ޓެރަހަށް އަރަން ހުރި ސިޑިން މައްޗަށް އެރުމަށްފަހު ޝިމާ މަޑުމަޑުން ޓެރަހުގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އެތެރެއިން ފެނިގެން ދިޔަ މަންޒަރުން ޝިމާއަށް ދެލޯ ބޮޑުކޮށްލެވި އޭނާގެ ދެއަތުން އަނގަ މަތީ އަތް އަޅާލިއެވެ. ********************************************************************** ޓެރަހުގެ ދޮރުން ފެށިގެން ދާން އޮތް މަގު އެއްކޮށް އޮތީ ރަތްކުލަ އާއި ހުދުކުލައިގެ ފުއްޕާހަމުން ފުރި ބާރު ވެފައެވެ. ހިނގަމުން ދާއިރު ފުއްޕާހަންތައް މައްޗަށް އުދުހިގެން ދާނެކަން ކަށަވަރެވެ. އެހާވެސް ގިނައެވެ. ޓެރަހަކީ ބޮޑު ޓެރަހަކަށް ވެފައި […]
ގޭތެރޭގައި މޮޕުލަމުންދިޔަ ނޯޔާގެ މޫނު ވަނީ މިލާފައެވެ. މިއީ އާކަމެއްނޫނެވެ. އަބަދުގެ ވެސް ހާލަތެވެ. ކަބަޑު ތަށް ސާފުކުރަނިކޮށް އޭގެތެރޭގައި އޮތް ފޮޓޯ ފްރޭމެއް ލޮލުގައި އަޅާގަތެވެ. ކުރީގެ ހަނދާންތައް އާވާން ފެށުމުން ނޯޔާގެ ލޮލުން ކަރުނައިގެ ކޯރެއް ދެމުނެވެ. އެއީ މީގެ 11 އަހަރުކުރިއެވެ….. 5އަހަރުގެ ކުޑަކުޑަ ނޯޔާ އުރައިގެން ވަހީދު ހުރިއިރު ކައިރީގައި ހަނާ ހުރީ ފޮޓޯނަގަން ތައްޔާރުވެގެނެވެ. އިރުއިރުކޮޅާ ހަނާ އޭނާގެ ފުރާނަފަދަ އެންމެ ލޯބިވާ ދަރިފުޅުގެ ބޮލުގައި ފިރުމާލައެވެ. މި ކުޑަކުޑަ […]
ދެވަނަބައި އައިނާ ސިޑިން ފައިބަނިކޮށް މީހެއްގެ ގައިގައި އަޅައިގަމެފައި ވެއްޓެން ދިޔައެވެ. ދެލޯމަރާ ތަގުޅި ކޮށްލެވުނީ ވާނެ ތަދު ލަފާކޮށްލެވުމުންނެވެ. ނަމަވެސް، ބާރުގަދަ ދެއަތަކުން ހިފެހެއްޓިކަން އައިނާ އަށް އިޙުސާސްވިއެވެ. އައިނާ އެއްލޯހުޅުވާލައި ބަލީލީ އެމީހެއްގެ މޫނަށެވެ. އަދި އެލޯހުޅުވިހާ އަވަހަކަށް އަނެއްލޯވެސް ހުޅުވާލިއެވެ. “ޑިންޑިން.. ޑިންޑިން..” އައިނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. އެއަޑު އޭނާ ހިފަހައްޓައިގެން އޮތް މީހާ އަށް ނީވުނިއްޔާ ރަނގަޅެވެ. އޭނާއަށް ހީވަނީ ދުނިޔޭގެ ހިނގުން ވެސް ކުޑައިރުކޮށްކަށް މަޑު ޖެހިލިހެންނެވެ. އައިނާ […]
ވިއްސަކަށް މިނިޓު ތެރޭގައި ޖުނާން އާއި އަންޖަލް ސޯލް ކޮންޕެނީގެ ޕާރކިން ޒޯނުގައި ކާރު ޕާރކް ކުރުމަށްފަހު ގޮސް ބިލްޑިންގްއަށް ވަނެވެ. ސޯލް ކޮންޕެނީ އަކީ ކޮންސްޓްރަކްޝަންގެ އެކި މަސައްކަތް ކުރާ ކުންފުންޔެކެވެ. އެކި އެކި ފަރާތްތަކުން ދޭ ބޮޑެތި ޑީލްތައް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ފުރިހަމަކޮށް ނިންމާ ހަމަ އެކަނި ކުންފުންޔެވެ. ގިނަބަޔަކު ދަންނަ މަޝްހޫރު ކުންފުންޔެކެވެ. އަންޖަލް ޖުނާންގެ ފަހަތުން ހިގަމުން ދިޔައީ އަދި އޮފީހަށް އާ ވުމުންނެވެ. އަންޖަލް އާ ދިމާލަށް […]
އޭރުވެސް އެ މަޑު އަތް ތިލައިގައި ތުރުތުރު އެޅުމެއް ހުއްޓެވެ. ހީވާ ގޮތުން ބޮޑު ކަމެއް ނިންމަން އުޅެނީއެވެ. ފޯން ނެގުމަށްފަހ ޓައިޕްކުރަން ފެށިއެވެ. އެއާއެކު ދެން ފެނުނީ ‘ އައިމް ރެޑީ ޓުބީ ޔުއާސް’ އޭ ޖަހާ ނަބީލްގެ ނަމްބަރަށް މެސެޖް ފޮނުވާލި ތަނެވެ. އެއަށްފަހު ފޯން ނިއްވާލުމަށްފަހު އެ ވެސް އެނދުމައްޗަށް ހޫރާލިއެވެ. އެއާއެކު ދެން ފެނިގެން ދިޔައީ ގައުގައި ހުރި ފެންތަކަށް ނުބަލާ އެނދުމަތިން ބާލިހެއް ނެގުމަށްފަހު އެ މޫނުމަތީ އަޅާ އަޑުން […]
އީޝަލްގެ މިސްރާބު ހުރީ މާޒްގެ އޮފީހާއި ދިމާއަށެވެ. “މާޒް” އޮފީސްތެރޭގައި ފައިލްތަކަށް ބަލަން އިން މާޒަށް އިވުނީ އީޝަލްގެ ހިތްގައިމު އަޑެވެ. ވަގުތުން އޭނާގެ މުޅިހަށިގަނޑު ފިނިވެގެންދިޔައެވެ. ގައިގާހުރި ހުރިހާ ލޯލިތައް ކޮޅަށްޖެހިގެންދިޔައެވެ. އެތެރެހަށީގައި ގަދަފަދަ ކަރަންޓެއް އުފެދުނު ކަހަލައެވެ. އެއަޑު އޭނާއަށް އޮޅެންވީ ކީއްވެ ހެއްޔެވެ؟ އިސްއިފުލާ ބަލާލުމާއެކު ކައިރިވަމުންއައި އީޝަލް ފެނިފައި މާޒްގެ ހަތަރެސްފައި ގަނޑުކޮށްލިކަހަލައެވެ. އީޝަލް މާޒްގެ އޮފީހަށް ވަދެގެންއައީ އެއްވެސް ހުއްދައަކާއި ނުލައެވެ. އީޝަލް ވަނީ ރުޅި އައިސްފައެވެ. “އަހަރެން ހިއެއްނުކުރަން […]
ޔައިޝް ރުޅިއައިސް އެއިނީ ފޯނުގައި އިން އެއްޗެއްގެ ސަބަބުންކަން ގާތްގަނޑަކަށް ޔަޤީން ވާތީއެވެ.ފޯނު ބަލައިލުމާއެކު ތާނިމްގެ ދެލޯ އަތަށް ނައީ ކިރިޔާއެވެ.އޭނަ ދެރަވެސް ވިއެވެ.ހަމައެހެންމެ ކޮންމެވެސް ވަރަކަށް ހިންހަމަވެސް ނުޖުނެވެ.ކޮންމެއަކަސް އެންމެ ނުވާން އޭން ދުޢާ ކުރި ކަންތައް މި އޮތީ ވެފައެވެ.އާއެކެވެ.ޔައިޝް އުޅެނީ ހުދާއާ ހެދިންނެވެ.ކޮންމެއަކަސް ތާނިމް މި “ލަވް ޓްރެއެންގަލް” ތެރެއަށް ވަންނާކަށް ބޭނުމެއް ނޫނެވެ.އެއްކޮޅުން އަމިއްލަ ކޮއްކޮއެވެ.އަނެއްކޮޅުން އަމިއްލަ އަބިމީހާގެ ކޮއްކޮއެވެ.ހަމައެކަނި އަބިމީހާގެ ކޮއްކޮއެއް ނޫނެވެ.މިހުރިހާދުވަސް ވަންދެން ކޮއްކޮއެއްގެ ލޯބި އެންމެ ފުރިހަމަ […]
ޒާޔާ ސިހިފައި ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ހަޅޭއްލަވައިގަންނަން ބޭނުންވިއެއްކަމަކު އަރުތެރެއިން އެއްވެސް އަޑެއް ނުނުކުތެވެ. ގަތްބިރުންނާއި ސިހުނުވަރުން ޒާޔާގެ ދެއަތް ތުރުތުރު އަޅަން ފަށައިފިއެވެ. އަތުގައި އޮތް ފޯނުވެސް އޭނާއަތުން ދޫނުވެ އޮތީ ކިރިޔާއެވެ. އެ ‘ނުބައި’ މަކުލޫޤު ހިނިތުންވެލުމުން ޒާޔާ އިތުރަށް ބިރުގަތެވެ. ދެތުންފަތުގެ ދެއަރިމަތިން ފެނުނު ތޫނު އަދި ދިގު ފޭރާދަތުގެ ސަބަބުން ޒާޔާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. އެ މަޚުލޫޤުގެ ހަންގަނޑުގައި އެޅިފައި ހުރި ރޮނގުތަކުން ހީވަނީ ރެނދުލައިފައިވާހެންނެވެ. ފޯނު ރިންގުވާން ފެށުމުން ޒާޔާ […]
ފޯނުގެ އަނެއްފަރާތުން އިވުނު އަންހެން އަޑުގެ ސަބަބުން ނަތާޝާގެ ސުވާލުތަކަށް އިތުރު ސުވާލެއް އިތުރު ވެގެން ދިޔައެވެ. ފޯނު އެނެގީ ކާކު ހެއްޔެވެ؟ ޔުނާން މީހަކާ ކައިވެނި ކުރީ ހެއްޔެވެ؟ އެއީ ޔުނާންގެ ކާކު ހެއްޔެވެ؟ ނަތަޝާއަށް ލިބުނު ސިހުމުގައި ފޯނު ކަނޑާލެވުނެވެ. ދެލޮލުން ކަރުނަ އެތި ފައިބަން ފެށީ އޭނާގެ ހިތަށް ލޮޅުމެއް ގެނެސްދީފައިއެވެ. އެއަޑު އިވިފައި ނަތާޝާގެ ހިތުގައި ހީވީ މީހަކު ވިކައިލި ހެންނެވެ. އޭނާގެ ހަގު ދަރިފުޅު ކައިވެނި ކުރާތަން ދެކެން އޭނާ […]