❤️❤️❤️❤️❤️❤️❤️tc
    Lots of loves❤️❤️curiously waiting for nxt prt

    1. lilly
      Anaaya anaa

      aww thank u soo much anaa u 2 be safe dear…. lav yu moreee chuweet heart??

  19. lilly

    ###does anyone know any arranged marriage storiess???###

  20. no one

    varah late koh mibuneveneee…. but welcome back..
    n mi prt varah varah reethi…………??
    just luv it.??
    waiting for the nxt prt..❤❤

    1. lilly
      no one

      thank u sooooo much dear ❤❤?

  21. ®¥N

    Lilly…… Mi part varah Salhi…. Maasha Allah ❤️Lilly ure always the best for me…. Varah dheravey Story Kiyaa konme faharaku comments nukurevey thy…… But I love you so much lilly ❤️❤️❤️❤️be safe.. Stay home dear…..

  22. ❤️shyn❤️

    Gud job lilly ❤️.. Mi part ves varah Salhi.. Lve u dear ?❤️

Comments are closed.