Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ނިކްހާތް 2

Queen Fabulous Level 1
June 27, 2020 3 Mins Read
4 Comments

އިރުއަރާ މަންޒަރު ބެލުމަށްފަހު ނިކްހާތު ގެއަށް އައީ އަތިރި މަގުންލާފައެވެ. ހަޤީޤަތުގައި އަތިރިމަށްޗަށް ދިޔުމަށްފަހު ނިކްހާތު އަނބުރާ އަންނަ ހިތެއް ނުވެއެވެ. ނަމަވެސް އަބަދަކު އަތިރިމަތީގައެއްވެސް ނުހުރެވޭނެތީ ހިތާ ދެކޮޅަށްވެސް އޭނާ ނިންމީ ގެއަށް އައުމަށެވެ. އޭރު ރަށުތެރޭގައި ކޮންމެވެސް ވަރަކަށް މީހުން ހެލިފެލިވެ އުޅޭތީ އާއި ވެސް އެކުގައެވެ.

ނިކްހާތަކީވެސް އޭނާގެ މަންމަ ޝައުފާ ފަދައިން ބުރުސޫރަ ރީތި ކުއްޖެކެވެ. އިސްކޮޅުންް އެހާދިގު ނޫނަސް ބަލާލަން ރީއްޗެވެ. ހިތިފަތު ބުމަ އާއި ވަސްކޮޅު ތޫނު ނޭފަތުގެ އިތުރަށް ދިގު އެސްފިޔަ އާއި ހީލާއިރު ކޯތާފަތަށް އެޅޭ އަޑިކޮޅަކީ ނިކްހާތުގެ އެންމެ ގަޔާވާ ސިފަތަކެވެ. އާންމު ގޮތެއްގައި ދިވެހިންގެ ނުހުންނަ ދޮންކަމެއް އޭނައަށް ލިބިފައި ހުރުމަކީ ރަށުގެ ގިނަ އަންހެން ކުދިންތަކެއް އޭނާއާއި މެދު ޙަސަދަވެރިވާ އަދި އޭނާ އެހެން މީހުންނާއި ތަފާތުުކުރުވާ ސިފައެކެވެ.އެހެންކުދިން ފަދައިން އަގުބޮޑު ޑިޒައިނާރ ހެދުމާއި ގަހަނާތައް ނޭޅިކަމުގައިވިޔަސް އެހެން ހުރިހާ މީހުންނަށްވުރެ އޭނާ މާރީއްޗެވެ. މިކަމުގެ ސަބަބަުން ރަށުގެ ޒުވާންފުރައިގެ ގިނަ ފިރިހެންކުދިންގެ އުނދަގުލާއިވެެސް ނިކްހާތަށް ވަނީ ކުރިމަތި ލާން ޖެހިފައެވެ. ނިކްހާތުގެ ރިތި ކަމާހުރެ އެ ރަށަށް ދަތުރުވަރުގައި އަންނަ ގިނަ އަދަދެއްގެ މުއްސަނދިންވެސް ވަނީ އޭނާ އާއި ކައިވެނި ކުރުމަށް ބޮޑު އަދަދުން ފައިސާވެސް ނައުފަލްއަށް ހުށައަޅާފައެވެ. ނަމަވެސް ނައުފަލް ވަނީ ފައިސާއާއި ތަނަވަސްކަމަށް އޭނާ ނުވިކޭނެކަމާއި އެއަށްވުރެ ބޮޑަށް އޭނާ އާއިލާދެކެ ލޯބިވާކަން ހާމަކޮއްދީފައެވެ.

ނިކްހާތު ގެއަށް އައި އިރު ޝައުފާ ބަދިގެގައި އުޅެއެވެ. ” ދަރިފުޅާ ނިކްހާތު…. މަންމަ ނަވާލް އާއި އެކީ ސްކޫލަށް ދިޔަ މަގުމަތީިގަ ސަމީރާ ދައްތަ އައި ދިމާވި….. ބުނި ދަރިފުޅު ގާތު ބުނައްޗޯ އެގެއަށް އައިސް ދެއްޗޭ…. އަނެއްކާ ކީއްކުރަންތަ؟” ފަހަތުގައި މީހަކު ހުރިހެން ހީވެގެން ބަލާލިއިރު ނިކްހާތު ހުރުމުން ޝައުފާ ބުންޏެވެ. “ނޭނގެ މަންމާ….. ކިހާއިރަކު އަންނާށޭތަ ބުނީ؟” ނިކްހާތު ވިސްނާލުމަށްފަހު ޖަވާބު ދިނެވެ. ” ވަކި ގަޑިއަކު އަންނާށެކޭ ނުބުނޭ… ދަރިފުޅަށް ފަސޭހަ ގަޑިއަކު ދިޔައިމަ ރަނގަޅުުވާނެ..” ޝައުފާ ހީލަމުން ބުނެލިއެވެ. “އެކަމު ތަންކޮޅެއް އަވަހަށް ދެވޭތޯ ބަލާތި އިނގޭ…. އާނ އަދި އެއްވާހަކަ.. މިއަދު ރަށަށް ބަޔަކު އެބަ އާދޭ މާލެއިން… ކުޑަ ދުވަސްކޮޅަކަށް….ސަމީރައްތަ މެން ގޭގަ ތިބެނީ…… ކޮންމެވެސް މުހިއްމު ވޯލްޝޮޕަކަށް އަންނަ ބަޔަކޯ ފާތުންމެން ކިޔާތީ އަޑު އެހިން…. އެހެންވެ މަންމަ އެބަޖެހޭ އެމީހުން ބުނެގެން ކައްކަން…. ރޭގަނޑަށް ކެއްކުން މިގެއިން …… އެއީ ސަމީރައްތަ ރޭގަނޑު ޑިއުޓީ އޮންނާތީވެ…..ސަމީރައްތަގެ ތިމާގެ ކުއްޖެއް އަންނަ ވާހަކަވެސް ބުނި…. ވެދާނެ އެކަމާ ހެދި ކަމަށްވެސް ދަރިފުޅުގާތު އަންނަން ބުނީ… އެހެންވީމަ މަންމައަށް ދަރިފުޅުގެ އެހީ ބޭނުންވާނެ..” ޝައުފާ ކިޔާދިނެވެ. “އެންމެ ރަނގަޅު މަންމާ” ނިކްހާތު ބުނެލިއެވެ.

ފޫހި އަދި ދިގު ދަތުރަކަށްފަހު ޒާލިކް ރަށަށްް އައީ އޭނާގެ ލޮލަށް ރަށް ނުދެކޭތާ އެތަށް އަހަރެއް ފަހުންނެވެ.  ކުޑައިރު ޒާލިކްގެ މައިންބަފައިން އޭނާ ގޮވައިގެން މާލެއަށް ދިރިއުޅުން ބަދަލުކުރީ  ޒާލިކް އާއި އޭނާގެ ކޮއްކޮ ޒަފްރީން އަށް ކިޔަވާދިނުމަށެވެ. މައިންބަފައިންގެ  ބަސްއަހައިގެން ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައިހިފުމުގެ ނަތީޖާއަކަށްވީ، ޒާލިކްއާއި ޒަފްރީންވެސް ރަން ވަނަތަކާއެކީ ސްކޫލް ނިންމުމެވެ. ޒާލިކްގެ މައިންބަފައިންނަކީ ތަނަވަސް ބައެކެވެ. އެމީހުންގެ ފިހާރަތަކާއި ރެސްޓޯރަންޓްތައް ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް ބައިވަރެވެ. އާމިރަކީ މުޅި ސަރަހައްދުގައިވެސް ނަން ހިނގާ ކުޅަދާނަ ވިޔަފާރިވެރިއެކެވެ. ވުމާއެކު ޒާލިކް އާއި އޭނާގެ ކޮއްކޮގެ ކިޔެވުމާއި އަދި އެނޫންވެސް ޚަރަދުތައް ކުރުމަކީ ޒާލިކްގެ ބައްޕަ އާމިރު އަދި މަންމަ ސަމީނާއަށް ފެންފޮދެއް ދިރުވާލުންހާ ފަސޭހަ ކަމެކެވެ. މައިންބަފައިންގެ އެދުމަށް ޒާލިކް ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރި އިރު ޒަފްރީންވެސް ކިޔަވަމުން ދަނީ ހަމަ އެދާއިރާއިންނެވެ.

ކަނޑުގެ ލޮނުގަނޑު ކަފަމުން ޒާލިކްމެން ދަތުރުކުރި ލާންޗް ރަށާ ކައިރި ކޮއްފިއެވެ. އޭރު އޭނާއާއި އެކު މި ދަތުރުގައި ބައިވެރިވި އަމަން އާއި އިލްފް ހުއްޓާނުލާ އަނގަތަޅުވަމުން ދިޔަ ނަމަވެސް އެމީހުންގެ ވާހަކަ ތަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އެތައް އަހަރެއް ފަހުން ރަށަށް އާދެވުނުއިރު ފާއިތުވި ދުވަސް ތަކުގައި ރަށްވަނީ ވަރަށް ބޮޑުތަން ތަރައްޤީވެ ތަހުޒީބުގެ ކުލަވަރުތައް އެކިދިމަދިމާލުން ފެންނަން ފަށާފައެވެ. ކުރީގައި ތެޅި ގަލުން ރާނާފައި ހުރި ގެތައް މިހާރު ވަނީ މަދުގެއެއް ފިޔަވާ ޒަމާނީ ގޮތްގޮތަށް ރާނާ ކުލަ ލައިފައެވެ. ބޮޑު ނިކަގަސްދޮށުގައި ގޮނޑި އަޅައިގެން އެދުރުދައިތަ ކިޔަވައިދިން ސްކޫލް މިހާރުވަނީ 3 ބުރީގެ ރީތި އުސް އަމާރާތަކަށް ހަދާފައެވެ. ރަށުތެރެ ކުރިއަށްވުރެ އާބާދީ އިތުރުވެ، ރަށުތެރޭގައި ކުރިންނުހުންނަ ދިރުމެއް ވާހެން ހީވެއެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ އާރޯކަމެވެ.ރަށުތެރޭގައްޔާއި އަތިރިމަތީގައި އެކިކަހަލަ ގަސްތައް އިންދާފައި ވުމާއި އެކި ހިސާބުތަކުގައި ޑަސްބިން ބަހައްޓާފައި ހުރުމުން ދޭހަކޮއްދެނީ ރަށުގެ ރައްޔިތުންނަކީ ތިމާވެއްޓާމެދު ހޭލުންތެރިވެފައިވާ އަދި ސާފުތާހިރުކަމަށް ލޯބި ކުރާ ބައެއްކަމެވެ.

ރަށުތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކީ ޒާލިކްއަށް މަރުހަބާކި ހިތްހަމަޖެހުމާޢި އުފާވެރިކަމުގެ ފިނި ވައިރޯޅި އޭނާގެ ފަން އިސްތަށިގަނޑާއި ކުޅެލާފަ ދިޔަގޮތް ޒާލިކްއަށް ނުހަނު ހިތްގައިމު ވިއެވެ. މެންދުރުގެ އެހޫނުގަދަ ގަޑިގައި ޒާލިކްމެން މިސްރާބުޖެހީ އެމީހުން ތިބެން ހަމަ ޖެހިފައިވި ޒާލިކްގެ ބޮޑުދައިތަ ސަމީރާމެން ގެއަށް ދިޔުމަށެވެ. ޓެކްސީގެ ޚިދުމަތް އާންމު ގޮތެއްގައި ކޮއްދި އުޅެނީ ރަށުގައި ކާރު ދުއްވާ މީހަކަށް ގުޅައިގެންނެވެ. ނަމަވެސް ގުޅާނެ ނަމްބަރެއް ނޭނގުމުން ޒާލިކް ދިޔައީ ބަނދަރުމަތިން ދިމާވި މީހެއްގާތު އަހައިގެން އެމީހާ ކިޔާދިން މަގުންނެވެ. ބަރު ދަބަސްތައް ކޮނޑުގައި އަޅައިގެން ދާންވުމުން އަމަންއާއި އިލްފްގެ ޝަކުވާތައް ގިނަވިޔަސް އެނޫންގޮތެއް ނެތެވެ.

އަވަސް ފިޔަވަޅުތަކެއް އަޅަމުން ނިކްހާތު ދިޔައީ ނަވާލް ބަލާ ސްކޫލްދޮށަށް ދިޔުމުގެ ކުރިން ވަގުތު އޮތްވާ ސަމީރާމެންގެއަށް ދެވޭތޯއެވެ. މެންދުރުގެ ދިލަގަދަ އަވީގެ ހޫނު މަޑުކޮއްދީފައިވާ ގަސްތައް މަގުމައްޗަށް ހިޔާދީފައި ވާއިރު ޖެހޭ ފިނިރޯލި އަޖާއިބެއްކަހަލަ ހިތްހަމަޖެހުމެއް ހިތަށް ލިއްބައިދެއެވެ. އެވަގުތު ދުރުން އިވެމުންދިޔަ ބަންޤީގެ މޫރިތި ކަލިމަތަކުގެ އަޑު މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނެވެ.

މެންދުރުނަމާދަށް ގެއިން ނިކުތް ޒާލިކް ބޭރު ޖޯލީގައި އޮތި އަމަން އާއި އިލްފް އަންނަންދެނެވެ.މެދުގޯތީގައި އިންދާފައި ހުރި ގަސްތަށް ހެދިފައިވާލެއް ފުރިހަމަ ކަމުން ީޙަކު ބަލާ ފޫހި ނުވާނެކަން ގައިމެވެ. މާލެއަށް ވުރެ މިރަށް މާ ބޮޑަށްވެސް އޭނާއަށް ކަމުގޮސްފިއެވެ.މާލެ ފަދަ ތޮއްޖެހިފައިވާ ރަށަކަށްވުރެ މިފަދަ ރަށްތަށް ހިތްގައިމުވަނީ ޖާގަ ބޮޑުވެ، އަޑުމަޑުވެފައި އަމާންކަމުންނެވެ. އެވަގުތު މަތިން އުދުހިފައި ދިޔަ ކިރުދޫނި ޖޯޑެއް އޭނާގެ ލޮލުގައި އަޅައިގަތެވެ.އެމަންޒަރު ޗާލުކަމުން ހަނދާނެއްގެ ގޮތުގައި ގެންގުޅުމަށް ފޮޓޯއެއް ނަގަން ޒާލިކް ބޭނުންވިއެވެ. ޖީބުން ފޯނުނަގައިގެން ގޭ މައިދޮރޯށިން ނުކުތީ ދޫނިތައް ލޮލުކޮޅަށް ނުގެއްލެނީސް ފޯނުގައި އެމަންޒަރު ރައްކާކޮއްލެވޭތޯއެވެ. ނަމަވެސް އަވަސް އަރުވާލައިގެން ހިނގައިގަތް ބޮނޑީގައި ނުވިސްނާހުރި ޒާލިކް ކައިރިން ލާފައި ދިޔަމީހެއްގެ ގައިގައި ޖެހިފައި ދެމީހުން އެކީގައި ބިންމައްޗަށް ގުޅަވަރެއްހެން ޖެހުނެވެ.

Share Article

Follow Me Written By

Queen Fabulous

Level 1

Other Articles

Previous

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(1)

Next

ނުފިލާނޭ މިހިތަކުން… 18

Next
June 27, 2020

ނުފިލާނޭ މިހިތަކުން… 18

Previews
June 27, 2020

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(1)

4 Comments!

  1. Void says:
    June 29, 2020 at 11:57 pm

    Wow this part was so nice.Ma Sha Allah ???♥️keep it up.curiously waiting for the nxt part♥️♥️♥️♥️

    1. Queen Fabulous says:
      June 30, 2020 at 10:00 pm

      Thank you so much ! In sha Allah will upload soon

  2. Itsme says:
    June 30, 2020 at 11:47 pm

    I swear this is soo nice. Waiting for the next part ♥️

    1. Queen Fabulous says:
      July 1, 2020 at 2:37 pm

      Thanks for ur comment In sha Allah next week ga upload kolladheynan dhn oiy part

Comments are closed.



All Right Reserved!