Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (ތޭރަވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
June 27, 2020 12 Mins Read
27 Comments

ފަވާޝަތުގެ ގެއަށް ދާންވެގެން އެގޭ ގޯޅި ކަންމައްޗަށް ދެވުނު އިރު ފަވާޝަތުވެސް ގެއިން ނުކުންނަނީއެވެ. ޒާޔާ އާއި އަރާ ހަމަކޮށްފައި ފަވާޝަތު ހިނިތުންވެލިއެވެ. ނަމަވެސް ޒާޔާ ހިނިތުން ނުވި ތަނުގައި ފަވާޝަތާއި ދިމާލަށް ބަލައިވެސް ނުލިއެވެ. “ކީއްވީ ޒާޔާ؟” ޒާޔާގެ ދަތްދޮޅީގައި ހިފައި އޭނާގެ އިސް އުފުލައިލަމުން ފަވާޝަތު އެހިއެވެ. “ހަހަހަ. ކުޑަ ސަމާސައެއްކޮށްލީ. ހިނގަ އަތިރިމައްޗަށް ދާން. ވާރޭ ވެހޭއިރު ވަރަށް މަޖާވާނެ. ވޯޓަރ ޕްރޫފް ފޯނެއް އޮތްނަމަ ނިކަން ސަޅިކޮށް ފޮޓޯވެސް ނެގޭނެ ދޯ.” ޒާޔާ އޭނާގެ ވަށައިގެންވި ހިތާމަތައް ފޮރުވަން މަސައްކަތްކުރަމުން ވަރަށް ފޯރީގައި ފަވާޝަތާއި ވާހަކަ ދެއްކިއެވެ. ފަވާޝަތުވެސް އާނ ދޯ އޭ ބުނެ ޒާޔާ އާއިއެކީ ހިނގައިގަތެވެ. އެވަގުތުވެސް ވާރޭ ބޯކޮށްލައިފިއެވެ. ދެކުދިން ހީނހީފައި ސަކަރާތް ޖަހައި ދުވަމުން ދިޔައެވެ. ހީވަނީ ކޮއްޓަކުން މިނިވަންވެފައިވި ދޫނިތަކެއްހެނެވެ. އެކުދިން ދުވަމުން ދިޔައިރު އެތައް ބައެއްގެ ކަތި ނަޒަރުވެސް އެކުދިންނަށް އަމާޒުވަމުން ދިޔައެވެ. ޚާއްޞަކޮށް ކުރިން ޒިޔާނާ އާއި ހެދި އުޅުނު މީހުންގެ ކަތި ނަޒަރު ޒާޔާއަށް އަމާޒުވާން ފެށިއެވެ. އެކަމަކު އެކަމެއް ޒާޔާއަކަށް ރޭކައިނުލައެވެ.

ޒާޔާމެން ދިޔަ ދިމާލަށް ބަލަން ހުރި ނޫކަށި ފުރައިގެ ޒުވާނަކު އޭނާގެ ފޯނު ނަގައި ނަމްބަރުތަކަށް ފިތައިލަމުން ކަންފަތުގައި ޖައްސައިލިއެވެ. “ހަލޯ. މަށަށް ފެނިއްޖެ ޒިޔާނާގެ ދަރިފުޅު.” ޒުވާނާ ބުނެލިއެވެ. އެކޮޅުން އަދިވެސް އިތުރަށް ތަފްޞީލު ދޭން އެދުނެވެ. “އަހަ. އަދި ކިހިނެތް ޑީޓެއިލް ކޮށް ކިޔާދޭނީ. އަދި ކިރިޔާ ވިއްޔަ މި ފެނުނީ. އެކަމަކު މިހިރަ އާލިޔާގޭ މަންޖެ އާ އެކީ ދިޔަތަން އަހަންނަށް ފެނުނީ. އަހަންނަށް ހީވަނީ އެއީހެން އެކުއްޖާގެ ބެސްޓް ފްރެންޑް.” ޒުވާނާ އޭނާއަށް އިނގުނު މިންވަރަކުން ކިޔައިދިނެވެ. “އޯކޭ. އެހެންވީމަ ކަލޭ އިހަށް ކަމެއް ނުކޮށް މަޑުކުރޭ. އަހަރެން ދެދުވަސް ފަހުން ތި ރަށަށް ދާނަން. މި ދެދުވަސް ތެރޭ ކަލޭ ވާނެ އެކުއްޖާއާ ބެހޭގޮތުން ފުދޭވަރަކަށް މައުލޫމާތު ހޯދާލަން. އިނގޭ!” ޒުވާނާ އެންމެ ރަނގަޅޭ ބުނެލުމަށްފަހު ފޯނު ކަނޑައިލިއެވެ. ޒާޔާމެން ދިޔަ ދިމާލަށް ބަލައިލުމަށްފަހު ޒުވާނާ ދެން މިޞްރާބުޖެހީ އާލިޔާގެ ގެއާއި ދިމާލަށެވެ.

“ފަވާ ހީކަރުވާތަ؟” ޒާޔާ ސުވާލުކުރިއިރު އޭނާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. “އާނ. ވަރަށް ބޮޑަށް. އެކަމަކު ދެން ވާރޭ ހުއްޓާލީމަ ގެއަށް ދާންވާނީ. ހީކެރުވިޔަސް އޯކޭ.” ދެއަތް އުރައިލައިގެން ހުރެ ފަވާޝަތު ބުންޏެވެ. ރަށުގެ އަތިރިމަތީގައި ދެކުދިން ތިބިއިރު އެދެކުދިން ނޫނަސް ރަށުގެ ގިނަ މީހުންތަކެއް އަތިރިމަތީގައި ހަރަކާތްތެރިވަމުން ދިޔައެވެ. އަތިރިމަތީގައި ބޯވެފައި ހުރި މަގޫގަސްތައް ކައިރީ ދެކުދިން އިށީނދެލައިގެން ތިބިއިރު ޖެހޭ ބާރުގަދަ ވަޔަށް އެ ދެކުދިންގެ ގައިގައި މަގޫގަސްތަކުގެ ފަތްތައް ހޭކިލައެވެ. ދެކުދިންގެ އިސްތަށިގަނޑުވެސް ވައިޖެހޭއިރަށް ވިހުރެން ފަށައެވެ. ހީވަނީ ވަޔާއި އެއްވަރަށް ނަށަން އުޅެނީހެންނެވެ.

އާލިޔާމެންގެ ގެއާއި ހަމައަށް ދެވުމުން މަތީން ކުޑަ ލައްޕައިލައިފައި ދޮރުމަތީ ބެހެއްޓުމަށްފަހު އެތެރެއަށް ވަނެވެ. ސަލާމް ގޮވައިލުމެއްވެސް ނެތި މަތީން އެ ގޭތެރެއަށް ވަދެގެން ދިޔައެވެ. ގޭގައި ހުރި ކޮތަރިތައް ބަލަމުން ދިޔަ ގޮތުން ހީވަނީ މަތީނަކީ އެގޭ މީހެއްހެނެވެ. އެންމެ ފަހަކަށް ޖެހުނު ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފައިލުމާއިއެކު އެ ދޮރެއް ނުހުޅުވުނެވެ. މީހަކު އެ ކޮޓަރީގައި ނޫޅޭނަމަ ކޮޓަރި ތަޅުނުލައި ނުހުންނާނެކަން މަތީނަށް އެނގުނެވެ. މަތީން އެންމެ ފަހުން އެ ކޮޓަރި ދޮރުގައި ޓަކި ޖަހައިލިއެވެ.

މޭކަޕް ކުރަން ލޯގަނޑު ކުރިމަތީ ހުއްޓައި މީހަކު ދޮރުގައި ޓަކި ޖަހަން ފެށުމުން އާލިޔާއަށް ޗޮކެއް ކަނޑައިލެވުނެވެ. ކޮޓަރީގައި އެމީހަކު އެ ޓަކި ދޭ ގޮތަކުން އެއީ ފަވާޝަތެއްނޫންކަން އާލިޔާއަށް އެނގުނެވެ. ފަވާޝަތުުވެސް މިގަޑީގައި ގެއަކު ނޫޅެއެވެ. ދެން މިވަގުތު މި ކޮޓަރީގައި މި ޓަކި ޖަހަނީ ކާކުބާވައެވެ؟ ފަހަރެއްގައި މިއީ ޖެނީއަށްވެސް ވެދާނެއެވެ. އެކަމަކު ޖެނީ އަކީ ޓަކި ޖަހަން ފަށައިފިއްޔާ ގޮވަން ފަށާ މީހެކެވެ. އެއީ ބީރައްޓެއްސަކަށް ވެދާނެޔޭ ހިތައި އާލިޔާ ދޮރު ނުހުޅުވައި އިހަށް މަޑުކޮށްލަން ނިންމިއެވެ. ނަމަވެސް ބޭރުން މީހަކު ކެއްސައިލި އަޑު އިވުމުން އޭނާގެ އަތުގައި އޮތް އައިލައިނަރ އޭނާގެ އަތުން ދޫވެ ބިންމައްޗަށް ވެއްޓިއްޖެއެވެ. ދަންނަ އަޑަކާއި ވައްތަރުވުމުން އާލިޔާ މިފަހަރު ދޮރު ހުޅުވައިލަން ހިތަށް އެރިއެވެ. ބިންމަތީގައި އޮތް އައިލައިނަރ ނަގައި ޑްރެސިންގް ޓޭބަލް މަތީ ބާއްވައިފައި އާލިޔާ ގޮސް ކޮޓަރި ދޮރު ހުޅުވައިލިއެވެ.

“މަތީނު..؟” އެތައް ދުވަހަކަށްފަހު އަނެއްކާވެސް އޭނާގެ ކުރީގެ ރަޙުމަތްތެރިއަކާއި ބައްދަލުވުމުން އާލިޔާ ހުރީ އުފާވެފައެވެ. ހަމަ އެއާއިއެއްވަރަށް އޭނާ ހުރީ ޙައިރާންވެސް ވެފައެވެ. މަތީން މި ރަށުގައި މިކުރަނީ ކޮންކަމެއްހެއްޔެވެ؟ މަތީން ވަނީ ދުވަހެއްގެ ކޮޅުންވެސް މި ރަށަށް ނާންނާނަމޭ އޭނާ ގާތުގައި ބުނެފައެވެ. ދެން ކުއްލިއަކަށް މަތީން މި ރަށަށް މިއައީ ކީއްކުރަންހެއްޔެވެ؟ “އެތެރެއަށް ވައްދަފާނަންތަ؟ ވަރަށް ސީކްރެޓް ވާހަކައެއް އެބަ އޮތް ދައްކަންވެފަ.” އާލިޔާ އެއްވެސް ޝަކުވާ އަކާއި ނުލައި މަތީން އެތެރެއަށް ވެއްދިއެވެ. މަތީން އޭނާއާއި މުޚާތަބު ކުރަނީ އާލިޔާދައްތަގެ ނަމުންނެވެ. އެކުވެރިން ގޮތުގައި އުޅުނަސް މަތީނަށް ވުރެ އެތައް އަހަރެން އާލިޔާ ބޮޑުވުމުން މަތީން އެގޮތަށް އޭނާއާއި މުޚާތަބު ކުރަނީއެވެ. އެހެންކަމުން މަތީން އޭނާގެ ކޮޓަރިއަށް ވެއްދިޔަސް އެއީ މާ ބޮޑު މައްސަލައެއްގެ ގޮތުގައި އާލިޔާއެއް ނުދެކުނެވެ.

“އާލިޔާދައްތަ ކިހިނެތްތަ؟” މަތީން އެންމެ ފުރަތަމަވެސް ބޭނުންވީ އާލިޔާގެ ޙާލު ބަލައިލާށެވެ. “ދައްތަ ހަމަ ބަރާބަރު. މަތީނު ކީއްކުރަނީ މިކޮޅުގަ؟ މަތީނު ދެން މިރަށަށް ނާންނާނަމޭ ބުނި ހަނދާނެއް ދައްތަ އެބަވޭ.” އާލިޔާ އޭނާގެ ހިތުގައި އުފެދުނު ސުވާލުކޮށްލިއެވެ. “ހެހެ. އެހެން ބުންޏަސް ވަރަށް ބޮޑު މިޝަންއަކަށް މިރަށަށް އައިސް މިއުޅެނީ މިހާރު.” މަތީން ‘މިޝަން’ އެކޭ ބުނުމުން އާލިޔާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. މަތީންމެން އެ ކުޅޭ މިޝަންގައި އޭނާވެސް ބައިވެރިވާން ބޭނުންވިއެވެ. “އަނެއްކާ ކޮން މިޝަންއެއް؟” އާލިޔާ ވަރަށް ގަޔާވެފައި އިނދެ ސުވާލުކުރިއެވެ. “އެހެން އަދި ނުވެސް ބުނެވޭނެއްނު ދޯ… އެޔެއް ނޫނޭ.. މިގޭ މަންޖެ ޒިޔާނާގެ ދަރިފުޅާ އެކީ މަގުމަތީ ދުވެދުވެފަ އުޅުނުތަން މަށަށް ފެނިގެން މިއުޅެނީ. އެ ދެކުދިން އެއީ ބެސްޓް ފްރެންޑްސް ތަ؟” މަތީން އެ ސުވާލުކޮށްލުމާއިއެކު އާލިޔާގެ ހިތުގައި ޝައްކުގެ އޮށެއް އިންދުނެވެ. މީނާ މިއުޅެނީ އަހަރެންގެ ފަވާޝަތަށް ގެއްލުމެއް ދޭންބާވައެވެ؟ ނޫނެކެވެ. އެއްގޮތަކަށްވެސް އެހެންވިޔަކަ ނުދޭނަމެވެ. ޒާޔާއަށް ގެއްލުމެއް ދޭން ރާވާނެނަމަ ކިތަންމެހާވެސް ރަނގަޅެވެ. މީނާގެ ނިޔަތް ބަލައިފައި ނޫނީ އެއްވެސް މައުލޫމާތެއް ދީގެން ނުވާނެއެވެ. “ކިހިނެތްވީ؟” އާލިޔާ ދެލޯ ހަނިކޮށް އޭނާއާއި ދިމާލަށް ބަލަން އިން ގޮތުން މަތީން ކުޑަކޮށް ނުތަނަވަސްވިއެވެ. އާލިޔާ ދެތިން ފަހަރަކު އެސްފިޔަ ޖަހައިލުމަށްފަހު އާނއެކޭ ބުނެލިއެވެ.

“އޯ. އޯކޭ…. އަހަރެން ބޭނުންވަނީ މިގޭ މަންޖެއާ އެކީގަ އެއުޅޭ އަންހެން ކުއްޖާގެ މައުލޫމާތު. ދައްތައަށް އިނގޭތަ އެކުއްޖާއާ ބެހޭގޮތުން ކޮންމެވެސް މިންވަރެއް؟” ވަރަށް ނުކެރިފައި އިނދެ މަތީން ސުވާލުކޮށްލިއެވެ. އެކަމަކު އޭނާ ކުރަން ބޭނުންކަމެއް އެހާ އަވަހަށް ދޫކޮށްލާ ހިތެއް ނުވިއެވެ. “މާ ރަނގަޅަށްވެސް އިނގޭ. އެއީ ޒާޔާ. ރަށުތެރޭ މާ ރީތިމީހަކަށް ހެދިގެން އުޅޭ މީހެއް އެއީ.” އާލިޔާ ޒާޔާއާއި ބެހޭގޮތުން ދޮގު ހަދައިލިއިރު އޭނާއަށް ނޭނގުނު ކަމަކީ މަތީން އެ ވާހަކަ ޤަބޫލުނުކުރާކަމެވެ. ޒާޔާގެ މޫނު ފެނުނުއިރުވެސް މަތީނަށް އެ މޫނުމަތިން ފެނުނީ މައުސޫމްކަމެވެ. ޒާޔާ ހީލާ ގޮތުންވެސް އެކުއްޖާއަކީ އާލިޔާ ބުނާހެން ރަށުތެރޭ މާ ރީތިކަމަށް ދެއްކެން އުޅޭ ކުއްޖެއްހެނެއް މަތީނަކަށް އެއްގޮތަކަށްވެސް ހިޔެއް ނުވެއެވެ.

“އެހެންދޯ! އޯކޭ ދެން. ތިވަރުން ފުދޭ. އަހަރެން ނޫޅެން މާކަ ބައިވަރު މައުލޫމާތު ހޯދާކަށް. ވަރަށް އުފާވެއްޖެ ދައްތަޔާ ބައްދަލުވެލީމަ. ފަހުންވެސް އަންނާނަން އިނގޭ އަދި.” މަތީން ވީ ފޫއްސެއްގެ ބޮޑުކަމުން އޭނާ އެތަނުން ދާން ބޭނުންވިއެވެ. އާލިޔާ ބުނެލި އެންމެ ޖުމުލައެއްގެ ސަބަބުން މަތީންގެ ހިތުގައި އާލިޔާއާއި ދޭތެރޭ ފޫހިކަން އުފެދުނެވެ. އާލިޔާ އެ ޖުމުލަ ބުނި ރާގުންވެސް އާލިޔާގެ ހިތުގައި ޒާޔާއާއި މެދު ކޮންމެވެސް ޙަސަދަވެރިކަމެއް އޮންނާނެކަން މަތީނަށް އެނގުނެވެ. އާލިޔާ އަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުދީ މަތީން އެ ކޮޓަރިން ނުކުމެގެން ދިޔައެވެ.

މަތީން އެ ގެއިން ނުކުންނަންވެގެން ދޮރު ހުޅުވައިލި ވަގުތު އޭނާއާއި ފަވާޝަތާއި ދެމީހުން އެކަކު އަނެކަކު ގައިގައި ނުޖެހުނީ ކިރިޔާއެވެ. “ސޮރީ.” މަތީން މަޢާފަށް އެދެމުން ފަވާޝަތާއި ދުރަށް ޖެހިލައިފައި އެގެއިން ނުކުތެވެ. ނުދަންނަ ޒުވާނަކު އެގެއިން ނުކުމެގެން އެ ދިޔަ ގޮތަކުން ފަވާޝަތުގެ ހިތް ޝައްކުން ފުރެން ފެށިއެވެ. އަނެއްކާ މިއީ ވަގެއް ބާވައެވެ؟ އެހެނަސް އެ ޒުވާނާ ދިޔައިރު އޭނާގެ އަތުގައި އެއްވެސް އެއްޗެއް އޮތްތަނެއް ފަވާޝަތަކަށް ނުފެނުނެވެ. އެހެނެއްކަމަކު ހިތުގައި އުފެދުނު ބިރުވެރިކަމެއްގެ ސަބަބުން ފަވާޝަތު ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. ކޮޓަރި އިހު ހުރިގޮތަށް އެއްވެސް އެއްޗެއް މަދުނުވެ ހުރުމުން ފަވާޝަތަށް އޭނާގެ މޭގައި އަތް އަޅައިލަމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. ފަވާޝަތު ދެން ދިޔައީ ތެތް އެއްޗެހި ބަދަލުކޮށް ފެންވަރައިލާށެވެ.

މަތީން ކުޑަ ނެގި ވަގުތު ޒާޔާ އެގޭ ކަންމަތިން އަނެއް ގޯޅިއަށް އަޅައިލިތަން މަތީނަށް ފެނުނެވެ. މަތީން ކުޑަކޮށް ދުވެލައިފައި ގޮސް އެ ގޯޅިއަށް އެޅިއެވެ. ޒާޔާއާއި ތަންކޮޅެއް ދުރުން ދިޔަޔަސް މަތީން ހިނގަމުން ދިޔައީ ޒާޔާގެ ފަހަތުންނެވެ. އޭނާ ބޭނުންވީ ޒާޔާ އުޅޭ ތަނެއް ބަލައިލާށެވެ. ޒާޔާގެ ފަސްފަހަތުން ހިނގަމުން ގޮސް ޒާޔާ އާއި ތަންކޮޅެއް ކައިރި ވެވިއްޖެހެން ހީވެގެން މަތީން އޭނާގެ ހިނގުން ތަންކޮޅެއް މަޑުކޮށްލިއެވެ. ފަހަރެއްގައިވެސް އޭނާ ޒާޔާގެ ފަހަތުން އަންނަކަން ޒާޔާއަށް އެނގޭކަށް އޭނާ ބޭނުމެއްނުވެއެވެ.

ޒާޔާ ގެއަށް ވަނުމުން މަތީން ތަންކޮޅެއް ބާރަށް ހިނގައިލައިފައި ގޮސް އެގޭ ދޮރުމަތީ މަޑުކޮށްލިއެވެ. އަދި އޭނާގެ ފޯނު ނަގައި އެ ދޮރާށީގެ ފޮޓޮއެއް ނެގީ އޭނާއަށް ފަހަރުގައި މިގެ ހުންނަތަން އޮޅިދާނެތީއެވެ. ދޮރާށި މަތީގައި ހަރުކޮށްފައި ހުރި ނަންބޯޑުވެސް މަތީން ފޮޓޯ ނެގިއެވެ. “އޯލް ޑަން. ދެން މާދަމާ އެހެން ކަންތައްތަކާ އުޅެވޭނީ.” ފޯނު ޖީބަށް ލުމަށްފަހު މަތީން އޭނާ އުޅޭ ގެސްޓްހައުސްއާއި ދިމާލަށް ދާން ހިނގައިގަތެވެ.

ޒާޔާ ގެއަށް ވަތްއިރު ނިހާން އާއި ޖަމީލާ ސިޓިންގް ރޫމުގައި ތިއްބެވެ. ނިހާން ފޯނު ހިފައިގެން އިން އިރު ޖަމީލާ ނިހާންގެ މުލައްދަނޑީގައި އަތް އަޅުވައިލައިގެން ނިހާންގެ ފޯނު ސްކްރީނަށް ބަލަން އިނެވެ. ދެމީހުންވެސް އެއްފަހަރާ ޖަހާލައި ހިނިގަނޑުން ކޮންމެވެސް މަޖާ ވީޑިއޯއެއް ބަލަނީކަން އެނގެއެވެ. ބައްޕަ އާއި ޖަމީލާ އާއި އެހާ ގާތްގާތުގައި ތިބިތަން ފެނިގެން ޒާޔާގެ ހިތަށް އުނދަގޫވިއެވެ. އަދި ޒާޔާގެ ހިތަށް އެންމެ ބޮޑަށް ތަދުވީ ޒާޔާ އެތެރެއަށްވަދެ ގޮސް ކޮޓަރިއަށް ވަތްއިރުވެސް ނިހާން އޭނާއަށް ގޮވައިނުލިތަނުގައި އޭނާއާއި ދިމާލަށް ބަލައިނުލީތީއެވެ.

ތެތް އެއްޗެހި ބަދަލުކޮށް ފެންވަރައިލައިގެން ނުކުމެ ޒާޔާ ލިޔާ މޭޒުކައިރީ އިށީނެވެ. އޭނާގެ ދަބަހުން ފިލާވަޅު ހަދަން ބޭނުންވާ ސާމާނު ނަގައިގެން ފިލާވަޅު ހަދަން ފެށިއެވެ. ކޮޓަރިތެރެ އެއްކޮށް އަލިކޮށް އޮތުމުން ޒާޔާއަށް އުނދަގޫވެގެން ނިދާ ބޮކި ދިއްލައިފައި ލިޔާ މޭޒުމަތީ އިން ކުޑަ ލޭމްޕު ދިއްލައިލިއެވެ. ޒާޔާގެ ދިރިއުޅުމުގައި ހިނގާ އެހެން އެއްވެސް ކަމަކާއިމެދު ވިސްނުމެއް ނެތި ޒާޔާ އޭނާގެ ފިލާވަޅު ހަދަމުން ދިޔައެވެ. ބައެއްފަހަރު ފޮތުގައި ލިޔެވިފައިވި ޖުމުލައެއް ކިޔައިލެވުމުން އެއީ އޭނާގެ ދިރިއުޅުމާއި ގުޅިފައިވި ޖުމުލައެކޭވެސް ހިތަށްއަރައެވެ. ނަމަވެސް އެކަންކަމާ މެދު ނުވިސްނައި ޒާޔާ ފިލާވަޅު ހެދޭތޯ ބެލިއެވެ. ސްކޫލް ހުޅުވެންވެސް ދެން ބާކީ އޮތީ އެންމެ ހަފްތާއެކެވެ. އެހެންކަމުން ޗުއްޓީއަށް ހަދަން ދީފައިވާ ފިލާވަޅުތައް ހަދައި، ދަސްކުރަން ޖެހޭ ފިލާވަޅުތައް ދަސްކުރުން އެއީ ޒާޔާގެ ހިތުގައި އޮތް އެންމެ ވަރުގަދަ ޢަޒުމެވެ.

މަތީން ގެސްޓްހައުސްއަށް ގޮސް އޭނާ އުޅޭ ރޫމަށް ވަދެ ދޮރު ލައްޕައިލަމުން އައިސް އެ ކޮޓަރީގައި ހުރި ސޯފާގައި އިށީނދެލިއެވެ. ކޮޓަރިތެރެ ކުޑަކޮށް އަނދިރިކަމަށް ދައްކާތީ މަތީން ތެދުވެ ކުޑަދޮރުތައް ފޮރުވުމަށްޓަލައި އެޅިފައިވި ފަރުދާ ކަހައިލިއެވެ. އެއާއިއެކު ކޮންމެވެސް ވަރަކަށް ކުޑަދޮރުގެ ބިއްލޫރިގަނޑުން އެތެރެއަށް އަލި ފެތުރިފައިވިއެވެ. ވިއްސާރަ ދުވަހަކަށްވުމުގެ ސަބަބުން އެހާވަރަށް އަލި ގަދައެއްވެސް ނޫނެވެ. ދުވާލު ވަގުތުތަކުގައި ކޮޓަރީގެ ލައިޓް ދިއްލުމަކީ އޭނާ ކޮށްއުޅޭ ކަމެއް ނޫނެވެ. އަމުދުން އެހެން މީހެއްގެ ތަނެއް ކުއްޔަށް ހިފައިގެން އުޅޭއިރުއެވެ. ވީހާވެސް ބޮޑަކަށް ޚަރަދުތަކަށް ބަލައިލައިގެން މަތީނު އުޅެނީ އޭނާއަށް މިދުވަސްކޮޅު ލާރި ލިބޭލެއް މަދުވާތީވެއެވެ.

“މަންމާ. އަހަރެންގެ ހަށިގަނޑަށް ފާޑެއްގެ އުނދަގޫތަކެއް ވަނީ.” ދެއަތް އުރައިލައިގެން އައިސް މަލަކާ އޭނާގެ މަންމަ ކައިރީ ބުންޏެވެ. އޭރު މަލަކާގެ ހަށިގަނޑު ވަރަށް ބޮޑަށް ތުރުތުރު އަޅަމުން ދިޔައެވެ. މަލްހާ ހުރީ މަލަކާގެ ހަށިގަނޑު މާ ބޮޑަށް ތުރުތުރު އަޅާތީ އެކަމާ ކަންބޮޑުވެ ޙައިރާންވެފައެވެ. މީގެ ކުރިން މަލަކާގެ ހަށިގަނޑަކަށް އެހެނެއް ނުވެއެވެ. އަނެއްކާ އެއީ ނުލާހިކު ބާރުގަދަ ހަށިގަނޑެކެވެ. އަންހެން ޖިންނިއެއްކަމަކު އެ ސަހަރުގައިވެެސް މަލަކާއަށްވުރެ ބާރުގަދަ ހަށިގަނޑެއް ލިބިފައި ހުރި އަންހެން ޖިންނިއަކު ނޫޅޭނެކަން މަލްހާއަށް އިނގެއެވެ. “ކޮންއިރަކު ދަރިފުޅަށް ތިހެން ވާން ފެށީ؟” މަލަކާގެ ކޮނޑުގައި އަތް ޖައްސައިލަމުން މަލްހާ އަހައިލިއެވެ. “ދޮންތަ އަތުން ބާރުތައް އަތުލި ދުވަހުން ފެށިގެން އަހަންނަށް މިހެން މި ވަނީ. މަންމާ އަހަރެން ވަރަށް ކެތްކޮށްފިން. އެކަމަކު މިހާރު މާ ބޮޑަށް ވޭން އަޅާ އެބަ އަހަރެންގެ ގައިގަ.” އަތުގެ މުލައްދަނޑީގައި ބާރަކަށް ހިފަހައްޓަމުން މަލަކާ އުނދަގުލާއިއެކީ ބުންޏެވެ. އޭނާއަށް ހީވަނީ އޭނާގެ ހަށިގަނޑުތެރޭ އެއްޗެއް ދުވާހެންނެވެ. ކުއްލިކުއްލިއަށް އައިސް ހަށިގަނޑު ތެރެއިން އޭތި އޭނާގެ އަތުގައި ޖެހޭ ގޮތުން މަލަކާގެ އަތަށް ގުޑުން އަރައިގެން ގޮސް އަތުގައި ރިއްސައެވެ. އަނެއްބައިފަހަރު އޭނާގެ ލޮލުގައިވެސް ރިއްސައެވެ. ހީވަނީ ބާރުތަކެއް ގަދަކަމުން އޭނާގެ ހަށުގަނޑުން ނުކުންނަން އުޅެނީހެންނެވެ.

“ކީކޭ؟ ދޮންތަގެ އަތުން ބާރުތައް އަތުލީއޭ؟” ދުރުގައި ދެމައިންގެ ވާހަކަތައް އަޑުއަހަން ހުރި މާލިކަށް މަލަކާ ބުނި ޖުމުލަ އަޑުއިވުމުން އޭނާއަށް ލިބުނީ ޙައިރާންކަމެކެވެ. މާލިކުގެ ކަންފަތާއި ހަމައަށް އެ ޖުމުލަ ފޯރުމުން މަލްހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މަލަކާއަށްވެސް މެއެވެ. މަލްހާ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން މާލިކު ހުރި ދިމާލަށް އެނބުރިލިއެވެ. “ހެހެހެ. މާލިކަށް އެހެން ގޮތަކަށް އަޑުއިވުނީ ކަމަށް ވާނީ. އަހަރުމެންގެ މި ދަރިފުޅު އެކަހަލަ ކަމެއް ނުކުރާނެއްނު. އޭނައަކީ އެހާ ދަހި ކުއްޖެއް ނޫނޭ އަހަރުމެން ޖިންނީންނަށް ލިބިފަ ހުންނަ ބާރުތައް އަތުލާކަށް.” މަލްހާ ވާހަކަދައްކަމުން ދިޔައިރު ކޮންމެވެސް ވަރަކަށް އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވަމުން ދިޔައެވެ. މަލްހާ އެ ހެދީ ހަމަ ކަނޑައެޅިގެން ބޮޑު ދޮގެއްކަން މާލިކަށް އެވަގުތު އިނގުނެވެ. ޙަޤީޤަތް އިނގުނީމައިވެސް މަލްހާ އެއުޅުނީ ދޮގު ހަދައި އޮޅުވައިލާށެވެ. މާލިކު އޭނާގެ ދެލޯ ބޮޑުކޮށްލުމާއިއެކު އެ ދެލޮލުން އަލިފާންކަނި ބުރަން ފެށިއެވެ. މަލްހާ ބިރުގަތީ އޭނާއާއި ދިމާލަށް އޭގެން އަލިފާން ކަންޏެއް ދޫކޮށްލައިފާނެތީއެވެ. “ކަލޭ ތި ހަދަނީ ހުސް ދޮގު. މަގޭ ކައިރީ ބުނޭ މަލައިކާ ވީތަނެއް. އެހެންނޫނީ އަހަރެން ކަލޭ އަންދައިލާނަން.” މާލިކު މަލްހާއަށް ބިރުދައްކަން ފެށުމުން މަލްހާއަށް ބިރުން ފަހަތަށް ޖެހެވެން ފެށިއެވެ. މަލްހާ ގައިގައިވެސް ބާރު އެބަހުއްޓެވެ. އެކަމަކު އެ ބާރުތަކުގެ ބޭނުންކޮށްގެން މާލިކު ބަލި ނުކުރެވޭނެތީ މަލްހާ ކެތްކޮށްލައިގެން ހުރީއެވެ. “ހަމަ މިހާރު ބުނޭ. މަލަކާ ބުނޭ އަހަރެން ކައިރީގަ. ކޮބާ ކަލޭގެ ދޮންތަ؟” މާލިކު މިފަހަރު މަލަކާއާއި ދިމާލަށް އޭނާގެ ލޮލުން އަލިފާން ކަންޏެއް ދޫކޮށްލިއެވެ. އެއާއިއެކު މަލަކާއަށް ހަޅޭއްލަވައިގަނެވުނެެވެ. “މާލިކު އެއީ ކަލޭގެ ދަރިއެކޭ. އޭނާއަށް އެހެން ހަދާކަށް ނުވާނެއްނު.” މަލްހާ މިފަހަރު މަލަކާގެ ކުރިމައްޗަށް އަރައި މާލިކު އާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. “އަހަރެން މަލަކާއަށް މި ދިން އަނިޔާ އަދި މާ ކުޑަ ކަލެމެން މަލައިކާއަށް ދިން އަނިޔާއަށްވުރެ. މަށަށް އިނގޭ ކަލެމެން ނުބުންޏަސް މަލައިކާ ވީ ތަނެއް. މި ހުރިހާ ދުވަހު އަހަރެން އެއްޗެކޭ ނުބުނެ މިހުރީ ކަލެމެން އިސްލާހުވާނެކަމަށް. އެކަމަކު އެކަމެއް ނުވިއެއްނު. ދެނެއް އަހަންނެއް ނުހުއްޓުވޭނެ ކަލެމެނަކަށް. މަލަކާ ހިނގާ އަހަންނާއެކު ދާން.” މަލަކާގެ އަތުގައި ހިފައިގެން މާލިކު ދާން ހިނގައިގަތުމުން މަލްހާ ދުވެފައި ގޮސް މާލިކުގެ ކުރިމައްޗަށް އެރިއެވެ. “ކަލޭ ނުޖެހޭނެ މަލަކާ ގެންދާކަށް. އޭނަ ބަހައްޓާ!” މަލްހާ މިފަހަރު އަމުރުކޮށްލީ މާލިކު ބިރުގަންނާނެ ކަމަށް ހީކޮށްފައެވެ. އެކަމަކު އެކަމެއް އެހެނެއް ނުވިއެވެ. “ކަލޭ މަޑުން ހުރޭ. މީނަ މަލައިކާގެ އަތުން އަތުލި ބާރުތައް މަލައިކާއަށް ދީފަ އަހަރެން މީނަ މިތަނަށް ގެންނާނަން. ކަލޭ ދޭ ދުރަށް.” މާލިކު މަލްހާ ދުރަށް ކޮށްޕައިލައިފައި މަލަކާ ގޮވައިގެން އެ ގަނޑުވަރުތެރެއިން ނުކުތެވެ. މަލްހާ ދުވެފައި ގޮސް އެ ގަނޑުވަރުން ނުކުމެވެން ހުރި ދޮރުގައި ބާރަކަށް ޖެހިއެވެ. “މަލައިކާ މަރައިލާނަން އޭނާއަށް އެންމެ ބާރެއްގެ މިންވަރު ދިނަސް.” ބޭރުގައި ހުރި މާލިކަށް އަޑުއިވޭނެހާ ބާރަށް މަލްހާ ހަޅޭއްލަވައިގަތެވެ. އެކަމަކު މާލިކު އެ އަޑު އިވޭކަމަށްވެސް ހަދައިނުލައި މަލަކާ ގޮވައިގެން ދުނިޔެއަށް ދާން ދަތުރު ފެށިއެވެ.

ރޭގަނޑުގެ ވަގުތެވެ. ވިއްސާރަ ވުމުގެ ސަބަބުން އުޑުމަތީގައި ފިޔަ ޖަހައިލާނެ އެންމެ ތަރިއެއްވެސް ފެންނާކަށް ނެތެވެ. އުޑުމަތި އެއްކޮށްހެން އޮތީ ކަޅުފުސް ވިލާތަކުން ބައްދައިލެވިފައެވެ. ވާރޭގެ އަސަރު އެކި ދިމަދިމާލުން ފެންނަން ހުރި ގޮތުން ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ ވެހިގަނެފާނެހެނެވެ. ދުނިޔެމަތީ މާލިކު އުދުހެމުން ދިޔައިރު އޭނާއަށް ފިނީގެ އެއްވެސް އަސަރެއް ކުރާހެނެއް ހިއެއް ނުވެއެވެ. ނަމަވެސް ހަށިގަނޑު އެންމެ ބާރުގަދަކަމަށް ދަޢުވާ ކުރާ މަލަކާ ފިނިވެގެން ގޮސް އެންމެ ފަހުން ޖެހުނީ މާލިކުގެ އަތްދަނޑި މަތީ އޮންނާށެވެ. މިހާރު އޭނާގެ ހަށިގަނޑުގައި ކުރިއަށްވުރެވެސް ބޮޑަށް ވޭން އަޅަމުން ދެއެވެ. އަދި ބައެއްފަހަރު އޭނާގެ އަތުގެ މުލައްދަނޑިއާއިވީ ދިމާލުން ރަން އައްޔެއް ނުކުންނާތީ އޭނާގެ ހަށިގަނޑު ތެރޭ ހުރި މަލައިކާގެ ބާރުތައް ނުކުންނަނީހެން މަލަކާއަށް ހީވިއެވެ. އެހެންކަމުން އޭނާ އޮތީ އަތު މުލައްދަނޑީގައި ކުރިއަށްވުރެވެސް ބާރަށް ހިފަހައްޓައިގެންނެވެ. “މަލަކާ އަދި ކުޑަވަގުތުކޮޅަކަށް ބައްޕަ ކައިރީ ބަސްއަހައިގެން އޮވޭ. ނުގުޑޭތި ހަނދާންކޮށް. މިހާރު ތި ބާރުތައް ނުކުންނަން ކަންނޭނގެ އެއުޅެނީ. މިހާރު ރާއްޖެއާ އަރާ ހަމަވަނީ މި. މެދު ރާއްޖެތެރޭ  ރަށެއްގެ ވަލުތެރޭގަ މަލައިކާ އުޅޭކަމަށް ބައްޕައަށް އެނގިފަ އޮތީ.” މަލަކާގެ ހަށިގަނޑު ކުރިއަށްވުރެވެސް ބޮޑަށް ތުރުތުރު އަޅާތީ މާލިކު އުތުރަށް އޭނާގެ އަތްދަނޑި މަތީ އޮތް މަލަކާ ގާތްކޮށްލިއެވެ. “އާނ ބައްޕާ. ދޮންތަ ވީ އެހިސާބުގަ އޮންނަ ރަށެއްގަ. އެ އަތޮޅުތެރެއަކު ނޫން އެކަމަކު. އެ އަތޮޅުން ބޭރުވެފަ އެ ރަށް އޮންނާނީ.” މަލަކާ އުނދަގުލާއިއެކީ ބުންޏެވެ. އޭނާ މިފަހަރު ގަސްދުކޮށްގެން ހުރީ މަލައިކާ އަތުން އޭނާ އަތުލި ބާރުތައް އަނބުރައި މަލައިކާއަށް ދޭށެވެ. މަލައިކާގެ ބާރުތައް އޭނާ ހީކުރިވަރަށް ވުރެ މާ ވަރުގަދައެވެ. އެހެން ޖިންނިއެއްގެ ހަށިގަނޑުގައި އެ ބާރުތައް ހިނދުކޮޅަކަށްވެސް މަޑުނުވެއެވެ.

މިރެއަކީ ފިނި ރެއަކަށް ވުމުގެ ސަބަބުން ޒާޔާ އެއްގޮތަކަށްވެސް ނިދާ ހިތެއް ނުވިއެވެ. އަނެއްކޮޅުން މިރޭ އޭނާގެ ލޮލަކަށް ނިންޖެއްވެސް ނާދެއެވެ. ޒާޔާ އޮތީ އޭނާގެ ފޯނު ހިފައިގެން ގޭމް ކުޅޭށެވެ. ގޭމް ކުޅުމަކީ ޒާޔާ އަބަދުވެސް ވަރަށް ފޯރި ހުންނަ ކަމެކެވެ. މިކަހަލަ ގޮތަކަށް ހުސް ވަގުތެއް ލިބިއްޖެއްޔާ ޒާޔާ ބޭނުންވާނީ އަބަދުވެސް ގޭމް ކުޅޭށެވެ. އޭނާގެ ލެޕްޓޮޕަށްވެެސް ސާޅީހަކަށް ގޭމް އެޅިފައި މިހާރު ހުންނާނެއެވެ. ފޯނު ސްކްރީނުގެ ކަނުގައި އިންނަ ފޯލްޑަރ ހުޅުވައިލައި އިރު އޭގައިވެސް ތިރީހަކަށް ގޭމް އިންނާނެއެވެ. ގޭމް ކުޅުނަސް ޒާޔާ ކުޅެން ހެޔޮނުވާވަރުގެ ގޭމްތަކެއް ނުކުޅެއެވެ. ބައެއް ގޭމްތައް ކުޅިގެން މީހާގެ ދިރިއުޅުމަށް އަސަރުކުރާއިރު އަނެއްބައި ގޭމްތައް ކުޅިގެން އެމީހާގެ ޢަޤީދާވެސް ބަލިކަށިކޮށްލައެވެ. ޒާޔާ ފޯނަށާއި ލެޕްޓޮޕަށް ގޭމް އަޅައިފައި ހުންނަނީ މިކަހަލަ ކަންތައްތަކަށް ވިސްނައިފައެވެ.

ގޭމް ކުޅެން އޮއްވައި ނޫމާން އޭނާގެ ފޯނަށް ގުޅަން ފަށައިފިއެވެ. މިއިން ދުވަހަކުވެސް ނޫމާން އޭނާއަށް ގުޅައިފައިނުވާތީ ޒާޔާ އޮތީ ފޯނު ނަގަން ނުކެރިފައެވެ. އަނެއްކާ މިހާ ލަސް ގަޑިއެއްގައި ނޫމާން ގުޅުމުން ޒާޔާ ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. ޒާޔާ ބެލީ ވީހައިވެސް ‘ޕޮޒިޓިވް’ ކޮށް ވިސްނޭތޯއެވެ. އެންމެ ފަހު ރިންގަށްވީއިރު އިސާހިތަކު ޒާޔާ އެ ކޯލް ރިސީވްކޮށްފިއެވެ.

އެކޮޅުން ނޫމާން ސަލާމް ގޮވައިލުމުން ޒާޔާ ސަލާމް ބަލައިގަތެވެ. ޒާޔާ ހީކުރި ގޮތާއި ޚިލާފަށް ނޫމާން އޭނާއަށް ގުޅީ ނޫމާން ފިލާވަޅެއް ހަދަން ނޭނގިގެން އެކަމުގައި ޒާޔާގެ އެހީއެއް ބޭނުންވީތީވެއެވެ. ނޫމާނާއި މެދު ކުރިން ގޯސްކޮށް ހީކުރެވުނީތީ ކުޑަކޮށް ދެރަވިއެވެ. އެހެނެއްކަމަކު ޒާޔާ އެ އިޙުސާސްތައް އެއްފަރާތްކޮށްލުމަށްފަހު ނޫމާނަށް އެހީތެރިވާން އުޅުނެވެ. ފޯނުގެ ސްޕީކަރ އޮންކޮށްފައި ޒާޔާ އޭނާގެ ލެޕްޓޮޕް ހުޅުވައިލިއެވެ. އަދި އޭގައި އޭނާ ކިޔެވުމަށް ޚާއްޞަކޮށްފައި އިން ފޯލްޑަރ ހުޅުވައިލިއެވެ. އެ ފޯލްޑަރ ތެރޭގައިވެސް އިތުރު އެހެނިހެން ފޯލްޑަރތަކެއް ހުއްޓެވެ. ލެޕްގެ ސްކްރީން ސްކްރޯލް ކުރަމުން ގޮސް ‘ބިޒްނެސް’ ޖަހައިފައި އިން ފޯލްޑަރ އެއް ޒާޔާ ހުޅުވައިލިއެވެ. އޭގައި ހުރި ޕީޑީއެފްތައް ސްކްރޯލް ކުރަމުން ޒާޔާ ނޫމާން ބުނި ސުރުޚީ ޖަހައިފައި އިން ޕީޑީއެފް ހުޅުވައިލިއެވެ.

ޒާޔާ އެރޭ އެއްކޮށްކަހަލަ ގޮތަކަށް ހޭލާ އިނީ ނޫމާނަށް ފިލާވަޅު ހެދުމުގައި އެހީތެރިވެދިނުމުގައެވެ. ނޫމާނަށް ފިލާވަޅު ކިޔައިދެމުން ދިޔައިރު ދޭތެރެއަކުން ދެކުދިންވެސް ސަމާސައެއްކޮށްލައެވެ. “ޒާޔާ… ވަރަށް ބޮޑަށް ތޭންކްސް އިނގޭ. ވަރަށް ބޮޑު ކަމެއް އަސްލު ތި ކޮށްދިނީ.” ފިލާވަޅު ނިމުމުން ނޫމާން ބުންޏެވެ. ޒާޔާ އެއީ އެހާ ބޮޑުކަމެއް ނޫނެއްނޫންހެއްޔޭ ބުނެލައިފިއެވެ. “ހްމްމް ދެން ކޮންމެ މީހަކު ކައިރީ ތޭންކްސް އޭ ބުންޏަސް ބުނާނީ ތިހެން. މަރުހަބާވެސް ކިޔާނުލާނެ.. ކޮންއިރަކުންނޭ ނިދަނީ؟” ނޫމާން ވާހަކަދެއްކި ރާގުން ޒާޔާއަށް ނުހީ ނުހުރެވުނެވެ. ނޫމާނަކީ މަޖާ މިޒާޖެއްގެ ކުއްޖެއްކަން މީގެ ކުރިން ޒާޔާއަކަށް އެނގިފައެއް ނެތެވެ. އެއީ ނޫމާނާއި ތަންކޮޅެއް ދުރުން އުޅެވޭތީ ކަމަށްވެސް ވެދާނެއެވެ. “ހަހަހަ. އޯކޭ އޯކޭ. މަރުހަބާ.. ހަހަ… ދެން ފަތިސް ނަމާދު ކޮށްލާފައެއްނު ނިދޭނީ. މިރޭ އެއްކޮށްހެން މީނީ މިކަމުގަ ވިއްޔަ.. ނޫމާން ކޮންއިރަކުން ނިދަނީ؟” ޒާޔާ ލެޕްޓޮޕް ލައްޕައިލައިފައި އެނދުގައި އޮށޯވެލިއެވެ. “މަށަށްވެސް ދެން ހެދޭނީ ތިހެންތާ ދޯ. ދެން ނިދައިފިއްޔާ ފަތިސް ނަމާދަށް ނުހޭލެވޭނެ. ދެން ބާއްވަމާ ދޯ. ރަނގަޅު ރޭގަނޑު.. ހަހަ.” ނޫމާން އެންމެ ފަހަކަށް ބުނެލި ބަހަކުން ޒާޔާ އަށް އަނގަމަތީ އަތް އެޅުނީ އޭނާއަށް ބާރަކަށް ހެވައިގަނެވިދާނެތީއެވެ. “އޭނ.. ރަނގަޅު ރޭގަނޑޭ..” ޒާޔާ އެހެން ބުނިއިރުވެސް އޭނާއަށް މަޑުމަޑުން ހެވެމުން ދިޔައެވެ. “ޕައިއްސޭ؟ ގުޑް ނައިޓް އޭ މިބުނީ. ދިވެހިން ބުނީމަވެސް ނޭނގުނު. ހަހަހަ. އޯކޭ. ބޭއްވީއޭ.” ޒާޔާވެސް ހީނލަމުން އޯކޭ އޭ ބުނެ ފޯނު ކަނޑައިލިއެވެ.

ފޯނު ކަނޑައިލިއިރުވެސް ޒާޔާއަށް މަޑުމަޑުން ނަމަވެސް ހެވެމުން ދިޔައެވެ. ނޫމާނަކީ މިހާ މަޖާ ކުއްޖެއްކަމަކަށް ޒާޔާއަށް އެއްގޮތަކަށްވެސް ހީކުރެވިފައެއް ނެތެވެ. ޒާޔާ ހެޑްސެޓް ނަގައިގެން އައިސް އޭތި ފޯނާއި ގުޅުވައިލައިފައި ހެޑްސެޓް ކަންފަތަށް ޖަހައިލިއެވެ. ކަންފަތު ތެރޭ ޤުރްއާނުގެ އަޑު ގުގުމަމުން ދިޔައިރު ކިތަންމެ ވޮލިއުމް ބާރުކޮށްފައިވިއެއްކަމަކު ޒާޔާގެ ކަންފަތަކަށް އުނދަގުލެއް ނުވެއެވެ. ޒާޔާ އެގޮތަށް ދެލޯ މަރައިލައިގެން ޤުރްއާން އަޑުއަހަން އޮއްވައި އިސާހިތަކު އޭނާއަށް ނިދިއްޖެއެވެ.

މަލައިކާ އޭނާ ދިރިއުޅޭ ގޭގެ އެނދުމަތީ ދެފަރާތަށް ދެފަރާތަށް ފުރޮޅެން އޮތެވެ. އޭނާއަށް ހީވަނީ އޭނާގެ ހަންގަނޑު ފަޅައިފައި އެއްޗެއް އެތެރެއަށް ވަންނަން އުޅޭހެންނެވެ. މިދުވަސްކޮޅު އެ އުނދަގޫތަކެއް އޭނާއަށް ވާތީ މަލައިކާ ޒާޔާ އާއި ބައްދަލުކުރާކަށް ނުދެއެވެ. އޭނާގެ އަތުންނާއި ލޮލު ކައިރިން ބައެއް ތަންތަން ކަނޑައިގެން ގޮސްފައި ހުއްޓެވެ. އެކަމަކު އެއްވެސް ދިމާލަކުން ލެޔެއް ނުފައިބައެވެ. އެގޮތަށް މަލައިކާ ފުރޮޅެން އޮއްވައި އެގޭ ދޮރުގައި މީހަކު ތަޅާއަޑު އިވިގެން މަލައިކާ އަށް އުނދަގުލާއިއެކީ ތީ ކާކުހެއްޔޭ ގޮވައިލެވުނެވެ. އެކަމަކު ބޭރުން އެއްވެސް ޖަވާބެއް ނުލިބި ދެން ފެނުނީ އެ ދޮރު ވެއްޓުނު ތަނެވެ. އޭރު އޭނާއަށް ފަނޑުކޮށް ނަމަވެސް އޭނާގެ ބައްޕަ ފެނުނެވެ. އޭނާގެ ބައްޕަގެ އަތްދަނޑިމަތީ މަލަކާ އޮތްތަންވެސް ފެނުނެވެ.

މާލިކު ދޮރު ވައްޓައިލައިފައި އެތެރެއަށް ވަނުމާއިއެއްކޮށް މަލަކާ އޭނާގެ އަތުތެރެއިން ބިންމައްޗަށް ވެއްޓުނެވެ. މަލަކާ ވެއްޓުމާއިއެއްކޮށް މަލައިކާވެސް އޭނާ އޮތް އެނދުމަތިން ވެއްޓުނެވެ. ހަމަ އެވަގުތު އެއްވެސް ހުރަހެއް ނެތި މަލަކާގެ ގައިން ރަން އަލިތަކެއް ނުކުންނަން ފެށިއެވެ. އެ އަލިތައް ނުކުމެގެން ގޮސް މަލައިކާގެ ހަންގަނޑުން ކެނޑިފައި ހުރި ދިމަދިމާލުގެ ތެރެއަށް ވަންނަން ފެށިއެވެ. ތަންކޮޅެއް ދުރުގައި މާލިކު މި މަންޒަރު ބަލަން ހުއްޓެވެ. މަލަކާ ބާރަށް ހަޅޭއްލަވަމުން ދިޔައީ އޭނާގެ ގައިން އެ ބާރުތައް ނުކުންނާތީ މާ ބޮޑަށްވެސް ތަދުވަމުން ދިޔައެވެ. މަލައިކާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން އެ ބާރުތައް އޭނާގެ ހަށިގަނޑަށް ވަންނަމުން ދިޔަ ވަރަކަށް ކުޑަވަމުން ދިޔައެވެ. ކޮންމެއަކަސް ދެބެން އެގޮތަށް ދުރުގައި އޮވެ ދެމެދުގައި ރަން އަލި ދޫކުރެވެން މިނެޓްތަކެއް ހޭދަވެގެން ދިޔައެވެ.

އެ ދޭތެރޭ ދައުރުވަމުން ދިޔަ ރަން އަލިތައް އެއްކޮށް ނިވުމުން މަލަކާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނާއަށް މިހާރު އިޙުސާސްވަނީ ބޮޑު ތަދުމަޑުކަމަކުން އޭނާ ސަލާމަތްވީހެނެވެ. މަލައިކާއަށްވެސް ކުރެވުނީ އެފަދަ އިޙުސާސްތަކެކެވެ. މަލަކާ އެއްވެސް އުނދަގުލަކާއި ނުލައި އެތަނުން ތެދުވިއެވެ. މަލައިކާއަށްވެސް އެއްވެސް އުނދަގުލަކާއި ނުލައި އޭނާ އޮތްތަނުން ތެދުވިއެވެ. “ބައްޕާ.” މަލައިކާ މާލިކު ކައިރިއަށް ދިޔައެވެ. “ދަރިފުޅާ.” މާލިކު މަލައިކާގެ ބޮލުގައި ފިރުމައިލިއެވެ. މަލައިކާ މަލަކާއާއި ދިމާލަށް ބަލައިލުމާއިއެއްކޮށް މަލަކާ އިސްޖަހައިލިއެވެ. މަލައިކާ މަލަކާ ކައިރިއަށް ޖެހިލައި އޭނާގެ ދަތްދޮޅީގައި ހިފައިލުމުން ދެންވެސް މަލަކާ އޭނާގެ މޫނު އަނެއްފަރާތަށް އަނބުރައިލަން މަސައްކަތްކުރިއެވެ. “ދޮންތަ އެއޮތް ލޯބިން މަލަކާގެ ތި ރީތި ދަތްދޮޅީގަ ހިފާލީމަވެސް އަދިވެސް ދުރަށްތަ އެނބުރޭނީތަ؟” މަލައިކާ ފުރިހަމަ ހިނިތުންވުމެއްގައި ހުރެ ސުވާލުކޮށްލިއެވެ. މަލަކާއަށް ޤަބޫލުކުރަން ދަތި ނަޒަރަކުން މަލައިކާއާއި ދިމާލަށް ބަލައިލެވުނެވެ. އެވަގުތު މަލައިކާ ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލިއެވެ. މަލަކާ ހީކޮށްގެން ހުރީ މަލައިކާ ހުންނާނީ އޭނާ ދެކެ ރުޅިއައިސްފައިކަމަށެވެ. ނަމަވެސް ކަންތައް މިވީ އޭނާ ހީކުރި ގޮތާއި ދިމާ އިދިކޮޅަށެވެ. އޭނާއަށް އޭނާގެ ދައްތައަށް ގެއްލުން ދެވުނުއިރުވެސް އޭނާގެ ކުރިމަތީގައި އެހުރީ ހިނިތުންވެލައިގެންނެވެ.

މަލަކާ އަށް މަލައިކާގެ ގައިގައި ބައްދައިލެވުނެވެ. މަލައިކާ މަލަކާގެ ހަށިގަނޑުގައި އޭނާގެ އަތް ވަށައިލަމުން މަލަކާގެ ބޮލުގައި ފިރުމައިލިއެވެ. “ދޮންތާ ކީއްވެތަ އަހަންނަށް މިހާ ގޯސްކޮށް ދޮންތައާ ދޭތެރޭ ކަންތައް ކުރެވުނުއިރުވެސް ތިހާ އުފާވެފަ ތި ހުންނަނީ؟” ރޮވިފައިވި އަޑަކުން މަލަކާ އެހިއެވެ. މަލައިކާ ދެންވެސް ހިނިތުންވެލީއެވެ. މަލަކާ އޭނާގެ ގަޔާއި ދުރުކޮށްލައިފައި މަލައިކާ މަލަކާގެ ކޮލުގައި ފިރުމައިލިއެވެ. “ދޮންތަ ކީއްވެތަ ރުޅިއަންނަންވީ..؟ މަލަކާ އަޅެ ބުނެބަލަ ދޮންތަ ރުޅިއަރުވަން މަލަކާ ކުރިކަމެއް؟” މަލަކާގެ ކޮލުގައި ހިފަހައްޓައިލަމުން މަލައިކާ ވަރަށް ލޯބިން ސުވާލުކުރިއެވެ. “ދޮންތައަށް ހަމަ ނޭނގެނީތަ އަހަންނަށް ކުރެވުނު ކަންތައް؟” މަލަކާ ޙައިރާންކަން އެކުލެވިފައިވި ރާގެއްގައި ސުވާލުކުރިއެވެ. މަލައިކާ ކޮންމެ ފަހަރަކު އޭނާއާއި ސުވާލުކުރާ ގޮތުން މަލައިކާ އެހުރީ މޮޔަވެފައިބާއޭވެސް މަލަކާގެ ހިތަށް އަރައެވެ. ފަހަރެއްގައި އިސްވެދިޔަ ކަންތައް މަލައިކާގެ ހަނދާނުން ފިލައިގެން ދިޔައީކަމަށްވެސް ވެދާނެއެވެ.

“އެކަހަލަ ކަންތައްތަކަކީ އެހާ ބޮޑެތި ކަންތައްތަކެއް ނޫނޭ މަލަކާ. އޭރު މަލަކާގެ މިޒާޖު ހުރިގޮތުންނެއްނު އެހެން އެވީ. ދެންވެސް މަލަކާ ދޮންތަ މި ދައްކާ ވާހަކަތައް ރަނގަޅަށް އަޑުއަހާތި. ތިމާއަށް ލިބިފަ ހުރި އެއްޗަކަށް ޝުކުރުކުރަންވާނެ. އެއްގޮތަކަށްވެސް ތިމާ ބޭނުންވާ އެއްޗެއް ހޯދުމުގެ ނިޔަތުގަ އެހެން މަޚުލޫޤުންގެ އެއްޗެހި އަތުލައިގެން ނުވާނެ. ވަރިހަމަ އެއީ އިންސާނަކަސް. ޖިންނިއަކަސް. ހަގީގަތުގަ އަހަރުމެން ޖިންނީންނަށްވެސް ބާރުތައް ދެއްވާފަވަނީ އޭގެ ބޭނުން އެންމެ ހެޔޮގޮތުގަ ބޭނުންކުރުމަށް. އެއްގޮތަކަށްވެސް ތިމާގެ އެދުން ފުއްދުމަށްޓަކާ އެހެން މަޚުލޫޤަކަށް ދެރައެއް ދޭކަށް ނޫން… ހެހެ.. ދެން އެހެން ނޫޅެއްޗޭ އިނގޭ.” މަލައިކާ މަލަކާ ގައިގައި ބައްދައިލަމުން ބުންޏެވެ. މަލައިކާ ވާހަކަ ދެއްކި ރާގުންނާއި އެ ދެއްކި ވާހަކަތަކުގެ ސަބަބުން މަލަކާގެ ހިލަ ހިތަށް ގުޑުމެއް އަރައިފިއެވެ. އޭނާ އެންމެ ނަފްރަތުކުރާ ދީނާއި މެދު އޭނާ ދެކޭ ނަޒަރިއްޔާތު އެހެން ދިމާލަކަށް ބަދަލުވާން ފެށިއެވެ. އޭނާ މިހާ ގޯސްކޮށް އުޅުނުއިރުވެސް މަލައިކާ އޭނާއާއި ހެޔޮހިތުން ރީތިކޮށް ވާހަކަދެއްކުމުން އެކަމުންވެސް މަލައިކާ އޭނާއަށް މާފުކޮށްފިކަން މަލަކާއަށް އެނގުނެވެ. އިސްލާމްދީނަކީ ކިހާ ރީތި އަދި ކިހާ މާތް ދީނެއްކަން މަލައިކާގެ ފަރާތުން އެ ފެނުނު ޢަމަލުންވެސް މަލަކާއަށް ވަޒަން ކުރެވުނެވެ. އެހެނަސް މަލަކާ އެކަމާ ދޭތެރޭ ވިސްނަން އިތުރަށް ވަގުތު ބޭނުންވިއެވެ.

“ދަރިފުޅުމެން ދެން ހިނގާ ދާން. މި ތާނގަ އަހަރުމެން ތިބުން އެހާ ރަނގަޅެއް ނޫން. އިންސާނުންގެ ބަޔަކަށް އަހަރުމެން ފެނިއްޖެއްޔާ އަހަރުމެން ވާނީ އެމީހުނަށް ބޮޑު ބިރަކަށް.” މާލިކު މަލަކާއާއި މަލައިކާގެ އަތުގައި ހިފުމުން މަލައިކާ އޭނާގެ އަތް ދޫކޮށްލިއެވެ. މާލިކު އާއި މަލަކާއަށް އެކަކު އަނެކާއި ދިމާލަށް ބަލައިލައިފައި މަލައިކާއަށް ބަލައިލިއެވެ. “އަހަރެން އަދި ނުދާނަން. ބައްޕަ ދޭ މަލަކާ ގޮވައިގެން. އަހަރެން އަދި ބޭނުން މިކޮޅުގަ މަޑުކުރަން.” މަލައިކާގެ އެ ނިންމުން މާލިކުއަކަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. އެހެނެއްކަމަކު މަލަކާ މާލިކު އަށް ވިސްނައިދީގެން އެންމެ ފަހުން މާލިކު މަލައިކާ ބަހައްޓައިފައި ދާން ނިންމިއެވެ. “އެންމެ ރަނގަޅު. އެކަމަކު ދަރިފުޅު ވަރަށް ބަލައިގެން އުޅޭތި. އިންސާނެއްގެ ފަރާތުންވިޔަސް ނޫނީ އެހެން މަޚުލޫޤެއްގެ ފަރާތުންވިޔަސް ދަރިފުޅަށް އަނިޔާއެއް ލިބިއްޖެއްޔާ ބައްޕައަކަށް ކެތެއް ނުކުރެވޭނެ.” މާލިކު އެ ޖުމުލަ ބުނެލިއިރު އޭނާގެ ލޮލުން ކަރުނަ ހިލެއެވެ. “ބައްޕާ. ﷲ އަހަރެން ރައްކާތެރިކޮށްދެއްވާނެ. އަހަރެންގެ އާއިލާވެސް ރައްކާތެރިކޮށްދެއްވާނެ. އަހަރެން ދުޢާކުރާނަން. ދެން ބައްޕަމެން އަވަހަށް ދޭ.” މާލިކު އާއި މަލަކާ މަލައިކާއަށް އަތުން ހަނާ އަޅައިލުމަށްފަހު އެ ގެއިން ބޭރަށް ނުކުމެ އުދުއްސައިގަތެވެ. މަލައިކާ ދެބަފައިން ދިޔަ ދިމާލަށް ބަލަން ހުރެ ހިނިތުންވެލުމަށްފަހު ނަމާދުކުރުމަށް އަވަސްވެގަތެވެ.

ހެނދުނުގެ ސައި ތައްޔާރުކުރުމުގައި ޖަމީލާ އާއި ލިލިއަން އުޅުނެވެ. ޖަމީލާ ހުންނަނީ ލިލިއަން އޭނާއާއި މާ ގާތްކޮށް ވާހަކަދައްކާތީ އެކަމާ ނުރުހުންވެފައެވެ. ހިތާއިހިތުން ލިލިއަން އާއި ދިމާލަށް އެއްޗެހި ގޮވަމުން ދިޔައިރު ބޭރުފުށުން ހިނިތުންވުމެއް ދައްކައިގެން ޖަމީލާ އުޅުނެވެ.

ސައި ތައްޔާރުވުމާއިއެކު ޖަމީލާ ދިޔައީ ނިހާނަށް ގޮވާށެވެ. އޭނާ ކޮންމެހެން ޒާޔާއަށް ގޮވާކަށް ނޫޅުނެވެ. ނިހާން ބުނީމައި ނޫނީ ޒާޔާއަށް ގޮވާކަށް އޭނާ ގަސްދެއް ނުކުރިއެވެ. މިހާރުވެސް ނިހާން ޒާޔާއާއި ކޮންމެވެސް ވަރަކަށް ދުރުވާތަން ޖަމީލާއަށް ފެންނަމުން ދެއެވެ. ދެބަފައިން ވާހަކަ ދައްކާ ހަދަނީވެސް ވަރަށް މަދުންނެވެ.  އެކަމާ ޖަމީލާ ހުންނަނީ ނުހަނު އުފާވެފައެވެ.

ޒާޔާ ފެންވަރައި ރީތިވެލައިގެން ސައިބޯން ނުކުތްއިރު ނިހާން އާއި ޖަމީލާ ސައިބޯން ތިއްބެވެ. ބައްޕައަށް ގޮވައިލަން ބޭނުންވިއެއްކަމަކު ބައްޕަ އާއި ޖަމީލާ ވާހަކަ ދައްކަން ތިބުމުން ޒާޔާއަށް ނިހާނަށް ގޮވައިލާކަށް ނުކެރުނެވެ. ޒާޔާ އަމިއްލައަށް ސައި ހަދައިގެން އައިސް އެ ދެމީހުނަށް ކުރިމަތިވާނެގޮތަށް އިށީނެވެ. ނިހާން އެންމެ ފަހަރަކުވެސް އޭނާއާއި ދިމާލަށް ބަލައިނުލާކަން ޒާޔާއަށް ފާހަގަވިއެވެ. ނިހާން އާއި ޖަމީލާ ހީނހީފައި ވާހަކަދައްކަމުން ދިޔަގޮތުން ޒާޔާއަށް އުނދަގޫވަމުން ދިޔައެވެ. އޭނާއަށް ދެން އެންމެ ހިނދުކޮޅަކަށްވެސް އެތާ އިންނަން ކެތްނުކުރެވޭނެހެން ހީވި ވަގުތުކޮޅު ޒާޔާ ކޭ ތަށި ހުރިގޮތަށް ބަހައްޓައިފައި އެތަނުން ދިޔައެވެ. އެވަގުތު މޫނު ފޮރުވައިގެން އިން ޖަމީލާގެ ތުންފަތުގައި ކުޅެލައިފައިވަނީ ނުލަފާ ހިނިތުންވުމެކެވެ.

ކޮޓަރިއަށް ދިޔަގޮތަށް ގޮސް ޒާޔާ އެނދުމައްޗަށް ބަންޑުން ވެއްޓިގަތީއެވެ. އެނދުގައި އަޅައިފައި އޮތް ބެޑްޝީޓުގަނޑު އަތަށް ބޮނޑިކޮށްލަމުން ޒާޔާއަށް ރޮވެމުން ދިޔައެވެ. އެ ބެޑްޝީޓު ޒާޔާގެ އަތަށް ބޮނޑިކޮށްލި ފަދައިން ޖަމީލާވެސް ދެތިން ދުވަސް ތެރޭ އެހާ ފަސޭހައިން ޒާޔާގެ ހުރިހާ އުފަލެއް މޮޑެލައިފިއެވެ. ޒާޔާ ފުރަތަމަ ފަހަރަށް ޖަމީލާ ދެކެ ރުޅިއައެވެ. އޭނާ އާއި އޭނާގެ އުފަން ބައްޕައާއި ދެމެދު އޮތް ގާތްގުޅުން އެއްކޮށްހެން ނެތިކޮށްލީއެވެ. ޒާޔާ އެހެން އޮތްއިރު ޒާޔާގެ ހަނދާނަށް އައީ ނިހާން މީގެ ކުރިން ޒާޔާ ގާތުގައި ބުނެފައިވާ ވާހަކައެކެވެ. އެދުވަހު ޒާޔާގެ ބޮލުގައި ފިރުމައިލައިފައި ނިހާން ބުނީ ޒާޔާއަށްވުރެ މުހިންމު އެއްވެސް އެއްޗެއް ބައްޕައަކަށް ނޯންނާނެ ކަމުގައެވެ. ދެން އެހެންވީއިރު ބައްޕަ މިހާ ބޮޑަށް އޭނާއާއި ދުރުވާންވީ ކޮން ސަބަބަކާލައިގެންހެއްޔެވެ؟

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ލޯތްބައްޓަކައި(9ވަނަ ބައި)

Next

ޖައިޝް 2

Next
June 27, 2020

ޖައިޝް 2

Previews
June 27, 2020

ލޯތްބައްޓަކައި(9ވަނަ ބައި)

27 Comments!

  1. Ahuu says:
    June 27, 2020 at 1:28 pm

    Mee first dhw Adhi kiyaalaafa comment eh kohlaanan ☺️?

    1. Dhonthy says:
      June 28, 2020 at 11:40 am

      Yes Ahuu au first. Congrats. Waiting for your comment ? ? ? <3 <3

  2. ؟ says:
    June 27, 2020 at 1:39 pm

    Love it

    1. Dhonthy says:
      July 20, 2020 at 7:44 pm

      Thank you so much dear ? ? ?

  3. Niuko says:
    June 27, 2020 at 1:46 pm

    Vrh salhi mii part vx.. dhonthi alhe zayaa ah kihineii tha thi hadhany ..mihaaru matheen ehvx aee tha ..emyhaa zaya ah gotheh hedhiya nudhehche dhonthy .. curious to read next part .. luv uh dhonthi ❤️

    1. Dhonthy says:
      June 28, 2020 at 11:45 am

      Awww thank you so much Niuko ? ? Hehe. Yes Niuko mihaaru matheen es aee. Matheen lavvaa Zaayaa au gotheiy nehedheythw dhonthi v masakkaiy kuraanan. ? ? ? ? Keep waiting for the next episode inge Niuko. Love you too Niuko <3 <3 <3 <3 <3 <3

  4. Dhonthy says:
    June 27, 2020 at 2:18 pm

    Salaam all readers. Miothee theyravana episode upload vefa. Unmeedhukuran hama hurihaa kiyuntherinnau es kamudhaanekamau. Bunelan othee dhonthi kurin es decide koffavi fadhain mi vaahaka nimendhen mi cover pic use kuran. Mi vaahaka aa gulheynee mi cover pic hen dhonthi au heevaathee decide kuri gotheiy mee. Dhn gina kiyunthennau es kamudhanee mi cover pic au vaatheeve. Konmeheneiy viyas unmeedhukuran hama hurihaa kiyuntherin es mi vaahaka nimendhen kiyaalaanekamau 🙂 🙂 🙂 🙂 Enjoy reading dears. Looking forward for your comments 🙂 🙂 🙂 Love you all <3 <3 <3 <3 <3

  5. Shaiiii says:
    June 27, 2020 at 3:31 pm

    Vvv salhi vhk eh myy?♥️….. Mi prt vx hama vrh habeys❤️?……DHONTHY ge hurihaa vhk eh vx hama Vvv salhi??…… Waiting for nxt part ??….. Lysssssmmmm❤️?

    1. Dhonthy says:
      June 28, 2020 at 11:48 am

      Awlhey Shaiii ? ? ? Alhamdhulillah mi comment kiyaafa vvvv ufaavejje ? ? Vvvv vv bodau thank you Shaiii. Hope to see your comments more often ? ? And yes! Keep waiting for the next part. Love you toooooo Shaiii <3 <3 <3 <3 <3 <3 <3 <3 <3 <3

  6. Anonymous says:
    June 27, 2020 at 3:34 pm

    VVV reethi dhonthy mi vaahaka thigothuga kuriyahdy

    1. Dhonthy says:
      June 28, 2020 at 11:54 am

      Awww Anonymous ? ? Vvv bodau thank you thidhin hiyvarattakaa. Thank you so much from the bottom of my heart ? ? ?

  7. Maukko says:
    June 27, 2020 at 6:26 pm

    Swry kuriy baithakah comment nudhevuniyma vrh vrh rythi ebai thah vx????skl holhuvan gaai v ma bxy vaane ehnnu dhw….so very swry dhonthy hope u r good tc????btw mibai vx vrh vrh rythi

    1. Dhonthy says:
      June 28, 2020 at 11:59 am

      No need to say sorry dear ? ? ? konme episode eiy kiyaafa comment kurun majubooreiy nooney ? ? ? Hehe. Yes Maukko thibunee thedheiy. Schl hulhuvenveema hama v busy vaane. Ehnve dhonthi au es mihaaru liyan thankolheiy madhu vaguthukolheiy libenee. Like every night ? ? ? Hehe. Anyways thank you so much Maukko ? ? ?

  8. Kairaa says:
    June 28, 2020 at 10:35 am

    Varah varah varah reethi mi bai vx….masha allah…speechless….jameelaa eii haadha nubaa meeehekey dhw??….curiously waiting for the nxt part….lym…stay safe….

    1. Dhonthy says:
      June 28, 2020 at 12:01 pm

      Awwww thank you so much Kairaa ? ? ? Jameelaa dhw. Haha. Jameelaa fahun es rangalhuvedhaane kanneynge landeiy dhineema. Haha. Balamaa! Yes keep waiting for the next episode. Love you too and stay safe <3 <3 <3 <3 <3

  9. Ahuu says:
    June 29, 2020 at 2:22 am

    Alhey Dhonthy mi part ves hama varah varah varah varah reethi reethi reethi ?????????????????speechless ?????????mihiree hama bunaane ehcheh neyge fa ?????????????????????your so talented Donthy nxt part avahah upload kohdeeba nukiya keatheah nuvaanea Dhonthy ???????????????? jameelaa eyakee Haadhahaa nubaamehekey dhw Dhonthy ????????????? dhihavana part aaa egaaravana part aaa baaravana part ah Comment nukurevunee ma varah varah varah varah varah varah sorrrrrrrrrrry varah varah bodukoh ????????????????????but mi part ah hih furey varuge comment eh kohlaanan ????????????dhuvahakuvess vhk akah mihaadhigu comment eh Adhi eh nukuran ??????????????Adhi ves eh faharu mi part hama varah varah reethi igey Dhonthy ?????????????TAKE CARE……. STAY SAFE Dhonthy….. ❤️????? me ge faraathun varah varah varah varah varah gina hearts Dhonthy ah Adhi mi vhk ah luv u moreeeeeee Dhonthy ❤️?❤️?❤️?❤️?❤️?❤️?❤️?❤️

    1. Dhonthy says:
      June 29, 2020 at 2:44 am

      Awlheyyyyy ? ? ? Dhonthi dhn keekey bunaanee? Mi comment kiyaafa. Haha. I just don’t know. Alhamdhulillah dhonthi hama vvvvvv ufaavejje Ahuu ge thi comment kiyaafa. Thank you so much Ahuu for this colourful and beautiful comment ? ? ? ? ? ? Ahuu thihaa colourful comment eiy kolleema dhonthi es beynun colourful reply eiy dheyn. Ekm meega mi innanee enme dhethin emoji viyya. Haha. ? ? ? And Ahuu. It’s okay inge konme episode eiy kiyaafa comment kurun majubooreiy nooney. Ehnma it’s okay hama ? ? ? ? Next episode kiyan keiy nukurevunas Ahuu adhi keiykollaa inge ? ? Mihaaru innaane e episode submit kollaafa inge ? ? ? ? ? ? Adhi es effaharu hama vvvv bodau thank you Ahuu. Take care and stay safe Ahuu. Awww dhonthi es beynun thikahala hearts kolheiy Ahuu au es dheyn. Ekm miaku nethey thihaa reethi heart eiy. Hehe. Huri echcheiy dheefaanan <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 Love you too and stay safe at home ? ? ? ? ? ? ? <3 <3 <3

  10. Ahuu says:
    June 29, 2020 at 2:58 am

    Awwww thank you so much dhonthyyyyyyy, ??????for reply my comment fast ???????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

    1. Dhonthy says:
      June 29, 2020 at 10:51 am

      Awwww most welcome Ahuu <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3

  11. Sadha says:
    June 29, 2020 at 8:30 am

    Dhonthyyyyy…
    Mi part vx hama vrh vrh vrh vrh rythi…ma sha allah yeyyyy malaika ah anehkkaa baaru thah libuniyo… vrh lahun dhw mi cmnt kohlevunii vx hehe…❣?
    Will be waiting fr next part

    1. Dhonthy says:
      June 29, 2020 at 12:09 pm

      Sadha ? ? ? Thank you so much dear. Yes Malaikaa au baaruthau dhinee mi. Hehe. It’s okay lahun comment kurevuniyas. And yes! Keep waiting for the next part <3 <3 <3 <3

  12. Faiherrr?? says:
    June 29, 2020 at 11:13 am

    Vvv nice dhonthy??????????????????????????? this part is really awesome cant wait to read next part alheyy dhonthyyyy it’s just like i don’t know what to say its really really nice ?????????☺️☺️☺️☺️☺️☺️☺️???????????????☺️☺️☺️????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????????????????????????????????????????????????????❤️❤️❤️?❤️???❤️?❤️?❤️??❤️?❤️?❤️?❤️??????????❤️???

    1. Dhonthy says:
      June 29, 2020 at 12:13 pm

      Awlheyyy again a beautiful and lovely comment ? ? ? ? What will I say. Hehe. Alhamdhulillah Alhamdhulillah Alhamdhulillah!! Vvvv ufaavejje. Faiherrr vvv bodau thank you inge. Aslu es hama v bodu hiyvareiy libijje Alhamdhulillah! ? ? ? ? Next part already submitted yesterday. Keep waiting inge. Once again thank you so much Faiherrr <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3

  13. Cutie??❤️ says:
    June 29, 2020 at 2:44 pm

    Waaaau???love the storyyy❤️❤️❤️ it’s beautiful.. Masha Allah❤️❤️ can’t wait for next part❤️❤️❤️???TC??

    1. Dhonthy says:
      June 29, 2020 at 2:52 pm

      Awlhey Cutie ? ? ? Thank you so much dear. Hope to see your comments more often ? ? ? Keep waiting for the next ep and take care <3 <3 <3 <3 <3 <3 <3 <3

  14. Cutie??❤️ says:
    June 29, 2020 at 2:56 pm

    Yes?? I will definitely comment on your story.???

  15. Ahuu says:
    June 29, 2020 at 6:06 pm

    Dhonthy thoddo ah dhevehjihyaa dhimaavan vaane dhww ??????????????????????

Comments are closed.

Next Episodeޒާޔާ (ސާދަވަނަ ބައި)←


All Right Reserved!