ފަތިހުގެ ފިނި ވަގުތުގައި ފެންވަރައިލައިގެން ނުކުތް ޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔައީ ތާޒާ ކަމެވެ. އެ ހަރުދަނާ ހަށިގަނޑުގައި ފެން ތިކިތައް ތަތްވެލާފައި ހުރުމުގެ ސަބަބުން ނުހަނު ފިރިހެންވަންތަ ކަމަށް ދައްކައެވެ. ކުރުކޮށް ކޮށާލާފައިވާ ތުބުޅިންނާއި މަތިމަހުގައި ވެސް ފެންތައް ތަތްވެލާފައިވި އިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ބޮލުގައި ހުރި ފެންތިކިތައް ފުހެލުމަށެވެ. ފެން ހިއްކާލުމަށްފަހު އެނދުމަތީގައި އިސްތިރިކޮށްފައި އޮތް ކަޅު ފަޓުލޫނު އޭނާ ލިއެވެ. އަދި އެޔަށްފަހު ގަދައަޅި ކުލައިގެ ގަމީސް ގަޔަށް ހެޔޮވަރު ކޮށްލުމަށްފަހު ގަމީހުގެ އަތް އުޅަބޮއްޓާ ހަމައަށް އޮޅަން ފެށިއެވެ.

އިސްތަށިގަނޑުގައި ޖެލް އުނގުޅާލުމަށްފަހު ރީތި ގޮތަކަށް އިސްތަށިތައް މައްޗަށް ހިއްލާލިއިރު އޭނާގެ އަނގައިން ދިޔައީ ރާގެއް ލައްވަމުންނެވެ. އެންމެ ފަހުގެ ކަމަކަށް ޓައީ އަޅާލުމަށްފަހު އިސްޓާކީނަށް އަރައި ގަޔަށް ސެންޓް ބުރުވާލަމުން ކޮޓަރިން ނުކުންނަން އޭނާ ހިނގައިގަތީ އެނދުމަތީގައި އަރާމު ނިންޖަކުން ނިދާލާފައި އޮތް އޭނާގެ ދަރިފުޅުގެ ނިތަށް ބޮސްދީފައިއެވެ. އަދި މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ކަންފަތްދަށަށް ލައްވައިލުމަށް ފަހުއެވެ.

”ޖައިޝް. އާދޭ ސައިބޯން.” ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ ޖައިޝްގެ އަންހެނުން ރީޝްގެ މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔަ ނަމަވެސް އޭނާ ދިޔައީ އެކަން ނުދައްކަން މަސައްކަތް ކުރަމުންނެވެ. އަޅައިގެން ހުރި ބުރުގައިގައި ގޮށެއް ޖަހައިލާ ފަހަތުން ކަރަށް ލައްވާލާފައިވާއިރު ލައިގެން ހުރި ބާ ހެދުމުގެ އަތް ވަނީ އޮޅާ ލާފައިއެވެ. މޫނުމަތިން ދާ ތިކިތައް ވިދަމުން ދިޔައިރު އިރުއިރުކޮޅާ ދާ ތިކިތައް ބުރުގަލުން ފުހެލައެވެ.

ޖައިޝް ރީޝްގެ އެދުމަށް އިޖާބަ ދިނުމުގެ ގޮތުން ގޮސް ކާމޭޒު ކައިރީގައި އިން ގޮޑީގައި އިށީންދެލިއެވެ. އަދި ރީޝް ތަށްޓެއް ގެނެސްދިނުމުން ރޮށިތަބަކުން ރޮއްޓެއް ނަގައި ކޮށަން ފެށިއެވެ. ކުރިމަތީގައި ރީޝް އިށީންދެލައިގެން އިނީ ވާހަކައެއް ބުނަން އުޅޭ ފަދައިންނެވެ. ”މިއަދު ޝިޒްކޮގެ ކުލާސް ކުއްޖެއްގެ އުފަން ދުވަސް ވީމަ އެބޮތް ދައުވަތު ލިބިފަ. ޖައިޝްވެސް ވާނެ ދާން. ކިހާ ދުވަހެއް ވެއްޖެ އަހަރެމެން ދަރިފުޅާއެކު ތަނަކަށް ގޮސް ނުލާތާ މިހާރު.” ރީޝް އޭނާގެ ވައަތް ނަގައި ދަތްދޮޅީގައި އަޅުވާލިއެވެ. އަދި ޖައިޝްގެ މޫނަށް ފުން ނަޒަރެއް ދިނެވެ.

”ފަހަރެއްގަ އަހަރެންނަށް ދެވޭނި. ބުނީމެއްނު ވަރަށް ބުރަ ދުވަސްކޮޅެކޭ މިއީ. އަހަރެންނަށް ނާދެވިއްޖާ ރީޝް ދޭ ޝިޒް ގޮވައިގެން.” ޖައިޝް އެހެން ބުނުމަށްފަހު ގޮޑިން ތެދުވެލައިގެން ގޮސް އޭނާގެ އަތް ދޮވެލައި ސޯފާ މޭޒުމަތީގައި އޮތް ސައިކަލު ތަޅުދަނޑި ހިފައިގެން ގެއިން ނުކުމެގެން ދިޔައީ އިތުރަށް އެކައްޗެއް ވެސް ބުނެ ނުލައިއެވެ. ރީޝްއަށް އޭނާގެ ބޯ ދެފަރާތަށް ހޫރުވައިލެވުމަށްފަހު ގޮޑިން ތެދުވެގެން ދިޔައީ ޖައިޝް ކޭތަށި ހިފައިގެން ދޮންނާށެވެ.

އެއަށްފަހު އޭނާ ދެން ގޮސް ވަދެލީ އެމީހުންގެ ކޮޓަރިއަށެވެ. އޭރުވެސް އޭނާގެ ފަސް އަހަރުގެ ދަރިފުޅު ޝިޒާ އެނދުމަތީގައި އަރާމުކޮށް ނިދާލާފައި އޮތެވެ. ރީޝް ގޮސް ޝިޒާއަށް ގޮވަން ފެށުމާއިއެކު އޭނާގެ އަތް ފޮޅުވާލުމަށްފަހު އެނެއް ފަރާތަށް އެނބުރި ގައިގައި ބެޑްޝީޓް އަޅައިލަމުން ހަމަޖެހިލިއެވެ. ”ދަރިފުޅޫ އަވަހަށް ތެދުވޭ ދެން. ސުކޫލަށް ދާން ޖެހޭނެއްނު. މިހާރު އެޔޮށް ސެވަން ޖަހަނީ. އަވަހަށް ތެދުވޭ.” އަލަމާރިން ޝިޒާގެ ޔުނީފޯމް ނަގައި އެނދުމަތީގައި ބާއްވާލުމަށްފަހު ރީޝް ކޮޓަރިން އަނެއްކާވެސް ނުކުމެގެން ދިޔައީ ޝިޒާގެ ބޫޓާއި އިސްޓާކީނު އަދި އިންޓަވަލް ދަބަސް ތައްޔާރު ކޮށްލާށެވެ.

”މަންމީ. މިއަދު ޝިޒް އާއި މަންމި އާ އެކީ ބައްޕި ދާނެތަ ޕާޓީއަށް؟” ޝިޒާ އޭނާގެ މައުސޫމް އަޑުން އެހެން ބުނެލީ ލޯގަނޑުން އޭނާގެ އަމިއްލަ ސޫރައަށް ބަލައިލަމުންނެވެ. ޝިޒާގެ ކަޅުކަންގަދަ ފަން ދިގު އިސްތަށިގަނޑު ގަތަން އިން ރީޝް އެއްޗެކޭ ނުބުނެ އިރުކޮޅަކު އިނީ ޝިޒާ ހިތްހަމަ ޖެހޭ ކަހަލަ ޖަވާބަކާ މެދު ވިސްނާލާށެވެ. ”ނޭނގެ ދަރިފުޅާ. ބައްޕި ބުނީ ފަހަރެއްގަ އޭ އާދެވޭނީ. ވަރަށް ބިޒީއޭ.” ރީޝް އެހެން ބުނުމާއިއެކު ޝިޒާ އޭނާގެ މޫނު އިސްދަށަށް ޖަހައިލިއެވެ. ނަމަވެސް ރީޝްއަކަށް އެމަންޒަރު ސިއްރެއް ނުވިއެވެ.

އެ ޖަވާބުގެ ސަބަބުން ޝިޒާގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރުތައް އެންމެ ރަނގަޅަށް ރީޝްއަށް ފެނިގެން ދިޔައެވެ. އަށެއް ޖަހަން ދިހަ މިނެޓަށް ވުމާއިއެކު ރީޝްވެސް ތައްޔާރުވެލައިގެން ޝިޒާ ސުކޫލަށް ލާން ދާން ނުކުމެލިއެވެ.

***

އޮފީހުގައި އަވަދިނެތި އެކި މަސައްކަތުގައި އުޅެމުން ދިޔަ ޖައިޝްގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިވުމުގެ އަސަރުތަކެވެ. އިރުއިރުކޮޅާ ނިތްކުރީގައި އަތް ހިންގާލާ ގޮތުން ބޮލުގައި ރިއްސަނީކަން ފާހަގަވަމުން ދިޔައެވެ. މޭޒުމައްޗަށް ތިން ހަތަރު ފައިލް ލައިގެން، އެފައިލްތައް ހާވަމުން ދިޔައީ އެއްޗެއް ހޯދާ ބީދައިންނެވެ. ”ހިނގަދާން ލަންޗަށް.”

މަސައްކަތުގައި މަސްއޫލުވެގެން އިން ޖައިޝް ސިއްސައިގެން ދިޔައީ އެތަނަށް ބޯދިއްކޮށްލި ޝިޔާން ފެނިފައިއެވެ. އެކަހަލަ ކަމަކަށް ބޭނުންވެފައި އިނުމުގެ ސަބަބުން އެއެދުމަށް ދެކޮޅު ނުހަދާ ޖައިޝް ދިޔައީ އޭނާގެ ބޮލަށް ލުޔެއް ލިބޭތޯއެވެ. ޝިޔާން އާއި ޖައިޝް އަދި އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ ޖީނާއާ އެކު ލެމަންގުރާސްއަށް ވަދެލީ އެކިއެކި ވާހަކަ ދައްކާލަމުންނެވެ. ޖައިޝްއަކީ އޮފީހުގައި ކިތަންމެ މަސައްކަތެއް ކުރަން ހުރިނަމަވެސް އެކަހަލަ ކަންކަމުގައި ބައިވެރިވާ މީހެކެވެ. ނަމަވެސް ދަރިފުޅުގެ ކަމެއްގައި ތަނަކަށް ގޮވާގެން ދާން ވެއްޖެނަމަ ޖައިޝް ވަރުގެ ބުރަ މީހެއް ނުހުރެއެވެ.

***

”ދަރިފުޅާ ރީޝް. ބައްޕައަށް ފެންތައްޓެއް ގެނެސްދީބަލަ.” ގެޔަށް އައިސް ވަދުމާއިއެކު ސޯފާގައި ނޫހެއް ކިޔަން އިން ޒާން ރީޝްއަށް ގޮވާލިއެވެ. ލޮލުގައި އަޅާފައި އިން ވަށް އަވިއާނު ނަގައި މޭޒުމަތީ ބާއްވާލަމުން ތަށްޓަކަށް ފެން އަޅައިގެން ގޮސް ޒާންއަށް ދިއްކޮށްލިއެވެ. ”ދަރިފުޅާ. މިޔޮށް ހަބަރު ކިޔާލަބަ. ކޮންމެސް ވައިރަހެއްގެ ސަބަބުން ޗައިނާއިން ވަރަށް ގިނަ މީހުން މަރުވޭބަ ޔޯ ލަ.” ޒާން އޭނާގެ ލޮލުގައި އިން އާނު ނަގައި ގަމީހުން އެ ފޮހެން ފެށިއެވެ.

”އާން. އަހަރެންވެސް އަޑު އެހިން ޓީވީއިން ތި ވާހަކަ. ކޮރޯނާ ވައިރަހެއް ކިޔާ ވައިރަހެއް ދޯ އެއީ.” ނިޔާޝާ އެހެން ބުނެލީ ނިކަން ހައިރާން ވެފައި ހުރެއެވެ. ރީޝްގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން އެވާހަކަ އޭނާ އަޑު އެހީ އެ މުޅިން އަލަށްކަން އެނގެމުން ދިޔައެވެ. ”މަންމަމެން ކަހަލަ މުސްކުޅި މީހުންނަށް ނުރައްކާ ބޮޑީ.” ނިޔާޝާ އިތުރުކޮށްލިއެވެ.

އެ ނޫސް ރަނގަޅަށް ކިޔާލުމަށްފަހު ރީޝް ދެން ފެށީ މެންދުރަށް އެއްޗެއް ހަދާލެވޭތޯއެވެ. ނިޔާޝާވެސް އޭރު ބަދިގޭގައި ބަތް ކައްކަން ހަނޑޫ ދޮވުމުގައި އުޅެމުން ދިޔައެވެ. ކައްކާ ނިންމާލުމަށްފަހު އެވަރުބަލި ކަމާއިއެކު އަނެއްކާވެސް ޝިޒާ ބަލައި ސުކޫލު ދޮށަށް ދިޔުމަށް އަވަސްވެގަތެވެ. ނަމަވެސް ހިޔާލެއް ސިކުނޑިއަށް އައުމުން ރީޝް އޭނާގެ ފޯނު ނަގައި ޖައިޝްއަށް ގުޅާލިއެވެ.

”ހަލޯ. ޖައިޝް މިގަޑީ ދެވޭނެތަ ޝިޒް ބަލާ. އަހަރެން ވަރަށް ވަރުބަލި ވާތީ މިއުޅެނީ.” ރީޝްގެ ވާހަކަ ނުނިމެނީސް ޖައިޝް ނުދެވޭނޭ ބުނެލި ގޮތުން އޭނާގެ ލޮލަށް ކަރުތައް ޖަމާވެގެން ދިޔައެވެ. ނަމަވެސް އެކަރުނަތައް ދެލޮލުން ނުވައްޓާލެވޭތޯ މަތި ބަލަން ފެށިއެވެ. އޭރު ނިޔާޝާވެސް ރީޝްގެ މޫނަށް ބަލަން ހުއްޓިލައިގެން ހުއްޓެވެ. ލޮލަށް އަވިއާނު ހެޔޮވަރު ކޮށްލުމަށްފަހު އަތަށް ޝިޒާގެ ތޮތްފާ އާނު ލައިގެން ގެއިން ނުކުތް އިރު ވަރުބަލިވެގެން ރީޝް ހުރީ ދެވަރުން އެއްވަރު ވެފައިއެވެ.

ދިޔަމަގުމަތީގައި ރީޝް ދިޔައީ އެނާ އުޅޭގޭގެ ދެވަނަ ފަންގިފިލާގައި އުޅެމުން ދިޔަ މީޝާއާ އެކުއެވެ. މީޝާވެސް ދިޔައީ އޭނާގެ ދަރިފުޅު ބަލައިއެވެ. ދެމީހުން އޮލަ ވާހަކައިގައި ދިޔައިރު ރަނގަބީލު ޖަހައިގެން މީހުން އެތި ސުކޫލު ތެރެއަށް ވަންނަނީއެވެ.

***

”މަންމީ. ބައްޕި އަދިވެސް ނާދޭ ދޯ؟ މަންމީ ކީއްވެތަ ޝިޒްގެ ބައްޕައަށް ޝިޒް ގޮވައިގެން ސުކޫލަށް ނުދެވެނީ؟ ޕާޓީތަކަށް ނުދެވެނީ؟ އެހެން ކުދިންގެ ބައްޕަ އެކުދިން ގޮވައިގެން ދުއްވާލަން ދާތަނާ އެކި ތަންތަނަށް ދާތަން ޝިޒްއަށް ފެނޭ.” ޝަކުވާ ކުރާ ރާނގަކަށް ޝިޒާ އެހެން ބުނުމާއިއެކު ރީޝްގެ ލޮލަށް އަނެއްކާވެސް ކަރުނަތައް ޖަމާވާން ފެށިއެވެ. ނަމަވެސް ޝިޒާއަށް އެމަންޒަރު ފެނުމުގެ ކުރިން ރީޝް އޭނާގެ ލޯ ފޮހެލާ ހިނިތުންވެލިއެވެ. ”އެއީ ބައްޕި ބިޒީވީމަ އޭ ދަރިފުޅޫ. ދެން ހިނގާދާން މަންމިގެ ޝިޒް ޕަރީ.” ފިޔާތޮށި ކުލައިގެ ރޫ ޖައްސާފައި ހުރި އެހެދުމުގައި ޝިޒާ ނުހަނު މައުސޫމް ކަމަށް ދައްކައެވެ. ހެދުމުގެ މޭމަތީގައި ގަދަ ފިޔާތޮށިކުލައިގެ މާ ތަތްކޮށްލާފައި ހުރިއިރު ބޮލުގައި ވެސް އެ މާ ހިއްޕާލާފައި އިން ބޭންޑެއެއް އަޅާލާފައިވެއެވެ. ކުދިކުދި އިސްތަށި ނިންމައްޗަށް ވައްޓާލާ ކަރުގައި އަޅާފައި އޮތް ހާރުން ޝިޒާ ހީވަނީ ހަމަ ކުޑަ ކުޑަ ޕަރީއެއް ހެންނެވެ.

”މާމަގެ ދަރިފުޅު ރީތި ވެލައިގެން ކޮންތާކަށް ދާން ތިދަނީ؟” ނިޔާޝާ ޝިޒާ އުރައިލަމުން އެ ކުޑަ ދެކޮލުގައި ހިފާލިއެވެ. ”މިދަނީ ޝިޒްގެ ކުލާސް ކުއްޖެއްގެ ބާތްޑޭ ވީމަ ޕާޓީއަށް. މާމާ ބަލައިލަން. މިއީ މަންމަ ހަދައިދިން ބޮޑު ޕްރެޒެންޓެއް އެ ކުއްޖައަށް ދޭން.” މައުސޫމް އަޑަކުން ޝިޒާ އެހެން ބުނެލުމާއިއެކު ރީޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ރީޝް އާއި ޝިޒާ ބޭރަށް ނުކުމެލިއިރު ބައިވަރު މީހުންނާއި ދުއްވާ އެއްޗެހި މަގުމަތީގައި ހޭލަމޭލިވެ އުޅުނެވެ. ޝިޒާގެ ކުޑަ އަދި މަޑު އަތްތިލާގައި ހިފާލާއިގެން ރީޝް ދިޔައިރު ކުލާހުގައި ވީ މަޖާ ކަންތަކުގެ ވާހަކަތައް ހުއްޓާނުލައި ދިޔައީ ކިޔާދެމުންނެވެ.

***

ދަންވަރު އެގާރަ ޖަހަން ގާތްވުމާއިއެކު ޖައިޝް އައިސް ކޮޓަރިއަށް ވަދުމާއިއެކު ރީޝްއަށް ކޮޅަށް ތެދުވެލެވުނެވެ. އަދި ޖައިޝް ބޭލި ގަމީސް ކޮޑުގައި އަޅުވާލުމަށްފަހު ގޮސް ސޯފާގައި އިށީންދެލީ ޖައިޝް ފާހަނާއަށް ވަދުމުންނެވެ. ފަނަރަ މިނެޓް ފާހަނާގައި ހޭދަ ކުރުމަށް ފަހު ޖައިޝް ފާހަނާ އިން ނުކުމެލީ ފެންވަރާ ތާޒާ ވެލައިގެން ހުރެއެވެ.

”އަހަރެން އެބޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން.” ބުނަން ނުބުނަން އިނދެފައި ރީޝް އެހެން ބުނެލީ އެނދުމަތީގައި އިށީންދެލި ޖައިޝްއަށެވެ. ނިކަން އަވަހަށް ބުނާށޭ ބުނެ ޖައިޝް އައިސް ރީޝްގެ ގާތު އިށީންދުމާއިއެކު ރީޝް އޭނާގެ ވާހަކަ ފަށިއެވެ. ”އަހަރެންނަށް މިހާތަނަށް އިނގިފައި އޮތް ގޮތުން ދަރިން ބަލަން ޖެހެނީ ހަމައެކަނި ދަރިފުޅުގެ މަންމައަކަށް ނޫން. މަންމައާއި ބައްޕަވެސް ދަރިފުޅު ބަލަން ޖެހޭ. އެކަމު ޖައިޝް ވިސްނާލަބަލަ. ޝިޒްއަށް ފަސް އަހަރު ފުރިގެން އެދިޔައީ ޖައިޝް ހަމައެކަނި ހުކުރު ދުވަހު ބަލައިގެން. މިހުރިހާ ދުވަހު އަހަރެން ޝިޒް މިބެލީ. ހުކުރު ދުވަހު އެކަނި ޝިޒްއަށް ޖައިޝް ފެންނަނީ ވެސް. ހެނދުނު އިރު ނާރަނީހެން އޮފީހަށް ގޮސް ގެޔަށް ތި އަންނަނީ އެގާރަ ޖަހައި އެގާރަ ގަޑި ބައިވާ ފަހުން. ޝިޒް ނިދީމަ. އެދަރިފުޅު ނިދަނީ އޭނާގެ ބައްޕަގެ ވާހަކަ ދައްކަމުން، ބައްޕަ ފެންނާނެ އިރަކަށް އިންތިޒާރު ކޮށްކޮށް އޮއްވަ. ޖައިޝް، އަހަރެންނަކަށް ކެތެއް ނުވާނެ އެކުޑަ ކުޑަ ދަރިފުޅު ދައްކާ ވާހަކަ އަޑު އަހާކަށް. ޖައިޝް ތިކުރާ ކަމަކުން އަހަރެންގެ ހިތް ފަޅައިގެން ދާ ވަރުވޭ. ތި އޮފީހުން ކެނޑިފަ އެހެން ތަނެއްގާ މަސައްކަތް ކުރަން ފަށަންވީނު. އަހަރެމެންނަށް ވަގުތު ދެވޭގޮތަށް.”

ރީޝް ފުން ނޭވާއެއް ދޫކޮށްލާ އޭނާގެ ދެއަތް ދެއަތަށް މޮޑެން ފެށިއެވެ. އިރުކޮޅެއް ވެގެން ދިޔައިރު ވެސް ޖައިޝް އެކައްޗެކޭ ވެސް ނުބުނެއެވެ. ހީވާ ގޮތުން އޭނާ ދިޔައީ ކޮންމެސް ކަމަކާ ވިސްނަމުންނެވެ. އެހެން އިނދެފައި ފުން ނޭވާއެއް އޭނާ ދޫކޮށްލިއެވެ. ”ރީޝް. އަހަރެންވެސް ބޭނުމޭ ދަރިފުޅާ ރީޝް އާ އެކު ވަގުތު ހޭދަކޮށްލަން. ދަރިފުޅު ގޮވައިގެން ދުއްވާލަން ގޮސް ޕާކްތަކަށް ގޮސް ކުޅެ ހަދާލަން. އެކަމު މިކަމުގަ އަހަރެން ކީއްތަ ދެން ކުރާނި. ހެނދުނު ދާ ގޮތަށް އޮފީސް ނިމޭ އިރަށް އަހަރެން މިއަންނަނީ ގެޔަށް. މިއީ ވެސް އަހަރެން ދަރިފުޅަށް ޓަކައި އަދި ރީޝްއަށް ޓަކައި ކުރާ ކަމެކޭ. މިވަރުން އުޅެގެން ކިރިޔާވެސް ރަނގަޅު މުސާރައެއް މިލިބެނީ. ދެން ހިނގާ ނިދަން. މިހާރު ބާރަ ޖަހަނީ އެހެރަ.” ޖައިޝް ގޮސް އެނދުގައި އޮށޯތް އިރުވެސް ރީޝްއަށް ސޯފާގައި އިނެވުނީއެވެ.

”އެހާ ގިނައިރު މީހަކަށް އޮފީހުގައި އުޅެން ޖެހިދާނެ ހެއްޔެވެ؟ ދުވަހުގެ ބާރަ ގަޑީއިރު އެއްކޮށް އުޅެން ޖެހިދާނެ ހެއްޔެވެ؟ ބުރޭކް ގަޑިވެސް ލިބޭން ނޫން ހެއްޔެވެ؟ ޖައިޝް ދެއްކި ވާހަކަތައް އަހަރެން ގަބޫލު ކުރަން ވީ ހެއްޔެވެ؟ ޖައިޝް އެހެދީ ތެދު ހެއްޔެވެ؟ އޮފީހުގައި އުޅޭ މީހަކަށްވެސް ހުސްވަގުތު ވާނެ ނޫން ހެއްޔެވެ؟”

ޖައިޝްގެ ވާހަކަތަކުން ރީޝްގެ ސިކުނޑި ސުމަކަށް ދާ ވަރުވިއެވެ. އެގޮތުގައި ހުރެ ރީޝް ގޮސް އެނދުގައި އޮށޯވެލައި ޝިޒާގެ ބޮލުގައި ފިރުމާލިއެވެ. އަދި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލައި ދެލޯ މަރާލިއެވެ.

~ ނުނިމޭ ~

121

19 Comments

  1. 🧚Nafu✨

    June 25, 2020 at 8:55 am

    ✨salaam all. unmeedhu kuran nafu ge mi vaahaka vs kamudhaane kamah. adhi support vs libeyne kamah. kiyaalaafa vaahaka aa medhu dhekey goii bunela dhehchey ingey.
    next part vs vr avahah up kohla dheynan.
    have a nice day. stay safe. thank u all✨

  2. Livy

    June 25, 2020 at 9:29 am

    Yeyyyy. Sis ge new story eh dhw 💞💞💞💞
    Varah Varah Varah reethi trailer 💞maa sha Allah 💞⚡ speechless💯💯💯💯💯💯💯💯
    Curiously waiting waiting for the first part
    ⚡⚡⚡⚡⚡Lysm sisoo⚡⚡⚡⚡⚡⚡⚡⚡

    • 🧚Nafu✨

      June 25, 2020 at 7:41 pm

      yess livy alhuganduge dhn liyaa new story mi e.. alhey thank u soo much. vr ufaavehjje mi vaahakaige furathama bai vs kamudhiya kan ingunyma.. and livy ge colorful comment kiyaalaafa vs.. thank u thank u so much livy.. and yess keep waiting.. lym livy.. stay safe..

  3. Riff💜

    June 25, 2020 at 10:25 am

    Varah varah vr vr reethi masha allah… can’t wait to read nxt … curiously waiting… lysm …..take care …#staysafe

    • 🧚Nafu✨

      June 25, 2020 at 7:43 pm

      thank u soo much riff.. vr vr ufaavehjje mi vaahaka vs kamudhiyakan ingunyma.. thank u thank u soo much. and yess keep waiting.. u too take care and stay safe. lym

  4. Raaya

    June 25, 2020 at 11:19 am

    Wooww… a different story…. vrh reethi vaane hen heevey… baskoshaaru and sifa kurun thah hama ehvana.. loved it!!🤩🤩👍👍😍❤

  5. Bluebird

    June 25, 2020 at 1:27 pm

    Awwwwwwn very sad story…😥😥😥 It’s really emotional….. But it is awesome… V v v v Salhi…..💕💕💕💕💕💕💕💕💕💕💕 You are great and you are able to deliver every story nicely… I like all of your stories💞💞💞💞💞💞💞💞💞💞💞💞💞💞💞… Hope to see the same effort as before in this story..🌟🌟🌟🌟🌟🌟🌟. Good luck sissssyyyyy… Keep it up…. Love you sissssyyyyy..💜💜💜💜💜💜💜💜💜💜💜.

    • 🧚Nafu✨

      June 25, 2020 at 7:48 pm

      alheyy bluebird.. vr vr ufaavehjje bluebird ge colorful comment kiyaalaafa. vr bodu hihyvareh vs libihjje. thank u thank u soo much.. vr ufaavehjje nafu ge konme vaahaka eh vs dear ah kamudhiyae ma. ya bluebird men kahala kudhin thigothah nafu ah support kuran huriyyaa, insha allah vr furihama ah vaahaka genes dheveythw balaanan.. thank u soo much bluebirdd.. lym dearrrr.. stay safe..

  6. 🧚Nafu✨

    June 25, 2020 at 7:50 pm

    thank u soo much raaya. vr vr ufaavehjje raaya ah mi vaahaka vs kamudhiyae ma. and sifa kurunthah genes dhevunu goii kamudhiyae ma vs. thank u thank u soo soo much.. and nafu v haa vs rythikoh vaahaka genes dheveythw balaanan.. keep waiting for next part.. stay safe.. ly dearr

  7. 🌺Aashko🌻🌼

    June 25, 2020 at 10:13 pm

    Maasha Allah 😍😍😍😍❤
    V reethi mi starting. I hope mi vaahaka ves sis ge kuryge vaahakahaa reethi vaane kamah. And i didn’t think ehaa avhah kiyaalan libeyne kamakah sis ehn buniyma ves. I thought mybe one week or something it will take. But v happy avahah kiyaalan libuniyma. Keep it up sis. Will always support u. Love u ❤❤.

    • 🧚Nafu✨

      June 26, 2020 at 11:25 am

      aashko. thank u so so much.. vr vr ufaavehjje aashko ge dhigu dhigu comment kiyaalaafa. ya nafu vr try kuraanan aashko mennah rythi gothah vaahaka genes dhevey thw. adhi kury vaahaka haa rythi vs kurevey thw. insha allah.. aashko men thigothah nafu ah support kuran huriyyaa vr furihama ah genes dheynan.. hehe. sch hulhuven gaaii v maa eku dhn nafu mi vaahaka liyan fashaafa othyma ehaa avahah migenes dhiny. vr ufaavehjje.. thank u very much.. stay safe. lym

  8. Kairaa

    June 26, 2020 at 1:30 pm

    MASHA ALLAH😍😍😍😍
    haadha reehchey feshun😊😍😘
    Im speechless🤐🤐
    alhey hiyeh nukuran ehaa avahah kiyaalan libidhaane kamakah vx🙂😉
    varah varah reethi vaanehen heevanee mi story vx😘😘
    Aslu kairaa akah neyge sis ge new story eh up vefa in kameh
    ehn ve thankolheh lahun mi cmnt eh kohlevuny vx😢😢
    But im soooo happy sis ge new story eh kiyaalan libuny ma😀
    Lyssmmmmmm💖💖💖💖
    🙂Stay safe siss🙃

    • 🧚Nafu✨

      June 26, 2020 at 6:41 pm

      kairaa.. nafu hama inthizaaru ga mihury kairaa ge commentakah.. finally dhigu dhigu ehaama colorful comment eh kiyaalan libihjje. vr vr ufaavehjje. thank u soo much kairaa. ya kairaa men thigothah nafu ah support kuran huriyyaa hama hiyy varaaeku nafu vr furihama vaahaka genea dhevey thw balaanan. insha allah. its ok dear. fahun comment kohlyma vs nafu vr ufaavehjje. thank u thank u so so much. lym.. u too stay safe

  9. Airaa

    June 27, 2020 at 10:55 am

    What id ur age Nafu

    • 🧚Nafu✨

      June 27, 2020 at 11:45 pm

      adhi 15.. kyhve thihen thi ehy airaa??

  10. 💕Alika💗🌺

    June 28, 2020 at 12:01 am

    Just asking cux the both stories, i mean first story and this stories two parts kiyaalaafa hieh nuvey 15year ge kuhjjeh liyefa in ehcheh heneh💗. U made me speechless little sis🤐🤐. I thought the story is written by someone older like above 18🤔. I must say u hav got talent❤❤.
    Kurin nimun vaahaka ves v reethi mi vaahaka ves v v v reethi..😍Maasha Allah. 😍😍
    KEEP IT UP 👏👏👏

    It’s Alika actually e comment ga Airaa eanii auto type vefa☺

    • 🧚Nafu✨

      June 28, 2020 at 12:46 am

      alheyyy vr vr vr vr ufaavehjje alika sis ge comment kiyaalaafa. aslu vs alhugandu vr ufaavehjje. thank u thank u so so much alika sis. thi dhigudhigu loabi commentun alhugandah vr bodu hiyvareh libigen higahjje. vr bodu supporteh libihjje. once again thank u sooooooooo much sis.. it means a lot.. alhugandu unmeedhu kuran sis ge support alhugandah libeyn kamah. vr happy vehjje alhuganduge kuryge vaahaka kiyaalikan ingunyma vs. adhi kamudhiyae ma vs. stay safe.

  11. Chimmy

    July 12, 2020 at 12:27 pm

    ummm
    nafu you are the same age as my sis ……………………
    but my sis dont like writing stories or anything else …………………….😒😒
    anyway 😃😄😊😌😏😌you are much different and i gotta admit it that you are a one of a kind
    love your story
    😘😘😍😍😻😻👌👌👌👌👌👍👍👍👍👍👏👏👏👏👏
    applauds for nafu

    • 🧚Nafu✨

      July 13, 2020 at 12:25 pm

      chimmy hurihaa kudin ehgotheh nuvaane dhw. eki kudhin like vaani eki kanthah kuran. maybe your sister is keen on some other work..
      alheyy thank u soo much chimmy. vr vr ufaavehjje. it means a lot.. vr ufaavehjje story vs kamudhiyae ma.. heheh thank u thank u

Comments are closed.