ދަންވަރުގެ ހަމަހިމޭން ވަގުތު ފަހަނައަޅައި ގޮސް ފަތިސް ނަމާދު ބަންގީގެ މޫރިތި ކަލިމަތަކުން މުޅި ފަޒާ ގުގުމައިލައިފިއެވެ. ބަންގީގެ އަޑާއިއެކު ނިދާފައިވާ އެ ރަށް އެއްކޮށް ހޭލައްވައިލި ކަހަލައެވެ. އެކި އެކި ޖަވަނާރާއި ދޫނިސޫފާސޫފި ގޮވާ އަޑުންވެސް ފަޒާ ގުގުމައިލިއެވެ. ފަތިހަށް ފޮޅޭ މާތައްވެސް އެވަގުތު މަޑުމަޑުން ފޮޅެން ފެށިއެވެ. އެ މާތައް ދިޔައީ މަޑުމަޑުން އޭގެ ކައިރީގައި ތިބި އެހެން މާތަކަށް ދިރުން ދެމުންނެވެ. ޖެހޭ ފިނިފިނި މަޑު ވައިރޯޅިއާއިއެކު މުޅި ފަޒާގައި އެ މަލުގެ […]
ޒާޔާވެސް ލިއަމްމެނަށް ހިނިތުންވެލައިފައި އޭނާއާއިއެކު އައުމަށް ބުންޏެވެ. ނިހާން ހިނގައިގަތުމާއިއެކު ލިއަމް އާއި މަތީންވެސް އެކަކު އަނެކަކަށް ބަލައިލައިފައި ނިހާންގެ ފަހަތުން ހިނގައިގަތެވެ. ބަދިގެއަށް ބަދެވުމާއިއެކު ލިއަމް އާއި މަތީންގެ ކުޅުދިޔާވާން ފެށިއެވެ. ކާން ތައްޔާރުކޮށްލައިފައިވާލެއް ފުރިހަމަކަމުން ދެމީހުންގެ ކެތްތެރިކަންވެސް ކުޑަވާން ފެށިއެވެ. ކާން ފެށޭނީ ކޮން ވަގުތެއްގައިތޯ ހިތަށް އަރައި އަރައި ތިއްބައި ޒާޔާ އެމީހުން ގާތުގައި އިށީނުމަށް ބުންޏެވެ. “ދަރިފުޅުވެސް އާދޭ ބައިވެރިވާން.” ތައްޓަށް ބަތް އަޅަމުން ނިހާން ބުންޏެވެ. ބައްޕަ ބުނީތީ ޒާޔާއަށް […]
ކޮންމެއަކަސް ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ލޯންޗު ނެރުން އެތެރެވެއްޖެއެވެ. އެއާއިއެކު ދެމީހުންވެސް ތެދުވެ ލޯންޗު ލަފަން އޮތް ހިސާބަށް ހިނގައިގަތެވެ. ލޯންޗު ލެފުމާއިއެކު އޭގައި ތިބި މީހުންތައް އޭގެން ފައިބަން ފެށިއެވެ. ޒާޔާ ހުރީ އެ އެންމެން ފައިބައި ލޯންޗުގައި މަސައްކަތްކުރާ މީހާ ހުރިހާ ފޮށިތަކެއް ބައިލުވަންދެނެވެ. ނަމަވެސް މީހުންތަކުގެ ތެރެއިން އެންމެ ފަހުން ފޭބި މީހާ ފެނި ޒާޔާ އެކަން މަތިން މުޅިން ހަނދާން ނެތޭގޮތްވިއެވެ. “ލިއަމް…؟” ޤަބޫލުކުރަން ދަތިވެފައި ހުރެ ޒާޔާއަށް ވައި […]
ކުއްލިއަކަށް ޖަމީލާގެ ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. ނިހާން ޖަމީލާގެ އަތް ފޮޅުވައިލައިފައި ފަވާޝަތު ކައިރިއަށް ގޮސް ނިހާ އުރައިލިއެވެ. އަދި ޒާޔާގެ އަތުގައި ހިފައިގެން ޒާޔާ ގޮވައިގެން އެތަނުން ހިނގައިގަތެވެ. ނިހާންމެން ދިޔުމާއިއެކު ފަވާޝަތުމެންވެސް އެމީހުންގެ ގެއަށް ދާން މިޞްރާބުޖެހިއެވެ. ބަނދަރުމަތިން މީހުންތައް މަދުވަމުން ގޮސް މިހާރު އެތާ ތިބީ އުސްމާނާއި ޖަމީލާ އެކަންޏެވެ. ތަންކޮޅެއް ދުރުގައި ހުރި ޖޯލިފައްޗެއްގައި ދެތިން މީހަކު އޮލަ ވާހަކަތަކެއް ދައްކަން ތިއްބެވެ. ޖަމީލާ އިސްޖަހައިގެން ހުރެ ރޮނީއެވެ. ޖަމީލާ […]
“ކޮބާ. އިންތިޒާރުގަ ބަހައްޓާނީތަ؟” ޖަމީލާ އަހައިލިއެވެ. “ނޫނޭ. މިހާރު ހަމަ އެ އަންނަނީ. އަހަރެން ތިނަކަށް ގުނަންވާއިރަށް އެ ހަދިޔާ ހުންނާނީ ހަމަ ޖަމީލާގެ ކުރިމަތީ.. އެކެއް… ދޭއް……. ތިނެއް.” ނިހާން އެހިސާބަށް ގުނައިލިއިރު ޖަމީލާގެ ކޮނޑުގައި މީހަކު އަތް އަޅުވައިލިއެވެ. ޖަމީލާ ފަހަތް ބަލައިލުމާއިއެކު އޭނާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ކުރިމަތީ ހިނިތުންވެލައިގެން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި މީހާ ފެނި ޖަމީލާ ހުރީ މިއީ ޙަޤީޤަތެއްކަމަށް ޤަބޫލުކުރަން ދަތިވެފައެވެ. “ކޮބާ؟ ކަމުދޭތަ؟” ދެލޯ ބޮޑުކޮށްގެން […]
ނިހާން ލޯންޗުން ފައިބައިފައި ޒާޔާއާއި ދިމާލަށް އަތްދިއްކޮށްލިއެވެ. ޒާޔާ އިސްޖަހައިގެން ހުރެ ލޯންޗުން ފޭބިއެވެ. އޭރުވެސް ބަނދަރުމަތީ މީހުން ވަރަށް ގިނައެވެ. ޒާޔާ އިސްޖަަހައިގެން ހުރީ އެކަކަށްވެސް އޭނާގެ މޫނުދައްކަން ބޭނުންނުވުމުންނެވެ. އަދި އޭނާއަށް ވަމުންދާގޮތްތައް އެހެން މީހަކަށް ނުދެއްކުމަށެވެ. ޒާޔާ އެހެން ހުރެފައި މަޑުމަޑުން އޭނާގެ އިސް އުފުލައިލިއެވެ. ކޮންމެ މީހެއްގެ ނަޒަރުވެސް ވަނީ ޒާޔާއާއި ދިމާލަށް އަމާޒުވެފައެވެ. އަދި އެމީހުން ސިއްރުސިއްރުން އެއްޗެހިތަކެއް ކިޔަން ފެށުމުން ޒާޔާއަށް އަނެއްކާވެސް އިސްޖަހައިލެވުނެވެ. އެވަގުތު އޭނާގެ ނޭވާ […]
“ހެލޯ ލިއަމް. ވަރަށް އަވަހަށް އެކްސް.ބީ އޮފީހަށް އައިސްލަދީބަލަ.” އެކްސް.ބީ އޮފީހުގެ މުވައްޒަފެއް ލިއަމްއަށް ގުޅައިލަމުން ބުންޏެވެ. ލިއަމް މި ދަނީކަމަށް ބުނެ ފޯނު ކަނޑައިލިއެވެ. އަދި އޭނާގެ މިޞްރާބު މާލޭގެ މަޝްހޫރު ވިޔަފާރިވެރިއާކަމަށްވާ އަޙްމަދު ހިންގާ އެކްސް.ބީ އޮފީހާއި ދިމާލަށް ބަދަލުކޮށްލިއެވެ. “ކީއްކުރަން މިތަނަށް އަންނަން ބުނީ؟” އޮފީހަށް ގޮސް އޮފީސް ދޮރުމަތީ ދެންމެ ލިއަމްއަށް ގުޅި ކުއްޖާ ހުރުމުން ލިއަމް އެކުއްޖާ ގާތުގައި އަހައިލިއެވެ. “މީހަކު ލިއަމް އާ ބައްދަލުކޮށްލަން ބޭނުންވާތީ. އެހެންވެ.. ހިނގާ.” […]
ޒާޔާ ޓީވީ ބަލަން އިންދައި ގޭގެ ބެލް އަޅުވައިލި އަޑު އިވުނެވެ. “މިގަޑީ ކާކުތަ؟” އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް އެ ސުވާލުކޮށްލުމަށްފަހު ޒާޔާ ސޯފާއިން ތެދުވިއެވެ. މިގެއަކީ އެހެން މީހަކުވެސް ވަންނަ ގެއަކަށް ނުވުމާއި އަދި މިއީ ލިއަމް ގެއަށް އަންނާނެ ވަގުތަކަށް ނުވީމަޔާއިއެކީ ޒާޔާގެ ހިތުގައި ސުވާލު އުފެދުނީ މިގަޑީ އެގެއަށް އަންނާނީ ކާކުކަމާއި މެދުގައެވެ. ދެވަނަ ފަހަރަށްވެސް އެ މީހަކު ބެލް އަޅުވައިލުމާއިއެކު ޒާޔާ މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. އެއާއިއެކު ކުރިމަތީ ހުރި މީހާ […]
މަތީން އައިސް ނިހާން ގާތުގައި އިށީންދެލައިފައި ނިހާނާއި ސަލާމް ކޮށްލަން އަތް ދިއްކޮށްލިއެވެ. ނިހާން ވެސް ހިނިތުންވެލައިފައި މަތީނާއި ސަލާމް ކޮށްލިއެވެ. “ވަރަށް ފެނިފަ ހުރި މީހެއްހެން ހީވަނީ. ކޮން ނަމެއް ކިޔަނީ؟” ނިހާން އެ ސުވާލުކޮށްލުމާއިއެކު މަތީނަށް އިސް ޖަހައިލެވުނެވެ. މަތީން އޭނާގެ ނަން ނިހާން ގާތުގައި ބުނެފިއްޔާ ނިހާން ހަދައިލާނެ ގޮތެއްވެސް އެނގެނީކީ ނޫނެވެ. އެހެނަސް މަތީން ކުރިން ހެދި ގޮތަށް އެއްވެސް ކަމެއް އޮޅުވައިލަން ބޭނުންނުވުމުން މަތީން އޭނާގެ ނަން ހާމަކުރަން ނިންމިއެވެ. […]