” އުމައިރު އަހަރެން ދެން ހަދަންވީ ކިހިނެއްތަތަ؟… އަހަރެންނަށް މުޅި މިދުނިޔެވެސް ލައުނަތް ދޭނެ… އަހަރެންގެ ފާފަތައް ކަނޑުގެ ފޮނުތަކަށްވުރެންވެސް ގިނަ… އަހަރެން ދެން ދުނިޔޭގައި ކަތަންމެ ދުވަހަކު އުޅުނަސް އަހަރެންނަށް ބާއްޖަވެރި ކަމެއް ނުލިބޭނެ…އަހަރެންގެ ފާފަތައް އެކަލާނގެ ފުއްސަވައިދޭނީވެސް ކިހިނެއް؟.. އަހަރެންގެ ސުވަރުގެ ވަނީ އެމަންމަގެ ފައިތިލަ ދަށުގަ…އަހަރެން ކިތަންމެ ވަރަކަށް ދުނިޔޭގައި ހުރެ ހެޔޮކަންތައް ކުރިޔަސް…އަހަރެންނަށް ލިބޭނީ ކޯއްޗެއް؟..” އަހަރެން އަޑުން އަޑުނަގައި ރޮމުން ބުނަމުން ދިޔައީމެވެ. ” އަހަރެން އަމިއްލައަށް މަރުވާން ވީތަ؟.. […]
ދަރިފުޅާއެވެ. މިއަދު މަންމަ ދަރިފުޅަށް އެތައް އާދޭހެއް ކުރީމެވެ. އެއީ ދަރިފުޅަށް އުނިވާނެ އެއްވެސް ކަމެއް ނުބާއްވާ..ދަރިފުޅު ބޭނުންވާ ހުރިހާއެއްޗެއް ދަރިފުޅަށް ހޯދައިދެމުން އައި ދަރިފުޅުގެ ބައްޕަ ދަރިފުޅުގެ ލޯ ކުރިމަތީ ތަންމަތީ އޮންނަން ޖެހުނު ދުވަހެވެ. އެބައްޕަ ފެންވަރުވާލަންވެސް މަންމަ ދަރިފުޅަށް ކިހާ އާދޭހެއް ކުރީމުހެއްޔެވެ. މިއަދު ދަރިފުޅުގެ އަތުގެ ފިރުމުންތައް އެބައްޕަ ބޭނުންވާނެވަރު ދަރިފުޅަށް އަންދާޒާކޮށެއްވެސް ނުލެވުނެވެ. މަންމަ މިއަދު މިޖެހުނީ ދުރުހިލޭ މީހުން ގެނެސްގެން ބައްޕަ ބަލާށެވެ. ********************************************* ދަރިފުޅާއެވެ. ނަމަވެސް މިހުރިހާ […]
” ކަލޭ ހިތު ހުރި ގޮތަކަށް އުޅެފަ ދިޔާމަ އެމީހުން ނޫޅޭނެ ކަލެއަށް ތިކަން ކޮށްދޭކަށް… ކަލޭ އެމީހުންނަށް ޖައްސައިފައި އާ ޙާލު ހަނދާން ނެތުނީތަ؟.” އަމްނާ ބުންޏެވެ. ” ބަލަ އަހަރެން އެމީހުނަށް ގޮތަކަށް ނަހަދަމޭ.. މަގޭ މަންމަ އެއަށް ވުރެ ބޮޑަށް ވިސްނޭނެ.. އަހަރެން އޮތީ މަންމަ ކައިރީ ބުނެފަ އަމްނާގެ ހިތްހަމަޖެހުމަކަށް އަހަރެން ކުރާ ކަމެކޭ…އެވަރު ނުވިސްނެނީ އަމްނާއަކަށް ނޫންތަ؟.. އަހަރެން އަންނަން ވީމަވެސް މަންމަ ބުނި މަންމަގެ ހެޔޮދުޢާ އަހަރެންނާއެކު ވާކަމަށް..”އަހަރެން […]
އަހަރެން ތަން ހުރިގޮތަކަށް ބަހައްޓާފައި އަހަރެންގެ އަންނައުނުތައް ނަގާ ފޮއްޓަށް އަޅަން ފެށީމެވެ. އަހަރެންނަށް ބައެއްފަހަރު ހީވަނީ އަމްނާގެ ސޫރަވެސް އަހަރެންގެ ކުރިމަތިންވެސް ފެންނަހެންނެވެ. ފޮއްޓަށް އެޅުނީ ކޯއްޗެއްކަމެއް އަދި އަދި އެޅުނު އެއްޗެހި ހަމަތޯވެސް ނުބަލާ ފޮށި ލައްޕައިލައިގެން އަހަރެން ނިކުތީމެވެ. އެއަށްފަހު މަގުގެ އެއްފަރާތުގައި ޕާކުކޮށްފައިއޮތް އަހަރެންގެ ކާރަށް އަރައިގެން އަހަރެންގެ ގެ ހުންނަ ސަރަހައްދަށް ދުއްވައިލީމެވެ. ބާރަށް ދުއްވާކަށްވެސް ނުކެރުނެވެ. އެފަދަ ކަމެއް މެދުވެރިވެދާނެހެން ހީވަނީއެވެ. މީހާގައިގައި އަޅަމުން ދިޔަ ތުރުތުރަށް މަޑުކަމެއް […]
މަ މުއްސަނދިވާގޮތް ނުބުންޏަސް އެނގެއެއްނު… މިހާރު މިކޮޅުގަ ހުންނާނެ އަހަރެންގެ މިލްކިއްޔާތުގަ އެއްގެއާ އިހަކަށް ދުވަހު ބޮޑު ކޮމްޕެނީއެއްވެސް ގަނެ ލައިގެން މިއުޅެނީ އެތަނުގެ ދަށުންވެސް ހިންގާ ފަސް ފިހާރައާ ދެ ކްލަބު އެބަހުރި… ފަސް ފިހާރައަށް ވުރެ ގިނަ އެއްޗެއް ލިބޭ ކްލަބުން…އެއްފަހަރާ މުއްސަނދިވެގެން މިހުރީ… ދެން އަމްނާގެވެސް ތަކެތި އެބަހުރި މިކޮޅުގަ…” އަހަރެން ވަރަށް ފޮނިވެލާފައި ބުނީމެވެ. ************************************************** ” ސަމީރު މިއަދު ތިއިން ފައިދާއެއްކޮށްފާނެ…އަހަރެންގެ އެކުވެރިޔަކަށްވީތީ އަދިވެސް އާދޭސް ކުރަން ތިތިބަ ކަންތަކުން […]
އަހަރެން ކުރި ސުވާލަށް އުމައިރު ހިތްހަމަ ނުޖެހުނު ހެން ހީވިއެވެ. ރާގައިގަ އެކަން ހުއްޓަސް މޫނުމަތިން އެކަން ދައްކައި ނުލިއެވެ. ” ދެން އުމައިރުއަށް ފެނިފަވާނަމަ ބުނެވިދާނެއެއްނު…” އަހަރެން އަނެއްކާވެސް އަހާލީމެވެ. ” އާނ! މީހުން ކިޔާތީ އަޑުއެހިން މުޅި ރަށުގައި އެއްގެއިން އަނެއްގެއަށް ބަނޑުހައިހޫނުކަން ފިލުވަން އާދޭސްކުރަމުން ދުވިޔޭ…މިހާރު މަށަކަށް ނޭނގެ..” އަމިއްލަ މައިމީހާގެ ވާހަކަ ދެއްކުމުންވެސް ނޭގުނު މީހެއްކައިރީގަ އިތުރަށް އެވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައިބާއޭ އުމައިރުގެ ހިތައް އެރިއެވެ. ********************************************** އަހަރެން އެގެއިން […]
މިއީ ކުރިން މަގޭ ބައްޕަ ހިންގަމުން އައި ބިޒްނެސްއެއް…އެކަމަކު މިހާރު ބައްޕަ މަރުވިތާ އެތައް އަހަރެއްވެއްޖެ… އަހަރެން މިއުޅެނީ އާއިލާ ގޮވައިގެން އެމެރިކާއަށް ބަދަލުވާން…އެހެންވެ މިކޮޅު ތީ އަހަރެންގެ ހުރިހާ ތަނެއް ވިއްކާލާފަ ދާން މިއުޅެނީ… ފުރަތަމަ ވިސްނީ ކުއްޔަށް ދޭން…އެކަމަކު ދެން އެއްކޮށް ގޮސް އެތަނުގައި އެހެންކަމެއް ފަށަން ގަސްތުކޮށް ފައި އޮތުމުން ވިއްކާލަން މިއުޅެނީ…” މެތިވް ބުންޏެވެ. ” އަހަރެންނަށް އޯކޭ…ކަލޭ ބޭނުން އަގެއް ކިޔާ ގަންނަން މިހުރީ..” އަހަރެން ބުނެލީމެވެ. ބިޒްނެސް އެކޭ […]
އަމްނާގެ ބަނޑުގައި އޮތަސް އެއީ އަހަރެންގެ ދަރިއެއް ނޫންކަން މާކުރިންވެސް އަހަރެންނަށް އެނގެއެވެ. އަމްނާއަށްވެސް ހީވީ ބޮޑު އުފަލެއް ލިބުނީހެންނެވެ. އާއެކެވެ. އޭނާ ބުނީވެސް އެހެންނެވެ. ” މި މުސީބާތުންވެސް ސަލާމަތްވެއްޖެ..” ކޮންމެ ގޮތަކަށް ލިބުނު ކަމުގައިވިޔަސް އަހަރެން އަޑުއަހާގޮތުން މައި ކުލުނަކީ ވަރަށް މަތިވެރި އެއްޗެކެވެ. ނަމަވެސް އަމްނާގެ ހިތުގައި އެދަރިއަށް ކުޑަވަރެއްގެ ކުލުނެއްވެސް ނެތެވެ. ގެއަށް ދޫކޮށްލީ ޑޮކްޓަރުގެ އެތައް ނަޞޭހަތަކަށްފަހު ތިންދުވަސް ފަހުންނެވެ. އަމްނާއަށް ދެން ދަރިއަކު ލިބޭނެ ކަމުގެ ކުޑަވެސް ޔަގީންކަމެއް […]
” މަންމަ ތިހުރީއެއް ނޫ…އެހެން ނޫނަސް ތީ މިހާރު ވަޅުލާންވެސް ތައްޔާރަށް ތިބި ބައެއް…އެމީހުންނާއިގެން އަބަދު އުޅެގެން ވަކި ވާނެ ފައިދާއެއް ނޯންނާނެ” އަމްނާ ބުންޏެވެ. އަޅެފަހެ އަހަރެން ދެލޯ އަނދިރީހެއްޔެވެ. އަހަރެންނަށް ނުވިސްނެނީ ކީއްވެހެއްޔެވެ. އެތަނުން އެކަކީ ނުވަމަސް ވަންދެން ބަނޑުގަ އަހަރެންބާއްވައިގެން ވިހެ އެ ހަށިގަނޑުން ލޭ ބޯންދީގެން އަހަރެންގެ ހިތުގައި ނުޖައްސައި ބޭނުން ހުރިހާ ކަމެއް ކޮށްދީގެން ބަލައި ބޮޑުކުރި މައިމީހާއެވެ. އެނދުގައި މިއަދު ދެލޯ ނުހުޅުވި އޮތީ އެތައް ދަލެއް އޮހޮރުވައިގެން […]