Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ޝަހަރު 14ވަނަބައި

kudhoo Level 310 Stories100 Comments
June 27, 2020 4 Mins Read
1 Comment

ބޯމައްޗަށް އެއްޗެއް ތިރިވާހެން ހީވުމުން ވިލޯއަވަސްކޮށް އެއްލިއަތުން އެއްޗެއްގައި ހިފުނެވެ. ބަލައިލިއިރު އެއެއްޗެއް ލޮލަށް ފެންނަވަރު ވިއެވެ. ވިލޯއަށް ހިފައިލައިގެން ހުރެވުނީ އަންހެން ކުއްޖެއްގެ އިސްތަށިގަނޑުގައެވެ. ވިލޯ އަވަހަށް އެ އިސްތަށިގަނޑުން ދޫކޮށްލައިފިއެވެ. ދެންތިބި ކުދިންގެގާތަށް ފާޑަކަށް ހިނިވެސްއައެވެ.

އެއަންހެން ކުއްޖާގެ މޫނުމަތީގައިވަނީ ލަދުރަކި ހިނިތުންވުމެކެވެ. ހުރިހާ ފިރިހެން ކުދިންތަކެއްގެ ތެރޭ އޭނާ ބޭޒާރުވުމުންނެވެ. ” މާފްކުރައްވާ ނުފެނި ހުރެ އުނދަގޫ ކުރީމައި.. އަންހެން ކުއްޖެއްކަން ނޭނގި…” އަޅައަޅައި ގަންނަމުން ވިލޯ ބުންޏެވެ. އެއަންހެން ކުއްޖާ ވަރަށް ލަދުން ހުރެ އެއީ އެމީހުންގެ ކުށެއް ނޫން ކަމުގައި ބުންޏެވެ. އަދި އެދަނޑަކީ އޭނާގެ އާއިލާއިން ވަރަށް ކުރީއްސުރެ ހައްދަމުން އަންނަ ދަނޑެއް ކަމުގައި ބުންޏެވެ. އަދި އެދަނޑުތެރެ ބަލައިލުމަށް ދައުވަތު ދިނެވެ. އެ އަންހެން ކުއްޖާ އޭގެ ބައެއްގަސްތަކުން ބޭސްހަދިޔާ ކުރުމަށް ވެސް އުޅުނެވެ. ނަމަވެސް ހާތިބު ނޫން އެއްވެސް ކުއްޖަކު އެ ބޭސްތައް ގަބޫލު ނުކުރިއެވެ. ބޭހުގެ ބޭނުން ރަގަޅަށް އެނގޭ ހާތިބުއަށް އެއީ ކިހާ މުހިއްމު އެއްޗެއްކަން އެނގެއެވެ. އޭނަ ގެންގުޅުނު ދަބަސް ފުރެންދެން އެތަނުން އެކިވައްތަރުގެ ބޭސް ހޯދައިގެން އެޅިއެވެ.

އެނބުރި ރަށަށް ދިއުމަށްޓަކައި ހުރިހާ ކުދިން އުދުއްސައިގަތެވެ. ނަމަވެސް ހަރޫގެ ބުނުމަކަށް ކައިރީ އޮތް ރަށަކަށް ތިރި ކުރިއެވެ. އެތާގައި ގިނައިން ފެންނަނީ ހުސްބިންތަކެވެ. ދޭތެރަކުން މައްޗަށް ހިއްލިފައި އެއްކޮށް އަޑިއަށްގޮސްފައިވާ ތަންތަން ވެސް ފެނެއެވެ. އެއީ އަޑި ގުޑަންމަގުތައް ގިނަ ރަށެކެވެ. ރަށުތެރެއަށް ވަންނަން އުޅުމުން ހިރަފުސް ބުރަން ފަށައިފިއެވެ. ހީވަނީ ހިރަފުހުގެ ނަގޫރޯޅިއެއް އައިސްގެން އުޅޭ ހެންނެވެ. އެކުދިންނަށް ތަނެއް ދޮރެއް ފެންނަ ވަރެއް ނުވެއެވެ. ހަރޫ މަޑުމަޑުން ފުމެން ފެށިއެވެ. ނަމަވެސް ކޮންޓްރޯލް ވާގޮތެއް ނުވިއެވެ. އެހެންކަމުން އޭނަގައިގައި ހުރި ބާރެއްލާފައި ފުމެލައިފިއެވެ. ކުއްލިއަކަށް ހިރަފުސްތައް މަޑުޖެހިފައި އަނެއްކާވެސް ކުރިއަށް ވުރެ ގަދަ ވެއްޖެއެވެ. ބިންމަތީގައި ތިބި ކުދި ގާތަކުން އެކުދިންގައިގައި ޖެހެން ފަށައިފިއެވެ. މިފަހަރު ހަރޫއާ އެކަށީގެން ނުވާ ވަރަށް ހިރަފުސްތަށް ބުރަމުން ދިޔައެވެ. އެހެން ކަމުންހާތިބު ނޫން ހުރިހާ ކުދިން އެކަމަށް މަސައްކަތް ކުރިއެވެ. އެމީހުން އެކަމުން ސަލާމަތް ނުވެގެން އުޅެނިކޮށް ދެންފެނުނީ އެހިރަފުސްތައް ބުމަރެއްހެން އެނބުރެން ފެށިތަނެވެ. އެންމެ ފުރަތަމަވެސް އެއަށް ދަމައިގަތީ ސޫކުއެވެ. ސޫކު އެއަށް ދަމަގަތުމުން އިތުރަށް ބަލަން ހުންނަން ހާތިބުއަށް ވީ އުދަގޫ ކަމަކަށެވެ. އެމަސައްކަތުގައި އެނބުރެމުން ދިޔަ ފަސް މީހުން ހާތިބުއަށް ފެނެއެވެ. އެހެންކަމުން އެއިން ކޮންމެ މީހަކަށް އަމާޒުކޮށް ހާތިބުގެ ހަމަލާއެއް ފޮނުވިއެވެ. ހާތިބުގެ ހަމަލާއާއެކު އެފަސްމީހުން ބިންމައްޗަށް ގުޅައަކަށް ޖެހުނެވެ. އޭރު ސޫކު ވިއްސައިގެން ދާން ފެށުމުން ވިލޯ ވަގުތުން އޭނަގެ ގައިގައި ހިފެހެއްޓިއެވެ. އެހާ ގިނައިރު އެނބުރުމުން ސޫކުގެ ބޮލަށްވެސް ވަނީ އެނބުރުން އަރާފައެވެ.

އެފަސްމީހުން ބިންމަތީގައި ޖެހުނު ކަމެއް ނޭނގެނީސް އަނެއްކާވެސް ތެދުވެ ކުރިމަތިލާން އުޅުނެވެ.  ފުރަތަމަވެސް ނުކުތްމީހާ އަނގައިން ފާޑެއްގެ އެއްޗެއް ފޮނުވަމުން ދިޔައެވެ. އޭތި ބޮޑަށް ވައްތަރީ ކުދި ފަނިތަކަކާއެވެ. ބޮޑުބޮލެއް ލައިފައިވާ އެފަނީގައި ހިމުން ދަތްތަކެއް ހުއްޓެވެ. ޖޭސިސް ކުރިއަށް ޖެހި އޭނައާ ކުރިމަތިލިއެވެ. ޖޭސިސް އޭނަގެ އަނގައިން ފޮނުވާލި ބޮޅަކަށް އެހުރިހާ ފަނިވަނދެ ގެއްލެމުން ދިޔައެވެ. އެވަރުން ވެސް އެމީހުންދޫކުރާކަށް ނޫޅުނެވެ.އަނެއްކާވެސް އަނެއް މީހަކު ކުރިއަށް ނިކުތީއެވެ. މިފަހަރު އޭނާގެ އަތުން ވާތަކެއް ފޮނުވަން ފެށީއެވެ. އެއާ ކުރިމަތިލީ ވިލޯއެވެ. ވިލޯ ފުރަތަމަ ވާތަކުން ރެކެން ފެށީއެވެ. އެކަމުން އިދިކޮޅުން ވާތަށް ފޮނުވަމުން އައި މީހާއަށް ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް ލިބުނެވެ. ދަނޑިވަޅު ބަލާފައި ވިލޯ އޭނާގެ އަތުގައި ހުރި ބާރެއް ލާފައި އެމީހާގެ އަތުގެ މުލައްދަނޑީގައި ޖަހާފިއެވެ. ވަގުތުން އޭނާގެ އަތުން ބާރު ދޫވެއްޖެއެވެ. ހީވީ އެއަށް އައްސިވީހެންނެވެ. ނަމަވެސް ދެން ހުރި މީހާ ކުރިއަށް ނިކުތެވެ. އޭނަ އަންނަންފެށީ ބޮކެއްހެން ފުންމަން ފުންމަމުނެވެ. ކައިރިއަށް އައިސް އޭނަގެ ދުލުން ހަމަލާ ދޭން އުޅުނެވެ. ހަރޫގެ ކުޅަދާނަކަމުން އެނބުރެމުންގޮސް އޭނަގެ ދުލުގައިގޮށެއްޖެހިއެވެ. އަދިވެސް ބަލި ގަބޫލުކޮށްގެން ދާން ނުއުޅެ ދެންހުރި ދެމީހުން އެއްފަހަރާ ކުރިމަތިލިއެވެ. ސޫކުގެ ބޮލަށް އެރި އެނބުރުން އަދިވެސް ރަގަޅު ނުވާތީ އެމީހުނާ ކުރިމަތިލީ ހާތިބުއެވެ. އެކަކު ހާތިބުގެ ވަށައިގެން އެނބުރެންފެށިއެވެ. އަނެއްމީހާ އޭނަގެ އަތުން ހަމަލާތައްދޭން އުޅުނެވެ. ނަމަވެސް އިރުކޮޅެއްނުވެ ފެނުނީ ދެމީހުންވެސް ބުރައިގެން މާ ދުރުގައި ތިއްބައެވެ. އެހިސާބުން އެމީހުނަށް ކުރިމަތިމިލެވުނީ އާދައިގެ މީހަކާ ނޫންކަން އެނގި ތެދުވެގެން ފަސްމީހުންވެސް އެއްފަހަރާ ގެއްލުނެވެ. ” އަދިވެސް މާ ގަދަބަޔަކަށް ހެދިގެން އަހަރެމެންނާ ކުރިމަތިލާން އަންނާނެ..” ވިލޯ ބުންޏެވެ. ސޫކުއަށް އުދުހެވޭވަރުވެސް ނުވުމުން ހާތިބު އޭނަ ގެނައި ބޭސްތަކުން އެއްޗެއް ހާވައިލައިގެން އޭތި ފުޑުކޮށްލާފައި ސޫކުކައިރީ ކާލުމަށް އެދުނެވެ. ” މާ ބޭހަށް މޮޅުމީހަކަށް ވެގެން މަށަށް ވިހައެއް ނުދޭތި.. ” ސޫކު ބުންޏެވެ. ” މަނުދޭނަމޭ ގޯސް އެއްޗެއް.. ދެންވެސް މީ ކައިގެން މިތަނުން ދެވޭތޯ ބަލަމާ..” ހާތިބު ބުންޏެވެ. ސޫކު އެބޭސްކޭތާ އިރުކޮޅެއް ނުވެ ރަގަޅު ވެއްޖެއެވެ. އެންމެން އެކީގައި ރަށުތެރެ ބަލައިލަން ދިޔައެވެ. ރަށުން މީހަކު ފެންނަނީ ވަރަށް މަދުންނެވެ. އާންމުކޮށް ފެންނަނީ ޒުވާން ފުރައިގެ އަންހެން ފިރިހެން ކުދިންނެވެ. އެމީހުންގެ އުނދަގުލަށްފަހު ރަށުތެރެއިން އިތުރު އުދަގުލަކާ ކުރިމައްޗެއް ނުވެއެވެ.

ފަތިސްވާން ގާތްވެފައި ހުއްޓާ އެންމެން އަރާމުކުރުމަށް ޓަކައި އެނބުރި ރަށަށް ދާން އުދުއްސާގަތެވެ. ޖޭސިސްއާ ވަރުދާންއަށް ގަނޑުވަރަށް ވަދެވުނުއިރު އެމީހުންގެ އިންތިޒާރުގައި އާއިލާގެ އެހެން މީހުން ތިއްބެވެ. ” ދަރިފުޅާ ހެނދުނު ފުރަން ޖެހޭނެ.. އަވަހަށް އަރާމު ކުރަން ދޭ…” ވަރުދާން ބުންޏެވެ. ހާތިބުމެން އެނބުރި ދާން އުޅޭތީ ޖޭސިސް ވަރަށް ދެރަވިއެވެ. އޭނާއާ އެއްކޮށް ގަނޑުވަރުގައި އުޅޭނެ އޭނާއާ އެއްވަރުގެ ކުއްޖަކު ހުރެފައި ދިޔުމުން ހާދަ ފޫއްސެއްވާނެއެވެ. ވަރުދާންމެން ފުރަން އުޅޭތީ އެމީހުންނަށް ޚާއްސަކޮށްގެން މިއަދު ޚާއްސަ ނާސްތާއެއް ތައްޔާރު ކުރެވުނެވެ. ހެނދުނުގެ ނާސްތާއަށް ފަހު ދެބަފައިންނަށް އަލްވަދާއު ކިޔުމަށްޓަކައި ޖުޑާޑޯގެ އާއިލާ ނިކުތެވެ.

” ބައްޕާ.. މިފަހަރު ދާނީ ކޮން ޝަހަރަކަށް ތޯ؟..” އެރަށުން އުދުއްސާގަންނަމުން ކަހަލަ ގޮތަކަށް ހާތިބު އަހާލިއެވެ. ” ދާން މިއުޅޭ ރަށަށް ދެވޭނީ ތަންކޮޅެއް ވަގުތު ނަގައިގެން… މިދާ މަގުމަތީގައި އަދި ތިބޭނެ ވަރަށް ގިނަ ރަށް.. ހުރިހާ ރަށެއްގައި މަޑު ކުރަން ހަދަންޏާ އެނބުރި ރަށަށް ދާން ވަރަށް ދުވަސް ނަގާނެ.. އެހެންވީމަ ބައްޕަ މިވިސްނަނީ ހުރިހާ ރަށެއްގައި މަޑުކުރުމުގެ ބަދަލުގައި މަތިން ކުޑަކޮށް ބަލައިލައިފައި ދާން.. އެކަމަކު ދަރިފުޅު ބޭނުންވެއްޖެއްޔާ މަޑު ކުރާނީ…” ވަރުދާން ބުންޏެވެ. އެގޮތް އެންމެ ރަގަޅު ކަމުގައި ބުނެ ދެބަފައިން ކުރިއަށް ދިޔައެވެ. ރަށްތަށް މަތިން ބަލަމުންގޮސް ދިހަރަށްވަރު ދޫކޮށް ޖެހުނުރަށުގައި އަރާމު ކޮށްލުމަށްޓަކައި ތިރިކޮށްލިއެވެ. ރަށަކީ މީހުންނޫޅޭ ފަޅުރަށެއް ކަމުން ހިޔާދޭ ބޮޑުގަހެއްގެ އޮފިއެއްގައި ދެބަފައިންވެސް އޮށޯވެލައިގެން ތިއްބެވެ. ” ބައްޕާ.. އަދި ކިތަށް ރަށް ދޫކޮށްފައިތަ ދާން މިއުޅޭ ރަށް އޮތީ.؟..” ހާތިބު އަހާލިއެވެ. ” އަދިވެސް ފަހެއްތަކަށް ރަށް އޮންނާނެ..” ވަރުދާން ބުންޏެވެ. ވެފައި ހުރި ވަރުބަލިކަމުގެ ސަބަބުން ހާތިބުއަށް އިރުކޮޅަކަށް ލޮލަކަށް ޖެހުނެވެ. ހާތިބުއަށް ފެންނަން ފެށީ ކުރިންވެސް އޭނާއަށް ފެންނަމުން އަންނަ ހުވަފެނެވެ. ނަމަވެސް މިފަހަރު ކުރިއަށް ވުރެން ދިގުކޮށް އެނޫން ކަންތައްތަކެއްވެސް ފެނިގެން ދިޔައެވެ.

ފެހި ބޮޑެތި އުސްފަރުބަދަތައް ތިބި ދިމާލަކަށް ހާތިބުއަށް ނިކުމެވުނެވެ. ފަރުބަދަތައް އުސް ނަމަވެސް ހުރިހާ ފަރާތަކުން ވެސް ފެންނަމުންދަނީ ފެހިކަމެވެ. އެކިވަރުވަރަށް އެއްދިމާލަކަށް ހުރި ފަރުބަދަތައް ހީވަނީ ހަރުފަތްތަކެއް ހެންނެވެ. އެތާގެ މަތިން އޮހެމުން އަންނަ ފެންގަނޑު ދިގު ދެމިގެންގޮސް ލޮލުކޮޅަށް ނިވާވާވަރަށް ހުއްޓެވެ. ފެންކޯރުގެ ކައިރީގައި އިށީދެވޭހެން އެކިހިސާބުތަކުގައި ގާތަކެއް ހުއްޓެވެ. އެއިން ކޮންމެ ގަލެއްގެ ކައިރީގައިވެސް ކުދި މާތައް ފޮޅިފައިވާ ގަސްތަކެއް ހުއްޓެވެ. އިރުކޮޅެއް ނުވެ ހާތިބަށް ރީތި ރާގެއް އިވެން ފެށިއެވެ. އެއަޑު އަންނަ ދިމާލަށް ދަމާބާރަކުން ހާތިބު ދަމަން ފެށިއެވެ. ހުދު ހާތިބަށް އެދިމާލަށް ދެވޭ ކަމެއްވެސް ނޭނގިހުރެވުނީ ފެންދެމެމުން އަންނަ ކޯރުގެ އައްސޭރި ފަށުގައި ހެދިފައިވާ ދިގު ވިނަ ބޮނޑިއެއްކައިރީގައެވެ.  ވަށައިގެން ވިނަ ގަސްތަކެއް ހެދިފައިވާއިރު މެދުގައި ފެންފޮދެއް އޮވެފައި ކައިރީގައި ގާތަކެއް ހުއްޓެވެ. އެއަޑުއަންނަނީ އެތަނުންނެވެ. ހާތިބު އިތުރަށް ކައިރިއަށް ޖެހިލާފައި ވިނަގަނޑު ދުރުކޮށްލައިފިއެވެ. އެސްފިޔަ ޖަހާލަންވެސް ނޭނގިފައި ހާތިބަށް ބަލައިގެން ހުރެވުނީއެވެ. ހީވަނީ ވިދަމުންދާ ޖަވާހިރެއް ފެނުނީހެންނެވެ. ކޮންފަދަ ރީތި ކަމެއް ހެއްޔެވެ. އުނިއެއްވެސް ކަމެއް ހާތިބަށް ފެންނާކަށް ނެތެވެ. ދޮން ފަތްމިންޏެކެވެ. ދިގު އިސްތަށިގަނޑުން އިތުރު ފުރިހަމަކަމެއް ލިބިފައިހުއްޓެވެ. ހާތިބަށް ހުވަފެނަކުންވެސް ފެނިފައި ނުވާ ވަރުގެ ފަތްމިންޏެކެވެ. ހާތިބު ފެނުމުން މޫނުމަތީގައި އެކުޅެލި ލަދުރަކި ހިނިތުންވުން ދުވަހަކުވެސް ހަނދާނުން ފިލާ ދާނެ ކަމެއް ނޭނގެއެވެ.

ހާތިބަށް ހޭލެވުނީ ވަރުދާން ގޮވާތާ އެތަށް އިރެއް ވީފަހުންނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

މިދެލޯ ފުހެލަ ދޭށޭ ލޯބިން 15

Next

ލޯތްބައްޓަކައި(9ވަނަ ބައި)

Next
June 27, 2020

ލޯތްބައްޓަކައި(9ވަނަ ބައި)

Previews
June 27, 2020

މިދެލޯ ފުހެލަ ދޭށޭ ލޯބިން 15

One Comment

  1. Ram says:
    June 27, 2020 at 3:51 pm

    VVVV reethi maasha allah kudhoo mivaahaka nimuneema miahvure biruveri vaahakaeh liyaathi???????????

Comments are closed.

Next Episodeޝަހަރު 15ވަނަބައި←


All Right Reserved!