”ނޫ އާންޓީ. ޝިޒްގެ ބައްޕި އަންނާނޭ މިހާރު. މަންމިއަށް ގުޅީމަ މަންމި އަންނާނި ބަލާ. ޝިޒް ބޭނުމީ ޝިޒްގެ ބައްޕި މިއަދު ބަލައި އަންނަން. ބައްޕި ބުނި ޝިޒް ބަލައި އަންނާނަމޭ ވެސް.” ޝިޒާގެ ގާތުގައި އިން މުދައްރިސް ޝިޒާއަށް ބަލައިލުމަށްފަހު އަނެއްކާވެސް ސުކޫލްގެ ބޮޑު ދޮރާ ދިމާލަށް ބަލައިލިއެވެ. އެއިރުވެސް އެތަނުން އެކެއްގެ ވެސް ހިލަމެއް ނުވެއެވެ. ނަމަވެސް ސައިލަކެއްގެ އަޑު އިވުމާއިއެކު އަނެއްކާވެސް ދެމީހުންގެ ލޯ އެދިމާލަށް ދިޔައެވެ. ”ބައްޕީ.” ޝިޒާ ދުވެފައި ގޮސް […]
“ނޫން.. އެއޯކޭ ވާނެ.. އެކަނި ގޮސްފާނަމޭ.. އަދި އެބައިނޭ ދިހަވަރަކަށް މިނިޓު..” އައިނާ ބަހަނާ އެއް ހޯދާލި އެވެ. އެވަގުތު ކޮޓަރިއެއްގެ ދޮރު ހުޅުވުނެވެ. އައިނާ ބަލާލި އިރު އައިނާގެ ކޮޓަރިއާއި ޖެހިގެން އިން ކޮޓަރީގެ ދޮރުހުޅުވާލައިފައި ނިކުތީ ހިޝާން އެވެ. *** ޝަހާދަތް އިނގިލީގައި ކާރުގެ ތަޅުދަނޑި އަނބުރަމުން ނިކުތް ހިޝާން މަޑު ޖެހިލެވުނީ އާޝިޔާ ގޮވާލުމުންނެވެ. އައިނާ އަށް ދެލޯ މަރާފައި “ޑޭމިޓް” އޭ ބުނެލެވުނީ ވާން މިއުޅޭ ގޮތް ފަހުމު ވުމުންނެވެ. “ދޭބަލަ […]
#ކިޔުންތެރިންގެ ސަމާލުކަމަށް#…މި ވާހަކައިގަ ވެސް އެންމެ ގިނައިން ފަސްޓް ކޮމެންޓްކުރާ ރީޑާއަކަށް ލިލީ ދެން ލިޔާ ވާހަކައިގެ ކެރެކްޓާރ އަކަށް ކިޔާނެ ނަމެއް ޗޫޒް ކުރުމުގެ ފުރުސަތު އޮންނާނެ..################## ނޯޔާ ސަލާމަތްކުރަން އޭނާ ކުރިއަށް އަޅަން ޖެހޭނީ ހަމަ އެންމެ ފިޔަވަޅެކެވެ. ނަމަވެސް އެއް ފިޔަވަޅު އަޅައިފިއްޔާމު ދެން ފަހަތަކަށް ނުޖެހެވޭނެއެވެ. ނަމަވެސް އީކަން ނޯޔާ ސަލާމަތް ކުރަން ދުއްވައިގަތެވެ. ހަލުވިކަމާއެކު ވަހީދު އީކަން ހުއްޓުވިއެވެ. ވަހީދުގެ ބާރުގަދަ އަތުގެ ތެރެއިން ސަލާމަތްވާން އީކަން ދިޔައީ ކުރެވެން […]
ފިހާރައަށް ނުވަދެވި އުޅެނިކޮށް މީހަކު ލަމްހާގެ ކޮނޑުގައި ޖަހާލިއެވެ. ******************** ލަމްހާ ފަހަތް ބަލާލިއިރު ހުރީ ލަމްހާގެ އެންމެ ގާތް އެކުވެރިޔާ ޝަމާއެވެ. ޝަމާ އަހާލިއެވެ.” އޭ ލަމް.. މިއަދު ފްރީތަ؟ އާދެބަލަ އޭނިތާ އިށީންނަން.” ޝަމާ އެތާހުރި ގާގަނޑެއް ދައްކާލަމުން ބުންޏެވެ. އެއްޗެއް ބުނުމެއް ނެތި ލަމްހާ ޝަމާއާ އެއްކޮށް ހިނގައިގަތެވެ. ޝަމާ އަނެއްކާވެސް އަހާލިއެވެ.” ލަމް ކޮންތާކަށް ތިދަނީ. މިހާރު ފެނިވެސް ނުލާ.” ލަމްހާ ބުންޏެވެ.” އާ ޝަމާ. ތިއޮއް ދައްތަ ގަނޑު ހުން […]
އަށެއް ޖަހަން ސާޅީސް ފަސް މިނެޓަށް ވުމާއިއެކު ރީޝް ޝިޒާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެލީ ސުކޫލަށް ގެންދިޔުމަށް ތައްޔާރު ކުރާށެވެ. *** އޮފީހުގެ އެކި މަސައްކަތުގައި މަސްއޫލުވެގެން އިން ޖައިޝްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އިއްޔެ ޒާން ދެއްކި ވާހަކަތަކެވެ. ކޮންމެސް ވަރަކަށް ޒާން ދެއްކި ވާހަކަޔަށް އެއްބަސް ވެވެމުން ދިޔަ ނަމަވެސް މުޅިއަކުން އޭނާއަކަށް އެވާހަކަތަކެއް ގަބޫލެއް ނުކުރެވެއެވެ. އޭނާ ދެކޭ ގޮތުގައި އަންހެނުންނަކީ ދަރިން ބަލަން ގޭގައި ތިބެން ޖެހޭ ބައެކެވެ. ގޭތެރެގެ […]
” ދަރިފުޅާ ހާދަވަރަކަށޭ ތި ނިދާލީ.. ބައްޕައަށް މިހާރު އެތައް ފަހަރަކު ގޮވާލެވިއްޖެ.. މާބޮޑަށްވަރުބަލިވީތަ؟..” ހާތިބު ތެދުވެފައި ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަކަށް ބޯހޫރާލައިފިއެވެ. ވިސްނެމުންދަނީ ހުވަފެނާ މެދުގައެވެ. އަދިވެސް ހީވަނީ ކުރިމަތިން ފެންނަމުންދަނީ ހެންނެވެ. ބައްޕަގާތުވެސް ދެންމެ ފެނުނު ހުވަފެން ކިޔައިދޭކަށެއް ނުކުރޭނެއެވެ. މިހާރުވެސް ހާތިބަށް ދެވުނު ބައެއް ރަށްރަށުން އެފަދަ އުސްފަރުބަދަތަކާ ފެންކޯރުތަކާ މާގަސްތަށްވެސް ވަނީ ފެނިފައެވެ. ނަމަވެސް އެހާ ރީތިކޮށް އެފަދަ މަންޒިލަކަށް އަދި ނުދެވެއެވެ. އަދި އެފަދަ ރީތިކަމެއް ލިބިފައިވާ ބައެއް […]
ޒާންވެސް ގޭތެރޭގައި އަޑުގަދަ ވެގެން ކޮޓަރިން ނުކުމެފައި ހުއްޓެވެ. އަދި ޖައިޝް ކޮޓަރިއަށް ވަދުމުން އެނާވެސް ގޮސް އެކޮޓަރިއަށް ވަދެލިއެވެ. ”ދަރިފުޅާ ތީ މީހުން އުޅޭ ގޮތްތަ؟ ދަރިއަކު ބެލުމަކީ ހަމައެކަނި އަނބިމީހާ ކުރަން ޖެހޭ ކަމެއް ނޫނޭ. މަންމަ އާއި ބައްޕައާ ދެމީހުން ވެގެން ރަނގަޅަށް ދަރިއަކު ތަރުބިއްޔަތު ކުރެވެނީ. ބައްޕަމެންނަށްވެސް އިނގޭ ދަރިފުޅު އޮފީހުގަ ބިޒީކަން. އެކަމަކު އޮފީހުގަ ވެސް ހުސް ވަގުތު ލިބޭނެ ދޯ. އެ ހުސްވަގުތުގަ ގެޔަށް އައިސް ޝިޒާއާ އެކު […]
މިފަހަރު އީޝަލްއަށް ކުޑަކޮށް ސިހުމެއް ލިބުނެވެ. އޭގައިވަނީ އީޝަލްގެ ބައްޕައާއި ބެހޭ ވާހަކައެއް ދައްކަން ބޭނުންވާ ކަމަށެވެ. އީޝަލް ނިންމީ އަޔާނާއި ބައްދަލު ކުރާށެވެ. އެހެންވެ އަވަހަށް އޯކޭ އޭ ކިޔާ މެސެޖަށް ޖަވާބުދިނެވެ. ****** އަޔާން ރެސްޓޯރެންޓުގައި އިނީ އީޝަލް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އިރުއިރު ކޮޅުން އަތުކުރީގައިވާ ގަޑިވެސް ބަލާލައެވެ. އެވަގުތު އޭނާއަށް އިޙްސާސްވަމުންދިޔައީ ވަގުތު ދާލެއް ލަސްކަމެވެ. އީޝަލް އަދިވެސް ނާންނަނީބާވައޭ އޭނާގެ ހިތާއިހިތާ ބުނެލެވުނެވެ. މަޑުފެހިކުލައިގެ އަތްދިގުގަމީހާއި ޖިންސްގައި އޭނާ ފެންނަލެއް […]
އާތިކާގެ އަތުގައި ހިފާލުމަށްފަހު އިސްހާޤު އާތިކާގެ އަތް ފޮޅާލިއެވެ. ޖައިޝާ ދޭތެރޭ އާތިކާ ކަންތައް ކުރާ ގޮތަކީ އިސްހާޤް އެއް ގޮތަކަށްވެސް ހިތްހަމަ ޖެހޭ ކަމެއް ނޫނެވެ. ” އާތިކާ ކިހިނެއްވެގެންތަ ތިއުޅޭނީ… ޖައިޝްއަކީވެސް މަގޭ ދަރިއެއް.. މިގޭ އެހެން ކުދިންހެން އޭނައަށްވެސް މިގޭތެރޭ ބޭނުން ކަމެއް ކުރެވޭނެ…” އިސްހާޤުގެ ރުޅިގަޑު މައިތިރި ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އަންޖަލް އައިސް ޖައިޝްގެ އަތުގައި ހިފާފައި ގެންގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަންޖަލްގެ ސަބަބުން ޖައިޝްއަށް އެފަދަ […]